ހުރިހާ ކަމެއްވެސް ވެގެން ދިޔައީ އީނާޝް ބޭނުން ވިގޮތަށްށެވެ. ނާޝްއާއި ރުޅި ވުމަށްފަހު އުނޫޝްވެސް ނަޝާޔާއާއި ވާހަކަ ދައްކަން ފެށިއެވެ. ނަމަވެސް ނާޝްއާއި ދޭތެރޭ ގެންގުޅޭ ބީރައްޓެހި ގޮތެވެ. އީނާޝްގެ ހިތަށް ކިތަންމެ ވަރެއް ވިޔަސް ކެތްކޮށްލައިގެން ހުންނަން އޭނާޔަށްވަނީ މަޖްބޫރުވެފައެވެ. މިހެންކަމުން އުނޫޝް ދުރަށް ދިއުމަށްޓަކައި ނާޝް މާލެއ ބަދަލުވީއެވެ. މާލެ ބަދަލުވިފަހުން އަމީނާވެސް ވަރަށް ބޮޑަށް ބަލިވެ އޭނާވެސް އޭނާގެ ކުށަށް ﷲ ގެ ކިބައިން އެތައް ފަހަރަކު މާފަށް އެދުނެވެ. އަދި އޭނާގެ ގޯސް އަމަލުތަކަށް ތައުބާވިއެވެ.
***********
ލާމިއު ފަހުމާޔަށް ހުރިހާ ވާހަކައެއް ކިޔައިދިން އިރު ފަހުމާޔަށް ހުރީ ހަމަ ރަނގަޅަށްވެސް ރޮވިފައެވެ. އީނާޝްގެ ހަޔާތުގައި މިހުރިހާ ކަމެއް ދިމާވި ކަމެއް އީނާޝްގެ އެންމެ ގާތް އެކުވެރިޔާއަށްވެސް ނޭނގެއެވެ. އޭނާޔަކީ އީނާޝްގެ އެންމެ ގާތް އެކުވެރިޔާއަށް ވެފައި ހަގީގަތް ހޯދަން މަސައްކަތް ނުކުރެވުމުން އޭނާ ހުރީ ލަދު ގަނެފައެވެ.
” އީނޫއަށް މިހުރިހާ ކަމެއް ކުރަން ޖެހޭތަ؟ އެހެން މީހުންނަށްޓަކައި އަމިއްލަ ލޯބި ގުރުބާން ކޮށްގެން އީނޫއަކަށްނު ހުރިހާ ލަނޑެއް ލިބުނީ. އަޅެ ތަގްދީރަކީ ހާދަ އެހެން ކަހަލަ އެއްޗެކޭ ދޯ. އީނޫ ކުރި ރަނގަޅުކަމުގެ ބަދަލުގަ ތަގްދީރް އޭނަޔަށް މިންވަރު އެކުރީ ހުސް ހިތާމަ. ހުސް ވޭން. އަޅެ ލާމިއު ކީއްވެތަ ކުރިން އަހަރެން ގާތު ތިވާހަކަ ނުބުނީ؟ އުނޫ ކައިރީ ނުބުނީ؟ ދެން އަހަރެމެންނަށް އީނޫއަށް އޭނާގެ ލޯބި ހޯދައި ދެވިދާނެތަ؟ ނަޝާ ދޮންތަޔާ އުނޫގެ ކައިވެނި ރޫޅާލާން އަހަންނަށް ކެރޭނެތަ؟ ކޮންމެ ގޮތެއް ވިޔަސް އެއީ އަހަރެންގެ ދޮންތަ.” ފަހުމާޔަށް ފުރަތަމަ ފަހަރަށް އީނާޝްއާއި މެދު ވިސްނާލެވުނެވެ. އީނާޝް ވީ ގުރުބާނީގެ ހެޔޮ ޖަޒާ އޭނާޔަށް ލިބެންޖެހޭނެއެވެ. ނަމަވެސް އޭނާ ކަންބޮޑުވަނީ އުނޫޝްއާއި ނަޝާޔާގެ ކައިވެނި މިހައި ހިސާބަށް ދިޔައީމައެވެ.
” ކޮންމެ ކަމެއްވެސް ވާނީ ރަނގަޅަށް. އީނޫ އޭރުގަވެސް އަދި މިހާރުވެސް އިތުބާރު ކުރަނީ އެކެހިވެރި ތަގްދީރަށް. އަހަރެން ހީކުރީ 8 އަހަރު ތެރޭގަ އީނޫގެ ހިތުން ހުރިހާ ކަމެއް ފަލައިދާނެކަމަށް. އަދި އެހެން ހަޔާތެއް ފެށުމަށް ގަސްތު ކުރާނެކަމަށް. އެކަމް ކަންތައްތައް ވެގެން ދިޔައީ އެއާ ހިލާފަށް. އަދިވެސް އޭނާގެ ހިތުގައި ވަނީ ހަމައެކަނި އުނޫޝްގެ ނަން. އެނޫން ނަމެއް އެހިތުގަ ލިޔަން އޭނާ ގަސްތެއް ނުކުރޭ. އެކަމް އަހަރެންނަށް އެނގޭ އީނޫއަކީ ވަރަށް ހިތްވަރު ގަދަ ކުއްޖެއްކަން. އޭނާގެ ހަޔާތުގަ ހިނގާ ކޮންމެ ކަމެއްވެސް މިއަދާ ހަމައަށް އެހިތުގަ ފޮރުވައިގެން އުޅެވޭނީ ވަރަށް ހިތްވަރު ގަދަ ވީމަ. އަހަރެމެން މާދަން އެގެޔަށް ގޮސް އީނޫގެ ނިންމުމާ ބެހޭ ގޮތުން ވާހަކަ ދައްކާނީ.” ފަހުމާގެ ބުރަކަށީގައި ފިރުމާލަމުން ލާމިއު ބުންޏެވެ.
” މާމް. ޑޭޑް. ލައި ނިދި އަންނަނީ އޭ. ހުޅުވަބަލަ.” ދޮރުގައި ޓަކި ދެމުން ލައިޝަމް ގޮވައިލިއެވެ. ފަހުމާޔަށް ބަލައިލެވުނީ ގަޑިއަށްށެށެވެ. ތެދެކެވެ. 8 ޖަހަނީއެވެ. އަދި ލައިޝަމް އެހުރީ ނުވެސް ކައެވެ.
*******
މުޅި ކޮޓަރި ތެރޭގައި އަންދިރިކަން ރަސްކަން ކުރަމުން ދިޔައެވެ. އިވެމުން ދިޔައީ ހަމަ އެކަނި އީނާޝްގެ ގިސްލުމުގެ އަޑެވެ. އީނާޝް އޮތީ މޫނުމަތީ ބާލިސް އަޅައި ފޮރުވައިގެން ރޯންށެވެ. އެގިސްލުމުގައިވަނީ ވޭނެވެ. ހިތްދަތި ކަމެވެ. ހިތުގައިވާ އުދާސްތަކެވެ. އެހެން އޮވެފައި އީނާޝް ނެގީ އޭނާގެ ފޯނެވެ.
އަދި އާދައިގެމަތިން ފޯނު ނަގައި އުނޫޝްގެ ފޮޓޯތައް ބަލައި ޝަކުވާ ކުރަން ފެށިއެވެ. ” ފޮޓޯ ތެރޭގައި ހުރެފަ އަހަރެންގެ މޫނަށް ބަލަން ހުންނަ ގޮތަށް އަބަދު ނުބަލަނީ ކީއްވެތަ؟ އަހަރެން އުނޫދެކެ ލޯބި ނުވެޔޭ ހިތަށް އަރާތީތަ؟ ބަލާބަ. އުނޫ ބުނީމެއްނު އަހަރެންގެ ލޮލުން ވެއްޓޭ ކޮންމެ ކަރުނަޔަކީ އަހަރެން އުނޫދެކެ ލޯބިވާކަމުގެ ހެއްކެކޭ. މިއޮތީ ހެކިވެސް. ދެން ކީއްވެތަ ގަބޫލް ނުކުރަނީ؟ ކީއްވެތަ އަހަރެންދެކެ ލޯބިނުވަނީ؟ ކީއްވެތަ އަހަރެން ތިހަޔާތުން ބާކީ ކޮށްލީ؟ ހަމަ އަސްލުވެސް އުނޫ ލޯބިވަނީ ނަޝާ ދޮންތަ ދެކެތަ؟ އެކަމް އުނޫ ލޯބިވަނީ އަހަރެން ދެކެޔޭ މިހިތް ބުނަނީ ކީއްވެތަ؟ އަހަރެންގެ ހިތް ވަރަށް ދޮގު ހަދާ ދޯ.” އީނާޝް ހީވަނީ މޮޔައެއް ހެންނެވެ. އުނޫޝްގެ ލޯބީގައި އޭނާ ދީވާނާ ވެއްޖެއެވެ. އެލޯއްބަށް ބޭނުންވެއްޖެއެވެ. އުނޫޝްގެ އަޅާލުން އިންތިހާއަށް ބޭނުންވެއްޖެއެވެ.
އީނާޝްގެ ކޮޓަރީގެ ދޮރުގައި އަމީނާ ޓަކި ދޭން ފެށިއެވެ. ” އީނޫ. ދޮރު ހުޅުވަބަލަ. ” ދެތިން ފަހަރު ޓަކި ދިނުމުންވެސް އީނާޝްގެ ފަރާތުން ޖަވާބެއް ނުލިބުމުން އަމީނާ ގޮވައިލިއެވެ.
” މަންމާ. އަހަރެން މިދަނީ. ” ލޮލުން ކަރުނަތަށް ފޮހެލަމުން އީނާޝް ބުންޏެވެ. އަދި ފާހަނަޔަށް ވަދެ މޫނު ދޮވެލައި ހަމަޖެހެލައިގެން ސިޓިންރޫމަށް ނިކުތެވެ.
” އީނޫ. މިތާ އިށީނދެބަލަ.” ސޯފާއިން އީނާޝް އިށީނުމަށްޓަކައި ޖާގައެއް ދެމުން މިފްޒަލް ބުންޏެވެ.
” ބައްޕާ. މަންމާ. ކިހިނެއްތަ ވީ؟ ” ހެވިފައި ތިބި އޭނާގެ މަންމަޔާއި ބައްޕަގެ މޫނަށް ވަކި ވަކިން ބަލައިލަމުން އީނާޝް އަހައިލިއެވެ. އޭރު އެހިތް ތެޅެމުން ދިޔައީ އާދަޔާ ހިލާފަށްށެވެ.
” ދަރިފުޅާ. މަންމަމެންގެ އުންމީދުތައް މިއަދު ހާސިލް ވަނީ. ” ކުރުކޮށް އަދި ފޮނިކޮށް އަމީނާ ބުނެލި ޖުމްލައިން އެތައް މާނައެއް ނެގިދާނެއެވެ.
” ދަރިފުޅާ. ދަރިފުޅަށް ވަޒީފާ ހަމަޖެހުނީ. ކުރިންވެސް މަންމަމެންނަށް އެނގޭ ދަރިފުޅު ޑޮކްޓަރުކަން ކިޔަވައިގެން އަންނަ އިރަށް ވަޒީފާ ހަމަޖެހޭނެކަން. އެކަމް އެދުވަހަކުން މަންމަމެން މިހާ އުފާވާނެކަމަކަށް ހިތަކަށް ނާރަން. ” ފުޅާ ހިނިތުންވުމަކާއިއެކު އަމީނާ ބުންޏެވެ. ވަޒީފާ ލިބުނޭ ބުނުމުންވެސް އީނާޝް އެހައި އުފަލެއް ނުވެއެވެ. އުނޫޝް އެހެން މީހެއްގެ ހައްގަކަށް ވާން އުޅޭކަން އެނގުނީއްސުރެ އެހިތް އެދަނީ ރޮމުންނެވެ. ނަމަވެސް އޭނާ ހިނިތުންވެލިއެވެ. އެއީ އީނާޝްގެ މިޒާޖެވެ. އަމިއްލަ އުފާތަކަށް ވިސްނުމަކީ އޭނާގެ ތަބީއަތުގައިވާ ކަމެއް ނޫނެވެ. މިއަދުވެސް އޭނާ ހިނިތުން ވީކީ ކޮންމެހެން އޭނާ އުފާވެގެން ނެއް ނޫނެވެ. މަންމަމެންގެ އުފަލަށްޓަކައެވެ.
” އަމްހަމްދުލިއްﷲ. އަހަރެން ވަރަށް ވަރަށް އުފާވެއްޖެ. ” މަންމަގެ ގައިގާ ބައްދާލައި ބައްޕަޔާއި ސަލާމް ކޮށްލަމުން އީނާޝް ބުންޏެވެ.
” މާދަން ވަޒީފާޔަށް ނިކުންނަން ޖެހޭ. ދެން ބައްޕަ ދަނީ.” އަމީނާޔާއި ދިމާލަށް ލޮލުގެ އިޝާރާތުން ކޮންމެސް އެއްޗެކޭ ބުނަމުން މިފްޒަލް ދިޔައެވެ.
” މަންމާ ކޮބާ ޔާން؟ ” މަންމަގެ ކޮނޑުގައި ބޯ އަޅައިލަމުން އީނާޝް އަހައިލިއެވެ.
” ވެއްޖެ ކޮޓަރީގަ. އެކަމް އިހަށް މަޑުކޮށްބަލަ. މަންމަ އެބައޮތް ދަރިފުޅާ ވާހަކައެއް ދައްކާން ވެފަ.” އާޔަން ވީ ކޮޓަރީގައޭ ބުނުމުން އީނާޝް ހިނގައިގަތް ހިނދު އަމީނާ ބުންޏެވެ.
” ކޮން ވާހަކައެއްތަ؟”
” ދަރިފުޅަށް މިހާރު 22 އަހަރުވީ. އަމަލީ ގޮތުން މިހާރު ދަރިފުޅަށް ދަސްކޮށްދޭން ޖެހޭ އެއްވެސް ކަމެއް ނޯންނާނެ. އެހެންނު؟” އީނާޝް ހަމައެކަނި ބޯ ޖަހާލީއެވެ.
” މަންމަމެންނެއްވެސް އަބަދަކު މިހެން ހެޔޮ ހާލުގައެއް ނުހުންނާނެއެއްނު. މަންމަމެންވެސް މުސްކުޅި ވާނެ. މަންމަމެން ބޭނުން ހެޔޮހާލުގަ ތިއްބަ ކާފަ ދަރިންނާ މާމަ ދަރިން އުޅޭ ނޫޅޭގޮތް ބަލަން. ޔާން ކޮއްކޮ އަދި ވަރަށް ކުޑަ. އޭނާ ބޮޑުވާނީ މަންމަމެން މުސްކުޅި ވާ ފަހުން. އެހެންވެ މަންމަމެން ބޭނުން މާމާއޭ ކިޔާފަ ގޮވާލާނެ ކުޑަކުއްޖެއް. މިކަން ކޮށްދެވޭނީ ހަމައެކަނި އީނޫއަށް. އަޅެ ދޮގުނުލާ ބުނެބެ. ރަޝިޔާގަ އުޅުނު އިރުވެސް ދަރިފުޅު ހަޔާތެއް ފަށާކަށް ގަސްތެއް ނުކުރަންތަ؟ ހިތްހަމަ ޖެހޭ ކުއްޖެއް ނުދެކެންތަ؟” އީނާޝްގެ ހިތް ކުޑަ ހިނދު ކޮޅަކަށް ހުއްޓުނު ކަހަލައެވެ. މަންމަމެން މިކަހަލަ ވާހަކައެއް ދައްކާނެ ކަމަކަށް އީނާޝްގެ ހިތަކަށް ނާރައެވެ. އޭނާ މަންމަމެންނަށް ދޭނީ ކޮން ޖަވާބެއް ހެއްޔެވެ؟ އޭނާ އުނޫޝްދެކެ ލޯބިވާތީ މަންމަމެންގެ އުންމީދުތައް ފުރިހަމަ ނުކޮށްދެވޭނޭ ހެއްޔެވެ؟
އުނޫޝްވެސް މިހާރު އެއުޅެނީ ހަޔާތެއް ފަށާންށެވެ. މިހާރު އޭނާ އުނޫޝްގެ އިންތިޒާރުގައި ހުރެގެން ވާނެ އެއްވެސް ފައިދާއެއް އެބައޮތް ހެއްޔެވެ؟ ހަމަގައިމުވެސް މަންމަމެންގެ އުންމީދުތައް ފުރިހަމަވާނީ ހުސްވެރި ބަޔަށް ނުހުރެ މީހަކާއި އިނދެގެންނެވެ.
” މަންމާ. އަހަރެން ބޭނުން މީހަކާ އިންނަން. އެކަމް ކަމުދާ މީހަކާ އަދި ދިމައެއް ނުވޭ. މަންމަމެން ބުނާ މީހަކާ އަހަރެން އިންނާނީ.” ހިތާއި ދެކޮޅަށް އީނާޝް ބުންޏެވެ. އޭނާ ބޭނުން ވަނީ މަންމަމެން ބުނި ގޮތަކަށް އުޅޭންށެވެ. އަމިއްލަ ލޯއްބަށް އިތުބާރު ކޮށްގެން އޭނާޔަށް ލިބެނީ ހުސް ހިތާމައެވެ. ނަމަވެސް މަންމަމެންނަށް ބަރޯސާވެގެން މިހާ ތަނަށް އޭނަޔަކަށް ހިތާމަޔަކާއި ކުރިމަތި ނުވެއެވެ.
” މަންމަ ވަރަށް އުފާވެއްޖެ ދަރިފުޅުގެ ނިންމުމާމެދު. އެންމެ ކުރީންސުރެ ވެސް މަންމަ ދެކޭ ހުވަފެނެއް އެއީ އީނޫގެ ކައިވެނި މަންމަމެންގެ ޗޮއިސްއާ ކުރެވުން. މިޒަމާނުގަ އާއިލާތައް ރޫޅެނީވެސް އަސްލު މިހާރުގެ ކުދިން ހަގީގަތް ނުބަލައި ތަނަކުން ފެންނަ މީހަކާ އިންނަން ދުވާތީ. އެކަމް އިރާދަކުރެއްވިއްޔާ މަންމަމެން އީނޫއަށްޓަކައި ހޮދާނީ ޖަވާހިރެއް ފަދަ ކުއްޖެއް.” އަމީނާ ހުރީ ވަރަށް ވެސް އުފާވެފައެވެ. އޭނާގެ ދަރިފުޅަކީ އޭނާ ހީކުރި ވަރަށް ވުރެވެސް ރަނގަޅު ކުއްޖެކެވެ.
އެރޭގައި އީނާޝްއަށް ނިދޭގޮތެއް ނުވިއެވެ. މިހާ އަވަހަށް ކައިވެންޏެއް ކުރުމަށް ނިންމުމަކީ ރަނގަޅު ނިންމުމެއް ނޫނޭ އެހިތް ބުނަނީއެވެ. އެހިތް އަދިވެސް އިންތިޒާރު ކުރަނީ އުނޫޝްއަށްށެވެ. ނަމަވެސް މަންމަމެންނަށްޓަކައި ވިޔަސް އީނާޝް ޖެހޭނީ އެހިތާއި ދެކޮޅުވެރި ވާންށެވެ. މަންމަމެންގެ އެދުމާއި ދެކޮޅު ހަދާކަށް އޭނާޔަށް ނުކެރުނީއެވެ. އުނޫޝް އޭނާދެކެ ލޯބިވާނަމަވެސް ރަނގަޅެވެ. ކިތަންމެ ވަރަކަށް ހިތް ރޮޔަސް އޭނާޔަށް ޖެހޭނީ އެހިތަށް ވިސްނައިދޭންށެވެ.
*****
ޖެހިގެން އައި ދުވަހެވެ. ދުވަސް ވެގެން ދިޔައީ އީނާޝްއަށް ވަރަށްވެސް ހާއްސަ ދުވަހަކަށްށެވެ. އަލަށް ވަޒީފާޔަކަށް ދާ ދުވަހަށްށެވެ. ފަތިހު ތެދުވެގެން 8 ޖެހިއިރަށް އީނާޝްއަށް ތައްޔާރުވެވުނީ ކިރިޔައްޔެވެ.
” އަޅެ. ބައްޕަގެ ސައިކަލު ފަހަތަށް އަރައިގެން އަވަހަށް ދޭބަލަ. މިހާރު އެޔޮއް ގަޑި ޖެހެނިއްޔޭ. ދެން ނޭނގެ ގަޑިޔަށް ދެވޭނެ ކަމެއްވެސް.” ހިތް އަވަސްވެފައި ހުރި އަމީނާ ބުނަމުން ދިޔައެވެ. އޭރު އަދި ގަޑިޖެހޭން 20 މިނެޓް އޮތެވެ. އޭނާ ހީވަނީ މޮޔަވެގެން އުޅޭހެންނެވެ. ދަރިފުޅު ފުރަތަމަ ވަޒީފާޔަކަށްދާ ދުވަހަކީ މައިންބަފައިންނަށް ހާދަ ހާއްސަ ދުވަހެކެވެ.
” މަންމާ. އަދި 20 މިނެޓް ބާކީ އެބަ އޮތޭ. އެހެންނޫނަސް މިޔޮއް ކުޑަ ރަށް ވަށައި އެއްބުރުޖަހާލެވޭނެ އެންމެ 5 މިނެޓުންވެސް. މިހާ އަވަހަށް ގޮސްގެން އަހަރެން ކީއް ކުރާނީ.” އަމީނާގެ އަމަލުތައް ހުރިގޮތުން ހެވިފައި ހުރެ އީނާޝް ބުނަމުން ދިޔައެވެ.
” ކުރާނެ ކަންތައް ހުންނާނެ ބައިވަރު. މާގިނަ އަނގަ ނުތަޅާ އަވަހަށް ދޭ.” އަމީނާ މިހެން ބުނެލައި އަތުން ހަނާ އަޅާލުމުން މިފްޒަލްގެ ސައިކަލްގެ ފަހަތަށް އަރައިގެނެ އީނާޝް ދިޔައެވެ.
އެދުވަހަކީ ވަޒީފާ ފުރަތަމަ ދުވަސް ކަމުގައިވިޔަސް އެމަރުކަޒުގެ މުއައްޒިފުންނަކީ އޭނާ ހީކުރި ވަރަށް ވުރެ މާ ހިތްހެޔޮ މާ އެހީތެރި ބައެކެވެ. އީނާޝްއަށް އެއްވެސް ކަމަކާއި ދަތިވިޔަކަ ނުދެއެވެ. އޭގެ ތެރެއިންވެސް އެންމެ ބޮޑު އެހީތެރިޔަކީ ސާއިމްކަން ގައިމެވެ. ސާއިމަކީ އީނާޝްއަށް ދިމާވާ ކޮންމެ ކަމެއްގައިވެސް އެހިތެރި ވެދޭ ހިތްހެޔޮ އެކުވެރިޔެކެވެ. މަރުކަޒުގައި މަސައްކަތް ކުރަން ފެށިފަހުން އީނާޝްގެ އެންމެ ގާތް އެކުވެރިޔަކަށް ސާއިމް ވެއްޖެއެވެ. އީނާޝްގެ ކެހިވެރި މާޒީއާއި ބެހޭގޮތުން ސާއިމްއަށް އެކައްޗެއްވެސް ނޭނގުނު ނަމަވެސް އީނާޝްގެ މިޒާޖު ދެނެގަންނަން އޭނާޔަށްކަށް މާގިނަ އިރެއް ނުވިއެވެ. ނަމަވެސް ސާއިމްގެ ހިތުގައި އީނާޝްއަށްޓަކައި ފޮރުވިފައިވާ އިހްސާސެއް ދެނެގަންނާކަށް އީނާޝްއަކަށް ނޭނގެއެވެ.
ވޭތުވެދިޔަ ދުވަސް ތަކުގައި ފަހުމާވެސް ވަރަށް ގިނައިން އީނާޝްއާއިއެކު ވަގުތު ހޭދަކޮށް ހިތްވަރުދީ ހަދައެވެ. އޭނާޔަށް ހަގީގަތް އެނގޭކަން އީނާޝްއަށް އަންގައިދީ އީނާޝްގެ ކިބައިން އޭނާވަނީ އެތައް ފަހަރަކު މާފަށްވެސް އެދިފައެވެ. އަދި ކައިވެންޏެއް ކުރުމަށް އީނާޝް ނިންމުމަކީ އޭނާ ވަރަށް އުފާވި ކަމެއް ކަމަށް ބުނެ އީނާޝްއަށް ރަނގަޅު މުސްތަގްބަލެއް ދެއްވުމަށްވެސް ފަހުމާ އެތައް ދުއާތަކެއް ކުރިއެވެ.
އީނާޝް ވަޒީފާޔަށް ނިކުންނަތާ އެއް ހަފްތާ ފަހެވެ. މޫސުން ރަނގަޅު ރީތި ދުވަހެކެވެ. އާދައިގެ މަތިން މިއަދުވެސް އީނާޝް ރީތިވެލައިގެން ނިކުތީ މަރުކަޒަށް ދިއުމަށްޓަކައެވެ.
” ހާއި.” އީނާޝްއާއިއެކު މަރުކަޒަށް ވަންނަމުން ސާއިމް ހާއިއެއް ޖަހައިލިއެވެ.
” ހާއި. ގުޑް މޯނިން.” އީނާޝްވެސް ޖަވާބު ދެމުން މަރުކަޒަށް ވަނެވެ.
” އީނޫ. އަހަރެން ބޭނުން ވަރަށް ބޮޑު ވާހަކައެއް ދައްކަން. ” ސާއިމްއަށް އެނގިފައިވާ ގޮތުގައި އީނާޝްއަކީ ހުސްވެރިބައި ކުއްޖެކެވެ. އެހިތުގައި އެއްވެސް މީހެއްގެ ނަމެއް ލިޔެވިފައިވާ ކަމެއްއޭނާޔަކަށް ނޭނގެއެވެ. އެހެންކަމުން އެހެން މީހެއްގެ ހައްގަކަށް ނުވަނީސް އޭނާ ޖެހޭނީ އީނާޝްއަށް އޭނާގެ ހިތުގެ ހާލް ބަޔާން ކުރާށެވެ.
” ހުމްމްމް. ބުނެބަ.”
” އުހުނ. މިހާރަކު ނޫން. އަހަރެން ބޭނުން އީނޫއާ ވަކިން ބައްދަލު ކުރަން.”
” އަހަރެން މީ ދުވަހަކުވެސް ފިރިހެން ކުދިންނާ އެކަނި ބައްދަލުކޮށް އުޅުނު މީހެއް ނޫން. އައި ހޯޕް ޔޫ ވިލް އަންޑަރސްޓޭންޑް. ”
” އޯކޭ. އެހެންވީ އިރު މިއަދު ހަވީރު ބަނދަރަށް ގޮސްލަންވީނު. އަހަންނާ އެކު. ފަހުމާވެސް ގޮވައިގެންނޭ ދާނީ. އޯކޭތަ؟”
” ޔާ. މަންމަ ކައިރީ އަހާލާނަން.”
” ކަމް އޯން. މިހާރު 22 އަހަރުވެއްޖެއެއްނު. އަދިވެސް ކުޑަކުއްޖެއްހެން ދޯ ތިއުޅެނީ.” ހިނިގަނޑެއް ޖަހައިލަމުން ސާއިމް ބުންޏެވެ.
” ސާބަހޭ. މަންމަމެންނަށް ދުވަހަކުވެސް ކުދިން ބޮޑުވޭތަ؟ ”
” ދެން އީނޫ މީހަކާ އިނދެގެންވެސް ކޮންމެ ތަނަކަށް ދާން ވީމަ މަންމަޔަށް ގުޅާލާފަ އަހައިފަތަ ދާނީ؟”
” ނޫނޭ. އެދުވަހަކުން އެމީހެއް ކައިރީ އަހާފަ ދާނީ.” އީނާޝްގެ ކޮންމެ ހަރަކާތެއް އަދި ބުނާ ކޮންމެ ބަހެއް ސާއިމްއަށް ވަރަށް ކަމުދެއެވެ. އަދި އެމައުސޫމްކަމަކީ އޭނާއަށް އެންމެ ކަމުދާ ސިފައެވެ. މިކަހަލަ މަޑުން ހުންނަ ކުއްޖެއް މިދުނިޔެއިން މިހާރު ފެންނާނީ މަދު ފަހަރަކުއެވެ.
އެދުވަހުގައި އީނާޝްއާއި ޕްރޮޕޯޒް ކުރަން އުޅޭ ވާހަކަ ސާއިމް ފަހުމާ ގާތު ބުންޏެވެ. އަދި މިއަދު ހަވީރު ހިނގާލަން ދިއުމަށްވެސް ސާއިމް އެދުނެވެ. ފަހުމާ ހުރީ ވަރަށް އުފާވެފައެވެ. ސާއިމް ކަހަލަ ހަރުދަނާ ރިވެތި އަހްލާގެއްގެ ވެރިޔެއް މިހާރު މަދުވާނެއެވެ. އޭނާ އީނާޝްއަށް ހޯދައިދޭން ބޭނުންވަނީ އެކަހަލަ ރަނގަޅު ކުއްޖެކެވެ.
އެދުވަހުގައި އީނާޝްމެންނާއިއެކު އާޔަންއާއި ލައިޝަމްވެސް ދިޔައެވެ. އެތައް ވާހަކައެއްގައި ތިބެ ބަނދަރާއި ހަމައަށް ދެވުމާއިއެކު ލައިޝަމްއާއި އާޔަން ދިޔައީ ގުޑި އަރުވާށެވެ. ފަހުމާވެސް ސާއިމްއަށް ވަގުތުދެމުން ދިޔައީ ލައިޝަމްމެން ގާތަށްށެވެ.
” ދެން ބުނެބަ ތިބުނަން އުޅޭ ވާހަކައެއް. ސާއިމްގެ ހަޔާތާ ބެހޭ ކޮންމެ ވާހަކައެއް ދެއްކިޔަސް އަހަރެންނަށް ހެޔޮ.” ބަނދަރުގެ ހިޔާ ސަރަހައްދެއްގައި ބެހެއްޓިފައިވާ ޖޯއްޔެއްގައި އިށީނދެލަމުން އީނާޝް ބުންޏެވެ.
” އީނޫގެ ވާހަކައެއް ދައްކައިފިއްޔާޔޯ.” ސާއިމްބުނި ޖުމްލައިގެ މާނައެއް އީނާޝްއަކަށް ނުވިސްނުނެވެ.
” ވަޓް ޑޫ ޔޫ މީން؟”
” އައި މީން އެހެން މީހެއްގެ ވާހަކައެއް އަހަރެންނަކަށް އީނޫ ގާތަކު ނުދެއްކޭނެހޭ؟” މައުލޫ އޮޅުވައިލަމުން ސާއިމް ބުންޏެވެ.
” އޯހ. އެހެން ދޯ. ނޫނޭ. ކޮންމެ ވާހަކައެއް ދެއްކިޔަސް ހެޔޮ. ” ހިނިތުންވެލަމުން އީނާޝް ބުންޏެވެ.
ސާއިމްގެ އަތް މަޑުމަޑުން އީނާޝްގެ އަތާއި ކައިރިއަށް ދަތުރު ކުރަން ފެށިއެވެ. އީނާޝްއަށް ހުރެވުނީ އެހެން ދިމާލަކަށް ބަލަންކަމުން ހިލަމެއްވެސް ނުވެއެވެ.
” ބަލަ. އެޔޮއް އަންނަނީ ބޮޑު ލޯންޗެއް. ކޮން ބައެއް އައީތަ އަނެއްކާ؟” ސާއިމްގެ އަތް އީނާޝްގެ އަތާއި ކިރިޔާ ޖެހޭ ނުޖެހޭ ވަރު ވުމާއިއެކު އީނާޝް އަތް ދިއްކޮށްލީ ރަށުގެ ފަޅުން ވަތް ލޯންޗާއި ދިމާލަށްށެވެ. ސާއިމްއަށް ބުނެވުނީ ހަމައެކަނި “ޝިޓް”އޭ އެވެ.
” ވަޓް؟” ސާއިމް ޝިޓްއޭ ބުނުމުން އީނާޝްއަށް އަހައިލެވުނެވެ.
” އަހަރެން ބުނަންން..” ސާއިމްގެ ވާހަކަ ފުރިހަމަ ނުވީ އޭނާގެ އަތުގައި އީނާޝް ހިފައިލުމުންނެވެ.
” އަޅެ ޕްލީޒް. ދެން ބުނެބަ ތިބުނަން އުޅޭ އެއްޗެއް.” އިނާޝް ލަދުން ގޮސް ހަލާކުވާވަރުވިއެވެ. އޭނާ ސާއިމްގެ އަތުގައި ހިފީ ބޭނުން ވެގެންނެއް ނޫނެވެ. “ސޮރީ” އީނާޝް ބުންޏެވެ.
” އީނޫ. އައި….” ސާއިމް ބުނަން އުޅުނު ޖުމްލަ ފުރިހަމައެއް ނުވިއެވެ.
” ބުނެބަ.”
” އީނޫ. އައި ލަވް ޔޫ.” ދެލޯ މަރައިލައި ހިނިތުންވެލަމުން ސާއިމް ބުނި ތިން ބަސް ވެގެން ދިޔައީ އީނާޝްގެ ކަންފަތަށް އެޅި ހޮނު ގުގުރިއަކަށްށެވެ. އޭނާގެ ދެލޮލުން ވަގުތުން ކަރުނަތަށް އޮހޮރެން ފެށިއެވެ. އޭނާޔަށް ފުރަގަހަށް އެނބުރެވުނީއެވެ. އެވަގުތު ދެންމެ ލެފި ލޯންޗުން ފައިބައިގެން އައި އަންހެނަކާއި ފިރިހެނެއް ފެނުމުން އީނާޝްގެ ހިތް ކުޑަ ހިނދުކޮޅަކަށް ހުއްޓުނު ކަހަލައެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
18 Comments!
Comments are closed.




Thankolheh lahun up kurevuneema vvvvvv sry to ALL….
Enjoy reading…
Nice story… Waiting 4 next part
Thnxx
Me first
VARAH REETHI.. ANNENHEN LAHE NOON… IRU HURIYAA LAHE NUVAANE 😉
Rangalhu vaahakaeh…
Thnk yuh..
haadha kurey mi part bt vvvvvvv nice this stry n kn irakun nxt part up kohladheynee waiting for the nxt part
Nxt part fridayga insha allah
Thnxx
V reethi mi part ves
Varah salhi keep it up
Nice story heyvany mazeege Tera ah vadevigen ulheyhen nice keep it up
Thnxx all…
V reethi…nxt part ah waiting…
Thnxx.. Keep waiting….
Unoosh goasan Dw?
Lets c dw…
Salhii..
..Thnk yew.