Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ހާދަހާވޭ ކުރާހިތް ސަމާސާ 39 ވަނަ ބައި

aasi
May 4, 2016
6 Mins Read
153 Views
8 Comments

“މިންހާޖް އެއީ މޫމިނާ ތިމާގެ ކުއްޖެއްދޯ. އެރަށު ކުއްޖެއްނު އެއީ.” ޖަމާލް އަހާލި އެވެ. ޒެކް ބޯޖަހާލި އެވެ. އެވާހަކައިގައި ދެމީހުން އެތަކެއް އިރު ވާހަކަ ދައްކަން ތިއްބެވެ.

އާ ދުވަހަކަށް އުދަރެސް އަލިކުރަމުން ދިޔައެވެ. ދޫނިސޫފާސޫފީގެ އަޑާއި ގޮނޑުދޮށުން ރާޅުޖަހާ ހިތްގައިމު އަޑު ފަޒާގެ ތެރޭގައި ގުގުމާފައި ހުއްޓެވެ. ގޭތެރެ އެހާ ހެދުނާވެސް ހަލަބޮލި ވެގެން އުޅެނީ އެންމެން މާލެދިއުމަށް ތައްޔާރުވާތީ އެވެ. މޫމިނާ އައިސް ހިބާއަށް އެހީވާން އުޅެއެވެ. ފައުޒާން ރަހާ އުރާލައިގެން ބޭރަށް ނިކުތެވެ. އޭރު އެހެން މީހުން އަވަސް ނާސްތާއެއް ކޮށްލުމުގައި އުޅެއެވެ. ފައުޒާން ވެސް ކާގެއަށް ވަދެ ބަނަހެއް ނަގާ ކާންފެށި އެވެ. ރަހާ އެ އަތުލަން އުޅެން ފެށި އެވެ. ފައުޒާން ރަހާގެ އަނގައަށް ކުޑަ ބަނަސް ކޮޅެއް ލާދިނެވެ. ލޯބި ގޮތަކަށް ކޮލުގައި ދަތްނެތް އިރުވެސް ހަފަންފެށިގޮތުން ފައުޒާން ކައިރިއަށް ހިނި އައެވެ.

“ޒެކް، ނުދަންތަ؟” ޒެކް ޓީޝާރޓަކާއި ސޯޓެއް ލައިގެން އައިސް ކާގެއަށް ވަނުމުން ފައުޒާން އަހާލި އެވެ.

“އާން، ބޭބެ މަޑުކުރަން ބުނެގެން މަޑުކުރީ.” ޒެކް ބުންނެވެ.

“ކީއްވެ؟” ލަޔާން އަހާލި އެވެ.

“އެއީ މުވައްޒަފުންގެ ވަޒީފާގެ ކަންތައް ބަލައިލަންވެގެން.” ޒެކް ބުންޏެވެ. ލަޔާން ބޯޖަހާލި އެވެ.

އެންމެން ތައްޔާރުވެގެން ފުރަން ދިޔައިރު ޒެކްއާއި އަޒްމާ އަދި މޫމިނާއާއި ޖަމާލްވެސް އެމީހުނާއި އެކު ދިޔަ އެވެ.

“ކާފަގެ ދޫނި އަވަހަށް އަންނާތި އިންގޭ.” ޖަމާލް ރަހާގެ ކޮލުގައި ކޮށްޓާލަމުން ބުންޏެވެ.

ލޯންޗު ނައްޓާލުމުން ޖަމާލްއާއި ޒެކް މިސްރާބު ޖެހީ އޮފީހާއި ދިމާލަށެވެ. އަޒްމާއާއި މޫމިނާ ދިޔައީ ގެއަށެވެ.

އެދުވަހު މާލެދިޔައިރު ހިބާ ބަލާ ކާރު އައިސްއޮތެވެ. ހިބާ އާއި ރަހާ ލަޔާންއާއި އެކު ކާރަށް ލާފައި ފައުޒާން ފިޒާ ގޮވައިގެން ސައިކަލުގައި ދިޔައީ ގެއަށެވެ. އެމީހުނާއި އެކު ރިފާއާއި ފައްވާޒްވެސް ޒާދްގޮވައިގެން އައިސް ގެއަށް ވަނެވެ. އޭރު ހަފީޒާއާއި އަލީ ތިބީ ސޯފާގައި އިށީދެގެންނެވެ.

“ދަރިފުޅުމެން އައީތަ؟” ކޮބާ ހިބާ؟” ހަފީޒާއަށް ފައުޒާން ފެނުމުން އެންމެކުރިންވެސް އަހާލެވުނީ ހިބާ ކޮބައިތޯ އެވެ.

“ހިބާ ގޭގަ. ޒާންވެސް މި އުޅެނީ ހިބާމެންގެއަށް ބަދަލުވާން.” ފައުޒާން ހަފީޒާއަށް ބަލައިލާފައި ބުންޏެވެ. ހަފީޒާ ފައުޒާންއަށް ބަލަހައްޓައިގެން ހުއްޓެވެ.

“މާދަމާ އަންނާނަން ހިބާއާއި ރަހާ ގޮވައިގެން މަންމަ ކައިރިއަށް. މަންމަ ބޭނުމިއްޔާ ހިބާ ކައިރިއަށް މަންމައަށް ވެސް ދެވިދާނެ.” ފައުޒާން ބުންޏެވެ.

“ޖަމާލް މިހާރު ގަބޫލު ކުރެއްވީތަ؟” އަލީ އަހާލި އެވެ.

“އާން ބައްޕާ. ހިބާ ބައްޕަ މިހާރު ވަރަށް ކޫލް ވެއްޖެ.” ފައުޒާން ހީލަމުން ބުންޏެވެ. “ދަބަހަށް އެތިކޮޅެއް އަޅައިގެން ދާން މިއައީ. ޒާންގެ ކޮޓަރި ފިޒާއަށް ބޮޑުކުރާ ވާހަކަ ދައްކާފައެއްނު ކުރިން އޮތީ. އެހެން ހަދަން ވާނެ މިފަހަރު ފިޒް ގޮއްސަ އަންނަން ވާއިރަށް. ދޯ މަންމާ.” ފައުޒާން ބުންޏެވެ. ހަފީޒާ ބޯ ޖަހާލި އެވެ. ފައުޒާން ދާކަށް ހަފީޒާ ހިތްހަމައެއް ނުޖެހެއެވެ. ނަމަވެސް ދެން ކުރެވޭނީވެސް ކީއްހެއްޔެވެ. ފައުޒާންގެ އުފާތަކަށް ހުރަސް އަޅާކަށް ހަފީޒާ ބޭނުމެއް ނޫނެވެ.

ޖެހިގެން އައިދުވަހު ހިބާއާއި ރަހާ ގޮވައިގެން ފައުޒާން ހަފީޒާ ކައިރިއަށް އައެވެ. ހަފީޒާ އޭރު ހުރީ އެމީހުން އަންނާނެތީ ސައިހަދާ ތައްޔާރުކޮށްލައިގެނެވެ.

“މީ ހަމަ ޒާން ކުޑައިރު އިންނަގޮތް. ވަރަށް ވައްތަރު. އެކަމަކު ހިބާގެ ބޮޑު ދެލޯ ދޯ މީނީ.” އެމީހުން ދޮރުން ވަނުމުން ހަފީޒާ އެންމެ ކުރިންވެސް ރަހާ އުރާލި އެވެ. “މާމައަށް އަދިކިރިޔާނު ދޫނި މި ފެނުނީ.” ހަފީޒާ ލޯބިން ރަހާއަށް ދޮނެއް ދިނެވެ.

“ކުޑައްތަ ހާދަ ހިކިއްޖެޔޭ؟ އަނެއްކާ ޑައިޓްގަތަ؟” ހިބާ ހަފީޒާއަށް ބަލައިލާފައި ބުންޏެވެ.

“އަދިވެސް ކުޑައްތަ ތަ ކިޔަނީ؟” ހިބާއާއި ދިމާއަށް ބަލައިލަމުން ހަފީޒާ ބުންޏެވެ. އެވަގުތު ފިޒާ އައިސް ރަހާ އުރާލައިގެން ގޮސް ސޯފާގައި އިން ފައްވާޒް ކައިރީ އިށީނެވެ.

“ދެން އެންމެ ކުރިން ކުޑައްތަ އެއްނު.” ހިބާ ލަދުން ހުރެ ބުންޏެވެ.

“މަންމަ ކިޔަން ލަދު ގަންނަނީތަ؟” ފައުޒާން ހިބާއަށް ބަލައިލަމުން ސަމާސާ ރާގަކަށް ބުންޏެވެ.

“ހިބާވެސް ކިހާ ހިކިއްޖެ. މަންމައަށް މާފް ކުރޭ ހިބާ. ހިބާއާ ޒާންއާ އިނދެގެން އުޅުންކަން އިނގުނު ނަމަ މަންމަ އެގޮތަށް ކަންތަކެއް ނުކުރީމުސް. މަންމައަށް މާފް ކުރޭ ހިބާ، އަދިވެސް އެ ހިތާމައިގަ މަންމަ މި އުޅެނީ.” ހަފީޒާ ހިބާގެ އަތުގައި ހިފާލަމުން އެހެން ބުނިއިރު ލޮލުން ވަނީ ކަރުނަ ނިރާލާފަ އެވެ.

“ދެން ތިހެން ނުކިޔާ. ހިބާ އަބަދުވެސް ކުޑައްތައަށް މާފް ކުރާނަމޭ. އެކަމާ ފިކުރުނުކުރޭ. ހިބާއަށް އިނގެޔޭ އެއީ ކުޑައްތަ ގަސްތުގަ ކުރި ކަމެއް ނޫންކަން.” ހިބާ ހަފީޒާގެ ލޯ ފޮހެލަދެމުން ބުންޏެވެ.

“މަންމަ ބުނީ ހިބާ މާފް ކުރިކަން ގަބޫލް ކުރާނީ މަންމަ ކިޔަން ފެށީމަޔޯ.” ފައުޒާން ހިބާއާއި ހަފީޒާއަށް ބަލައިލަމުން ބުންޏެވެ. ހިބާ ފައުޒާންއަށް ލޯ އަޅާލި އެވެ. ހަފީޒާ ހީލައިގެން ހުއްޓެވެ.

އެދުވަހު ޝަކީލާގެ ދެމަފިރިންނާއި ނަދީމާގެ ދެމަފިރިންވެސް އައިސް ތިބީ ހިބާއާއި ރަހާ ދެކިލާށެވެ. ނަދީމާގެ ހިތަށް ކިތަންމެ އަސަރެއް ކުރިއަސް އެކަން އޮއްބާލައިގެން ނަދީމާ ހުރީ އާއިލާއަށް ޓަކައެވެ. ފައުޒާންދެކެ ނަދީމާ ލޯބިވަނީ ދަރިއަކު ފަދައިންނެވެ. އެހެންކަމުން އެލޯބި ފައުޒާންގެ އަންހެނުންނަށް ވެސް ދޭންވާނެކަމުގައި ނަދީމާ ދެކުނެވެ. އެގޮތަށް ކަންތައްވީ ނަދުވާގެ ސަބަބުންކަންވެސް ނަދީމާއަށް ގަބޫލު ކުރެވުނުކަން އެއީ ނަސީބެވެ.

މުޅި ގޭތެރެ ހަލަބޮލިވެގެން ދިޔައީ އަޒްކާއާއި މާޒްއަދި އަޒްމީލްއާއި ނިހާނީ އައިސް ވަނުމުންނެވެ. އެދުވަހަކީވެސް ހިބާގެ ހިތުގައި ބިންވަޅުނެގިގެން ދިޔަ އުފާވެރި ދުވަހެކެވެ. ފައުޒާންގެ އާއިލާ ހިބާއަށް ހެޔޮވެފައި ރަގަޅެވެ. އެމީހުނާއެކު އުޅޭއިރު އުފާވެސް ވެއެވެ. އަދި ގިނަގިނައިން އަންނާނަން ކަމަށްބުނެ އެދުވަހު ފައުޒާންގެ ކުޑަކުޑަ އާއިލާ ވަކިވެގެން ދިޔައީ ވަރަށް ލަސްވި ފަހުންނެވެ.

ދެދުވަހެއް ފަހެވެ. ފައުޒާން އޮފީސް ނިމިގެން އައިއިރު ލަޔާންއާއި ހިބާ ކޮންމެސް ވާހަކައެއް ދައްކަން ސޯފާގައި ތިއްބެވެ. ފައުޒާންއައިސް އިށީނީ ވަރަށް ވަރުބަލިވެފައި ހުރުމާއި އެކު އެވެ.

“ޒާން، ޒާންއަށް އިނގޭތަ؟” ފައުޒާންއާއި ދިމާއަށް އެނބުރިލަމުން ހިބާ ބުންޏެވެ. ފައުޒާން ސުވާލުން ފުރިގެން ވާ ނަޒަރަކުން ހިބާއަށް ބަލައިލި އެވެ.

“މިންހާޖްއާއި ނަދުވާއާ އަދިވެސް ދެތިން މީހަކަު ވަޒީފާއިން ވަކި ކުރީޔޯ.” ހިބާ ބުންޏެވެ. ފައުޒާން ގޮނޑީގައި ހަމަޖެހިލަމުން ލަޔާންއަށް ބަލައިލި އެވެ.

“މިންހާޖްއާއި ފުއާދް ވެގެން ވަޒީފާ ދިނީ އެމީހުންގެ ތިމާގެ މީހުނާ ރައްޓެހިންނަށް. ނުވިތާކަށް އެމީހުން ހުރީ ބައިވަރު ބިލްތަކެއް ވެސް ފޮރުވާފަ އެއަށް ލިބޭ ލާރި ކޮޅުވެސް އެމީހުން ނެގީ. ދެން ބާރ އިންވެސް ކޮންމެ ދުވަހަކު މިންހާޖް ރާފުޅި ގެންދާކަމަށް ވަނީ. ނޭގެ ވިއްކަން ކަމެއް ބޯންކަމެއް. އެހެންވެ އެމީހުން ކަނޑާލި އިރު އެގޮތަށް ވައްދާފަ ތިބި އެންމެން ވެސް ކަނޑާލީ. އެގޮތަށް ވައްދާފަ ހުރި ކުއްޖަކަށް ނަދުވާ ވީތީ ނަދުވާވެސް ކަނޑާލައިފި.” ލަޔާން ބުންޏެވެ.

“ރަނގަޅަށް ތިހެދީ. ނަދުވާ ވީހާވެސް ދުރުގައި ބަހައްޓާ.” ފައުޒާން ތެދުވަމުން ފަރުވާ ކުޑަގޮތަކަށް ބުންޏެވެ. “ހިބާ، އަންނާނަން ފްރެޝް ވެލައިގެން ކާން.” ފައުޒާން ދަމުން ބުންޏެވެ.

ހިބާ ކާގެއަށް ދިޔައިރު ގީތާ ހުރީ ކާން ތައްޔާރުކޮށްފަ އެވެ. ތައްޓަކަށް ފެން އަޅަން ހުއްޓާ މަޖްދާ އައީ ރަހާ ގޮވައިގެނެވެ. އޭރު ރަހާ ރޮނީ އެވެ. މަޖްދާ ގޭގައި އުޅޭ ގަޑިތަކުގައި ރަހާ ބަލައިދޭތީ ހިބާއަށް ވަރަށް ފަސޭހަވެއެވެ.

“ހިބް، ރަހާ ރޮނީ. ބަންޑުހައިވީ ކަންނޭގެ.” ރަހާ ހިބާއަތަށް ދެމުން މަޖްދާ ބުންޏެވެ. ހިބާ އުރާލުމާއި އެކު ރަހާ ހުއްޓާލާފައި މަޖްދާއަށް ބަލައިލަމުން ހީލައިފި އެވެ. “ހާދަ ލާނެތް ކުއްޖެކޭ. މަންމަ ކައިރިއަށް ނާދެވިގެން ބޮޑާހޭކީ ދޯ.” މަޖްދާ ރަހާގެ ކޮލުގައި ހިފައި ގަންނަމުން ބުނެލި އެވެ. ހިބާވެސް ހިނިއައިސްފައި ހުއްޓެވެ.

ފައުޒާން އައިސް ކާން އިށީދެފައި ހުރި އެއްޗިހި ބަލައިލި އެވެ.

“ހިބާ ވެސް އާދޭ ކާން.” ފައުޒާން ބުނެލި އެވެ. ރަހާގެ އުސް ގޮނޑީގައި ރަހާ ބައިންދާފައި ހިބާވެސް އެތާ އިށީނެވެ. “ހިބާ ދެން ކޯހުގެ އަނެއްބައި ހަދާނީ ކޮންއިރަކުން؟ މިހާރު އަޒްކޮ ކޯސްނިމިގެން އެއުޅެނީ ޓީޗަރަކަށް.” ފައުޒާން ބުންޏެވެ.

“ދެން ކިޔަވާ ހިތެއް ނެތް. ރަހާ އެހެން މީހަކާ ހަވާލުކޮށްފަ ވަޒީފާއަކަށް ދާކަށް ހިބާއަކަށް ނުކެރޭނެ.” ހިބާ ރަހާގެ އަނގައަށް ބަތްކޮޅެއް ޗަސްކޮށްލާފައި ލަވަމުން ބުންޏެވެ. ފައުޒާން ބޯޖަހާލި އެވެ. ފައުޒާންވެސް ބޭނުންވަނީ ރަހާ ބަލަން ހިބާ ހުރުމެވެ. ފައުޒާން ހަމައެކަނި ބަލައިލީ ހިބާގެ ހިޔާލެވެ.

“ޒާންވެސް ބޭނުންވަނީ ހިބާ ގޭގަ ހުންނަން. އެހެންވީމަ ރަހާ ބޮޑުވާން ވާއިރަށް ޖެހޭނެނު އަނެއްކާ ކިޑެއް ހޯދަން،” ސަމާސާ ރާގަކަށް ފައުޒާން ބުނެލީ ހެވިފައި އިނދެއެވެ. “ހޯދަންވާނެ ދިހަވަރަކަށް ކުދިން ދޯ.” ފައުޒާން ކަމުން ބުންޏެވެ.

“އެހެން މީހަކާ އިންނަން ވީނު ތިހާ ބައިވަރު ކުދިން ހޯދަން. ހިބާއަކަށް ތިކަމެއް ނުވާނެ.” ހިބާ ވެސް ހެވިލާފައި އިނދެ ބުންޏެވެ. ކޮންމެދުވަހެއް ދެމީހުން ވޭތިކުރަނީ އެފަދަ ގޮތަކަށެވެ. ސަމާސާއާއި އުފާވެރިކަމުގައެވެ.

އެ ރޭ ހިބާ ރަހާ ނިންދަވާފައި އައިސް އެނދުގައި އޮތް ފައުޒާން ކައިރީ އޮށޯވެލި އެވެ.

“ހިބާއެކޭ ދޫނި ފަތެކޭ އެއްވަރު. ތަންކޮޅެއް ފަލަވެބަލަ.” ހިބާ ކައިރިއަށް ދަމާލަމުން ފައުޒާން ބުންޏެވެ.

“ފައުޒާން މިހާރު ތިހެން ބުނާނެ. ހިބާ ކައިގެން ފަލަވީމަ ބުނާނެ ހިބާއެކޭ ތާނގީ ބުރިއެކޭ އެއްވަރޭ.” ހިބާ ތުން އަނބުރާލަމުން ބުންޏެވެ.

“ހެހެހެ… ނެތެއްނު ސަލާމަތެއްދޯ. ހިބާ ކޮންމެ ގޮތަކަށް ހުއްޓަސް ތީ އަބަދުވެސް ޒާންގެ ހިބާ.” ހިބާގެ ކޮލުގައި ހިފާލަމުން ފައުޒާން ބުންޏެވެ. އެވަގުތު ފައުޒާންގެ ފޯނު ރިންގުވާން ފެށި އެވެ. ފައުޒާން ބަލައިލި އިރު ގުޅަނީ ނަދީމާއެވެ. ނަދީމާ އަނެއްކާ އެގުޅަނީ ކީއްވެ ހެއްޔެވެ. އަނެއްކާ ނަދުވާ ކޮންމެސް މޮޅު ކަމެއް ކޮށްލީކަންނޭގެއެވެ. ފައުޒާން އަވަހަށް ފޯނު ނެގި އެވެ.

“ޒާން، ޕްލީސް ކޮންމެސް ގޮތަކުން ނަދޫއަށް ގުޅާލަ ދީބަލަ. ތުއްތައްތަ ތިން ދުވަސް ވެއްޖެ ނަދޫއަށް ގުޅަން އުޅޭތާ. އެކަމަކު ނުގުޅޭ. ފޯނު ނިވާލާފަ.” ފައުޒާންއަށް އެދުން ތެދުވެވުނެވެ.

“ނަދޫ ކޮންތާކު ވީ؟” ފައުޒާންއަށް އަހާލެވުނެވެ.

“އޭނަ ވީ ރިސޯޓުގަނު. އެރިސޯޓަށް ދިޔަފަހުން އަދި އެންމެ ދުވަހަކުވެސް ގެއަކަށް ނާދޭ. މި ތިންދުވަހު ފޯނު ނުނަގާތީ މިއުޅެނީ.  މެންދުރުފަހު ޑިއުޓީ ކުރާތީ ތުއްތައްތަ ގުޅަނީ ހެދުނު ވިއްޔަ. ދެން އިއްޔެވެސް މެންދުރު ފަހު އޭނަގެ އަބަދު ގުޅާ އޮފީސް ނަންބަރަށް ގުޅިމަ ބުނީ ވަޒީފާއަކަށް ނުނިކުމެޔޯ މި ތިންދުވަހަކު. އަނެއްކާ ބަލިވީ ކަންނޭގެ. ތުއްތައްތަ ކަންބޮޑުވެފަ މިހުންނަނީ.” ނަދީމާ ހުރީ ވަރަށް ހާސްވެފަކަން އަޑުންވެސް އިނގެ އެވެ.

“ނަދުވާ ގެއަކަށް ނުދޭތަ؟” އަނެއްކާވެސް ފައުޒާންއަށް އަހާލެވުނެވެ. “ތުއްތައްތާ، ނަދޫ ވަޒީފާއިން ވަކިކުރިތާ ދެތިން ދުވަސް ވެއްޖެ. ގެއަށް ނުދަންޏާ ކޮންތާކަށް އެދިޔައީ އަނެއްކާ؟” ފައުޒާންއަށް އަހާލެވުނެވެ. ފައުޒާން އެހެން ބުނުމުން ނަދީމާ އިތުރަށް ހާސްވި އެވެ.

“އޭނ، ދެން ކޮންތާކަށް ދާނީ؟ ކީއްވެ ވަޒީފާއިން ވަކިކުރީ؟ ކީއްވެ އޭނަ ފޯނު ނުނަގަނީ؟” ނަދީމާއަށް މިހާރު ރޮވެން ފަށައިފި އެވެ.

“ތުއްތައްތަ އަދި ހާސްނުވެބަލަ. ޒާން އެބަ ގުޅަން.” ފައުޒާން ފޯނު ކަނޑާލަމުން ބުންޏެވެ.

“ކީކޯތަ؟ ނަދުވާ ކީއްކުރީޔޯ؟” ފައުޒާން ދެއްކި ވާހަކަ އަޑުއަހަން އޮތް ހިބާ އަހާލި އެވެ. ފައުޒާން ވެގެން އުޅޭގޮތް ހިބާއަށް ކިޔައިދިނެވެ. އަދި އަވަހަށް ޒެކްއަށް ގުޅާލި އެވެ. ނަދުވާ ދިޔަތަނެއް ޒެކްއަށް ވެސް ނޭގޭކަމަށް ބުނުމުން ފައުޒާންވެސް ހާސްވާގޮތް ވެއްޖެ އެވެ. ނަދުވާއަކީ ހިތްހަމަ ނުޖެހިއްޖެއްޔާ ކޮންމެފަދަ ކަމެއްވެސް ކުރަން ޖެހިލުންވާ މީހެއް ނޫނެވެ. ފައުޒާން ބޮލުގައި އަތް ހާކާލަމުން ބޭރަށް ނުކުތީ އަޒްމީލްއަށް ގުޅަމުންނެވެ.

އަޒްމީލްއާއި ފައުޒާން އެތަންމިތަން ހޯދިއެވެ. އަދި މިންހާޖްއަށް ގުޅަންވެސް އެތަކެއް އިރު މަސައްކަތް ކުރިއެވެ. މިންހާޖަށް ގުޅޭގޮތް ނުވުމުން ނަދުވާވެސް ވީ މިންހާޖާއި އެކު ކަމަށް ގަބޫލު ކުރެވުނެވެ. ގެއަށް ދިޔައިރު ހަފީޒާ ކައިރީ އިނދެގެން ނަދީމާ ރޮނީ އެވެ. ސައީދު ވެސް ކަންބޮޑުވެފައި އިނެވެ.

“ހަބަރެއް ވެއްޖެތަ؟” ފައުޒާން ފެނުމުން ސައީދް އެހި އެވެ. ފައުޒާން މާޔޫސްވެފައި ހުރެ ބޯ ހޫރާލި އެވެ. “ޕޮލިހަށް އަންގަންވީ ދޯ؟” ސައީދު އެންމެ ފަހުގެ ފިޔަވަޅު އަޅަން ބުނީ ވިސްނާލާފަ އެވެ.

“ދެން އޮތީ ތިގޮތް.” ފައުޒާން ވެސް އެއްބަސްވެލި އެވެ. ހަބަރެއް ނުވާތާ ތިންދުވަސް ވެފައިވާއިރު ފުލުހަށް އެންގުން ވަރަށް މުހިންމުކަން އެންމެނަށްވެސް ވިސްނެ އެވެ. އަނެއްކާ ދެން އިތުރަށް ހޯދާނެ ތަނެއްވެސް ފައުޒާންމެންގެ ސިކުނޑިއަކަށް ނުވަދެ އެވެ.

އެރޭ ކައިގެން ފައުޒާން އިނީ ވިސްނުމަކަށް ގެއްލިފަ އެވެ. ހިބާ އައިސް ކައިރީގައި އިށީން ކަމެއްވެސް ފައުޒާންއަކަށް ނޭގެ އެވެ.

“ފައުޒާން!” ހިބާ ގޮވާލުމުން ފައުޒާން ސިހޭގޮތް ވިއެވެ. “ކިހިނެއް ވެފަ؟ އަދިވެސް ނަދުވާގެ ކަންތަކާތަ ތި ވިސްނަނީ؟” ހިބާ އިނީ ފައުޒާން އެހާ ކަންބޮޑުވެފައި އިންނާތީ ހިތްހަމަ ނުޖެހިފަ އެވެ.

“ހިބާ، ޒާން ކަންބޮޑުވަނީ ނަދުވާ ކޮންމެފަދަ ކަމެއްވެސް ކޮށްފާނެކަމަށް ގަބޫލު ކުރެވޭތީ. ތުއްތައްތަ މިހާރުވެސް އެހާ ދެރަވެގެން އެއުޅެނީ. ދެން އަދި ނަދުވާއަށް ކަމެއް ވެއްޖެއްޔާ ތުއްތައްތަ ހާދަ ދެރަވާނެޔޭ.” ފައުޒާން ބުންޏެވެ.

“އާން، ތިކަންވެސް އޮތީ ތިހެން. ދެން އެކަމު ތިހެން ވިސްނަން އިނދެގެން ތިކަމާ ކުރަވޭނެ ކަމެއް އެބައޮތްތަ؟” ހިބާ ފައުޒާންއާއި ކައިރި ވެލަމުން ބުންޏެވެ. “ފައުޒާން ތިކަމާ އެހާވަރަށް ނުވިސްނަބަލަ.” ފައުޒާން ހިބާއަށް ބަލައިލި އެވެ. ހިބާ ބުންޏަސް ނުވިސްނާ ހުންނާނެގޮތެއް ކޮބައި ހެއްޔެވެ. ނަދުވާއަކީ ފައުޒާންގެ އާއިލާ ކުއްޖަކަށް ވާއިރު އެއީ އެއްއިރެއްގައި ފައުޒާންވެސް ލޯބިވި ކުއްޖެއް ވިއްޔާއެވެ. ފައުޒާން ހިބާއަށް ބަލައިލާފައި އެއްޗެއް ނުބުނެ ހިބާގެ ކޮނޑުގައި ހިފާ ފައުޒާން ކައިރިއަށް ދަމާލި އެވެ. ހިބާއަކަށް ނޭގޭނެ އެވެ. ފައުޒާންގެ ހިތުގައި އަދިވެސް ނަދުވާއަށް ހަމްދަރުދީ ވެވެއެވެ. އެއީ ލޯތްބެއް ނޫނެވެ. ނަމަވެސް ނަދުވާ އެންމެ ރަގަޅަށް ދަންނަ މީހަކީ ފައުޒާންއެވެ. ކިތަންމެ ބޮޑު ނުބައި ކަމެއްވެސް ކުރާކަށް އެ ނަދުވާ ފަހެއް ނުޖެހޭނެކަން ފައުޒާންއަށް އިނގެ އެވެ. ނަދުވާއަށް ދެރަގޮތެއް ވެއްޖެއްޔާ އާއިލާ އެންމެން ވެސް ދެރަވާނެއެވެ. ފައުޒާންވެސް ދެރަވާނެކަން ގައިމެވެ. ކިތަންމެ ނުބައިކަމެއް ނަދުވާ ކޮށްފައި ހުއްޓަސް އާއިލާ ކުއްޖަކަށްވާތީ ހަމްދަރުދީ ވެވޭނެ ނޫންހެއްޔެވެ.

އެރޭ ފައުޒާންއަށް ނުވެސް ނިދުނެވެ. ހަފީޒާއާއި އަލީވެސް ތިބީ ނަދީމާ ކައިރީ ހޭލައެވެ. ނަދީމާ ރޮއެރޮއެ ގޮސް ނޭވާ ހާސްވެގެން އުޅުމުން ނަދީމާއޮތީ އިންޖެކްޝަން ޖަހާ ނިންދަވާފަ އެވެ.

ހެދުނު ހިބާ ޓީވީ ހުޅުވީ ރަހާ ކޮށްޓަށްލާފައި އައިސް އިށީންނަމުންނެވެ. ޓީވީން އޭރު ދައްކަމުން ދިޔައީ ޙަބަރެވެ. ފައުޒާން އޮފީހަށްދާން ތައްޔާރުވެގެން އައިސް ހިބާގެ ފުރަގަހަތުން ސޯފާ ބިއްދޮށުގައި ހުއްޓުނެވެ. އަންނަން ފެށި ހަބަރަކުން ދެމީހުނަށް ވެސް ތިބީ ގުޑިލަންވެސް ނޭގިފަ އެވެ. ލިބުނު ހައިރާން ކަމަކުން ހިބާއަށް ގޮޑިން ތެދުވެވުނެވެ. އަދި ފައުޒާންއަށް ބަލައިލެވުނެވެ.

ފައުޒާން ވަގުތުން އަޒްމީލްއަށް ގުޅާލި އެވެ. އަޒްމީލް ފުރަތަމަ ރިންގުން ފޯނުނެގިއެވެ.

“ހަބަރު ބެލީތަ؟” ފައުޒާން އަހާލި އެވެ. އޒްމީލްވެސް މަޑުމަޑުން އާއެކޭ ބުނަން ހޫން ލައްވާލި އެވެ. ދެން ފޯނު ކަނޑާލުމަށްފަހު ފައުޒާން ގުޅީ ހަފީޒާއަށެވެ. ދެތިން ފަހަރަކު ރިންގުވެފައި ހަފީޒާ ފޯނު ނެގި އެވެ.

“މަންމާ، ހަބަރު ބެލީތަ؟” ފައުޒާން އަހާލި އެވެ.

“ނޫނޭ، ކިހިނެއްވީ؟” ހަފީޒާ އަހާލި އެވެ.

“ކޮބާ ތުއްތައްތަ؟” ފައުޒާން އަހާލި އެވެ.

“ތުއްތައްތަ ނިދާފަ. އަނެއްކާ ކިހިނެއްތަ ވީ؟ ނަދުވާގެ ހަބަރެއް ވީތަ؟” ހަފީޒާ ހާސްވެފައި އަހާލި އެވެ. އޭރު އަޒްމީލްއާއި ޝަކީލާ އައިސް އެގެއަށް ވަނެވެ.

“އޮފީހަށް ވަދެލާފަ އެބަދަން.” ފައުޒާން ހަފީޒާއަށް ޖަވާބެއް ނުދީ ބުނަމުން ފޯނު ކަނޑާލި އެވެ.

“ހިބާ، މަންމަމެންގެއަށް ކާރުގަދޭ. ޒާންވެސް މިދަނީ.” ފައުޒާން އެހެން ބުނަމުން އަވަހަށް ގެއިން ނުކުތީ ހިބާގެ ޖަވާބަކަށްވެސް ނުބަލަ އެވެ.

80
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

aasi

Other Articles

Previous

ޤުރުބާން ވުމީ މިހިތުގެ އުފާ 14 ވަނަ ބައި

Next

Hayaathehge feshumaai nimun aai goii

Next
May 4, 2016

Hayaathehge feshumaai nimun aai goii

Previews
May 3, 2016

ޤުރުބާން ވުމީ މިހިތުގެ އުފާ 14 ވަނަ ބައި

8 Comments

  1. Madhy says:
    May 4, 2016 at 2:05 am

    Vv salhi kuriyah dhaa goiyh.. Good luck ♥️

  2. ainth says:
    May 4, 2016 at 5:48 am

    vvvvvvv nice

  3. Mary says:
    May 4, 2016 at 5:10 pm

    Thankolheh avhah app koh bala

  4. aina says:
    May 4, 2016 at 7:58 pm

    Varah reethi

  5. rif says:
    May 4, 2016 at 9:44 pm

    Kon irakun 40 vanabai genesdhenee

  6. Anonymous says:
    May 4, 2016 at 10:54 pm

    last part dhww dhn iny..

  7. farey says:
    May 5, 2016 at 6:32 pm

    Asi kobaa tha update… haadha lasvejjey

  8. rifu says:
    July 8, 2016 at 6:03 pm

    konirakun tha 40 bai genesdheny

Comments are closed.

All Right Reserved!