Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިޒާރުގައި ހުރިން 1

Ryn
May 9, 2016
7 Mins Read
81 Views
48 Comments

(މި ވާހަކައިގައި މާޒިން ކިޔާ ދެ ފިރިހެން ކުދިން އުޅުމުގެ ސަބަބުން 3 އަހަރުގެ މާޒިންއަށް ވާހަކައިގެ ތެރޭގައި “ޒިން” ޖަހައިގެން ލިޔެ އަދި 26 އަހަރުގެ މާޒިންއަށް “މާޒިން” ޖަހައިގެން ލިޔެފައިވާ ކަން އަންގަމެވެ.)

“ޒިން…..؟” “ޒިން…. އަޅެފަހެ މިތާ ދެންމެ ހުރީ މިހާރު ކޮބާތަ..؟ޒިން؟؟؟ ” ސުމާ ދެ އައިސްކޯން ހިފައިގެން ހުރެ 3 އަހަރުގެ “ޒިން” އަށް ގޮވަމުން ދިޔައެވެ. ތަނަކީ މީހުން ގިނަ ތަނެއް ކަމުން އޭނާ ގެއްލިވެސް ދާނެއެވެ.

………….

“ބޭބޭ…..ބޭބޭ!!!” މާޒިން ފަސް އެނބުރި ތިރި ބަލައިލީ އޭނާ ލައިގެން ހުރި ކަޅު ޖީންސުގައި ކުއްޖަކު ހިފާލަމުން އޭނާއަށް ގޮވާތީއެވެ. މާޒިން ކުޑަކޮށް ހިނިތުންވެލުމަށްފަހު އެ ކުއްޖާއާއި އެއް އިސްކޮޅެއް ވާވަރަށް އިށީނދެލިއެވެ. “ލައްބަ ހޭންޑްސަމް؟ ކިހިނެއްވީ؟” މާޒިން އެ ކުޑަ ފިރިހެން ކުއްޖާގެ ބޮލުގައި ކުޑަކޮށް ފިރުމާލަމުން އަހާލިއެވެ. އެ ކުއްޖާ ހުރީ ހުދު ކުލައިގެ އަތްއޮޅި ގަމިހަކާއި ކަޅު ސިކިނީއެއް ލާފައެވެ. ފެންނަގޮތުން އުމުރުން 3 އަހަރުހެން ހީވެއެވެ. އުމުރުގެ ގޮތުންވެސް އެކުއްޖާ ރީތިވެފައި ސްމާޓެވެ. ހާއްސަކޮށް ގަމިސް ލަފައި ހުރުމުންނެވެ. ހަމުގެ ކުލަ އަލިވެފައި އިސްތަށިގަނޑު ހުންނަނީ މަޑު ޗޮކްލެޓް ކުލައެއްގައެވެ. ފެންނަގޮތުން ރާއްޖެ ކުއްޖެހެން ހިއެއްނުވެއެވެ. “މީ.. ބޭބެގެތަ؟..” އަތުގައި އޮތް ވޮލެޓް ދިއްކޮށްލަމުން އެ ފިރިހެން ކުއްޖާ ބުނެލިއެވެ. މާޒިން ވޮލެޓްގައި ހިފާ ލުމަށްފަހު އެއީ އޭނަގެތޯ ޔަގީންކޮށްލިއެވެ. “ލައްބަ.. މީ ބޭބެގެ. ކޮންތާކުން ފެނުނީ؟” އޯގާތެރިކަމާއި އެކު މާޒިން އަހާލިއެވެ. “މިތާ ވެއްތިފަ އޮތީ.. ޒި……..” އެ ފިރިހެން ކުއްޖާ ބުނަންއުޅުނު އެތި މެދުކެނޑުނެވެ.

“ޒިން!!!!!” ސުމާ ޒިން ފެނުމާއި އެކު ތަންކޮޅެއް ބާރަށް ގޮވާލިއެވެ. މާޒިންވެސް އަދި ޒިންވެސް އެއްފަހަރާ ސުމާއާއި ދިމާ ބަލައިލިއެވެ. މާޒިން ކޮޅަށް ތެދުވިއެވެ. އަދި ސުމާ އަންނަތަން ބަލަން ހުރެވުނީ ދަންނަ ކުއްޖެއްތޯ ވަކިކުރުމަށެވެ. ސުމާ ހުރީ ފެހި ކުލައިގެ ޖިލްބާބެއް ލާފައެވެ. އަދި އެއާއި ގުޅޭ ޝޯލްއެއް އަޅާފައެވެ. ޝޯލްގެ ތެރެއިން ސުމާގެ މޫނު ފެންނަލެއް ވަރަށް ހިތްގައިމެވެ. އެ އެސްފިޔަތަށް ދިގު ބޮޑު ދެލޮލެވެ. ފިޔާތޮށި ކުލައަރާ ތުންފަތެވެ. ލައިގެން ހުރި ޖިލްބާބު ހަށިގަނޑަށް ދޫކަމުގައިވިޔަސް އެ ހަށިގަނޑުގެ ރީތިކަން ރަނގަޅަށްވެސް އިނގެއެވެ.

ސުމާ މާޒިންއާއި ދިމާލަށް ފަރުވާކުޑަގޮތަކަށް ބަލާލުމަށްފަހު ޒިން އާއި ދިމާލަށް އައެވެ. މާޒިން ހައިރާންވެފައި އެ ކުއްޖާއާއި ދިމާ ބަލައިލިއެވެ. ސުމާ ޒިންގެ އަތުގައި ހިފައިގެން އެތަނުން ހިނގައިގަތެވެ. ޒިން ފަސްއެނބުރި މާޒިންއަށް ބަލާލުމަށްފަހު ހިނިތުންވެލައި އަތުގެ އިޝާރާތުން ބައި ކިޔާލިއެވެ. މާޒިން ވެސް ކުޑަކޮށް ހިނިތުންވެލުމަށްފަހު ބައި ކިޔެވެ. މާޒިން ހީކުރީ އެ އަންހެންކުއްޖާ ގޮވީ އޭނާއަށް ކަމަށެވެ. ނަމަވެސް ކަންވީ އެހެންގޮތަކަށް ކަމުން އަމިއްލަ ނަފްސާއި ދިމާލަށް މަލާމާތްކޮށްލެވުނެވެ. ނަމަވެސް އެ އަންހެންކުއްޖާ އާއި ގާތްކަމެއް އިހްސާސްވިއެވެ. ކޮންމެވެސް ތާކުން ފެނުނު ހެން ހީވިއެވެ. އެ ފިރިހެންކުއްޖާއަށް އަށްވެސް އެކީ ޒިން އެވެ. މާޒިން އޭނާގެ ފަން އިސްތަށިގަނޑުގައި މަޑުމަޑުން ހިފާލިއެވެ. އެއަށްފަހު އިހްތިޔާރަކާ ނުލާ އެ އަންހެންކުއްޖާ ދިޔަ ދިމާލަށް ދެވުނެވެ. މާޒިން ހުރި ދިމާލުން ނުފެނުމުން ކަންބޮޑުވާނެ މީހަކު ހުންނާނެކަން ހިނދުކޮޅަކަށްވެސް އޭނާ ހަނދާންނެތުނެވެ.

“ޒިން…!! މަންމި ބުނަމެއްނު އެކަނި ނުދަންޗޭ… ދެން އެހެން ނަހަދަންޗޭ…އަވަހަށް ބޯލާ ދެން މެލްޓްވަނީ މިއޮށް….. ” ސުމާ ޒިން ހިލަ ގޮނޑިއެއްގައި ބައިންދާ އޭނާގެ އައިސްކޯން ދެމުން ބުނެލިއެވެ.

“މަންމީ… ޒިން އެބޭބެ އަތަށް އުޅުނީ ވޮލެތު ދޭސޭ… އެ ބޭބެ އަތުން ވެއްތިފަ އޮތީމަ.. ސޮލީ މަންމީ އައި ވިލް ނޮޓް ޑޫ ދެޓް. އަގައިން..” ކުޑަ ކުޑަ ޒިން ދެރަވެލާފައި އެހެން ބުނެލިއެވެ. އުމުރާއި ހިލާފަށް ޒިން ގެ އަނގަ ގަދަ ވެފައި ވިސްނުންތޫނެވެ. ރީތިކޮށް ވާހަކަދައްކަން އިނގުނެއް ކަމަކު ބައެއް އަކުރުތަށް ކިޔުމަށް ބައެއް ފަހަރު އޭނާއަށް އުނދަގުލެވެ. ދިވެއްސަށްވުރެ އިނގިރޭސިއަށް ޒިން އިސްކަންދެނީ އެހެންވެގެންނެވެ. އުޅެ ބޮޑުވިތަނުގައި މުޅިންވެސް އޭނާއަށް އިވިފައިވަނީ އިނގިރޭސިއެވެ. ސުމާ ނޫނީ އިތުރު މީހަކު ޒިންއާއި ދިވެހިން ވާހަކަނުދައްކާތީ އޭނާއަށްވެސް ބޮޑަށް ފަސޭހައީ އިނގިރޭސިއެވެ. “ހެހެ… އިޓްސް އޯކޭ.. ދެންވެސް މަންމި ކައިރި ބުނެފަ ދަންޗޭ…. މަންމި ހެޕީ ވެއްޖެ ޒިން އެ ބޭބެއަށް ހެލްޕް ވެދިނީމަ.. މައި ގުޑް ބޮއި..” ލޯބިން ފުރިގެންވާ ގޮތަކަށް ސުމާ އެހެން ބުނެލިއެވެ.

“ހެލޯ ހޭންޑްސަމް..” މާޒިން އައިސް  ޒިންއަށް ގޮވާލިއެވެ. ސުމާ އިސްއުފުލާ މާޒިންގެ މޫނަށް ބަލައިލިއެވެ. ހަތަރުކަޅި ހަމަވެގެން ދިޔަ ވަގުތު މާޒިން ހިނިތުންވުމެއް ދިނެވެ. ނަމަވެސް ސުމާއަށް އިނދެވުނީ އެ ލޮލުގެތެެރެއަށް ބަލަންށެވެ. އެއީ ހަމަ އެ ލޮލެވެ. އެ ނޫކުލައިގެ ރީތި ކަޅިއެވެ. އެއްވައްތަރު ލޯ ހުންނަ މީހުން ހުރެދާނެތާއޭ ހިތާ ހިތުން ކިޔާލަމުން ސުމާ އިސްޖަހާލިއެވެ. “ހެލޯ ބޭބޭ..” ޒިން ފުޅާ ހިނިތުންވުމަކާއި އެކު ބުނެލިއެވެ. “ބޭބެ ތެންކިޔުވެސް ނުބުނެވުނޭ ދޯ…. ތެންކިޔު އިނގޭ ހެންޑްސަމް…” ޒިންގެ އިސްތަށިގަނޑާއި ކުޅެލަމުން މާޒިން ބުނެލިއެވެ. “އަބަދުވެސް ތި ގޮތަށް ހެލްޕް ވެދެންޗޭ އިނގޭ ކުދިންނަށް… ކޯޗެއްތަ ބޭބެ ދޭންވީ އެހާ ގުޑް ބޮއި އަކަށް ވީމަ؟” މާޒިން ސުވާލުކޮށްލިއެވެ.

“ވެލްކަމް ބޭބެ.. މަންމި ބުނީ ރަނގަޅުު ކަންތަށް ކޮށްދޭންޖެހޭނީ އެއްޗެއްސަކަށް ނޫނޭ.. އެހެންވެ އައި ޑޯންޓް ވޯންޓް…..” ޒިން އަނގަމަތީ އަތް އެޅުނެވެ. އަދި ސުމާއާއި ދިމާ ބަލައިލެވުނެވެ. ސުމާ ބޯ ޖަހާލިއެވެ. ޖުމްލަ ފުރިހަމަކުރާށޭ ބުނާފަދަ ގޮތަކަށެވެ. “ޒިން ބޭނުމެއް ނޫން އެއްޗެއް ދޯ މަންމީ..” ޒިން އަވަސް އަވަހަށް ބުނެލިއެވެ. އަދި ސުމާއަށް ދޯ އެއްލިއެވެ. ޒިން އެހެން މީހުންގެ ކުރިމަތީ ދިވެހިން ވާހަކަ ދައްކަނީ ސުމާ އެގޮތަށް ކަންކުރަން ބުނެފައިވާތީއެވެ. ފަސޭހައިން ދިވެހި ދަސްވާނީ އޭރުންކަން ސުމާއަށް އިނގެއެވެ. ދިވެހިން ވާހަކަ ދައްކަން އުނދަގުލެއްކަމަކު ޒިން ސުމާ ބުނާކަންތަށް ކުރެއެވެ. ރާއްޖެއައި ފަހުން ޒިންއަށް ވަރަށް އުނދަގޫވިއެވެ. ނަމަވެސް އޭނާ މަސައްކަތްކުރެއެވެ. ސުމާ ހިނިތުންވެލަމުން އާއެކޭ ބުނެލިއެވެ. އިސްއުފުލާއި މާޒިންއާއި ދިމާލަށް ސުމާ ބަލައިވެސް ނުލައެވެ. ކުރީގެ ހަނދާނެއް އެ ލޮލުގެ ސަބަބުން އާވަމުން ދާތީއެވެ. މާޒިން އަށް ހިނިތުންވެލުމަށްފަހު ހިތާހިތުން “މާޝާ ﷲ” އޭ ބުނެވުނީ އެހާ ކުޑައިރުވެސް އެކުޑަ  ކުއްޖަގެ ތަރުބިއްޔަތު ވާލެއް ރަނގަޅުކަމުންނެވެ. ރަނގަޅު ކަންތަށް ދަސްކުރާލެއް އަވަސްވުމުންނެވެ. މާޒިންއަށް ހަނދާންވީ މީގެ އެތަށް އަހަރެއް ކުރީގެ ހަނދާނެކެވެ. ހަމަ މިގޮތަށް ރަނގަޅު ކުއްޖެކެވެ. ހަމަ އެކަހަލަ ވާހަތަކެވެ. ހަމަ މިފަދަ ހެޔޮ މިޒާޖެވެ.

“އެހެންތަ… ހާދަ ބަސްއަހާ ކުއްޖެކޭ ދޯ މީ… ޒިންތަ ކިޔަނީ؟؟” ހިޔާލުތަކުން ބޭރުވެލުމަށްފަހު ކުރިއަށް ވުރެ ބޮޑަށް ހިނިތުންވެލަމުން މާޒިން އަހާލިއެވެ. “ލައްބަ.. ޒިން.. މުހައްމަދު މާ…..” “ޒިން….! އަޅެ އެތާ ހުރެ ހުރެ… ހިނގާބަ ދެންވެސް ދާން… ވަރަށް ބަނޑުހައިވެއްޖެ..” މާޒިންގެ އަތުގައި ހިފައި ދަމައިގަންނަމުން ރިޝްފާ އެހެން ބުނެލީ ކުރިމަތީ ތިބި ސުމާއަށާއި ޒިންއަށް ބަލައިވެސްނުލައެވެ.

މާޒިންއަށް އިތުރު އެއްޗެއް ނުބުނެވެނިސް ރިޝްފާ އޭނާގެ އަތުގައި ހިފައިގެން ގެންދިޔައެވެ. ސުމާއަށް އެކުއްޖާގެ މޫނު މާ ރަނގަޅަކަށް ނުފެނުނެވެ.

މާޒިން ދަމުން ފަސްއެނބުރި ހިނިތުންވެލިއެވެ. ސުމާ ގެ ހިތް ތެޅިގަތީ އެޔެއް މިއެއް ބަލާފައެއް ނޫނެވެ. އެދެމީހުން ދިޔަ ދިމާއަށް ބަލަހައްޓައިގެން ހުރެވުނީ އެ އަންހެންކުއްޖާ އައިސް އެ ފިރިހެންކުއްޖާއަށް ގޮވާލި ނަމަކުންނެވެ. އަނެއްކާ އެއީ……..؟ ނޫނެކެވެ. އެހެންނެއް ނުވާނެއެވެ. ހިތާ ހިތުން އެހެން ކިޔަމުން ސުމާ އައިސްކޯން ބޯންފެށިއެވެ.

“މަންމީ..! ހިއިޒް ނޭމް އިޒް ޒިން ޓޫ؟؟ ..” މާޒިން ދިޔަ ދިމާލަށް ބަލަން ހުރެ ޒިން އެހެން ބުނެލިއެވެ. “ހެހެހެ ވެދާނެ.. ދެން ޒިން ފިނިޝް އިޓް ސޫން..” އިތުރަށް އެ ފިރިހެންކުއްޖާގެ ވާހަކަ ނުދެއްކުމަށްޓަކައި ސުމާ ވާހަކަ އޮޅުވާލިއެވެ.

……

“ޒިން… ކޮންކަމަކާ ތި ވިސްނަނީ މާ ވަރަކަށް؟” ރިޝްފާ މާޒިން ކަމަކާ ވިސްނާކަން އިނގުމުން އަހާލިއެވެ.

“ރިޝް… އެތާ އިން އަންހެންކުއްޖާ ދަންނަ ކުއްޖެއްހެން ހިއެއް ނުވޭތަ؟؟” މާޒިން އަހާލިއެވެ.

“ކޮން ކުއްޖެއް؟؟؟”

“އެތާ އިނެއްނު… ބޭބީ އެއް ގޮވައިގެން……”

“ރިޝް އަކަށް ނޭނގެ ނުވެސް ބަލަން އެ މީހުންނަކަށް.. ވެދާނެ އެއްނު ޒިންގެ ޕޭޝަންޓެއް ކަަމަށް…”

“ހެހެހެ އާނ ވެދާނެ…” އިތުރަށް ވިސްނުމަން ބޭނުންނުވާތީ މާޒިންވެސް ރިޝްފާގެ ވާހަކަ ގަބޫލްކުރިއެވެ. އޭނާއަކީ ކުޑަކުދިންނަށް ހާއްސަ ޑޮކްޓަރެކެވެ. އެހެންކަމުން އެ ކުއްޖާ އާއި ހޮސްޕިޓަލުން ދިމައިވެދާނެއެވެ. އެއަށްފަހު ދެމީހުންވެސް ޑައިނަމޯރއަށް ވަދެ ހުސްތަނަކުން ޖާގަ ހޯދާލާ އިށީނދެލިއެވެ.

……..

“މަންމީ…. އައި ވޯންޓް މޭކް މައި ހެއަރ ލައިކް ހިމް… އުޕްސް… މަންމީ ޒިންއަށް ވަރަށް އުނދަގުލޭ… މަންމީ… ޓޯކް ޓު މީ އިން ދިވެހި ދެން އޮންލީ އައި ކޭން ލާރން…..” ޒިން ބުނެލިއެވެ. ސުމާވެސް ޒިންއަށް ގިނަ ދިވެހި ބަސް ނޭނގޭތީ އިނގިރޭސިން ވާހަކަދައްކައެވެ. “އޯކޭ އޯކޭ. .ދެން ބުނެބަ ކާކުގެ ގޮތަކަށްތަ؟” ސުމާ އަހާލިއެވެ. “އެއްކަލަ… ބޭބެ..” ޒިން ދެއްކީމާޒިންގެ ވާހަކަައެވެ. ޒިންއަށް މާޒިން ކަމުދިޔައީ ރީތި ގޮތަކަށް ސްޕައިކް ޖައްސާފައި ހުރުމުންނެވެ. “ހެހެހެ މަންމި ޖައްސައިދޭނަން އިނގޭ އެގޮތަށް… ޒިން ދާންވީނު ދޯ ގެއަށް؟؟” ސުމާ ގެއަށް ދާންބޭނުންވިއެވެ. ހިތަށް ނޭނގޭ އުނދަގޫތަކެއް ވާންފެށުމުންނެވެ. “ލައްބަ… އައި ވިލް.. އައި މީން… ޒިން އެކަނިން އިނގޭ ގޮނޑިން ފައިބާނީ…” ގޮނޑިން ފައިބަމުން ޒިން އެހެން ބުނެލިއެވެ. ސުމާ ހިނިތުންވުމަކާއި އެކު ޒިން އާއި ދިމާ ބަލަންހުއްޓެވެ. ޒިންވެސް މިހާރުބޮޑުވަނީއެވެ. އޭނާގެ ބައްޕައާއި އެއްވެސް ތަފާތެއް ނެތޭ ސުމާ ހިތަށް އަރަމުން ދިޔައެވެ. ޒިން ފައިބާލަމުން ސުމާގެ އަތުގައި ހިފާލިއެވެ. އަދި ސުމާއާއި އެއްވަރަށް ހިނގަމުން ދިޔައެވެ.

ހިނގާލާފައި ދެވޭހާ ކައިރީގައި ގެ އިނުމުން ވަރަށް އަވަހަށް ސުމާމެންނަށް ގެއަށް ދެވުނެވެ. ލިފްޓަށް އަރާލުމަށްފަހު 7 ވަނަ ފްލޯރ އަށް ދިއުމަށް 7ށް އޮބާލިއެވެ. އިތުރު މީހަކު ނެތުމުން މާ ގިނަ އިރެއް ނުވެ ލިފްޓް 7 ވަނަ ފްލޯރއަށް މަޑުކުރިއެވެ.

ދޮރާއި ދިމާލަށް ދެމީހުން ހިނގާފައި ދިޔަ ވަގުތު ޒިން އާ ފުރެމުން ދިޔައެވެ. “މަންމިގެ ބޭބީ ނިދި އަންނަނީތަ؟” ތަޅަށް ތަޅުދަނޑި ހެޔޮވަރުކޮށްލަމުން ސުމާ އެހެން އަހާލިއެވެ. ޒިން ބޯ ޖަހާލިއެވެ. ނަމަވެސް ހަމަ އެ ބާރުމިނުގައި “ނޯ މަންމީ” އޭ ބުނެލިއެވެ. ސުމާ ދޮރު ހުޅުވާލުމަށްފަހު ޒިންގެ ބޫޓް ބާލައިދޭން ގުދުވެލިއެވެ. “މަންމީ…. އަދި ނަމާދުވެސް ނުކުލެވެއެއްނު.. އިޝާ ނަމާދު ކޮށްގެން ނިދާނީ ޒިން…” ކުޑަކުޑަ ޒިން ނަމާދުކުރުމަށް ހުންނަ ފޯރި ފެނިފައި ސުމާގެ ހިތް އުފަލުން ފޮޅުނެވެ. ޒިންގެ ގައިގާ ބައްދާލެވުނީ ލޯބިންނެވެ. “ލަވް ޔޫ ބޭބީ…” ސުމާ ޒިންގެ ނިތުގައި ބޮސްދެމުން ބުނެލިއެވެ. “ލަވް ޔޫ ތޫ މަންމީ.. ޒިން ފެންބޮވާ އެބަ.. އެކަމު މަންމި ހުރޭ އައި ކޭން ޑްރިންކް އަލޯން..” ބޫޓް ބޭލުމާއި އެކު ގޭގެތެރެއަށް ވަންނަމުން ޒިން އެހެންބުނެލިއެވެ. ސުމާވެސް މާ ބޮޑު ކަމަކަށް ނުހަދާ ދޮރުލައްޕާ ތަޅުލިއެވެ.

ސުމާ އުޅޭ ގެއަކީ 7 ފްލޯރގެ އުސް އިމާރާތެކެވެ. އެއީ އޭނާގެ ބައްޕަގެ ބުރަ މަސައްކަތެވެ. އެންމެ މަތީ ބުރި ސުމާގެ އާއިލާއަށް އުޅެވޭގޮތަށް ހަދައި އޭގެ ތިރީ ބައިތަށް ކުއްޔަށް ދޫކުރެވޭގޮތަށް ހެދިއެވެ. ނަމަވެސް މިހާރު އޭނާގެ އާއިލާގައި އެކަކުވެސް ނެތެވެ. އެހެންކަމުން އެތާ އުޅެނީ ސުމާއާއި ޒިންއެވެ.

އޭނާގެ ބައްޕަގެ ބޮޑު ކުންފުއްޏެއް އޮތްއިރު މިހާރު އެއީ އޭނާގެ ބައްޕަގެ ގާތް އެކުވެރިއެއްގެ ތަނެކެވެ. ބައްޕަ ނިޔާވުމުން  އެ ކުންފުނީގެ ކަންތަށް ބަލަން ހަމަޖެހުނީ އޭނާއަށެވެ. ބިޒްނަސް ޕާޓްނާއަކަށްވެފައި އެ ކުންފުނި ކުރިއަރައި ދާނެކަން އިނގޭތީވެ ސުމާގެ ބައްޕަގެ އެކުވެރިޔާ އެ ކުންފުނި ހިންގަންފެށިއެވެ. އަދިވެސް އެ ކުންފުނި ދަނީ ކުރިއަރަމުންނެވެ. ބައްޕަގެ ހިއްސާއެއް އޮތްތަނެއްކަމުން ސުމާއަށް ލާރިވެސް ލިބެއެވެ. އަދި ކުއްޔަށް ދޫކުރަމުން ދިޔަ ބައި ތަކުގައި އުޅޭ މީހުންގެ ފަރާތުންވެސްމެއެވެ. އެހެންކަމުން އޭނާއަށް ލާރީގެ ދަތިކަމެއް ނެތެވެ. ދަތީ އެކަނިވެރިކޮށް އުޅެންށެވެ. ދިރިއުޅުން ހިއްސާކުރާނެ ބައިވެރިއެއް ނެތުމެވެ. ނަމަވެސް ކޮންމެވެސް ދުވަހަކުން އެ ކަންވެސް ފުރިހަމަ ވެދާނެތާއެވެ.

މިހާރު އޭނާގެ ހަމައެކަނި މަގުސަދަކީ ޒިން ހެޔޮގޮތުގައި އުޅެ ހެޔޮ މަގުން ހިނގާ ޒިންމާދާރު ކުއްޖަކަށް ހެދުމެވެ. ޒިންގެ އުމުރު ހަގަސް މިހާރުވެސް އޭނާއަކީ ޒިންމާދާރު ހެޔޮ އަދި ރީތި އަހްލާގެއް ލިބިފައި ހުރި ކުއްޖެކެވެ. އެކަމާ ސުމާ ވަރަށް އުފާކުރެއެވެ. މާތް ﷲ އަށް ހަމްދުކުރެއެވެ. ސުމާ ވެސް ފެންފޮދެއް ބޯލަން ދިޔައެވެ. އެއަށްފަހު މަޤްރިބް ނަމާދުގަޑި ޖެހެންދެން ދެމީހުންވެސް ކުޑަކޮށް ތާޒާވެލިއެވެ. ނަމާދު ގަޑި ޖެހުމާއި އެކު ނަމާދުކޮށްލިއެވެ. މާޒިން އަށް ނަމާދުގައި ކިޔާ އެއްޗެހި ނޭނގުނެއް ކަމަކު ސޫރަތްތަށް ކިޔައެވެ. “ﷲ އަކްބަރ” ކިޔައެވެ. އަދި ނަމާދު ކުރާ ގޮތަށް ރުކޫއަށާއި ސަޖިދައަށްވެސް ދެއެވެ. ސުމާގެ ފަހަތުން އޭނާވެސް ކޮށް ނިންމާލިއެވެ. އެއަށްފަހު ޤުރުއާން ކިޔަވަން އެނދުމަތީ އިށީނދެލިއެވެ.

ސުމާ ސޫރަތެއް ފެށުމާއި އެކު އޭނާގެ އަޑުދަށުން ޒިންވެސް ފަށަައެވެ. އެއަށްފަހު އަމިއްލައަށް ސޫރަތް ކިޔައި ނިންމާލައެވެ. ސުމާ އަށް ގިނަފަހަރު އެ މައުސޫމް މޫނަށް ބަލަން އިނދެވެނީއެވެ. އޭނާގެ ބައްޕައާއި ހާދަ ވައްތަރެވެ. ލޮލުން ކަރުނަ ހިލެނީ އެ ދުވަސް މަތިން ހަނދާންވުމުންނެވެ. އިޝާއަށް ގޮވަންދެން ޒިން ކިޔަވަންއިނެވެ. އެއަށްފަހު އިޝާ ނަމާދުވެސް ކޮށްލިއެވެ.

“ހިނގާ ދޯ ދެން ކާން ބޭބީ؟” ސުމާ ޒިން އުރާލަމުން އެހެން ބުނެލިއެވެ. “މަންމީ ޒިންވެސް ހޯދާނީ ބުލުގާ އަޅާ ފްލެންޑުން މަންމި ގޮތަށް.. ޔޫ އަރ …. މަންމި ވަރަށް ލީތި ބުލުގާ އެޅީމަ..” ޒިން އެތަށް އިރަކު މަޑުން އިނުމަށްފަހު އެހެން ބުނެލިއެވެ. އިނގިރޭސިން ފެށޭ ޖުމްލަތަށް ވަގުތުން ހުއްޓާލައިފައިދިވެހިން ޒިން ފަށައެވެ. ތަށްޓަށް ރިހަ އަޅަން ހުރި ސުމާ ހިނިގަނޑެއް ޖަހާލިއެވެ. އެ ޖުމްލައިންވެސް ސުމާއަށް ހަނދާންވީ އޭނާގެ މާޒީއެވެ.

ތަފާތު ވާހަކަތަކުގައި ތިއްބާ ޒިންގެ ކެއުން ނިމުނެވެ. އެހެން ކަމުން ޒިން ކުޑަކޮށް ގައި ދޮއްވާލާ ނިދާ އެއްޗެހި ލެއްވުމަށްފަހު އެނދުމަތީ ބޭއްވިއެވެ. ސުމާއޭނާގެ މަގަތުގައި އެއް އަތް ވިއްދާލައިގެން އޮށޯވެލިއެވެ. “އަވަހަށް ޝަހާދަތް ކިޔާލާ ބޭބީ…” ސުމާ ޝަހާދަތް ކިޔައިދެން ފެށުމާއި އެކު ޒިން ވެސް ފެށިއެވެ. ގިނަ ތަންތަން އެކަނި ކިޔަމުން ގޮސް ހުއްޓާލަނީ ނޭނގުމުންނެވެ. ސުމާ އެތަން ތަން ފުރިހަމަކޮށްދިނުމުން ޒިންވެސް އަޑުދަށުން ކިޔާލަމުން ޝަހާދަތް ކިޔާލާ ނިންމާލިއެވެ. އެއަށްފަހު ލޯމަރާލިއެވެ. ސުމާ ޒިން ނިދަންދެން އެ އޮތްގޮތަށް އޮތެވެ. ޒިންގެ މައުސޫމް މޫނަށް ބަލަހައްޓައިގެންނެވެ. މިއަދު އޭނާގެ ދިރިއުޅުމުގައި ހުރީ ހަމައެކަނި ޒިންއެވެ. ޒިންނެތް ނަމަ އޭނާ ހާދަ އެކަނިވެރިވީހެވެ.

“ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާކޮ…. ޒިން އަށް ހެޔޮ ރަހުމަތް ލައްވާށެވެ. މިއަޅާއާއި ޒިންއާއި ދުރުވާނެ ގޮތެއް މެދުވެރި ނުކުރައްވާށެވެ. ޒިން ހެޔޮގޮތުގައި ބޮޑުކުރެއްވުމުގެ ހިތްވަރު މިއަޅާއަށް ދެއްވާށެވެ.” ހިތާހިތުން ދުޢާ ކޮށްލުމަށްފަހު ޒިން ނިދިކަން ޔަގީންކޮށްލާ އޭނާގެ ނިތަށް ބޮސްދިނުމަށްފަހު ސުމާ ކޮޓަރިން ނިކުތީ ޒިންގެ ދެފަޅިއަށް ބާލިސް ލާފައެވެ. ސުމާ އުޅޭ ތަނުގައި 4 ކޮޓަރި ހުރެއެވެ. އެއީ އޭނާގެ ބައްޕަގެ އާއި އޭނާގެ ދޮންތަގެއާއި އޭނާގެ ކޮޓަރިއެވެ. ދެން ހުންނަނީ މެހެމާނުން އުޅެން ތައްޔާރުކޮށްފައިވާ ކޮޓަރިއެވެ. މަންމަ އެމީހުންނާއި އަލްވަދާޢު ކީ ސުމާގެ އުމުރުން 5 އަހަރުގައެވެ.

ސުމާ އާއި ޒިން އުޅެނީ މެހެމާނުންނަށް ހާއްސަ ކޮޓަރީގައެވެ. އަމިއްލަ ކޮޓަރީގައި އެތަކެއް ހަނދާންތަކެއް ގައިދުކޮށްފައިވުމުގެ ސަބަބުން އެތާ އުޅެން އޭނާގެ ހިތަށް ކުޅަދާނައެއް ނޫނެވެ. އޭނާގެ ދޮންތަ ސަނާ އާއި ބައްޕަގެ ކޮޓަރީގައިވެސް އުޅެން އުނދަގުލީ އެމީހުންގެ ހަނދާން އާވާތީއެވެ. ސުމާ ކޮންމެ ކޮޓަރިއެއްގެ ދޮރަށް ބަލައިލިއެވެ. އެއަށްފަހު ރޮވެން ފެށުނެވެ. ހުރިތަނަށް ތިރިވެވުނެވެ. އޭނާ ކެތްކުރަނީ ހަމައެކަނި ޒިންއަށް ޓަކައެވެ. ޒިން އަކީ އޭނާގެ ހިތްވަރެވެ. އެތަށް އިރަކު ރުއިމަށްފަހު ސުމާ ކޮޅަށް ތެދުވެލިއެވެ. ކަރުނަތަށް ފޮހެލީ އިތުރު މީހަކު އެ ކަރުނަތަށް ނުފޮހެދޭނޭ ހިތާ ހިތުން ކިޔަމުންނެވެ. އެއަށްފަހު އަމިއްލަ ކޮޓަރިއާއި ދިމާލަށް ހަރުކޮށް ހިނގާލާފައި ދިޔައެވެ. ކޮޓަރި ހުޅުވާލުމާއި އެކު ކުޑައިރުން ފަށައިގެން އުމުރުން 15 އަހަރުވަންދެން އެ ކޮޓަރީގައި އުޅުނު ގޮތް ފިލްމެއްގެ ގޮތުގައި ޕްލޭ ވަމުން ދިޔައެވެ. 15 އަހަރުގައި މެލޭޝިޔާއަށް ކިޔަވަން ބަދަލުކުރުމަށްފަހު ޗުއްޓީގައި އަންނަ އިރު އެ ކޮޓަރީގައި ހޭދަކުރި ދުވަސްތަށް ފެންނަމުން ދިޔައެވެ. ޑައިރީ ލިޔަމުން ދާ ތަނެވެ. އެނދުމަތީ އޮވެ އެތައް ރެއަކު ރޮމުން ދިޔަ ގޮތެވެ. ސަނާއާއި އެކު މަޖާކޮށް އުޅުނުގޮތެވެ. މާޒިން…………… ސުމާ ދެފަރާތަށް ބޯ ހޫރާލިއެވެ. އެ ހިޔާލު އާ ނުކުރާށެވެ.

އެތެރެއަށް ވަދެ އެނދުގައި އިށީނދެލައި އަތް ހާކާލިއެވެ. ކަރުނައިން ފުރިފައި ހުރެ އޭނާ އަލަމާރިއާއި ދިމާލަށް ދިޔައެވެ. އަލަމާރީގައި ތަޅުލެވޭގޮތަށް ހަދާފައިވާ ކަބަޑުން ބޯ ފޮތެއް ނަގާލިއެވެ. މިއަދު އޭނާ ބޭނުންވަނީ ހުރިހާ ހަނދާނެއް އާކޮށްލާށެވެ.  އެހިތަށް އަނިޔާތަކެއް ދޭން ބޭނުންވީއެވެ. އަދިވެސް އެ ހަނދާންތަކުން މިންޖުނުވާތީއެވެ. ހަވީރު ހިނގި ކަންތަށް އަދިވެސް އޭނާގެ ހިތުން ފިލައިގެން ނުދިޔައެވެ. އެނަން އިވުމުން އަދިވެސް ހަމަ އެ ބާރުމިނުގައި ހިތް ތެޅިގަންނާތީއެވެ. ފޮތް ހިފައިގެން އެނދުގެ ހެޑްބޯޑްގައި ލައްގަނެލައިގެން އިނދެލިއެވެ. އެއަށްފަހު ފޮތް ހުޅުވާލިއެވެ. “ކޮމްޕްލެއިންސް ފޯރ ޔޫ” ޖަހާފައި ވަކިކޮށްލާފައި ހުރި ބައިތަކެއް ހުރުމުން އެބައި ހުޅުވާލިއެވެ. އެއީ އެ ފޮތުގެ ފަހަތު ގަނޑާއި ހިސާބެވެ.

…………..

—– 1 ———

“ހައިރާން ނުވޭހޭ އޭނާ ކައިރީންދާތީއޭ….

ހާދަ ވިސްނާފިމޭ ހިތް ނުފިލާތީ އޭ….

ލޯބިވަން… ހިތަށް ތަދުވޭ ބުނަންންން…”

އަސްލުވެސް ވަރަށް ހައިރާންވޭ ކައިރިން ދާއިރު… ކައިރީގައި އުޅޭއިރުވެސް ހަމަ ހައިރާންވޭ.. އިންސާނަކު ތިހާ ރީތިވެދާނެބާއޭ ހިތަށް އަރާ….ހިތަށް ތަދުވޭ ލޯބިވާކަން ނުބުނެވޭތޯ… އެކަމު ބުނާކަށް ނުކެރެ…. އައި ހޮޕް ޔޫ ކޭން ޖަސްޓް ފީލް އިޓް..

“އަންގާލަން ކަމެއް ދެން ކުރެވޭނެ ނެތް ވަކިން…

ކުޑަކޮށް ވެސް ލޯބިވާކަން ނުވަނީހޭ ޔަޤީން…”

ނުވަނީތަ ހަމަ؟؟؟؟ މިހިތުގައި ތި ނަން ފެވިފައިވާކަމެއް ނޭނގޭތަ؟؟؟؟ މިހިތގައި ރަސްކަން ކުރަމުން ދާއިރުވެސް ނޭނގޭތަ؟؟؟ މިވަރަށް ކެއަރ ކުރަނީ “ޖަސްޓް ފްރެންޑްސް” ވީމައޭތަ ހީވަނީ؟؟؟

މާޒިން………………………………….

 

-ނުނިމޭ-

 

PS.. mi stryga diary ge “complains fr u” ge prt ga 1 2 3 liyefa huhnaany dhuvas thah vaki kuran…. eki dhuvas dhuvage cmplains kn dhahkan…  n cmplains bai kiyagn maa bwdu ehcheh dheyha nuviyas real diaryge bai vrh avahah ahnaane.. thnkx 🙂 kyp rydin

86
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Ryn

Hello! I love reading stories and writing obv. I hope my stories will make you happy. Don't forget that reading is what gives you more knowledge about the world. Don't stop reading. Visit my facebook page RYN'S stories. Thankyou

Other Articles

Previous

އަހަރެންގެ ވާހަކަ (ސާދަވަނަ ބައި)

Next

ހައްގަކަށް ތީމަގޭވުން ނިކަން ބޭނުމޭ 21… (ފަހުބައި)

Next
May 9, 2016

ހައްގަކަށް ތީމަގޭވުން ނިކަން ބޭނުމޭ 21… (ފަހުބައި)

Previews
May 9, 2016

އަހަރެންގެ ވާހަކަ (ސާދަވަނަ ބައި)

48 Comments

  1. Ryn says:
    May 9, 2016 at 6:25 pm

    hellw guys.. keii nuvgn up kurymi 😛 hehehe.. hwp lyk vaane kamah mi prt… n thnkx fr readin.. tc enjoy 😉 😉 n yrh tell me if u find sumthin awkwrd or hama nujehey or mistake eh 😉 c u n nxt prt aftr two days 😉

  2. naaanu says:
    May 9, 2016 at 6:41 pm

    Alheyyyyy ryyyyn…varaaaaah salhi….upload next part sooon okayh?love ya

    1. Ryn says:
      May 10, 2016 at 9:20 pm

      aww thnkx naanu.. 😉 sure in sha allah tmrw nyt i wil uplwd 😉 thnkyw luv u too

  3. Aimsithu says:
    May 9, 2016 at 6:42 pm

    Nice story..

    1. Ryn says:
      May 10, 2016 at 9:21 pm

      thnkyw 😉

  4. dhishoo says:
    May 9, 2016 at 6:51 pm

    V nice mi part. Grievance vaahaka v reethi vaanehen.

    1. Ryn says:
      May 10, 2016 at 9:21 pm

      thnkyww.. 😉

  5. aff says:
    May 9, 2016 at 6:51 pm

    alheyy rynoooooooo.. luv uuuuu… ur the bestttt… ???????????? Habeys

    1. Ryn says:
      May 10, 2016 at 9:21 pm

      alhey thnkyww aff… luv u too 😉 😉

  6. shiya says:
    May 9, 2016 at 6:58 pm

    Aslu vs varah salhi

    1. Ryn says:
      May 10, 2016 at 9:21 pm

      hehe thnkyw 😉

  7. ken? says:
    May 9, 2016 at 7:07 pm

    ryn akee lava ah v loabi kuraa kujjei kamah faahaga kurevey…?
    waiting 4next part…btw story hama v interesting ?

    1. Ryn says:
      May 10, 2016 at 9:23 pm

      haha yrhhh i luvv sngss… u r asluvx hama suprbb rydr… u cn jxt point out things so easily.. thts so cool i jxt lyyyyyyyk ur cmmnts.. alsuvx… n do tel me if thre is anythin lyk mistakes ingeyy i wuld luv to get it frm u.. hehe 😉 thnkyww… n kyp waitin…

  8. lai says:
    May 9, 2016 at 7:49 pm

    alheyyy .. rynuu hama kehnuvegentha up thikury? 😛 .. stry vvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvv rythi .. v thafaathu 😛 .. hehe .. asluvess v rythi ingey .. zin dhw hehe .. loabi loabi zin .. waiting waiting fr nxt part .. alheyy ryn male’ annan vynu .. btw stry v salhi .. dhn neynge bunaane ehcheh .. keep it up .. tvvvvgc .. miss u bodukoh .. luv u .. 🙂 😀

    1. Ryn says:
      May 10, 2016 at 9:27 pm

      alhey bajiyathuuu…. haan hama keii nuvy ey hehehe.. aww thnkyww laiii 😉 haha n ur cmmnt is hama falhaalanings the cmmnt box 😛 OBINESS TO THE MAX!! 😛 hehehe lwbi lwbi xin lyk lwbi lwbi laithxx 😛 😉 ryn male dhaanamey dhn knms dhuvahakun.. airprt ga faijehigenehnu male ah ereyny lolxx.. miulheny evaruvx nuvegen -_- missin male’ n rah so badly… nw wil miss it so badly durin ramaxan *cry cry* wil visit u male’ gos may b if i knw whr u r 😛 anyway thnkyw n neyngenya nubuney anythin abt it 😛 😛 heheh thnkyww.. tc miss u mre.. luv u mre 😉

  9. 9195341 says:
    May 9, 2016 at 7:50 pm

    varah salhi mi stry ge mi part vx heekuran dhn huri bai thah vx reethi aane kamah bst of luck ryn waiting for the nxt part

    1. Ryn says:
      May 10, 2016 at 9:28 pm

      thnkyw n in sha allah dhn huri prts vx rythi vaane.. i did my bst.. 😉 thnkyw so mch.. kyp waitin 😉

  10. meesha says:
    May 9, 2016 at 8:11 pm

    stry varah sali misty vex ryn…

    1. meesha says:
      May 9, 2016 at 8:12 pm

      *mi stry vex varah salhi ryn…*

    2. Ryn says:
      May 10, 2016 at 9:29 pm

      thnkyww 😉

  11. Mishfa says:
    May 9, 2016 at 8:16 pm

    Ryn! Story is nice . Hama wonderful I love this

    1. Ryn says:
      May 10, 2016 at 9:29 pm

      thnkyw 😉

  12. Ziunee says:
    May 9, 2016 at 8:26 pm

    Maazin. Xin. Maaxin akee kaakubaa. Anekka nahadhaathi anekakuge BF ah. eyrun magey heart break. ehaa salhi boy eh.

    1. Ryn says:
      May 10, 2016 at 9:30 pm

      hahahaha.. lts c.. haha lol… dnt wanna brk ur hrt.. bt … lts c dhn hehe 😉

  13. laimaan says:
    May 9, 2016 at 8:59 pm

    V reethi feshumeh. Hyvany v reethi story akah vaane hen. Waiting for the next part

    1. Ryn says:
      May 10, 2016 at 9:30 pm

      thnkyww 😉 kyp waitin

  14. ~Xul~ says:
    May 10, 2016 at 12:11 am

    Hii Ryn!! So happy ryn ge new story eh kiyaalan libunyma…ryn ge hurihaa story eh ves kiyan but this is the first story that I’m commenting…ryn ge hurihaa story eh ves vrh vrh rythi…i jxt luv reading ur stories again n again….mi story ge ves mi part hama vrh salhi…waiting for the next part ?????

    1. Ryn says:
      May 10, 2016 at 9:32 pm

      yo dude!! hahahaha so happy to c ur cmmnt… aww thnkyww.. vrh happy vehje.. 😉 ws waitin fr this …. frr agess 😛 😉 thnkyww fr cmmntin.. n kyp cmmntin n waitin.. enjoy 😉

  15. Appy says:
    May 10, 2016 at 7:41 am

    Next part vx kahh nuvegen avahah up kohlaba ?

    1. Ryn says:
      May 10, 2016 at 9:32 pm

      hahah in sha allah tmrw nyt upkhla dheynan 😉

  16. Emy says:
    May 10, 2016 at 10:24 am

    Salhi salhi salhi

    1. Ryn says:
      May 10, 2016 at 9:33 pm

      thnkyww 😉

  17. NAAN says:
    May 10, 2016 at 3:20 pm

    NICE
    NEXT PART PLX

    1. Ryn says:
      May 10, 2016 at 9:33 pm

      thnkyw in sha allah tmrw nyt 😉

  18. Anonymous says:
    May 10, 2016 at 5:49 pm

    omg mommy , that pic , wowww , i cant believe it , that cute boy looks like my cute little bro , woww , amazing , wowwwww

    1. Ryn says:
      May 10, 2016 at 9:34 pm

      hey doc.. hahah ikr… 😉 yrh i saw ur lil bro ehnve egwthah ly pic 😛 😛 e dhwgehhhh 😛 😉 thnkywww fr the swyt cmmnt miss u.. 😉

  19. Marsha says:
    May 10, 2016 at 7:30 pm

    This is a verrryyyy nice n interesting begining… vvv rythi vaanehen hyvey mi vaahaka.. aneh bai kiyaa hithun keiy nuvey.. waiting waiting waiting..

    1. Ryn says:
      May 10, 2016 at 9:36 pm

      aww thnkyw marsha.. aslu vrh happy vehje to c sch cmmnt frm u.. i myn asluvx vrh experiencin gud writer ehge faraathun thikahala cmmnt eh libunyma dhw m lyk… woww.. hehe .. thnkyw fr tht.. n kyp waitin. .tc

  20. Zaanaa says:
    May 10, 2016 at 8:31 pm

    Ryn v nice story…..Ushaali and Marsha khon erakun tha story leyan fashanee me site ga avahah leyan fashaaba haada molhay thikudhin story leyan

    1. Ryn says:
      May 10, 2016 at 9:37 pm

      thnkyww xaanaa.. n yrrh i agree with u… they r one of the bsst writrs 😉 marsha waitin fr a stry frm u baadlyyy 😉

    2. Marsha says:
      May 11, 2016 at 12:46 pm

      Oh.. alhey.. still working on the typing.. but hama vaguthu nuvaathy.. typing ninmaafa up kuran fashan vegen mi madu kurany.. ehen noony vaki varakah up koffa medhukandaalan jehidhaanethy… bt will try my best to make it fast… thnx a lot for the support deariess

  21. Appy says:
    May 11, 2016 at 8:23 am

    Rynoo alhe keii vanykynooney kiyaahithun ?

  22. aff says:
    May 11, 2016 at 10:43 am

    Rynooo… kn irakun tha next prt upkohdheny.. kiyaa hithun kehwanyky nun.. hehe… ☺☺☺

  23. Xoya says:
    May 11, 2016 at 8:01 pm

    V v v nice mi vaahaka vx.. konirakun aneh part upkohdheny..

  24. Xaan says:
    May 12, 2016 at 11:04 am

    V reethi story eh

  25. nammi? says:
    May 12, 2016 at 6:20 pm

    Nice . Maasha allah. Waiting 4 next part.interesting

  26. SoMeOnE says:
    May 14, 2016 at 11:28 pm

    nice … inthizaaru gaaaaaaa….hehehehehehe ..ryn avahah up kohhdhee baaaaaaaaaaa

  27. Nuzu says:
    October 7, 2020 at 2:12 pm

    Aslu ves varah sahi ????????

Comments are closed.

All Right Reserved!