ފެނު ޕަރީ (11)
ރީތި އަސަރުން ފުރިގެންވާފަދަ މަސްތީ ހިނިތުންވުމެއް ޒިޔާންއަށް ހަދިޔާ ކޮށްލުމަށްފަހު ޒައިޝާ ހިގައިގަތީ ޒިޔާންގެ ހިތުގައި ފައިއަޅަމުންނެވެ. ޒިޔާންއަށް އަމިއްލައަށް ހަށިގަނޑުގެ ވަރު ދޫވެގެން ވެއްޓިދާނެހެން ހީވުމުން އެހީއަކަށް ހޯދާލީ ކައިރީގައި ހުރި ތަބެވެ. ޒައިޝާ ގޮސް ލޯމަތިން ގެއްލެންދެން އެސްފިޔަޖަހަންވެސް ހަދާން ނެތިފައި ޒިޔާން އަށް ހުރެވުނެވެ.
ޒިޔާންއަށް ގެއަށް އާދެވުނު އިރު ގަޑިން 11.30 ވަނީ އެވެ. އަވަސް ކޮށްލައިގެން ފާޚަނާއަށް ވަނީ ހުކުރު ނަމާދަށް ދިޔުމަށް ތައްޔާރު ވުމަށެވެ. ފެން މާގަނޑު ދަށަށް ވަދެ އެ ފިނި ފެން ހަށިގަނޑުގައި ބީހުނު ހިނދު ޒިޔާން އަށް ލޯ މަރާލެވުނެވެ. ލޯމަރާލުމާއި އެކު އޭނާ އަށް ސިފަވެގެން ދިޔައީ އޭނާގެ ފެނު ޕަރީއެވެ. ވާރެޔާ ތެމި ފޯވެގެން ހުރެ އެރީތި ލޮލުން ޒިޔާން އަށް ބަލާލި ގޮތެވެ. އެ މަޑު ތުންފަތުގައި ހަރުލާފައި ހުރި ފެނުގެ ޝަބްނަމްތިކިތަކެވެ. ޒިޔާންގެ ހިޔާލީ ވާފަތް އޮޔާ ދެމެމުން ފުން ކަނޑަށް އަރަގުވަމުން ދިޔައެވެ. ގަޑިން ވަނީ ކިހާ އިރެއްކަމެއް ތަނަކަށް ގަޑިޔަށް ދާން ޖެހޭ ކަންވެސް ހަނދާނުން ކައްސަމުން ދިޔައެވެ.
“ދޮންބޭ” ޒީނާ ބާރަށް ފާޚަނާ ދޮރުގައި ތަޅައިގަތުމުން ޒިޔާން ސިއްސައިގެން ދިޔައެވެ. އަދި އޮޔާދަމުން ދިޔަ އޭނާގެ ހިޔާލީ ސިލްސިލާ ވިއްސިވިހާލިވެގެން ދިޔައެވެ. ތެޅިގަނެވުމާއި އެކު ލޯ ހުޅުވާޅިއެވެ. “އާ ކޮއްކޯ ކީކޭ” ޒިޔާން ޖަވާބު ދިނެވެ. “ދޮންބެ މިއަދު ފާޚަނާ އެއްކޮށް ޓައިލްސް ބަދަލުކޮއްލާ ހިޔާލުތަ ހުރީ” ޒީނާ ބާރަށް ބުނެލިއެވެ. ޒިޔާން ގާތަށް ހިނި އައި ނަމަވެސް އަޑަށް ބާރު ލާފައި މި ނިކުނަނީ އޭ ގޮވާލިއެވެ. ޒީނާ ހެމުން ހެމުން ނިކުމެގެން ދިޔައެވެ. ޒިޔާން އަވަސް އަރުވާލައިގެން އަވަހަށް ފާޚަނާ އިން ނިކުތެވެ. އުނަގަނޑުގައި ހުނދު ކުލައިގެ ތުވާލި އެއް އޮޅާލައިގެން އަތުން ބޮލުގައި ހުރި ފެން ފޮޅަމުން އައިސް ރީތިވާ މޭޒް ކުރިމަތީގައި ޒިޔާން ހުއްޓުނެވެ.
ޒައިޝާ ގެއަށް ވަދެވުމާއި އެކު އަވަހަށް ދިޔައީ ތެމިފައިވާ ހެދުން ބަދަލު ކުރުމަށެވެ. ރެއާއި މިއަދު އެއްކޮއް ވާރޭގައި ތެމުމުގެ ސަބަބުން ރޯގާ ޖޭހޭ ވައްތަރުވެފައިވެއެވެ. ކޮޓަރިއަށް ވަދެ މި ފިނި ދުވަހާއި ގުޅޭ ކަހަލުގެ ސްވެޓަރ އެއް ނަގައި ފާޚަނާ އަށް ވެނެވެ. ފާޚަނާ އިން ނިކުމެ ބޮލުގެ އިސްތަށިގަނޑުގައި ރަގަޅަށް ފެން ހިއްކާލިއެވެ. މައްޗަށް ނަގައި ބޮލުގައި ހުޅިއަށް ޖަހާލުމަށްފަހު ތިރިއަށް ދިޔައީ ބަޑުހައިވެސް ވެފައިވާތީއެވެ. ބަދިގެއަށް ވަދެ ހޫނު ކޮފީ ތައްޓެއް ހަދައިގެން ހެނދުނުގެ ނާސްތާ އަށް ތައްޔާރުކޮށްފައިވާ ސޭންޑްވިޗް އިން ސޭންޑްވިޗެއް ނަގައި ކުޑަދޮރު ކައިރީ މަޑުކޮއްލިއެވެ. އެގަޑީގައިވެސް ވާރޭ ހުއްޓުމެއް ނެތި ވެހެމުން ދިޔައެވެ. ޒައިޝާގެ ހިޔާލު އެވަގުތުވަނީ ޒިޔާން އާއި ގުޅިލާމެހިފައެވެ. އެ އަތުގެ މުލައްދަޑީގެ ހިމާޔަތް ލިބޭނެ މީހަކީ ހަމަ ގައިމުވެސް ނަސީބު ވެރިއަކަށް ވާނެކަމަށް ޒައިޝާ ނިންމިއެވެ. މަޑުމަޑުން އައި ޒައިޝާގެ ބައްޕަ އައްސަދު އަށް އޭނާގެ ލޯބިވާ ދަރިފުޅަށް ބަލަހައްޓައިގެން ހުރެވުނެވެ. ޚާލިދާ ގެ ކުއްލި މަރުވުމާއި ގުޅިގެން އޭނާގެ ހަޔާތަށާއި ޒައިޝާގެ ހަޔާތައް އައިސްފައިވާ އެކަނިވެރިކަމާއި ދޭތެރޭ ފިކުރު ކޮއްލެވުނެވެ.
ހުކުރުން ފައިބައިގެން ގެއަށް އައި ޒިޔާން ކާން މޭޒް ދޮށުގައި އިށީނެވެ. އޭނާގެ މަންމަ ނާދިޔާ ލޯބާއި އެކު ޒިޔާން އާއި ދިމާއަށް ބަލައިލިއެވެ. ނަމަވެސް އަބަދުވެސް ނާދިޔާގެ ލޮލުގައި ބިރާއި ސިހުން އެކުލެވިގެން ވާކަން ޒިޔާން ދަނެއެވެ. ޝަކުވާކޮށް ނެހެދިޔަސް ހިނިތުންވުން ދައްކައިގެން ހުއްޓަސް ނޭގޭ ބިރުވެރިކަމެއް އެ ދޮލޮލުން އަބަދުވެސް ފެންނަމުން ދެއެވެ. ސުވާލު ކިތަންމެ ގިނައިން ކުރިއަސް ޖަވާބަކަށް ބަދަލެއް ނައަންނާނެކަން އެ އާއިލާ އެންމެނަށް އެގެއެވެ. އެހެންކަމުން އެވާހަކަ ނުދައްކައެވެ. “ބައްޕަ އަދި ދުރުނުވަނީތޯ މަންމާ؟” ޒިޔާން ސުވާލުކޮއްލިއެވެ. އެވަގުތު ބަދިގެ ދޮރުން ވަދެގެން އައި ނަސީމް ޒިޔާން އަށް ފެނުނެވެ. ބައްޕަ އަށް އަވަސް ހިނިތުންވުމެއް ދިނުމަށްފަހު ކާންފެށިއެވެ. އެވަގުތު ޒީނާ ދުވަމުން އައި ޒިޔާން ގައިގައި ޖެހިގަތެވެ. އަގަޔަށްލާން ނެގި ބަތް ސުވާ ތަށިތެރޭ ބޭއްވުމަށްފަހު ޒީނާ އަށް ލޯއަޅާލިއެވެ. “ތަންކޮޅެއް މައިތިރިވެގެން އުޅެބަލަ ދަރިފުޅާ” ނާދިޔާ ޒީނާ އަށް ބަލާލިއެވެ. ޒިނާ އަކީ ގްރޭޑް 09 ގައި ތަޢްލީމް ހާޞިލް ކުރަމުން ދާ ކުއްޖެއެވެ. ހަންގަނޑުގެ ކުލަ އެންމެ ދޮންކުދީންގެ ތެރޭގައި ނުހިމުނަސް ކަޅު ކުއްޖަކަށް ނުކިޔާނެއެވެ. ޒިޔާން އާއި ހިލާފަތް އޭނާގެ ލޮލުގެ ކުލައަކީ ސީދާ ކަޅުކުލައެވެ. އެކަމާ އަބަދުވެސް ޝަކުވާކޮއް މައްސަލަ ޖައްސަމުން ދެއެވެ.
އައްސަދު ވާހަކަ ދައްކަމުން ދިޔައީ ހޮސްޕިޓަލުގެ ވެރިންނާއި ފޯނުންނެވެ. ޒައިޝާ އަލުން ވަޒީފާއަށް ފޮނުވުމަށް އައްސަދު ބާރު އަޅަމުން ދިޔައީ ގޭގައި ހޭދަ ކުރާ ވަގުތު މަދު ކުރުމަށެވެ. ޒައިޝާ އާއި އެ ވާހަކަ ދެއްކުމުން ވަޒީފާ އަށް ނިނުކުމެ ދުވަސް ވެފައިވާތީ ޖެހިލުންވާކަމަށް ބުނުމުން އައްސަދުއަށް އެ ފިޔަވަޅު ނަގަން މަޖުބޫރުވީއެވެ. ހިންހަމަޖެހޭވަރު ވުމުން ފޯނު ބޭއްވުމަށްފަހު އެ ހަބަރު ޒައިޝާއަށް ދިނުމަށް އަވަސް ވެގަތެވެ. ސިޓިންގ ރޫމް ސޯފާއާއި ދިމާއަށް ހިގައިގަންނަމުން އައްސަދު ޒައިޝާ އަށް ގޮވާލިއެވެ. ކޮޓަރީ ގައި އޮށޯވެގެން އޮތް ޒައިޝާ ބައްޕަ ގޮވާ އަޑަށް ތެދުވެ ހެދުން ރީތި ކޮށްލިއެވެ. އަދި މަޑުމަޑުން ތިރިއަށް ފައިބަންފެށިއެވެ. ޒައިޝާ އައިސް ސޯފާގައި ބައްޕަ ކުރިމަތީ މަޑުކޮށްލިއެވެ. އައްސަދު ވިސްނުން ތޫނު ކަމާއި އެކު ޒައިޝާގެ މޫނަށް ބަލައިލިއެވެ. އެއްވެސް އަސަރެއް އެ މޫނުން ނުފެނެއެވެ. ނަމަވެސް އެ ކުޑަ ކުޑަ ހިތަށް ކުރާނެ އަސަރާއި އެކަނިވެރިކަން އައްސަދުއަށް އިހްސާސްވާކަހަލައެވެ. އޭނާގެ ލޮލުން ކަރުނަ ނީރާލިއެވެ. ނަމަވެސް ޒައިޝާއަށް ނޭގެނެހެން ކަރުނަ މަޑުމަޑުން ފޮހެލިއެވެ. އަދި ވަޒީފާއަށް އަނެއްކާވެސް ނިކުތުމުގެ ހުއްދަ ލިބިފައިވާ ކަމަށާއި މިރޭ ނިކުންނަން ޖެހޭ ކަމަށް ބުނެލިއެވެ. ޒައިޝާގެ މޫނު އަލިވެގެން ދިޔަތަން އައްސަދުއަށް ފެނުނެވެ. އެކަމުގެ ސިއްރު އެގެނީ ހަމަ އެކަނި ޒައިޝާގެ ހިތަށެވެ.
އައްމަތި އަވަސްކުރަމުން ޒައިޝާ ދިޔައީ ގަޑި ޖެހެން ކައިރިވަމުންދާތީއެވެ. ދަނބު ކުލައިގެ ޕާކިސްތާނު ހެނދުމުގައި އޭނާ ފެންނަލެއް ވަރަށް ރީއްޗެވެ. ހެދުމުގެ ކުލަ ލޮލަށް އެޅިފައިވާ އިރު ލޮލުގެ ކުލަ ހީވަނީ ދަބު ކުލަހެންނެވެ. ދިގު އެސްފިޔަތަކުގައި މަސްކަރާ އަޅާފައިވުމުން އިތުރަށް ދިގު ކަމަށް ދައްކައެވެ. އެ ކަޅިރަވައިގައި އަދުން އަޅާ ފަވާފައިވުމުން އިތުރަށް ތޫނުކަމަށްދައްކައެވެ. ބަލާލި ކޮންމެ މީހަކުމެ ކަތިލާލެވޭނެކަން ގައިމެވެ. އައްދަބަހަށް އެއްޗެހި ހަމަކުރުމަށްފަހު ހިގައިގަތެވެ. ވަޒީފާއަށް ދާގަނޑިގައި އޭނާ އަބަދުވެސް ރީއްޗަށް ހެދުން އަޅައި ޤަވާއިދަށް ހުރެވޭތޯ ބަލައެވެ. ކާރަށް އެރުމަށްފަހު ހަމަޖެހުމުގެ ނޭވާއެއް ލެވުނީ ގަޑިޔަށް ބަލާފައެވެ. 15 މިނިޓް ހުރިކަން އެގުމުން ހާސްކަން ކެޑިގެން ދިޔައެވެ. ހޮސްޕިޓަލަށް ވަނުމާއި އެކު އެކުގައި ކުރިން އުޅުނު ކުދީންގެ ފަރާތުން ޒައިޝާއަށް ލިބުނީ ހީވެސް ނުކުރާ ކަހަލަ މަރުހަބާއެކެވެ.
ޑިއުޓީ ގައި މަސައްކަތް ކުރަން ހަމަޖެހުނީ ކާރޑިއޮލޮޖިސްޓް ސެކްޝަނުގައެވެ. އެހެންކަމުން ޒައިޝާގެ ހިތް ތެޅެމުން ދިޔައީ އޮބިނޮއޮންނަ ވަރަށެވެ. މަސައްކަތް ކުރަންޖެހެނީ ކޮން ޑޮކްޓަރަކާއިއެކު ކަން ނޭގޭތީއެވެ. އޭނާ ހިތް އެދެމުން ދިޔައީ އޭނާ ހިތުގެ ރާޖާ ކަމުގައިވާ ޒިޔާންގެ އެހީތެރިއަކަށްވުމަށެވެ. އޭނާގެ ލޯ ބޭގަރާރުވެފައިވަނީ ޒިޔާންގެ ސޫރަ ދެކިލުމަށެވެ. ގަޑީގެ ކަށި ހިގަމުން ދާވަރަކަށް އެ ހިތަށް މާޔޫސީކަން ލިބެމުން ދިޔައެވެ. އޭނާ އަށް ޒިޔާން ނުފެނި ގިނަ އިރުވަމުން ދިޔައެވެ. މަސައްކަތް ކުރަން ޖެހުނީވެސް އެހެން ޑޮކްޓަރަކާއި އެކީގައެވެ. މޫނުމަތީގައި ހިނިތުންވުން ހުއްޓަސް އެއްވެސް ކަހަލަ އަސަރެެއް ނެތް ކަހަލައެވެ. ބަލިމީހުން މަދު ވުމުން ޒައިޝާ ބޭރަށް ނިކުމެލީ ފޫހިވެގެންނެވެ. ފަހަތުން އައި ޒިޔާންއަށް ޒައިޝާ ފެނުނީ ވަރަށް ކައިިރިވިފަހުންނެވެ. ވަގުތުން އޭނާގެ ދެފައިގައި ކަސްތޮޅުއެޅުނެވެ.
(ނުނިމޭ)
3
28 Comments
Comments are closed.
Miii Kn vaahaka eh? Neyngun?
Meesh mee fenu pari. ingey.
Miii Kn vaahaka eh? Neyngun?uu
v nice ane part ah inthixaaru kuran .miaharu ga kiyan libeyne kama hope kuran hehe
Aish thikohlee insult eh tha hehehe
Dhen thivaru nukuriyas ok vaane dw
Aish i apologized for the inconvinience. miaharu libeyne. 😀
Nice! Keep it up!!
thanks najju 😀
Hope kuraa goe bunee. Furathama kiyan feshee meege 3aharu kurin v ma. But vaahaka v v nice. Eyhen v makiyaahi vaale bodu kamun eyhen buneleee. Adhi 6 aharu fahun libunas kiyaanan eyhaaves nice
thanks 😀
Um glad to decided to upload episodes of the story without irritating yr readers..hats off to ur courage. N I luved ur story.it was extremely beautiful
thank you so much. readers support it the best. 😀
mi story ge kuryge bai kiyan kihine handhan mi jeheny. Nyna ah click kuriyas kury ge baeh nufeney.
http://www.esfiya.com/author/sea-hostess/
just click the link emmmmm
Vaahakathakuga ulhey kudhinge loluge kalhi thihunna gotheh dho thivaruge furihama kameh nuhunnaane
aina. stories thah liyanee hiyaalah. not for the real darling.
Mi vaahakaige kury baithah kobaa…..ebai thah kiyeyne gotheh bunela dheeba…
Konmes kuhjaku bunela dheeba
Furathama bain feshigen 8 vana bayaai hama ah mi link in fennane!! http://www.esfiya.com/author/sea-hostess/
9 vana bain feshigen dhen huribathah mi link in fennane
http://www.esfiya.com/author/nyna/
Anonymous give a try..
Anonymous last comment ga ves fonuvadhinin link. hope u got it .and thanks kiyuntheraa for the support and help. 😀
Varah salhi…
thanks Joo. 😀
Vaahaka v reethi…
Saee thanks 😀
Vaahaka up kohladhyba nyna. . Can’t wait.. ☺☺
miadhu koh dheynan ingey Nunnu darling 😀
Nynaaaaaaaaa.. kobaatha storyyy… Upload soon.. Mivaahaka up veythoa abadhu mibeleny…. plxx. Avahah up kohdhybaaa..
eba koh dhen ingey varah avahah. thanks a lot.:D