ފެނު ޕަރީ (9)
ކަރުނައިގެ ތެރެއިން ޒައިޝާ ޒިޔާން އާއި ދިމާލަށް ބަލާލިއެވެ. ޒިޔާންގެ ސޫރަ ޒައިޝާއަށް ފެންނަމުން ދިޔައީ ވަރަށް ފުސް ކޮށެވެ. ލޮލުން ހިފަހެއްޓުމެއް ނެތި ވަކިވެގެން ދާ މުތީތަކެއް ފަދަ ކަރުނަތައް އެ ދޮން ކޯތާފަތުން ފައިބަމުން ދިޔައެވެ.އެއްވެސް ހަރަކާތެއް ނެތި ޒައިޝާ މަޑުމަޑުން ތެދުވެ މަންމަ ބާއްވާފައި އޮތް އެެދާއި ދިމާއަށް ދާފެށިއެވެ. ހަމަ ވިސްނުން ލިބުމުން ލޮލުން އެންމެ ފަހަރަކުވެސް ކަރުނަ ހުސްވުމަކަށް ނާދެއެވެ. އޭނާގެ ފުރާނަ ފަދަ ލޯބިވާ މަންމަ އޭނާއާއި ދާއިމަށް ވަކިވެގެން ދަނީ ކަމުގެ ހިތިކަން ހިތުގައި ފެތުރަމުން ދިޔައެވެ. ޒައިޝާ ގައިގައި ވަރު ދެރަވެފައިވުން ވެދާނެ ކޮންމެ ކަމަކަށް ޒިޔާން ހުރީ ނުހަނު ހުޝިޔާރު ކަމާއި އެކު ތައްޔާރު ވެގެން ކަމުން ޒައިޝާ ފަހަތުގައި މަޑުކޮށްގެން ހުޓެވެ. ޒައިޝާ އޭނާގެ ލޯބިވާ މަންމަގެ މޫނުގައި ބޮސް ދިނެވެ. އެއާއި އެކު ލޮލުން އޮހެމުން ދިޔަ ކަރުނަތަށް ދެ ގުނަ އިތުރުވެގެން ދިއުމާއި އެކު އަޑުން އަޑުނަގާ ރޯން ފެށިއެވެ. އަޑުއަހަން ތިބި މީހުންގެ ހިތްވެސް އެއަޑައް ރޮއިގަތްކަހަލައެވެ. ޒައިޝާގެ ހިތުގެ ހާލު ނޭގޭ މީހަކު އެ ބޮޑު ހޯލުގައި ނެތެވެ. ހިތް ފުޑުފުޑުވެގެން ދާކަހަލަ ވޭނީ އާހެއް ޒައިޝާގެ އަޑުގައި ވިއެވެ. ފަހަތުގައި ހުރި ޒިޔާން އޭނާއަށް ކެތް ކުރެވޭ އެންމެ މައްޗަކަށް ކެތްކުރަމުން ދިޔައެވެ. ގަދަ ކަމުން ކަހަލަ ގޮތަކަށް ޒައިޝާ ގޮވައިގެން ޒިޔާން އެއްފަރާތައް ޖެހިލިއެވެ. ޚާލިދާއަށް އެންމެ ފަހުގެ ޒިޔާރަތްކުރަން އަންނަ ފަރާތްތަކަށް ފުރުސަތު ދިނުމުގެ ގޮތުންނެވެ. ތަންކޮޅެއް ދުރުގައި މަޑުކޮށްގެންހުރި އައްސަދު ވަނީ ހަތަރު އުދަރެސް ފެނު ޖެހިފައި ކަހަލައެވެ. ލޯބިވާ އަބިމީހާގެ ކުއްލި ވަކި ވުމާއި ގުޅިގެން ދެލޯ ފަދަ ދަރިފުޅު ގެ ހާލަތު ފެނުމުންނެވެ.
ވަގުތު ފާއިތު ވަމުން ގޮސް ޚަލިދާ ވަޅުލުމަށްޓަކައި ހަމަޖައްސާފައިވާ ގަޑިޖެހުނެވެ. ޚާލިދާގެ ފުރާނެ ނެތް މަސްގަނޑު ސަންދޯކަށް އެޅުމަށް ނެގުމާއި އެކު ޒައިޝާގެ އަޑު ގުގުމައިގެން ދިޔައެވެ.”މަންމާ، ޒައި ދޫކޮށްފަ ނުދޭ ޕްލީސް މަންމާ” އެ ރުއިމުން ހަލާކު ނުވާ އެންމެ ހިތެއްވެސް ނެތްކަން ޔަޤީނެވެ. އެ ގިސްލުމުގައި ވާ ވޭނީ އާހުން ނުރޯން ހިފަހައްޓައިގެން ތިބި މީހުންވެސް ބަޑިފަޅައިގެން ދިޔައެވެ. ޒިޔާން ހިތްވަރާއި އެކު ޒައިޝާއަށް ނަޞޭހަތްތެރިވަމުން ދިޔައެވެ. އެންމެފަހުން ޒައިޝާގެ ހަބަރު ހުސް ވެގެން ޒިޔާންގެ އަތްމައްޗަށް ދެމުނެވެ. ޒިޔާން އަވަސް ވެގަތީ ޒައިޝާ އަށް އަވަސް ފަރުވާ ދެވޭތޯއެވެ.
ޚަލީދާ މަރުވުމަށްފަހު ގޭގެ ދިރުން ނެތިގެން ދިޔަ ފަދައެެވެ. ޒައިޝާގެ ސަކަ މިޒާޖު އެއްކޮއް ގެއްލި އެކަނި ވެރިކަމަށް ލޯބި ކުރަން ފެށިއެވެ. ވަޒީފާއަށް ނިކުތުމުގެ ހިޔާލުވެސް މުޅިހެން ދޫކޮށްލިއެވެ. ގިނަ ވަގުތު ނުކައި އެކަނި ކަނުއަދިރީގައި ވަގުތު ހޭދަކުރަން ފެށިއެވެ. އައްސަދު ޒައިޝާއަށް އެކި ގޮތްގޮތުން ހިތްވަރު ދެމުން ދިޔައެވެ. އައްސަދު އުއްމީދުކުރީ ވަގުތާއި އެކު ޒައިޝާގެ ހިތަށް ފަރުވާލިބި އެ ހިތާމައި އަރައި ގަންނާނެކަމަށެވެ.
ދުވަސްތައް ފާއިތުވަމުންގޮސް ޒައިޝާގެ މަންމަ ޚާލިދާ ވަކިވެ ދިޔަތާ މަސްދުވަސްފުރުނެވެ. ޒައިޝާވެސް މަޑުމަޑުން ނަމަވެސް ރަގަޅުވަމުން އެބައާދެއެވެ. ނަމަވެސް މަންމަގެ ހިޔާލު އަބަދުމެ އެ ހިތުގައި ވަކި ހިއްޕާލާފައިވެއެވެ. ރެއަކީ ރީތި ހަނދުވަރު ދޭ ރެއެއްކަމުން ޒައިޝާ ބެލްކަނީގައި އަތްއަޅުވާލައިގެން އުޑުގައި ވިދާ ބަބުޅަމުންދާ ތަރިތަކަށް ބަލަން ހުއްޓެވެ. ލޮލުގައި ތާޒާ ކަރުނަ ވިދަމުން ދެއެވެ. އެ ވަގުތުވެސް ލޯބިވާ މަންމަ ހަދާންކުރަމުން ދާކަން އޭނާ ބަލާލީ ކޮންމެ މީހަކަށްވެސް އެގިގެން ދާނެއެވެ. ކުއްލިޔަކަށް ވައި ބާރުވެ ވާރޭ އޮއްސާލީ އެއްވެސް އިންޒާރެއް ދިނުމެއް ނެތިއެވެ. ދެންމެ އާއި ޖެހެން ދެން އުޑުމަތީގައި ބަބުޅަމުން ފިޔަޖަހަމުން ދިޔަ ތަރިތައް ވަނީ ކޮންތަނަކަށް ކަމެއް ނޭގެއެވެ. ބެލްކަނިޔަށް ވާރޭ ވިއްސަމުން ޒައިޝާ އަށް ހަމަލަ ދެމުން ދިޔައިރުވެސް ޒައިޝާ ބެލްކަނިން ދުރަށް ދިޔުމުގެ ހިޔާލެއް ނުކުރެވެ. ލައިގެން އިން ގަދަ ރަތް ލޭ ކުލައިގެ ޓޮޕާއި ކަޅުކުލައިގެ ކަކުލާ ހަމައަށް ދާ ސޯޓްވެސް ތެމި ގައިގައި ތައްލަމުން ދިޔައެވެ. އެއްވެސް ތަރުތީބެއް ނެތި ފަހަތައް ދޫކޮށްލެވިފައިވާ އެ ރީތި އިސްތަށިގަނޑުވެސް ތެމެމުން އޭނާގެ ކަދުރާ ފޮރުވަމުން ދިޔައެވެ. މިހުރިހާ ހަރާކާތެއް ބަލަމުން މީހަކު ދާކަމުގެ ކުޑަވެސް އިޝާރާތެއް ނެތި ޒައިޝާ ތެމެމުން ދިޔައެވެ. ވާރޭގެ ފިނި ކަން ހިތާ ހަމަޔަށް ގެނުވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. ޒައިޝާގެ ހަރަކާތް ބަލަމުން ދިޔަ މީހާގެ ހިތަށް ވަމުން ދިޔަގޮތް ޒައިޝާއަށް ރޭކާވެސް ނުަލައެވެ. އަމުދުން މި ބޯވާރޭ ތެރޭގައި މީހަކު ހުރެ ދާނެ ކަމަށް ހީކުރާނީ ކާކުހެއްޔެވެ؟
ޒިޔާން އަށް ކެތްކުރެވޭ އެންމެ މައްޗަކަށް ކެތްކުަމުން ދިޔައެވެ. ޒައިޝާގެ ހަރަކާތަށް ބަލަން ހުރީ ހަމަ ޒިޔާން އެވެ. ޒައިޝާގެ އެންމެ ގާތް މީހަކަށް ނުވިޔަސް ދުރުން ނަމަވެސް އޭނާގެ ހަރަކާތަށް އަބަދުވެސް ޒިޔާން ބަލަމުން ދެއެވެ. މި ބޯވާރޭ ތެރޭވެސް އޭނާގެ ހިތުގެ ހަމަޖެހުން ކަމުގައިވާ ޒައިޝާގެ ހާލު ބަލާލަން އައީއެވެ. ޒައިޝާއަށް ނޭގެނީ ޒައިޝާގެ ކޮންމެ ހިތާމައެއްގައި ނޭގިނަމަވެސް ޒިޔާން ބައިވެރިވަމުން ދާކަމަވެ. ޒައިޝާ ހިތްފުރޭވަރުވުމުން އެެތެރެއަށް ވަންނަ ހިގައިގަތެވެ. ޒިޔާންވެސް ގެއަށް ދިޔުމަށް އެބުރިގަތެވެ.
ޖެހިގެން އައި ދުވަހަކީ ހުކުރު ދުވަސް ކަމުން އައްސަދުވެސް ގޭގައި އުޅެއެވެ. ޒައިޝާ ބޭރަށް ނުކުމެލީ ރީތިވެގެން ނެވެ. ހާލިދާ ވަކިވެދިޔުމަށްފަހު ގެއިން ބޭރަށް ދިޔުމަށް ޒައިޝާ ނިކުތް މިއީ ފުރަތަމަ ފަހަރެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
15 Comments!
Comments are closed.

Feshigen kiyan beynumiyya nyna name inthanah vadhebala eyrun annaane hurihaa part thakeh ves
Naadhey..i want fashaign kiyaj…
Haadha kurey. than olheh dhgu kohlinama.
feshigen kiyaalan beynun.. name ah dhiyaama ves nufeney.. pls buneba feshigen kiyaalan libeyne gotheh
search ga fenu paree jahaafa search kohliyas fennaane 🙂
Ey ninni search nukureve ehnnu..or dhivehin tha typ kuran jeheny
www. jahaafa esfiya.com jahaafa / author jahaafa / sea-hostess jahaafa search kohba… eyrun fennaane I’m. sure..
I luv this story.. abadhuvx hithah araa nimndhnn kiyaalan libeyne namaey.. I hp u will upload this story till de end?.. nd plxx upload it daily …. AlL the BeSt?…
thanks a lot SHINE. 😀
http://www.esfiya.com/author/sea-hostess/
HHey guys…kalhu finifemmaa liunii konauthor eh thah
Hoody
Thank u guys for the support. 😀 in shaa allah dhen huhtaalaanee ninmaalaafa.
thankyouuuuuuuuu sooo much shine… n nyna nimendhen update kohdhehchey
Insha ALLAH aroo. 😀