Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ހައްގަކަށް ތީމަގޭވުން ނިކަން ބޭނުމޭ 21… (ފަހުބައި)

kamana
May 9, 2016
11 Mins Read
96 Views
37 Comments

ފާއިތުވެގެންދާ ކޮންމެ ދުވަހަކީ އަތޫޝާއަށް ހިތްދަތިކަން ގެނުވަމުން އައި ދުވަހެކެވެ. އެހެނީ މަމްދޫހުއާއި ކައިވެނި ކުރަން ކަނޑައަޅާފައިވާ ދުވަސް ހައްތަހާ ކައިރިވަމުން ދާތީއެވެ. އަނެއްކޮޅުން ޝައިމަން އާއި ދައްކަން ބޭނުންވާ އެއްވެސް ވާހަކައެއް ދެއްކުމުގެ ފުރުސަތު ޝައިމަން ނުދޭތީއެވެ. ކޮންމެ ދުވަހެއް ނިމި ދަނީ އަތޫޝާ ޝައިމަން އާއި ވާހަކަ ދައްކަން ލިބޭނެ ކަމުގެ އުންމީދުގައެވެ.

“ދަރިފުޅާ ޝާޝާ ކިހިނެއްވެފަ” ސިޓިން ރޫމް ސޯފާގައި އެކަނި އިން އަތޫޝާފެނި ޒައިނަބު އަހާލިއެވެ. “ނުވޭކަމެއް… ދައްތަ މިހާ ލަސްވަންދެން ނުނިދާ…..” އެހާ ލަސްގަނޑިއެއްގައި ޒައިނަބު ފެނުމުން އަތޫޝާވެސް ކޮއްލީ ސުވާލެކެވެ. “ދައްތަ މިނުކުތީ ފެން ފުޅިއެއްބަލާ… މިހާރު އެއޮތް ބާރަޖެހީ…. ނިންޖެންވެސް ނާދޭތަ” އަތޫޝާ އާއި ޖެހިގެން އިށިންނަމުން ޒައިނަބު އަހާލިއެވެ. އަތޫޝާ ޒައިނަބު އާ ދިމާލަށް ބަލާލުމައްފަހު ހިނިތުންވުމަކުން ފުއްދާލިއެވެ.

“ޝާޝާ ދައްތަ ވާހަކައެއް ބުނަންތަ….. މީހަކަށްޓަކައޭ ކިޔާފަ ތިމާގެ އުފާތަށް ގުރުބާން ނުކޮއްލައްޗޭ… ޝާޝާއަށް އެނގޭނެ ކަންނޭގެ ދައްތަ މިހެން ނުބުންޏަސް.. އެގޮތަށް އެޅޭ ކޮންމެ ފިޔަވަޅަކީ އަނެކާއަށް ދެވޭ އަނިޔާއެއް…. ވިސްނާލައްޗޭ…. ދައްތަ ދަނީ ދެން… ޝާޝާ ވެސް ލަސްނުކޮށް ނިދަންދޭ އެނގޭ..” އަތޫޝާގެ ކޮލުގައި ޒައިނަބު ފިރުމާލުމައްފަހު މިސްރާބު ޖެހީ ކޮޓަރިއާ ދިމާލަށެވެ.

ޒައިނަބު ދިޔަ ދިމާލަށް އަތޫޝާ ބަލަން އިނީ ޒައިނަބު ބުނި އެއްޗަކާ މެދު ވިސްނަމުންނެވެ. ދެފައި ކުރުކޮއްލުމައްފަހު ކަކުލުގައި ބޯ އަޅާލީ ހިތް ފުރޭވަރަށް ރުއިމަށެވެ. އެހެންނަމަވެސް އެކަން އަތޫޝާއަށް ކާމިޔާބު ނުވިއެވެ. “ޝައިމަން…” އަތޫޝާގެ އަޑުގައި ވަނީ އާދޭހެވެ. އެގޮވާލުމުންވެސް އަތޫޝާ ޝައިމަން ދެކެ ވާލޯބި ހާމަވާނެއެވެ.

……………………..

“ކޮބާ ދަރިފުޅާ ތިން ދުވަހަށް ވީ ދޯ…. ދަރިފުޅު ކޮބާތަ ކައިވެންޔަށް ހުށައެޅި ފޯމު…. މަންމަ ނުވެސް ދެކެން އެޔެއް މިފަހަރު” ސޯފާގައި އޮށޯވެލައިގެން އޮތް މަމްދޫހު ކުރެން އާޝިޔާ އަހާލިއެވެ. ” ބައްޕަ މިފަހަރު ލީ…” މަމްދޫހުގެ ކުރުޖަވާބަކުން ފުއްދާލިއެވެ.

“އަހަން ރާނީ… ހާދަ ހެނދުނަކާ” ސިޓިން ރޫމް ހުރަސް ކޮއްލި ރާނިޔާ ފެނި އާޝިޔާ އަހާލިއެވެ. ” އެއްޗެއް ބަލާ… ” ރާނިޔާގެ ތުންފަތް މަތީގައިވަނީ ލަދުރަކި ހިނިތުންވުމެކެވެ. “ހިނގާ… ” ރާނިޔާއަށް ހީލަމުން މަމްދޫހު ތެދުވިއެވެ. މަމްދޫހުއާއި ރާނިޔާ ސިޑިން މައްޗަށް އަރައިގެން ދިޔަ ދިމާލަށް އާޝިޔާ ބަލަން އިނީ ހައިރާންވެ ހުރެއެވެ. އެހެންނަމެވެސް އެއީ މާބޮޑު ކަމެއް ކަމަށް ނުބެލީ މަމްދޫހު ހަނދާނުން ހުރިހާއެއްޗެއް ފޮހެވިފައިވާތީއެވެ.

މެންދުރުގެ ގަދަ ހޫނުވަގުތުގައި ޝައިމަންއާއި ވިޝާލް ދިޔައީ ފިނިބުއިމެއް ބޯލުމަށެވެ. ލުއިބުއިމުން ދެ މޮޖީޓޯ ގަތުމަށްފަހު ދެ އެކުވެރިން މިސްރާބު ޖެހީ މަސްވެރިންގެ ޕާރކާ ދިމާލަށެވެ. “ދެން ހަމަ ނައްޓާލަނީތަ…..” ވިޝާލް ހަމަޖެހިލަމުން އަހާލިއެވެ. “އާން…. ދެން ނުގޮސް ވަކި ކީއްކުރާނީ…. ” އަތުގައި އޮތް މޮޖީޓޯއިން ކޯވަރެއް ބޯލުމައްފަހު ޝާއިމަން ވާހަކަ ދެއްކިއެވެ. “ކޮން އިރަކު އަންނަނީ….. ބުދަ ދުވަހު ދޯ ފުރަނީ….. މަ ވައިވާނެ” ވިޝާލް ޝައިމަންއަށް ބަލާލިއެވެ. “ހެހެހ ސާބަސް މަ އަންނާނެމޭ.. އެކަމް އާދެވޭނީ ކޮންއިރަކު ކަމެއް ނޭނގެ.. މަންމަ ކައިރީގަ މިބުނީ ހަފްތާއެކޭ… އެކަމް ގޮއްސަ ކޮންމެވެސް އެއްޗެއް ކިޔާނީ… ހިނގާ ދާން….” އަތުގައި އޮތް ހުސްތަށި ޑަސްބިން އަށް ލުމައްފަހު ޝައިމަން ތެދުވީ އޮފީހަށް ދިޔުމަށެވެ.

އޮލަވާހަކައިގައި އޮފީހަށް ވަތް ދެ ރަހުމަތްތެރިން ހުއްޓުން އެރީ ކެބިންގައި އިށީދެލައިގެން އިން މަމްދޫހު ފެނިއެވެ. “ވިޝާލް ފަހުން ގުޅާނަން” ޝައިމަން ބޭނުންވީ ވިޝާލް ފޮނުވާލާންށެވެ. “އޯކޭ ” ވިޝާލް މަމްދޫހުއާއި ދިމާލަށް ބަލާލުމައްފަހު އޮފީހުން ނިކުމެގެން ދިޔައެވެ.

“ހާއި” ސޯފާއާއި އަރާ ހަމަވުމުން މަމްދޫހު ސަލާމަށް އަތް ދިއްކޮއްލިއެވެ. އިރުކޮޅަކު އެއަތަށް ބަލަން ހުރުމައްފަހު ޝައިމަން ހިނިތުންވެލިއެވެ. “މިއައީ ކާޑު ހިފައިގެން…. ޝައިމަން ވާނެ އަންނަން” މަމްދޫހު އަތުގައި އޮތް ކައިވެނީގެ ކާޑު ޝައިމަންއަށް ދިއްކޮއްލީ އެއްމިޔަނުން ހީލަމުންނެވެ. ޝައިމަންވެސް ހިނިތުންވެލަމުން ކާޑުގައި ހިފީ ދައުވަތު ގަބޫލު ކުރަމުންނެވެ. “މަމްދޫހު” ޝައިމަން މަމްދޫހަށް ގޮވާލީ ދެބަމަ ގޮއްޖަހަމުންނެވެ. މަމްދޫހުގެ ތުންފަތުގައި ދުވެލީ ނުލަފާ ހިނިތުންވުމެވެ. “ޝާޝާއަށް އެނގޭނެތަ” ޝައިމަން ބޭނުންވީ އަތޫޝާއަށް ހަގީގަތް އެގޭތޯ ބެލުމެވެ. “ނޭނގޭނެ…. އެގިއްޖެއްޔާ ހީވޭތަ ޝާޝާ އެއްބަސް ވާނެހެން…ހެހެހ ޝައިމަން އަންނާނަންތަ ޝާޝާ ބަލާ… އޯ ހަނދާން ނެތުނީ އަޑު އެހިން އެދުވަހު އޭ ފުރަނީ ޓޫ ބޭޑް.. ” އޭރުވެސް މަމްދޫހުގެ ތުންފަތުން ހިނިތުންވުމެއް ނުފިލައެވެ. “މަމްދޫހު ޝާޝާ ދެކެ ލޯބި ވެއެއްނު.. އަހަރެންނަށް އެނގޭ މަމްދޫހު ޝާޝާ އާއިއެކު އުޅޭނީ ވަރަށް ލޯބިންކަން..” ދެޖީބަށް އަތް ޖަހާލުމައްފަހު ޝައިމަން މަމްދޫހަށް ފުރަގަސްދިނެވެ. “އާން ލޯބިވޭ ދޯ އެކަމް.. އެކަމް އަހަރެންނަށް އަތް އިސް ނުކުރެވޭނެ ކަމުގެ ޔަގީންކަން ނުދެވޭނެ އެނގޭ”

“މަމްދޫހު” މަމްދޫހު އެހެން ބުނުމުން ޝައިމަން މަމްދޫހުގެ މޫނަށް ވަރުގަދަ ހަމަލާއެއް ދިނެވެ. “ހެހެހ ޝައިމަން އަށް ކީއް އަހަރެން ޝާޝާއަށް ކޮންމެ ގޮތެއް ހެދިޔަސް” ތުންފަތް ކައިރިން ފަޅައިގެން ގޮސްފައުވާތަނުގައި މަމްދޫހު ފިރުމާލިއެވެ.

“އަހަރެންނަށް ކަމެއް.. އަހަރެން ޝާޝާ ދެކެ ވަނީ ހަގީގީ ލޯތްބޭ… މަމްދޫހު ތިވާކަހަލަ ލޯތްބެއްނޫން… ޝާޝާ އެންމެ ފަހަރަކު އަހަރެން ދެކެ ލޯބިވެއޭ ބުންޔަސް ތި މަމްދޫހު ކައިރިއަށް ޝާޝާ ދިޔަ ނުދޭނަން…” ޝައިމަން މަމްދޫހު ލައިގެން ހުރި ގަމީހުގެ ގިރުވާނުގައި ހިފާ ބާރުކޮއްލިއެވެ. ދެން އިވެން ފެށީ މަމްދޫހުގެ ހުނުމުގެ އަޑެއެވެ.

…………..

ހަވީރުގެ ހިތްފަސޭހަ ވަގުތުގައި އާޓިފިޝަލް ބީޗުން ފެންނަމުން ދިޔައީ ދެކޮޅަށް ދުވެލަ ދުވެލަ އުޅޭ ކުޑަކުދިންނެވެ. އެކި ކަހަލަ ކުޅޭ ސާމާނު ވިއްކަން އައިސް އުޅޭ ދެތިން މީހުންނެވެ. މޫދުގައި ހީ ސަކަރާތް ޖަހަމުން ދިޔަ އެކި އުމުރުގެ މީހުންނެވެ. ޒަމާން ތަކަކަސް ފަހު ތިން އެކުވެރިން އެއްވީ ހަފްތާ ބަންދު ދުވަހުގައެވެ.

“ޝާޝާ ހަމަ އަސްލުވެސް ދޮންބެ އާ މެރީ ކުރަނީތަ” ޝަމްހާގެ މޫނަށް ބަލާލަމުން ސަނާ އަހާލިއެވެ. “ޕްލީޒް ސަނާ ދެން ތިވާހަކަ ނުފައްޓަބަލަ… ޕްލީޒް” އަތޫޝާ ސަނާ އަތުގައި ހިފާލީ އާދޭސް ކުރާ މީހަކު ފަދައިންނެވެ. “އޯ ވާއު ލުކް ” ރަތް ކުލައިގެ ބޮޑެތި ހަންތަކެއް ހިފައިގެން ކުރިއަށް އަންނަމުން ދިޔަ ޒުވާނާ ދައްކާލަމުން ޝަމްހާ ކުޑަކޮށް ހަޅޭލަވައިގަތެވެ.

އަތޫޝާ، ޝަމްހާ އަދި ސަނާ ހުރި ފިޔަވަޅު މައްޗަށް ހުއްޓެން ޖެހުނީ އެ ޒުވާނާ އައިސް އެއްފައި މައްޗަށް ތިރިވެ ހަންތަން ސަނާ އާ ދިމާލަށް ދިއްކޮއްލުމުންނެވެ. “ވިޝާލް” ސަނާ އަނގަ މަތީގައި އަތް އަޅާލިއެވެ. “ވިލް ޔޫ މެރީ މީ” ވިޝާލް ފުރަގަހަށް ލާފައި އޮން މާބޮނޑި ނަގާ ސަނާ އާއި ދިމާލަށް ދިއްކޮއްލިއެވެ. “ސަނާ” ބަހެއްވެސް ނުބުނެ ސަނާ އިންނަން ފެށުމުން ވިޝާލް ކަންބޮޑުވިއެވެ.

“ދެން ޖަވާބެއް ދީބަލަ… ސަންނަ ތިއުޅެނީ އެންމެން ކުރިމަތީ ވިޝާލް ލަދުގަންނަވާލަންތަ” މަމްދޫހުގެ އަޑު އިވުމުން ހުރިހާ އެންމެންގެ ނަޒަރު މަމްދޫހަށް ހުއްޓުނެވެ. “ޔެސް” މަމްދޫހަށް ބަލާލުމައްފަހު ސަނާ ހިނިތުންވެލަމުން ބުންޏެވެ. “އައި ލަވް ޔޫ” ވިޝާލް އަތުގައި އޮތް މާބޮނޑީގައި ސަނާ ހިފާލިއެވެ. “އައި ލަވް ޔޫ ޓޫ” ވިޝާލްގެ އަތުގައި ހިފާލަމުން ސަނާވެސް ބުންޏެވެ.

” ޓްރީޓް އެއް ލިބުނީނު… ލެޓްސް ގޯ” ޝަމްހާގެ ކޮނޑަށް އަތް ވައްޓާލަމުން ޝައިމަން ބުންޏެވެ. ޝަމްހާ ޝައިމަން އާއި އެކު ދަމުން ދަމުންވެސް އަތޫޝާއަށް ބަލާލިއެވެ. އަތޫޝާގެ ދެލޮލުން ފެންނަމުން ދިޔައީ ހައިރާންކަމެވެ. ޝައިމަން ހަމަ އަސްލުވެސް ހަނދާން ނައްތާލީބާއެވެ. އަތޫޝާގެ ހިތަށް އަރަމުން ދިޔަ އެއްޗަކުން މުޅި މީހާ ދާހިއްލަން ފެށިއެވެ.

“އާރ ޔޫ އޯކޭ… ހިނގާ ދާން” އަތޫޝާއާއި އެއްހަމައަކަށް އަރަމުން މަމްދޫހު އަހާލިއެވެ. އަތޫޝާ ދެފަރާތަށް ބޯ ތަޅުވާލުމުން ހީލީ ކަމެއް ނުވެއޭ ބުނުމަށެވެ.

ހުރިހާ އެކުވެރިން އެއްބަސް ކިޔައިގެން ވަނީ ބްލޫ ބޭއަށެވެ. ހުރިހާ އެންމެން އެކި ވާހަކައިގައި ހީ ސަކަރާތް ޖަހަމުން ދިޔަ އިރު އެ ހުރިހާ ކަމަކުންވެސް އުނދަގޫ ވެފައި އިނީ އަތޫޝާ އެކަންޏަށެވެ. “ސޯ ކޮންގޮތަކައްށޯ ނިންމަނީ” މަމްދޫހު ކޯކު ތަށިން ކޯކު ކޮޅެއް ބޯލުމައްފަހު އަހާލީ ވިޝާލް އާއި ސަނާ ކުރެންނެވެ. “ދޮންބެގެ ވެޑިންގަ ރަން ކިޔަން… އޭރުން މަޖާވާނު،… އެހެން ނޫނަސް ދޮންބެ ބުނީމެއްނު ފެމިލީ އެކަންޏޭ އަންނާނީ މިފަހަރު.. އެގޮތް އޯކޭތަ” ވިޝާލްގެ އަތުގައި ހިފަމުން ސަނާ ހުއްދަހޯދީ އަތޫޝާ އާއި މަމްދޫހު ކުރެންނެވެ. “އޮފްކޯސް ސަޅި ވާނެ… ދޯ” މަމްދޫހު އަތޫޝާގެ އަތުގައި ހިފުމުން އަތޫޝާ އަތް ދަމައި ގަންނަން މަސައްކަތް ކުރިއެވެ. އެހެން ނަމަވެސް އެކަން ކާމިޔާބު ނުވުމުން އަތޫޝާއަށް ޝައިމަންއަށް ބަލާލެވުނެވެ. އަތޫޝާ އިސްޖަހާލީ ޝައިމަން އަތޫޝާއަށް އެއްވެސް ކަހަލަ ސަމާލުކަމެއް ނުދިނުމުންނެވެ.

…………………………..

“ދަރިފުޅާ ހާދަ ހާސްވެފަ ތިއިންނަނީ މިދުވަސްކޮޅެ… މަމްދޫހު އާއި ދަރިފުޅާ އަނެއްކާ ކަމެއް ވީތަ” ޒުލޭހާގެ އަޑުގައި ކަންބޮޑުވުން އެކުލެވިގެން ވިއެވެ. “ނޫން މަންމާ… ހުރިހާ ކަމެއްވެސް ރަނގަޅޭ… މަންމާ… މަންމަ އަޅުގަނޑަށް މާފުކުރާނަން ދޯ” ޒުލޭހާގެ އުނގުގައި ރާނިޔާ ބޯ އަޅާލިއެވެ. ޒުލޭހާއަށް ކަންތަށް ސިއްރުކޮށް އޮޅުވާލަން ޖެހުމުން ރާނިޔާ ދެރަވެއެވެ. އެހެންނަމެވެސް އެނޫން ގޮތެއް ނެތެވެ. “ދަރިފުޅާ މަންމަ އަށް އެނގޭ ދަރިފުޅު މަންމަ ރުޅި އަންނަ ވަރުގެ ކަމެއް ނުކުރާނެކަން… ތީ މަންމަގެ ކުއްޖެއްނު” ޒުލޭހާ ރާނިޔާގެ ކުރު އިސްތަށި ގަނޑުގައި ފިރުމާލިއެވެ.

…………………

ކުރަންޖެހޭ މަސްއްކަތްތަށް ޑަބަލް ވެފައިވަނީ ނިންމަން ޖެހޭ އެއްޗެހިތަށް ގިނަކަމުންނެވެ. ބާރީ އޮފީހުގައި ހުރީ ޝައިމަން ގެއަށް ފޮނުވާލުމައްފަހުގައެވެ. “އާދިލް… ކޮން ދަތުރެއް…. ” އަތުގައި އޮތް ފައިލް ލެއްޕުމައްފަހު ބާރީ ސޯފާއާއި ދިމާލަށް މިސްރާބު ޖެހީ އާދިލްއާއި ވާހަކަ ދައްކާލުމަށެވެ.

“ކޮބާ މަމްދޫހު ކިހިނެއްމިހާރު” ސޯފާގައި ހަމަޖެހިލުމައްފަހު ބާރީ އަހާލިއެވެ. ” ރަނގަޅު.. އެކަނި ހިނގައި އުޅޭ.. އެކަމަކު ވަރަށް މަދުން އަދި ހިނގަން އުނދަގޫ ވާނެތީ… އަސްލު ބާރީ އަޅުގަނޑު މިއައީ ކަމަކު” އާދިލް ބިންމައްޗަށް ނަޒަރު ހުއްޓާލުމައްފަހު ފުންނޭވާއެއް ދޫކޮއްލިއެވެ. އާދިލްގެ އެ އަމަލުން ބުނަން އުޅޭވާހަކައިގެ ބޮޑުކަން ބާރީއަށް އިހްސާސްވިއެވެ. “އާދިލް އަޅުގަނޑަށް ކުރެވޭ ވަރު ކަމެއްވިއްޔާ ކޮއްދޭނަން… ” ބާރީގެ މޫނުމަތިން ކަންބޮޑުވުން ފާޅުވިއެވެ. އެތަށް އިރަކު ދެ މީހުން ވާހަކަ ދައްކަން އިނުމައްފަހު އާދިލް ތެދުވީ އެތަކެއް އުންމީދާއެކުއެވެ. “އަޅުގަނޑަށް އެއްޗެއް ބުނަން އެނގޭނީ ޝައިމަންގެ ބަހެއް ލިބިގެން…” ބާރީ އެހެން ބުނުމުން އާދިލް ބޯޖަހާލީ އެކަމަށް އެއްބަސް ވުމަށެވެ.

………………….

ދުވަސްތަށް ފާއިތުވެގެން ދިޔައީ ލޮލު ފިޔަ ޖާހަލާ އަވަހަށެވެ. އަތޫޝާ އާއި މަމްދޫހުގެ ކައިވެނި ކުރެވެން އެއްދުވަށް ވެފައި ވާއިރު އަތޫޝާ އަދިވެސް ވިސްނަމުން ދިޔައީ ޝައިމަންއާއި ވާހަކަ ދެއްކޭނެ ގޮތެއް ހޯދުމަށެވެ. އެހާ ކުރުމުއްދަތެއްގައި ސަނާގެ ކައިވެނިވެސް ކުރެވެން އުޅުމުން ސަނާ އުޅެން ޖެހުނީ ވަރަށް ބުރަކޮށެވެ. ސަނާގެ ކައިވެނީގެ ހެދުން ބޭރުން ގަންނަން ނިންމައިފައިވާއިރު އަތޫޝާގެ ހެދުން ހެޔޮވަރުކޮއް ނިންމީ ހަވީރުގެ ވަގުތުގައެވެ. ރެއިލިންގައި އަތް އަޅުވައިގެން އަތޫޝާ އުޑުމައްޗަށް ނަޒަރެއް ދީގެން އިނީ ފެންނަމުން ދިޔަ ހަނދަށް ހިތުގެ އުދާސްތަށް ބޭރުކުރަމުންނެވެ.

“ޝައިމަން” ގޭ ދޮރު ޖެހި އަޑަށް އަތޫޝާ ދުވެފައި ދިޔައީ ޝައިމަން ކައިރިއަށެވެ. އެހެން ނަމަވެސް އޭރު ޝައިމަން ކޮޓަރިއަށް ވަދެއްޖެއެވެ. ކުދި ފިޔަވަޅު ނަގަމުން އަތޫޝާ ޝައިމަންގެ ކޮޓަރި ދޮރާ ހަމަވިއެވެ. ތަޅުގައި ހިފާ އަނބުރާލަން ބޭނުންވިއެވެ. އެހެން ނަމަވެސް ދޮރުގައި ލެނގިލީ ޝައިމަންގެ އެދުރުމިން ކެއް ނުވުމުންނެވެ. “ޝައިމަން ކީއްވެ” އަތޫޝާ އަމިއްލަ ހިތާ ސުވާލުކޮއްލިއެވެ.

“ޝައިމަން…” ދޮރުހުޅުވުނު އަޑަށް އަތޫޝާ ފަހަތަށް އެނބުރި ބަލާލިއެވެ. “ޔެސް ޝާޝާ ކީކޭ… ޝާޝާ ބުނަން ބޭނުންވެގެން ތިއުޅެނީ ކީކޭ” ޝައިމަން ދޮރުގައި ލެނގިއެވެ. “ޝައިމަން އަހަރެން…. އަހަރެން..” އަތޫޝާގެ ދުލުގައި މީހަކު ހިފާކަހަލައެވެ. އަތޫޝާއަށް އެންމެ ލަފްޒެއްވެސް އިތުރަށް ނުބުނެވުނެވެ. “ޝާޝާ” ކުރިއާ ހިލާފަ މިފަހަރު ޝައިމަންގެ އަޑުގައި ހަރުކަށިކަން އެކުލެވިގެން ވިއެވެ. “ޝާޝާ …. ޝާޝާ ތިއުޅެނީ އަހަރެން މޮޔަ ކޮންލަންތަ… ޝާޝާއަށް ކީއްވެތަ ޑިސިޝަންއެއް ނަގަން ނޭނގިގެން ތިއުޅެނީ… ޝާޝާ ޕްލީޒް” ޝައިމަން އަތޫޝާގެ އަތުގައި ހިފިއެވެ. އެހެން ނަމަވެސް އަތޫޝާ އަނގައިން ބަހެއް ނުބުނެ ހަމަ އިނީއެވެ. “ފައިން.. އަހަރެން ޝާޝާގެ ލޯކުރިމަތިން މިރެއަށް ފަހު އެއްކޮށް ގެއްލޭނަން..” ޝައިމަން އަތޫޝާގެ އަތް ފޮޅުވާލިއެވެ.

“ޝައިމަން… ޝައިމަން… މަމްދޫހު ހަނދާނެއް ނެތޭ… އޭނަ ހަނދާން ހުރި ނަމަވެސް.. ހުރި ނަމަވެސް…. ” އަތޫޝާ ދޮރު ބުޑަށް ވެއްޓުނީ ގައިގަ ހަކަތަ ހުސްވާހެން ހީވުމުންނެވެ. ރޮއި ރޮއި މީހާގެ ދެލޯ ވަނީ ރަތްވެފައެވެ. އަތޫޝާ މޭގައި އަތް އަޅާ ބާރުކޮއްލިއެވެ. ތަދު މަޑުވޭތޯއެވެ. އެހެން ނަމަވެސް ވަމުން ދިޔަ ތަދަކަށް އަޅަމުން ދިޔަ ވޭނަކަށް އެއްވެސް ބަދަލެއް ނާދެއެވެ. މުޅި ރޭ އަތޫޝާ ހޭދަ ކުރީ އެހާލުގައެވެ. ފަތިސް ނަމާދަށް ގޮވުމުން އަތޫޝާ ކޮޓަރިއަށް ވަނީ ނަމާދު ކޮއްލުމަށެވެ. ކެއްތެރިކަން ދެއްވާތޯ ދުއާ ކޮއްލުމަށެވެ.

***************

މީހާގެ ބައްޓަމަށް ތައްޔާރު ކޮއްފައިވާ ހުދު އެހުން ޖަރީކޮއްފައިވާ ހެދުމުގައި އަތޫޝާ ފެންނަލެއް ވަރަށްވެސް ފުރިހަމައެވެ. އަތޫޝާގެ ފަންދިގު އިސްތަށި ގަނޑު ވަނީ އެއް އަރިއަކަށް ގޮށެއް ޖެހުމަށްފަހު ރާޅުބާނީ ލައްވާލާފައެވެ. ބޮލަށް ދެތިން މަލުގެ ދަތި ހެޔޮވަރު ކޮއްލާފައިވާއިރު މޫނުގައި އުނގުޅާފައިވަނީ އާދައިގެ ލުއި މޭކަޕެކެވެ. އަތޫޝާ ފެންނަ ކޮންމެ މީހަކު މިރޭ ދީވާނާވާނެކަން ޔަގީނެވެ.

“ވާއު ޔޫ ލުކް ޕްރިޓީ” ޝަމްހާގެ ކޮޓަރީގައި ޒީނަތް ތެރިވަމުން އައި އަތޫޝާ ފެނި މަމްދޫހުގެ ދުލުން ތައުރީފުގެ ބަސްތަށް ނިކުތެވެ. އަތޫޝާ ފަސް އެނބުރި މަމްދޫހަށް ބަލާލިއެވެ. ހުދު ކުލައިގެ ގަމީހެއްގެ މަތިން މުށި ކުލައިގެ ކޯޓެއް ލައިގެން ހުރި އިރު މަމްދޫހު ފެންނަލެއް ވަރަށްވެސް ފުރިހަމައެވެ. މުށި ކުލައިގެ ފަޓުލޫނު ދެޖީބަށް އަތް ޖަހާލުމައްފަހު މަމްދޫހު އަތޫޝާއާއި ކައިރިއަށް ޖެހިލިއެވެ. ” ވަރަށް ފުރިހަމަ… މާޝަ ﷲ” އަތޫޝާގެ ކޮލުންގޮސް ކަނދުރާގައި މަމްދޫހު ފިރުމާލިއެވެ. އެވަގުތު އަތޫޝާއަށް ހިވީ މީހަކަ އަތޫޝާގެ ގައިގަ އަލިފާން ޖެއްސިހެންނެވެ. އެ ސިހުންކަން އަތޫޝާގެ މޫނުމަތީގައި ވިއެވެ.

“ޝާޝާ… ޝާޝާއަށް އެންމެ ޗާންސެއް ދީފާނަން” މަމްދޫހު އެހެން ބުނުމުން އަތޫޝާ މަމްދޫހަށް ބަލާލިއެވެ. އަތޫޝާގެ ދެލޮލުން ހައިރާންކަން ފާޅުވާން ހުއްޓެވެ. “ޝާޝާ ޝައިމަން ދެކެ ލޯބިވޭތަ….” މަމްދޫހު އެހެން ބުނުމުން އަތޫޝާގެ ދެލޯ ކުރިއަށްވުރެއްވެސް ބޮޑުވިއެވެ.

“ނޫން..” އަތޫޝާ މަމްދޫހަށް ފުރަގަސް ދިނެވެ. “ޝާޝާ ޕްލީޒް…. އަހަރެން ކައިރީގައި ތެދު ހަދާބަލަ… ޕްލީޒް” އަތޫޝާގެ ދެކޮނޑުގައި ހިފާ ތަޅުވާލަމުން މަމްދޫހު އަހާލިއެވެ. އިސާހިތަކު އަތޫޝާގެ ދެލޮލުން ކަރުނައިގެ މުތީތަކެއް ފައިބަން ފެށީ މަމްދޫހު ބަލަ ބަލަ ހުއްޓައެވެ. “ޔޫ ލަވް ހިމް ރައިޓް” އަދިވެސް މަމްދޫހު ކޮއްލީ އެ ސުވާލެވެ. އަތޫޝާ މަމްދޫހުއާ ހަތަރުކަޅި ހަމަކޮށްލިއެވެ. އަދި އިސް ޖަހާލީ އާއެކޭ ބުނަމުންނެވެ. “ސޯ ޔޫ ޑޫ ލަވް ހިމް…. ޝާޝާ ޝައިމަންގެ ޗެކިން އިނީ ހަތަކުން އަށަކަށް… ހަތްގަނޑި ބައިވީ މިހާރު… މިހާރު ގޮސްގެން ދިމާވެދާނެ.. ލެޓްސްގޯ” މަމްދޫހު ކުއްލިއަކަށް އަތޫޝާގެ އަތުގައި ހިފިއެވެ. “މަމްދޫހު” އަތޫޝާ ފިޔަވަޅަށް ބާރުކޮއްލިއެވެ. “ޝާޝާ ޔޫ ވިލް ރިގްރެޓް… ޝައިމަން ކައިރީގައި ލޯބިވެއޭ ބުނެބަލަ… އަހަރެން މިބުނީނު.،.. އަހަންނަށް ޓަކާ،… އެކަމް ބުނަން ޝައިމަން ޝާޝާގެ ލޯބި ގަބޫލު ނުކޮށް ގޮއްސިއްޔާ އަހަރެންނާ ކައިވެނި ކުރަން ޖެހޭނެ….” މަމްދޫހު އަތޫޝާގެ ހިފާ ދަމައިގަތެވެ.

އަލަތު ކައިވެނީގެ މަންޒިލަށް ފޯރުކޮއްދިނުމަށް ތައްޔާރު ކޮއްދީގަފައިވާ ކާރަށް މަމްދޫހު އަތޫޝާ ގޮވަވައިގެން އެރިއެވެ. ކާރަށް އެރުމާއެކު އަތޫޝާގެ ހިތް ދިޔައީ އޮބި ނޯންނަ ވަރަށް ތެޅެމުންނެވެ. އިރު އިރު ކޮޅާ މަމްދޫހަށް ބަލާލަނީ ހާސްވެފައިވާ މޫނާއެކުއެވެ. މަންޒިލަށް ފޯރާލެއްވެސް އަތޫޝާއަށް އިނީ ލަސްވެފައެވެ. ކާރުން ފޭބުމަށްފަހު ލައިގެން އިން ހެދުމުގެ ފަސްބައިގައި ހިފުމައްފަހު އަތޫޝާ ކުޑަކޮށް ދުވެލާފައިގޮސް ފެރީއަށް އެރިއެވެ. އަތުޝާގެ ފަހަތުން މަމްދޫހަށް ފެރީއަށް އެރުނީ ކިރިޔާއެވެ.

މުޅި މާހައުލުގައި ވަނީ މީހުންނާއިގެން ފުރިފައެވެ. އަތޫޝާ އެކި ކޮޅު ކޮޅު ބަލަމުން ދިޔައީ ޝައިމަން ފެނޭތޯއެވެ. އަތޫޝާގެ މުޅި ދުވަސް ހޭދަވީ ޝައިމަން ނުފެނިއެވެ. “ފެނިއްޖެތަ” އެކި ފަރާތް ހޯދަމުން ދިޔަ އަތޫޝާ ކައިރިއަށް އައިސް ހުއްޓެމުން މަމްދޫހު އަހާލިއެވެ. އަތޫޝާގެ މޫނުމަތިން ފެނުނު ކުލަވަރުން މަމްދޫހަށް ޖަވާބު ލިބުނުކަހަލައެވެ. އަތޫޝާ ހާސްވާން ފެށުމުން މަމްދޫހުވެސް ހާސްވާން ފެށިއެވެ. އަނެއްކާ މަމްދޫހު ފުރީބާއެވެ.

“ޝައިމަން” އަތޫޝާގެ ހިމަ ހިމަ އަޑުން ޝައިމަންއަށް ގޮވާލި ދިމާލަށް މަމްދޫހު ބަލާލިއެވެ.

“ޝައިމަން” ޗެކިން ނިންމާފައި އެތެރެއަށް ވަންނަން ދިމާކުރި ޝައިމަންއަށް ފަހަތަށް ބަލާލެވުނީ ޔަގީން ނުވާތީއެވެ. “ޝާޝާ” ޝައިމަންއަށް މަޑު މަޑުން ގޮވާލެވުނެވެ. “ޝައިމަން” ދުވަމުން ދުވަމުން އައި އަތޫޝާ ތަތްވީ ޝައިމަންގެ މޭމަތީގައެވެ. “ޝައިމަން” އަތުޝާ ޝައިމަންގެ ގައިގަ ކުރިއަށް ވުރެއްވެސް ބޮޑަށް ބައްދާލިއެވެ.

ބީވެގެން ލޯމަތިން ދާން ދެން މަނޭދެން ކަލާ.

ހިތް އުފާވާނެހޭ ދެން ކަލާޔާ ނުލާ

ލޯބިވާވަރު ކަލާއަށް އަންގާދެމޭ

މަންޒިލޭ ދާން އެދޭ ނެތް ކަލާޔާ ނުލާ

“ޝައިމަން….. ޝައިމަން އައި އެމް ސޮރީ… ވަރަށް ލޯބިވޭ… ޝައިމަން ދެކެ އިންތިހާއަށް ލޯބިވޭ” އަތުޝާ ޝައިމަންގެ ގައިގަ ބައްދައިގަނެގެން އޮވެ ކިޔަމުން ދިޔައެވެ. “ޝާޝާ” އަތުޝާގެ ހުރިހާ އުންމީދެއް ފުޑު ފުޑުވީ ޝައިމަންގެ ގޮވާލުމުގައި ހުރި ހަރުކަށި ކަމުންނެވެ. “ޝައިމަން”

“އޯ ޕްލީޒް ޝާޝާ.. އަހަރެން ޝާޝާގެ ލޯތްބަށް ކިހާ އާދޭހެއް ކުރިން…. އައި އެމް ސޮރީ” އަތޫޝާގެ އަތް ޝައިމަންގެ ގައިން ވަކިކޮއްލުމައްފަހު ޝައިމަން އަތޫޝާއަށް ފަސްދިނެވެ. “ޝައިމަން” އަތޫޝާ ޝައިމަން ހުއްޓުވުމަށް ގޮވިއެވެ. އެހެންނަމެސް އަތޫޝާ ކުރިމަތީގައި ޝައިމަން ގެއްލުނީ ބަލަ ބަލަ އިންދައެވެ.

“ޝާޝާ ލެޓްސް ގޯ” ބިންމަތީގައި އިށީދެގެން އިން އަތޫޝާގެ ކޮނޑުގައި މަމްދޫހު އަތްޖައްސާލިއެވެ. އިރުގަނޑަކު ރުއިމަށްފަހު އަތޫޝާ ތެދުވެ ހިނގައިގަތީ މަމްދޫހު ދެއްކި ދިމާލަކަށެވެ. “ޔެސް ޝައިމަން އައި ޑޯންޓް ޑިޒާވް ޔޫ…. “އަތޫޝާ ހިތާ ހިތާ ކިޔާލިއެވެ.

…………….

މުޅި ސޯލްޓް ރެސްޓޯރެންޓް ވަނީ އެކި ކުލަ ކުލައިގެ މާތަކުން ޖަރީކޮއްފައެވެ. ވަންނަ ދޮރާ ދިމާލު ރަތް ދޫލައެއް ބާއްވާފައިވާއިރު އަލަތު ދެމަފިރިންނަށް ވަކިން ހާއްސަ ޖާއްގައެއް ޔައްޔާރު ކޮއްލާފައިވެއެވެ. ގަދަ ރަތް ކުލައާއި މަޑު މުށިކުލައިގެން ޖަރީކޮއްފައިވާ ރެސްޓޯރެންޓް ތައްޔާރު ކޮއްފައިވަނީ ވަރަށްވެސް ހިތްގައިމުކޮށެވެ. ރެސްޓޯރެންޓްގެ މެދަށް ދިގު މޭޒެއް ބަހައްޓާފައިވާއިރު ކޮންމެ ފަރާތެއްގައިވެސް ވަނީ ހަގޮނޑި ބަހައްޓާފައެވެ. މުޅި ރެސްޓޯރެންޓް ފުރިފައިވަނީ ކައިވެނި ކުރަމުންދާ ބައިވެރިންގެ އާއިލާއާއި ރަންކިޔަން ހާއްސަ ކޮއްފައިވާ ބައިވެރިންގެ އާއިލާއިންނެވެ.

“ޝާޝާ” އަތޫޝާގެ މޫނު އޮމާން ކޮއްދޭން އިން ކުއްޖާ މަމްދޫހު އައުމުން ކޮޓަރިން ނިކުމެގެން ދިޔައެވެ. “ނުވައެއްޖެހީ… ހިނގާ ދާން… އެން ޝާޝާ އަދި އެއްވާހަކަ އައި އެމް ސޮރީ” މަމްދޫހު އެހެން ބުނުމުން އަތޫޝާ މަމްދޫހުއާ ދިމާލަށް ބަލާލިއެވެ. އަދި މަމްދޫހަށްވުރެއް ކުރިން ހިނގައިގަތީ ކާރާ ދިމާލަށެވެ.

ރެސްޓޯރެންޓަށް ވަދެވުމާއެކު އަތޫޝާ މާހައުލަށް ބާލާލިއެވެ. ވަރަށް ވެސް ފުރިހަމަ މާހައުލެކެވެ. އެހެން ނަމަވެސް އަތޫޝާގެ ހިތަށް އެއްވެސް ހިތްހަމަ ޖެހުމެއް ނުލިބެއެވެ.

“ޝާޝާ އާދޭ ” ޝަމްހާ އަތޫޝާގެ އަތުގައި ހިފައިގެން ގޮސް ގޮނޑީގައި ބޭންދިއެވެ. އިސާހިތަކު އެންމެން އެމީހެއްގެ ޖާގާއިގަ އިށިންނަށް ފެށިއެވެ. ސަނާވެސް ރީތި މަޑު ފިޔާތޮށި ކުލައިގެ ހެދުމެއްގައި އައިސް އިނީ އަތޫޝާއާއި އެއްގޮނޑި ދޫކޮށެވެ. އޭރުވެސް އަތޫޝާއަށް ކަންތަށް ވަމުންދާ ގޮތެއްގެ ހިލަމެއްވެސް ނުވެއެވެ.

“އަނބި ގަބޫލު ކޮއްފިން….” މަމްދޫހުގެ އަޑު އިވުނެވެ. އެހެން ނަމަވެސް އަތޫޝާ އެކަމަށް ސަމާލުކަމެއް ނުދެއެވެ. ދެން އިވުނީ ގާޒީ ސަނާ ކުރެން ރަން ކިޔަން ބޭނުންވާވަރު އެހި އަޑެވެ. ސަނާ ސަތޭކަ އެގާރަ ޑޮލަރަށް ރަންކީ އަޑުއިވުނެވެ.

“އަތޫޝާ.. އައިޝަތު އަތޫޝާ” އަތޫޝާ ސިހުނެވެ. އަތި ގާޒީއަށް ބަލާލިއެވެ. “ޝަ ޝަ” އަތޫޝާއަށް ކޮޅަށް ތެދުވެވުނީ ކައިރީގައި ހުރި ޝައިމަން ފެނިއެވެ. “އިށީދެބަލަ… ރަން ކީމަ ކައިވެނި އަވަހަށް ކުރެވޭނީ” އަތޫޝާގެ ކޮނޑުގައި ހިފުމައްފަހު ޝައިމަން އަތޫޝާ ގޮނޑީގައި ބޭންދިއެވެ. އަތޫޝާއަށް ކަންތަށް ވަމުން ދަނީ ކިހިނެއްކަން ނޭނގުނެވެ. އަވަސް އަވަހަށް މަމްދޫހަށް ބަލާލިއެވެ. “ހެހެހ” ހީލަމުން މަމްދޫހު ރާނިޔާގެ އަތުގައި ހިފުމައްފަހު އަތޫޝައަށް ދައްކާލިއެވެ. “ޝާޝާ އަވަސް” ސަނާވެސް އަތޫޝާގެ އަތުގައި ހިފާލިއެވެ. ކަންތަން ވަމުންދާ ގޮތުން ވާންވީ އުފާކަމެއް އަތޫޝާއަށް ނޭނގުނެވެ. އެންމެން ބަލަން ފެށުމުން އަތުޝާ ހިތަށް އައި އެންމެ ފުރަތަމަ އަދަދަށް ރަން ކިއެވެ. “އެއްހާސް…… އެއްހާސް ޑޮލަރު” އަތޫޝާގެ އަޑަށް ހުރިހާއެންމެންގެ މޫނުމަތިން ފެންނަން ހުރީ ހައިރާން ކަމެވެ. “ޝާޝާ ތިހާ އަގު ބޮޑު ވާނެކަމަކަށް ހިއެއް ނުކުރަން.. އެކަމް މިފަހަރު އޯކޭ” ޝައިމަން އެހެން ބުނުމުން އެންމެން ހޭންފެށިއެވެ. އަތޫޝާ ލަދުން އިސްޖަހާލިއިއެވެ.

އަލަތު ކައިވެނި ކުރި ދެމަފިރިންނަށް ރާނިޔާ އަދި މަމްދޫހަށް މަރްހަބާ ކިޔަން އެތަށް އާއިލާ މެންބަރެއް ޖަމާވިއެވެ. “ދަރިފުޅާ” ޒުލޭ ރުޅި މޫނު ހަދާލިއެވެ. “މަންމާ އަޅުގަނޑަށް” ޒުލޭހާ ރާނިޔާގެ ގައިގަ ބައްދާލިއެވެ. ޕްރިންސެސް ވެޑިން ޑްރެސް އެއްގައި ރާނިޔާ ފެންނަލެއް ވަރަށް ވެސް ފުރިހަމައެވެ. އައްސާފައިވާ ކުރު އިސްތަށި ކޮޅުން ކުދި ކުދި އިސްތަށި ކޮޅު ކަންފަތް ކައިރިއަށް ވެއްޓިފައި އިނުމުން އިތުރަށް ފުރިހަމައެވެ. އަރަބި މޭކަޕެއް ކޮއްފައިވާއިރު ރާނިޔާގެ ވަތް މޫނުކޮޅު ވަނީ ދިއްލިފައެވެ. “މަންމަގެ ދަރިފުޅު ވަރަށްވެސް ރީތި.. ޝުކުރިއްޔާ މަމްދޫހު” ޒުލޭހާގެ ދެލޮލުން ކަރުނައިގެ އަސަރު ފާޅުވާން ހުއްޓެވެ. “ދައްތާ.. ނޫން މަންމާ… އަޅުގަނޑު ރާނީ ބާލާނީ ވަރަށް ވެސް ލޯބި ދީގެން” މަމްދޫހު ރާނިޔާގެ އަތުގައި ހިފާލިއެވެ.

“((((

މަމްދޫހުގެ މޫނުމަތިން ފެންނަމުން ދިޔައީ ސީރިއަސްކަމެވެ. ރާނިޔާ ޖެހިލުންވީ މަމްދޫހުއަށް ހުރިހާއެއްޗެއް އެނގިދާނެތީއެވެ. “ހުރިހާއެއްޗެއްވެސް” ރާނިޔާގެ ހިތާ ކޮއްލި ސުވާލަށް މަމްދޫހު ޖަވާބުދިނެވެ.

“ރާނީ އައި އެމް ސޮރީ… އަހަރެންނަށް އެނގޭ ކުރެވުނު ކަންތަކުގަ ރާނީއާ އެއްވަރަށް އަހަރެންގެ ކުއްވެސް ވާނެ… ” މަމްދޫހު ރާނިޔާ އާ ދިމާލަށް ބަލާލިއެވެ.

“މަމްދޫހު ނޫން.. އެރޭ އެ ފެނަށް ރާނީ އެ ބޭސް ނޭޅިނަމަ”

“ރާނީއެއްނޫން.. އެއީ އަހަރެން މަންމަ ބުނެގެން ކުރި ކަމެއްނު… އައި އެމް ސޮރީ ރާނީ.. އޭރު މަންމަ އިނީ އަހަރެންނާ ޝާޝާ ކައިވެނި ހުއްޓުވަން ކޮންމެފަދަ ކަމެއް ކުރަންވެސް ތައްޔާރަށް… އައި އެމް ސޯ ސޮރީ….ރާނީ އަހަރެން،… ރާނީ….. ރާނީ ކައިރީގައި ވަރަށް ބޮޑު ކަމަކު ކިޔަން މިއުޅެނީ… ރާނީއަށް އެނގޭދޯ ޝާޝާ ލޯބިވަނީ ޝައިމަން ދެކެކަން…” މަމްދޫހަށް ވާހަކަ ދައްކަންވެސް ވީ އުދަގޫ ކަމަކަށެވެ. މަމްދޫހުގެ އެ ހާލު ފެނި ރާނިޔާ މަމްދޫހުގެ އަތުގައި ހިފާލީ ނުރޯށޭ ބުނަމުންނެވެ. “ވިލް ޔޫ މެރީ މީ…” ރާނިޔާއަށް މަމްދޫހުގެ އަތުން ދޫކޮއްލެވުނެވެ. “ޕްލީޒް… އަހަރެންނަށް ކޮއްދޭ ކަމެއްގެ ގޮތުގަ… ރާނީ ދެކެ މިހާރު ލޯބި ނުވިޔަސް އައި ވިލް ޓަރައި މައި ބެސްޓް.. ﷲ ގެ އިރާދަ ފުޅުން ރާނީ ދެކެ އަހަރެން ލޯބިވާން ގިނަދުވަހެއް ނުނަގާނެ… ރާނީ އަހަރެން ދެކެ ލޯބިވާކަން އެނގޭ.. އެހެންވެ… އޭރުން.. އޭރުން ޝައިމަން އާއި ޝާޝާ ގުޅޭނެ.. އަހަރެން ބައްޕަ ކައިރީގައިވެސް ބުނެފިން.. ރާނީއާ ވަރަށް ރުހޭ… ޕްލީޒް… ޝައިމަން ކައިރީގައި ބުނަންވެސް ދާނަން އަވަހަށް… ” މަމްދޫހު ރާނިޔާގެ އަތުގައި ހިފާލިއެވެ. ރާނިޔާ އިރުކޮޅަކު އެއްޗެއް ނުބުނެ އިނުމައްފަހު ބޯ ޖަހާލީ އާއެކޭ ބުނުމުގެ ގޮތުންނެވެ.

“))))))

“މަންމާ” ޕާޓީ ނިމުމުން މަމްދޫހު އާޝިޔާގެ ގައިގަ ބައްދާލިއެވެ. “މަމްދޫހު މަންމަ ކައިރީގައި ނުބުނީ ކީއްވެ…. ” އާޝިޔާ ހިތްހަމަ ނުޖެހުނެވެ. ” ސޮރީ މަންމާ…” މަމްދޫހު އާޝިޔާގެ އަތުގައި ހިފާލިއެވެ. “ދަރިފުޅަށް ހީވީ ދޯ މަންމަ ނުރުހޭނޭ.. މަންމަ އަށް ހޭވޭ ދަރިފުޅު ކޮންމެ މީހަކާ އިނަސް… މަންމަ ރުހެ އޭ،…. މަންމައަށް ރާނީވެސް ކަމުދޭ…” އާޝިޔާ ރާނިޔާގެނެސް ގަޔާ ކައިރި ކޮއްލިއެވެ. އާދިލްގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ އުފާވެރިކަމެވެ.

“އޭ ޗުއިންގަމް އެބަ އާދޭ ދޮންބެ ފްރެންޑެއް… އޭނަ އާ އެކީގަ ދޭ ގެއަށް.. ކާރުގަ ޖާގައެއް ނޯންނާނެ.” ޝައިމަން އަތޫޝާގެ އަތުގައި ހިފާލަމުން ޝަމްހާއާ ދިމާލަށް ބުންޏެވެ. “އޭ ތިމީހުންދޭ ކާރުގަ.. އަހަރުން ދާނީ ފިނިބުރެއް ޖަހާލާފަ ދޯ..” ސަނާ އަތުގައި ހިފާލަމުން ވިޝާލް ހިނގައިގަތީ އެންމެނަށް ބާއްޖަވެރި ރެއަކަށް އެދެމުންނެވެ.

“ދޮންބެ ގަނޑު އަވަހެއްނު ޝަމް ބާކީ ކޮއްލިލެއް… ޝާޝާ އެނގޭތަ ޝަމްވެސް ސަނާވެސް ދޮންބެމެންގެ ޕްލޭންގަ ބައިވެރިވީމޭ… ޝާޝާ އާ އެއްގޮތަށް ހެދުން އެޅީވެސް އެހެންވެ..” ޝާމްހާ ތުން ފިއްތާލިއެވެ. ” ތެންކިޔޫ… އައި ލަވް ޔޫ ގާއީޒް” އަތުޝާ ޝަމްހާ ގައިގަ ބައްދާލިއެވެ. “ދޮންބޭ ތި ދޫކޮއްލަބަލަ ޝާޝާ އަތުން… ދޮންބެއާ ހެދި ޝާޝާއަށް ގުނޑި ނުލެވޭ” ޝައިމަން އަތޫޝާ އަތުގައި ހިފަހައްޓައިގެން ހުރުމުން ޝަމްހާ ލޯ ހަނކޮއްލިއެވެ. “ޗުއިންގަމް ލޯބި ވީމަ ރިއަލައިޒް ވާނެ.. ބޮޑު ވާން އުޅެބަލަ… އަހަން އެއޮށް އައީ ޔޯރ ޑްރައިވާރ.. އޭ އަކްމަލް މަގޭ ކޮއްކޮ އެނގޭ… ބަލައްޗޭ” ޝައިމަން އެހެން ބުނުމުން ޝަމްހާ ފަސްއެނބުރި ފަހަތް ބަލާލިއެވެ.

“ޔޫ..” “ޔޫ” ޝަމްހާއާއި އަކްމަލް އަށް އެކު އެކީގައި ބުނެވުނެވެ. “ތިދެމީހުންނަށް އެނގޭތަ އެކަކު އަނެކަކު… އޭ ޗުއިންގަމް މީ ހާފް ފިލިޕީން މީހެއް އެނގޭ…. ރަނގަޅުވާނެ..” ޝައިމަން އެހެން ބުނުމުން ޝަމްހާ ޝައިމަން ގައިގަ ބޮޑިއެއް އަޅާލިއެވެ.

“ސޮރީ” “ސޮރީ” އަނެއްކާވެސް ޝަމްހާއާއި އަކްމަލްއަށް ބުނެވުނީ އެކީގައެވެ. “އަސްލު އެއްދުވަހު އެކްސިޑެއްންޓު ނުވީ ކިރިޔާ… އެހެންވެ..” ޝަމްހާ އެހެން ބުނުމުން އަތޫޝާ ލޮލުގެ އިޝާރާތުން އެއީ އޭނަހޭ އަހާލިއެވެ. ޝަމްހާވެސް ބޯޖަހާލީ އާއެކޭ ބުނުމުގެ ގޮތުންނެވެ.

…………………………..

މުޅި އުޑުމަތީގައިވަނީ ތަރިތަކުން ފުރާ ޖަރީވެފައެވެ. ދިއްލާފައިވާ ހަނދުގެ ފުރިހަމަކަންވެސް އެހެން ރޭރެއާ ހިލާފަ ފުރިހަމައެވެ. ގެއަށް އާދެވުމާއެކު އަތޫޝާ މިސްރާބު ޖެހީ ޓެރަހަށެވެ. އަތޫޝާ ފަހަތުން އައި ޝައިމަން އަތޫޝާއަށް ރަނގަޅަށް ބަލާލިއެވެ. ލައިގެން އިން ހެދުމުން އަތޫޝާގެ ހަށިގަނޑުގެ ބައްޓަމުގެ ފުރިހަމަކަން ދައްކުވައިދެއެވެ. “އޯ އައި އެމް ސޮރީ… ސޮރީ ސޮރީ.. ސޮރީ” ފުރަގަހުން އައިސް އަތޫޝާގެ ގައިގަ ބައްދައި ގަންނަމުން ޝައިމަން ކިޔަން ފެށިއެވެ. “އަހަރެން ލޯބި ވެއޭ ބުނީމަވެސް ދިޔައީ… ޝައިމަން އަށް އެނގޭތަ އަހަރެން ދެރަވި ވަރު” އަތޫޝާ ޝައިމަންއާ ދުރަށްޖެހިލިއެވެ.
“އޯ އައި އެމް ސޮރީ… ދެން ނުވާނެ އެހެނެއް… އެހެން ނޫނަސް އަކަމުގެ އަދަބު އެއާރޕޯޓުން ލިބުނޭ.. ދެން ނުހުރެބަލަ ތިހެން…” ޝައިމަން އެހެން ބުނުމުން އަތޫޝާ ލޯ ހަނިކޮއްލިއެވެ. “އަސްލުވެސް އޭ،…ޝާޝާ ދިޔައީމަ އަހަރެން ދުވެފަ ނިކުތީ.. ޝާޝާއަށް އެނގޭތަ ހީވީ ބޮޑު އޯޑިއަންސްއެއް އަހަރެންނަށް ރެޑީވެހެން ހުރި ހެން…ކައިވެންޏަށް ތައްޔާރު ވެފައި އިން ކުއްޖަކަށް އެހެން ހަދާކަށް ނުވާނޯ… އާ ލަދުގަތޭ… އެންމެ ފަހުން ސަލާމަތްވީ ހުރިހާ އެންމެން ކައިރިން މައާފަށް އެދިގެން… ނަސީބެއްނު އަހަރެންނަށް ސަލާމަތުން އާދެވުނުކަން” ޝައިމަން އެހެން ބުނުމުން އަތޫޝާ ޝައިމަންއަށް ބަލަން އިރުކޮޅަކު އިނެވެ. ދެން އިވެން ފެށީ އަތޫޝާގެ ހުނުމުގެ އަޑެވެ. ޝައިމަން އަށް ހުރެވުނީ އެ ހިނިތުންވުމަށް ގެއްލިފައެވެ.

“އައި މިސްޑް ޔޫ…. އައި ލަވް ޔޫ… އައި ލަވް ޔޫ” ޝައިމަން އަތޫޝާގެ ދެކޮލުގައި ހިފާ މޫނާ މޫނު ގާތްކޮއްލިއެވެ. އިހްތިޔާރަކާ ނުލާ އަތޫޝާގެ ލޮލުން ކަރުނައިގެ ރޮނގެން ފާއްދާލިއެވެ. “ލޯބިވޭ… ވަރަށް ލޯބިވޭ…” އަތޫޝާގެ އަޑަށް ޝައިމަން އަތޫޝާއާ ކުރިއަށް ވުރެއްވެސް ބޮޑަށް ކައިރިވެލިއެވެ. އަތުޝާގެ މަޑު ތުންފަތުން ހިތް ފުރެންދެން އެފޮނި މީރުކަން އިހްސާސްކުރިއެވެ.

“އޯހް… ސޫން ޓު ބީ މައި ވައިފް.. އައި ލަވްޔޫ” ޝައިމަން އަތޫޝާގެ ގައިގަ ބައްދާލީ ދުވަހަކު ދޫކޮއްނުލުމަށެވެ. “އައި ލަވް ޔޫ މޯރ މައި ސޫން ޓު ބީ ހަޒް” އަތޫޝާވެސް ޝައިމަންގެ އަތު ތެރޭގައި ބޮޑިވެލިއެވެ. “އެން ޔެސް އެނގޭތަ މި ހުރިހާ ޕްލޭން އެއްގެ ލީޑަރުންނަކީ ބައްޕަމެން… މަމްދޫހުގެ ބައްޕަ ވަރަށް ރަނގަޅު… އެމީހުން އެހީ ނުވި ނަމަ ތި އަނގައިން ލޯބިވެއޭ ދުވަހަކު ނުބުނީސް،.،..” އަތޫޝާގެ އަނގަމަތީގައި ޝައިމަން ކުޑަކޮށް ޖަހާލިއެވެ. ޝައިމަންގެ އެ އަލަމުން އަތޫޝާ ލޯއަޅާލިއެވެ. “ހަހަހަ އެން ޔެސް އެނގޭތަ މަމްދޫހު ހަނދާން ހުރިކަން ހުރިހާ އެއްޗެއްވެސް…..”

“ކީކޭ….” އަތޫޝާގެ ދެލޯ ބޮޑު ވިއެވެ. “އެހެން ނޫންނަމަ ހީވޭތަ ޝާޝާ އަހަންނަށް ލިބޭނެހެން…”މަމްދޫހު އަތޫޝާ ގައިގަ އަނެއްކާވެސް ބައްދާލިއެވެ. ” އެކަމަކުވެސް… ދެން އޯކޭ އަސްލު މަމްދޫހު ނެއްނަމަ ޝައިމަން ދެކެ ލޯބިވެއޭ އަދިވެސް ނުބުނެވޭނެ ކަންނޭގެ… އެކަމް ދެން އެހެނެން ނުވާނެ އެނގޭ،…. އަބަދުވެސް ބުނާނަން ލޯބިވެއޭ… އައި ލަވް ޔޫ” އަތޫޝާ ޝައިމަން ކޮލުގައި ބޮސްދިނެވެ. “އައި ލަވް ޔޫ މޯރ” ޝައިމަން އަތޫޝާގެ ހަށިގަނޑު ކުރިއަށްވުރެއްވެސް ބޮޑަށް ގާތް ކޮއްލިއެވެ. ހީވާކަހަލައެވެ. ދެން އެއަތުގެ ތެރެއިން އަތުޝާ ބީވެގެން ދިޔަ ނުދޭނެއެވެ.

“ނިމުނީ”

73
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

kamana

Other Articles

Previous

އިންތިޒާރުގައި ހުރިން 1

Next

ފެނު ޕަރީ (10)

Next
May 9, 2016

ފެނު ޕަރީ (10)

Previews
May 9, 2016

އިންތިޒާރުގައި ހުރިން 1

37 Comments

  1. kamana says:
    May 9, 2016 at 10:11 pm

    Guyxxxx finallyy last ep. Aslu balikoh ulheythy lasvanyy m really sorryy for tht. N yes i really thank yu all for those who cmmnted and for those who read this story. I knw knme kuhjeh cmmnt nukuraanekann bt i felt really close to u guyxc this time. I really hope mi vaahaka aky hurihaa kiyuntherinnah kamudhaanr vaahaka eh kamah. Asluvx thnk u so much readerss i lov yu guyxx alot. Thnk yu for helpin and understmd thnk u. Lov yu all??????????

  2. aff says:
    May 9, 2016 at 10:25 pm

    oh kamanaa.. story nimuny dhw..so sad???… kamanaa.. story hama habeys ingry.. awas mustakbalega kamana ge story eh kiyaalan libeyne kamah ummeedh kurann.. will miss u kamanaa.. ur great aurtorr.. love u biiig biig koh.. tc.☺☺☺☺☺☺

    1. kamana says:
      May 10, 2016 at 8:15 am

      Awwwwnnn thnk yu so much aff. Thnk u. I will miss u tooo. N alsoo thnk yu so much for all those lovely cmmnts. Hama asluvxx i will miss yu guycxxx. N also dhn liyaa vaahaka aky thafaathu vaahaka akah vaane kamah ummeedh kurann. Thnk u n lov ya????

  3. Ivy says:
    May 9, 2016 at 10:26 pm

    Oh wow at last athooshaa and saiman dw hehehe ?
    Nice story .

    1. kamana says:
      May 10, 2016 at 8:18 am

      Hehheh dhw. ? Anywayxxx thnk u so much mi vaahaaka foohikameh nethi kythy. Lov ya????

  4. ken? says:
    May 9, 2016 at 10:30 pm

    nice ending…ekam maa avahaa thi ninmaalee..nyways thkx for de lovely stry…hope u wud up another story ASAP ? ? ✌ ? ? ? ?

    1. kamana says:
      May 10, 2016 at 8:20 am

      Awwwn ken thnk u so muchh. Seen alot of yur cmmnntxxx. Thnk u so much for tht. Insha allah thafaathu vaahaka eh geneveytho balaanan. Hope yu will wait for tht. Thnk u so much. Lov ya????

  5. Kiyuntheriyaa says:
    May 9, 2016 at 10:31 pm

    Oh finally got to read the last part… Its awesome as always. But i noticed that in some places mamdhooh and shaiman ge name is changed. Orelse it’s just fine. Thanks for uploading and hope to see another story by you soon….. ??

    1. kamana says:
      May 10, 2016 at 8:22 am

      Thnk u so much kiyuntheriya. Thnk u for alwayxx supprtinnn. Thnk u. Without yu guyxxx kama ah mihisaabah naadhevunyxxx thnk u. Lov ya????

  6. naaanu says:
    May 9, 2016 at 10:41 pm

    Finallyyy…..e dhe myhun gulhuny o..yayyyyy ..varaaah reeethi mi story…thnks kamanaaa

    1. kamana says:
      May 10, 2016 at 8:23 am

      Thnk u sooo much naaanu. Thnk u for all yur cmmnntxxxx. Hope yu will wait for my nxt one too. Lov ya????

  7. rifaaa says:
    May 9, 2016 at 10:44 pm

    Omg kamana
    It was a brilliant story just loved this

    1. kamana says:
      May 10, 2016 at 8:23 am

      Thnk u soo much rifaa. Thnk u. Hope u will wait for my nxt stry toooo. Lov ya????

  8. Yanaalee says:
    May 9, 2016 at 10:55 pm

    Vaahaka ehkoh nimunyma comment kuran mihunnany. V v v reethi vaahaka. Adhi ehen vaahaka eh v avahah kiyaalan libeyne kamah ummeedhu kuran. Keep up the good work.

  9. Yanaalee says:
    May 9, 2016 at 10:55 pm

    Vaahaka ehkoh nimunyma comment kuran mihunnany. V v v reethi vaahaka. Adhi ehen vaahaka eh v avahah kiyaalan libeyne kamah ummeedhu kuran. Keep up the good work.

    1. kamana says:
      May 10, 2016 at 8:24 am

      Insha allah new stry eh up koh dheveythoo balaanan. Thnk u soo much foohi kamh nethi mi vaahaka kiyaalythii. Lov ya????

  10. Appy says:
    May 9, 2016 at 11:07 pm

    Yeyyy athoosha n shaiman ……th story is awesome. ..n kamana avahahh annahchey hehe….luv ya?❤??

    1. kamana says:
      May 10, 2016 at 8:25 am

      Awwwn appy. Thnk undo much. Saw yur lovly cmmntxx thnk u soo much. Heheh insha allah avahah aadheveythoo balaanan ingeyy. Thnk u n lov ya????

  11. Misty says:
    May 9, 2016 at 11:14 pm

    At last nimuny dhw.. Stwry varah reeeeeeeeeethi.. kamanage ehen vaahakaeh kiyaalan libeyne kama unmydhukuran..can’t wait 4 da nxt stwry. Bye until ur nxt stwry.. Gud luck..

    1. kamana says:
      May 10, 2016 at 8:27 am

      Aewwwn mistyy thnk u so much. If i m correct kamanage hurihaa vaahaka rh vx kiyaafa cmmnt kuri eh reader dhw thy.heheheh thnk u so much for yur support. Lov ya????

    2. Misty says:
      May 10, 2016 at 11:54 am

      Ya.. Misty kyn kamanage hurihaa vaahaka eh vx.. They r Awsome.. Ur getin better n better each n every tym ? sooooooooo hapi 4 u… Luv u kamana ?????❤

    3. kamana says:
      May 10, 2016 at 2:57 pm

      Thnk u so much misty. I will try my best ingeyy thnk u. Lov ya too??taataa

  12. princess says:
    May 10, 2016 at 9:45 am

    Hey lov..story habeyxx..hyvx nukuraagothakah mi nimunii..kamaage ehn stwry akah inthixaarga…will mis yu..lov yu a lot…?

    1. kamana says:
      May 10, 2016 at 2:58 pm

      Thnk u so much lov. I will miss yu guyxx too? Thnk u so much for yu supprt. Thnk u lov ya????

  13. Emy says:
    May 10, 2016 at 10:09 am

    This story is damn pretty yaar… ???.. U r the best kamnaaa… Waiting for ur new story….avhah up kurah cheyyy … Luv yuh biiig kh ?????

    1. kamana says:
      May 10, 2016 at 2:59 pm

      Awwwwwn emyyy thnk u so much yaar? Insha allah new stry eh avahha up kureveythoo balaanan. Thnk u lov yaa????

  14. eny says:
    May 10, 2016 at 1:07 pm

    vaahaka v salhi ekamak ninmun ehaa reehchen nooon vaanuvaa neygi hutta nimuny……..

    1. kamana says:
      May 10, 2016 at 3:00 pm

      Oooh eny m so so sorryyy. Eny ah neyguny knthankolhehtha. Eyrah bunedheynann. Thnk u for readinggg. Lov ya????

  15. meesha says:
    May 10, 2016 at 1:50 pm

    woww kamanaa!!! just fab… waiting for ur nxt stry.. 😀

    1. kamana says:
      May 10, 2016 at 3:06 pm

      Awwwwwn thnk u so much meesh. Thnk u lov ya????

  16. Marsha says:
    May 10, 2016 at 2:26 pm

    Vvvvvv nice story.. waiting for a new one from u kamana..

    1. kamana says:
      May 10, 2016 at 3:08 pm

      Thnk u so marsha. Yu r one of my fav authrs. Thnk u so much. Lov ya????

    2. aff says:
      May 10, 2016 at 7:03 pm

      alhey marsha ge story eh libeyny kn dhuwahakun tha kiyaalan.. marsha netheema varah vae mi site.. u r great love yahh.. hope marsha story eh awas mustakbalega kiyaalan libeyne kamah.. ☺☺☺☺☺☺☺

  17. Phy says:
    May 10, 2016 at 3:49 pm

    Kamanaa…alhey ninmmaaleetha…anyways v reethi ending ves…v miss vaane…ehen story eh avahah up kurahchey…cu soon….tc nd best of luck

  18. Rooru says:
    May 10, 2016 at 7:33 pm

    Vvvvvvvvvvv nyc story eh…avaha new story eh up kohdheeba.

  19. Pwincess says:
    May 15, 2016 at 3:23 pm

    Habeys

  20. Sadha says:
    May 25, 2016 at 8:22 am

    Varah rythi. ?
    Enjoyed. Keep it up. ??

Comments are closed.

All Right Reserved!