އަހަރެން ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ނޭވާ ހުރީ އަވަސްވެފައެވެ. އޭނަގެ އަތް އަހަރެންގެ ގައިގައި ޖެހުނު ވަގުތު ގައިން ހީބިހި ނަގައިގަނެގެން ދިޔައެވެ. “އަހަރެންދެކެ ބިރު ގަންނަ ނަމަކަ.. އާސީންއަށް ތިވާ ހުރިހާ ގޮތެއް ނުވޭނެ.. އަދި އަހަރެންނަށް އާސީންއާއި މިހާ ކައިރީގައި ނުހުރެވޭނެ” އަހަރެން ނަގާ ކޮޅަށް ބަހައްޓަމުން އައިރް އެހެން ބުނެލިއިރު އަހަރެންގެ އަމިއްލަ ނަފްސުގެ ބާރުވަނީ ކެޑިފައެވެ. އަހަރެންގެ އެއްވެސް އިހްތިޔާރެއް ނެތި ކުރިއަށް ވުރެއް ބޮޑަށް އައިރްއާއި ކައިރިއަށް ޖެހިލެވުނެވެ. […]
“ވެރީފަނީ!!!” ބިންމަތިން ތެދުވެ ދެއަތް ފޮޅާލަމުން ޒައިފް ބުނެލިއެވެ.އޭރުވެސް ޒުހާ އަނގަމަތީ އަތް އަޅާ ބާރަށް ހެމުންދެއެވެ”.ތަންކޮޅެއް ބަލާލައިގެެން ދުއްވަންވީނުން މީ މަގުމައްޗޭ” މިފަހަރު ހުނުން ހުއްޓާލާފަ ވާހަކަ ދެއްކީ ޒުހާއެވެ.”ހިނގާމީހުންްވެސް ތަންކޮޅެއް ބަލާލައިން ހިނގުން ރަނގަޅު ދޯ” ޒުހާ އަށް ދޯދެމުން ހުށިޔާރުކަމާއިއެކު ޒައިފ ްެއެވާހަކަ އަަށް ރައްދުދިނެވެ.”ދެންެއެެންެެމެ ރަނގަޅޭ އައިއެެމް ސޮރީ ދެމީހުންވެސްް ނުބަލާއައީމަަ ދޯ!” އިޓްސް އޯކޭ!” ހިނިތުންވެލަމުން ޒުހާ މޫނުމައްޗަށް ވެއްޓިފައިވާ އިސްތަށި ކޮޅު ނަގާ ކަންފަތް ކައިރި އަށް ލަމުން […]
“މަންމާ..!! މި ދަނީ ފުޓުބޯޅަ މެޗް ކުޅެން..” ތާމިން ބާރަކަށް އެހެން ގޮވައިލުމަށްފަހު އަވަސް އަވަހަށް ބައިސްކަލަށް އަރައިފައި ދުއްވާލިއެވެ. ގައިގަ ހުރި ފާރުގަނޑު ތަކުގައި ކިތަންމެ ވޭނެއް އެޅިޔަސް އޭނާ ފުޓުބޯޅަކުޅެން ނުގޮސްފިނަމަ ޓީމު ކުދިން ރުޅިއަންނާނެކަން އެނގޭތީވެ ދަނީއެވެ. އޭނާ އުޅެނީ ވަރަށް ލަސްވެގެންކަން އޭނާ ގެ ހަރަކާތްތަކަށް ބަލާލި ކޮންމެ މީހަކަށް ވެސް އެނގޭނެއެވެ. އޭނާ ބައިސްކަލުގައި އަތިރިފަރާތުންލާފައި ދަނޑަށް ދާން ދުއްވަމުން ދިޔައީ ވަރަށް ބާރަށެވެ. ތަންކޮޅަކަށް ދެވުނުތަނާ އޭނާ ކުއްލިއަކަށް […]
މޫނު ނުފެނުނަސް އެރީތި ބައްޓަން ސޫރަ އަކީ ޒިޔާންގެ ހިތުގައި ބިންވަޅު ނެގިފައިވާ ސޫރައެއް ކަމުން ވަގުތުން އެއީ އޭނާގެ ހިތުގެ ރާނީކަން ދެނެގަތެވެ. މަޑުމަޑުން ޒިޔާންއަށް ޒައިޝާ އާއި ކައިރިއަށް ދެވެން ފެށީ އަމިއްލަ އިޚްތިޔާރުން ބޭރުގައެވެ. އެވަގުތު ޖެހިލި ވައިރޯޅި އާއި އެކު ޒައިޝާގެ ހެނދުމުގައި ފަހަތައް ދޫކޮއްފައިވާ ދޯޕައްޓާގެ ބައި ވަޔާއި އެކު ހެލިލިއެވެ. ޒިޔާންއަށް ބޭއިޙްތިޔާރުގައި އަތް ދިއްކޮލެވުނެވެ. މަޑުމަޑުން ޒައިޝާއަށް ނޭގޭނެހެން ދޯޕައްޓާގައި ހިފައި ވަސްގަނެލިއެވެ. ސިކުނޑިއަށް ތާޒާކަން ގެނެސްދޭ […]
“ކާކު… ކާކު….” ޖެހިލުންވެ ހުރެ މަންޝާ ކުރިއަށް ދިޔައީ އެމީހާގެ ފުށުން ޖަވާބެއް ނުލިބުމުންނެވެ. އޭރު އޭނާގެ ފަން، ދިގު އިސްތަށިގަނޑު ވަނީ ތެމި ފޯވެފައެވެ. މަންޝާ ކުރިޔަށް ޖެހެމުން ދިޔައެވެ. ބޯކޮށް ވެހެމުން ދިޔަ ވާރޭ ތިކިތައް މަންޝާގެ ހަށިގަނޑުގައި ބީހެމުން ދިޔައެވެ. ދެލޯ ހަނިކޮށްގެން ހުރެ އެމީހާއާ ދިމާލަށް ބަލަމުން ދިޔައީ ބުރަމުންދިޔަ ފެންތިކިތަކުން އުނދަގޫ ވާތީއެވެ. މަންޝާއަށް އެއީ ކާކުކަން ނަގައިގަނެވުނެވެ. “ޒިބާން….” އެ ޒުވާނާގެ ނަމުން ގޮވާލަމުން މަންޝާ އޭނާގެ ކޮނޑުގައި […]
ހަޔާތުގައި ވަރަށް ތަފާތު ކަންތައްތަކެއް ތަޖުރިބާ ކުރަން ޖެހެއެވެ.އުފަލާއި މަޖަލެވެ.ހިތާމައާއި ހިތްދަތިކަމެވެ.ހަޔާތުގައިދިމާވާ އަޑިގަނޑު ތަކުން އަރާއިގަނެވޭނީ ހިންމަތާއިއެކު މަސަތްކަތްކޮށްގެންނެވެ.މާޒީވެދިޔަތަން ހަންދާން ނައްތަލާ އެ މާޒީއިން ޢިބްރަތް ލިބިގަނެ މުސްތަގްބަލުގައި އެ ކަންކަން ރަންގަޅުކުރުމަށް މަސަތްކތްކޮށްގެންނެވެ. އާދައިގެމަތިންމިއަދުވެސް ޒުހާ މިސްރާބުޖެހީ ރަށުގެ ބަންދަރާދިމާއަށްދިއުމަށްށެވެ.އާއްމުކޮށް ކޮންމެދުވަހަކުވެސް އަތިރިއަށްދިއުމަކީ ޒުހާކޮށްއުޅޭކަމެކެވެ.އާނއެކެވެ ޖެހޭފިނިރޯޅިން ހިތަށްވެސް ފިނިކަމެއްލިބޭތީއެވެ.އާއްމު ދިރިއުޅުމާ ދުރަށްޖެހިލާ އަމިއްލަހަޔާތުގެކަންކަމާ ވިސްނާލުމަށް ފުރުސަތުލިބޭތީއެވެ. ސްކޫލު ނިމުނުފަހުންކުރާނެކަމެއްނެތިގެން ޒުހާ އަބަދުވެސް އުޅެންޖެހެނީ ފޫހިވެގެންނެވެ.ވާނީވެސްއެހެންތާއެވެ..ރަށުގައި ޒުހާއާއި އެކު ކިޔަވަން އުޅުން ހުރިހާ ރައްޓެހިންވެސްއުޅެނީ މާލޭގައެވެ.އެހެންކަމުން […]
މާޒިން…. ނޭނގޭތަ ހަމަ މިވަރަށް ލޯބިވާއިރުވެސް؟ އަހަރެންގެ ހިތަށް ތިހާ އަނިޔާދޭއިރު؟؟ އަހަރެން އެއްޗެއް ނުބުންޏަސް މާޒިން އަށް އިނގޭ ބުނާއިރު އަހަރެން މި ލޮލުން މާޒިންއަށް ދެމުން ދިޔަ މެސެޖްތަށް ނޭނގެނީތަ؟؟؟ ނޫނީ އެނގެން ބޭނުން ނޫނީތަ..؟؟ ޒިން… އަޅެ އެއްފަހަރުވެސް އަހަރެންނާއި ދިމާ ބަލާލާފަ މީންކޮށްލާފަ ބުނެބަ އައި ލަވް ޔޫ ޓޫ އޭ… ޒިން އަށް ހީވަނީތަ އަހަރެން ޒިން ކައިރި އައި ލަވް ޔޫ އޭ ބުނަނީ ހަމަ މަޖަލަކަށޭ.. […]
މުޅި ރޭގަނޑު ވޭތުވެދިޔައީ އެކަހަލަ ގޮތަކަށެވެ. އަހަރުމެން ދެމީހުންގެ ދެމެދުގައިވަނީ ދުރުކަމެއް އުފެދިފައެވެ. ކުރިން ކިތަންމެ އެކުވެރިކޮށް ވާހަކަދެއްކިކަމުގައިވިޔަސް މިހާރު ޝާޔަން ވަނީ ބަދަލުވެފައެވެ. އޭނަގެ ދުރުކަން ހިތަށް އުދަނގޫކުރަމުންދިޔައެވެ. ގާތްއެކުވެރިއަކު ކުއްލިއަކަށް ދުރުވުމުން ވީގޮތަކަށް ވެދާނެއެވެ. ފަތިސްވުމުން ޝާޔަން އަހަރެންގާތު ގެއަށް ދިއުމަށް އެދުނެވެ. އޭނަ އެކަނި ބަހައްޓާފައި ދާން ބޭނުންނުވިޔަސް ޑިއުޓީއަށް ދިއުމުގެ ކުރިން ނިދާލަން ބޭނުންވެއެވެ. ފަތިސްނަމާދުކޮށްލައިގެން ޖައްސާލުމުން ވަރަށް ފަސޭހައިން ނިދިއްޖެއެވެ. ކައިވެނީގެ ޙަފްލާއެކެވެ. މުޅިތަން ޒީނަތްތެރިކުރެވިފައިވަނީ ކަޅުކުލައިންނެވެ. މެހެމާނުންގެ ހެދުމުގެ […]
މާޒިދުއަށް ދޭނެ ޖަވާބެއް ޖަންނަތުއަކަށް ނޭގުނެވެ. ލޯބި ނުވެޔޭ ރައްޓެހި ނުވަމޭ ބުނާކަށްވެސް ޖަންނަތުއަކަށް ނުކެރުނެވެ. ހުދު ޖަންނަތުގެ ހިތައް ވެސް ވަނީ އަބްޔާންއަށް އޮތް ޖަޒުބާތަކީ ލޯބިކަން ނޭގިފަ އެވެ. ޖަންނަތު ބަހެއް ނުބުނެ އިންނަން ފެށުމުން މާޒިދުވެސް އިތުރު ސުވާލެއް ނުކޮން މަސައްކަތައް އެނބުރުނެވެ. މުޒައްފަރު ގެއަށް ވަން އިރު ފަރުޒާނާ މުޒުނާ ގޮވައިގެން ބޭރަށް ދާން ނިކުންނަނީ އެވެ. މުޒައްފަރު ހުއްޓުނީ ފަރުޒާނާ ގާތު އިންނަން އުޅޭ ވާހަކަ ބުނެލާށެވެ. ފަރުޒާނާ ކިތަންމެ […]