ފެނު ޕަރީ (10)
ގިނަ ދުވަސްތަކެއް ވަންދެން ހިތާމަ ކުރުމުގެ ސަބަބުން ޒައިޝާގެ މޫނު ވަނީ މިލާފައެވެ. ނަމަވެސް އެ ރީތިކަމަށް ކުޑަވެސް ބަދަލެއް އައިސްފައެއްނުވެއެވެ. ރީދޫ ކުލައިގެ ޓޮޕަކާއި ކަޅު ކުލައިގެ ފަޔަށްހިފާފައިވާ ޖީންސްގައި އޭނާ ފެންނަކޮންމެ މީހަކުމެ ތަޢްރީފް ކޮއްލާނެކަން ކަށަވަރެވެ. އެ ދިގު އިސްތަށިގަނޑުވަނީ ރީދޫކުލައިގެ ވޫލްކޮޅަކުން މައްޗައް ނަގާ އައްސާފައެވެ. ނިއްކުރި މަތިން އައިސް ކަންފަތް ކައިރީ އަޅުވާފައިވާ އިސްތަށިކޮޅު އިރުއިރުކޮޅާ އޭނާގެ ކޯތާފަތުގައި ބޮސްދެމުން ދިޔައެވެ. އެއްވެސް މޭކަޕަކާއި ނުލައިވެސް އެ ތުނި ތުންފަތް ހީވަނީ ފިޔާތޮށި ކުލައިގެ ފިނިފެންމަލެއްގެ ފިޔައެެއް ހެންނެވެ. ސިޓިންގ ރޫމް ސޯފާގައި ހެނދުނުގެ ނޫސް ކިޔަން އިން އައްސަދު އަށް ޒައިޝާ ފެނި ކޮޅަށް ތެދުވުނެވެ، އަދި ދަރިފުޅުގެ ރީތި ކަމަށް ހިތާހިތުން ތަޢްރީފްކޮށްލިއެވެ. އަދި އެސްފިނާއިން ސަލާމަތް ކުރެއްވުމަށް ދުޢާކޮށްލިއެވެ. ޒައިޝާ އޭނާގެ ބައްޕަ އައްސަދުއަށް ވުރެން ކުރިން ބައްޕަގެ ހާލު އޮޅުން ފިލުވައިލިއެވެ. އަދި އެންމެ ގާތް އެކުވެރިޔާ ނިޝާ ކައިރިއަށް ކޮލެޖްއިން ދިފައިވާ ފިލާވަޅުތައް ހަމަކުރުމަށް ދިއުމުގެ ހުއްދައަށް އެދުނެވެ. އައްސަދުގެ ދުޢާ އިޖާބަ ކުރެއްވިތީ މާތް ﷲ އަށް ހިތާހިތުން ހަމްދުކޮށް ޝުކުރުކޮއްލިއެވެ. އަދި ޒައިޝާ ދިއުމުގެ ހުއްދަ ދެއްވިއެވެ.
ގޭގެ ބޮޑުން ދޮރުން ނިކުމެ ޒައިޝާ މަޑުމަޑުން ހިގާލާފައި ދިޔައީ ދޮރާޝި ކައިރީގައި މަޑުކޮށްގެން އޮތް ކާރަށް އެރުމަށްޓަކައެވެ. ރޭގައި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ފެހިކަން ގަދަ ފަތްތަކުގެ ކުލަ އިތުރަށް ވަނި ކުލަގަދަވެފައެވެ. މާމެލާ މެލީގެ ކުލަވެސް ވަނި އިތުރަށް ކުލަގަދަވެފައެވެ. ދޮރާށި އާއި ހަމައަށް އާދެވުނު ތަނާ ދޮރުވާނު ދިއްކޮއްލީ ރަތް ކުލައިގެ ފިނިފެންމާ ބޮޑިއެކެވެ.ބައެއް މާތައް ހިކިފައިވާ އިރު ބައެއް މާތަށް މިލާފައިވެއެވެ. އަދި އޭގެ ތެރެއިން އެއްމާ ތާޒާ ކަމާ އެކު އޮތް ކަން ޒައިޝާ އަށް ފާހަގަ ކުރެވުނެވެ. ސުވާލުގެ ނަޒަރުން ދޮރުވާނަށް ބަލާލުމާއެކު ނޭގެއޭ ބުނާ ފަދަ ގޮތަކަށް ބޯ ހަލުވާލިއެވެ. އަދި ކޮންމެ ދުވަހަކު ހެނދުނު ފިނިފެންމަލެއް ކޮންމެވެސް މީހެއްގެ ފަރާތުން ލިބޭކަމަށާއި ހަމައެކަނި ބުނެލަނީ ޒައިޝާ ގެއިން ނިކުންނަ ދުވަހަކުން ދިނުމަށެވެ. ޒައިޝާގެ ހައިރާންކަން އެ ލޯބި މޫނުމަތިން ފެންނަމުން ދިޔައެވެ.
ލިބުނު ހައިރާންކަމާއި އެކު ކާރަށް އެެރުމުގެ ހިޔާލުވެސް ދުކޮށްލުމަށްފަހު ހިގައިގަތެވެ. ރޭގެ ވިއްސާރައިގެ ކަންތައް އަދިވެސް ދުނިޔެ މަތިން ފޮހެވިގެނެއް ނުުދެއެވެ. އުޑު މަތި އޮތީ އެއްކޮށް ކަޅުވިލާ ތަކުން ބައްދާލާފައެވެ. ހެނދުނުގެ ވަގުތެއް ކަމުގައި ވިޔަސް ހީވަނީ އިރުއޮއްސެން ގާތްވެފައިވާ ހެންނެވެ.މަޑުހިގުމެއްގައި ދިޔަ ޒައިޝާ ވިސްނަމުން ދިޔައީ ދާދި ދެންމެއަކު ދިމާވި ކަންތަކާއެވެ. ކުޑަ ހިނދުކޮޅަކަށްނަމަވެސް އޭނާގެ ލޯބިވާ މަންމަގެ މަތިން ހަދާން ނެތުނެވެ.
ޒިޔާން ސައިކަލު ޕާރކް ކޮށްލުމަށްފަހު ކެފޭއަކަށް ވަނެވެ. އެކަނި މާއެކަނި މޭޒެއް ދޮށުގައި ވިސްނަމުން ދިޔައީ ލޯބިވާ ފަރާތާއި ދިމާވާނެ ގޮތަކާއި މެދުއެވެ. ޒައިޝާ ކައިރިން ނުފެންނަތާ އެއްމަސް ވީ އެވެ. ޒައިޝާގެ ގޭގެ ދޮރޯށި ކައިރީގައި ބުރު އަޅަ އަޅާ ދެލޯ ބޭގަރާރު ވާން ފަށައިފިއެވެ. ރޭގައި ޒައިޝާ ބެލްކަނިން ފެނުނު ފަހުން އެހިތައް ކެތްކުރުމަށްވަނީ އުދަގޫ ކަމަކަށް ވެފައެވެ. ޒައިޝާ ވަޒިފާ އަށް ނިނުކުންނާތީ ފެނުމުގެ ނަސީބުވެސް ގެއްލި ފައިވާކަހަލައެވެ.
ހުކުރު ގަޑި ކައިރި ވަމުން އަންނާތީ އާއި އެކު އިންޒާރު ދެމުން އަންނަ ވިލާ ގަނޑުން ސަލާމަތްވުމަށްޓަކައި ޒިޔާން އަވަސް ކޮށްލިއެވެ. ސައިކަލަށް އަރައި ލޯގަނޑުން ފަހަތް ބަލާލީ އެއްގޮތަކަށްވެސް އޭނާގެ ހިތުގެ ތެޅުން މަޑުޖެހިދާނެ ކަމަކަށް ނޫނެވެ. ފަހަތުން އެ އަންނަނީ އޭނާގެ ހިތުގެ ތެޅުން ކަމުގައިވާ ލޯބިވާ ޒައިޝާކަން ޔަޤީނެވެ. ޒައިޝާ ހިގަމުން ދިޔައީ އިސްއޮބާލައިގެން ކަމުން ޒިޔާން ހުރިކަމެއް ނޭގުނެވެ.މަޑުމަޑުން ޒިޔާން ފަސްކޮށްލުމަށްފަހުވެސް ހިގަމުން ދިޔައެވެ. ޒިޔާން ލިބުނު ފުރުސަތުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމައްޓަކައި ޒައިޝާގެ ފަހަތުން ނޭގޭނެހެން މަޑުމަޑުން ދުއްވަމުން ދިޔައެވެ. ކުއްލިޔަކަށް ވާރޭގެ ބޮޑު ތިކިތަކުގެ ހަމަލާތައް ދުނިޔެއަށް އަމާޒުވާން ފެށިއެވެ. ޒައިޝާ އުޑު މަތި ބަލާލުމަށްފަހު ދެފަރާތް ހޯދާލިއެވެ. ހިޔާވާނެ ތަނެއް ފެނޭތޯ އެވެ. އެއިރު ވާރޭ ބޯކޮށްލިއެވެ. ޒައިޝާ ދުއްވައިގަތީ ގާތްގަޑަކަށް 10 ފޫޓް ދުރުގައި ހުރި ފިހާރައެއްގެ އަސްކަނި ދަށަށެވެ. ޒިޔާން ސައިކަލް ތަންކޮޅެއް ބާރު ކޮޢްލުމަށްފަހު ހަމަ އެ ފިހާރައިގެ އަސްކަނި ދަށުގެ އެހީ ހޯދިއެވެ. އެއިރު ދެމީހުންވެސް ތިބީ ހަމަ ރަގަޅަށްވެސް ތެމިފައެވެ. މަގުމަތީގައި މީހުން މަދުވި ނަމަވެސް ކޮންމެވެސް ވަރަކަށް މީހުން ހިގަމުން ދިޔައެވެ. ޒައިޝާ މަޑުމަޑުން މޫނު ފޮހެލުމަށްފަހު އަތުގައި އޮތް ދަބަސްތެރެއިން އޭނާގެ ފޯނު ފެނޭތޯ ހޯދަން ފެށިއެވެ. ފޯނު ނުފެނުމުން އެނާ މާޔޫސްވިއެވެ. ފޯނު ނުލާ އާދެވުނު ހަދާންވިއެވެ. ދެކޮޅަށް ބަލާ ހޯދާލި އިރު ޒިޔާން އާއި ހަތަރު ކަޅި ހަމަވެގެން ދިޔައެވެ. ރަސްމީކޮށް ނޫން ގޮތަކަށް ޒިޔާން މި ފެނުނު ފުރަތަމަ ފަހަރު ކަމުން ޒައިޝާ އަށް ބުނާނެ އެއްޗެއްވެސް ނޭގުނެވެ. އެ ދެލޮލޮގެ ޖާދުގައި ޖެހުނީ ބަސްބުނާހާ ހިނދުކޮޅެއްގެ ތެރޭގައެވެ.ސޯޓަކާއި އައްކުރު ޓީޝާޓެއް ލައިގެން ހުރުމުން އެ ވަރުގަދަ މުލައްދަޑިއާއި ބާރގަދަ ދިގު ކަސްރަތީ ދެފައި ހާމައަށް ހުއްޓެވެ. އެދެމެދަށް ވެރިވެފައިވާ ހަމަހިމޭންކަން ނައްތާލީ ޒިޔާންގެ އަޑެވެ. “ހައި ޒައިޝާ! ހައުސް ޔޫ ފިލިންގ” ޒިޔާންގެ އަޑަށް ޒަިޝާ ސިހިގެން ދިޔައެވެ. ލަދުގަތްވަރު އެ މުނަށް ބަލާލި ކޮންމެ މީހަކަށްމެ އެގިގެން ދާނެއެވެ.އިސް އޮބާލައިގެން ހުރެ ޖަވާބު ދިނުމަށްފަހު އަނެއްކާވެސް އުޑުމައްޗަށް ނަޒަރު ހިންގާލިއެވެ. ޒިޔާންގެ ތަލިން ކުޅު ހިކިފައިވާ ކަހަލައެވެ. ނޭވާ ތާށި ވާހެން ވެސް ޙިވެއެވެ. އެހާ ކައިރިން ޒައިޝާ ފެނުމުންނެވެ. އެއީވެސް އަދި ތެމިފޮވެގެން ހުއްޓައެވެ. ކޮންމެ ފަހަރަކުމެ ޒިޔާންއަށް ޒައިޝާ ފެންނަނި ހަމަ ފެނު ޕަރީ އެއްގެ ސިފައިގައެވެ. ވާރޭ ނުހުއްޓާނެ ކަން އެގުމުން ދަނީ ކަމުގައި ބުނުމަށްފަހު ޒައިޝާ ހިގައިގަތީ ބޯ ވާރޭ ތެރޭގައެވެ.ހިގަން ފަސޭހައަކަށް ލައިގެން އިން ޖީންސް ކުޑަކޮށް އޮޅާލުމަށްފަހު ޒައިޝާ އެބުރި އަދިވެސް އެއްފަހަރު ޒިޔާން އަށް ބަލައިލިއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
14 Comments!
Comments are closed.

Yey!! Im first… V reethi vaahka ey.. Avaha aney bai genes dheyne kamah heekuran..
Najuuu darling thanks a lot. in shaa ALLAH soon will upload. 😀
Keeve ehaa kurukoh genes dheni …. V salhi vaahaka ?
Thu kurutha? ragalhu kohlaanan ingey. thanks a lot. thu menge support hama beynun vanee. 😀
Manjey thiulheny ehfaharaa eh vaguthehga ehdhuvahun vaahaka ninmaalantha !!! Just calm down !! Gina dhuvas fahunviyas thankolheh slowly but varah nice story eh ??
Asurumaa. I know that i have done wronged to u readers. so that i am just making up my mistakes. no hard feelings 😀 liyevifa otheema hama upload kohlee kiyuntherin ufaavaane kamah heekoh. but i think i was wrong dhw. and thank u.
I wanna read kureege baithah… I mean story fattaigen… Ebai kiyaalan libeyne gotheh nuvaanetha… Mihisaabun kiyaa iru confusing.. New readers ves thibeyne dhw.. Or RU uploading this story for ur previous readers only
Liyun theringe bayah gos neena or nyna innaane …e namah click kuriima fennaane..mivaahaka ekani innaaniivx
http://www.esfiya.com/author/sea-hostess/
find from here Anonymous. hama ekani previous readers akah nun. hurihaa enmenah.:D
V reethi mi story. Kon irakun baa dhen aneh part up vaany. Kiyaa hithun keh nuvefa
Soon laimaan. dhigukoh genes dheyn vegen aslu. miadhu koh dheveytho balaanan ingey. and thank u so much 😀
Kyhve mi story part 10 inn start kohfa meeneee?? Kobaa kuryge parts thahhh??
Heyonuvaane insaanunah jehusumah kohf oiii kameh thr?
Good luck.
Plx miii vaanuvaaa kiyaaaladhyba?
Eeesha thankolheh loa hulhuvaalan vejje dhw. Author ebain dhw link eh fonuvaafa. Just press it. One more thing vaahaka start kohfa inee part 10 akuneh noon. Gabool kuran dhuvasthakeh kohfakan mihaaru aneh kaa feshee. But still she is trying her best nun. Thankolheh reethi bahun vaahaka dhehkiyas vaane dhw. Cheap mind ppl.
Eeesha thankolheh loa hulhuvaalan vejje dhw. Author ebain dhw link eh fonuvaafa. Just press it. Hurihaa part ehvea fenaane e in. And one more thing thankolheh reethi bahun vaahaka dhehkiyas vaane dhw