Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބިވެވުން އެއީ ކުށަކަށް ވާނަމަ.. 4

iris Level 110 Stories
June 5, 2016 4 Mins Read
23 Comments

“އަޅެ ކިހިނެތްތަ މިވަނީ ކައިލް ފެން ކޮންމެ ފަހަރަކު؟ އަބަދު މިހެން ވާންވެއްޖެއްޔާ އަހަރެއް މޮޔަ ވެދާނެ…” ކައިރިގައި ހުރި އަފާފު ކައިރި ސިއްރު ސިރުން މިންޝަ ބުނެލިއެވެ. “ތި ވާގޮތް ދޯ.. މަޑުކުރޭ ކިޔާ ދޭނަން.. ” އަފާފް މިހެން ބުނެ ލަވައެއްގެ ތަންކޮޅެއް ކިޔައިލިއެވެ.

“ސިއްރު ސިއްރުން ހިތޭ މިލްކު ކޮށްލީކަލާ…

ވިންދު މޭގާ ޖަހާ ބަދަލުކޮށްލީ ކަލާ..”

“ސާބަސް އަފާފުގަނޑާ… ” މިންޝާ ލަދުގަތީ އަފާފު ކީ ލަވައިގެ ޅެން ބައިތު އެއީ މިހާރު އޭނާގެ ހަޔާތާއި އެންމެ ގުޅޭ ލަވައަށް ވީތީއެވެ

*************************************************************************************

ހުކުރު ދުވަހަގެ ހެނދުނު ކަމުން މިއަދަކީ ގޭގައި އެންމެން ހަމަ ދުވަހެކެވެ. އާދަމް މަނިކާއި އާކިން އަދި ޒަލަފް އައީ ފަތިސް ނަމާދު ކޮށް ނިންމާލައިގެން އާދައިގެ މަތިން ހެނދުނު ދުވަން ގޮސްއެވެ. “ސޮފިއްޔާ… އަދިވެސް މިންޝާ ނުހޭލާތަ؟ މިހާރު ދެން ތަންކޮޅެއް އަވަހަށް ހޭލައްވައިގެން އެމަންޖެ ތަންކޮޅެއް ހަރުދަނާ ކުރަންވެއްޖެ އެއްނު.. މާދަމާ ނޫންކަމެއް ނޭންގެ މީހަކާ އިންނާނީ…” އާދަމް މަނިކަށް މިހެން ބުނެލެވުނު ވަގުތަކީ މިންޝާ އައިސް ބަދިގެ ދޮރާ އަރާ ހަމަކޮށްލި ވަގުތެވެ. “ބައްޕާ… ކާކުތަ މީހަކާ އިންނަ ވާހަކަ ތިދައްކަވަނީ…” އާދަމް މަނިކުގެ ވާހަކަ އަށް އަށް ރައްދު ދެމުން މިންޝާ އަހައިލިއެވެ.  ” ބައްޕަ އެދައްކަނީ ދަރިފުޅު މިހާރަށް ވުރެ ހަރުދަނާ ވާންވީ ވާހަކަ… މާދަމާ ކަންނޭގެ އޯ މީހަކާ އިންނަ ވާހަކަ ދައްކާނީ… ” ސޮފިއްޔާ ޖަވާބު ދިނެވެ.  “އަޅޭ ޑޭޑް މިއަދު އަޅުގަނޑު ވަރަށް ފަތިހާ ހޭލީމޭ… ރޮށިވެސް ފިހުނީ މިއަދު އަޅުގަނޑު.. ދޯ މަންމާ.. ” މިންޝާ އޭނާގެ މަންމަ އަށް ދޯ ދެމުން ބުނެލިއެވެ. ” ހެހެހެހެހެ…. އެހެންވެ ދޯ މިއަދު ރޮށިތަކުން މިހިރީ އިންޑިޔާ މަގު ޗާޓު ކުރާހާފަ… ހީވެއޭ ބަލާލަފަ ވެސް…” އާކިން ތަށިން ރޮއްޓެއް ނަގާ އެންމެނަށް ދައްކާލަމުން ބުނެލިއެވެ. އެއަޑާއި އެކު އެންމެނަށް އެއްފަހަރާ ހީގަނެވުނެވެ. “ދެން ދޮންބެވެސް ދޯ… ހާދަ ގޯހޭ.. ދެން ނުވެސް ކުރާނަން އަޅުގަނޑު އެއްވެސް ކަމެއް.” މިންޝާ ތުންކޮޅު އޫކޮށްލަމުން ބުނެލިއެވެ.  “ހަހަހަ.. ނުކޮށް ހުރިގެން މިންކޮ މެރީ ކޮށްގެން އެގެއަށް ދިޔައިމަ  މައިޓު ގެ ބްލަޑް ޕްރެޝަރ ހައި ވާނީ….  މިހިރީ ވިއްޔަ ރޮށި ތަށް ހުރި ގޮތް…” ޒަލަފް ވެސް ދިމާކޮށްލިއެވެ.  “ވަޓް އެވަރ…” މިންޝާ ވެސް ތުން ދަމާލިއެވެ.

“އަޅުގަނޑު އެބަ އޮތް ބައްޕަމެން ގާތު ވާހަކައެއް ބުނެލަން ވެފަ..” ދެކެވެމުން ދިޔަ ވާހަކައިގެ ތެރެއިން އާކިން ހުއްދަ އަކަށް އެދިލިއެވެ. އެއަޑަށް އެންމެންގެ އަޑުން އަޑުގަދަ ފެވައިވަ ކާކޮޓަރި އެކީ ހިމޭން ވެލިއެވެ.  “އަނެއްކީ ދޮންބެ މެރިކުރަން ވިތާ؟.. ޒަލަފް އަށް މަޑަކުން ނީންދެވުނެވެ.  “ނޫނޭ… ދޮންބެ އަށް އޮފިހުގެ ފަރާތުން ދަތުރެއް ލިބިގެން މިއުޅޭނީ… 03 މަސް ދުވަހުގެ ޓްރޭއިނިންގް ޕްރޮގްރާމެއްގައި އޮސްޓްރޭލިޔާ އަށް ދާންޖެހިއްޖެ. މި ހަފްތާގެ ބުރާސްފަތި ދުވަހު ފުރަންޖެހޭ…” އަކީން ބުނެލިއެވެ. “ނޯވޭ… ދޮންބެއަކަށް މިންކޮ ބަހައްޓަފަ އެއްވެސް ތާކަށް ނުދެވޭނެ.. ދޮންބެ ދިޔާމަ މިންކޮ ކިހާ އެކަނި ވާނެ… ކަންކަން ޝެއަރ ކުރާނެ މީހެއް ވެސް ނުހުންނާނެ…” މިންޝާ ހީވި ކައްޓެއް ޖަހައިގެން ތެދުވިހެންނެވެ.  “ބަލަ ތުއްތުބެ ވެސް މިހިރީނު… ދޮންބެ ކައިރީ އެކަނި ތަ ކަންކަން ޝެއަރ ކުރެވޭނީ.. ” ޒަލަފް މިންޝައަށް ރައްދު ދިނެވެ. ‘ނަޙް… ނެވާ… ތުއްތުބެ އަކަށް މިންކޮ އެއްވެސް ކަމެއް ޝޭއަރ އެއް ނުކުރާނަން އެންމެ ފަހަރަކު ޝޭއަރ ކުރީ… ތުއްތުބެ ރަށު އެންމެން އެއްކޮށްފަ އެވާހަކަ ދެއްކި… ” މިންޝާ ބުނެލި އެއްޗަކުން މީގެ ދެތިން އަހަރު ކުރީގެ ހަނދާނެއް އާވެ އެންމެން ގާތަށް ވެސް ހިނިއައެވެ. “މަންމަ ވަރަށް އުފާ ވެއްޖެ ދަރިފުޅަށް ތި ފުރުޞަތު ލިބުނީމަ.. މަންމަ ގެ އެއްވެސް މައްސަލައެއް ނެތް…” ސޮފިއްޔާ އާކިންގެ ބޮލުގައި ފިރުމާލިއެވެ “ދެން މަންމަ އޯކޭ ވިއްޔާ ބައްޕަގެ  އެއްވެސް މައްސަލަ އެއް ނެތް.. ބައްޕަ ވެސް މިހުރީ ވަރަށް އުފަލުން…”  ސޮފިއްޔާ އާއި އާދަމް މަނިކު ގެ ރުހުން ލިބުމުން އާކިން ވަރަށް އުފާވިއެވެ.. “އޯ ދޮންބޭ އައިމް ސޯ ޕްރައުޑް އޮފް ޔޫ…” ޒަލަފް މިހެނެ ބުނެ އާކިން ގައިގައި ބައްދާލިއެވެ.  އެންމެން ވެސް ދެން ބަލާލީ މިންޝާ އާއި  ދިމާލަށެވެ. އޭރުވެސް ތުންކޮޅު ދަމާލައިގެން ރުޅި މޫނު ހަދައިގެން މިންޝާ ހަމަ އެ އިންގޮތަށް ގޮނޑީގައި އިނެވެ. “މިންކޮ… ދޮންބެ ދުރުގަ ހުއްޓަސް ޔޫ ކެން އޯލްވެސް ކޮންޓެކްޓް މީ އެނި ޓައިމް ޔޫ ވޯންޓް… ވަރަށް ބިޒީ ވަނެ.. އެކަމު ދުވާލަކު އެއްފަހަރު ސްކައިޕް އިން ކޮންޓެކްޓް ވެވޭތޯ ބަލާނަން އެނގޭ… ދޮންބެ ކިތަންމެ ދުރުގަ ހުއްޓަސް މިންކޮ ބޭނުން ކަމެއް އަބަދުވެސް ދޮންބެ އާއި ޝެއަރ ކުރެވޭނެ.. ” އާކިން މިންޝާ ހިތްހަމަ ޖައްސާލަން ބުނެލިއެވެ. “އޯކޭ… މިންކޮ ވެސް ވ ހެޕީ ދޮންބެ އަށް ތި ޗާންސް ލިބުނީމަ..” މިންޝާ ހީލިއެވެ.

އެދުވަހުގެ ހަވީރު މިންޝާ،  އަފާފު އާއި އާރާ އާއި އެކު ބޭރަށް ނުކުމެލީ ސިކުނޑި ތަޒާ ކޮށްލާ އެކުގައި ވަގުތުކޮޅެއް ހޭދަކޮށްލުމުގެ ބޭނުމުގައެވެ. އަބަދު މިންޝާ އާއި އެކު ފެނި ފެނި އަފާފު އާއި އާރާ އާއި ދެމެދުވެސް ވަނީ ވަރަށް ގާތް ގުޅުމެއް އުފެދިފައެވެ. ތިންމީހުން އެކުގައި ސަކަރާތް ޖަހަމުން ދަނިކޮށް މިންޝާ ސިހުނީ ފަހަތުން އޭނާގެ ކޮނޑުގައި މީހަކު އަތް ބާއްވާލުމުންނެވެ. “ނާވީ…. އޯ މައި ގޯޑް….” މިންޝާ އަށް ވުރެ ކުރިން އިވިގެން ދިޔައީ އަރާ ހަޅޭއްލަވައިގަތް އަޑެވެ. “އެއްކަލަ ސަންގު ފުމޭ ދައިތަ ފެއްޓީ… އަދިވެސް ހަމަ އެ ގޮތް ދޯ” ނާވީ އާރާ އާއި ދިމާކޮށްލިއެވެ.  “ނާވީ… ހާދަދުވަހެއް ކޮށްލާފަ… ކޮންތާކު ތި އުޅޭނީ… ތިހާ ދުވަސް ކޮށްލާފަ ފެނުނީމަ އާރާ އަށްވެސް އެހެން ވާނެއެއްނު.. އައިމް އީވަން ސަޕްރައިސްޑް..” މިންޝާ ނާވި އާއި ސަލާމް ކޮށްލަމުން ބުނެލިއެވެ.

ވާހަކާގައި ތިބެގެން ހަތަރު މީހުންވެސް ހިންގައިގަތީ ގާޑިޔަލާ ދިމާލަށެވެ. “އާން… ކޮލެޖް ނިންމި ގޮތަށް ޑޭޑްގެ ކޮމްޕެނީ އާއި ގުޅުނީ… ބައްޕަ މިހާރު މާ މުސްކުޅި އޯ ކިޔާފަ ހުރިހާ ކަމެއް ނާވީ ގެ ބޮލަށް ޖަހައިފި… އެހެންވެ ވަރަށް ބިޒީ… މެގީ ކީތް ކޮށްލަނީ މިހާރު؟ ” ހަތަރު ކުރުނބަލަށް އޯޑަރު ދިނުމަށް ފަހު އައިސް އިށީންދެލަމުން ނާވި ބުނެލިއެވެ.  “އޯ… ސަޅި އެއްނު… މެގީ ވެސް ޑޭޑް އާއި އެކު އަންކަލް ގެ ކޮމްޕެނިގަ؟ ކޮބާ އެއްކަލަ ކަންތަށް ބޮޑު ފައިޒަން؟” މިންޝާ އަހައިލިއެވެ. “އޭނަ… ކޮލެޖް ނިންމި ގޮތަށް ލަންކާ އަށް ޗޭންޖު ވެއްޖެ އިތުރަށް ކިޔަވަން ޝޯ ކިޔާފަ.. ބައި ދަ ވޭ މީ ކޮންކުއްޖެއް؟.. ކުރިން ދިމައެއް ނުވޭ” އަފާފު އާއ ދިމާލަށް ބަލާލުމަށް ފަހު ނާވި ބުނެލިއެވެ. ” އާން މީ ދޯ… އަމިއްލަ ވާހަކަ ތަށް ގިނަ ކަމުން އަދި އިންޓްރޮޑިއުސް ނުކޮށްލެވިގެން މިއުޅެނީ… މީ އަފާފް.. މައި ބެސްޓް އޮފީސް މޭޓް…” މިންޝާ ނަވީ އަށް އަފާފު ތަޢަރަފް ކޮށް ދިނެވެ. ނާވީ ފެނުނީސްސުރެއް ހިތް އަވަސް ވެފައި އިން އަފާފް އިސްއުފުލާ ނަވީ އާއި ދިމަލަށް ބަލާލުމަށް ފަހު ހީލިއެވެ. “ހައި… އަފާފް… ނައިސް ސްމައިލް… ލަވް ދެޓް ޑިމްޕަލް…” ނޭންގިނަމަވެސް ނާވީއަށް އަފާފު ގެ ހިތާ ކުޅެލެވުނެވެ. ދެން އިވިގެން ދިޔާއީ ރަކި ގޮތަކަށް އަފާފު ހީލި އަޑެވެ. “ތޭންކްސް” ލަދުވެތިކަމާއެކު އެކު އަފާފު ބުނެލިއެވެ. ހަތަރު މީހުންވެސް އުފާވެރި ވަގުތު ކޮޅެއް އެކުގައި ހޭދަކޮށްލުމަށް ފަހު ގެއަށް ދިއުމަށް ހިންގަގަތީ އިރު އޮއްސުނު ވެސް ފަހުންނެވެ.. “މެގީ… އަދި ދިމާވާންވޭ އެނގޭ… “އެތަށް ދުވަހަކަށް ފަހު މިންޝާ ދިމާ ވުމުން އުފަލުން ހުރި ނާވީ ވަގުތު ގެ ބޭނުންކޮށްލަމުން މިންޝާ ގެ ނަންބަރު ނެގިއެވެ.

“ހާދަ ލޯބިންނޭ ހިނިތުން ވަނީ އޭނާ..

ސިއްރު ސިއްރުންނޭ ބަލާނީ ޒުވާނާ..

ފެނިފާ ލޯބި ވެވިއްޖޭ ދެލޮލާ ރިތި މޫނާ..

ގެއްލި ހިތްވަރު ކުޅޭނީ އޭ ހަނދާނާ…

 

ފެނުނީއްސުރެއް އޭނާ، ހިތް އެދެނީ ބައްދަލު ވުމޭ

ނިދި ގެއްލިއްޖެޔޭ ކިޔަމުން މިދަނީ މިތުރާގެ ނަމޭ…

ކިހިނެތްހޭ ހާލު ބަޔާން ކޮށް ދޭނީ ލޯބިން ދެން

ތިޔަ ސޫރަ ހިތުން ނުފިލާނޭ ކެރިހުރެ ވައުދުވަމޭ

ފުން ހަނދާނުން ހިތް ވެއްޖޭ ދިވާނާ

ސިއްރު ސިއްރުންނޭ ބަލަނީ ޒުވާނާ…”

“އޯ ނާވީ…..” ގެއަށް އައޮގޮތަށް އެނދުމަތީ އޮވެ އަފާފު ދިޔާއީ ނާވީ ގެ ހިޔާލުގައި ވަގުތުތަށް ގުނަމުންނެވެ. ހަޔާތުގައި އަލަށް ކުއްޖެއް ދެކެ ލޯބި ވެވުމުގެ އިހުސާސް ކުރެވެމުން ދިޔައެވެ. ” “ހައި… އަފާފް… ނައިސް ސްމައިލް… ލަވް ދެޓް ޑިމްޕަލް…” ލޯގަނޑުން އަމިއްލަ ސޫރައަށް އަށް ބަލާލުމަށް ފަހު ހީލި ވަގުތު ކޮލަށް އެޅުނު އަޑިކޮޅު ފެނި ނާވީ ގެ ބަސްކޮޅު ހަނދާންވެ އަފާފު ގެ މޫނަށް ޖަންބު ކުލަ ވެރިއެވެ.

އަނެއްކޮޅުން ނާވީ ދިޔާއި އެތަށް ދުވަހަކަށް ފަހު މިންޝާ ފެނުމުން ހިތުގައި އުފެދެމުން ދިޔަ ޖަޒުބާތުތަށް ރީތި ލަވައެއްގެ ސިފާގައި ބޭރުކުރަމުންނެވެ.

” ހުވަފެން ދެކޭނީ، ހިއްސާ ކުރާނީ..

ޚިޔާލު ކިޔާދީ ހިތާ ހިތް ގުޅާނީ…

ވައުދާ ހުވާ ކޮށް އަތާ އަތް ޖަހާނީ …

ލޯބީގެ ނަމުގައި މި ޞަފުޙާ ލިޔާނީ..

ދާނީ މިހެން، ފުން ލޯބި އަންގާ…

މިސްރާބުންނޭ ބެހިގެން މިދުނީޔޭން…

ޒުވާން ހިތް ފުރޭތޯ ހިނގާށޭ ދެވޭތޯ…

މިނަވުގާ އޮމާން.. ބަނދަރަކަށް އަމާން..

ހުވަފެން ދެކޭނީ …..

އަނދިރީގާ، އިޙުސާސު ވީމާ

ޔާރާގެ ނޭވާ ބީހިލީމާ..

ލެޔާ މޭގެ ހިނގުމާ ހިތުގަވާ އެ ތެޅުމާ..

ބަދަލުވޭ މުޅިން، ނުރުހެވޭ ރުޅީން..

ހުވަފެން ދެކޭނީ..

މާފު ކުރާށޭ ކެތް ނުވެވޭހާ…

ލޯބި ވެވިއްޖޭ ހައިރާން ވާހާ…

ދުޢާވެސް ކުރާނީ، އަބަދުވެސް އެދޭނީ..

އެކީގާ ވުމޭ،.. އެކީ މަރުވުމޭ..

ހުވަފެން ދެކޭނީ…

ގިޓާ ގެ ނަރުތަކުގެ އެހީގައި ނާވީ އޭނާގެ ހިތުގެ އިޙުސާސްތަށް ބޭރުކުރަމުން ދިޔައީ މިންޝާ އާއި އެކު ބިނާކުރަމުންދާ ލޯބީގެ ގެ ގަނޑުވަރުގެ ފޮނި މަންޒަރުތަށް ހިތަށް ސިފަކުރަމުންނެވެ. ފަހަރެއްގައި ވެސް އެ ގަނޑުވަރު ބިނާ ކޮށް ނިންމުގެ ކުރިން ވަރުގަދަ ޒަލްޒަލާ އެއް އައިސް  ބިމާ ހަމަކޮށްލަފާނެ ކަމުގެ އެއްވެސް އިޝާރާތެއް ނެތިއެވެ.

ނުނިމޭ..

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

iris

Level 110 Stories

Other Articles

Previous

އަސަރު 9

Next

ރަމަޟާން މުބާރިކް

Next
June 5, 2016

ރަމަޟާން މުބާރިކް

Previews
June 5, 2016

އަސަރު 9

23 Comments!

  1. iris says:
    June 5, 2016 at 7:02 pm

    okii guys… tmrw up nukurevi dhaanethee mirey mi up kohllee… heekuran huriha kudhin ah ves reethi vaane kamah.. hurihaa kudhin ge feedbacks ah ves welcome.. ramadan mubarik.. 🙂

  2. Saadhu says:
    June 5, 2016 at 7:09 pm

    V v reethi.ramazan mubaarik

    1. iris says:
      June 5, 2016 at 7:50 pm

      thanks saadhu.. ramazan mubarik.. 🙂

  3. Maya says:
    June 5, 2016 at 7:11 pm

    Awwwn..Love this part..when next part…alhe avvas kolladhehchey next part Inge iris…can’t wait for the next part…

    1. iris says:
      June 5, 2016 at 7:51 pm

      thanks maya.. in sha allah v avahaha up kohdheynan engey..

  4. xoa says:
    June 5, 2016 at 7:22 pm

    story reethi… ekam thankolheih kuri. heekuran dhen parteih dhiguvaane kamah..
    ramazan mubarak

    1. iris says:
      June 5, 2016 at 7:52 pm

      thanks xoa.. balaanan engey dhn part miah vure x dhigu kohleveythw… 🙂

  5. aff says:
    June 5, 2016 at 7:24 pm

    reethi.. Naavi dhw minko ah bunaani Loabi vevun e ee kushakah vaanama kushuge saxaa ey meee.. varh touchin songeh ee .. Happy ramadan iris and all ☺

    1. iris says:
      June 5, 2016 at 7:54 pm

      thanks aff.. hehe.. lets see dw vaagotheh … abadhu hurha story ehgga ehgotheh vaakah nuvaane ehnnu…. yh that song is one of my fav too.. 🙂

  6. Ushaa says:
    June 5, 2016 at 7:49 pm

    Vrh reethi.. Bt iris Ushaayah heevany miprtga baeh typing mistakes hurihen… Over ol miprtvx hama vrh salhi… Luv de stwrii…. Waitin… Ramazan Mubaarak…

    1. iris says:
      June 5, 2016 at 7:56 pm

      thanks ushaa… ehn dw.. yh me iris ge frst story.. ehn ve v mistakes huredhaane… mistakes madhu kureveythw v try kuraanan engey… ramazan mubarak.. 🙂

    2. Ushaa says:
      June 5, 2016 at 8:03 pm

      Ya. Ushaayahvx baeh faharu vey ehn… Bt u can reduce them… Ushaayah heevany rangalhah chk nukurevunyma hen… Nxt prtah Gdlk…. Ur a great writer maasha allah…

    3. iris says:
      June 7, 2016 at 10:40 am

      hehe.. thanks a lot ushaa.. 🙂 yh mistakes madhukureveythw try kuraanan engey..

  7. sweety says:
    June 5, 2016 at 8:02 pm

    My baby name is also naavee.. ramazan mubaarak..

  8. waiting says:
    June 5, 2016 at 8:05 pm

    story ga ginaee song baithah. eheve kuruhen heevany. then faharakun dhigukollachchey. anyways story hama awsome

    1. waiting says:
      June 5, 2016 at 8:07 pm

      dhen*

    2. iris says:
      June 7, 2016 at 10:36 am

      thanks waiting.. yh balaanan dhigukohleveythw..

  9. Aaya says:
    June 5, 2016 at 8:31 pm

    Vvv reethi mi part ves i love this story ramazan mubaric iris

    1. iris says:
      June 7, 2016 at 10:37 am

      thanks aayaa… 🙂 ramazan mubarik

  10. anoo says:
    June 5, 2016 at 8:48 pm

    Naavee is girl or boy.. naavee like minkko and afaaf like naavee

    1. Lalla says:
      June 6, 2016 at 12:57 am

      Naavy is a boy n afaaf is a girl…

  11. Appy says:
    June 5, 2016 at 8:56 pm

    Nice when next part

    1. iris says:
      June 7, 2016 at 10:38 am

      thanks appy… ramazan mahu up kureveynee week aku one part.. so next part next week ga in sha allah up kohdheynan.. 🙂

Comments are closed.

Next Episodeލޯބިވެވުން އެއީ ކުށަކަށް ވާނަމަ… 5←


All Right Reserved!