“ތީ މިގެއަށް ކިޔަވަން ހުންނަން އަލަށް އައި މަންޖެއެއް…. ވަރަށް ގަޅި ވައްތަރު ޖަހާ ދޯ..؟” އަހުސަނު ހެމުން ހެމުން އަމީން ގާތު ބުންޏެވެ. އަހުސަނު އަނެއްކާ ވެސް ޝިކާ އާ ބެހެން ފެށުމުން ލިވާން ގެ ލޭ ކެކިގެން ދިއައެވެ. ނަމަވެސް ރުޅި ހިންދާލަމުން އަމީން ގާތު އެތެރެއަށް ހިނގާށޭ ކިޔައި އަމީން ގެ ކޮނޑުގައި އަތް އަޅައިގެން ގޭތެރެއަށް ވަދެގެން ދިޔައެވެ. އަހުސަނު ހެވިފައި އިސްޖަހައިގެން ހުރި ޝިކާ އަށް ބަލާލިއެވެ. އަދި ޝިކާގެ އަތުގައި އޮތް ބާލިދީ ނަގާ ޝިކާގެ ބޮލުގައި އަޅުވާލައިފައި ފޯނުން އެމަންޒަރު ފޮޓޯ ނެގުމަށްފަހު ހެމުން ހެމުން ކޮޓަރިއަށް ދިޔައެވެ. ޝިކާ ހަމަަ ހުރިގޮތަށް ހުރީއެވެ. ބޮލުގައި އޮތް ބާލިދީ ނަގާކަށްވެސް ނޫޅުނެވެ.
ރަނާ އައިއިރު ޝިކާ އޭނާ ގެ ބޮލުގައި ބާލިދީ އަޅައިގެން ހުރުމުން ވަރަށް ހައިރާންވިއެވެ. އަވަސް އަވަހަށް ބާލިދީ ބޮލުން ނަގައި ނޭވާ ހާސްނުވަނީހޭ އަހާލިއެވެ. ޝިކާ ވަކި އެއްޗެކޭ ނުބުނެ ކޮޓަރިއަށް ދިއުމަށް ހިނގައިގަތެވެ. ރަނާ ވެސް ވާނުވާނޭނގި ހުރެ ޝިކާގެ ފަހަތުން ހިނގައިގަތެވެ.
” އަހުސަނު އަހަރެންގެ ބޮލުގައި އެ ބާލިދީ އެޅީ…” ޝިކާ ކޮޓަރިއަށް ވަދެ ގޮނޑިއެއްގައި އިށީންދެފައި ހަރުކަށި ރާގަކަށް ބުނެލިއެވެ.
“އަސްލުތަ؟ އޭނަގެ ވައްތަރު އެއީ…” ރަނާ މޫނަށް ވައްތަރެއް ޖައްސާލަމުން ޝިކާ އާ ޖެހިގެން ހުރި ގޮނޑީގައި އިށީންދުނެވެ.
“އަހަރެންނަށް ފެން ބާލިދީ އުކާލެވުނީ މިގެއަށް މިޔަދު އައި ކުއްޖެއް ގަޔަށް…” ޝިކާ ލަދުގަނެފައި ބުނެލިއެވެ.
“އާނ.. އަމީން ދޯ! އަޅާނުލާ… އޭނާ ވަރަށް ކޫލް ވާނެ… ހީ އިސް ނޮޓް ލައިކް އަހުސަން..” ރަނާ ބުނެލިއެވެ. ” އެކަމް ފެންބާލިދީ އޭނަގެ ގަޔަށް؟ ހެހެހެ… އައި ޝުޑް ހޭވް ސީން ދަ ލުކް އޮން ހިޒް ފޭސް!” ރަނާ އެހެން ބުނުމަށް ފަހު ބާރުބާރަށް ހޭން ފެށިއެވެ. ޝިކާ ގާތަށް ވެސް ރަނާ ހޭތަން ފެނުމުން ހިނިއައެވެ.
“އެކަމް އެ އަހުސަން ބުނީ އަމީން ގާތު އަހަރެން ޖަހަނީ ވަރަށް ގަޅި ވައްތަރޯ…” ޝިކާ ހުނުން ހުއްޓާލާފައި ކުއްލިއަކަށް ބުނެލިއެވެ. އޭނާ ގެ އަޑުން އެހުރީ އެކަމާ ވަރަށް ދެރަވެފައި ކަން އެނގެއެވެ.
“އޯ ގޯޑް.. އައި ޝުޑް ކިލް ދެޓް އަހުސަން…” ރަނާ އަހުސަން ދެކެ އިންތިހާއަށް ރުޅިއައިސްފައި ބުނެލިއެވެ. އެވަގުތު މަޣްރިބު ނަމާދު ބަންގީގެ އަޑު ޝިކާގެ ކަންފަތުގައި ޖެހުމުން އަވަސް އަވަހަށް ފާހާނާއަށް ވަދެ ވުޟޫކޮށްލިއެވެ. ރަނާ ވެސް ޝިކާ ވުޟޫކޮށްގެން ނިކުތުމުން ވުޟޫކޮށްލަން ވަނެވެ. އަދި ދެކުދިން އެކީގައި ނަމާދުކޮށްލިއެވެ. ނަމާދުކޮށް ނިމިގެން ސަލާމް ދިން ތަނާހެން ރީނާ އައިސް ކޮޓަރިއަށް ވަދެއްޖެއެވެ. އޭނާ ހުރީ މޭކަޕްކޮށް ނަލަހެދިގެންނެވެ. ހީވަނީ ވަރަށް ޚާއްސަ ތަނަކަށް ގޮސްފައި އައިހެނެވެ.
“އަދި މިދެމީހުން އެބަ އުޅެއެއްނު މާ ދީންވެރި ވެގެން..” ރީނާ ހިނިގަނޑެއް ޖަހާލުމަށްފަހު ބުނެލިއެވެ. ރަނާ އާ ޝިކާ އެއްވެސް އެއްޗެކޭ ނުބުނެއެވެ. ޢިޝާ ނަމާދު ބަންގި ގޮވަންދެން ދެކުދިން ޤުރުއާން ކިޔަވަން މުޞައްލަ މަތީގައި އިނީއެވެ. ޢިޝާ ނަމާދަށް ގޮވުމުން ދެކުދިން ނަމާދު ކޮށްލައިގެން ދިއައީ ސިޓންގރޫމް ތެރެއަށެވެ. ވާހަކަ ފޮތެއް ހިފައިގެން އޮތް ރީނާއަށް އެއްވެސް ސަމާލުކަމެއް ނުދެއެވެ. މިކަން ރީނާއަށް އެހާ ކަމަކު ނުދިއައެވެ. އޭނާ އަކީ އަބަދުވެސް އެންމެންގެ ސަމާލުކަން ހޯދަން ބޭނުންވާ ކުއްޖެކެވެ. އެކަމާ ރުޅިއަރައިގެން ހަޅޭއްލަވައިގަނެފައި ކިޔަން އޮތް ފޮތުގެ ގަނޑުތަށް ވެސް ވީދާލިއެވެ.
“ހެހެހެ.. މިހާރު ތިއްތަ ހުންނާނެ ރުޅިއައިސް ރަތް ވެފަ.. ބިކޯސް ވީ އިގްނޯޑް ހަރ.. މިގޮތަށް ގިނަ ގިނައިން އޭނަ އިގްނޯރ ކުރަންވީ.. ދެން އޮންލީ ޝީ ވިލް ލާން އަ ލެސަން… ” ރަނާ ޝިކާ ގާތު ހެމުން ހެމުން ބުނެލިއެވެ. އެދެކުދިން ތިބީ ސިޓިންގްރޫމް ސޯފާގައި އިށީންދެގެންނެވ. ރަނާ އެހެން ބުނުމުން ޝިކާ ގާތަށް ވެސް ހިނިއައެވެ. އެދެކުދިން ގެ މެދުގައި ގުޅުން ބަދަހިވަމުން ދިއައީ ހީވެސް ނުކުރާހާ އަވަހަށެވެ. މިހާރު އެދެކުދިން ވެފައިވަނީ ގާތް ދެ ރަހުމަތްތެރިންނަށެވެ.
ދޮރު ހުޅުވުނު އަޑަށް ޝިކާ އެދިމާއަށް ބަލާލެވުނެވެ. ފިރިހެން ކުދިންގެ ކޮޓަރިން އަމީން ނިކުންނަތަން ފެނުމުން ޝިކާ ލަދުގަތެވެ. މިއަދު ޝިކާއަށް ނޭނގި އަމީން ގަޔަށް ފެންއެތި އުކާލެވުމުންނެވެ. އަމީން ޝިކާދެކެ ރުޅިނާންނާނެ ކަމެއްވެސް ނޭނގެއެވެ.
“ހައި ރަން…” އަމީން އައިސް އަނެއް ފަރާތުގައު ހުރި ސޯފާގައި ޖައްސާލަމުން ރަނާއަށް ގޮވާލިއެވެ. ރަނާ ހޫމް އެކޭ ބުނެލިއެވެ.
“ޔޫ… މަ ގަޔަށް ފެން އުކި ކުއްޖާ…” އަމީން ކުއްލިއަކަށް ޝިކާއާ ދިމާއަށް އިށާރާތްކޮށް ބުނެލުމުން ޝިކާ ވަރަށް ހާސްވިއެވެ. ޝިކާ ހާސްވާތަން ފެނުމުން އަމީން ގާތަށް ހިނިއައެވެ.
“ޢީދެއް ނާދެޔޭ އަދި ކަނބުލޯ… ޢީދު އައީމަ ފެންޖަހާލަން ވާނެ ދޯ…” އަމީން ވަރަށް މަޖާވެފައި ބުނެލިއެވެ. ޝިކާ އެވަގުތު އިސްއުފުލާ އަމީން އާ ދިމާއަށް ބަލާލިއެވެ. އޭނާ ޝިކާ ދެކެ ރުޅިނާންނަނީ ކީއްވެބާއެެވެ؟ އެހެން މީހަކުނަމަ ޝިކާ ދެކެ ރުޅި އަންނާނެކަން ޔަޤީނެވެ.
“ކޮން ނަމެއް ކިޔަނީ؟؟” އަމީން ޝަޢުޤުވެރިކަމާއެކު ޝިކާ ގާތު އަހާލިއެވެ.
“ޝިކާ…” ޝިކާ ގެ ދުލުން އެބަސް ބޭރުވި ގޮތެއް ޚުދް އޭނާ އަކަށް ވެސް ނޭނގުނެވެ. އޭނާ އަކީ އެހެންނޫނިއްޔާ ނުދަންނަ މީހުނާ ވާހަކަ ދައްކަން ވަރަށް ޖެހިލުންވާ ކުއްޖެކެވެ. ނަމަވެސް އޭނާއަށް އަމީން އާ ވާހަކަ ދައްކަން ވަރަށް ފަސޭހަވިއެވެ. އަމީން ޝިކާ އާ ތަފާތު ސުވާލުތަށް ކުރަމުން ގެންދިއައިރު އޭނާ ގެންދިއައީ އެ ސުވާލުތަކަށް އެއްވެސް ޖެހިލުމެއް ނެތި ޖަވާބު ދެމުންނެވެ. ރަނާ އަނގަހުޅުވިފައި އެމަންޒަރު ބަލަން ހުއްޓެވެ. އެވަގުތު ކޮޓަރިން ނިކުމެގެން އައި ލިވާން އާ އަހުސަނަށް މިމަންޒަރު ފެނުމުން އެދެމީހުންވެސް ފުދޭ ވަރަކަށް ހައިރާންވިއެވެ.
“އަމީން.. ކައެ ތީ ކަޓު އަންހެންކުދިންނާ ވާހަކަ ދައްކާ މީހެއްނޫނެއްނު…؟” އަހުސަނު އައިސް އަމީން ގާތު އިން ގޮނޑީގައި ޖައްސާލަމުން ބުނެލިއެވެ. ލިވާން ވެސް އެތަނުގަ އިށީންދެފައި ޝިކާ އާ ދިމާއަށް ބަލަން އިނީ ޝަކުވާގެ ނަޒަރަކުންނެވެ. އޭނާ ވާހަކަ ދެއްކީމައި އަނގައިން ނުބުނެފައި އަމީން އާ އެހާ ފަސޭހަކަމާ އެކު ޝިކާ ވާހަކަ ދައްކަނީ ކީއްވެގެންހެއްޔެވެ؟
“އަހުސަން… ޝީ އިޒް އަ ގްރޭޓް ގާލް… އައި ލައިކް ހާރ..މި ބުނީ ފްރެންޑެއް ގޮތަށް ލައިކްވާ ވާހަކަ…” އަމީން އަހުސަން ގާތު ބުނެލިއެވެ. އެވަގުތު ޝިކާ އަމީން އަށް ބަލާލާފައި ހީލިއެވެ. ޝިކާ ހީލިތަން އަހުސަނު އަށް ފެނުނު މީ ފުރަތަމަ ފަހަރެވެ. އެ ކުއްޖާ ހީލާއިރު ކޮލަށް އެޅޭ އަޑިކޮޅުގެ ސަބަބުން ވަރަށް “ކިއުޓް” ކަމަށް ދައްކައެވެ. އަހުސަނު ޝިކާ އާ ދިމާއަށް ކަޅިޖަހާ ނުލާ ބަލާތަން ފެނުމުން ޝިކާ އޭނާ އާ ދިމާއަށް ކަޅި އަޅާލިއެވެ. އަހުސަނު ވަގުތުން އެހެން ދިމާއަކަށް ބަލާލިއެވެ. ލިވާންއަށް ވުރެ ކުރިން ޝިކާ އަމީން އާ ގާތްކަން ބޭއްވުމުން އޭނާގެ ހިތަށް ބުނެދެން ނޭނގޭ ކަހަލަ ގޮތްތަކެއް ވަމުން ދިއައެވެ. އެންމެ ފަހުން އެތަނުގައި ނުހުރެވިގެން ބާރުބާރަށް އެނބުރި ކޮޓަރިއަށް ދާން ހިނގައިގަތެވެ. ކޮޓަރިއަށް ވަދެ ދޮރުޖެހިއިރު ހަމަ ރަނގަޅަށް ވެސް އޭނާގެ ދެލޯ ފެންކަޅިވެއްޖެއެވެ.
“އަހަންނަށް މިވަނީ ކީއްތަ؟” ލިވާން ލޯގަނޑު ކުރިމައްޗަށް ހުއްޓި ދެއަތުން ބޮލުގައި ހިފަހައްޓާލިއެވެ.
“ޝިކާ… އައި ތިންކް އައި ލަވް ޔޫ…” ލިވާން މަޑުމަޑުން ބުނެލިއެވެ. އޭނާ ހިތުގައި އަތް އަޅާލިއިރު ހިތް ބާރުބާރަށް ތެޅެމުން ދެއެވެ. ” ނޯ.. ޔަޤީން ހަމަ… އަހަރެންނަށް އޭނާ ދެކެ ލޯބި ވެވިއްޖެ…” ނަމަވެސް ލިވާން އޭނާ ގެ ހިތުގެ ހާލު އެއްވެސް މީހަކަށް އަންގާކަށް ބޭނުމެއް ނުވެއެވެ. އެހެންވެ އަވަސް އަވަހަށް ކަރުނަތައް ފުހެލުމަށްފަހު ފާހާނާއަށް ވަދެ މޫނު ދޮވެލިއެވެ.
**********************
ދުވަސްތަށް ފާއިތުވަމުން ގޮސް ސްކޫލް ހުޅުވެން އެއްދުވަހަށް ވެއްޖެއެވެ. ޝިކާ އާ ރަނާ އުޅުނީ އެ ގޭގެ ލޯންޑްރީ ބައިގައި އަނެއްދުވަހު ސްކޫލަށް ދާންވާއިރަށް އެކުދިންގެ ޔުނީފޯމު އިސްތިރިކުރުމުގައެވެ. ހަލީމާ ކިޔައިދިން ގޮތުގައި އެގޭގައި އުޅޭ ހުރިހާ އަންހެން ކުދިންވެސް އެކުއްޖެއްގެ އެއްޗެހި ދޮވެ އިސްތިރިކޮށް ހަދަންޖެހޭނީ އަމިއްލައަށެވެ. ނަމަވެސް ހުރިހާ ފިރިހެން ކުދިންގެ އެއްޗެހި ދޮވެ އިސްތިރިކޮށް ހަދަނީ ހަލީމާއެެވެ. ޝިކާ އިސްތިރި ކުރަންވެގެން އޭނާ ގެ ފޯނު މޭޒުމަތީގައި ބޭއްވިއެވެ. އަދި ޔުނީފޯމު ބުރުގާ އިސްތިރިކުރަން ފެށިއެވެ. އެވަގުތު ފޯނަށް މެސެޖެއް އައި އަޑު އިވިގެން ދިއައެވެ. ޝިކާ އަށް އެމެސެޖު ފޮނުވީ ތާމިން ކަން ޔަޤީން ވާތީވެ އޭނާ އުޅުނީ އަވަސް އަވަހަށް ފޯނު ނަގައި މެސެޖު ކިޔާލާށެވެ. ނަމަވެސް އެއަށް ވުރެ ކުރިން މޭޒުމަތީގައި އޮތް ފޯނު ޖަހައިގަނެގެން މީހަކު ގެންގޮސްފިއެވެ. ޝިކާ ސިހިފައި ފަހަތް ބަލާލި ވަގުތު އަހުސަން ހުރީ އޭނާގެ ފޯނުގެ ސްކްރީނަށް ބަލަހައްޓައިގެންނެވެ. ޝިކާ ފޯނު އަތުލަން އުޅުނެވެ. ނަމަވެސް އަހުސަނު ފޯނު މައްޗަށް ހިއްލާލުމުން އޭނާ އަށް ފޯނުގައި އަތްޖެހޭ ގޮތެއް ނުވިއެވެ. ޝިކާ އަރަނީ އަހުސަނު ގެ ކޮނޑާ ހަމައަށެވެ. ޝިކާ ފޯނު އަތުލުމަށްޓަކައި ފުންމަން ފެށުމުން އަހުސަނު ހެމުން ހެމުން ފޯނު ހިފައިގެން ސިޓިންގްރޫމު ގައި ހުންނަ ސޯފާ ވަށާލަ ދުވަންފެށިއެވެ. ޝިކާ ހިނދުކޮޅަކަށް އަހުސަނު ފަހަތުން ދުއްވައި ނުގަނެ ހުއްޓެވެ.
“އާދޭ އަތްލަން ބޯކިބާ!” އަހުސަނު ދުވަމުން ދުވަމުން ގޮވާލިއެވެ. އަހުސަނު އުޅޭ ގޮތުން ޝިކާ ހުރީ ހައިރާން ވެފައެވެ. ހީވަނީ ކުޑަކުއްޖެއް ހެނެވެ. އަހުސަނު ޝިކާ އާ ދިމާއަށް ދޫ ދިއްކޮށްލުމުން ޝިކާ ގާތަށް ރުޅިއައިސް ފިއެވެ. އަދި އަހުސަނު ސޯފާ ވަށާލަ ދުވަމުން ދިޔަކޮޅު ނޫން އަނެއް ކޮޅުން ޝިކާ ދުއްވައިގަތެވެ. ޝިކާ އެހެން ހަދާފާނެކަމާ މެދު ނުވިސްނާ ހުރި އަހުސަން އަށް އޭނާ ގެ ދުވުން ކޮންޓޮރޯލް ނުވެގެން ގޮސް ބަން ލާފައި ޖެހުނީ ޝިކާގެ ގައިގައެވެ. އެއާ އެކު އަހުސަނު އާ އެއްކޮށް ޝިކާ ފަހަތަށް ވެއްޓެން ދިއައެވެ.
ބާރު އަޑެއް އިވުމާއެކު ރަނާ ލޯންޑްރީ ބައިން ސިޓިންގްރޫމަށް ބޯދިއްކޮށްލިއެވެ. އެއާ އެކު އޭނާގެ އަނގަހުޅުވިގެން ދިއައެވެ. އެވަގުތު ގެއަށް ވަންނަން އައި އަމީން އަށް އެމަންޒަރު ފެނުމުން އޭނާ ގާތަށް ވަރަށް ހިނިއައެވެ. ނަމަވެސް ހިނގަނޑު ހިންދާލަމުން ވަރަށް ސީރިއަސް ވެލާފައި ބާރަކަށް ކަރުކެހެލިއެވެ. ޝިކާ ގެ ގައިމަތީގައި އޮތް އަހުސަނުއަށް ހޭވެރިކަމެއްވީ އެވަގުތުއެވެ. އަވަސް އަވަހަށް ތެދުވެ ގައި ފޮޅާލިއެވެ. ޝިކާ ވެސް އަވަހަށް ތެދުވެ، އަހުސަން އަތުގައި އޮތް ، އޭނާގެ ފޯނު ޖަހައިގަތެެވެ.
“ސާބަސް… ކަމެއް ކުރަންޏާ ދެމީހުން ކޮޓަރިއަކަށް ވަދެބަލަ…” އަމީން ހިނިގަނޑެއް ޖަހާލާފައި ބުނެލިއެވެ. އެވަގުތު އަހުސަން ޔޫ ޑާޓީ މައިންޑް އޭ ކިޔައި އަމީން ގެ ފަހަތުން ދުއްވައިގަތެވެ. އަމީން ވެސް އަހުސަނުގެ އަތު ނުޖެހެން ވެގެން ދުއްވައިތެވެ. ޝިކާ ގެ މޫނަށް އޭރު ހުރީ ޖަންބުކުލަ އަރާފައެވެ. އޭނާ ހުރީ ވަރަށް ވެސް ލަދުގަނެފައެވެ. މޫނުގައި އަތް އަޅަމުން އޭނާ ކޮޓަރިއަށް ދުއްވައިގަތީ އެވަގުތު ކައިރިއަށް އައިސް ހުރި ރަނާ އާ ދިމާއަށް ބަލާވެސް ނުލައެވެ. ޝިކާ ކޮޓަރިއަށް ވަދެ އެނދުމައްޗަށް ވެއްޓިގަތެވެ. ވެއްޓިގަތް ކަމެއް ނޭނގެ އަނެއްކާވެސް ތެދުވެ އެނދުގައި އިށީންދުނެވެ.
“ދެންމެ ކިހިނެއް އެވީ؟” ޝިކާ މަޑުމަޑުން ކިޔާލިއެވެ. “އަޅޭ،… ދެންމެ ކިހިނެއް އެވީ؟؟” ކިރިޔާ ލަދުން ގޮސް މަރުނުވީ… ދެން… ކިހިނެއް އޭނާ ގެ ކުރިމައްޗަށް ދާން ކެރޭނީ؟”
“ވަރަށް ފޫހިވާ މީހެއްތީ…ވަރަށް ފޫހިވޭ…” ޝިކާ އަހުސަނު އާ ދިމާއަށް އެއްޗެސް ކިޔަންފެށިއެެވެ. އަދި އެއްޗެސް ކިޔަމުން އޭނާ ގެ ބާލީހުގައި ތަޅަން އިން ގޮތުން ހީވަނީ އެ ބާލީހަކީ އަހުސަނުހެނެވެ. އެތެރެއަށް ވަދެގެން އައި ރަނާއަށް މިމަންޒަރު ފެނުމުން އޭނާ ގާތަށް ހިނިއައެވެ.
“ޝިކް.. ދެޓް ވޯސް އެން އެކްސިޑެންޓް… ޖަސްޓް ލީވް އިޓް…” ރަނާ އައިސް ޝިކާ ގާތު އިށީންނަމުން ބުނެލިއެވެ.
“އެކަމަކުވެސް ހެޔޮ.. އޭނަޔާ ހެދި އެހެންވީ.. ވަރަށް ފޫހިވޭ އެމީހާގަނޑު ދެކެ…” ޝިކާ މޫނަށް ވައްތަރެއް ޖައްސާލަމުން ބުނެލިއެވެ. އެއާއެކު އޭނާގެ ފޯނަށް މެސެޖެއް އައި އަޑަށް ސިއްސައިގެން ދިއައެވެ. ބަލާލިއިރު ތާމިން ގެ މެސެޖަށް ރިޕްލައި ނުކޮށްގެން ތާމިން އަނެއްކާވެސް މެސެޖް ކުރީއެވެ.
“އަހުސަނު ގަނޑާހެދި ލަހުން ރިޕްލައި ކުރެވެނީ..” ޝިކާ އަހުސަނާ ދިމާއަށް އެއްޗެސް ކިޔަމުން ރިޕްލައި އެއް ލިޔެލިއެވެ. އަދި ރަނާ އާ އެކު ލޯންޑަރީ އަށް އަނެއްކާވެސް ދިއައީ އިސްތިރިކޮށް ނުނިމޭތީއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
30 Comments!
Comments are closed.







hellw.. Mi part ves reethi vaane kamah ummeedhu kuran… 🙂
And ofcourse “RAMAXAAN KAREEM” to all… 🙂
Varah reethi mi bai ves…. ? waiting for the next part… next part up vaanee Jon irakun… Ramadan Mubarak ?
Thanks Liixii.. 🙂 Liaa ah vaguthu veehaa avahakah liyefa up kuraanan inge
v reethi. but hurihaakudhinnavves kamudhany shikaa dhoa. Amin vestha? ehenvejjiya v kada. shika v kanthahthaka kurimathilaan jeheyne kanneyge dhoa?
hehe.. dhen story kuriyah dhaa varakun ingeyne dhw vaagoi… 🙂
Me bunaani 4 boyxx ulheynee shikaa fahathunney.. Thamin ahusan livaan n ameen… Eyrun heyvey majaavaane hen.. N mi bai vexx hama FAB!! Waiting fo da next part.. 🙂
Thank u so much meesha 🙂
hahha.. dhw meesha.. shikha vex.. kaakah baa shikhaa libeyny.. varah habeys.. keep going ☺☺
Thank u aff 🙂
Thaamin ah shikaa dhinyma vaahaka reethivaani.. .
Aish.. Faharehge hama thaamin ah ves shikaa libidhaanennu .. kiyaalahcehey story nimendhen 🙂
Thi enmen enme fahun shika dheke kanneynge lwbi vaany hehe. ….story v salhi ..ramzan mubarak liaa
Thank u appy 🙂
Liaa.. Hama habeys ingey! i really dont like that Ahusanu. Abadhu Shikaa fakeerah jehsun kuraanyyy!! keep it upp 😉 RAMAZAn mubaaaaarik
Thanks harry 🙂
Mibai vv majaa LOL ♡ vv salhi. Nxt prt kiyaahithun moya vany.. varah varah salhi
Waitting Liaa v molhu
Thank u so much pinky:)
guyss..happy ramazan mubaaric ..stry habeys ..?
Liaaaa….☺ hmmmm marks dhey gadi dhw?? Its very nice keep it up!! IraadhakurehviyyAa thy molhu liyintheriakah vaane all the best dear…… my support is wid u and just waiting 4 next part……
Thanks asurumaa 🙂
Varah maja?? LoL happy ramazan mi part ves salhi☺☺☺
Thank u maisha 🙂
Varan salhi..ramazan mubaaric
thank u moed 🙂
Mistakes ebahuri. Misaalakah ehchis, isheendhuneema kahala. mikanthahthah rangalhu kohlaane kamah unmeedhu kuran
varah majaa.. dhen hama v salhi.. i think shikaa libeyny LIvaan ah 🙂 plx shikaa livaan ah dhybaa.. waitin 4 next part
Liaa.. Hama varah salhi.. Thee molhu liyuntheri eh.. Gud luck.. Waitingggg for nxt part.. And Ramaxan mubaarak 😉
Thanks yoyo
Evves Reecheh Noon
MI partx vex v v v rythi..hama v furihama..keep it up..:):):)