Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

މަންޝާ (ބާވީސްވަނަ ބައި)

Shax Lyn
June 5, 2016
8 Mins Read
73 Views
17 Comments

ޒިބާން ގެއިން ބޭރަށް ނުކުތެވެ. ދަންވަރުގެ ވަގުތެއް ކަމުން މަގުމަތިން އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އެހާވެސް ހަމަހިމޭނެވެ. މަންޝާގެ ކޮޓަރިން ބޭރަށްވާ ބެލްކަންޏާ ދިމާލަށް ޒިބާން ބަލާލީ ރުޅި ވެރިގޮތަކަށެވެ. އޭރު ބެލްކަނި ތެރޭގައި ހުރި އަލިގުޅަ ޒިބާނަށް ފެނުނެވެ. އެހިނދު ޒިބާންގެ ދެލޯ ރުޅިވެރިކަމާއި އެކީ ރަތްކުލައިން ދިއްލިގެން ދިޔައެވެ. މަންޝާ ކައިރިއަށް ނައުމަށް އިންޒާރު ދިނުމުންވެސް އޭނާއަށް ހިމޭނުން ނުހުރެވުނީ ހެއްޔެވެ. ދެއަތް މުށްކަވާލަމުން ޒިބާން ކުރިއަށް ޖެހިލަމުން ހަޅޭއްލަވައިގަތެވެ. “މިތަނުން ރައްކާވޭ…”

*** *** *** *** *** ***

ރޭގަނޑު ހަތަރުދަމު ހޮސްޕިޓަލުގައި އިންނަން ޖެހުމުން ރިޔާޒް އިނީ ވަރަށް ވަރުބަލިވެފައެވެ. ނިދިގެން ތާއްޔާ ޖެހެމުން ދާތީ ރިޔާޒް ފޯނު ނަގައިގެން ފޯނުން ގޭމެއް އަޅުވާލިއެވެ. އެހެން އިންނަތާ އިރުކޮޅެއް ވީފަހުން އައި.ސީ.ޔޫއިން އާމިނަަގެ އެހީތެރިޔާއަށް ގޮވާލިއެވެ. ރިޔާޒްގެ ހިތުގައި އެތައް ސުވަލުތަކެއް ފެންމަތިވިއެވެ. މަންމައަށް ކަމެއްވީކަމަށް ހީކުރެވުނެވެ. އެހެންކަމުން ގޮނޑިން ތެދުވެ އައި.ސީ.ޔޫއާ ދީމާއަށް އަވަސްވެގަތެވެ.

ނަރުސް ކުއްޖާ ހުރީ ރިޔާޒް އަަންނާނެ ވަގުތެއްގެ އިންތިޒާރުގައެވެ. ރިޔާޒް ފެނުމާއި އެކީ އައި.ސީ.ޔޫ ތެރެއިން އެއްކައިރިއަށް ނަރުސްކުއްޖާ ޖެހިލިއެވެ. އިންތިޒާރުގައި ހުރި ރިޔާޒް ދިޔައީ ސީރިއަސް ކަމާއި އެކީ ނަރުސްކުއްޖާއަށް ބަލަމުންނެވެ.

“އާމިނަގެ ހާލު މިހާރު ރަނގަޅުވަމުން ދާތީ ޑޮކްޓަރ އިރުޝާދު ދިނީ ރޫމަށް ބަދަލުކުރަން… ރޫމްގައި ބާއްވާއިގެން އާމިނަގެ ހާލު އޮބްޒާވް ކުރާނީ… މި ފޯރމް ހިފައިގެން ތިރިން އެޑްމިޝަން ކައުންޓަރަށް ދުރުވޭ… އޭރުން ތި ބޭފުޅުން ބޭނުންވާގޮތަށް އާމިނަ ވޯޑަށް ނޫނީ ރޫމަށް ބަދަލުކުރުމުގެ ކަންތައް ހަމަޖެއްސޭނެ…” ނަރުސްކުއްޖާ ދިއްކޮށްލި ގަނޑުތަކުގައި ހިފަމުން ރިޔާޒް ކައުންޓަަރާ ދިމާއަށް ދިޔައެވެ. ރިޔާޒަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބިގެން ދިޔައެވެ. ކައުންޓަރުން ހަވާލުކުރި ފޯމް ފުރުމަށް ފަހު ޕްރައިވެޓް ކޮޓަރިއަކަށް އާމިނަ ބަދަލު ކުރުމުގެ މަސައްކަތް ފެށިއެވެ.

ހެނދުނު ދިހައެއް ޖެހި އިރުވެސް ޟިރާރުގެ ޚަބަރެއް ނުވުމުން ރިޔާޒް އޭނާގެ ބައްޕައަށްް ގުޅާލިއެވެ. ފޯނަށް ޖަވާބު ދިން ޟިރާރު އޮތީ އަދިވެސް ނިދާފައެވެ. އާމިނަ ކޮޓަރިއަށް ބަދަލުކުރާ ވާހަކަ ބުނުމުން ޟިރާރު ދެލޯ ހުޅުވުނެވެ. ލޮލުގައިވާ ނިންޖާއި ވަރުބަލިކަން އެކީ ފިލައިގެން ދިޔަކަހަލައެވެ. ޟިރާރު އަވަސްވެގަތީ ހޮސްޕިޓަލަށް ދިޔުމަށެވެ.

*** *** *** *** *** ***

ގަދައަށް ނިދާފައި އޮތް އަޒީމަށް ހޭލެވުނީ ހޫނު ވާން ފެށުމުންނެވެ. ބެލްކަނީ ދޮރުން ކޮޓަރި ތެރެއަށް ވަދެފައިވާ އިރުގެ ދޯދީތަކުން ހޫނުކަން އިހްސާސް ވަމުންދިޔައެވެ. ދެލޯ ހަނިކޮށްލަމުން ކޮޓަރި ތެރެއަށް ބަލާލިއެވެ. އަޒީމަށް މި އޮވެވުނު ތަން ރޭކާލިއެވެ. އޭނާ މިއޮތީ ޒޭބާގެ ކޮޓަރީގައެވެ. ވަށައިގެން މުޅި ކޮޓަރި ތެރެއަށް ނަޒަރު ހިންގާލެވުނެވެ. ކޮޓަރިތެރެ ވަނީ އެބަަޑި ބަޑިން ޖަހާފައެވެ. އެނދުމަތީގައި އޮތް ހަތަރު ބާލިސްވަނީ ތަޅުން މަތީގައެވެ. ބެޑްޝީޓް ގަނޑުވަނީ އެއްކޮށް ހޭވިފައެވެ. ސައިޑް ޓޭބަލް މަތީ ހުރި ސާމާނުތައްވެސް ވަނީ ބިންމައްޗަށް ވެއްޓިފައެވެ. ވާނުވާނޭނގި ހުރެ އަޒީމް އެނދުމަތިން ތެދުވީ ކޮޓަރިއަށް ވެފައޮތް ވަރު ފެނުމުންނެވެ.

އަޒީމަށް އޭނަހުރި ސިފަ ފެނުނީ ކުރިމަތީ ހުރި ރީތިވާ މޭޒުގެ ލޯގަނޑުންނެވެ. އޭނާގެ ހަށިގަނޑުގައި އެއްވެސް އަންނައުނެއް ނެތެވެ. ކައިރިން ފެންނަން އޮތް ފިޔާތޮށި ކުލައިގެ ތުވާލިން އޭނާގެ ހަށިގަނޑު ނިވާ ކޮށްލިއެވެ. އަދި ހިނގާފައި ގޮސް ލޯގަނޑު ކުރިމައްޗަށް ހުއްޓުނެވެ. އަޒީމްގެ ތުންފަތް މަތީގަޔާ ދަތްދޮޅިގައި ރަތްކުލައިގެ ލިޕްސްޓިކް ހޭކިފައި ހުއްޓެވެ. ތުންފަތުގައި އަތް ޖައްސާލި ވަގުތު ޒޭބާގެ ތުންފަތާ އަޒީމްގެ ތުންފަތް ބައްދަލުވެގެން ދިޔަ ވަގުތު ހަނދާންވިއެވެ. ޒޭބާގެ ތުންފަތުގައި ޖައްސާފައިވާ ލިޕްސްޓިކުން މަޑު ފޮނި ރަހައެއް ލިއެވެ. ދުވީ މީރު މޭވާއެއްގެ ވަހެވެ.

ލޯގަނޑާ ކައިރިވަމުން އަޒީމްގެ ކަރު ދަށާއި، މޭމައްޗަށް ބަލާލުމަށްފަހު ލޯގަނޑަށް ފުރަގަސްދެމުން އަޒީމްގެ ބުރަކައްޓަށް ބަލާލިއެވެ. ބުރަކަށީގެ ދެ ދިމާލެއްގައި ވަކި އެޅިފައި ހުރި ނިޝާނެއް ފެނުނެވެ. އަޒީމް ލޯ މަރާލީ އެވަގުތު ހަނދާން ކުރުމަށެވެ. ޒޭބާގެ ހަށިގަނޑުމަތީގައި އަޒީމް އޮތްވަގުތެވެ. ޒޭބާގެ ހަށިގަނޑާ ގާތް ވަމުން ދިޔަވަގުތެވެ. ދެމީހުން ތިބީ ދާ ހިތްލާ ފޯވެފައެވެ. ޒޭބާ އަޒީމްގެ ގައިގާ ބައްދާލިއެވެ. އަޒީމްގެ ބުރަކަށީގައި ވަކި އަޅުވާޅިލިއެވެ. އެވަގުތު ޒޭބާގެ އަނގައިން ނުކުތް އާހް އަޑާއި އެކީ ދެލޯ މަރާލިއެވެ.

އަޒީމްގެ ތުންފަތަށް ވެރިވީ ފަނޑު ހިނިތުންވުމެކެވެ. ފާޚާނާއަށް ވަނީ ފެންވަރާށެވެ. އެ ފާޚާނާގައި ފެންވަރާ ދިމާ ވަކިކުރަން ދަމާފައިވާ ރަބަރު ގަނޑުވަނީ ހަލާކުވެފައެވެ. އެތަނުގައި ހަރުކޮށްފައިވާ ހޮޅިއާ އެކީ އެ ރަބަރުގަނޑު ވަނީ ނެއްޓިފައެވެ. އަޒީމްމެން ފާޚާނާ ތެރޭ އުޅުނު މަންޒަރު ސިފަވެގެން ދިޔައެވެ. މާގަނޑު ދަށުގައި ދެމީހުން ތިބި ގޮތެވެ. ދެމީހުންގެ ދެމެދުގައި އެއްވެސް ދުރުކަމެއް ނުވާފަދައެވެ. ޒޭބާގެ އަތުން އެ ފޮތިގަނޑުގައި އެލިގަތެވެ. އަދި ކަކޫ ޖަހާ ތިރިވިއެވެ. އަޒީމަށް ކުރަމުން ދިޔަ އިހްސާސްތަކުން އެހޮޅީދަނޑީގައި ހިފަހައްޓާލެވުނެވެ. ޒޭބާގެ ހުނަރުވެރިކަން ހިތަށް އެރުމުން އަޒީމަށް ހިނިތުންވެވުނެވެ.

އަަޒީމް ފެންވަރައިގެން ފާޚާނާއިން ނުކުތެވެ. ރީތިވާ މޭޒުމަތީ ޗަރޖަށް ޖަހާފައި އޮތް ފޯނު ރިންގްވާން ފެށުމުން ފޯނަށް ޖަވާބުދިނެވެ. އެ ގުޅަނީ ނަވާފެވެ. “ހެއި… ކިހިނެތްވީ އޮފީހަށް ނާންނަ ދުވަހަކީތަ؟.. ބަލީތަ؟…” ނަވާފްގެ ސުވާލުތައް އަޑުއިވުމުން އަޒީމް އޮފީހަށް ދާން ޖެހޭކަން ހަނދާންވިއެވެ.

“މިއުޅެނީ ދާން… ކުޑަކޮށްލަސްވީ ފަހުން ކިޔައިދޭނަން…” އަޒީމް އަވަސްވެގަތީ އޭނާގެ ކޮޓަރިއާ ދިމާއަށެވެ.

“އޯކޭ… އަޒީމް އަންނަން ދެން މަޑުކުރާނަން… އަހަރެން ސައިބޯން ދާންވެގެން އަޒީމް ނެތީމަ މިގުޅީ….އަވަހަށް އާދޭ…” ނަވާފް ފޯނު ކަނޑާލުމުން އަޒީމް ކޮޓަރިއަށް ވަދެ ޔުނީފޯރމް ލިއެވެ. އަވަސް އަރުވަލައިގެން އެ ގެސްޓް ހައުސުން ނުކުމެ ބަސް ސްޓޮޕާ ދިމާއަށް ދިޔައީ ފިހާރައަކުން ދަޅެއް ގަނެގެން އެ ބޮމުންނެވެ.

*** *** *** *** *** ***

ހެނދުނު ހެނދުނާ ހޭލައިގެން މަދީހާ ގޭތެރޭގައި އެކި މަސައްކަތްތައް ކުރުމުގައި އުޅުނެވެ. ވަރުބަލިކަމެއް އިހްސާސް ވާތީ ޖަގުން ޖޫސްފޮދެއް އަޅައިގެން ޖޯލިފަތީގައި އިށީނެވެ. މަދު އެތިފޮދު ބޮމުން ދިޔައިރު މަދީހާގެ މޫނުމަތިން ފެންނަނީ އުފާވެރިކަމެވެ. ދެއަހަރު ބައިގެ ކުއްޖެއް ކިހިލި ޖަހައިގެން ޖެހިގެން ހުރިގޭ ފާޒިރާ އެގޭތެރެއަށް ވަދެގެން އައިތަން ބަލަން މަދީހާ އޮތެވެ. ގޭ ވަށައިގެން ބޭރު ފާރު ހުންނަނީ މަގުމަތިން ދާ މީހުން ފެންނަހެން ދެ ފޫޓުގެ އުސްމިނަކަށެވެ.

“މަދީހާ… މިގޭ މިރުސް ގަހުން މިރުސްކޮޅެއް ލިބިދާނެތަ؟…” އެތެރެއަށް ވަދެގެން އައި ފާޒިރާ އަހާލިއެވެ.

“އާދޭ… މަ އެބަ އަންނަން މިރުސް ކޮޅެއް ބިނދެގެން… ކިތައް މިރުސް…” މަދީހާ ތެދުވެ ޖޫސްތަށި އަށިމަތީ ބަހައްޓަމުން ގަސްތައް ހައްދާފަ ހުރި ދިމާއަށް މިސްރާބު ޖެހިއެވެ. މަދީހާމެން ގޭގައި ތަފާތު އެކި ބާވަތްތަކުގެ ގަސްތައް ހައްދާފައި ހުރެއެވެ. އެހެންކަމުން ހިސާބުގަނޑު އަވަށްޓެރިން އެއްޗެއް ބޭނުންވިޔަސް މަދީހާ ގާތަށް އައިސް ހަދައެވެ.

“5 ވަރަކަށް މިރުސް ދީބަލަ… މިއުޅެނީ ހަވީރަށް ހެދިކާ ހަދާށާ މިރެއަށް ކައްކަން… ބޮޑު އީދަށް ޝޯވް ބާއްވާތަން ރީތިކޮށް ސްޓޭޖް ތައްޔާރުކުރާ މީހުންނަށް… އަހަރެމެން ގޯތީ ޒަކީ ބުނި މަދީހާ އައިސްދޭށޭ ބުނި ވާހަކަ… އޭނާއަށް ނާދެވިގެން އެއުޅެނީ އެތާ މަސައްކަތުގައި އުޅެން ޖެހޭތީ…” ފާޒިރާ ވާހަކަ ދައްކަމުން ޖޯއްޔެއްގައި އިށީނީ އޭނާގެ އުރުގައި އިން ދެ އަހަރުގެ އަންހެން ކުއްޖާ އުނގަށް ލައިގެންނެވެ.

“އެހެންތަ… އެހެންވިއްޔާ އަޅާނުލާ.. ފާޒިރާ ދުފާ ނުލާނަންތަ؟…” އަށިމަތީ އިން ފޯއް ތަބަށް ދިއްްކޮށްލަމުން ޖެހިގެން ހުރި ޖޯލީގައި މަދީހާ އިށީނެވެ. ފާޒިރާގެ އުނގުތެރޭގައި އިން ކުޑަކުއްޖާ އަތުން ވީއްލިގެން ދުވެފައި ދިޔައީ އަނބު ގަސް ދޮށުގައި އޮތް ބޯޅައެއް ފެނިގެން އެ ނަގާށެވެ. ފޯއް ތަބަށް ތެރެއިން ފޯކާ ބިލަތް ގަނޑެއް ނަގާ އެއްކޮށްލާ، އޮޅާލަމުން ފާޒިރާ އަނގަޔަށް ލިއެވެ. އެވަގުތު ގޭތެރެއިން އިވެމުން ދިޔަ އަޑު ފައްގަނޑަށް ސަމާލުކަން ދެމުން ފާޒިރާ ވާހަކަ ދައްކަން ފެށިއެވެ. “މީ ކޮންކަމެއް؟… އީދަށް ގޭތެރެ ރީތި ކުރަނީ ދޯ…”

“އާން.. އަސްލު މިސައްކަތް އަވަހަށް ނިންމަންވެގެން ޒަކީއަށް ގުޅީ… މިއުޅެނީ އީދަށް ކުލަލާ… ބަދިގެތެރޭ މޭޒެއް ޖަހާ… ގޭތެރެ ބަދަލުކޮށްލަން…” ފާޒިރާ އުނގުގައި އިން ފޯއް ތަބަކުން ފޯއްކޮޅެއް ނަގާ އަނގަޔަށް ލަމުން މަދީހާ ވާހަކަ ދެއްކިއެވެ.

“އެހެންތަ… މިގޭގަ ބޮކި ފައްޗެއް އެއްޗެއް ދަމާ ނުލަންތަ؟… މި ފަހަރު ބޮޑު އީދަށް ގިނަ ސްޓާރުންތަކެއްވެސް އަންނާނެ ކަމަށްވަނީ… ފަރާ… ބޭރަށް ނުނިކުމޭ އާދޭ އެތެރެއަށް…” މަދީހާ އަތަށް ފޯއް ތަބަށް ދެމުން ފާޒިރާ ހިނގައިގަތީ އޭނާގެ ދަަރިފުޅު ބަލައެވެ. އެ ކުއްޖާ އެތެރެއަށް ވެއްދުމަށްފަހު މަދީހާ ގާތަށް އެނބުރިއައެވެ.

“މިގޭގަ ބޮކިފަތިވެސް ހަރު ކުރާނަން… އެހެންޏާ… މަގޭ މަންޝާ އީދަށް އާދެޔޭ….” އަތުގައި ހުރި މިރުސްތައް ދިއްކޮށްލަމުން މަދީހާ ވާހަކަ ދެއްކިއެވެ.

“ނާހަމަދެތެއް… ވަރަށް ދުވަސްކޮށްފައި ދޯ އެ އަންނަނީ… މުނީރާމެންވެސް އާދޭ ދޯ… މިގެއަށް ހީވާނެ އީދެއް އަައިސްގެން އުޅޭހެން…. އޭ.. ދެން ދަނީއްޔޭ.. މަމީ މިގެއަށް މިރުސްް ބަލާ އައި މީހާ… ބަޝީރާމެން ތިބޭނެ ލަސްވެފަ…” މިރުސްތައް ހިފައިގެން ފާޒިރާ މިސްރާބުޖެހީ އޭނާގެ ދަރިފުޅު ނަގާށެވެ. ގޭތެރެއިން ނުކުމެގެން އައި މަޖުދީ ފެނުމުން މަދީހާ އަވަހަށް ޖޫސްތައްޓެއް އަޅައިދިނެވެ.

ޖޫސްތަށީގައި މަޖުދީ ހިފަމުން ވާހަކަ ދެއްކިއެވެ. “ދައްތާ.. މިހާރު ބަދިގެ މުޅިން ކަހަލަ ގޮތަކަށް މި ނިމުނީ… ދެން ފާޚާނާ ހަދަން ފަށަންވީ… ސާމާނުތައް ގަންނަން ދާން މިއުޅެނީ…”  އެވަގުތު މަދީހާގެ ފޯނަށް ބަލާލިއެވެ. ފޯނަށް އެ ގުޅަނީ މަންޝާއެވެ. ދުރަށް ޖެހިލަމުން މަޖުދީ ގާތު އަހާލިއެވެ. “އީދަށް މުޅިން ނިމޭނެދޯ… އީދަށް މިގޭ ކުދިންތައް އަަންނާނެ.. އެހެންވެ މިހާ އަވަސް އަރުވާލައިގެން މިއުޅެނީ….”

ޖޫސްތަށި ބޮއި ނިންމާލަމުން މަޖުދީ ބުނެލިއެވެ. “އާން އޭރަށް ނިމޭނެ…. އެކަމާ ހާސްނުވޭ…”

*** *** *** *** *** ***

ފޯނު ރިންގް ވޭވޭ ގޮސް ކެނޑުނު އިރުވެސް މަދީހާ ފޯނަކަށް ޖަވާބެއް ނުދިނެވެ. ފޫހިވެފައި ގޭތެރޭގަ މަންޝާ އިނީ ބޭރަށް ދާން ބޭނުން ނުވެފައެވެ. ރޭގައި ހިނގާދިޔަ ކަންތައް މަތިން ހިތަށް އަރާފައެވެ. އަޒީމަށް ވެވުނު ބޭވަފާތެރިކަން ހިތަށް އަރާފައެވެ. އެ ޚިޔާލުގެ ތެރޭ ގެނބެމުން ދިޔަ މަންޝާއަށް ސިހުމެއް ލިބުނީ އަތުގައި އޮތް ފޯނު ވައިބްރޭޓްް ވާން ފެށުމުންނެވެ. ފޯނަށް އެ ގުޅަނީ މަންޝާގެ މަންމައެވެ. އަވަހަށް ފޯނު ނަގާ ކަންފަތުގައި ޖަހާލިއެވެ.

“ދަރިފުޅު ގުޅި ގަޑި ވަރަށް ބުރަކޮށްހުރީ… އެހެންވެ ފޯނު ނުނެގުނީ… ކިހިނެއްވީ ދަރިފުޅާ….” މަދީހާ ވާހަކަ ދެއްކީ ވަރަށް ލޯބިންނެވެ.

“ކަމެއް ނުވޭ ހަމަ މަންމަ މަތިން ހަނދާންވީމަ ގުޅާލީ…. މަންމަ ކީއްތަ ތިކުރަނީ… ކޮން އަޑެއް އެ އިވެނީ…” ފޯނުގައި ހުރެ މަންޝާއަށް އިވެމުން ދިޔަ އަޑަކުން އަހާލީ މަންމަ ކުރާ މަސައްކަަތެއް އޮޅުން ފިލުވާށެވެ.

“މިއުޅެނީ ދަރިފުޅު ރަަށަށް އަންނަންވާ އިރަށް ފާޚާނާއެއް ހަދާ ބަދިގެތެރެ ހަމަޔަކަށް އަޅުވާލެވޭތޯ… މަންމައާ މާމައާ އެކަނި އުޅޭއިރު ކާމޭޒެއް ބޭނުމެއް ނުވާނެދޯ.. ދެން މިފަހަރު ގެއަށް މީހުން ގިނަވާނެތާ… މުނީރާމެންވެސް އަންނަ ވާހަކަ ބުނި…. އެހެންވެ މޭޒެއްވެސް ޖަހާލަނީ…” މަދީހާ ކުރަމުން ދިޔަ މަސައްކަތަށް މަންޝާ ތައުރީފް ކުރިއެވެ. ރަށަށްދާ ދުވަސް އައިސް ޖެހެންދެންް ކެތްނުކުރެވޭނެ ކަމަށް މަންޝާ ބުންޏެވެ. މަސައްކަތުގައި އަވަދިނެތި އުޅޭތީ މަދީހާއަށް މާ ގިނަ އިރަކު ފޯނުގައި މަޑެއް ނުކުރެވުނެވެ. އެހެންކަމުން އަޒީމަށް ސަލާމް ބުނަމުން މަދީހާ ފޯނު ބޭއްވިއެވެ.

މަންޝާގެ މަންމަ އެ ބުނި އެއްޗަކާ ދޭތެރޭ ވިސްނާލެވުނީ ދެނެވެ. ރަށަށް ހަސަންބެ ދާކަށް އިނގޭނަމަ މަންޝާ ދާން އެއްބަސް ނުވާނެއެވެ. ފޫހިވެފައި ހުރެ ޓީވީ ހުޅުވާލިއެވެ. ޓީވީން ދައްކަަމުން ދިޔަ މަންޒަރަށް ބަލަން ހުރި އިރު މަންޝާގެ ހިތުގައި އެނބުރިގަތީ ޒިބާންގެ ހިޔާލެވެ. ރަށުގައިވާ ހަފްތާއެއްހާ ދުވަަސްތެރޭ ޒިބާން ނުފެންނާނެތީ އެކަމާ ވަރަށް ދެރަވިއެވެ. މިހާ ލަސްވުމުން ދަތުރު ކެންސަލްކުރާކަށް މަންޝާގެ ހިތެއް ނޭދެއެވެ. މަންމަ ރަށުގައި ހުރެ އެހާ ބޮޑު ތައްޔާރީ ތަކެއް ވަމުންދާ ދަނޑިވަޅެއްގައި ދެން ނުދާނަމޭ ބުނެފިނަމަ މަންމަ ހިތުގައި ޖެހޭނެ ވަރު އޭނާއަށް އިހްސާސް ކުރެވެއެވެ.

ސޯފާ ކައިރީ ބަހައްޓާފަ އިން ދަޅުން މުށު ފުރާ ގުޅަކޮޅެއް ނަގާ އެ ކަމުން ސޯފާގައި މަންޝާ ހަމަޖެހިލިއެވެ.

*** *** *** *** *** ***

އާމިނަ ގާތަށް ޟިރާރު އައުމުން އެމީހުންނަށް ބޭނުންވާނެ ހުރިހާ ސާމާނެއް ހޯދައި ދިނުމަށްފަހު ރިޔާޒް ގެއަށް ދާން ހިނގައިގަތެވެ. އޭރު އާމިނައަށް އޮތީ ނިދިފައެވެ. އާާމިނަ ގާތުގައި ޟިރާރު މަޑުކޮށްގެން އިނީ މުސްހަފެއް ނަގައިގެން ކިޔަވާލަ ކިޔަވާލައެވެ.

ރިޔާޒަށް ގެއަށް އާދެވުނު އިރު މެންދުރު ވާން ގާތްވަަނީއެވެ. ގެއަށް ވަދެ ފައިވާން ބާލައި ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ. ކާ މޭޒުމަތީ ބަހައްްޓާފައިން ޖޫސްތައްޓާއި ޕެކެޓް ފެނުނެވެ. ޖޫސް ޕެކެޓް އައިސް-އަލަމާރިއަށް ލުމަށްފަހު ކޮޓަރިއަށް ވަނުމަށް އަވަސް ވެގަތެވެ. އޭރުވެސް މީރާއޮތީ އެނދުގައެވެ. ނުތެދުވެ އޮތުމުން ރިޔާޒް ކަންބޮޑުވިއެވެ. މީރާ ގާތަށް ޖެހިލަމުން މީރާގެ ނިތްކުރީގައި އަތް ޖައްސާލިއެވެ. ކަމަކު ދާކަށް ނެތެވެ. މީރާ އޮތީ ހުން އައިސްފައެވެ.

އަވަހަށް މީރާއަށް ގޮވާލިއެވެ. މިރާ ޖަވާބުދިނީ ކުރަކި އަޑަކުންނެވެ. މީރާއަށް ޖޫސްތައްޓެއް ގެނެސްދޭންހޭ އަހާލިއެވެ. ނަމަވެސް މީރާ ދެއަތަށް ބޯހޫރާލިއެވެ. ކިހިނެއްވީތޯ ރިޔާޒް ސުވާލު ކޮށްްލިއެވެ. “ރިޔާ.. އެ ޖޫސް ވަރަށް ނުބައި… އެ ޖޫސް ބޮއިގެން އަހަރެން ތިން ބުރަށް ހޮޑުލައިފިން… ޕްލީސް އެނޫން އެހެން ޖޫހެއް ގެނެސްދީ…” މީރާ އެނދުގައި އޮވެ ދެއަތަށް ފުރޮޅެމުން ބުނެލިއެވެ.

ރިޔާޒް އަވަހަށް އެ އެޕާޓްމަންޓުން ބޭރަށް ނުކުތީ ކުރުނބާ ކޮޅެއް ގަންނާށެވެ. ދެތިން ކުރުނބާއާއި، ލުނބޯ ކޮޅަކާއި، އާފަލާ އޮރެންޖް ކޮޅެއް ގަނެގެން ރިޔާޒް އައެވެ. މީރާ ފާޚާނާއަށް ވައްދާ ފެންވަރުވައިގެން ނެރުމަށްފަހު އެތަނުން ކުރުނބާއެއް ހަދައި ދިނެވެ. މީރާއަށް ކުރުނބާ ފެންވީ ވަރަށް މީރު ބުއިމަކަށެވެ. އިރުއިރުކޮޅާ މީރާއަށް ޖޫސްފޮދު ދެމުން ގޮސް މެންދުރުފަސްވީ އިރު މީރާ ގައިގާ ވަރުޖެހި ހުން މަޑު ވެއްޖެއެވެ. ދެން އެދެމަފިރިން ތައްޔާރުވީ ޑޮކްޓަރަށް ދައްކަން ދާށެވެ. މެންދުރުފަހު ތިނަކުން ބަލަންފަށާ ޑޮކްޓަރަށް ދައްކަން މީރާމެންނަށް ލިބުނީ ހަތްވަނަ ނަންބަރެވެ. އެހެންކަމުން ތިނެއް ޖަހާއިރަށް ދާން އެމީހުން ގެއިން ނުކުތެވެ.

*** *** *** *** *** ***

އިރުއޮއްސެމުން އައިވަގުތެވެ. މަންޝާ ހުރީ އާޓިފިޝްލް ބީޗް ގައެވެ. މީރާއާ ބައްދަލުކުރަން އައިސް އެމީހުން ވަނީ ބީޗުގައި ހުންނަ ޑައިނަމޯ އަށެވެ. ދެމީހުން ވާހަކަ ދައްކަމުން ދިޔައެވެ. މީރާގެ ބަނޑުބޮޑުވުމާއި ބެހޭ ގޮތުންނެވެ. އެކަަމާ މީރާ ހުރީ ވަރަށް ބޮޑަށް އުފަލުންނެވެ. ދުނިޔެ ރަންވެފައެވެ. މީރާއަށް ކުރަމުން ދިޔަ އިހްސާސްތައް ކިޔައިދޭން މަސައްކަތް ކުރިއެވެ. އެވާހަކަތައް އަޑުއަހަން މަންޝާހުރީ ހިނިތުންވެގެންނެވެ. ނަމަވެސް މަންޝާގެ ހިތް ރޮމުން ދިޔައެވެ. އޭނާ އެހެން ހުއްޓާ އޭނާގެ ހުރިހާ ރަހްމަތްތެރިންނަށް ކުދިން ލިބެނީއެވެ. ފުން ޚިޔާލެއްގެ ތެރޭ މަންޝާ އިންދާ ސިއްސައިގެން ދިޔައީ މީރާ އޯކާ ދެމެން ފެށުމުންނެވެ. އެމީހުން އަވަހަށް ޑައިނަމޯ ތެރެއިން ބޭރަށް ނުކުތެވެ.

“ކިހިނެއްވީ މީރާ؟… އަރ ޔޫ އޯކޭ…” މީރާގެ ބުރަކަށީގައި ފިރުމާލަމުން މަންޝާ ވާހަކަދެއްކިއެވެ.

“މަންޝާ… އަޅެ ވަރަށް އަވަހަށް ރިޔާޒަށް ގުޅައިދީބަލަ.. އައި ފީލް ސިކް..” އަތުގައި އޮތް ފެންފުޅިން ކޯވަރެއް ބޯލަމުން މީރާ ބުނެލިއެވެ. އެހެންކަމުން މަންޝާގެ ފޯނުން ރިޔާޒަށް ގުޅާލިއެވެ.

މާގިނަ އިރެއްނުވެ ރިޔާޒް ބީޗްކައިރިއަށް ސައިކަލުގައި އައެވެ. މީރާ ރިޔާޒްއާ އެކީ ދިޔުމުން މަންޝާ ގެއަށް ދާން ހިތަށް އެރިއެވެ. އެވަގުތު މަންްޝާގެ އިސްތަށިގަނޑުގައި ވައި ރޯޅިއެއް އެޅިލިކަން އެނގުނެވެ. ސިހިފައި މަންޝާއަށް ފަހަތް ބަލާލެވުނެވެ. ބީޗްގެ މޫދާވީ ސަރަހައްދު މަންޝާގެ ލޮލުގައި އަޅައިގަތެވެ. އެތަނަކީ ވަރަށް ހިތްފަސޭހަ މާހައުލެކެވެ.

މަޑު ފިޔަވަޅުތަކެއްގައި މަންޝާ ގޮސް ހުއްޓުނީ ބީޗް ކައިރީގައެވެ. އިރުއޮއްސުނު ވަގުތުކަމުން ތަންކޮޅެއް މީހުން މަދެވެ. ކައްޗަކަށް ތިރިއަށް އަޅާފައިވާ ހިލަ ގައުތަކުގެ ކައިރިފަށުގައި ހުއްޓިގެން ހުއްޓާ މަންޝާގެ ބުރަކަށީގައި މީހަކު ޖެހިގެންހެން ހީވިއެވެ. ފައި އަރިއަޅާލުމުން މަންޝާ ވެއްޓެން ދިޔަ ވަގުތު މަންޝާގެ އަތުގައި މީހަކު ހިފިކަން އެއީ އޭނާގެ ނަސީބެވެ. ދެލޯ މަރާ ފިއްތައިގެން އޮތް މަންޝާ ލޯ ހުޅުވާލިއެވެ. މަންޝާގެ ލޯކުރިމަތީ މިހުރީ ޒިބާނެވެ.

“މަންޝާ މިތާ ކީއްކުރަނީ؟…” ޒިބާން އަވަސް އަވަހަށް ސުވާލުކޮށްލީ ބޯ އަރިކޮށްލަމުން މަންޝާގެ ފަހަތަށް ބަލަމުންނެވެ.

“މީރާއާ އެކީ ޑައިނަމޯއަށް އައީ… އެއީ ވަރަށް ގާތް ފްރެންޑެއް…. މީރާ ދިޔައިމަ މިތަނަށް އައީ… ވެދާނެއްނު ޒިބާނާ ދިމާވާން ހުރީމަކަމަށް މިތަނަށް މި އާދެވުނީ…” މަންޝާ ހުރީ ޒިބާން ފެނުމުން ވަރަށް އުފަަލުންނެވެ.

“އެހެންތަ… އަވަހަށް އަޒީމަށް ގުޅަައިގެން ގެއަށްދޭ… އަހަރެން މިދަނީ ތަނަކަށް ދާންޖެހޭތީ…” އެހެންް ބުނުމަށްފަހު ޒިބާން ހިނގައިގަތެވެ. އަވަސް އަރުވާލާފަ ހުރި ގޮތުން ޒިބާން ކަމަކާ ހާސްވެފަ ހުރިކަން އޭނާގެ މޫނުމަތިން ދޭހަ ވެއެވެ. މަންޝާގެ ފޯނު ރިންގްވުމުން ފޯނަށް ބަލާލިއެވެ.

“ހަލޯ.. މަންޝާ.. ކޮންތާކު؟.. ގޭގަ ނެތީމަ މި ގުޅީ…” އަޒީމް ގެއަށް ވަތްގޮތަށް މަންޝާ ފެންނަން ނެތުމުން ސުވާލުކުރިއެވެ. މަންޝާ މިހުރީ ބީޗްގައި ކަމަށާއި އަޒީމް ބަލާ އައިސް ދިނުމަށް އެދުނެވެ. އަޒީމް އަންނަން ވާއިރަށް މަޖީދީ މަގަށް ވާގޮތަށް ހުރި ސްޓޭޖާ ދިމާއަށް މަންޝާ ހިނގައިގަތެވެ.

*** *** *** *** *** ***

ޒިބާންގެ ފިޔަވަޅު އަވަސްކޮށްލީ ޑައިނަމޯ ބިއްދޮށުގައިވާ އަނދިރި ގަސްތަކުގެ ނިވަލަށް އެމީހާ ވަނުމުންނެވެ. އެހިސާބަށް ދެވުނު އިރު ގަސްތަކުގެ މަަތިން އަލިގުޅައެއްހެން އޭތި ދަތުރު ފެއްޓިތަން ފެނުނެވެ. ދެފަަރާތަށް ބަލާލުމަށްފަހު މީހަކު ބަލަން ނެތްކަން ޔަގީންކޮށްފައި ޒިބާންވެސް އެނާގެ ހަށިގަނޑު ބިމުން މައްޗަށް އުފުލާލިއެވެ. ވައިގެތެރެއިން މައްޗަށް އެރުމަށްފަހު އަލިފާންކަނި ބުރުވަމުން އެ ނޫކުލައިގެ އަލިގުޅަފަހަތުން ޒިބާން މިސްރާބު ޖެހިއެވެ. އެ އަަލިގުޅަ ތިރިކުރީ މާލެއާ ދުރުން ކަނޑާދިމާލަށެވެ. ޒިބާންވެސް ވެސް އެހިސާބަށް އައިސް މަޑުކޮށްލިއެވެ. ދެމީހުންވެސް ތިބީ ލޮނުގަނޑުގައި ފައި ނުޖެހި ކިރިޔާއެވެ.

“ތާއިކެހި އަވަަ ބެނިންދީ މަންޝާއި އުނދަގޫ ނިކެރާ…” (ކަލޭކައިރީ އަހަރެން ބުނިންދޯ މަންޝާއާ އުނދަގޫ ނުކުރަން…) ޒިބާންގެ އަޑުވަނީ ބަދަލުވެފައެވެ. ސިފަވެސް ވަނީ ބަދަލުވެފައެވެ. ހުދުކުލައިގެ ދުންގަނޑެއްހެން އޮތް އޭނާގެ އިސްތަށިގަނޑު ވަޔާއެކު ވިހުރެމުން ދިޔައެވެ.

“ތައް މަ ހަވާލުކެޑެ މަސައްކަތުން ތެހެށީ ފެއިލްވެފެއި… ތާއިކެހި އެހިސާބަށް ނިއޭއްކެނައު ބެނިންދީ… މަންޝާ ބަނޑިއޮށް ދާރިއައްޓަކައި ތަ ހަމްދަރުދީ ވެނިއްޔާ… ތަ ހައުދަހައި ފިނޑިއެއި… އަފިރިން ވޭނޑެނެ ހާލައި ދޭތެރެ އެއްވެސް ވަރަކަށް ވިސްނީ… ތައް މިކަން ނިވޭހެއްކަން އެނގިގެން މަ އޭއްޖެހެނެއި… އަވަދެން ހުށުހެއި ކަމަކަސް ކެރާނެއި…” (ކަލެއަށް އަހަރެން ހަވާލުކުރި މަސައްކަތުން ތިހުރީ ފެއިލްވެފަ… ކަލޭ ކައިރީ އެހިސާބަށް ނުދައްޗޭ ބުނިންދޯ… މަންޝާ ބަނޑުގައިވާ ދަރިއަށްޓަކައި ކަލޭ ހަމްދަރުދީ ވަނީތަ؟… ކަލޭ ހާދަ ފިނޑިއޭ… އަހަރެމެން އުޅުނު ހާލާ ދޭތެރެ އެއްވެސް ވަރަކަށް ވިސްނާލިންތަ؟… ކަލެއަށް މިކަން ނުވާނެކަން އެނގިގެން އަހަރެންނަށް އަަންނަން މިޖެހުނީ… އަހަރެން ދެން ހުރިހާ ކަމެއްވެސް ކުރާނީ…) ނޫކުލައިގެ އަލިން ދިއްލިފައިވާ މަޚްލޫގު ވާހަކަ ދައްކަމުން ދިޔަ އިރު މޫދުގެ ލޮނުގަނޑު އެމީހުން ވަށާ އުފުއްލެމުން ދިޔައެވެ. ނަގުލު ރޯޅިއެއް ހެން އެދެމީހުން ވަށާ ވައި ދަރުވަމުން ދިޔައެވެ.

“މަންޝާ ގައި އިނގިލި ކުރިއަސް ނިޖައްސާހެތި… އަޑު އިވިގެއި… މަމީ ނިބެއި މީހަކާކަން ދައްކަލާށުން…” (މަންޝާ ގައިގަ އިނގިލި ކުރިވެސް ޖައްސާނުލާތި… އަޑު އިވިއްޖެތަ.. އަހަރެންނަކީ ނުބައި މީހެއްކަން ދައްކާލާނަން…) ޒިބާން ރުޅިގަނޑު ދިޔައީ ގަދަވަމުންނެވެ. ޒިބާންގެ ހަޅޭކުގެ އަޑާއި އެކީ ވިދާޅުމަށްފަހު ގުގުރާލިއެވެ.

ދެން ހުރި މަޚްލޫގު ބަރު އަޑުން ހޭންފެށިއެވެ. “ތަކަށް ނިއެނގެއި… އިންސާނުންނަކީ ހައުދަހައި މަކަރޮވެރި ބާކީންނޭ… ތައް އަދިފަހުން ވިސްނޭހެއް” (ކަލެއަކަށް ނޭނގޭތަ؟.. އިންސާނުންނަކީ ހާދަ މަކަރުވެރި ބައެކޭ… ކަލެއަށް އަދި ފަހުން ވިސްނޭނެ…)

އެބުނި އެއްޗަކާއި ދެތެރޭ ޒިބާން ވިސްނާލަން ހުއްޓާ އޭނާ އެތަނުން ގެއްލުނެވެ. އަދި އެ ނަގޫރޯޅީ މަޑުވެއްޖެއެވެ. ޒިބާން އަވަސްވެގަތީ މަންޝާ ހުރި ތަނެއް ހޯދާށެވެ. އިތުރު ހާނިއްކައެއް މަންޝާއަށް ދީފާނެތީއެވެ.

(ނުނިމޭ)

25
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Shax Lyn

Other Articles

Previous

ތީއެ ހިތުގާ މިވާ ވިންދަކީ ލޯބިވާ……

Next

Ramazaan mubarick

Next
June 5, 2016

Ramazaan mubarick

Previews
June 5, 2016

ތީއެ ހިތުގާ މިވާ ވިންދަކީ ލޯބިވާ……

17 Comments

  1. Shax Lyn says:
    June 5, 2016 at 11:02 pm

    ވާހަކަ ގެނެސްދިނުން ލަސްވިކަމަށްޓަކައި ކިޔުންތެރިންގެ އަރިހުން މައާފަށް އެދެން
    މި ރަމްޟާން މަހު މަންޝާ ވާހަކަ ގެނެސްދޭނީ ހަފްތާއަކު އެއް ފަހަރެވެ. ކޮންމެ އާދިއްތަ ދުވަހެއްގައި ވާޙަކަ ގެނެސްދޭން މަސައްކަތް ކުރާނަމެވެ.
    ހުރިހާ ކިޔުންތެރިންނަށް ރަމްޟާން މުބާރިކް….

  2. ken? says:
    June 5, 2016 at 11:21 pm

    awwnnn shax ? ? ❤ vaahaka v habeys…dn knmes twist ei genesba..? mihaaru dn ehaa ehaa ei noon…? beynunvanee bodu kanthah gandei hingan eyrun v majaa vaane…ehhehe…ramzan month ga bxxy veema v vaguthu nuvaane dhw
    ..ekam ves heekuran time libey varakun up kohdheyne kamah ☺

  3. Aish says:
    June 5, 2016 at 11:28 pm

    Ramadan Mubarak

  4. Aish says:
    June 5, 2016 at 11:30 pm

    رمضان مبارك

  5. Aimsithu says:
    June 5, 2016 at 11:31 pm

    Vaahaka varah reethi…las viyas ok…

  6. Pinkish says:
    June 5, 2016 at 11:32 pm

    V habeys shax….

  7. ?Ňåjùüú? says:
    June 5, 2016 at 11:33 pm

    Nice.. Waiting for the nxt part…mansha ah dhera gothey nahadhachey shax

  8. gurey says:
    June 6, 2016 at 12:18 am

    Wow…. Mansha ah undhagoo kuranvee kaaku baa… Curious… What’s Gonna happen when mansha moves to her island….

  9. shaaz says:
    June 6, 2016 at 1:36 am

    Story v vs salhi…dhen ramadan mahu week ehga ehfaharu v ok ige shax.
    ???…n ramazaan mubaarik to u to..

  10. Fathun says:
    June 6, 2016 at 4:23 am

    Azym ah adhi heveny dho. V fuhivey. Azeem and mansha dhurunukurachey. Hate zeyba nd zibaan

  11. Leen says:
    June 6, 2016 at 10:15 am

    Vvv reethi mi part ves ok story lasviyas ramazan mubaric shax

  12. hudb says:
    June 6, 2016 at 9:48 pm

    Zayba&ziban akee anekaa sister &bro ta?

    1. Zackwaan says:
      June 7, 2016 at 10:38 am

      Ya.. I also think.. Zeyba and Zibaan.. Shaz are they siblings??

  13. mary says:
    June 7, 2016 at 11:57 am

    Azeem ulhey vahthareh dhw….. I really like ziban… He is really good to mansha…. Varah like vaa character eh ziban akee… At the end I know ziban fanditha hadhaigen maraalaanee…
    ?????

    1. justice says:
      July 1, 2016 at 9:33 pm

      i bieleave mansha e ulheny hama e wahtharah, they are both having affairs dho… so its square

  14. waiting says:
    June 7, 2016 at 8:39 pm

    azeem ehen ulhefa mansha fenumun beyvafatheri vevunukamuge feeling eh ves nukurevey dhoa. gaimu mansha ah kurevun.

  15. Mrs.taikey says:
    June 11, 2016 at 10:35 am

    haadha lahey story.. now 6 days mivany. Fantacy ge waahaka upkuraairu shaxlyn ves kuraane nukuraathy shaxlyn nukurany.. alhe avas koddhyba me ahanna enmme reethi eh story meega lievey.

Comments are closed.

All Right Reserved!