ރަށުގެ ފަސްގަނޑުގައި ފައިއަޅާލުމާއިއެެކު އަރީން އަށް ތަފާތު އިހްސާސްތަކެއް ކުރެވިގެން ދިޔައެވެ. އެއީ މީގެ 4 އަހަރު ކުރިން އޭނާ ދޫކޮށް ދިޔަ ފަސްގަނޑެވެ. ކުރީގައި ރައްޓެހިންނާއިއެކު މަޖާނެގި ދުވަސްވަރާއި މަންމަ އާއި ދޮންބެ އާއި އެކު ހޭދަވި އުފާވެރި ދުވަސްތައް ހަނދާން އާވުމުން އާރީންގެ ދެލޯ ކަރުނުން ތެއްމާލިއެވެ. ނަމަވެސް އަވަސް އަވަހަށް ލޮލުގައިވި ކަރުނަތަށް ހިންދާލަމުން އަރީން ހިފާފާވާ ކޮޓަރިއަށް ދިއުމަށް ހިނގައިގަތީ އޭނާއަކީ މިހާރު އެހެން މީހެއްކަމާއި އެ ފަސްގަނޑަކީ އޭނައަށް ބީރައްޓެހި […]