ލިވްޔާ މަޑުމަޑުން އޭނާގެ ގައިގައި އޮޅިފައިވާ ބޮކިފަތި ނިއުޅުވައިލަން މަސައްކަތް ކުރަމުން ދިޔުމާއި އެކު ރައިހާން މަޑުޖެހިލިއެވެ. ފަރުވާތެރިކަމާއި އެކު ލިވްޔާގެ މޫނަށް ރައިހާން ނަޒަރު ހުއްޓައިލި ނަމަވެސް ލިވްޔާއަށް އެކަން ރޭކައިނުލީ އެހެން ކަމަކަށް ސަމާލުކަން ދީގެން ހުރުމުންނެވެ. ދެމީހުންނަށް އެކަކުގެ ނޭވާ އިހުސާސްވާހައި ކައިރީގައި ތިބެވުނު ދަނޑިވަޅުގައި ކައިރީގައި ހުރި ތަނބުގައި އެލުވާފައި ހުރި ހުދުކުލައިގެ ތުނި ފޮތިގަނޑު ވެއްޓި، ދެމީހުން އެކުގައި މުޅި ދުނިޔެއަށް ފަރުދާ ކޮށްލީ ދެމީހުންނަށް ވަކިން ފުރުސަތެއް ދޭން […]
ލީނިޔާގެ ދެލޯ ކަރުނުން ފުރުނެވެ. އެބުނީ ހަމަ ތެދެކެވެ. މީ ކޮންމެ މީހަކަށްވެސް އަންނާނެ ދުވަހެކެވެ. ނޭނގެނީ ވަގުތެވެ. ދުވަހެވެ. މަންމައަށް ހިތްވަރަކަށް ވާން ލީނިޔާ އަޒުމު ކަނޑައެޅިއެވެ. ކުޑައަށް ތިބި ދެކޮއްކޮގެ ހައްްޤުގައެވެ. އެކުދިނަށް ވާނީ އަދި އެންމެ ފަނަރަވަރަކަށް އަހަރެވެ. ކުރިމަގު އޮތީ ނޫންހެއްޔެވެ؟ މީ ކެތްތެރިކަން އިސްކުރަންވީ ވަގުތެވެ. ހިތްވަރުކުރަންވީ ދުވަހެވެ. ކުރިއަށް އޮތްތައި ކަންތައްތައް ބަދަލުވެގެން ދާނީ ކިހިނެއްބާއެވެ. ފަސް އެކުވެރިންގެ ގުޅުމަށް ބުރޫއެއް އަރާފާނެބާއެވެ. ********************************** ބައްޕަ ފަސްދާނުލިތާ އެއް […]
އަހަންނަށް ރޭގަނޑުގެ ހަމަ ނިދި ވެސް ނުލިބުނެވެ.އެހެން ރޭ ރެއާ ޚިލާފަށް އަހަންނަށް ނުނިދުނީ ދެރަވެގެން ރޮވޭތީއެއް ނޫނެވެ.މިރޭ އަހަރެންގެ ދެލޮލަށް ނިދި ނައީ ހިތަށް ލިބިފައިވާ އުފާވެރިކަމުގެ ބޮޑުކަމުންނެވެ. **** އިރު އެރިތަނުން އަހަރެން ދުވަހަށް ޝެޑިއުލްކޮށްފައި ހުރި ކުލާސްތައްވެސް ކެންސަލް ކޮށްލައިފީމެވެ.ހެނދުނު ސައި ހަދަން ބަދިގެއަށް ވަދެފައިވެސް އަހަންނަށް އުޅެވުނު ގޮތުން މަންމަވެސް އިނީ ވަރަށް ހައިރާންވެފައެވެ.މޮޅީގެ ސާލު އޮޅައިގެން އަބަދުހެން ކޮޓަރީގައި އޮންނަ މީހަކު އާދަޔާ ޚިލާފު އުފާވެރި މޫޑެއްގައި ފެނުމުން ހައިރާން […]
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ރަންވޭއަށް ތިރިކުރި އެމިރޭޓްސް ބޯޓުގައި އިން ޒުވާނާގެ މޫނުމަތިން ފެންނަނީ ސިފަ ނުކުރެވޭހާ އުފާވެރި ހިނިތުންވުމެކެވެ. އަށްއަހަރުގެ ދިގު މުއްދަތެއް ރާއްޖެއިން ބޭރުގައި ހޭދަކުރުމަށްފަހު އަމިއްލަ ވަޒަނަށް އާދެވުމުން ލިބުނު ހިތްހަމަޖެހުން އެ މޫނުން ފާޅުވާން ހުއްޓެވެ. ރާއްޖޭގެ މަލަމައްޗަށް އައިސްފައިވާ ގިނަ ބަދަލުތަކާމެދު އޭނާ ވަނީ އާޝޯހު ވެފައެވެ. ވައިމަތީގައި ބޯޓު އޮތް އިރުވެސް ދެތިން ފަހަރަކަށް ބޯޑިންގ ފާހުގެ ބާކީ ބަޔަށް ބަލާލަމުން މި އާދެވުނީ ހަމަ ރާއްޖެއަށްތޯ ޔަގީން […]
“ޔޫ ނޯ ވަޓް ދެޓް މީންސް؟ ނޯ ވަން ވޯންޓްސް އަސް..” ޒީނާ ވެސް ފުޅާ ހިނިތުންވުމަކާއިއެކު ޖެއްސުންކުރާ ގޮތަކަށް ބުނެލިއެވެ. މާކިން ވަގުތުން ކޮށިއެރިއެވެ. އޭނައަށް ހިނިގަނޑު ހިފައްޓައިލަން އުނދަގޫވިއެވެ. އައިދަންގެ މޫނު ފެނި މާކިންއަށް އަނެއްކާ ވެސް ބާރަށް ހޭން ފެށުނީއެވެ. ޒީނާގެ ޖުމުލައިން އައިދަން އިނީ އަނގަ ޗޭކޮށްލައިގެންނެވެ. ***ޕާޓް 5*** ސްޓޭޝަންގައި ކައިލް ހުރީ ދެކޮޅަށް ދެކޮޅަށް ހިނގާލަ ހިނގާލައެވެ. ހީވަނީ މީހަކަށް އިންތިޒާރު ކުރަނީ ހެންނެވެ. ކައިލްއާއި އަރާ ހަމަވުމުން […]
“ބިރުވެރި ހުވަފެނެއް ފެންނަނީ…ތަކުރާރުކޮއް އެއް ހުވަފެނެއް ފެންނަތާ އޯލްމޯސްޓް ވީކްއެއް މިވީ..” ހިދާ ފެށިއެވެ. “ސާބަސް…ޔަގީން ކުރުސިވެސް ނުކިޔާކަން ނިދަނީ…” ޝިފްނާ ހިދާގެ ބޮލުގައި މަޑުމަޑުން ޖަހާލިއެވެ. “ދެން ފުރަތަމަ އަޑުއަހާބަލަ…” ހިދާ ހުރީ ސަކަރާތްޖަހާ ހިތަކުން ނޫންނެވެ. “ކޮންމެހެން ބިރުވެރި ހުވަފެނެއް ފެނުނޭ ކިޔާފަ އަހަރެންވެސް ބިރަކުން ނޫޅޭނެއެއްނު…އަހަރެން ބިރުގަންނަނީ ރިޕީޓްކޮއް ސޭމް ހުވަފެން ފެންނާތީ..ދެން ނޭނގެ..އައި ފީލް ލައިކް އިޓްސް ނޮޓް ޖަސްޓް އަ ޑްރީމް…” ހިދާ ކިޔާދިނެވެ. އޯހް…އެހާ […]
ޔާނިއު ގޮސް އޭނާގެ ކެބިންއަށް ވަނުމާއި އެކު ލިވްޔާ ރައިހާންއަށް ބަލައިލުމެއް ވެސް ނެތި އޭނާގެ ކެބިން ތެރެއަށް ވަނުމުން ރައިހާން ދެލޯ ހަނިކޮށްލިއެވެ. އެހެނަސް ޗޮކެއް ކަނޑައިލަމުން ރައިހާން ވެސް އޭނާގެ އަމިއްލަ ކެބިންއަށް ވަދެފައި މޭޒު ކައިރީގައި އިށީނެވެ. އިށީނދެ ހަމަޖެހިލާފައި ރައިހާން އިސްއުފުލައި ބަލައިލުމާއި އެކު ކުރިމަތީގައި ހުރި ކެބިންގައި އިން ލިވްޔާ ފެނިފައި އެ ނިތަށް ރޫތައް ގިނަވެލައިފިއެވެ. ދެ ކެބިން ވަކިކުރަން ޖަހާފައި ހުރި ބިއްލޫރިގަނޑުގެ ފުރަގަހުގައި ހިނގާ ހުރިހައި […]
ހުރިހާ ވާހަކައެއް ކިޔާދީ ނިމުމުން ދެންވެސް ހިމޭން ވަގުތުކޮޅަކަށް ފަހު ލަޔާލް މާހިރާއާ ދިމާއަށް ބަލާލިއެވެ. “ބޮޑުއްތައަށް މާފު ކޮށްދީ ލަޔާލް.. ސާހިލް އެ ވަރުގެ ކަމަކަށް އެއްބަސް ވީމަ ސާހިލް ބުނި ކޮންމެ ބަހަކީ ތެދު ކަމުގަ ހީކުރެވުނީ.. އެކަމަކު ސާހިލް ކުށެއް ނުކުރާ ކަން ސާހިލްއަށްވެސް ނޭނގި ލަޔާލް ބުނީމަވެސް އޭނަ ގަބޫލު ނުކުރީ އެ އަންހެން ކުއްޖާގެ ވާހަކައަށް އިތުބާރު ކޮށްފަ.. އެހެން މީހެއްގެ ބަހަށް ވުރެ ސާހިލްއަށް އިތުބާރު ކުރެވެން ވާނީ […]
” ލީނިޔާ: ދެން ޝިރޫ އޯ؟” ކެތްނުވެގެން ލިނީއަށް ބުނެވުނެވެ. “ސާއިލް: ހާސްނުވޭ ތިކަމާ” ސާއިލް ބުނެލިއެވެ. މިހާރު ބައްޕަ ނެތް ނަމަވެސް، ލީނިޔާއަށް ސާއިލްގެ “ސަޕޯޓް” ލިބިފައިވެއެވެ. މިކަމުގެ ސަބަބުން ހުމާމާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ލީނިޔާއަށް ބާރު ލިބޭނެއެވެ. ކަންތައް ބަދަލުވެގެން ދާނީ ދެން ކިހިނެއްބާއެވެ؟ މިކަމުން ސާއިލް އާއި ޝިރުހާގެ ގުޅުމަށް ބުރޫއަރާފާނެބާއެވެ؟ **************************************************************** ދުނިޔެއަކީ ވަރަށް އެހެންކަހަލަތަނެކެވެ. ތިމާ ވާން އެދޭ ކަމެއްވުމަށް ވުރެ މިތާ ނުވުންގާތެވެ. މީ ދުނިޔެ […]