“ކޯއްޗެއްތަ ބަލަން ތިހުރީ؟؟ ދޭބަލަ ޑިފައިބްލެރޭޓާރ ހިފައިގެންއަންނަން!” ކައިރީގައި ހުރި ނަރުސް ކުއްޖާއާއި ދިމާލަށް ޔޫހާން ހަޅޭލަވައިގަނެވުނެވެ. އެކުއްޖާ ދުވެފައި ގޮސް ޑިފައިބްލެރޭޓާރ ގެނައެވެ.
“200 ޖޫލްސް ރެޑީ” ޔޫހާން ގާތުގައި އެކުއްޖާ ބުނެލިއެވެ.
“3 2 1 ޝޮކް” އެވަގުތު މާޔަންގެ ހަށިގަނޑަށް ގުޅުވާފައިވީ މެޝިނުތަކުގައިވީ ރޮނގުތަށް ސީދާވީ ވަގުތަށެވެ. ފުރާނައާއި އެތަށް އިރަކު ހަނގުރާމަކުރުމަށް ފަހު މާޔަންގެ އެންމެ ފަހު ނޭވާ ދޫއްކޮއްލާ އެނބުރި ހެއްދެވިފަރާތަށް ދިޔައީއެވެ.
“ޔޫ.. ޔޫހާން…” ޔޫހާންއަދިވެސް ސީޕީއާރ ދެމުންދާތީވެސް ކައިރީހުރި ނަރުސްކުއްޖާއަށް ޔޫހާންއަށް ގޮވާލެވުނެވެ. އާއެކެވެ. މާޔަން މިދުނިޔެއާއި ވަކިވެއްޖެއެވެ. ޔޫހާންގެ ހިތަށް ތަދުވީ އިންތިހާއަށެވެ. އޭރުވެސް ކެނޑިނޭޅި އެލީޝާގެ ރުއިމުގެ އަޑު އިވެމުންދިޔައެވެ. ފުރަތަމަ ފަހަރަށް ޔޫހާންއަށް އެލީޝާ ކުރިމަތީގައި “ފެއިލް” ވެވިއްޖޭ ޔޫހާންއަށް ހީވުމުން ބިންމައްޗައް ތިރިވެވުނެވެ. ކަކޫގެނެސް ނިތުގައި ޖައްސާ ރޯން ފެށިގޮތުން އެތާތިބި ނަރުހުންގެ ލޮލުންވެސް ކަރުނަ ނިރާލިއެވެ.
ގިސްލް ގިސްލާފައި ރޮމުން ދިޔަ ޔޫހާންއަށް ބަލަން އިނދެފައި އެތާހުރި ނަރުސްކުއްޖަކު ނުކުމެ އަނާޝާމެނަށް މާޔަންގެ މަރުގެ ޙަބަރުދިނެވެ. މަރުމައްޔިތެއްހެން ހުރެ އެތެރެއަށް ވައިން އެލީޝާގެ ލޮލުގައި މަރުވެފައިވާ މާޔަންގެ ފުރާނަ ފެނުމުން އެލީޝާއަށް އަނެއްކާވެސް ރޮވުނެވެ. ރޮއެރޮއެފައި މަގޭ ބައްޕަ މަރުނުވާނޭކަމަށް ބުނަމުން ދިޔަ އަޑުއަހަން އިން ޔޫހާންގެ ހިތް ދިޔައީ ފިސްފިސް ވަމުންނެވެ. މަޑުމަޑުން އިސް އުފުލާލާފައި އެލީޝާގެ މޫނަށް ޔޫހާންބަލާލިއެވެ. އެމައުސޫމް މޫނުގައިވަނީ ހިތާމައިގެ ސާލެއްއޮޅާލެވިފައެވެ. އެލީޝާގެ ދެލޮލުން ކަރުނައިގެ ކޯރެއް އޮހޮރެމުން ދިޔައިރު، އެލީޝާގެ ދޮންމޫނުވެސް ވަރީ ރަތްވެފައެވެ. އެމަންޒަރު ބަލަން ކެތްނުވެގެން ޔޫހާންގޮސް ވަނީ ޔޫހާންއަށް ހަމަޖެހިފައިވާ ކޮޓައިރިއަށެވެ.
“އަހަރެންނަށް މިހެންމިވީ ކަލެއާހުރެ! ހަމަ ކަލެއާ ހުރެ!” ޔޫހާންގެ ކަންފަތުގައި ދިޔައީ އެއަޑު “އެކޯ” ވަމުން އިވެމުންނެވެ.
“އާހްހްހްހްހް!!!!!” ޔޫހާންގެ ހަށިގަނޑުގައި ހުރި ހުރިހާވަރެއްނެރެފައި ޔޫހާން ހަޅޭލަވައިގަތެވެ. ކައިރީގައި އިން ކަބަޑުގައި ކޮޅުފައިން ކިތަންމެ ފަހަރަކުޖެހިއެވެ. ހިނދުކޮޅެއްވީ އިރު ޔޫހާންގެ އިނގިލިތަކުން ދިޔައީ ލޭއަންނަމުންނެވެ. ހިތަށް ތަދުވި ވަރުން ޔޫހާން މޭގައި އަތްއަޅަމުުން ފާރާޖެހި ބިމަށްޖެހުނެވެ. ޔޫހާންގެ ދެލޮލުން ހޯސަލާފައި ކަރުނައޮހޮރެމުން ދިޔައިރު މުޅި ހަށިގަނޑުވެސް ދިޔައީ ރޫރޫ ލަމުންނެވެ.
އިރުއޭގެއަލިކަން ދުނިޔެއަށް ދިއްލާލައިފިއެވެ. ހޮސްޕިޓަލުތެރޭގައި ވަނީ ރުއީމާ ގިސްލުމުގެ އަޑުން އެއްއަޑުކޮއްލާފައެވެ. ހަމައެފަދައިން އޮޕްރޭޝަންތިއޭޓަރު ކުރިމަތީގައި ތިބީ ނައިލާ، ނާއިލް، ނަވްޔާ އަދި މައުނާގެ ދެލޮލުގައިވެސްވީ ކަރުނައެވެ. ހިތަށް ތަދުވިނަމަވެސް މައުނާދިޔައީ ކުރެވުނު އެންމެ ފުންމިނަކަށް ކެއްކުރަމުންނެވެ. އޭނާގެ ބަނޑުގައިވީ ފުރާނައަށް ގެއްލުންވާކަށްވެސް މައުނާ އެއްގޮތަކަށްވެސް ނޭދެއެވެ.
މާޔަންގެ ކަށުނަމާދުކުރެވުނެވެ. މާޔަންގެ ހަށިގަނޑުވަޅުލުމަށްފަހު އަނާޝާ، ލީޝާއަދި އެލީޝާވެސްއައީ ގެޔަށެވެ. މަރުވެފައިހުރި މައްޔިތެއްހެން ހުރި އެލިޝާގެ އަތުގައި ހިފައިގެން ޔޫހާންވަނީ އެލީޝާގެ ކޮޓަރިއަށެވެ. ހިތުގައި ޖެހިފައި ހުުރިނަމަވެސް އެމަންޒަރުފެނުމުން ލީޝާގާތަށްއައީ އަމަށަކުރުޅިއެއްނޫނެވެ. ކޮއްކޮއަށްޓަކައި ލީޝާގެ ހިތުގަައި ހަމްދަރުދީގެ ކުނިފުކެއްވެސް ނެތީތާއެވެ. ކަރުނައިންފޯވެފައިއިން އަނާޝާއާއި ދިމާލަށް ބަލާލުމަށްފަހު ލީޝާ ކޮޓަރިއަށްގޮސް ފޯނުނަގާ ގުރޫޕްޗެޓް “އަޕްޑޭޓް” ކޮއްލިއެވެ. ހިނދުކޮޅެއްކުރިން ވަޅުލަފައިއައި ލީޝާގެ ބައްޕަމަތިން މިހާރު އެއްކޮށް އެލީޝާ ހަނދާން ނެތިފައިވާފަދައެވެ.
“އަހަރެންދާންވީތަ؟”
އެލީޝާ އެނދުމަތީގައި ބާއްވާލާފައި ޔޫހާންއެއްސެވެ. “ކޭން ޔޫ ލޭ ޑައުން ހިއާރ ވިތްމީ؟” ޔޫހާން ލައިގެން ހުރި އަޅިކުލައިގެ ޓީޝާޓުގައި ހިފާދަމާލަމުން އެލީޝާ ބުނެލިއެވެ. ޔޫހާން ބޯޖަހާލާފައި އެލީޝާގެ މަގަތުގައި އޮށޯއޮތެވެ.
“ދެން އަހަރެންގެ ބައްޕަ ނާންނާނެދޯ؟ ބައްޕަވަކިވެ އެދިޔައީ… އަހަރެމެން ކައިވެނިވެސް ނުކުރެވެނީސް. އަހަރެމެން ކައިވެނިކޮއް ކުއްޖަކު ހޯދާނެ ދުވަހަކަށް ވަރަށް އެބަ އިންތިޒާރުކުރެވެޔޭ ބައްޕަ ބުނޭ އަބަދުވެސް.. އެކަމަކު…..” ޔޫހާންގެ މޭމަތީގައި ބޯއަޅައިގެން އޮތް، އެލީޝާގެ ލޮލުން އޮހޮރެމުން ދިޔަކަރުނަ ދިޔައީ ޔޫހާން ލައިގެން އޮތް ޓީޝާޓު ތެންމަމުންނެވެ. ޔޫހާން އޮތީ އެލީޝާ ހިތްހަމަ ޖައްސާލުމަށް ބުނާނެއެއްޗެއް ހަގީގަތުގައި ނޭނގިފައެވެ. މަޑުމަޑުން އެލީޝާގެ ކޮނޑުގައި ފިރުމާލަ ފިރުމާލަ ޔޫހާން އޮތެވެ.
“އޯކޭތަ ފިއު ވީކްސް ކައިވެނި ލަސްކޮއްލިޔަސް؟ ބައްޕަ ވަޅުލިތާ އަދި ގަޑިއިރުނުވޭ. އަހަރެން ބޭނުމެއްނޫން އެހާ ބޮޑު އުފަލެއް އެހާ އަވަހަށް ބާއްވާކަށް”
އެލީޝާގެ އެބަހަށް ޔޫހާންވެސް ތާއިދުކުރިއެވެ.
“ދެން އެހާބޮޑަށް އެކަމާ ނުވިސްނާ. ދެލޯ މަރާލާފަ ނިދޭތޯ ބަލާ އިނގޭ ދޫނީ؟” އެލީޝާގެ ބޮލަށް ދޮނެއްދީފައި ޔޫހާންބުނެލިއެވެ. އެވިސްނުމުން އެލީޝާގެ ސިކުނޑި ދުރުކުރެވޭތޯ މަޑުމަޑުން ނާނައިގެ ރާގެއްލައްވަން ފެށިއެވެ.
އޭރުކޮޓަރިއަށް ވައިން ގޮތަށް ލީޝާ ނުކުތީ އިރުއޮއްސި 6 ވެސް ޖެހިފަހުންނެވެ. އޭރުވެސް އަނާޝާ އެއިންގޮތަށް ސޯފާގައި އިނެވެ. އެހާލުގައި އިން މަންމައާއި ދޭތެރޭގައި ވިސްނާލުމުގެ ބަދަލުގައި ލީޝާގޮސް ހުޅުވީ އެލީޝާގެ ކޮޓަރިއެވެ. ފެނިގެން ދިޔަ މަންޒަރުން ލީޝާގެ ދެލޯބޮޑުވިއިރު، ހިތް ފުރިގެން ދިޔައީ ނަފްރަތުންނެވެ.
“މަންމާ! ބަލާލަ ނިކަން. އެއޮތީ މަންމަގެ “ބަސް އަހާ ދަރި” ޔޫހާންއާއި ދެމީހުން އޮތް ގޮތް ބަލާބަލަ” ލީޝާ ގޮސް އަނާޝާ ކުރިމަތީގައި ހުއްޓިބުނެލީ ރުޅިއަހިސްގެންނެވެ. އެއްވިސް ވަރެއްނެތްމީހެއް ފަދައިން އަނާޝާގޮސް ދޮރުގެ ކުރިމަތީގައި ހުއްޓުނެވެ.
ޔޫހާންގެ މޭމަތީގައި ބޯއަޅާލައިގެން އޮތް އެލީޝާއަށްވަނީ ނިދިފައެވެ. އޭރު ޔޫހާންވެސް ވަނީ ނިދިފައެވެ. މާޔަންގެ ކަށުކަންކަމާ އުޅުމުގައި ރޭހަތަރުދަމު ހޭލާހުރުމުން ތާކު އުނަގަނޑުޖެހުމުން ޔޫހާންގެ ލޮލަށްވެސް ނިދި ސަވާރުވިއެވެ.
“މަންމަ މޮޔަވީތަ؟!؟” އަނާޝާ މަޑުމަޑުން ދޮރު ލައްޕާލުމުން ލީޝާގެ ރުޅިގަނޑު “ޑަބަލް” ވެލިއެވެ.
“ދަރިފުޅޫ. އެއީ އަޅެ އެލީޝާ އިންނަން އުޅޭ ކުއްޖާނުން؟ އެކަން އެހެން ނުވީނަމަ މިއަދުމިއީ އެކުދިން ރަން ކިޔުމުގެ ދުވަސް… ޔޫހާންވެސް ރޭހަތަރުދަމު އެއުޅުނީއެތާގަ. ދެން ނިދިޖެހިދާނެދޯ؟ އެލީޝާވެސް ހަމަ އޭރުން ސުރެ ރޯލަ ރޯލަ އެހުރީ. އެހެން ނޫނަސް ގޯސްނިޔަތެއްގައި ތިބިނަމަ މި ދޮރުވެސް ތަޅުލައިގެން އެމީހުން ތިބީހީ” އަނާޝާގެ އަޑުއައީ ކެނޑިކެނޑިގެންނެވެ.
“ދަރިފުޅުވެސް ދެންދޭ ނިދާލަން”
އަނާޝާވެސް ގޮސް ކޮޓަރިއަށްވަނެވެ. ލީޝާ ހުރީ އަޑުއިވުނު ވާހަކަ ގަބޫލުނުކުރެވިފައެވެ. ލީޝާގެ ދޮންމޫނުމަތިންވެސް ދިޔައީ ރުޅިއަހިސްފައިކަން އަންގައިދެމުންނެވެ. ލީޝާގެ ދޮން މޫނު ރަތްވެފައި ހުރި އިރު ކަންފަތުން ހީވަނީ “ދުން” އަރާހެންނެވެ. ލީޝާ ގަބޫލު ކުރާގޮތުގައި މިއަދު އެލީޝާއެއޮތް މަގާމުގައި އޮންނަން ޖެހޭނީ ލީޝާއެވެ.
ބަރުހިނގުމެއްގައި ހިނގާފައި ގޮސް ލީޝާ ކަބަޑު ހާވަން ފެށިއެވެ. ފަހަރަކު ކަބަޑެއް ހުޅުވާފައިވެސް އެއެއްޗެއްނުފެނުމުން ލީޝާގާތަށް އަހިސްފައި ހުރި ރުޅި ގަދަވަމުން ދިޔައެވެ.
“ޕިސް ކޮބާތަ އޭތިގަނޑު”
އެނދުކައިރީގައި އިން ކުޑަ ކަބަޑު ހުޅުވާޅުމާއި އެކު ލީޝާއަށް ހިނިތުންވެވުނެވެ. އެއެއްޗެއް ފެނުނީތާއެވެ. ލީޝާ އަނެއްކައިވެސް ގޮސްވަނީ އެލީޝާ ކޮޓަރިއަށެވެ.
އެއްވިސް އަޑެއްނުލައްވާ ލީޝާގޮސް ރީތިކޮށް އެނދުފެންނާނޭހެން ކެމެރާއެއް ބޭންދިއެވެ. އެކެމެރާ ކުޑަކަމުން ދުރުންބަލާލުމުން ފެންނަވަރެއްވެސް ނޫނެވެ. ދެން ލީޝާ ކޮޓަރިއަށް ގޮސް ލެޕްޓޮޕް ބަލައިލިއެވެ. އޭރު ލީޝާގެ ލެޕްޓޮޕްއިން ދިޔައީ އެލީޝާއާއި ޔޫހާން ފެންނަމުންނެވެ.
އެގޮތުގައި ވަގުތުތަށް ފާއިތުވަމުންގޮސް މިހާރު 10 ވެސް ޖަހާފިއެވެ. އޭރު ލެޕްޓޮޕްއިން ފެންނަމުން ދިޔަ މަންޒަރުން ލީޝާގެ ހަށިގަނޑުވެސް ދިޔައީ ތުރުތުރު ލަމުންނެވެ. ކޮޓަރިތެރޭއަށްވެސް ހީވަނީ ތޫފާނެއް އަހިސްފައިވީ ހެންނެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
12 Comments!
Comments are closed.







mi part ves v reethi masha allah
curiously waiting for next part
keep it up
yohaan and elaa dhuru nukurachey
navya and jaish ves gulhuvachey
they all are made for each other
leesha haadha goahey
yohaan elaa ah gotheh nuhadhachey
v intresting story eh
v kiyaala hithun kiyani
i appreciate your hard work
jazaakallah khairan
lets see dhw dhn vaa goi ehnve keke
ohh leesha pls yoohan n elaa alone
plss yoohaan n elaa gulhuvahche
pls pls btw when nest part
cant wait for next keep it up
love youuuuuuuuu
hehe ikrrr
in sha allah maadhamaa
love you moreeeee
I’m very curious
Argh!!!!
Can that leesha let eleeshaa and yoohaan some peace!!!!
hehe
Yoohaan eh ulhey gotheh dhen dhw!!!!!
Bruh!!!
I knew it yoohaan beyvafaatheri akah vanee…
hehe
everyone hating yoohaan omg
Too much characters in the story cover
Let me give you an idea
It will be really awesome if u use pic in 2 person
okayyy
Heyy shiherrr
Mi part vx vrh reethi maasha allah💜
Alheyy characters thakuge trauma feshuney ey dhw mihaaru😭
Leesh haadha goahey.. Yoohaan keehvebaa egady halheylava gathey.. It looks like PTSD or something💀
Haadha curious kohlaafa ey thi nimmaaley 😭
Can’t wait for next part..💜
Lyssm darling 💜🦋
Hey butterfly
Jazaakallah Khairan🥰
Hehe yess it has to start somewhere dhw keke
Leesh ah heyo visnun dhevvaash😩
Hehe neynge dhw.. yoohaan ge vess back story eh innaanethaa.. neynge shiher akh hama eh gothaakh ves.. hehe lets see dhw dhen hehe
In sha allah tmrw❤️
Lym darls❤️