Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ތިނެސްކަން ލޯބި (33)

Mysterious Woman Level 310 Stories100 Comments
December 11, 2024 4 Mins Read
4 Comments

އޭގެ ކުޑައިރުކޮޅެއް ފަހުން ކާރު އައިސް ހަސްފަތާލުގެ ދޮރުމައްޗަށް މަޑުކުރުމުން ޑްރައިވަރަށް ވެސް ބެލުމެއްނެތި ކާރުން ފައިބައިގެން މެހެކް ވަނީ ހަސްފަތާލަށެވެ. އެއިރު ވެސް ތަނުގައި ނޫސްވެރިންތައް ހަރަކާތްތެރިވެއެވެ. އެއިރު މެހެކް ހަސްފަތާލަށް ވަދެގެންދިޔަ މަންޒަރު ލައިވްކުރަން ނޫސްވެރިންތައް ހޭބޯނާރާ އުޅެއެވެ. މެހެކް ހަސްފަތާލަށް ވަދެގެން އެ ދިޔަ ގޮތަށް ދިޔައީ ތިއޭޓާ ކައިރިއަށްށެވެ. މެހެކަށް އެހިސާބަށް އަރާހަމަވުމުން އެވަގުތު ތިއޭޓަރުގެ ދޮރު ހުޅުވާ މޫނު ނިވާކޮށްފައި އޮތް މެހެރުއްނިސާ ނެރެނީއެވެ. “މާމާ………………..” މެހެކްގެ އަޑަށް އެތާ ތިބި އެންމެން ފަހަތް ބަލާލިއެވެ.

ތެތްތިރީސްވަނަ ބައި

މެހެކް ފެނުމުން މަލައިކާގެ ހިތަކަށް ކެތެއްނުވިއެވެ. އަޑުން އަޑުނަގާ ރޮމުން މިސްރާބު ޖެހީ މެހެކާ ދިމާލަށެވެ. އެއިރު މަރުވެފައިވާ މައްޔިތެއްހެން މެހެކް މަޑުމަޑުން ކުރިއަށް އައީ މެހެރުއްނިސާ ބާއްވާފައި އޮތް އެނދާ ދިމާލަށްށެވެ. މެހެކާ ދިމާލަށް ގޮސްގޮސް ހުރި މަލައިކާ މަމްދޫހު ހުއްޓުވީ މިހެންވެއެވެ. ބޮލުން އެހަށް މިވަގުތު މަޑު ކުރާށޭ އިޝާރާތުން ބުނީ މެހެކްގެ ޙާލަތު ވަޒަންކުރެވުމުންނެވެ.

މެހެކްގެ ހާލަކީ ތޯއެވެ. މޫނު ނިވާކޮށްފައި އޮތް ފޮތިގަނޑު މަޑުމަޑުން ތުރުތުރު އަޅާ އަތަކުން ނެގިއިރު އޭނާގެ މައުސޫމު މާމަގެ ދޮން މޫނު ފެނުނު ހިނދު ހިތް ފަޅައިގެންދިޔައެވެ. ހިފެހެއްޓުމެއް ނެތް ކަރުނަތައް މެހެކްގެ ކޫރުމެއް ނެތް މޫނުމަތިން ފައިބައެވެ. އިސާހިތަކު އެ މާހައުލުގައި މެހެކްގެ ރުއިމުގެ އަޑު ގުގުމާލިއެވެ. އެތާ ތިބި އެންމެންގެ ލޮލުން ކަރުނަ ފައިބާ ހާލު ބަލަން ތިބެވުނީ މި ވަގުތު މެހެކްއަށް ފުރުސަތު ދިނުމަށެވެ. އެވަގުތު ކައިރި ތިބި ނަރުހުން ވެސް ތިބީ މެހެކްގެ ރުއިމުގެ ސަބަބުން ލޮލުން ފެން ފައިބަފައިބައެވެ. “މާމާ…….ކީއްވެ؟….ކީއްވެ އަޅުގަނޑާ ވަކިވެ މާ ދުރަށް ތި ދިޔައީ………މާމަގެ އުނގުގައި އަޅުގަނޑު ނިންދަވާފައި މިއަދު މި ފަނާވަނިވެ ދުނިޔެއާ އަލްވަދާޢު ކީ ކީއްވެ؟ ދެން…އަޅުގަނޑު ކިހިނެއް ހަނދާނީ…އަޅުގަނޑުގެ އިހުސާސުތައް ބަންޑުންކުރާނީ ކާކު ކައިރީ؟……” ރޮވޭ ޙާލު ގިސްލަމުން މެހެކްގެ އިހުސާސުތައް މެހެރުއްނިސާ ކައިރީ ބަންޑުންކޮށްލިއެވެ. މެހެކްގެ ވާހަކައިން މަލައިކާމެންގެ ރުއިމުގެ އަޑޫ ގަދަވީ ހިތަށްވެރިވި އަސަރަކުންނެވެ. ޒިވިއަން މަޑުމަޑޫން މެހެކްގެ ކައިރިއަށް ޖެހިލީ އޭނާގެ ލޯބިވެރިޔާ ރޯތަން ބަލަން ކެތްނުވުމުންނެވެ. މެހެކްގެ ދެ ކޮނޑުގައި ހިފާ ގަޔާއި ކައިރިކޮށްލާ ކުޑަ ކަކޫ ޖަހައިގެން ރޯން އިން މެހެކް ނެގީ ގަޔާލާ ބޮޑިކޮށްލަމުންނެވެ. މެހެކް ވެސް މީހެއްގެ ހިމާޔަށް ލިބުމުން ބާރަކަށް ރޯން ފެށިއެވެ. ޒާން ވެސް އެވަގުތު މެހެކާ ކައިރިވިއެވެ. ނަމަވެސް އޭނާއަށްވުރެ ކުރިން ޒިވިއަން މެހެކް ނެގުމުން އަލުން ފަހަތަށް ޖެހިލީއެވެ.

“މާމާ…އަހަރެންގެ މާމާ……ޒިވް…..މާމަ ނިޔާވީ..އަހަރެން އެކަނިކޮށްލާފައި…..” ޒިވިއަންގެ ގައިގައި ބައްދައިގެން ހުރެ މެހެކް ބުނަމުންދިޔައީ މިހެންނެވެ. “މެހެކް…..ހިތްވަރުކުރޭ….މަރު އައިސް ބައްދަލުވާ ހިނދު ކާކަށް ހުއްޓުވޭނީ؟…އަހަރުމެންނަށް އޮތީ ހިތްވަރުކުރުން…ކާކު ބުނީ މެހެކް އެކަނިވެރިވާނޭ؟….މެހެކްގެ މަންމަ އާއި ބައްޕަ ވެސް އަދި ބޭބެމެން ވެސް އެތިބީ…..މެހެކްގެ ބެސްޓް ފުރެންޑު ވެސް އެހެރީ…..އަދި މެހެފިލް ގަނޑުވަރުގެ އެންމެން ވެސް މި ތިބީ ހަމަ މެހެކާއިއެކު….އަދި އއއއަހަރެން ވެސް……” ޒިވިއަން މިހެން ބުނުމުން ޒިވިއަންގެ ކޮނޑުގައި ބޯއަޅައިގެން އޮތް މެހެކް މަޑުމަޑުން ބޯ ހިއްލާލާ ޒިވިއަންގެ މޫނަށް ބަލާލިއެވެ. އަދި ފަނޑު ހިނިތުންވުމެއް ވެރިކުރުވިއެވެ. ހީވާގޮތުގައި އާ ހިތްވަރެއް ލިބިގެންދިޔައީއެވެ. މެހެކް ލޮލުން އައި ކަރުނަތައް ފޮހެލާފައި ނަރުހުންނަށް ފުރުސަތު ދިނީ މެހެރުއްނިސާ ގޮވައިގެން އެދާ ތަނަކަށް ދިޔުމަށްށެވެ. ނަރުހުންގެ ފަހަތުން ދެން ތިބި މީހުން ވެސް ދިޔައެވެ.

މެހެރުއްނިސާގެ ކަށުކަމާކެމީގެ ކަންކަން ނިމުމުން ޒެޑްސްގެ ވެރިންނާއި އެމްސްގެ ވެރިން އަދި ފަލަކު ވެސް ތިބީ ރޯޒް ގާޑަން ގޭގެ ލިވިން ރޫމުގައެވެ. މެހެރުނިސާ ވަޅުލީއްސުރެން މެހެކް އެކަކާ ވެސް އަނގައިންނެއް ނުބުނެއެވެ. މަލައިކާމެން ކާންދޭން އުޅުމުން އެކަމާ ވެސް މަނާވެގަތީއެވެ. ނަމަވެސް އެއްކަމެއް ފާހަގަވިއެވެ. އެހުރިހާއިރު މެހެކް ސޯފާގައި ހަށަން ބަނދެލައިގެން އިން އިރު ނަޒަރު ވަނީ ޒާންއަށް ހުއްޓިފައެވެ. ނަމަވެސް އެއްޗެކޭ ނުބުނެއެވެ. ޒާންއަށް މެހެކްގެ ނަޒަރު ހުއްޓި ހުރުމުން ފުރަތަމަ ފަހަރަށް އެ ނަޒަރުން އުނދަގޫ ކަމެއް އިހުސާސުވިއެވެ. އަނެއްކާ މެހެކަށް ޝައްކުވީ ހެއްޔެވެ؟ ޒާންގެ މޭގަނޑު އަނގައަށް އަންނަވަރުވީ ކުއްލިއަކަށް ހިތަށްވެރި ޙިޔާލަކުންނެވެ. އެތާ ތިބި އެންމެނަށް ވެސް މި ކަން ފާހަގަވިއެވެ.

އެއިން ގޮތަށް އިންދާ މެހެކަށް ފޯނެއް އައެވެ. މެހެކް ފޯނު ނެގި އިރު ވެސް ނަޒަރު ވަނީ ޒާންއަށްށެވެ. އެކޮޅުން ދެއްކި ވާހަކަތަކުން މެހެކްގެ ލޮލުން އަލިފާން ކަނި ބުރަމުންދާކަމުގެ އިހުސާސު ތަނުގެ ތިބި މީހުންނަށް ފާހަގަވިއެވެ. އަދި ލޮލުން ރޮނގަކަށް ކަރުނަ ދެމިގެންދިޔަތަން ފެނުނެވެ. އެކޮޅުން ކޯލު ކަނޑާލުމުން މަޑު މަޑުން އިންތަނުން މެހެކް ތެދުވެގެން ދިޔައީ ޒާންއާ ދިމާލަށްށެވެ. ކުރިމަތިން އަންނަމުން ދިޔަ މެހެކާ އަދި އެ ނަޒަރުގައިވާ ރުޅިވެރިކަމުން ޒާންއަށް ވެސް އިންތަނުން ތެދުވެވިއްޖެއެވެ. މެހެކް އެ ދިޔަ ގޮތަށް ގޮސް ޒާންއަށް ދިން ހަދިޔާއަކީ އަތުގެ ހޫނު ހަމަލާއެކެވެ. ކޯތާފަތް މައްޗަށް އަރައިގެން ދިޔަ ދިލައިން ޒާންގެ ދެ ލޯ ފެންކަޅިވިއެވެ. މެހެކްގެ އަތަށް ވެސް އެ ދިލައިގެ އަސަރު ކުރާނެކަން ގައިމެވެ. ފެނުނު މަންޒަރުން ޒާލިމްމެންނަށް އިންތަނުން ކޮޅަށް ތެދުވެވުނެވެ. މަލައިކާމެންނަށް ވެސް ވީ ހަމަމިވަރެވެ.

“ގޮތް ކުޑަކަން ބަލައިބަލަ……ރަޙުމުގެ ކަންފުޅެއް ވެސް ނެތީ ތަ؟…..ކަލޭ ހީކުރީ ތާ އަބަދަށް ސިއްރު ކުރެވޭނެ ކަމައް ތަ؟……ލޯބި ހޯދަންށޭ ކިޔާފައި މީހެއް ފުރާނާއާ ކުޅެން ކަލޭ ތީ ކާކު؟……އަދި ނުވީތާކަށް އެއީ އަހަރެންގެ ގާތް މީހެއްގެ ފުރާނަ……” އަޑުގެ ނެތް ތަނަށް މެހެކްގެ ދުލުން ނިކުތް ކޮންމެ ލަފުޒަކުން އެ ތަނުގަ ތިބި އެންމެންގެ މޫނުތަކުން ސިހުމާއި، ހައިރާންކަމާއި، އަޖައިބުވެރިކަން ފެންނަމުންދެއެވެ. ޒުނާ ވެސް އިނީ އަނގަމަތީ އަތް އެޅި ގޮތަށް ނަގަން ނޭނގިފަ ތޯއްޗެކެވެ. “މމމމެހެކް…ކީކޭ ތި ކިޔަނީ؟…..” ޒޫނާ އަހާލީ ޖެހިލުންވެފައި ހުރެއެވެ. ނަމަވެސް މެހެކަށް މި އަޑު އިވުނު ހެނެއް ހިއެއްނުވެއެވެ. “ކަލޭ އަހަރެންގެ މާމަ މަރާލި އިރު ހިތަކަށް ނާރާތަ ކަލެއަށް ތި ކުޅެވުނީ މީހެއްގެ ފުރާނައާ ކަމެއް؟……ތީގެ ސަބަބުން އަހަރެންގެ ހިތުގައި ނުފިލާނެ ލައްގަނޑެއް ޖެހިދާނެ ކަމެއް…….ކަލޭ ހީކުރީ މާ މޮޅުތަކެއް ވެގެން އަހަރެންގެ ލޯބި ލިބޭނެ ކަމަށް….އެ ދުވަހު ހަނދާން އެބަހުރި ތަ ކަލޭ އަހަރެންގެ މި ކަންފަތް ބުޑުގައި ހުރެ ބުނެލި ވިހަގަދަ ބަސްތައް؟…..ކީކޭ ކަލޭ ބުނީ….އިތުރަށް އެންމެ ލަފުޒެއް ބޭރު ކުރިޔަސް ފެންނާނީ ޒިވިއަންގެ ފުރާނަ ނެތް މަސްގަނޑޭ……އަހަރެންގެ ހިތުގައި ހިލަގަނޑެއް ބާއްވައިގެން އެއްޗެކޭ ނުބުނެ ހުރީ….އެއީ ޒިވިއަންއަށް ޓަކައި….އަހަރެންގެ ލޮތްބައް ޓަކައި……..އަޑު އަހާ އަހަރެން ނުވޭ ލޮތްބެއް…ތި ޒާން ދެކެ އަހަރެން ނުވޭ ލޮތްބެއް….ހާސްފަހަރު ބުނަން ކެރިދާނެ…..އަދި އަމްދުން މިހާރު………..މިހާރު އަހަރެންގެ ހިތުގައި ވަނީ ކަލެއަށް ނަފުރަތު….” މެހެކް އެ ހުރިހާ ވާހަކަތަކެއް ދެއްކި އިރު އެންމެ ބޮޑު ސިއްރު ވެސް ފަޅާ އަރައިފިއެވެ. އަދި މިއުޅެނީ ސައުވީސް ގަޑިއިރު ވެސް ހަމަނުވެއެވެ. ނަމަވެސް ކަމެއް ފަޅާއަރަންވެއްޖެ ނަމަ ވަގުތަކީ ބޭކާރު އެއްޗަކަށް ވެގެންދެއެވެ.

މެހެކްގެ ވާހަކަތަކުން ޒާންގެ މޫނުން ދާ ތިކިތައް ފައުޅުވީއިރު އެންމެންގެ ނަޒަރު އޭނާއަށް ހުރިކަން އެނގެއެވެ. ނަމަވެސް ބަލަން ބޭނުންނުވީއެވެ. މެހެކްގެ ވާހަކަތައް ދޮގުކުރަން ވަރަށް މަސައްކަތްކުރިއެވެ. ނަމަވެސް އޭނާއަށް އެ ފުރުސަތު ވެސް މެހެކް ދޭން ބޭނުންނުވީތާއެވެ. “އެނގޭތަ މަންމަމެންނަށް…….މާމަ އެންމެ ފަހުން ބައްދަލު ކުރީ ކާކާކަން…އަދި މާމަގެ އެކްސިޑެންޓު ހިނގީ ކޮންތާކު އަދި ކީއްވެ ކަން؟……މާމަ ޒާން އާ ބައްދަލެއް ނުކުރޭ ތަ؟ ޒާންގެ އޮފީހުން މާމަ ނިކުމެގެން ގެއަށް އަންނަން އުޅުމުގެ ތެރޭގައެއް ނޫން ތަ އެކަމެއް ހިނގީ؟….ކުރިމަތިން އައި ލޮރީއަކުން ޖެހިގެނެއް ނޫން ތަ މާމަ ނިޔާވީ؟……..ޒާން ހީ ނުކުރައްޗޭ ދޮގުތަކެއް ހެދޭނެ ކަމަކަށް…….އެކްސްސިޑެންޓުވި މާމަގެ ކާރުގެ ޑްރައިވަރަށް ވެސް ސީރިޔަސް އަނިޔާތަކެއް ވި..އެކަމަކު މިހާރު ޙާލަތު ރަނގަޅު….އޭނާ އަހަންނަށް ހުރިހާ މަޢުލޫމާތު ތަކެއް ކިޔައިދީފި……އެކްސްސިޑެންޓު ހިނގި ގޮތުގެ ތަފްޞީލު މިހާރު ވާނީ ފުލުހުންނަށް އަންގާފައި……ސީދާ ސީދާކޮށް އެއީ ޒާންގެ އެންގުމަށް ހިނގި އެކްސްސިޑެންޓެއްކަން ޔަޤީން ނުވިޔަސް ހުވާކޮށްފައި އަހަންނަށް ބުނަން ކެރިދާނެ އެއީ ކަލޭގެ ޢަމަލެއްކަން……އަދި ބުނަން………..އަހަރެން ކަލެއަކާ ނީންނާނަން………މާމަ މި ދުނިޔެއިން ވަކިވެގެން ދިޔައީ އަހަންނަށް ރަނގަޅު ދިރިއުޅުމެއްގެ މަގު ހޯދައިދިނުމުގެ މަސައްކަތުގައިވަނިކޮށް……އަހަރެން ޚިޔާރު ކުރާނީ އަހަރެންގެ މި ހިތް ދެވުނު ފަރާތް…އެއީ ކަލޭގެ ބޭބެ…..ޒިވިއަން…..” މެހެކްގެ ވާހަކަ ނިންމާޅިއިރު ހުރީ މާނޭވާލެވިފައެވެ. ހިތުގައި ހުރި ހުރިހާ އެއްޗެއް އެއްފައްޗަކަށް އަމުނާލިއިރު ދެން ހުރި މީހަކަށް އެއްޗެކޭ ބުނަން ޖާގައެއް ވެސް ނުދީއެވެ.

ޒާންގެ ހާލަކީ ތޯއެވެ. މިވަގުތު އޭނާގެ މޫނު މައްޗަށް ރަނގަޅަށް ބަލައިފި މީހަކު ޖެހޭނީ ފަހަތަށްށެވެ. ހީވަނީ ބިރުވެރި ސިންގާއެއް އޭނާގެ ޝިކާރަވެރިޔާ ފަސްދީ ދާން އުޅުމުން ހަމައިން ނެއްޓިހެންނެވެ. އެއައި ގޮތަށް އައިސް ހިފީ މެހެކްގެ ކަރުގައެވެ.

*ނުނިމޭ*

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Mysterious Woman

Level 310 Stories100 Comments

A Mysterious Woman who loves to read & write stories of different categories.

Other Articles

Previous

ތިނެސްކަން ލޯބި (32)

Next

ހަނދުވަރު ދިން އެރޭ … 18

Next
December 11, 2024

ހަނދުވަރު ދިން އެރޭ … 18

Previews
December 10, 2024

ތިނެސްކަން ލޯބި (32)

4 Comments!

  1. Your fav bab says:
    December 11, 2024 at 12:05 pm

    Oh my god!!!
    Varah reethi and very curious!!!!
    Keep up the gud work!!!!
    Anekka mehek kill nukuracheyyyyy!!!!! U stupid xaan!!!!
    I hate u
    Okey finally xaan is exposed hehehehshh!!!!!
    So the main character is mehek and ziv!!!!
    YESssssss……..
    I appreciate you are hard work my mysterious women gada….

    1. Mysterious Woman says:
      December 11, 2024 at 4:06 pm

      so how was this part??

      dhn kihineh vaany?

      mehek maruvaane tha?

      heheh keep in touch for next chapter

  2. gurrrrl says:
    December 11, 2024 at 1:06 pm

    zaaan ***** i hate youu finally mehek is all ziv ge dhn edhemedhah ekakah ves vadheveyne hen hiyeh nuve waaaah vrh salhii cant wait for next

    1. Mysterious Woman says:
      December 11, 2024 at 4:07 pm

      hehe yh dhw..mehek is already ziv ge….hehe but what about zaan??

      ehhe anyways thanks nd keep reading ingey

Comments are closed.

Next Episodeތިނެސްކަން ލޯބި (34)←


All Right Reserved!