“ތެންކިޔު ޔޫހާން.. ވަރަށް އުފާވެއްޖެ ޔޫހާން މަށާއެކީގަ މިހެން ޓައިމް ސްޕެންޑްކުރީމަ..” އެލީޝާ ހޮސްޕިޓަލުން ވަނީ 1 ހަފްތާ ޗުއްޓީ ނަގާފައެވެ. އެހެންކަމުން ޔޫހާންވެސް އެލީޝާއާއި އެކު އެވަގުތުތަށް ހޭދަ ކުރުމުގެ ބޭނުމުގައި 1 ހަފްތާ ޗުއްޓީނެގިއެވެ.
“އޮފްކޯރސް. އަހަރެން އަބަދުވެސް އެލާއާއި އެކުވާނަން. އުފާވެރިކަމާއި ހިތާމައިގަވެސް” އެލީޝާގެ އަތަށް ބާރުކޮށްލަމުން ޔުހާން ބުނެލިއެވެ. ހިނިތުންވެލާފައި އެލީޝާ ޔޫހާންގެ ކޮނޑުގައި ބޯއަޅާލިއެވެ. ދެލޯބިވެރިން ތިބީ އަތިރިއެއްގައި ކަމުން ޖެހެމުން ދިޔަ ވައިރޯޅިތަކުން ދިޔައީ އެލީޝާގެ ބޮލުގައި އިން ޝޯލްއަށް ޖެއްސުން ކުރަމުންނެވެ.
“ޔޫހާން.. ނެކްޓް މަންތް 15 އިސް ބައްޕަގެ އުފަންދުވަސް.. އެދުވަހުން ކައިވެނި ކުރަން އުޅެމާ؟” އެލީޝާބުނެލިއެވެ. މިހާރު އެލީޝާ ބޭނުމީ ވީއެންމެ އަވަހަކަށް ކައިވެނި ކުރާށެވެ. އެލިޝާއަށް ކުރެވޭ ފާފައަކުން ލޯބިވާ ބައްޕަގެ ދާއިމީ ގޭދޮށަށް ގާއުކަން އެލީޝާއެއްގޮތަކަށްވެސް ބޭނުމެއްނޫނެވެ. ޔޫހާންވެސް އުފާވެލާފައި އެއްބަސްވެލިއެވެ.
މެންދުރުގެ ވަގުތެވެ. ސިޓިންގްރޫމްގައި އިން ނައިލާއިނީ މައުނާއަށް އަނބުކާންދޭށެވެ. ދެމައިންގެ މެދުގައި އެއްވިސް ވާހަކައެއް ނުދެކެވޭތީވެ ވަނީ ފަޅުކަމެވެ. ލޯބިވާ ފިރިމީހާގެ ހަނދާތަކުގައި ގަރަގުވަމުން ނައިލާ ދިޔައިރު، މައުނާގެ ސިކުނޑީގައި ދައުރުވަމުން ދިޔައީ މައުނާގެ މަންމައާއި ބައްޕަގެ ހަނދާންތަކެވެ.
އެއީ 2004 ވަނައަހަރެވެ. އެއަހަރު އަރައިގެން ދިޔަބިރުވެރި ރާޅާއިއެކު، މައުނާގެ މަންމައާއި ބައްޕަވެސް ވަނީ ގެއްލިފައެވެ. އޭރު މައުރީންއިނީ ބަލިވެއެވެ. މައުނާގެ މަންމަ މައުރީންގެ ފުރާނަނެތް މަސްގަނޑު 3 ދުވަސް ފަހުން ފެނުނު އިރު، މައުނާގެ ބައްޕަ ސަމޫހްގެ ހަށިގަނޑެއްނުފެނުނެވެ. އޭރު މައުނާގެ އުމުރުން 6 އަހަރެވެ. ހީނުކޮއް ހުއްޓައި މައުނާގެ މަންމައާއި ބައްޕަ އެ ގެއްލުނީ މައިންބަފައިންނާއި އެކު ސަކަރާތް ޖެހި ރާޅު ތަކުގެ ތެރެޔަށެވެ. މައުނާއަށް ނާއިލްއާއި ދިމާވީ މައުނާގެ އުމުރުން 17 އަހަރުގައެވެ. އެއީ މައުނާ ކޮލެޖުގަ ފެށިދުވަސްކޮޅެވެ. އޭރު ނާއިލްވެސް އުޅުނީ ކޮލެޖުގައެވެ. ދެމީހުންކިޔަވަމުން ދިޔައީ ދެއެއްޗެއްނަމަވެސް، އިނގިރޭސިގަޑިތަށް އެކުގައި ނެގުމުގެ ތެރެއިން ދެމީހުންގެ ދެމެދުގައި ލޯބިއުފެދުނެވެ. މައުނާއަށް 18 އަހަރުވުމާއި އެކު ދެލޯބިވެރިންގެ ދެމެދުގައި ކައިވެނީގެ ވާހަކަދެކެވެން ފެށުނެވެ. މައުނާއަށް ނައިލާއަދި ނިޔާޒްއާއި ދިމާވީ އޭރުއެވެ. އޭރުންސުރެ ނައިލާއާއި ނިޔާޒް މައުނާއާއި ދޭތެރޭގައި ކަން ކުރަމުން ގެންދިޔައީ އަމިއްލަ ދަރިއެއްފަދައިންނެވެ. މައުރީންގެ ބަނޑުން އުފަންނުވި ކޮއްކޮގެ ލޯބި ނަވްޔާގެ ފަރާތުން ލިބެމުން ދިޔައިރު، ނައިލާ އަދި ނިޔާޒްގެ ފަރާތުން ދިޔައީ މައިންބަފައިންގެ ލޯބި ލިބެމުންނެވެ. ނިޔާޒްއެއީ މައުނާގެ ބަފައިބެ ކަމުގައިވިޔަސްވެސް ނިޔާޒް އެހާލުގައި އޮތުމުން މައުނާގެ ހިތްވަނީ ފިސްފިސްވެފައެވެ. ލޯބިވާ ފިރިމީހަގެ ލޮލުުން ހުސްނުވެ ކަރުނަފައިބާތަންބަލަން ވެސް މައުނާގެ ހިތަށް ކުޅަދާނަވާވަރެއްނޫނެވެ.
“މަންމާ ދޮންބެ ފޯނެއް. މަންމައަތަށް ދީބަލާށޯ” ކޮޓަރިން ނުކުން ނަވްޔާ ފޯނުދިއްކޮއްލަމުން ބުނެލިއެވެ. ނަވްޔާގެ ރަތްވެފައިވީ ނޭފަތާއި، ދުޅަވެފައިވީ ދެލޮލުން ނަވްޔާވެސް ހުރީ ވަރަށް ރޮއެފައިކަން ކަށަވަރެވެ.
“މަންމާ.. ބައްޕަ ކައިރިއަށް ވަދެފިންދެންމެ. މިހާރު ވަދެވިދާނެ. އެކަމަކު.. މަންމާ.. ޑަކްޓަރު ބުނީ..” ޑަކްޓަރު ކިޔައިދިން ހުރިހާވަހަކައެއް ނާއިލް މަންމައަށް ކިޔައިދިނެވެ. ނުރޯން މަސައްކަތް ކުރިނަމަވެސް ނާއިލްގެ އަޑުގައިވީ ވޭން ދިޔައީ ގާތުގައި އިން މައުނާއަށް އިހުސާސްވަމުންނެވެ. ތިރީ ތުންފަތުގައި ދަތްއަޅާލެވުނީ އެހެންވެއެވެ.
މެންދުރުގެ ހޫނުން މުޅިމަގުމަތި ވަނީ ދޮންކޮއްލާފައެވެ. ނައިލާއާއި އެކު މައުނާއަދި ނަވްޔާވެސް އައީ ހޮސްޕިޓަލަށެވެ. ވެފައިވީ ހޫނުން ތިންމައިންގެ ނިތުގައިވެސް ދިޔައީ ދާތިކިތަށް ބަބުޅަމުންނެވެ. ނަމަވެސް އެކަމަށް އެއްވިސް ފަރުވާލެއް އެއިން އެކަކުވެސް ހުރިހެނެއް ހިޔެއްނުވެއެވެ.
ނައިލާއާއި އެކު ނަވްޔާ އައިސީޔޫއަށް ވަނެވެ. މައުނާ ބަނޑުބޮޑުކަމުން މައުނާވެއްދުމަށް ނަރުހުންގެ އިތުރުން ނާއިލްވެސް ބޭނުމެއްނުވިއެވެ. އެހެން ކަމުން ނާއިލްއާއި އެކު މައުނާ މަޑުކުރީ ބޭރުގައެވެ. ނާއިލް ދިޔައީ މައުނާއާއި ހަތަރުކަޅި ހަމަ ނުކުރުމަށް ވަރަށް މަސައްކަތް ކުރަމުންނެވެ. ނާއިލްގެ ދެލޮލުގައިވީ ވޭން މައުނާއަށް ދައްކާކަށް ބޭނުމެއްނޫނެވެ.
“ނާއީ؟”
މަޑުމަޑުން މައުނާ ގޮވާލިއެވެ. ނާއިލް މަޑުމަޑުން “ހޫމް” ލައްވާލިއެވެ.
“ނާއީ. އަހަރެން އަބަދުވެސް ނާއި ކައިރީބުނަމެއްނުން ޔޫކޭން ކަމްޓުމީއޭ ވެން ޔޫއާރ ހާރޓް؟ އައި ނޯ ޔޫއާރ ކްރައިންގ އިންސައިޑް.. ޕްލީޒް ނާއީ.. ލެޓް މީ ޖޮއިން ޔޫ…” މައުނާގެ ވާހަކަ އަހަން އިން ނާއިލް މައުނާގެ ހަށިގަނޑުގައި އޮޅުލައިގަންފައި ރޮއެގަތީކުއްލިއަކަށެވެ. މައުނާ މަޑުމަޑުން ނާއިލްގެ ބުރަކަށީގައި ފިރުމަމުން ދިޔައެވެ.
“ސޮރީ މައު.. އަހަރެންނަކަށް ނޭނގެ މި ޕެއިން މައުއަށް ޝެއާރ ކުރާކަށް. މައުއަށް ގެއްލުނީ މަންމައާއި ބައްޕައާއި އެކީގަ. ފަހުފަހަރަށްވެސް ދުށުމަށް ބައްޕަގެ ހަށިގަނޑެއް ނުފެނުނު. އަހަރެންގެ ބައްޕަ އެހާލުގައި އޮއްވަ ފެނުމުން ކޮޅަށް ހުންނާނެ ހާވަރުވެސް އަހަރެންގެ ނެތްފަދަ. އެކަމަކު މައު ކިހާ ސްޓްރޯންގް؟” ނާއިލް މައުނާގެ ކޮނޑުގައި ބޯއަޅައިގެން އޮވެ ކުޑަކުއްޖެއްހެން ކިޔަމުން ދިޔައެވެ.
“އިޓްސް އޯކޭ ލޯބީ. ޔޫ ވިލް ފީލް ލައިކް ދެޓް. އެއޯކޭއޭ. އަހަރެންވެސް ވަކި ސްޓްރޯންގްއެއްނޫނެއްނުން؟ ނާއިއަށް އެނގޭނެ އަދިވެސް މައު ބްރޭކް ޑައުންސްއަށް ދޭކަން.. އިޓްސް އޯކޭ… މައުއަށްވެސް ސޮރީ..” މައުނާގެ ދެލޮލުންވެސް ކަރުނަ ނިރާލިއެވެ.
“އޭ ކޮބާ ކަލޭ! މިހާރު ޔޫހާންވެސް އަބަދު މަންޖެ އުރައިގެން. ކައެ ގައިމުވެސް ސިންގަލް. ދެން ކޮބާ ކައެ” ޖައިޝް ފޯނު ނެގުމާއި އެކު ރިލްވާން ޝަކުވާކުރަން ފެށިއެވެ. މައިކަލްވެސް ކައިރީ އިނދެ ހެމުން ދިޔައެވެ.
“ބްރޯ މަވާ ބިޒީ މިހާރު. އެއްކަލަ ދުހު އެ އެކްސިޑެންޓްވީ މިތަނުގެ ބޮސްގެ ބައްޕައޭ. ދެން މަމިކުރަނީ މިހާރު ހުރިޙާކަމެއްހެން” ޖައިޝް ފުންނޭވާއެއްދޫކޮއްލިއެވެ.
“އެހެންދޯ މިވަނީ.. އާން އޯކޭ. ފްރީވެފަ ހަބަރުވޭ” ރިލްވާން ފޯނު ކަނޑާލިއެވެ.
“އޭ މަބުނީ އޮބޯތޭވަރަށް ބޮޑު ވާހަކައެއް” މައިކަލް ބޯކަހަމުން ބުނެލިއެވެ.
“ހޫމް ކިޔާބަލަ” ކައިރީގައި އިން ކޮފީޖޯޑުގައި ތުންޖަހަމުން ރިލްވާން ބުނެލިއެވެ.
“އަހަރެން ބޭނުން ޝާހާއާއި މެރީ ކުރަން..” މައިކަލް ބުނި ޖުމްލައާއި އެކު ރިލްވާންކޮށިއެރިއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
16 Comments!
Comments are closed.







Omg shihaa.
So beautifullll masha allah. Mi par vs vrh furihama. hama rovey varu vehje. Eykm mi baiga yoohan and elysha ge thankolheh naima vry curious vi. Curiously waiting for next part. Keep up the good work
hehe jazaakallah khairan
hehe ya, second lead ge thankolhekey miee hehe they’ll be back sooon
heyy shiherr haalu kihineh tha vrh perfect hama ekm thankolheh kureegenes dhevifa inle next time rangalhu kohlaane kamah heekuran vrh curious cant wait for next
love youuu
alhamdhulihllah
ya shiher everyday geness dheytheeve ehaa dhigu nukurany.. but every ep ga i go up to 600-700 words so ya
in sha allah tmrw
LYM
salhi.. but maa kuru
jazaakallah khairan
Everyday geness dheythee ve fudhey vrrkh migenesdheny
Oh!!!
Anekka will shaha agree I mean she is literally crazy of yoohaan!!!!!!
Bodu koh yoohaan and elysha ge bai genanynam dhw?!!!
Anyways masha Allah varah reethi and intresting!!!
Waiting for the next part!!!
hehe neynge dhww let’s seeeee
this is the second leads time kanne dhw keke
in sha allah maadhamaa
jazaakallah khairn
hey shiherr
mi part vess vrh reethi
OMG will shaahaa say yes??
hehe let’s see dhw?
jazaakallah khairan
shaahaa yess bunaane hn vrhh vrhh heenuvey… i mean, she is obsessed over yoohaan
soo curious
Yoohaan looks adorable with ella.. please shiher let them be together
hehe dhw? ekm vess neynge dhww let’s see what shaahaa does
and what happens with ella and yoohaan
and vrh reethi mi vhk
my fav story in esfiya rn
awwwwnn vrhhh happy vejje thihn bunelyma
jazaakallah khairan
This is literally sooo perfect.. I am very curious abt shahaa ge answer.. But yeahh.. I can’t stop imagining a drama based on this.. 💖🥂.. LYSM..
=WAITING FOR THE NEXT PART =
mi part ves v reethi masha allah
curiously waiting for next part
keep it up
elaa and yohaan dhuru nukurachey
jaish and nav
they all are made for each other
v intresting story eh
v kiyaala hithun kiyani
i appreciate your hard work
love you my fav author