Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންމަޖާލޯބި

ވާނަމޭ އުމުރަށް އެކީ ޖާނާ……..6

♡ 𝕸𝖗𝖘_𝕼𝖚𝖊𝖊𝖓 ♡
♡ 𝕸𝖗𝖘_𝕼𝖚𝖊𝖊𝖓 ♡ Level 110 Stories
December 5, 2024 3 Mins Read
22 Comments

“މާއްޓެ ކަލޭ ވެސް ދޯ؟އުހުން ޅިޔަންބެ ދޯ”ފަހަތުގައި ހުރި މާއިޝް ފެނި ޒައިން އޭނާއާ ދިމާކޮށްލިއެވެ.”ހޫން. ތިހެން ކިޔާއިރު ނޭނގެއެއްނު ޒައި ލޯބިވަނީ ކާކުދެކެ ކަމެއް. އޭނަ މަކައިރީ ބުނި ލޯބިވާ މީހަކު ހުންނަ ވާހަކަ.”މާއިޝް މާޔޫސްކަމާއެކު ބުނެލިއެވެ.”ކަލޭ ތިހާއަވަހަށް އުއްމީދު ކަނޑާލާތީއެއްނު މައްސަލައަކީ.”ޒައިން ރައްދުގައި ބުނެލިއެވެ.

މަޑު ދުވެލީގައި ޑިންގީ ދުއްވަމުން ދިޔައިރު މުޅި ފަޒާގައި ގުގުމާލާފައި ވާނީ އެންމެންގެ ހުނުމުގެއަޑެވެ.އެމީހުންޖަހާ ސަކަރާތް ބަލަން ދުރުގައި ޒައިނާއިނީ ހެވިފައެވެ.”ހޭއި.ހާދަ ލޯންލީވެފަ.”ޒައިނާ ސިހުނީ ދާދިގާތުން މާއިޝްގެ އަޑުއިވުމުންނެވެ.”ހެހެހެ.ނޫނޭ.އައި ހޭވް ސީސިކްނެސް.އެހެންވެ އެހާ ސަކަރާތްނުޖަހަންވެގެން މީނީ.”ޒައިނާ މާއިޝްއަށް ބަލާލަމުން ޖަވާބުދިނެވެ.”ކީއްވެ އެތާ ނީނދެ މިތަނަށް ތިއައީ.؟”ޒައިނާ އަހާލިއެވެ.”ޒައި މާ ލޯންލީކޮށް އިނީމަ ފޫހި ފިލުވައިދޭން.ކިހިނެއްވީ؟ދާންވީތަ؟”މާއިޝް އަހާލިއެވެ.”އުހުން.ނުބުނަން ދާކަށެއް.”ޒައިނާ ވަގުތުން ބުނެލިއެވެ.މާއިޝް ކައިރިއަށް ހިނިއައި ނަމަވެސް އޭނާ ހިނިގަނޑުހިންދަލަމުން ޒައިނާއަށް ބަލާލިއެވެ.

އަވިން ސަލާމަތްވުމަށްޓަކައި ތޮތްޕެއް އަޅައިގެން ހުރިއިރު އެހެން ދުވަސްތަކާ ޚިލާފަށް މިއަދު ޒައިނާ ލައިގެން ހުރީ އައްދިގު މެންޖެސްޓާރ ޔުނައިޓެޑްގެ ޖާރޒީއަކާ ތަނބިކަށްޓާ ހަމައަށް އަރާވަރުގެ ކަޅުކުލައިގެ ޓައިޓެކެވެ.މޫނުމަތީގައި އެއްވެސް މޭކަޕެއް ކޮއްފައިނެތުމުން ޒައިނާ މާރީއްޗޭ މާއިޝްހިތަށް އެރިއެވެ.”މީ މީހުން މާފޮޅުވާ ތަންތަ؟”މާއިޝް ސިހުނީ ޝައިމްގެ އަޑަށެވެ.އޭރު ޒައިނާގެ މޫނުމައްޗަށް ވަނީ ޖަންބުކުލަ އަރާފައެވެ.ކުރެވުނުކަންތައް ރޭކާލުމުން މާއިޝް ދުރުބަލާލަމުން ބޯކަހާލީ ޒައިނާ އިނުމުން ޝައިމްއަށް ރައްދު ނުދޭންވެގެންނެވެ.

ރަށަށް ލެފުމާއެކު ހުރިހާއެންމެން ފައިބަންފެށިއެވެ.ޒައިނާ އެންމެ ކުރިން ފައިބައިގެން ގޮސް ހިޔަލުގައި މަޑުކޮއްލިއިރު ޔޫލީ އާއި އައިކާގެ އިތުރުން ނިހާވެސް އޭނާގެ ފަހަތުން އައެވެ.ޒައިނާއަށް ހުރެވުނީ މާއިޝްއާއި ދިމާލަށް ބަލާށެވެ.ޑިންގީއިން ގެނައި އެއްޗެހިތަށް ބޭލުމުގައި އުޅުން އިރު އޭނާގެ މޫނުމަތިން ދާތިކިތަށް ބަބުޅަމުން ދިޔައެވެ.ލައިގެން ހުރި މެންޖެސްޓަރ ސިޓީގެ އަތްކުރު ޖާރޒިއަކާއި ނޫކުލައިގެ ޖީންސްފޮތީގެ ސޯޓުގައި މާއިޝް ނުލާހިކު ރީއްޗެވެ.”ހޫން…ހަމަ ސޮނި ވެއްޓިފަ!”ޒައިނާގެ ކަންފަތްދޮށުގައި ޔޫލީ ބުނެލިއެވެ.”ޕިސް..ނޫނެކޭ.”ޒައިނާ ބުނެލިއެވެ.”ހިނގާ ރަށުތެރެ ބަލާލަން ދާން!”އައިކާ ޚިޔާލުދިނެވެ.”ވާ ސަޅިވާނެ.”ނިހާ ވެސް އެކަމަށް އެއްބަސްވިއެވެ.

ޑިންގީއިން އެއްޗެހި ބާލައި ހިޔަލުގައި ބެހެއްޓުމަށްފަހު އެންމެން މިސްރާބުޖެހީ ރަށުތެރެ ބަލާލުމަށެވެ.އަންހެންކުދިންގެ ފަހަތުން ޒައިންމެން ހިނގަމުން ދިޔައެވެ.”ޔަޢިއްޓެ.ކަލޭގެ މަންޖެ ދައްކަނީ ކޮން އިރަކުން؟”ޒައިން އަހާލިއެވެ.”މާލެ ދެވުނީމައެއްނު.”ޔަޢީޝް ބުނެލިއެވެ.”ކަލޭ ހުސް ދޮގު ދޯ ތިހަދަނީ؟”ޝައިމް އަހާލިއެވެ.”ބަލަ މަ ދޮގެއް ނަހަދަމޭ. އެހެންނޫނަސް ކަލޭ ވެސް ތިހެން ނުހުރެ ކުއްޖަކު އަތުއަޅުވާލަބަލަ.ގަޔާވާކުއްޖަކު ނުފެނޭތަ؟”ޔަޢީޝް އަހާލިއެވެ.”ފެނިއްޖެހެން ހީވަނީ”ވަށްކަޅިން އައިކާއާ ދިމާލަށް ބަލާލަމުން ޝައިމް ޖަވާބުދިނެވެ.”ހޯހޯ.ކިއުރިއަސް ވެއްޖެ.”މާއިޝް ބުނެލިއެވެ.

އަތިރިމަތީގެ ހިތްގައިމު ދޮންވެލިގަނޑުމަތީގައި ހިނގަމުން ދިޔައިރު ޔޫލީގެ ނަޒަރު އިރުއިރުކޮޅާ ޝައިމްއަށް ހުއްޓެމުން ދިޔައެވެ.ނަމަވެސް އޭނާ ބަލާލާ ކޮންމެ ފަހަރަކުވެސް ޝައިމް ހުންނަނީ އައިކާއަށް ބަލާށެވެ.މޫނުމަތިން މާޔޫސްކަންފާޅު ނުކުރުމަށް ޔޫލީ ހިނިތުންވެލަމުން ގޮސް ޒައިނާއާ އެއްވަރުކޮއްލިއެވެ.އޭރު އައިކާ ދިޔައީ އޭނާއާ ބެހޭގޮތުން ޒައިނާއަށް ކިޔައިދެމުންނެވެ.”މާ ފޯރީގަ ކޮން ވާހަކައެއް.”ޔޫލީ އަހާލިއެވެ.”މިކިޔަނީ އަހަރެން މާލެ ފުރަންއުޅޭ ވާހަކަ.” އައިކާ ބުނެލިއެވެ.”އޯހް”ޔޫލީ ބުނެލިއެވެ.

ހަވީރުވުމުން އެންމެން ދަތުރުކުރުކޮއްލުމަށްފަހު ރަށަށް ދިޔައެވެ.ފެންވަރާލައިގެން އަރާމުކޮއަލަން އޮށޯވެލި އައިކާއަށް ވިސްނެނީ ޝައިމްއާއި މެދުގައެވެ.އޭނާއަށް ޔޫލީ ޝައިމްއާއި ގަޔާވާކަންވެސް އެނގެއެވެ.އެހެންނަމަވެސް އޭނާ އޭނާގެ މަޤްސަދު ޙާސިލް ކުރާނެކަމީ ޝައްކެއްވެސް އޮތްކަމެއްނޫނެވެ.
ޖެހިގެން އައި ދުވަހު ހެނދުނެވެ.ޒައިން ހުރީ އިރު އަރާ މަންޒަރު ބަލަން އަތިރިމަތީގައެވެ.ޖެހެމުން ދިޔަ މަޑު ވައިރޯޅިތަކުން ސިކުނޑިއަށް ތާޒާކަން ގެނެސްދެމުން ދިޔައެވެ.ވަށައިގެންވީ މާހައުލަށް ނަޒަރު ހިންގާލިވަގުތު ޒައިންގެ ކަޅި ހުއްޓިގެން ދިޔައީ ދުރުން ހިނގަމުން އައި ނިހާއަށެވެ.ޚިޔާލެއް ފިކުރެއް ނެތި އަތިރިމްތިން ހިނގަމުން އައިއިރު ނިހާގެ މޫނުމަތީގައިވީ ހިނިތުންވުން ފެނި ޒައިންއަށް އިޚްތިޔާރަކާނުލާ ހީލެވުނެވެ.ނަމަވެސް ދެވަނަ ސިކުންތުގައި އޭނާ ބޯހޫރާލަމުން ދުރަށް ނަޒަރު ހިންގާލީ ނިހާއަކީ އޭނާ ނުލާހިކު ރުޅިއަންނަ މީހެއްކަން އެހިތަށް ވިސްނައިދެމުންނެވެ.

“އޮހް.މިއަދުވެސް…”އަތިރިމަތިން ހިނގަމުން އައި ނިހާއަށް ގަހެއްކައިރީގައި ހުއްޓިގެން ހުރި ޒައިން ފެނުމުން ބުނެލެވުނެވެ.ނަމަވެސް ޒައިން ފެންނަކަމަށް ނަހަދާ ނިހާ ދާން ހިނގާގަތީ އަރާއިރާއެކީ ޒުވާބުނުކުރަންވެގެންނެވެ.ނަމަވެސް ނިހާގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައީ ޒައިން ވާހަކަދެއްކުމުންނެވެ.”މިހާ ހެނދުނާ ޗިޕްމަންކް ކޮންތާކަށް ދާ ދުވަހެއް؟އަނެއްކާ ބިޓެއް ކައިރިންތަ؟”ނިހާ ރުޅިއަރުވާލުމުގެ ނިޔަތުގައި ޒައިން ބުނެލިއެވެ.އޭނާގެ މަޤްސަދު ޙާސިލްވެސްވިއެވެ.”ހުއް…ފަސްޓް އޮފް އޯލް.މަމީ ޗިޕްމަންކްއެއް ނޫން. ދެވަނަކަމަކަށް މަށެއް ނުގެންގުޅެން ބިޓެއް.މަށަށް ހީވަނީ އެހެންބުނާ މީހަހެން ގަޑިކިޔައިގެން އައިސް ތީނީ!”ނިހާ ޒައިންއަށް ބަލާލަމުން ޖަވާބުދިނެވެ.”މަންޖެ ބުނަންތަ ވާހަކައެއް. މަންޖެ ކިތަންމެ ރުޅިއަޔަސް މަކިޔާނީ ޗިޕްމަންކް.ދެން ތިބުނީ މަށޭ މީހުނަށް ގަޑި ކިޔައިގެން އައިސް މިހުރީ.ބަލާބަލަ މަގެއްގެ ކޮޅުން މީހަކު އާދޭތޯ؟މިތަ ހުރި މީހަކީވެސްތީ!”ޒައިން ބުނެލިއެވެ.ޒައިންގެ އަނގައިން ނޭރޭނެހެން ހީވުމުން ނިހާ ގެއަށް ދާން ހިނގާގަތެވެ.”ދަނީތަ؟”ދެންވެސް ޒައިން އަހާލިއެވެ.”އާނ ދެން މިތާހުރުމުގެ ބޭނުމެއްނެތެއްނު.ވަންޏާ ވާނީވެސް މަގޭ ވަގުތު ބޭކާރު.”ނިހާ ފަހަތަށް ބަލާނުލާ ހުރެ ބުނެލިއެވެ.”ދަންތަ ގެއަށް ލައިދޭން؟”ދެންވެސް ޒައިން އަހާލިއެވެ.”އުހުން.. މަގޭވެސް ދެފައި އެބޮތް.”ނިހާ ޖަވާބުދިނެވެ.”ކާކު ބުނީ ދެފައެއް ނެތޭ؟”ޒައިން އަހާލިއެވެ.ނިހާ ޖަވާބުނުދީ ދިޔަގޮތަށް ދިޔައީއެވެ.ނިހާ ދާތަން ބަލަން ހުރި ޒައިން ގާތަށް އައީ ނުލަފާ ހިންޏެކެވެ.ނިހާ ރުޅިއަރުވާލެވުމުން އޭނާ ހިތްހަމަ ޖެހުންކަހަލައެވެ.

ޒައިނާ އޮތީ ޔޫލީ ނުހޭލާތީ ނިކުމެ ޖޯލީގައެވެ.”މޯރްނިންގް ޒައި”ޒައިނާ ސިހުނީ މާއިޝްގެ އަޑަށެވެ.”މޯރްނިންގް”ޒައިނާވެސް ލުއި ހިނިތުންވުމެއް ހަދިޔާކޮއްލަމުން ބުނެލިއެވެ.”ކޮބާ ދޮންބެ؟”ޒައިނާ އަހާލިއެވެ.”ނޭނގެ.ފާޙަނާއިން ނުކުތް އިރަކު ނެތް ކޮޓަރިއަކު.”މާއިޝް އައިސް ޖެހިގެން އިން ޖޯލީގައި އިށީނެވެ.

މާއިޝް އިށީނުމާއެކު ޒައިނާގެ ހިތް ތެޅެންފެށީ އެހެނެއް ބަލާފައެއް ނޫނެވެ.”މްމްމްމް.ވުޑް ޔޫ ގޯރ ފޯރް އަ ވޯކް ވިތް މީ ޓުނައިޓް.”މާއިޝް ވަރަށް ހިތްވަރު ކޮއަފައި ޒައިނާގެ ގާތުގައި އަހާލިއެވެ.މަޑުމަޑުން ޒައިނާ ބޯޖަހާލަމުން ދުރު ބަލާލީ މާއިޝްގެ މޫނަށް ނުބަލަންވެގެންނެވެ.
އެރެއެވެ.މާއިޝް ހުރީ ލޯގަނޑުކުރިމަތީގައިރީތި ވާށެވެ.”ބްރޯ ކޮންތާކަށް ދާން މާ ފަރިވަނީ؟”އެނދުގައި އޮށޯވެގެން އޮތް ޝައިމްއަށް މާއިޝްއާއި ބެހިނުލާ ނުހުރެވުނެވެ.”ޑޭޓަކަށް”ލާނެތް ގޮތަކަށް ޝައިމްއަށް ބަލާލަމުން މާއިޝް ރައްދުދިނެވެ.”އޮހް ޕްލީޒް ބްރޯ.ތި ރީއްޗަށް ބުނެބެ ދޯ.ނުވާނެއޭ އޭ ގެއްލުމެއް”ޝައިމް އަނެއްކާވެސް ބުނެލިއެވެ.”ދެން މާއްޓެވެސް ޝައިއްޓެ އެވަރަށް ނުހިއްތުވަ ބުނެބެ ދޯ”ފާޙަނައިން ނުކުތް ގޮތަށް ޔަޢީޝްވެސް ބުނެލިއެވެ.”ތެދެކޭ.”ޒައިންވެސް އެމީހުނާ ބައިވެރިވެގެން ބުނެލިއެވެ.އެންމެން ކުރުނުކޮށް ކިޔަން ފެށުމުން މާއިޝްއޭނާ ދާން އުޅޭތަނާއި ދަނީކާކާއެކީކަން ކިޔައިދިނެވެ.”ހޯހޯހޯ”ޝައިމް މާއިޝް ރުޅިއަރުވާލުމުގެ ނިޔަތުގައި ބުނެލިއެވެ.”ހުއް….ކަލޭ ކޮންމެހެން ހޯބޯ ލަވާނެ ކަމެއްނެތް.ތިހެން އުޅެނިކޮށް އިންނާނެ މީހަކު ނުވީމަ މާރީއްޗެއް ނުވާނެ.”މާއިޝް މިހެންބުނެ ފޯނު ހިފައިގެން ނުކުތެވެ.

ލޯގަނޑު ކުރިމަތީ ހުރެ ރީތި ވަމުން ދިޔަ ޒައިނާގެ ހިތް ނޭނގޭ ބާރުމިނެއްގައި ތެޅެމުން ދިޔައެވެ.އިސްތަށިގަނޑު އޮމާން ކުރެވުނީވެސް ކިތައްފަހަރުކަމެއް ވެސް ޒައިނާއަކަށް ނޭނގެއެވެ.”ޒައި ތާކަށް ދާންތަ ތިއުޅެނީ؟”ޒައިނާ އުޅޭ ޙާލުބަލަން އޮވެފައި ޔޫލީ އަހާލީ އިތުރަށް ނޯވެވުމުންނެވެ.”ޔާ.މިއުޅެނީ މާއިޝްއާ އެކީ ވޯކްއަކަށް ދާން.”ޒައިނާ ޔޫލީއަށް ބަލާލަމުން ޖަވާބުދިނެވެ.”އޯހް.ޔޫ ލުކް ގޯރޖަސްއޭ.ތި ވަރަށް ފަރި ނުވިޔަސް މާއިޝް ޒައި ގެންދާނެޔޭ.”ޒައިނާ ހަމައަކަށް އަޅުވާލަން ވާހަކަ ފެށި ނަމަވެސް ޔޫލީ ނިންމާލީ ޒައިނާއާ ދިމާކޮށްލަމުންނެވެ.
ޒައިނާގެ އިންތިޒާރުގައި ދޮރޯށި ބޭރުގައި ހުރި މާއިޝްގެ ނަޒަރު ހުއްޓުނީ އެދިމާލަށް ހިނގަމުން އައި ޒައިނާފެނިފައެވެ.ލަައިގެން ހުރި ހުދުކުލައިގެ ކަކުލާ ހަމައަށް އަރާ ވައްތިރި ހެދުމުގައި ޒައިނާ ހީވަނީ މަތިން ފައިބައިގެން އައި ޕަރީއެއްހެންނެވެ.ހުދުކުލައިގެ ލޭހުން ހެދުމުގެ އަތްފަހާފައި ހުރިއިރު އުނަގާނޑާ ދިމާލުން ހުދު ކުލައިގެ ބޮޑު ބޯޓައީއެއް ހަރުކޮއްފައި އިނެވެ.އެ ބުޅި އިސްތަށިގަނޑު ވަޔާ ވިހުރެން ދޫކޮށްލާފައި ވީރު މޫނުމަތިގައި ވަނީ ލުއި މޭކަޕެއް ކޮށްފައެވެ.”ވޯހް.ޒައި…ޔޫ ލުކް….މެގްނެފިސެންޓް”މާއިޝް އެސްފިޔަ ޖަހާލުމެއްނެތި ޒައިނާއަށް ބަލަންހުރެ ބުނެލިއެވެ.ޒައިނާއަށް ލަދުން އިސްޖަހާލުން ފިޔަވައި އިތުރުކަމެއް ނުކުރެވުނެވެ.އެހެންނަމަވެސް އޭނާ ދިޔައީ ހިތާހިތުން މާއިޝްގެ ރީތިކަމަށް ތައުރީފުކުރަމުންނެވެ.ލައިގެން ހުރި ހުދު ކުލައިގެ ގަމީހާއި އައިސް ބުލޫ ޖީންސްގައި މާއިޝް ނުލާހިކު ހިތްގައިމެވެ.ކަޅުކަންގަދަ އިސްތަށިގަނޑު އަރިއަކަށް ސްޓައިލް ކޮއްލުންފިޔަވައި އިތުރުކަމެއް ކޮށްފައެއްނެތެވެ.

“މީ މަބުނި މީހަ!”ކައިރީގައި އިން ޒުވާނާއަށް ފޯނު ދައްކާލަމުން އައިކާ ބުނެލިއިރު އޭނާގެ މޫނުމަތީގައިވީ ސިއްރުވެރި ހިނިތުންވުމެކެވެ.

ނޯޓް:މި ޕާޓް ލަހުން ގެނެސްދެވުނީތީވެ ހުރިހާ ކިޔުންތެރިންގެ ކިބައިންވެސް ވަރަށް ބޮޑަށް މަޢާފަށް އެދެން.އަޅުގަނޑު ސްކޫލު ކަމެއްގަ ބިޒީވީމަ ވާހަކަ ނުލިޔެވުނީ.

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

♡ 𝕸𝖗𝖘_𝕼𝖚𝖊𝖊𝖓 ♡
Follow Me Written By

♡ 𝕸𝖗𝖘_𝕼𝖚𝖊𝖊𝖓 ♡

Level 110 Stories

Just a gurl who wants to write stories! I'll accept positive and negative comments and even without comments 🥰I would love to see readers opinion to make my stories better than today😘Author of ''MAAZEE'','' WAANAMEY UMURAH EKY JAANAA'' AND ''HAYAAII''

Other Articles

Previous

ޣައްޒާގެ ކުޑަކުދިންނަށް ޝިޢުރެއް:

Next

ބޭވަފާތެރިޔަކީމޭ 7

Next
December 5, 2024

ބޭވަފާތެރިޔަކީމޭ 7

Previews
December 5, 2024

ޣައްޒާގެ ކުޑަކުދިންނަށް ޝިޢުރެއް:

22 Comments!

  1. cutie girl says:
    December 5, 2024 at 8:04 am

    its ok
    mi part ves v reethi masha allah
    curiously waiting for next part
    keep it up
    zai and aash gulhuvachey
    zain and niha gulhuvachey
    shaim and yoolee ves
    they all are made for each other
    v intresting story eh
    v kiyaala hithun kiyani
    i appreciate your hard work

    1. ♡ 𝕸𝖗𝖘_𝕼𝖚𝖊𝖊𝖓 ♡ DevilQueen says:
      December 6, 2024 at 11:35 am

      Thankyou so much Cutie girl

  2. jerry says:
    December 5, 2024 at 7:48 pm

    alhe wowwwwwwwwww vhk ige inthixaaruga vrh gina dhuvas vejje finally mi part kiyaalan libuny hama vrh perfect luv it superb work darling . masha allah

    1. ♡ 𝕸𝖗𝖘_𝕼𝖚𝖊𝖊𝖓 ♡ DevilQueen says:
      December 6, 2024 at 11:36 am

      THANKYOU SO MUCH
      THAT MEANS A LOT TO MEE

  3. Tom says:
    December 5, 2024 at 9:02 pm

    mi part ves varah salhi . very curious. good luck with your next part . hope varah avahah 7 vana bai kiyan libeyne kamah

    1. ♡ 𝕸𝖗𝖘_𝕼𝖚𝖊𝖊𝖓 ♡ DevilQueen says:
      December 6, 2024 at 11:37 am

      THANKYOU TOM
      INSHHA ALLAH VV AVAHAH NXT PART GENESDHEVEYTHO BALAANAN

  4. Your fav bab says:
    December 6, 2024 at 12:05 pm

    Oh!!
    After a long waiting!!!
    hehehehehehheheh
    It’s very nice
    When next???

    1. ♡ 𝕸𝖗𝖘_𝕼𝖚𝖊𝖊𝖓 ♡ DevilQueen says:
      December 7, 2024 at 10:39 am

      HEHEHE
      THNX
      INSHA ALLAH VVV AVAHAH NXT PART SUBMIT KURAANAN

  5. Girlyy says:
    December 6, 2024 at 12:06 pm

    Wowww Mi part varah varah salhi ingey…
    This is the best storyy i have ever read
    Masha Allah… Sooo proud of youu
    Curiously waiting for the next part..
    And zain aa Niha aa gulhuvahcheyy Pleaseee!!

    1. ♡ 𝕸𝖗𝖘_𝕼𝖚𝖊𝖊𝖓 ♡ DevilQueen says:
      December 7, 2024 at 10:41 am

      THNX BESTIEE
      AWWWWNNN THAT MEANS A LOT TO ME
      HMMM LET’S SEE NIHAA AA ZAIN AH VANY KIHINEHKAN DHW
      HEHEHE

  6. Vallu ♡ says:
    December 6, 2024 at 1:36 pm

    Can’t wait for next part .
    Varah varah salhi higey.

  7. Vallu ♡ says:
    December 6, 2024 at 1:37 pm

    Can’t wait for next part .
    Varah varah salhi higey.
    Masha Allah
    Hoping to see next part varah avahah

  8. Vallu ♡ says:
    December 6, 2024 at 1:38 pm

    Can’t wait for next part .
    Varah varah salhi higey.
    Masha Allah
    Hoping to see next part varah avahah
    Very curious for the next higeyyyyy

    1. ♡ 𝕸𝖗𝖘_𝕼𝖚𝖊𝖊𝖓 ♡ DevilQueen says:
      December 7, 2024 at 10:42 am

      HEHEHE
      THNX VALLU
      THAT MEANS A LOT TO ME

  9. Well-wisher says:
    December 6, 2024 at 8:21 pm

    Haadha gina dhuvaheh vejjey inthizaaru kuraathaa. Dhen varah busy koh dhw school ga ulhen jehunee.
    Mi bai ves varah varah reethi. Very curious for the next part. Keep up the good work loabi ❤️

    1. ♡ 𝕸𝖗𝖘_𝕼𝖚𝖊𝖊𝖓 ♡ DevilQueen says:
      December 7, 2024 at 10:43 am

      HAHAHAHA
      AAINKEY DHWW
      THNX LOABIII

  10. Your fav bab says:
    December 7, 2024 at 7:45 pm

    Just look at the Devil queen’s profile pic

    1. Elsa says:
      December 8, 2024 at 5:34 am

      What’s wrong with it?

  11. Your fav bab says:
    December 8, 2024 at 7:04 pm

    Looks very stupid elsa!!!!!!
    And btw mind u r own buissness!!!!!!!!!!!!
    Dummmmmy

    1. Elsa says:
      December 12, 2024 at 5:37 am

      What’s wrong with you?
      The profile pic is also none of your business

  12. Your fav bab says:
    December 12, 2024 at 7:21 pm

    Shuttt up dumbo!!!!!

  13. Your fav bab says:
    December 12, 2024 at 7:22 pm

    Btw when next devil queen???

Comments are closed.

Next Episodeވާނަމޭ އުމުރަށް އެކީ ޖާނާ…….7←


All Right Reserved!