Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ބޭވަފާތެރިޔަކީމޭ 11

shihaamaa ali
shihaamaa ali Level 1010 Stories100 Comments500 Comments100 Stories100 Login1K Comments
December 9, 2024 3 Mins Read
8 Comments

“އޭ މަބުނީ އޮބޯތޭވަރަށް ބޮޑު ވާހަކައެއް” މައިކަލް ބޯކަހަމުން ބުނެލިއެވެ.

“ހޫމް ކިޔާބަލަ” ކައިރީގައި އިން ކޮފީޖޯޑުގައި ތުންޖަހަމުން ރިލްވާން ބުނެލިއެވެ.

“އަހަރެން ބޭނުން ޝާހާއާއި މެރީ ކުރަން..” މައިކަލް ބުނި ޖުމްލައާއި އެކު ރިލްވާންކޮށިއެރިއެވެ.

“ޕިސް ޕިސް. އެހާ ހައިރާން ކުރަނިވި ވާހަކައެއްތަ މަށަށް މިބުނެވުނީ” ރިލްވާންގެ ބުރަކަށީގައި ފިރުމާލަމުން މައިކަލް “އައި ރޯލް” ކޮއްލިއެވެ. “ހަހަ ނޫނޭ ނޫނޭ. ހަމަ ހުވާތަ؟؟” ރިލްވާން އަހާލީ ޔަގީންކޮއްލަން އަހާކަހަލަ ގޮތަކަށެވެ.

“ޔެއާ.. އައި މީން. މިހާރު ރައްޓެހިވެގެން އުޅޭތާ 1 އަހަރުވީ. ދެން 2 މަންތްސް ފަހުން ޝާހާއަށްވެވޭނެ ރެގިސްޓާރޑް ނާރސްއަކަށް. އޭރުން އަހަރެމެންދެމީހުންނަށްވެސް ޖޮބްއެއްލިބުނީނުން؟ ދެން އެހެންވެ ކޮބާ މައްސަލައަކީ. އުމުރު މިދަނީ ހަމަ ހައްތަހާ މައްޗަށް. އަހަރެން ބޭނުން ޝާހާއާއި މެރީ ކުރަން. އަހަރެން މަންމަ ކައިރިވެސް ބުނެފިން. އަހަރެން އެކަމަކު މަންމައާއި ޝާހާ މީޓުކުރުވަން ބޭނުމީ އެންގޭޖު ކޮއްފަ. ހެލްޕް މީ ޕްރޮޕޯޒް ޓުހާރ ބްރޯ”

މައިކަލް އާދޭސް ކުރާކަހަލަ ގޮތަކަށް ބުނެލިއެވެ. ރިލްވާން ހީލާފައި “އޯކޭ އޯކޭ” ބުނެލިއެވެ.

ރޭގަނޑުގެ ވަގުތެވެ. މައުނާގެ އިސްތަށިގަނޑާ ކުޅިލަކުޅިލަ އޮތް ނާއިލްގެ ސިކުނޑިވަނީ ސުމަކަށް ދާން ގާއިތްވެފައެވެ. މައުނާއަށްވެސް ދިޔައީ އެކަން އިހުސާސް ކުރެވެމުންނެވެ.  އެވަގުތު މައުނާގެ ބަނޑަށް ގޮތަށް ވެލިއެވެ.

“އޭ ނާއި ބަލާލަ މިއޮށް ތޮޅެނީ” މަންމައާއި ބައްޕަގެ ހިތުގައި ވޭން އަޅަމުން ދިޔަކަން އެކުޑަކުޑަ ފުރާނައަށްވެސް އިހުސާސްވެ، އެމޫނުމައްޗަށް ހިނިތުންވުމެއް ގެނެސްދިނުމުގެ މަސައްކަތްފެށިފަދައެވެ. މައުނާ ލައިގެން އޮތް ކުރުހެދުންމަތިންވެސް ދިޔައީ އެކުއްޖާގެ އަތާފައިން ކޮއްޕާކަން އެނގެމުންނެވެ. އެ އެކްސިޑެންޓްގެ ފަހުން އެދެމަފިރިންގެ ތުންފަތަށް ފުރަތަމަ ފަހަރަށް ހިނިތުންވުމެއްވެރިވިއެވެ.

“ދަރިފުޅޫ؟ ހައު އާރ ޔޫ ބައްޕިގެ ބޭބީ؟” މައުނާގެ ހެދުން މައްޗަށް ހިއްލާލަމުން މައުނާގެ ބަނޑާ ކައިރިވެލާފައި ނާއިލް ބުނެލިއެވެ. އެވަގުތު އަނެއްކާވެސް ނާއިލްގެ އަޑުއައި ދިމާލުން ތޮޅެލިއެވެ. ނާއިލްއަށް ހިނިތުންވެވުނެވެ.

“މިހާރު މަންމިއާއި ބައްޕި ދަރިފުޅު ދެކޭހިތުން މިހިރަ މޮޔަވަނީ. ދެން ނިކުންނަން އުޅޭ ބޭބީ” ނާއިލް މައުނާގެ ބަނޑުގައި ފިރުމާލިއެވެ.

“އެދޮގެއް ދަރިފުޅޫ ބައްޕި ރަނގަޅަށް ތަޅުވާފަ ނުކުންނަން ހުންނާތި އިނގޭ؟ ހެހެހެ” މައުނާވެސް ނާއިލްއާއި ބައިވެރިވެލިއެވެ. އެހެންނަމަވެސް އެއުފާވެރިވަގުތުކޮޅަށް ނިމުންއައީ ނާއިލްއަށް އައި ފޯނުކޯލަކުންނެވެ.

ގުޅަމުން ދިޔައީ މަންމަ ކަމުން ނާއިލް އަވަހަށް ފޯނުނެގިއެވެ.

“ދަ..ދަރިފުޅާ ބައްޕަގެ ހާލުވަރަށް ދެރަ. އޮޕަރޭޝަނެއްކުރަން އެއުޅެނީ.. އަވަހަށް އާދެބަލަ ދަރިފުޅާ..” ނާއިލްއަށް އެ ޖުމްލަ އިވުނީ ހޮނުގުގުރިއެއްގެ ސިފައިގައެވެ. މައުނާގެ މޫނަށް ބަލާލެވުނު އިރު މައުނާވެސް އިނީ ދެލޯބޮޑުވެފައެވެ. ދެމަފިރިން އަވަސްވެގަތީ ހޮސްޕިޓަލަށް ދިޔުމަށެވެ.

ހޮސްޕިޓަލުތެރެ އެއްއަޑުކޮއްލާފައިވަނީ ނައިލާގެ ވޭނީ ރުއިމުގެ އަޑުންނެވެ. ކައިރީގައި ހުރި ނަވްޔާގެ ލޮލުންވެސް ދިޔައީ ހޯސްލާފައި ކަރުނައަންނަމުންނެވެ. މަންމަ އިންހާލުފެނި މިފަހަރަކު ނާއިލްއަކަށް ކަރުނަތަކެއް ނުހިފެހެއްޓުނެވެ. ބިންމައްޗަށް ޖެހިގަނެވުނު އިރު ރޯންފެށުނެވެ. ލޯބިވާ ފިރިމީހާރޮމުން ދިޔަގޮތް ފެނި މައުނާއަކަށް ކެތެއްނުކުރެވުނެވެ. ދެންފެނުނީ ކަނޑާލި ރުކެއްހެން މައުނާ ބިންމައްޗަށް ޖެހުނުތަނެވެ.

“މައުނާ!!!!!!”

އަވަސްކަމާއި އެކު މައުނާ އެމާރޖެންސީ ރޫމްއަށް ވެއްދުނެވެ. މައުނާގެ ނަސީބުވެސް ގަދައެވެ. އެވަގުތު ޑިއުޓީގައި މައުނާގެ ގައިނީވެސް އިނެވެ. ޑަކްޓަރ ފިރާޝާއަހިސް އަވަސްކަމާއި އެކު މައުނާ “އެގްޒާމް” ކުރަންފެށިއެވެ.

“ވެއްޓިޖެހުނު ގޮތުންހެން ހީވަނީ. ޕްލެސެންޓާ ޑެމެޖްވެފައިނީ. ބޭބީގެ ހާރޓް ބީޓްވެސް ވަރަށް އަވަސް. ޕޭޝަންޓް މިދޭތެރެިން މާބޮޑަށް ސްޓެސް ވެފަކަމަށް ބެލެވެނީ. ވަރަށް އަވަހަށް ސީސެކްޝަންއެއް ހަދަން ޖެހޭ. ނޫނީ ބޭބީގެވެސް ޕޭޝަންޓްގެ ފުރާނައަށް ވަރަށް ގެއްލުން އެބަހުރި..”

ނާއިލްއަށް ހީވީ ރިހޭ ފައިމައްޗަށް ފޮއެ ވެއްޓުނު ހެންނެވެ. ހިތުގައި އަޅަމުން ދިޔަވޭން ދެގުނަވިފަދައެވެ. ނާއިލްގެ ހާލަށް މައުނާ ވިސްނާނެކަން ނާއިލް ހަނދާން ނެތުނީ ކީއްވެގެން ހެއްޔެވެ؟

ނާއިޒްގެ ސާޖަރީ ކުރެވެމުންދިޔައިރު، ޖެހިގެން އިން އޮޕަރޭޝަން ތިއޭޓަރުގައި ދިޔައީ މައުނާގެ ސާޖަރީ ކުރެވެމުންނެވެ. ނާއިލްގެ އިތުރުން ނައިލާއަދި ނަވްޔާގެ ހިތްވެސް ވަނީ އަވަސްވެފައެވެ.

30 ވަރަކަށް މިނިޓްފަހުން ޑަކްޓަރ ފިރާޝާ ނުކުތެވެ. ނާއިލްއަށް ފިރާޝާ ކައިރިއަށް ދެވުނީ ދުވަމުންކަހަލަ ގޮތަކަށެވެ.

“ފިރިހެން ކުއްޖެއް. މައުނާގެ ހާލު މަޑުމަޑުން އެބަ ރަނގަޅުވޭ. ނަމަވެސް ދަރިފުޅުގެ ހާލުވަރަށް ދެރަ. ނޭވާލުންވެސް ހިތުގެ ތެޅުންވެސް ވަރަށް އަވަސް. އޭގެ އިތުރުން ބޭބީ ހޭސް ސައިނޯސިންސް. އޭގެ އިތުރުން ބޭބީގެ ހާރޓްވީކްކަމުން، ބްލަޑް ޕަންޕް ކުރުމުގަ ވަރަށް ބޮޑެތި އުނދަގޫ ހުރިކަމަށް ބެލެވެނީ. ވީ ވިލް ކޯލް އަވާރ ކާރޑިއޮލޮޖިސްޓް ފޯރ ދިސް..”

ފިރާޝާގެ ވާހަކައާއި އެކު ނާއިލްގެ ދެލޯ ކަރުނައިން ފުރި ބާރުވިއެވެ. ދަރިފުޅު ރަނގަޅު ހާލަތެއްގައި ލައްވާތޯ ހިތާހިތުން ދުޢާ ކުރެވުނެވެ. ހަމަ އެވަގުތު ދެން އިން ސާޖަރީ ރޫމްއިން ނިޔާޒްގެ ސާރޖަންވެސް ނިކުތެވެ.

“ވަރަށް ބޮޑަށް ސޮރީ.. އަޅުގަނޑުމެންނަށް ނާއިޒްގެ ފުރާނަ ސަލާމަތެއްނުކުރެވުނު…” އިސްޖަހާލައިގެ ހުރެ ޑަކްޓަރ ޝާހް ބުނެލިއެވެ.

ނާއިލްގެ ދަރިފުޅުގެ ފުރަތަމަ ނޭވަޔާއިއެކު ނިޔާޒްގެ އެންމެ ފަހު ނޭވާދޫކޮއްދިޔައީއެވެ. 3 މައިންވެސް ތިބީ ވާންވީ އުފާކަމެއްނުވަތަ ދެރަވާންވީކަމެއްވެސް ނޭނގިފައެވެ.

“ކާކުތަ؟” އެލީޝާއާއި އެކު އޭނާގެ ގޭގައި ނޫޑުލިސް ކެއްކުމަށް ތައްޔާރުވަމުން ދިޔަ ޔޫހާންއަށް ފޯނެއްއައުމުން އެލިޝާއެއްސެވެ.

“ހޮސްޕިޓަލުން. މަޑުކުރައްޗޭ އިނގޭ” ފޯނުގެ ސްކްރީން އެލީޝާއަށް ދައްކާލާފައި ޔޫހާން ފޯނުނެގިއެވެ. އެކޮޅުން ވާހަކަ ދެއްކީ ނަރުސްކުއްޖެކެވެ.

“ޑަކްޓަރ ވަރަށް އަވަހަށް ހޮސްޕިޓަލްއަށް ދުރުވެލަދީބަ. އައި ނޯ ޔޫ އާރ އޮން ބްރޭކް އެކަމަކު ނިއުބޯރންއެއް ވަރަށް ހާލުދެރަ” އެކުއްޖާ ކިޔައިދިނެވެ. ޔޫހާން މިދަނީކަމަށް ބުނެ ފޯނުކަނޑާލިއެވެ.

“ނިއުބޯންއެއްގެ ވާހަކަ ބުނީ ވަރަށް އަވަހަށް….” އެވަގުތު އަނެއްކާ ޔޫހާންގެ ފޯނު ރިންގުވިއެވެ. މިފަހަރުއައީ ނާއިލްގެ ކޯލެކެވެ.

“ޔޫހާން… އަޑުއެހިން ޔޫހާން ބްރޭކްގައޭ. އެކަމަކު ހެޔޮނުވާނެ އަވަހަށް އަހިސްދީ.. މަގޭ ދަރިފުޅު ސަލާމަތްކޮށްދީ….” ނާއިލްގެ ވާހަކައާއި އެކު ޔޫހާންއަދި އެލީޝާއަށްވެސް ލިބުނީ ސިހުމެކެވެ.

“ޝީ ވެންޓް ޓު އަ ސީ ސެކް.. ޕްލީޒް އަހިސްދީބަ” ރޮމުން ރޮމުން ނާއިލް ބުނެލިއެވެ. ފޯނުބޭއްވުމަށް ފަހު ޔޫހާންއާއި އެކު އެލީޝާވެސް އަވަސްވެގަތީ ހޮސްޕިޓަލަށް ދިޔުމަށެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

shihaamaa ali
Follow Me Written By

shihaamaa ali

Level 1010 Stories100 Comments500 Comments100 Stories100 Login1K Comments

"A author that crafts deeply emotional, mysterious, and thought-provoking stories that blend psychological depth with heartbreaking twists, leaving readers unsettled yet captivated.🥀" Here you can read: Mysterious, Crime, Fiction, Science, Medical and Revenge!

Other Articles

Previous

ބޭވަފާތެރިޔަކީމޭ 10

Next

ނޭވާ ލާ ހިނދު ހީވޭ ގާތުގާ ވާހެން 12

Next
December 9, 2024

ނޭވާ ލާ ހިނދު ހީވޭ ގާތުގާ ވާހެން 12

Previews
December 8, 2024

ބޭވަފާތެރިޔަކީމޭ 10

8 Comments!

  1. gurrrrl says:
    December 9, 2024 at 12:46 pm

    vrh reethi mashallah vrh curious koh laafa thi nihmaali
    alheyyyyyy cant wait for next keep it up
    lov youu

    1. shihaamaa ali shihaamaa ali says:
      December 9, 2024 at 6:39 pm

      hehe ya, jazaakallah khairan
      in sha allah tmrw
      love you moree

  2. cutie girl says:
    December 9, 2024 at 1:22 pm

    mi part ves v reethi masha allah
    curiously waiting for next part
    keep it up
    elaa and yohaan gulhuvachey
    they both are made for each other
    naail haadha dhera vaane ey hihvaru kurey
    mauna and baby ah gotheh nuhadhachey
    jaish and nav gulhuvachey
    they all are made for each other
    mi part kiyaafa rovijje
    v intresting story eh
    v kiyaala hithun kiyani
    i appreciate your hard work
    love you fav author

    1. shihaamaa ali shihaamaa ali says:
      December 9, 2024 at 6:39 pm

      jazaakallah khairan
      let’s see dhw what happens
      love you moree

  3. Your fav bab says:
    December 9, 2024 at 3:02 pm

    Very curious!!!!
    Heyo nuvaane!!!
    Save that poor child!!!!!
    I feel really pity for naaiz he left the world
    But his wish was to take his grandson
    Oh!!!!!!
    So sad
    But don’t let the child die!!!!!
    😭😭😭😭😭😭😭😭😭😭😭

    1. shihaamaa ali shihaamaa ali says:
      December 9, 2024 at 6:40 pm

      jazaakallah khairan
      hehe let’s see dhw what happens
      baby salamai veythw dua kurey kekeke

  4. Your new fann.. 💖🥀 says:
    December 9, 2024 at 3:51 pm

    Don’t let the kid die… This is soo heartbreaking… I feel bad for the baby ge bappa.. Will the baby die? Oh godd..
    ALSO.. RIGHT NOW I AM INTERESTED IN MEDICAL FEILD… (totally unexpected) 🥀
    never been this eager to read a story.. This just won my heart.. Gurl u won.. 💖😭👏🏻🥀
    LYSM.
    =waiting for the next part=

    1. shihaamaa ali shihaamaa ali says:
      December 9, 2024 at 6:41 pm

      jazaakallah khairan
      OMG SO HAPPY TO HEAR THAT1!! shiher ves miee medicine ge fan eh keke
      OMG happy to hear that alhamdhulihllah
      in sha allah tmrw
      ilym

Comments are closed.

Next Episodeބޭވަފާތެރިޔަކީމޭ 12←


All Right Reserved!