Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންމަޖާލޯބި

ނަން ކަލާގެ މިހިތުގެގައި ފެވިއްޖޭ…56

Anonymous Level 4100 Login10 Stories100 Comments
December 8, 2024 10 Mins Read
26 Comments

“ރަޔާންގެ މަންމަ މެން ރަޔާން އާއި ފައިހާ އާ ގުޅުވަން އެ ނިންމީ ވަރަށް ވިސްނާފަ”ލައިނީ ދެލޯ މަރަމުން އެހެން ބުނެލީ ހިތުގައި އަޅަމުން ދިޔަ ވޭނަށް ކެތްކުރަން މަސައްކަތް ކުރަމުން ނެވެ.ރަޔާން އޭނާ އާއި އެވާހަކަ ދައްކާނީ އެ ރަޔާންގެ ހިތަށް ތަސައްލީއެއް ލިބޭތޯ ކަން އޭނާ އަށް އެނގެއެވެ.ވަގުތުގެ ބޭނުން ހިފާ ރަޔާންގެ ސިކުނޑި އާއި ކުޅެލާ ރަޔާންގެ ނިންމުން ބަދަލު ކުރުމުގެ ބާރު ވެސް މިވަގުތު އޮތީ ލައިނީ ގެ އަތުގައި އެެވެ.ނަމަވެސް އެގޮތުގެ ބަދަލުގައި ރަޔާން އަށް ރަޔާންގެ މަންމަ ގެ ނިންމުން ރަނގަޅު ވާނެ ކަމަށް ވިސްނައިދިނީ އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ލައިނީ ގެ ހިތް ބުނުމުންނެވެ.

****************

“ދެން ރަޔާން އަަށް އެނގޭނީ ގޮތް ނިންމަން”ލައިނީ ރަޔާން އާއި ދިމާލަށް ބަލައިލި ވަގުތުވީ ރަޔާން ވެސް ލައިނީ އާއި ދިމާލަށް ބަލައިލި ވަގުތަށް ވުމުން ދެމީހުންގެ ހަތަރު ކަޅި ބައްދަލު ވެގެން ދިޔަ އެެވެ.ރަޔާން އާއި ލައިނީ އަށް އެކަކު އަނެކަކުގެ ދެ ލޮލުން ވެސް ފެނިގެން ދިޔައީ އެއްކަހަލަ އަސަރު ތަކެކެވެ.ދެ ޒުވާނުންގެ ހަޔާތަށް ވެރިވެފައި ވާ ހިތްދަތި ކަން ދެޒުވާނުން ގެ ދެލޮލުން އެކަނި ވެސް ކިޔާލަ ދެމުން ދިޔަ އެެވެ.

 

މާދުރުން އިވިގެން ދިޔަ ބަންގީގެ އަޑާއި އެކު ހޭވެރިކަމެއްވީ ފަދައަކުން ރަޔާން ލައިނީގެ ދެލޮލުން ނަޒަރު ވަކި ކޮށްލިއެވެ.ޖީބުން ސައިކަލު ތަޅުދަނޑި ނަގަމުން ރަޔާން ލައިނީ ހުރި ގޮތަށް ހުރި ތަނަށް ދޫކޮށްލާފައި ވަދާއުގެ ބެލުމަކުން ލައިނީ އާއި ދިމާލަށް ބަލައިލުމަށް ފަހު ދާން ހިނގައިގަތެވެ.

 

ނަމާދުން ފައިބައިގެން ގެއަށް ވަން ނުކްޝާންގެ ނަޒަރު ހުއްޓިލީ ސޯފާގައި އޮށޯވެގެން އޮތް ނަވްޔާ އަށްށެވެ.”އޭއި މާމަގަނޑާ ހިނގާ ބަލަ މިފަހަރު ދަތުރެއް ކޮށްލަން އީދަށް”ސޯފާއަށް ފަތުރާ ލާފައި އޮތް ނަވްޔާ ގެ އިސްތަށިގަނޑަށް ދަމާލަމުން ނުކްޝާން ބުނެލިއެވެ.” ދެން ދޮންބޭ”ނަވްޔާގެ ހަޅޭކުގެ އަޑު މުޅި ގޭގެ ތެރެއަށް ގުގުމައިގެން ދިޔައީ ނުކްޝާން ނަވްޔާ ގެ އިސްތަށިގަނޑަށް ވާންވާ ވަރަށް ދަމާލުމުންނެވެ.

 

“ކޮން ދަތުރެކޭ ކިޔާކަށް ނުވެސް ދާނަން ތި ކިޔާ ދަތުރަކަށް. އަމިއްލަ އަަށް ދަތުރު ހަދައިގެން ދިޔައީމަ ވީނު. އާނ މާ ބޮލަށް ފަސޭހަ ވާނެ މީނަ އުޅޭ ގެއެއްގަ އުޅުމަށް ވުރެ” ނަވްޔާ ގެ އިސްތަށިގަނޑުން ނުކްޝާން ދޫކޮށް ލުމާއި އެކު ނަވްޔާ ބުނެލީ އިސްތަށިގަނޑުގައި ހުޅިއެެއް ޖަހާލަމުން ނެވެ. “ނޫޅެމޭ ގަދަކަމުން ގެންދާކަށް ވެސް.ނުދަންޏާ ހުރީމަ ވީނު.ނާޔާ ހީކުރީ ނުދިޔައީމަ ދޮންބެ ގެ ގައިން ބައެއް މަދުވަނީ ކަމަށްތަ؟”ނަވްޔާގެ ވާހަކަ އަަށް މާބޮޑު ސަމާލުކަމެއް ދިނުމެއް ނެތި ނުކްޝާން ބުނެލިއެވެ.ހީވާ ގޮތުން ނަވްޔާ އާއި އެހާ ޖެއްސުން ކުރާ ހިތެއް އޭނާގެ ނެތެވެ.ނަވްޔާ އާއި ދިމާލަށް އިތުުރު އެއްޗެއް ބުނުމެއް ނެތި ނުކްޝާން ކޮޓަރި ތެރެ އަށް ވަދުމުން ނަވްޔާ އަށް އޭނާގެ ނިތުގައި އަތުން ޖަހާލެވުނެވެ.”އަދި މޮޅު ކޮށްލަން ވެއްޖެ ވިއްޔާ”ނަވްޔާ އަށް ހިތާ ހިތުން އެހެން ބުނެލެވުނީ ނުކްޝާން އޭނާ އަށް ރައްދު ނުދީ ދިއުމުން އޭނާ އަށް ދެން ދެވޭނެ އިތުުރު ގޮތެއް ނެތް ހެން ހީވުމުންނެވެ.ގޮތްދޫ ކޮށްފައި ނުކްޝާން ގެ ގާތުގައި ދަތުރު ދާން ބޭނުންވާ ވާހަކަ ބުނެފިއްޔާ އަނެއްކާ އަނެތް ކަންތަކެވެ.އެދުވަސް އެކީ އޭނާ އާއި ދިމާ ކުރާނެ ކަން ޔަގީނެވެ.

 

ކޮޓަރި އަށް ވަން ގޮތަށް ނުކްޝާން ޒީކާން އަށް ގުޅާލިއެވެ.ނަވްޔާ އަށް ރައްދު ނުދީ އެހާ ފަސޭހައިން އޭނާ އެއައީ ޒީކާން އަށް ގުޅާށެވެ.”ހަލޯ”ޒީކާން އެކޮޅުން ފޯނު ނެގުމާއި އެކު ފޯނު ކަންފަތުގައި ޖަހަމުން ނުކްޝާން ބުނެލި އެވެ.”އޭ ބަރޯ ކަމެއް ކޮށްދީބަލަ”ނުކްޝާން ގެ ރާގު ހުރި ގޮތުން ނުކްޝާން ކިޔަން މިއުޅޭ ކަމަކީ ސަހަލު ކަމެއް ނޫން ކަން ޒީކާން އަށް ވަގުތުން އެނގުނެވެ.

 

“ކޮށްދެވޭ ވަރުގެ ކަމެއް ވިއްޔާ ކޮށްދޭނަން”ޒީކާން އޭނާގެ ސީރިއަސް ރާގުގައި ބުނެލިއެވެ.”ނުކޮށްދެވޭ ވަރުގެ ކަމެއް ނޫން”ނުކްޝާން އެހެން ބުނެލި އިރު އެއަޑުގައި ފުދޭވަރަކަށް ލާނެތް ގޮތެއް ހުއްޓެވެ.

 

“މިޝް ކައިރީ ގޮސް ބުނެދީބަލަ ދަތުރު ދާނަން ހޭ”ނުކްޝާން ބުނެލި ވާހަކަ އާއި އެކު ޒީކާން އަށް ކުއްލި ސިހުމެއް ލިބުނެވެ.ބުނާނެ އެއްޗެއް ނޭނގިފައި ޒީކާން އަށް އިރުކޮޅަކު ހުރެވުނެވެ.

 

ޒީކާން އަށް އޭނާ ގެ އެދުން އަޑު އިވުމުން ވާނެ ގޮތް ހިތަށް އަރުވައިގެން ހުރި ނުކްޝާން ދިޔައީ އެތެރެ އެތެރެއިން ހެމުން ނެވެ.އެހެން ނަމަވެސް ޒީކާން އަަށް އަޑު އިވި ދާނެ ކަމުގެ ބިރަށް އޭނާ ހުރީ ހިނިގަނޑު ހިފަހައްޓާލައިގެން ނެވެ.

 

އިރުކޮޅެއްގެ ހަމަހިމޭން ކަމަކަށް ފަހު ޒީކާން ހްމްމްމް އަޅުވާލީ ނުކްޝާން ގެ އެދުމަށް އެއްބަސް ވުމުގެ ގޮތުންނެވެ.ޒީކާން ފޯނު ބޭއްވުމާއި އެކު ހެން ނުކްޝާން ކޮޓަރިން ނިކުތީ އަޔާން އަަށް އެ ޚަބަރު ދޭން އެ ގެ އަށް ދާށެވެ.މެސެޖަކުން އެބަ ދަން ކަމަށް ނުކްޝާން އަޔާން އަަށް އަންގާލީ އަޔާން ގޭގައި އުޅޭތޯ ބެލުމުގެ ގޮތުން ނެވެ.

 

ތަނަވަސް ވަރެއްގެ ކޮޓަރި އެކެވެ.ހަތަރު ފާރުގައި ހުދު ކުލަ ލާފައި ވާ އިރު ކޮޓަރި ތެރޭގައި ވާ ހުރިހާ އެއްޗެއް ވެސް ބެހެއްޓިފައި ވަނީ ތަރުތީބު ކަމާއި އެކުގައި އެވެ.ބަލާލުމުން އެކަނި ވެސް ސާފުތާހިރު ކަމަށް ލޯބިކުރާ މީހަކު އުޅޭ ކޮޓަރި އެއް ކަން އެނގޭހާ ވެއެވެ.ކޮޓަރީގެ މެދުގައި ބެހެއްޓިފައިވާ އެނދުގެ މަތީގައި އޮތް ޒުވާން އަންހެން ކުއްޖާގެ ފަން ދިގު އިސްތަށިގަނޑު ގައި ހުޅި އެއް ޖަހާލެވިފައި ވާ އިރު ހުޅި އާއި ހިސާބަށް ނުފޯރާ އިސްތަށިކޮޅު ތައް އެ އަންހެން ކުއްޖާގެ މޫނަށް ގޯނާ ކުރަމުން ދިޔަ އެވެ.އެނދުގެ އެއްފަރާތުގައި ބެހެއްޓިފައިވާ ކުޑަ ސައިޑް ޓޭބަލް މަތީގައި އޮތް ފޯނު ރިންގު ވަމުން ދިޔަ އިރު ވެސް އެ ޒުވާނާ އަށް އެކަން ނޭނގޭ ކަހަލަ އެވެ.ކޮޓަރިން ބެލްކަންޏަށް ނިކުމެވެން ހުރި ދޮރާއި ދިމާލަށް ބަލަހައްޓައިގެން އިން އިރު ޚިޔާލަކަށް ގެއްލިފައި އިން ކަން ދޭހަ ކޮށްދެއެވެ.އެއް ފަހަރު ފޯނު ރިންގު ވެފައި ކެނޑުނު ތާ އިރު ކޮޅެއް ފަހުން ފޯނަށް މަސެޖެއް އައެވެ.

 

ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލި އަޑަށް ހޭވެރި ކަމެއް ވީ ފަދަ އަކުން މިޝްޔާ ދުވެފައި ކަހަލަ ގޮތަކަށް ގޮސް ދޮރު ހުޅުވާލިއެވެ.ދޮރު ހުޅުވާލި ވަގުތު ކުރިމަތީގައި ހުރި މިލާންގެ މޫނުމަތިން ލާނެތް އަސަރު ތަކެއް ފެންނަން ހުއްޓެވެ.”ދޮންތަ އަށް ނުގުޅިގެން ޒީކް އެބަ ގުޅާ މިލާން ގެ ފޯނަށް”މިލާން ރާގުލާފައި ދިމާ ކޮއްލިއެވެ.”ޒީކް އޭ”މިޝްޔާ ގެ މޫނުމަތީގައި ސުވާލު މާކެއް ޖެހުނެވެ.

 

ޒީކާން އޭނާ އަށް ގުޅަން ވީ ކީއްކުރަން ހެއްޔެވެ؟މިޝްޔާގެ ހިތުގައި އުފެދުނު ސުވާލަށް އޭނާގެ ހިތް އެކިއެކި ޖަވާބު ދެމުން ދިޔައެވެ. އެހެން ނަމަވެސް އޭގެން އެއްވެސް ޖަވާބެއް ދިމާ ނުވާނެ ކަން މިޝްޔާ އަަށް އެނގެއެވެ.

 

“ހްމްމްމް ޒީކް.ބުނީ ދޮންތަ ނުނަގަޔޯ ފޯނެއް”މިލާން ފާޑަކަށް ހީގަތީ މިޝްޔާ އާއި ދިމާ ކޮށްލުމުގެ ގޮތުން ނެވެ.ދެވަނަ ފަހަރަށް މިލާން އަނގަ ހުޅުވުމުގެ ކުރިން މިޝްޔާ މިލާން ގެ މޫނަށް ދޮރު ޖަހަމުން ކޮޓަރީގެ ދޮރުގައި ލެނގިލިއެވެ.އޭރު އޭނާގެ ހިތް ބާރު ބާރަށް ތެޅެމުން ދިޔައެވެ.އޭނާގެ ހިތުގެ ތެޅުމުގެ އަޑު އޭނާއަށް ވެސް އިވެމުން ދިޔަ އެެވެ.

 

މޭގައި އަތް އަޅައިގެން އިރުކޮޅެއް ވަންދެން ހުރުމަށްފަހު މިޝްޔާ ސައިޑް ޓޭބަލް އާއި ދިމާލަށް ދުވެފައި ކަހަލަ ގޮތަކަށް ދިޔައީ އޭގެ މަތީގައި އޮތް އޭނާގެ ފޯނު ފެނުމުންނެވެ.އަަވަސް ހިތަކާއި އެކު ފޯނު ހުޅުވާލި މިޝްޔާގެ ލޮލުގައި އެންމެ ފުރަތަމަ ވެސް އަޅައިގެން ދިޔައީ ޒީކާން ގެ މިސް ކޯލެވެ.އޭރު ޒީކާން ގެ މެސެޖެއް ވެސް އޭނާގެ ފޯނަށް އައިސްފައި އޮތެވެ.އަވަސް ހަރަކާތަކާއި އެކު ފޯނުގެ ކޯޑު ޖަހާލަމުން މިޝްޔާ އެ މެސެޖު ހުޅުވާލި އެވެ.

 

“މިރޭ އަށެއް ޖަހާ އިރު ދާނަން ބަލާ ތި ގެ އަށް”އާދެވޭނެ ތޯ ވެސް ނާހާ ޒީކާން ކޮށްލާފައި އިން މެސެޖު ފެނުމުން މިޝްޔާގެ ހިތް ކުރިއަށް ވުރެ ވެސް ބާރަށް ތެެޅެން ފެށިއެވެ.އޭނާގެ ހިތުގައި އެކި އެކި ކަހަލަ ސުވާލު އުފެދެން ފެށިއެވެ.

 

ޒީކާން އޭނާ ބަލާ އަންނާނަމޭ އެބުނީ ތަނަކަށް އޭނާ ގެންދަން ހެއްޔެވެ؟އޭނާ ތަނަކަށް ގެންދަންޏާ ޒީކާން އޭނާ އެގެންދަނީ ކޮން ބޭނުމަކު ހެއްޔެވެ؟

 

މިޝްޔާ އޭނާގެ ހިތް ހަމައަކަށް އެޅެން މަސައްކަތް ކުރަމުން ދިޔަ ނަމަވެސް އޭނާގެ ހިތުގެ ތެޅުން ބާރު ވުން ނޫން ކަމެއް ނުވިއެވެ.އެކި އެކިކަހަލަ ސުވާލު ފުނި ޖެހެމުން ދިޔަ މިޝްޔާ އަަށް ކުއްލި އަކަށް ގަޑި ބަލާ ލެވުނީ ޒީކާން އެބުނާ ތަނަކަށް ދެވޭނީ ތައްޔާރުވެގެން ކަން އެނގުމުންނެވެ.

 

ފޯނު ނަގާ މިޝްޔާ ގަޑި ބަލާލި ވަގުތު ހަތެއް ޖަހަން ކައިރިވެފައި ހުރުމުން ފޯނު އެނދުމައްޗަށް އެއްލާލެވުނެވެ.ޒީކާން އޭނާ ބަލާ ބަރާބަރު އެއް ގަޑީރާއި ދިހަ މިނެޓް ފަހުން އަންނާނެ ކަން އެނގުމުން މިޝްޔާ އަަށް ދެލޯ މަރާލަމުން އެނދު މައްޗަށް ޖެހިގަނެވުނެވެ.

 

ގެއިން ނިކުން ގޮތަށް ސައިކަލަށް އަރަމުން ނުކްޝާން ހާމައަށް ފެންނަން އޮތް އުޑާއި ދިމާލަށް ނަޒަރު ހިންގާލީ ތަރިތަކުގެ ބަބުޅުން ތައް އުޑުމަތިން ފެންނަން ނެތުމުންނެވެ.އުޑުމަތިން ވިއްސާރައިގެ ކުލަވަރު ތައް ފެންނަން ހުރުމުން ނުކްޝާން ސައިކަލު ފުދޭވަރަކަށް ބާރަށް ސްޓާޓް ކޮށްލީ މީހަކަށް އިޝާރާތެއް ވެސް ކޮށްނުލާ ވާރޭ ގެ ކަނިތައް ބިމަށް ހަމަލާ ދޭން ފަށާފާނެ ތީ އެެވެ.

 

ފޯނު ހިފައިގެން ސޯފާ މައްޗަށް ދެމިފައި އޮތް އަޔާން އިރު އިރު ކޮޅާ ދޮރާއި ދިމާލަށް ނަޒަރު ހިންގާލަމުން ދިޔައީ ނުކްޝާން އަންނާނަމޭ އިރުކޮޅެއް ކުރިން ބުނުމުން ނެވެ.ކިޔާން ވެސް ކޮޓަރީގައި އުޅޭތީ އޭނާ އޮތީ ކުރާނެ ކަމެއް ނޭނގުމުން ފޫހިވެފައި އެވެ.

 

“ވިއްސާރަ ހަދާލާފަ އިނގޭ އޮތީ ބޮޑަކަށް”ގޭތެރެ އަށް އަޅާލި ފުރަތަމަ ފިޔަވަޅާއި އެކު ނުކްޝާން ބުނެލިއެވެ.އަޔާން އާއި ޖެހިގެން ހުރި ސޯފާ ގައި ނުކްޝާން އިށީނދެލަމުން އަޔާން ގެ މޫނާއި ދިމާލަށް ބަލައިލީ ވާހަކަ އެއް ބުނަން އުޅޭ ކަހަލަ ގޮތަކަށް ށެވެ.

 

“ހްމްމްމް ކައެ މޫނުމަތިން އެބަ އިނގޭ މޮޅު ކަމެއް ކޮށްގެން އައި ކަން”އަޔާން ނުކްޝާން އާއި ދިމާލަށް ބަލައިލަމުން ބުމަ އަރުވާލިއެވެ.”ހްމްމްމް.މޮޅު ކަމެއް ކޮށްލައިފީމޭ.ކައެ އަކަށް ވެސް ހިއެއް ނުވޭ އެކަހަލަ ކަމެއް ކުރެވޭނެ ހެނެއްް”ނުކްޝާން އޭނާ ކޮށްގެން އުޅޭ ކަމުގެ ވާހަކަ ކޮންމެހެން ބުނާކަށް ނޫޅުނެވެ.

 

“ދެން ކޮން ކަމެކޯ ވީ”އަޔާން އަހާލީ ނުކްޝާން ދުރު ދުރުން އުޅޭތީ އެވެ.”އެއްކަލަ ޒީކް ކައިރީ މަ ބުނީ މިޝް ކައިރީ ބުނާށޭ ރަށަށް ދާ ވާހަކަ”ފޮނި ކަނޑާލާ ކަހަލަ ގޮތަކަށް ނުކްޝާން ބުނެލިއެވެ.”އެއްބަސްވިތަ؟”އަޔާން އަހާލީ މަޢުޟޫ އާއި މެދު ޝައުގުވެރިވެފައި އިން ކަހަލަ ގޮތަކަށްށެވެ.”ކިރިޔާތަ؟ނުވާން އުޅެ އުޅެ ފަ ވެސް އެއްބަސް ވެއްޖެ”

 

“ދެން އޮތީ ނުކް ކައެގެ ކަންތަކޭ”އަޔާން ބުނެލި ވާހަކަ ނޭނގިފައި އިން ކަހަލަ ގޮޮތަކަށް ނުކްޝާން އިނެވެ.”ނޭނގިފަ އިންނާނެ ކަމެއް ނެތް.އަލީކާ ކައިރީ ބުނަން ޖެހޭނެ ނުކް.ޒީކް އާ އަދި ދިމާ ކުރާނެ.އަމިއްލަ މީހާ ރަނގަޅު ކޮށްފަ އެހެން މީހުންނާ ދިމާ ކޮށްބަލަ”އެންމެ ފަހުން ޒީކާން އާއި ދިމާ ކޮށްގެން ވެސް ލަނޑު ލިބުނީ ނުކްޝާން އަށްށެވެ.”ރިޔަލީ ތީ ދެން މީހަކު ދުވަހަކު ވެސް މަށާ އަޅުވާ ކީ މީހެއް ނޫނޭ”ނުކްޝާން ތުން ފިއްތާލިއެވެ.އަލީކާ އަކީ އެކުގައި އުޅެން އޭނާ ދުވަހަަކު ވެސް ވިސްނާފައިވާ ކުއްޖެއް ނޫން ވިއްޔާއެވެ.”އަޅުވާ ކިޔައިގެން ތަ އަދި މީހެއް ކައިރީ ރަށަށް ދާ ވާހަކަ ބުނަނީ.އޯހ މަގޭ ތަކުރު ގެ ހިތުގަ ކުއްޖަކަށް ވިންދެއް ޖަހައިފި ދޯ”އަޔާން ބުނެލީ މޭގައި ފިރުމާލަމުން ނެވެ.”އަޔާންްންން…” ނުކްޝާން ގޮވާލި އިރު އޭނާ ހުރީ ފާޑަކަށް ރަކިވެފަައި އެވެ.އަޔާން އަަށް ގޮވާލީ ވެސް އެހާ ރާގު އަޅުވާފައި އެވެ.

 

“ބޮޑާ ހާކާނެ ކަމެއް ނެތް.މަަށަށްވާ ލާހިކެއް ނޫން އަލީކާ ކައިރީ ބުނާކަށް.މަގޭ މަންޖެ މަ ރޮލާ ކާލާނެ”އަޔާން ދެ އަތް އުފުލާލިއެވެ.”ދެން ލައިކާ ލައްވާ ބުނެބަލަ އީޒީ”ނުކްޝާން ދެކޮނޑު އަރުވާލި އެވެ.”ދެން ނާޔާ ލައްވާ ބުނެބަލަ އީޒީ”ނުކްޝާން ބުނެލި ރާގުގައި އަޔާން ވެސް ބުނެލި އެވެ.”އޯކޭ އޯކޭ.މަ ނޫޅެމޭ ނުބުނާކަށް”ނުކްޝާން ގޮތްދޫ ކުރީ ޒީކާން ލައްވާ މިޝްޔާ ގާތު ބުނެވޭނީ އޭނާ ވެސް އަލީކާ ގާތު ބުނެގެން ކަން އެނގޭތީ އެވެ.

ތަނަވަސް ބޮޑު ކޮޓަރި އެކެވެ.ކޮޓަރީގެ ހަތަރު ފާރުގައި މަޑު ނޫކުލަ ލާފައިވާ އިރު ކޮޓަރީގައި ހުރި ހުރިހާ ފަރުނީޗަރު ތަކެއްގައި ވެސް ލާފައި ވަނީ އެކުލަ އެވެ.ކޮޓަރީގެ މެދުގައި ބޮޑު ކިންގ ސައިޒު ގެ އެނދެއް ބެހެއްޓިފައި ހުރި އިރު އޭގެ ކަނާތް ފަރާތުގައި ސައިޑް ޓޭބަލް އެއް ހުއްޓެވެ.އެ މޭޒުމަތީގައި ނައިޓް ލޭމްޕް އެއް ބެހެއްޓި ފައި ހުއްޓެވެ.ސައިޑް ޓޭބަލް އާއި ޖެހިގެން އެ ބިތުގައި ޖައްސާފައި ކަހާލެވޭ ކަހަލަ ދޮރެއް ލާފައި ހުރި އަލަމާރި އެއް ހުއްޓެވެ.އެ އަލަމާރީގެ ދޮރުގައި މީހާގެ އިސްކޮޅު ވަރުގެ ލޯގަނޑެއް ހަރުކޮށްފައި ހުއްޓެވެ.އެނދުގެ ކުރިމަތީގައި ފަންސާސް ދެ އިންޗީގެ ބޮޑު ޓީވީ އެެއް ބެހެއްޓިފައި ހުރި އިރު ޓީވީގެ ތިރީގައި ހުރި ކުޑަ މޭޒުމަތީގައި ތިން ހަތަރު ޕީއެސް ބެހެއްޓިފައި ހުއްޓެވެ.ކޮޓަރީގެ ތެރެއިން އެ ކޮޓަރީގެ ވެރިޔާގެ ޝަޚްޞިއްޔަތު އަންގާލަ ދެއެވެ.

 

ކޮޓަރީގެ އިސްކޮޅު ވަރުގެ ލޯގަނޑު ކުރިމަތީ ގައި ހުރި ޒީކާން ލައިގެން ހުރި ކަޅު ކުލައިގެ ޓީޝާޓާއި ޖިންސް އިން އޭނާގެ ރީތިކަން ފާޅުވަމުން ގެންދިޔަ އެވެ.ސައިޑް ޓޭބަލް މަތީގައި އޮތް އޭނާގެ ފޯނު ޖީބަށް ލަމުން ޒީކާން އޭނާގެ އިސްތަށިގަނޑު ގައި އަތް ފުނާ އަޅާލިއެވެ.އެންމެ ފަހު ކަމަކަށް ބޮޑީ ސެޕްރޭ ފުޅި ނަގާ މުޅި ހަށިގަނޑަށް ސެންޓް ބުރުވާލިއެވެ.އެއާއި އެކު މުޅި ކޮޓަރި އެއް ވަސް ކޮށްލި އެވެ.

 

ގެއިން ނިކުންނަން ދިޔަ ޒީކާން ފެނުމުން ޒިވާ ޒީކާން އަށް ގޮވާލި އެވެ.ބޯ ކަހާލަމުން ޒީކާން ޒިވާ ގެ ކުރިމަތީގައި އިން ސޯފާގައި އިށީނދެލީ ގަޑި އަށް ބަލާލަމުން ނެވެ.”ތަނަކަށް ދާން ތަ ތި އުޅެނީ؟”ޒީކާން ގަޑި ބަލާލުމުން ޒިވާ އަހާލިއެވެ.މަޑުމަޑުން ޒީކާން ބޯ ޖަހާލިއެވެ.”ބޭރަށް ގޮއްސަ އައިއްސަ ޒާ ކައިިރި އަށް ވަދެލައްޗޭ.ޒާ ބުނި ޒީކް ކައިރީ ވާހަކަ އެއް ބުނަން ވެފަ އެބަ އޮތޭ”ޒިވާ އެހެން ބުނެލުމާއި އެކު ޒީކާން ބޯ ޖަހާލަމުން ޒިވާ އާއި ދިމާލަށް ބަލައިލީ ދިއުމުގެ ހުއްދަ އަށް އެދޭ ފަދަ އަކުންނެވެ.ޒީކާން ސޯފާގައި އިރުކޮޅެއް ވަންދެން އިނީ ޒިވާ އިތުރަށް އެއްޗެކޭ ބުނޭތޯ އެެވެ.

 

“މަންމާ ދަނީ”ޒިވާ އެއްޗެކޭ ނުބުނެ ގިނަ އިރު ވުމުން ޒީކާން ސޯފާއިން ތެދުވުމަށްފަހު ދިއުމުގެ ހުއްދަ އަކަށް އެދިލިއެވެ.ޒިވާ ބޯ ޖަހާލުމާއި އެކު ޒީކާން ގެއިން ނިކުތީ މިހާރު ވެސް ބާކީ ފަސް މިނެޓު އޮތުމުން ނެވެ.އަށެއް ޖަހާ އިރަށް މިޝްޔާ މެންގެ އާއި ހިސާބަށް ދެވޭނެ ކަމާއި މެދު އޭނާ އަށް ޝައްކެވެ.

 

ޒީކާން މިޝްޔާމެންގޭ ދޮރު މައްޗަށް މަޑު ކޮށްލި ވަގުތު ވީ ދާނިޝް ގެއިން ނިކުންނަން އައި ވަގުތަށް ވުމުން ޒީކާން އިސް ޖަހާލިއެވެ. ކުރިން ރޭ ދާނިޝް އަށް އޭނާ މިޝްޔާގެ ކޮޓަރި ބެލްކަނިން ފޭބި ތަން ފެނުނު އިރު މިރޭ ދާނިޝް އަށް މި ފެނުނީ އޭނާ މިޝްޔާ ބަލާ އައިސް އިންދައެވެ.

 

“ކޮބާ މިލާން ބަލާ ތަ؟”ޒީކާން ގެ މޫނުމަތީގެ ކުލަވަރުތައް ދިރާސާ ކޮށްލަމުން ދާނިޝް އަހާލިއެވެ.ޒީކާން އެ އައީ މިޝްޔާ ބަލާ ހެން ހަމަ ދާނިޝް އަށް ހީވަމުން ދިޔަ އެވެ.ކުރިން ރޭ އޭނާ އަށް ފެނުނު މަންޒަރު ތަކުން އޭނާ އަށް ހަމަ އެހެން ހީވަމުން ދިޔައީ އެވެ.

 

ކަޅު ކުލައިގެ މަތިކޮޅަކާއި އެކު ކަޅު ކުލައިގެ ޝޯލް އެއް އަޅައިގެން ހުރިި މިޝްޔާ ކޮޓަރިން ނިކުތުމާއި އެކު ސޯފާ އަށް ދެމިފައި އޮތް މިލާން މިޝްޔާ އާއި ދިމާލަށް ބަލައިލި އެވެ.މިލާން ބަލާލި ގޮތުން މިޝްޔާ ދެލޯ ބޮޑު ކޮއްލިއެވެ.”މަންމާ ދޮންތަ ޒީ…”ކާގޭގެ ތެރޭގައި ހުރި މިޔާ އަށް އަޑު އިވޭނެ ވަރަށް މިލާން އެހެން ބުނެލުމާއި އެކު މިޝްޔާ ގޮސް މިލާންގެ އަނގަ މަތީގައި އަތް އެޅިއެވެ.”ޝްޝްޝް”ތުންފަތުގެ ޝަހާދަތް އިނގިލި ޖައްސާލަމުން މިޝްޔާ ބުނެލީ ކާގޭގައި ހުރި މިޔާ އަށް އަޑު އިވުނު ތޯ ޔަގީން ކޮށްލަމުން ފަހަތް ބަލާލަމުން ނެވެ.”ޕްލީސް މަންމަ ކައިރީ ނުބުނައްޗެ”މިޝްޔާ އާދޭސް ކޮށްލިއެވެ.”މިރޭ މިލާން ބުނާ އެއްޗެއް ގަނެދޭ މަތިން.ޑީލް”މިލާން މިޝްޔާ އާއި ދިމާލަށް އަތް ދިއްކޮށްލިއެވެ.”އާރގ.ޑީލް”މިޝްޔާ މިލާންގެ އަތުގައި ހިފާ ލިއެވެ.އޭނާ އަށް ވުރެ މިހާރު ވެސް މިލާން ގެ މުސާރަ ބޮޑު ވިއްޔާ އެވެ.ދެން ކޮންމެހެން އޭނާގެ ލާރިތައް ހަރަދު ކުރަން ޖެހޭ ހެއްޔެވެ؟އެހެން ނަމަވެސް މިލާން ގެ ކިބައިން ސަލާމަތްވުމަކީ އޭނާގެ ޒިންމާ އެއް ވިއްޔާ އެވެ.

 

ގޭގެ ދޮރުން ނުކުމެ ގެން އައި މިޝްޔާ ގެ ލޮލުގައި ޒީކާންގެ ކައިރީގައި ހުރި ދާނިޝް އަޅައިގަތުމާއި އެކު ހިން ދިރުވާލަން ވެސް ނުކުރުނެވެ.މިޔާގެ ކިބައިން ސަލާމަތް ވެގެން އައިސް މި އެރުނީ ދާނިޝް ގެ ކުރިމައްޗަށް ށެވެ.އޭނާ ގޮސް ޒީކާން ގެ ސައިކަލު ފަހަތަށް އެރުމުން ދާނިޝް ގެ ހިތަށް އަރާނީ ކީކޭ ހެއްޔެވެ؟

 

އެކި އެކި ޚިޔާލު ތަކުގައި ހުރި މިޝްޔާ ހަދާނެ ގޮތް ހުސްވި ކަހަލައެވެ.ގޮތް ހުސްވެފައިވާ މީހަކު ފަދައިން ދެކޮޅު ބަލަން ހުރި މިޝްޔާ އަަށް ދާނިޝް އާއި ޒީކާންގެ ނަޒަރު ހުއްޓުނީ ގޭ ދޮރު ކައިރީގައި މީހަކު ހުރިހެން ހީވުމުންނެވެ. ދާނިޝް އާއި އެކު ޒީކާން ގެ ނަޒަރު ވެސް އޭނާ އަަށް ހުއްޓުމުން މިޝްޔާ ގެ ހިތުގެ ތެޅުން އިންތިހާ އަށް ބާރުވެގެން ދިޔައެވެ.ޒީކާން ގެ ބެލުމުންނާއި ދާނިޝް އޭނާ އާއި ޒީކާން ޝައްކު ކޮށްފާނެ ކަމުގެ ބިރަށް މިޝްޔާގެ ހިތުގެ ތެޅުން ބާރު ވާނެ ނޫން ހެއްޔެވެ؟

 

އެންމެ ފަހުން އެންމެ މޮޅު ކަމަކަށް ވިސްނުނު ގޮތަށް ކަންތައް ކުރަން މިޝްޔާ ނިންމިއެވެ.އައި ކޮޅަށް އެނބުރި މިޝްޔާ ދިޔައީ ދާނިޝް އަށް އޮޅުވާލުމަށް މޮޅު ޕްލޭން އެއް ހަދާށެވެ.

 

މިޝްޔާ އިރުކޮޅަކު މަޑު ކޮށްލުމަށްފަހު ގޭތެރެ އަށް ވަދުމުން ދާނިޝްގެ ގާތަށް އައީ ހިންޏެވެ.ޒީކާންގެ މޫނުމަތިން ވެސް ފަނޑު ނަމަވެސް ހިނިތުންވުމެއް ފާޅު ވީ މިޝްޔާ އެހާ ބިރުން ހުރެފައި ދިއުމުން ނެވެ.އޭނާ އެ އައީ މިޝްޔާ ބަލާ ކަން ދާނިޝް އަށް ވެސް އެނގޭ ވިއްޔާ އެވެ.ދެން ކުއްލި އަކަށް އޭނާގެ ފަހަތައް ނާރާ ގެއަށް ވަދުމުން ހިނި އަންނާނެ ނޫން ހެއްޔެވެ؟

 

ސޯފާގައި އޮތް މިލާން ފަހަތް ބަލާލީ މީހަކު އޭނާގެ ފަހަތުގައި ހުރި ކަހަލަ އިހުސާސް އެއް ކުރެވުމުންނެވެ.ފަހަތް ބަލާލި އިރު މިޝްޔާ ހުރުމުން ނިއް އަރުވާލީ ކިހިނެތް ވީހޭ އެހުމުގެ ގޮތުން ނެވެ.”ޒީކް އަދި ނާދޭ ތަ؟”ވައި އަޑުން މިލާން އަހާލީ މިޝްޔާ ނުގޮސް އެނބުރި އައުމުންނެވެ.”ނޫނެކޭ.މިލާން ހިނގާބަ ދޮންތަ އާއި އެއްކޮށް.ބައްޕަ އެބަ ހުއްޓޭ.ދެން ދޮންތަ ޒީކް ގެ ފަހަތަށް އެރީމަ ބައްޕަ ހީކުރަނީ ކީކޭ ތަ؟”މިޝްޔާ މޫނަށް ގޮތެއް ހަދާލަމުން ބުނެލިއެވެ.”ދެންން.މިލާން ތީގަ ކޯޗެއް ހަދާނީ.ދެން ޒީކް ކައިރީ ބުނެބަލަ ވަލީ ހޯދާށޭ.މިކަހަލަ ވަގުތެއްގަ ދޯ ފަސޭހަ ވާނީ.ދެމީހުން ވެސް ފަޅާ އަރާފަ ވިއްޔާ ތި އޮތީ”މިލާން ދެކޮނޑު އަރުވާލިއެވެ.އެވާހާކަ ބުނެލި އިރު މިލާންގެ އަޑުގައި އެއްވެސް ކަހަލަ ސަމާސާ ގޮތެއް ނެތެވެ.”މިލާން މޮޔަ ވީތަ؟ބަަލަ ދޮންތަ ޔާ ޒީކް އާ މި އުޅެނީ ރިލޭޝަން އެއްގަ އެއް ނޫނޭ”އަނގަ އަށް ގޮތެއް ހަދާލަމުން މިލާން ވާހަަކަ ދައްކަމުން ދިޔަ ގޮތަށް ވައި އަޑުން މިޝްޔާ ބުނެލިއެވެ.”ދެން ދެމީހުން ފިނި ބުރު ޖަހަން ދަނީއޯ”މިލާން ފާޑަކަށް ދެލޯ ބޮޑު ކޮށްލިއެވެ. “ހަމަ ހުވާ.އެއްކަލަ ޑީލް ބްރޯކް ވާނެ އިނގޭ އެއްބަސް ނުވަންޏާ”މިޝްޔާ ބުނެލި ދަތް ތަކަށް ބާރު ކޮށްލަމުންނެވެ.”ދެން ކޯޗެއްތަ ހަދަންވީ.ހަދަންވީ ގޮތެއް އެނގި ގެން ދޯ އިނގޭނީ”މިލާން ސޯފާގައި ރަނގަޅަށް އިށީންދެލިއެވެ.

 

މިލާން ގެ އެ އިޝާރާތުން އޭނާ ބުނާ ކަމެއް މިލާން ކޮށްދޭނެ ކަން އެނގުމުން ހަދަންވީ ގޮތް މިލާން އަށް މިޝްޔާ ކިޔައިދިނެވެ. “ދެން ޒީކް އޯ.ދޮންތަ ވަކި މަގޭ ފަހަތަށް އެރީމަ ބައްޕަ ދާނެ ތަ؟”މިލާން އަނގަ ހަދާލިއެވެ.”އޯހ އަދި އެއީ ތެދެއް ދޯ”މިލާން ފާހަގަ ކުރީ މިޝްޔާ އަށް ވެސް ވިސްނާނުލެވި އޮތް ކަމެއްގެ ވާހަކަ އެކެވެ.”ދެން ދޮންތަ ޒީކް ގާތު އިޝާރާތުން ބުނާނަމޭ.މަޑު ކުރާށޭ.ދެން މިލާން ދޮންތަ ގުވައިގެން ކޮންމެވެސް ހިސާބަކަށް ގޮއްސަ ފަހުން އައިސް ޒީކް އާއި އެކު ދެވޭނެ އެއް ނުން”މިޝްޔާ ކުޑަ ގޮތަކަށް ވިސްނާލަމުން ބުނެލިއެވެ.”ދެން މިލާން އޯ.ދޮންތަ އަށް ވުރެ ކުރިން ގެއަށް އައިމަ ބައްޕަ ވެސް ސުވާލު ކުރާނެ ދޯ”މިލާން ދައްކަމުން ދިޔައީ ހަމަ މުހިއްމު ވާހަކަ ތަކެކެވެ.”ދެން މިލާން ދޮންތަ އާއި އެކު މިރޭ ގެއަށް ވަންނާނީ.”މިޝްޔާ ކޮނޑު އަރުވާލިއެވެ.”ވަޓް! ނޫޅެން ނޭނގެ ދެމީހުން އެގާރަ ޖަހާ އިރު ނޫން ކަމެއް ގެ އަށް އަންނާނީ.ދެން އެހެން ނޫނަސް ކާކާ އެއްކޮށް މިލާން ބޭރަށް ދާނީ”މިލާން ގެ އަޑު މި ފަަހަރު ތަންކޮޅެއް ބާރު ވިއެވެ.”ޝްޝްޝް.ނުކް މެން ގެ އަށް ވެސް ދެވިދާނެ އެއްނުން ހަމަ”މިޝްޔާ ބުނެލީ މިލާންގެ އަނގަ މަތީ އަތް އަޅާލަމުން ނެވެ.”ހްމްމްމް އޯކޭ.ހަނދާން ކުރާތި މާދަމާ ދޮންތަ ޖެހޭނެ މިލާން ގޮވައިގެން ޝޮޕިން އަށް ދާން.އޯޕެން ބަޖެޓް އެއް”ސޯފާ އިން ތެދުވަމުން މިލާން ބުނެލީ ހަނދާން ކޮށްލަ ދޭ ފަދައަކުން ނެވެ.

 

މިޝްޔާ ވަދުންތާ އިރުކޮޅެއް ފަހުން މިލާން އާއި އެކު ނިކުތުމުން ދާނިޝް ގެ އިތުރުން ޒީކާން އަށް ވެސް މިޝްޔާ އަށް ދާނިޝް ހުއްޓާ ޒީކާންގެ ސައިކަލު ފަހަތަށް އަރަން ނުކެރުނީ ކަން ނަގައިގަނެވުނެވެ.

 

“ދަރިފުޅު މެން ކޮންތާކަށް”ދާނިޝްގެ އަހާލީ އެނގި ހުރެވެސް ނޭނގޭ ކަމަށް ހަދާލަމުން ނެވެ.އެ ސުވާލަށް ތައްޔާރު ނުވެ ތިބި މިޝްޔާ އާއި މިލާން އަށް އެކަކު އަނެކަކުގެ މޫނާއި ދިމާލަށް ބަލައިލެވުނެވެ.

 

“ކަން ދާން ކަމަށް”މިލާން ބުނެލީ ބޯ ކަހާލަމުންނެވެ.”އެހެން އެކަމު ދެންމެ އެއްނު ދަރިފުޅު ތި ކެއީ”ދާނިޝްގެ ޖުމުލަ އިން މިލާން މިޝްޔާ އާއި ދިމާލަށް ބަލައިލީ ޒިންމާ ނަގާށޭ ބުނުމުގެ ގޮތުން ނެވެ.”ދެން ހަމަ ޕިއްޒާ އެއް ކަހަލަ އެއްޗެއް ކާލާ ހިތްވީ”މިވަގުތު ފަޅާ އަރައިފި ނަމަ އޭނާގެ “އޯޕެން ބަޖެޓް”ގެއްލުނީ ކަން އެނގުމުން މިލާން ބުނެލިއެވެ.

 

މިލާންގެ ވާހަކަ އަށް އެހެން ހެއްޔޭ އަހާލަމުން ދާނިޝް ޒީކާން އާއި ދިމާލަށް ބަލައިލި އެވެ.އޭރު ޒީކާން ގެ މޫނުމަތިން ސީރިއަސް ކަން ފާޅު ވަމުން ދިޔަ ނަމަވެސް ވަމުން ދިޔަ ގޮތުން ޒީކާން ގާތަށް ވެސް ހިނި އަންނާނެ ކަން ދާނިޝް އަށް އެނގެއެވެ.

 

“ދަރިފުޅުމެން ދިހަ އެއްގެ ކުރިން ގެ އަށް އަންނާތި”ދާނިޝް އަމުރެއް ކޮށްލަމުން އެކުދިން ގެ ކުރިމަތިން ދުރަށް ދާން ހިނގައިގަތީ އެކުޅިގަނޑު ނިމުމަކަށް ގެންނަމުންނެވެ.

 

ދާނިޝް ލޮލު ކޮޅަށް އޮބާލުމާއި އެކީ މިލާން ހޭން ފެށިއެވެ.”ލޮލް މަޖާ ކަމެއް”މިލާން ބުނެލީ ޒީކާން ގެ ސައިކަލު ފަހަތަށް އަރަން ދިޔަ މިޝްޔާ އާއި ދިމާކޮށްލުމުގެ ގޮތުންނެވެ. މިލާން ކިތަންމެ ދިމާ ކުރި ނަމަވެސް އެއްޗެކޭ ނުބުނެ މިޝްޔާ ޒީކާން ގެ ފަހަތަށް އެރީ އިތުރަށް މިލާން އާއި ދިމާލަށް އެއްޗެކޭ ނުބުނާށެވެ.

ނުނިމޭ

ދެން އިން އެޕިސޯޑް އިން ޝާ ﷲ 15 ޑިސެމްބަރު ވާ އާދިއްތަ ދުވަހުގެ ކުރިން ކިޔާލަން ލިބޭނެ…

 

 

 

Share Article

Follow Me Written By

Anonymous

Level 4100 Login10 Stories100 Comments

Other Articles

Previous

އިންސާފް (ބައްތިރީސްވަނަ ބައި)

Next

ތިނެސްކަން ލޯބި (31)

Next
December 8, 2024

ތިނެސްކަން ލޯބި (31)

Previews
December 7, 2024

އިންސާފް (ބައްތިރީސްވަނަ ބައި)

26 Comments!

  1. Vempire girl says:
    December 8, 2024 at 10:07 am

    Manjeyyy ma heehee halaaku vehje 🤣🤣🤣🤣🤣
    Kaley e thankolhu fonuvyma ma heekury zeekaan e manje kairy rahtehi vaankamah ahaany 😂 😂😂😂
    Mishyaa vx dhw😂😂😂😂😂😂
    Mi part vx varah varah reethi ❤️❤️❤️
    Can’t wait for next 😊😊😊

    1. RIFSHA says:
      December 9, 2024 at 1:35 pm

      Hmm dhen hurey thi hen
      Bruhhh ma vx dhene ehaa kohei nooney lol
      Hmm next part dhen anna Sunday ge kurin
      Inthizaaru ga hurey

  2. vempire girl says:
    December 8, 2024 at 10:09 am

    And cover photo vrh habeys ingey 😉😉

    1. Nameh nubunaanan says:
      December 8, 2024 at 10:12 am

      Aslu ves.
      Nuk and leeka x mish and zeek cover ah abadhu ves laafa baandhaba please 🥺

    2. RIFSHA says:
      December 8, 2024 at 6:01 pm

      Thankuss majeyy

    3. RIFSHA says:
      December 8, 2024 at 6:02 pm

      Hey namei nubunaanan.
      Eii dhen e kudhin ge bai bodah annaane thee ey einy mihaaru laafa…in sha Allah dhen hadhaa photo thakah vx levey tho dhen balaany

  3. Shimmer says:
    December 8, 2024 at 10:10 am

    Wow..cool loved this 😍😍😍😍
    Haadha dhigu inthizaareh ge nimumey
    Dhen avahah zeek and Mish gulhuvaba
    And nuk ah vee going was the best 🤣🤣🤣🤣 loved it
    Curiously waiting for the next part
    Love you rifoo

    1. RIFSHA says:
      December 8, 2024 at 6:08 pm

      Hey shimmer
      Rifoo ah ingey ingey aslu varah dhigu inthizaaru thakei baeh kudhin kuraane kan.gina faharah maa gina in inthizaaru kuran jehenyyaa foohi vx vaane dho.rifoo ah vx baeh faharu ehen vey.ekm vx varah ufaa vey thihaa dhigu inthizaaru thakei kuraa iru vx shakuvaa nukuraathy.thank you shimmer.varah ufaa vejje mi comment kiyaalaafa
      Hehe aslu dhen hama hithah ery ingey ehen hadhany ey.ehaa foohi koh mish and zeek ge bai gendhaakah beynumei nooney.and nuk dho eii dhen e soru ge goi dho 😂🤣
      Once again thanks shimmer
      Next part in sha Allah liyan fashan mi ulheni dhen ekam ehaa foohi koh gendhaakah beynumei nooney dhen anga thalhaafa main bai genaeema liyan vx rifoo varah boring.ehen ve liyaa hiyy vaane gothakah fashan mi visnany dhen fashaane gothei.faadakah visnijje dhen jeheyni liyan fashan…in sha Allah varah avahah next kiyaalan libeyne…
      Love you more ❤️

  4. Nameh nubunaanan says:
    December 8, 2024 at 10:11 am

    Hey dhoonee
    Varah majaa ingey mi part
    Alhey avahah next genesdhehchey
    Can’t wait nuk ge haadha dirty mind ekey dho innany
    Love you 😘

    1. RIFSHA says:
      December 8, 2024 at 6:09 pm

      Thanks namei nubunaanan
      In sha Allah next part enme fahu date ah vure kurin genesdhevey tho mi balani
      Hmm dhen nuk varah nulafaa vaane hehe 🤣🤣
      Love you more ❤️

  5. Big fan 😄 says:
    December 8, 2024 at 10:22 am

    Hey Rifoo
    Mi part varah reethi Masha Allah
    Aslu mi site mi alhuvaaliii ves mi part fenidhaane kamakah noon
    Buttt I was really surprised mi part fenuniima.
    And cover pic ga in photo thah fenuniima i was like whaattt???😲
    Hehe but dhen vaahaka alhuvaa balaali dhen fenunii aneikaa ves varah suprise vi than than kolhu…keekey bunaanii hama heevii hurihaa scene eh lw kuri mathee ga fenunu hen.i was like hehe 😂 dhen mish and zeek ge bai kii iru.dhen first time zeek heelii ma I was very happy 😊 hehe 😆.and nuk ge face ah ves vaane goi dhww.hehe
    Ekam hama varah reethi Masha Allah… can’t wait for the next part… please please next part Sunday ge kurin.tuesday ga…..I know Rifoo busy vaane kan buttt.mi vaguthu ves next kiyaalan beynun.
    But take your time 🙂
    Love you ♥️

    1. Laura says:
      December 8, 2024 at 2:10 pm

      Lau vx beynun miadhun miadhah vaahaka ehkoh kiyaalan hehe 😂

    2. RIFSHA says:
      December 8, 2024 at 6:18 pm

      Heyy my big fan…
      Thanks my big fan
      Konme faharaku dhen bunefa kaa vx submit eh nukuraane ehnun ehen ve bunany konme dhuvahaku vx balan vaaney.upload vaane ireh neyngeyne dho hehe.
      Thanks varah bodah big fan thihaa loabi comment eh kohleema.rifoo varah ufaa vejje mi comment kiyaalaafa.dhigu reply eh nudhinas…aslu konme sentence eh kiyaalaafa vx varah ufaa vey aslu thihaa bodah thaureef koffa hureema.
      Nuk and zeek varah kuri ah jassaalaigeney mi ulheni mi part ga.
      Next part Tuesday ah kiyaaalan libidhaane hen hi eh nuvey dho.ekam hama libidhaane ingey.cause liyan fashaifiyyaa hama liyeveyny rifoo ah.mi part vx kurin liyefa innaany varah boring koh.ekam aneikaa fohelaafa rifoo alun liyuny Friday ga friday ga dhen kurin liyefa in bayaa ehkoh iny 5 min dho ekam Saturday ga reygadu dhen nu vx ingun evarah liyevunu iru vx.irukolhei vandhen liyan indhefa beli iru iny 10 min ga so ehen veema bunaakah neyngey.liyaa hithun liyefiyya hama varah avahah ninmaaleveyne
      In sha Allah ekam ehaa dhigu inthizaareh kuraakah nujassaanan.enme fahu date eyndhee dheefa eyge maana eh noon ingey eii Sunday ga ey kiyaalan libeyny..mihaaru reply maa dhigu vejje dho hehe
      Love you more ❤️

  6. cutie girl says:
    December 8, 2024 at 10:23 am

    mi part ves v reethi masha allah
    curiously waiting for next part
    keep it up
    mish and zeek gulhuvachey
    aleeka and nuk ves gluvachey
    rayaan and lainy dhuru nukurachey
    aleek and faiha ves
    they all are made for each other
    v intresting story eh
    v kiyaala hithun kiyani
    i appreciate your hard work
    love you fav author

    1. Laura says:
      December 8, 2024 at 2:05 pm

      Aleek and faiha
      No way ingey 😭😭😔
      Aleek and aika

    2. RIFSHA says:
      December 8, 2024 at 6:20 pm

      Thanks cutie girl
      Konme part akah vx comment kohlaa thy varah ufaa vey
      Dhen ekam vx vaane gothei balamaa dho
      Love you more ❣️

    3. RIFSHA says:
      December 8, 2024 at 6:21 pm

      Hey lau hurihaa kudhin ge hiyaalu ehgothei nuvaane dho.you have to respect her opinion too dho.dhen dhera kohlan buni ehchei noon ekam vx eki kudhin ge hunnaany eki kahala hiyaaleh nu dho

    4. Saturn says:
      December 13, 2024 at 7:05 pm

      Yah i agree aika and aleek maa gulhey

  7. Your fav bab says:
    December 8, 2024 at 2:02 pm

    Bro!!!!!
    I’ve waited long enough and finally!!!!!
    Exactly cutie girl mish and zeek gulhuvacheyyyy!!!!!
    They are meant for each another!!!!!!

    1. RIFSHA says:
      December 8, 2024 at 6:23 pm

      Hey my fav bab 😀
      Sorry ingey ehaa gina dhuvahakah inthizaaru kuruvan jehunyma.but in sha Allah dhen ehaa gina dhuvahei nuvaane
      Dhen vaane gothei belun dho othy hehe

  8. Laura says:
    December 8, 2024 at 2:09 pm

    Hey gurrll
    Varah dhuvas vejje dho lol
    Ey Rifoo ekam vaahaka hama habeyss ingey..
    Dhenn lai mn ulhey gothun varah dhera vey ekam vx zeek and mish haadha kuri akah shey dho jassaalaigen mi ulheni meehakah dhen mi varu nuvaane kanneynge.nuk ge hiyaalu dhen enme salhee.”dhen zeek kairy bunebala valee hoadhaashey” mi sentence kiyaafa lau ah vee really bro lol..adhi open budget o…salhi ingey mi part.lau ah heevani dhen vaahaka adhi kuri ah vure vx reethi vaane kanneynge hehe
    Hope varah avahah vaahaka kiyaalan libeyne kamah.
    Love you 😘

    1. RIFSHA says:
      December 8, 2024 at 6:27 pm

      Hey lauuuuu
      Hmm varah gina dhuvas vejje hehe
      Thanks gurrrl
      Aslu vx ey e dhe meehun varei nuvaane ingey lau akah vx…lol dhen nuk eii ekahala meehei.
      Hmm ethankolhu liyefa vx rifoo gaathah hini a ey rifoo hithah eree meena ge hiyaalu haadha molhey liyaa iru heevani hama ethaa indhevey hen viyyaa
      Hmm e soru ge open budget gellidhaane thee dho dhen e soru ulhey ny
      Thanks lau (once again)
      In sha Allah varah avahah next kiyaalan libeyene
      Love you more ❤️

  9. Shifna says:
    December 8, 2024 at 6:34 pm

    Hey Rifoo
    Mi part varah reethi
    Hope dhen huri part thah mi ah vure reethi vaane kamah
    Next part ge inthizaaru ga mi adhu mendhuru nidhi iru vx fenuny mi part ga vee goi and next part ge ehbai.ekamu ei alhugandah fenunu goi dhw dhen vaane gotheh noon
    Mee alhugandu ge first comment kanneenge but your my fav author 💓
    Love you rifoo

    1. RIFSHA says:
      December 8, 2024 at 9:55 pm

      Thanks shifna
      In sha Allah varah avahah kiyaalan libeyene
      Hingaba dho ehenveema shifna ge dream aa ehgothah veytho balan.shifna ah ingeyne thaa dho dream ga vee goi rifoo ah neyngunas hehe
      Varah ufaa vejje shifna ge comment kiyaalaafa
      Love you more ❤️

  10. Saturrn Saturrn says:
    December 13, 2024 at 7:04 pm

    Hey rifoo
    Mi part kiyaafa heehee halaaku vehje 😂🤣😂🤣
    Next part maadhan kiyaalan libeyne thr?
    Varah inthizaaru kurevey

    1. RIFSHA says:
      December 17, 2024 at 9:09 pm

      Hey saturrn
      Thanks for ur lovely comment dear
      Next part submitted
      Sorry ingey las veema las vi sababu innnaanne next part ga bunela dheefa

Comments are closed.



All Right Reserved!