އެއްވިސް އަޑެއްނުލައްވާ ލީޝާގޮސް ރީތިކޮށް އެނދުފެންނާނޭހެން ކެމެރާއެއް ބޭންދިއެވެ. އެކެމެރާ ކުޑަކަމުން ފެންނަވަރެއްވެސް ނޫނެވެ. ދެން ލީޝާ ކޮޓަރިއަށް ގޮސް ލެޕްޓޮޕް ބަލައިލިއެވެ. އޭރު ލީޝާގެ ލެޕްޓޮޕްއިން ދިޔައީ އެލީޝާއާއި ޔޫހާން ފެންނަމުންނެވެ.
އެގޮތުގައި ވަގުތުތަށް ފާއިތުވަމުންގޮސް މިހާރު 10 ވެސް ޖަހާފިއެވެ. އޭރު ލެޕްޓޮޕްއިން ފެންނަމުން ދިޔަ މަންޒަރުން ލީޝާގެ ހަށިގަނޑުވެސް ދިޔައީ ތުރުތުރު ލަމުންނެވެ. ކޮޓަރިތެރޭއަށްވެސް ހީވަނީ ތޫފާނެއް އަހިސްފައިވީ ހެންނެވެ.
“މަންމާ. މަންމަ ދެން ގެއަށް ދާންވީނުން އަރާމުކޮށްލާ ހަދަން؟ ރޭން ސުރެ ތީީނީ މިތާގަ. ނަވްކޮއާއި މައު ގޮވައިގެން މަންމަ ދޭގެއަށް. އަހަރެން ބައްޕަކައިރީ މަޑުކުރާނަން”
އައިސީޔޫ ދޮރު ކައިރީގައި ޖަހާފައިހުރި ގޮނޑިބަރީގައި އިން ނާއިލް ބުނެލިއެވެ.
“ނޫން ދަރިފުޅޫ. މަންމަ ބޭނުން މިތާ އިންނަން” ނައިލާ ދެކޮޅުހެދިއެވެ.
“އެކަމަކު މަންމާ އަހަރެމެންނަށް ބައްޕަ ކައިރިއަށް ވަދެވެނީކީވެސް ނޫނެއްނުން؟ ކަމެއްވިޔަސް އަހަރެން ގުޅާނަމޭ. މައުވެސް މިހާރު އިންނާނީ ކިހާވަރުބަލިވެފަ؟” ޖެހިގެން އިންގޮނޑީގައި އިން މައުނާއަދި ނަވްޔާއަށް ބަލައިލާފައި ނާއިލް ބުނެލިއެވެ.
އެންމެފަހުން ނައިލާ އެއްބަސްވިއެވެ. ނާއިލް ޓެކްސީއެއް ގެނެސް ތިންމައިން ގެޔަށް ފޮނުވާލާފައި އެނބުރިއަހިސް އޭރު އިން ގޮނޑީގައި އިށީނެވެ.
މޫނުގައި ދެއަތް ހާކާލިއިރު ނާއިލްގެ ދެލޮލުގައި ކަރުނަތަށް ވިދަމުންދިޔައެވެ. ލޯބިވާ މަންމައާއި ކޮއްކޮގެ އިތުރުން ލޯބިވާ އަނބިމީހާ ކުރިމަތީގައި ނާއިލް ބަލި ވެއްޖެނަމަ ހާލަތު މާގޯސްވާނެކަމަށް ނާއިލް ގަބޫލުކުރެއެވެ. އެހެން ކަމުން މިއޮއްހާއިރު ކެއްކޮއްލައިގެން ހުރެފައި އެވަގުތު ހުރިހާކަރުނަތަކެއް ނާއިލް ދިޔައީ ބޭރުކުރަމުންނެވެ.
ނިދިފައި އޮތް ޔޫހާންއަށް ހޭލެވުނީ ހީކަރުވައިގަނެގެންނެވެ. އޭރު ދިޔައީ ފުދޭވަރަކަށް ވާރޭ ވެހެމުންނެވެ. ޔޫހާންގެ މޭމަތީގައި އޮތް އެލީޝާގެ ހަރަކާތްތަކުންވެސް އެލީޝާ އޮތީ ހީގަނެފައިކަން ޔޫހާންއަށް އެނގުނެވެ. އެލީޝާ އެނދުގައި ބާއްވާފައި ޔޫހާންގޮސް އޭސީ މަޑުކުރިއެވެ. އަލުން އެނބުރިއަހިސް އެލީޝާގާތު އޮށޯވެފައި ދެމީހުންގައިގައިވެސް ފޮތިގަނޑުއަޅައިދިނެވެ.
ނިދިފައި އޮންނަ އިރު އެލީޝާގެ ރީތިކަން ދެގުނަވެފައިވާފަދައެވެ. އެލީޝާގެ ދޮން މޫނުމަތިންދިޔައީ މައުސޫމްކަން އޭގެ އިންތިހާއަށް ފެންނަމުންނެވެ. އެލީޝާގެ ދޮން މޫނަށް ބަލަން އޮތް ޔޫހާންގެ ދެލޯ ދައުރުކޮއްލީ އެލީޝާގެ ފިޔާތޮށިކުލައިގެ ތުންފަތަށެވެ. ޔޫހާންގެ ބޮޑުވައިން އިނގިލިން މަޑުމަޑުން އެލީޝާގެ ތުންފަތުގައި ފިރުމާލިއެވެ. މެރިފައިވީ އެލީޝާގެ ދެލޮލަށް ބަލާލާފައި ޔޫހާން އެލީޝާގެ ތުންފަތަށް ބޮސްދިނެވެ. އެލީޝާގެ ހަށިގަނޑުވަށާލެވިފައިވީ ޔޫހާންގެ ދެއަތްވެސް ދިޔައީ އެލީޝާގެ ހަށިގަނޑުގެ އެތަންމިތާ ފިރުމަމުންނެވެ.
“ޔޫހާން؟” ޔޫހާން ދުރުކޮށްލަމުން އެލީޝާ ގޮވާލިއެވެ. އެވަގުތު ހަތަރުކަޅިހަމަވެގެންދިޔައެވެ.
“ސޮރީ..” ކަރުކެހިލާފައި ޔޫހާން ބުނެލިއެވެ. ހަގީގަތުގައި އެލީޝާ ރުޅިއަތުވެދާނެތީވެ ޔޫހާން ބިރުގަތީއެވެ. އެލީޝާގެ މޫނަށް ބަލާލާފައި ޔުހާން ތެދުވަން އުޅުނެވެ. ނަމަވެސް އެލީޝާ ޔޫހާންގެ ޓީޝާޓުގައި ހިފާފައި ނުދާށޭ ބުނުމުން ޔޫހާން އަލުން އޮށޯއޮތެވެ.
ޔޫހާން އޮތީ އެލީޝާއާއި ދިމާލަށް ބަލާލަން ނުކެރިފައެވެ. މިއީ ޔޫހާން އެލީޝާއާއި ގާތްވާން މަސައްކަތް ކުރި ފުރަތަމަ ފަހަރެއްނޫނެވެ. ނަމަވެސް ކޮންމެފަހަރަކުވެސް އެލީޝާ ޔޫހާން ދުރުކުރެއެވެ.
އެލީޝާއާއި ދިމާލަށް ނުބަލަން އޮތް ޔޫހާންއަށް އެލީޝާގެ ދޮންމޫނަށް ބަލައިލަން މަޖުބޫރުވީ އޭނާގެ ކޮލުގައި ހިފާ އެލީޝާގެ މޫނާ ދިމާލަށް މޫނު އަނބުރާލުމުންނެވެ.
ހަމައެވަގުތު ޔޫހާންގެ މޫނު އުޖާލާވީ ޔޫހާންގެ މޫނާ އެލީޝާ ކައިރިވެލާފައި ދެލޯމަރާލުމުންނެވެ. ޔޫހާން ހިނިތުންވެލާފައި އެލީޝާދިން ދައުވަތު ކާޑުގައި އުފަލުން ހިފިއެވެ.
މިހުރިހާ މަންޒަރެއް ކެމެރާއިން ބަލަންއިން ލީޝާގާތަށް އަރައިގަތީ ނުލަފާ ރުޅިއެކެވެ. ކޮޓަރިތެރޭގައި ހުރި އެއްޗެހި ހަލާކުކުރަމުން ދިޔަ އިރު ލީޝާގެ ހަށިގަނޑުވެސް ދިޔައީ ތުރުތުރުއަޅަމުންނެވެ.
“އެބަ އަންނަން އިނގޭ ފާހަނައަށް ގޮސްލާފަ” ޔޫހާންއާއި ދުރުވެލަމުން ލަދުން ހުރެ އެލީޝާ ބުނެލިއެވެ. ޔޫހާން ހިނިތުންވެލާފައި ބޯޖަހާލިއެވެ.
އެލީޝާ ދިޔުމުން އެކޮޓަރިއަށް ދާން އުޅުނު ލީޝާ ހުއްޓުނީ ޔޫހާން އެނދުން ތެދުވުމުންނެވެ. ޔޫހާންއަހިސް އެކެމެރާ ނެގުމާހަމައިން ދެން އެއްވިސް އެއްޗެއް ލީޝާއަކަށް ނުފެނުނެވެ. ލީޝާ އަރައިފައިވީ ރުޅިގަނޑުވީ ހައްތަހާއިތުރެވެ. ނަމަވެސް ދެން އެކޮޓަރިއަށް ދާކަށް ލީޝާއަކަށް ނުކެރުނެވެ.
އާދުވަހަކަށް އިރުއެރީގެ ރޭގެ ވާރޭގެ ފިނިކަން ފިލާގޮސް އިރުގެ ހޫނުކަން މުޅިދުނިޔެއަށް ފެތުރިލަމުންނެވެ. ނިދިފައިއޮތް ޔޫހާންއަށް ހޭލެވުނީ ޖާލިދޮރުން އެޅެމުން ދިޔަ އަލިން ދެލޮލަށް އުނދަގޫވެގެންނެވެ.
“ގުޑް މޯރނިންގް” އެވަގުތު ކޮޓަރިއަށް ވަދެގެންއައި އެލީޝާ ބުނެލިއެވެ ދެލޯކަހާލާފައި ޔޫހާން ތެދުވެ އިށީނެވެ.
“ބްރެކްފާސްޓް އިން ބެޑް ހެހެ” އެލީޝާ މަޖާވެލާފައި ބުނެލިއެވެ. ޓްރޭގައި 2 ބިސްގަނޑާ 2 ކޮފީޖޯޑުއިނެވެ.
“އަން. ދޭމީތިހިފައިގެން ފާހަނައަށް. ފްރެޝްވެލައިގެން އާދޭ ދެމީހުން އެކީގަ ސައިބޯން” އާބުރުހަކާ އެލީޝާގެ ތުވާލިދެމުން އެލީޝާ ބުނެލިއެވެ. ހިނިތުންވެލާފައި ލައިގެން ހުރި ޓީޝާޓު ބާލާ އެނދުމަތީގައި ބާއްވާފައި ޔޫހާންވަނީ ފާހަނައަށެވެ.
ފާހަނައަށް ވައިން ޔޫހާންއާއި ދިމާލަށް ބަލަން ހުރެފައި، އެލީޝާ އެނދުމަތި ރީތިކޮއްލިއެވެ. ޔޫހާން ނުކުތުމުން ކޮޓަރީގައި އިން ސޯފާގައި އިށީންދެ ދެލޯބިވެރިން އެކުގައި ސައިބޯންފެށިއެވެ.
“އެލާ އޯކޭތަ؟” އެލީޝާ މާގަދަޔަށް ހީހީފައި ވާހަކަ ދައްކާތީވެ ޔޫހާން އެލީޝާގެ ދެލޮލަށް ބަލައިލަމުން ބުނެލިއެވެ. އެލީޝާ އެހާބާރަށް ހީހީފައިވާހަކަ ދައްކާނީ ހިތުގައި ޖެހިފައި ހުރިނަމައެކަންޏެވެ. އެއީ ޔޫހާންއަށް އޮޅިވެފައިވީކަމެއްނޫނެވެ.
ޔޫހާންގެ އެ ސުވާލާއި އެކު އެލީޝާ ބަސް ހުސްވިފަދައެވެ. އެލީޝާ އިސްޖަހާލިއެވެ. ޔޫހާން މަޑުމަޑުން އެލީޝާގެ ހަށިގަނޑުގައި ބައްދާލިއެވެ.
“އިޓްސް އޯކޭ. އައި ނޯ އެލާ ތިހުރީ ވަރަށް ހާޓްވެފަކަން. އެންޑް އިޓްސް އޯކޭ. އަހަރެން މިހުރީ އެލާއަށް ސަޕޯރޓް ކުރަން” ޔޫހާން ބުނެލިއެވެ. ވަގުތުން ކަރުނައިން ބަރުވެފައިވީ އެލީޝާގެ ދެލޮލަށް ލުއިކަމެއް ލިބުނެވެ. އެލީޝާގެ ބަރުވެފައިވީ ހިތަށްވެސްމެއެވެ.
“ވަޓް ދި ހެލް؟؟”
“ވަޓް ދި ހެލް؟؟”
ލީޝާބުނެލި ބަހާއި އެކު ޔަލްވީއަދި، ޝާހާއަށް އެއްފަހަރާ ބުނެވުނެވެ.
“އާނއެކޭ!! ޔޫހާންއަދިވެސް ވީ އަހަރުންގޭގަ. ނޭނގެ އެމީހުން ދެން އެކެމެރާ ނަގާފަ ކުރީ ކީއްކަމެއްވެސް. ހަމަ ހުވާ!” ލީޝާ ކޮފީ ޖޯޑުގައި ތުން ޖަހަމުން ބުނެލިއެވެ.
“ލީޝާ ކީއްކުރަން ދެން ރޫމްގަ އޮތީވެސް؟ މަނަމަ ގޮސް ވަންނާނީ ކޮޓަރިއަށް. ކީކޭ ޔަލޫ ބުނަނީ؟” ޝާހާ ޔަލްވީއާއި ދިމާލަށް ބަލައިލަމުން ބުނެލިއެވެ.
“އާނއެކޭ! ލީޝާ މާ ފިނޑީ” ޔަލްވީވެސް ބުނެލިއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
11 Comments!
Comments are closed.







vrh reethi mi part ves
leesha pls stay away from yoohaan n ellysha vrh reethi ingey hama eme perfect
when next part wiating for next
keep it up
love youuuuu
Hehe
Jazaakallah khairan❤️
Love you moreeee
Maasha Allah mi part vx varah varah reethi…
Alhey e lysha gandy ulhey gotheii., rulhi aadhey..
Whn next??
Haha
In sha allah maadhama
Jazaakallah khairan❤️
Omg!!!!
Haadhahaa vaa reechayy!!!!
What do they plan to do
When next???
Hehe neynge dhw.. lets see
In sha allah tmrw
And one more thing varah furihama ah sifakurun thah genesa inee!!!!
I feel like I’m seeing this
Sifakurun ehaa reethi veema kiyaala hithun kiyaalanee hama!!!!
Keep up the gud work
Shihaama gada!!!
Awwww vrhhhh happy vejje thihn bunelyyma🥹🫶🏻
Jazaakallah khairan❤️😭
Vrh rythi mi part vc masha allah ❤️ ekm thankolheh dhigu koh vhk genes dheynama
Jazaakallah khairan
Everyday geness dheythee ve fudhey vrrkh migenesdheny
mi part ves v reethi masha allah
keep it up