Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ތިނެސްކަން ލޯބި (32)

Mysterious Woman Level 310 Stories100 Comments
December 10, 2024 5 Mins Read
6 Comments

ކުއްލިއަކަށް ވަރަށް ބާރަށް ޒާން ހަޅޭލަވައިގަތެވެ. އަދި މެޒުމަތީގައި ހުރިއްޔާ ހުރި ކަރުދާސްތަކެއް ހޫރާލިއެވެ. އިސާހިތަކު ތަރުތީބުން ހުރި ކެބިން މިހާރު ހީވަނީ ސުމާނީއެއް އަރާފައި އޮތް ހެންނެވެ. “އައިމް ސޮރީ މާމާ…..ނޯ……މެޑަމް މެހެރުއްނިސާ……ހެއްހެއްހެއް……އަހަންނާ މެހެކްގެ ދެމެދަށް ވަންނަ ކޮންމެ މީހެއްގެ ނިމުން ހިތިވާނެ……” އިވުނީ ވަރަށް ވެސް ވިހަގަދަ ބަސްތެކެކެވެ. ޒާންގެ ދެ ލޮލުން އަލިފާނުގެ ކަނި ވިރެމުން އަންނަހެން ހީވެއެވެ. އިރުކޮޅަކުން ކޮންމެ ވެސް ނަމްބަރަކަށް ގުޅާލާ ވާހަކަތަކެއް ދެއްކިއެވެ. އެއަށްފަހު އެތަނުން ނިކުންނަން ހިނގައިގަތެވެ.

ބައްތިރީސްވަނަ ބައި

މެހެރުއްނިސާ ޒާންގެ އޮފީހުން ނިކުމެ ކާރަށް އަރާ ޑްރައިވަރަށް އެންގީ ގެއާ ދިމާލަށް ދިޔުމަށެވެ. ޑްރައިވަރު ވެސް އާދައިގެ ވަރެއްގައި ކާރު ދުއްވަމުންދިޔައީ މަންޒިލާ ހަމައަށް ފޯރާތޯއެވެ. އެއިރު މަގުގެ އަނެއް ފަޅިން ކާރާ ދިމާލަށް ބާރު ސްޕީޑުގައި އައި ލޮރީއެއް ޑްރައިވަރަކަށް ވެސް ނުފެނެއެވެ. ކުއްލިއަކަށް ޑްރައިވަރުގެ ދެ ލޯ ބޮޑުވެ މީހާ ހާސްވެގެންދިޔައީ ކުރިމަތިން ބާރު ސްޕީޑުގައި އައި ލޮރީ ފެނުމުންނެވެ. ކާރު އަނެއް ފަޅިއަށް އަނބުރާލަން އުޅުމުގެ ތެރެއިގައި ކާރަށް އެރި ގުޑުމެއްގެ ސަބަބުން ފޯނަށް ބަލަން އިން މެހެރުއްނިސާ ވެސް ދިޔައީ ސިއްސައިގެންނެވެ. އެވަގުތު ފެނުނު މަންޒަރުން އޭނާގެ ހެޔައް ވެސް ގޮތް ނުވެ ހުރީ ހަމަ ކިރިޔާއެވެ. ނަމަވެސް އެއިރު ވަނީ ވަގުތު ފާއިތުވެފައެވެ. އެ ލޮރި އެއައި ބާރުމިނުގައި އައިސް ކާރުގައި ޖެއްސި ޖެއްސީނުން ކާރު މާ ދުރަށް ވިއްސައިގެން ދިޔައެވެ. މަންޒަރު ފެނުނު އެންމެން ވެސް ތިބީ ހަރަކާތެއް ކޮށްލަން ވެސް ނޭނގިފައެވެ. ބައެއް މީހުން ވިއްސައިގެން ދިޔަ ކާރާ ދިމާލަށް ދުއްވައިގެން އިރު އަނެއް ބަޔަކު ފޯނުތަކުން ވީޑިޔޯ ކުރަމުންދިޔައީ ފިލްމެއްގެ ޝޫޓިންއެއް ޖައްސަނީ ކަމަށް ހިތާ ހެއްޔެވެ؟ އެއިރު ލޮރީ މަޑު ވެސް ނުކޮށް ލޮލު ކޮޅަށް ގޮސް ގެއްލިއްޖެއެވެ.

ހަމައެވަގުތެވެ. ޝާޔާ ގެނެސްދިން މުހިއްމު ގަނޑުތަކެއްގައި ސޮއި ކުރަން އިން މެހެކްގެ އަތުން ގަލަން ދޫވެ ބިން މައްޗަށް ވެއްޓި ޖެހުން އަޑު އިވުނެވެ. ހިތަށް ފާޑެއްގެ ބިރުވެރި ކަމެއް ވެރިވެގެންދިޔަ ކަމުގެ އިހުސާސު މެހެކަށް ކުރެވުނެވެ. ހީނުކުރާފަދަ ކަމެއް ދިމާވެއްޖެއޭ އޭނާގެ ހިތަށް އަރަންވީ ސަބަބެއް މެހެކަށް ނޭނގުނެވެ. އިރުކޮޅަކުން ތެޅެމުންދިޔަ ހިތް ހަމައަކަށް އެޅޭ ތޯ މަޑުކޮށްލުމަށް ފަހު ޝާޔާ ދިއްކޮށްގެން ހުރި ގަލަމުގައި ހިފައި ބާކީ ސޮއި ނުކޮށް ހުރި ގަނޑުތަކުގައި އަވަސް އަވަހަށް ސޮއިކުރަންފެށިއެވެ.

“އިޓްސް ޑަން ސާރ………” ރަސްފަންނުގައި ރާޅުޖަހާ ހިސާބުގައި ހުއްޓި ހުރި ޒުވާނާގެ މޫނުމަތިން ފުޅާ ހިނިތުން ވުމެއް ވެރިވީ އައި ކޯލެއްގެ ސަބަބުންކަން ގައިމެވެ. ކޯލު ކެނޑުމުން އަމިއްލަ ނަފުސަށް ފަޚްރުވެރިކަމުގެ ހިނިތުންވުމެއްވެރިވި ހިނދު ބޮޑާވެރިކަމެއް ވެސް ފައުޅުވިއެވެ. “މެހެކް…….ކުޑަ ދުވަސްކޮޅަކަށް ހިތާމައިގައި ހުރެލާ” އެ ޒުވާނާގެ ދުލުން ނިކުތީ މި ބަސްތަކެވެ. އާދެ، އެއީ ޒާންގެ ވިހަގަދަ ބަސްތަކެވެ. ކުޑަ ވެސް ބިރުވެރިކަމެއް ނެތީ ހެއްޔެވެ؟ އެވަރުގެ ބޮޑު ޢަމަލެއް ކުރިއިރު ފަހުން ވެދާނެ ގޮތަކާއިމެދު ޒާން ވިސްނަން ބޭނުން ނުވާކަހަލައެވެ.

ހަސްފަތާލުތެރެ ހަލަބޮލިވެފައި ވަނީ ދާދި ދެންމެއަކު ހިނގި އެކްސިޑެންޓުގައި ސީރިޔަސް އަނިޔާތަކެއް ލިބުނު މެހެރުއްނިސާއަށް ފަރުވާ ދިނުމަށް ޓަކައި ހަރަކާތްތެރިވާ މީހުންގެ ސަބަބުންނެވެ. މަމްދޫހުމެން ވެސް ގޮނޑިބަރި ތަކުގައި އިށީންދެ ތިބިއިރު އެ އާއިލާގެ އެންމެންގެ ލޮލުން ކަރުނަ ހުހެއްނުވެއެވެ. އާއިލާގެ އެންމެން ތިބިއިރު އެ މާހައުލުން އިވެމުންދަނީ ގިސްލުމުގެ އަޑެވެ. ވޭނާއި ހިތްދަތިކަމުގައި ގެނބިގެންދާ ކަހަލައެވެ. އެވަގުތު އެތަނުގައި މަދީ ހަމައެކަނި މެހެކެވެ.

މުޅި މާހައުލު ހަލަބިލިވެފައި ވަނީ މީޑިޔާތަކުގެ މީހުންނާއި އެކި ފަންތީގެ ވިޔަފާރިވެރިން ވެސް ތިބުމުންނެވެ. މިހާރު ރާއްޖޭގައި ދެވަނައަށް ނަންވިދާލާފައިވާ ކުންފުނި އެމްސްގެ އިސްވެރިޔާގެ އަނބިކަނބަލުންގެ މަންމަ އަދި އެމް.އެޗްގެ ވެރިޔާ މެހެކްގެ މާމަގެ އެކްސްސިޑެންޓުގެ ޚަބަރު މުޅި ރާއްޖެއަށް ފެތުރިފައިވާތީއެވެ. މެހެކަށް މި ޚަބަރު ނުލިބިފައި ވަނީ މުހިއްމު ބައްދަލުވުމެއްގައި އިނުމުގެ ސަބަބުންނެވެ. މި ޚަބަރު ޒެޑްސްއަށް ވެސް ލިބުމުން އެންމެން ކަހަލަ ގޮތަކަށް ހަސްފަތާލަށް ދިޔައެވެ. ޒިވިއަން އާއި މެހެކްގެ ސަބަބުން އެ ދެ ޢާއިލާ ގުޅިފައިވުމުން މިހާރު ވަނީ ކުރިއަށްވުރެ ދެ އާއިލާގެ ގުޅުން ވަރުގަދަވެފައެވެ. ނަމަވެސް ޒާންގެ ސަބަބުން އެގުޅުމަށް ކުޑަ ހީނަރުކަމެއް އަޔަސް ކުރިން އޮތް ގުޅުން ކުރިއަށްދެއެވެ. މުޅި އެ މާހައުލުން މަލައިކާ އާއި މާއިޝާގެ ރުއިމުގެ އަޑު ނުކެނޑެއެވެ.

ހަސްފަތާލަށް ވަދެގެން އައި ޒިވިއަން ފެނުމުން މީޑިޔާތަކުން އަވަސްވެގަތީ ޒިވިއަންގެ އިންޓަވިއު ހޯދުމަށްށެވެ. ނަމަވެސް ސެކިއުރިޓީން ނޫސްވެރިންތައް ދުރުކުރުމުގެ ސަބަބުން އެމީހުންނަށް ފުރުސަތު ގެއްލުނީއެވެ. ޒިވިއަން އެކި ކޮޅުކޮޅަށް ނަޒަރު ހިންގާ ބަލައިލީ ކައިރި އެއްވެސް ހިސާބަކުން މެހެކްގެ ހިލަމެއްވޭތޯއެވެ. މި މަންޒަރު ފެނުނު މަމްދޫހު ޒިވިއަން ޢާއި ކައިރިއަށް ޖެހިލާ މެހެކަށް ނޭނޣެނެކަން އެންގިއެވެ.

ހަމައެވަގުތެވެ. ތިއޭޓާގެ ދޮރު ހުޅުވާ ނިކުތް ޑޮކުޓަރު ދިން ޚަބަރަކުން މަލައިކާ އާއި މާއިޝާގެ ރުއިމުގެ އަޑު ވަކިން ގަދަވިއެވެ. ފިރިހެނެއްކަމަކު މަމްދޫހަށް ވެސް ފަހަތަށް ޖެހިލެވުނީ ޑޮކުޓަރު ނިކުމެ ދިން ހިތާމަވެރި ޚަބަރުގެ ސަބަބުންނެވެ. ޒިވިއަންގެ ފައިދަށުން ބިންގަނޑު ދަމައިގެން ދިޔަ ކަހަލައެވެ. އެންމެ ފުރަތަމަ ވެސް ހިތަށް އެރި ނަމަކީ މެހެކެވެ. އެވަގުތު އެތަނަށް އައި ޒާންގެ ފިޔަވަޅުތަކަށް ވެސް ހުޓުމެއް އައެވެ. ނަމަވެސް ލިބުނު އުފާވެރިކަން ސިއްރުކުރަމުން ހިތާމަވެރި މޫނެއް ދައްކާ އެންމެންގެ ލޮލުގައި އަނދުން އަޅުވާލިއެވެ. މުޅި އެ މާހައުލު ހިތާމައިގެ ކަނޑަކަށް ޣަރަގުވެގެންދިޔަ ކަހަލައެވެ. “އައިމްސް ސޮރީ….ޝީ އިޒް ނޯ މޯރ……” މަލައިކާގެ ކަންފަތުގައި އަދި ވެސް ގުގުމަނީ ދާދިދެންމެއަކު ޑޮކުޓަރު ދިން ބަރުދާސްތުކުރަންދަތި ޚަބަރެވެ. “އެންޑް ވަން މޯރ…..ބިފޯ ހާ ލާސްޓް ބްރިތް….ޝީ ވޯޒް ކޯލިން ފޯރ މެހެކް……..ވެއައި އިޒް ޝީ؟….” މިފަހަރު ޑޮކުޓަރު ބުނެލި ވާހަކައަކުން މަލައިކާގެ ނަޒަރު ޑޮކުޓަރުގެ މޫނަށް ހުއްޓުނެވެ. ނަމަވެސް އަރުތެރެ ހިކިފައިއިވުމުގެ ސަބަބުން ވާހަކަދައްކަން ދަތިވިއެވެ. ” ޝީ އިޒިންޓް ހިޔާ…….ޝީ އިޒް ހާރ ގްރޭންޑު ޑޯޓަރ…….” މަމްދޫހުމެންގެ ޙާލަތު ފެނުނު ޒިވިއަން ޑޮކުޓަރުގެ ސުވާލަށް ޖަވާބުދިނެވެ. ޑޮކުޓަރު ވެސް އެހެން ހެއްޔޭ ބުނެ ހިތްވަރު ބަހެއް ބުނެލުމަށް ފަހު އެތަނުން ދިޔައެވެ. މަލައިކާއަށް ޒިވިއަން ޢާއި ދިމާލަށް ބަލައިލެވުނީ ޝުކުރުގެ ނަޒަރުންނެވެ. އެވަގުތު އޭނާގެ ހިތަށް އެރިއެވެ. މަންމަ އެބުނީ ތެދެކެވެ. މެހެކްއާ އެންމެ އެކަށީގެން ވަނީ ޒިވިއަންއެވެ. މަންމަގެ އެންމެ ފަހު ވަގުތާއި ޖެހެންދެން ވެސް މަސައްކަތްކޮށްދިނީ ހަމަ މެހެކަށް ޓަކައެވެ. ޒާންއަށްވުރެ މިއަދު އަހަންނަށް ބަލައިގަނެވޭނީ ޒިވިއަންއެވެ. އަހަންނަށް ދެ މީހުންގެ ލޮލުން ވެސް ލޯބި ފެންނައިރު އެތަނުން ހަޤީޤަތުގައި ވެސް މެހެކް ދެކެ ހިތާ ފުރާނައިން ލޯބިވަނީ ޒިވިއަންކަން ގައިމެވެ. އެންމެ ހިތްދަތި ވަގުތުގައި ވެސް އަހަރުމެންނާ ގާތުގައިވުމަށް މަސައްކަތް އެ ކުރަނީ ހަމަ މެހެކް ދެކެ ވާ ލޯބިންކަން ގައިމެވެ. މަންމާއެވެ. ކޮންމެ ގޮތަކުން ހަދާފައި ވެސް ޒިވިއަން އާއި މެހެކް ގުޅުވުމުގައި އެންމެ ކުޜިގައި އަހަރެން ހުންނާނަމެވެ. މަންމަ އަހަރެންގެ ދެ ލޮލުގެ ނޫރުކަމުގައިވާ މެހެކަށް ޓަކައި ތިޔަވީ ޤުރުބާނީއަށް ހާސްފަހަރު ޝުކުރު އަދާކުރަމެވެ. ނަމަވެސް އެ ދަރިފުޅަށް އޭނާގެ ލޯބިވާ މާމަ މި ފަނާވަނިވި ދުނިޔެއާ އަލްވަދާޢުކީކަން އެނގޭ ހެއްޔެވެ؟

މަލައިކާގެ ދެ ލޮލުން އައި ކަރުނަތައް އަތުގެ ނުފުށުން ފޮހެލަމުން ތެދުވެގެން އައިސް ޒިވިއަންގެ ކުރިމަތީ ހުއްޓުނެވެ. އެންމެން މަލައިކާގެ ހަރަކާތްތަކަށް ބަލަން ތިބީ ހައިރާންވެފައެވެ. ޒިވިއަންގެ ދެ އަތުގައި ހިފާ އަތަށް ބޮނޑިކޮށްލަމުން މަލައިކާ ވާހަކަދައްކަންފެށިއެވެ. “ދަރިފުޅާ ޒިވިއަން…….އާންޓަށް ޓަކައި ކަމެއްކޮށްދެންޏާ އަހަރެންގެ ހުރި ހަމައެކަނި އަންހެން ދަރިފުޅާ ކައިވެނި ކުރޭ….އެ ދަރިފުޅަށް ދަރިފުޅު ނޫން ބައިވެރިއަކު އެކަށީގެންނުވޭ……..މެހެކަށް އޭނާ އެންމެ ލޯބިވާ މާމަ ދެން ނުފެންނާނެކަން އެނގޭ ހިނދު ވާނެ ގޮތް ބަލަން ހުންނަން އަހަރެންގެ މައިލަނގޮޑިއަކަށް ކެތެއްނުވާނެ……އާދޭސްކުރަން އެ ދަރިފުޅާ އެންމެ ކައިރީ ހުރެދީ…….އަހަރެންގެ މެހެކް އެންމެ ލޯބި ވަނީ ޒިވިއަންދެކެކަން ޝައްކެތްނެތި ޔަޤީން……” މަލައިކާގެ ވާހަކައިން ތަނުގެ އެންމެންގެ ލޮލުން ކަރުނަ ހުސްނުވާނެކަން ޔަޤީނެވެ. މައެއްގެ ހިތުގައި އަޅާނެ ވޭން މަންމައެއްގެ ހައިސިއްޔަތުން އެނގޭނެއެވެ. އެއްވެސް އަސަރެއްނުދައްކާ ޒިވިއަންގެ ހިތަށް ވެސް މަލައިކާގެ އާދޭސްތަކުން އަސަރުކުރިއެވެ. “އާންޓު…..އަޅުގަނޑު ވަރަށް ލޯބިވޭ މެހެކްދެކެ………އާންޓާއި އަދި ތި އާއިލާގެ އެންމެންގެ ހައްގުގައި ނަމަވެސް މެހެކްގެ އެންމެ ގާތުގައިވާނަން…….އަދި މެހެކާ ކައިވެނި ވެސް ކުރާނަން……”ޒިވިއަން މަލައިކާއަށް ޔަޤީންކަންދިނެވެ. ޒިވިއަންގެ ޖަވާބު ލިބުމުން މަލައިކާގެ ހިތަށް ވެރިވީ އުފާވެރިކަމެވެ. ދެން މަލައިކާ ގޮސް ބަލްގީސް ކައިރީ ހުރެ މެހެކްގެ ކައިވެންޏަށް އެދުނީ ޒާން ވެސް ހުއްޓައެވެ. “މަލައިކާ…އަހަރެންގެ އެކުވެރިޔާ…..އަހަރެންގެ ދޮށީ ދަރިފުޅަށް އެންމެ އެކަށީގެން ވަނީ މެހެކް…..ހަމަގައިމު ވެސް އަހަރެންގެ ރުހުން މާކުރިން ވެސް ދީފިން….މި އާއިލާގައި އެންމެ ދޮށްޓަށް ތިބީ ދެ ފިރިހެން ކުދިން އަދި އެއީ އަހަރުމެންގެ ވިޔަފާރިތަކުގެ ވާރިޞުން……..ކަންދިމާކުރި ގޮތުން ދެ މީހުންނަށް ވެސް ލޯބިވެވުނީ އެކަކު ދެކެ……..އަހަރެން ވެސް ޤަބޫލުކުރަން ޒިވިއަން އާއި މެހެކް ގުޅިފައި އޮއްވާ އެ ރަސްމިއްޔާތުގައި ޒާން އެގޮތަށް ކަންކޮށްގެން ނުވާނެކަން….އެކަމަކު މިހާރު މުޅި ރާއްޖެއަށް އެނގޭނެ ޒާން އާއި މެހެކްގެ ކައިވެނީގެ ވާހަކަ…..” މިހިސާބަށް ބަލްގިސްގެ ވާހަކަ ދިޔުމުން އެ ވާހަކަ މެދުކަނޑުވާލިއެވެ. “އަހަރެންގެ ރުހުން ލިބޭނީ ހަމައެކަނި ޒިވިއަން އާއި މެހެކްގެ ކައިވެންޏަށް…..އަހަރެން ނުރުހޭ ކަމެއް މަމްދޫހު ވެސް ނުކުރާނެ…..އަދި އަހަރެންގެ ލޯބިވާ މަންމަ ވެސް ބޭނުންވަނީ އެ ގޮތް……މާމައަށް ޓަކައި ވެސް މެހެކް ކައިވެނި ކުރާނީ ޒިވިއަންއާ…..” ފަހުގެ ނިންމުން މަލައިކާ އިއްވާލިއެވެ.

މުހިއްމު ބައްދަލުވުމެއް ނިންމާ ގެއަށް ދާން މެހެކް ނިކުތްވަގުތު އިވުނު ޚަބަރަކުން މީހާ ގަނޑުވިއެވެ. އަދި މަޑުމަޑުން ފަހަތަށް ބަލައިލީ ރިސެޕްޝަނު ފަހަތުގައި އަޅުވާފައިވާ ބޮޑު ޓީވީން އެވަގުތު ކިޔަމުންދިޔަ ޚަބަރެއްގެ ސަބަބުންނެވެ. “މީގެ އިރުކޮޅެއް ކުރިން ހިނގި ނުރައްކާތެރި އެކްސްސިޑެންޓުގައި އެމްސްގެ އިސްވެރިޔާ މަމްދޫހުގެ އަނބިކަނބަލުން މަލައިކާގެ ލޮބުވެތި މަންމަ އަދި އެމް.އެޗްގެ ވެރިޔާ މަރިޔަމް މެހެކް މަމްދޫހުގެ ލޮބުވެތި މާމަ ނިޔާވެއްޖެ…..” ޓީވީން އެ ވަގުތު ޚަބަރުކިޔަން އިން ކުއްޖާ ބުނަމުންދިޔައީ މިހެންނެވެ. މިއާއިއެކު މެހެކްގެ މޫނުމަތިން ކުދި ކޮކާތަކެއް ބުރައިގެން ދިޔަކަހަލައެވެ. މުޅި ތަން ވަށައިގެން އެނބުރެންފެށިއެވެ. ވަށައިގެން އިވެމުންދިޔަ އަޑުތައް މަޑު ވެއްޖެއެވެ. އޭނާގެ މާމަ މި ދުނިޔެއާ ވަކިވީ ހެއްޔެވެ؟ އެހާ ލޯބިން އުނގުގައި ނިންދަވައިދީފައި ވަކިވީ ހެއްޔެވެ؟ އެންމެ ހިނދުކޮޅަކު ވެސް މަޑުނުކޮށް އޮފީހުން ނިކުމެ ޑްރައިވަރަށް އެންގީ ހަސްފަތާލަށް ދިޔުމަށެވެ.

އޭގެ ކުޑައިރުކޮޅެއް ފަހުން ކާރު އައިސް ހަސްފަތާލުގެ ދޮރުމައްޗަށް މަޑުކުރުމުން ޑްރައިވަރަށް ވެސް ބެލުމެއްނެތި ކާރުން ފައިބައިގެން މެހެކް ވަނީ ހަސްފަތާލަށެވެ. އެއިރު ވެސް ތަނުގައި ނޫސްވެރިންތައް ހަރަކާތްތެރިވެއެވެ. އެއިރު މެހެކް ހަސްފަތާލަށް ވަދެގެންދިޔަ މަންޒަރު ލައިވްކުރަން ނޫސްވެރިންތައް ހޭބޯނާރާ އުޅެއެވެ. މެހެކް ހަސްފަތާލަށް ވަދެގެން އެ ދިޔަ ގޮތަށް ދިޔައީ ތިއޭޓާ ކައިރިއަށްށެވެ. މެހެކަށް އެހިސާބަށް އަރާހަމަވުމުން އެވަގުތު ތިއޭޓަރުގެ ދޮރު ހުޅުވާ މޫނު ނިވާކޮށްފައި އޮތް މެހެރުއްނިސާ ނެރެނީއެވެ. “މާމާ………………..” މެހެކްގެ އަޑަށް އެތާ ތިބި އެންމެން ފަހަތް ބަލާލިއެވެ.

*ނުނިމޭ*

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Mysterious Woman

Level 310 Stories100 Comments

A Mysterious Woman who loves to read & write stories of different categories.

Other Articles

Previous

އިންސާފު ލިބޭނެބާ – 03

Next

ތިނެސްކަން ލޯބި (33)

Next
December 11, 2024

ތިނެސްކަން ލޯބި (33)

Previews
December 10, 2024

އިންސާފު ލިބޭނެބާ – 03

6 Comments!

  1. Your fav bab says:
    December 10, 2024 at 3:42 pm

    Masha Allah very nice!
    What’s gonna happen to mehek after her grandma’s death???????
    Please don’t let her cry and let ziv be with her forever!!!!!!
    When nexxxxttttt??????
    Very curious

    1. Mysterious Woman says:
      December 10, 2024 at 5:07 pm

      thank you…….
      let’s see dhw…….she loves her grandma very much………so let’s c vaa goi….
      hehe twist ahnaane goi ingeyne next chapter ga…..
      insha allah soon 🙂

  2. gurrrrl says:
    December 10, 2024 at 4:28 pm

    alheyyy haadha dhera eyyyy why zaaan Im gonna kill youuu
    zaan aa mehek aa nugulhuvahche mehek is all xiv ge adhi amudhun mhr kanthha kuri gothun kakin zaan dheke foohi vehje plssss when next ???????

    1. Mysterious Woman says:
      December 10, 2024 at 5:09 pm

      thank you…….
      hingaa balamaa dhn vaany kihineh tho……hehe…..anyways keep in touch kuri ah huri baithakun ingeyne vaane goi ingey………….

      BTW vaahaka nimeny ingey….hehe

  3. Your fav bab says:
    December 10, 2024 at 7:53 pm

    Really??? The story is ending plx let it be a happy ending!!!!!
    So I’m in touch like never to leave until this story finish!!!!!
    GUYSssssss!!!!
    We should all wish for mehek and ziv to be the main character of this story!!!
    I’m very happy cuz I’m getting to read the next part very sooon!!!!

    1. Mysterious Woman says:
      December 11, 2024 at 4:08 pm

      hehe yes it is ending..sad dhw…but dpn’t worry nimey irah ehn story eh kiyaalan libeyne insha allah…hehe

Comments are closed.

Next Episodeތިނެސްކަން ލޯބި (33)←


All Right Reserved!