“ޔޫހާން… އަޑުއެހިން ޔޫހާން ބްރޭކްގައޭ. އެކަމަކު ހެޔޮނުވާނެ އަވަހަށް އަހިސްދީ.. މަގޭ ދަރިފުޅު ސަލާމަތްކޮށްދީ….” ނާއިލްގެ ވާހަކައާއި އެކު ޔޫހާންއަދި އެލީޝާއަށްވެސް ލިބުނީ ސިހުމެކެވެ.
“ޝީ ވެންޓް ޓު އަ ސީ ސެކް.. ޕްލީޒް އަހިސްދީބަ” ރޮމުން ރޮމުން ނާއިލް ބުނެލިއެވެ. ފޯނުބޭއްވުމަށް ފަހު ޔޫހާންއާއި އެކު އެލީޝާވެސް އަވަސްވެގަތީ ހޮސްޕިޓަލަށް ދިޔުމަށެވެ.
“އަސްލު ކިހިނެތްތަވީ؟” ނަރުސްކުއްޖަކާއި އެކު ޔޫހާން އެތެރެއަށް ވަނުމުން ކައިރީ އިންގޮނޑީގައި އިން ނާއިލް ގާތުގައި އެލީޝާ އެއްސެވެ. ނާއިލް ހުރިހާވާހަކައެއް އަލިފުންޔާއަށް ކިޔައިނެވެ.
“إِنَّا ِلِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ” އެލީޝާއަށް މަޑުމަޑުން ބުނެވުނެވެ.
“ބައްޕަ އަބަދުވެސް ބުނޭ. މައުއަށް ލިބޭނީ ހަމަ ފިރިހެން ކުއްޖެކޭ. ބައްޕަ ބުނި ފަދައިން މައުއަށް އެލިބުނީ ހަމަ ފިރިހެން ކުއްޖެއް. ނަމަވެސް އެކުޑަކުޑަ އަތުގައި ހިފާލުމުގެ އެންމެ ފުރުސަތެއްވެސް ބައްޕައަކަށް ނުލިބުނު…” ނާއިލް ވާހަކަދައްކަމުން ދިޔައީ ހިތާމައިގެ ސާލެއް އޮޅައިގެން އިނދެއެވެ. ތިރީތުންފަތުގައި ދަތްއަޅާލެވުނު އިރު އެލީޝާގެ ހިތަށްވެސް އަސަރުކުރިއެވެ.
“ސެތެސްކޯޕް ޕްލީޒް” އަތުގައި ސެނެޓައިޒާރ ހާކާލާފައި، އަތަށް އަންގިއެއް ލައްވާލަމުން ޔޫހާން ބުނެލިއެވެ. މަޑުމަޑުން އެކުއްޖާ އޮތް އިރު، ރޮއެވެސް ނުލައެވެ. ރޯނެހާވަރުވެސް އެކުއްޖާގެ ހަށިގަނޑުގައި ނެތްފަދައެވެ.
“ބޭބީއަށް އޮކްސިޖެން ގުޅުވާފަ ބޭބީ ނާސަރީއަށް ގެންދޭ ފޯރނައު. 1 ގަޑިއިރު ވަންދެން މޮނިޓާރ ކޮއްފައި ބޭބީ ގެނޭ ފީޑް ކުރަން އޯކޭ؟” ކައިރީ ހުރި ނަރުސްކުއްޖާ ގާތުގައި ބުނެލިއެވެ. އެކުއްޖާ ބޯޖަހާލާފައި ބޭބީ ކޭޖްއަކަށް އެކުއްޖާލާފައި އޮކްސިޖަން ގުޅުވާލިއެވެ. “ލްޓް މީ” ޔޫހާން ބުނެލިއެވެ. ނާސަރީއަށް ގެންދިޔުމުގެ ކުރިން ނާއިލްއަށް އެކުއްޖާ ދައްކާލުމަށެވެ. ބައްޕަ ގެއްލުމުން ހިތަށް ލިބިފައިވީ ހިތާމަ ކުޑަކޮށްވެސް ލުއިވޭތޯއެވެ.
އެކުއްޖާ ގޮވައިގެން ނިކުތުމުން ނާއިލް ގޮސް އެކުއްޖާ ގާތުގައި ހުއްޓުނެވެ. ހަމައެކަނިި ނެޕީއެއްޖަހައިގެން އޮތް އެކުއްޖާގެ ހަންގަނޑުގައިވީ ނޫކަން ދިޔައީ ނާއިލްގެ ދެލޮލަށް އުނދަގޫކުރަމުންނެވެ. އެކުއްޖާގެ ހަށިގަނޑުގައި އެކިއެއްޗެހި ގުޅުވާފައި އިރު އޮކްސިޖެން ގުޅުވާފައިވެއެވެ. ދެލޯހުޅުވައިގެން އޮތް ނަމަވެސް އެކުއްޖާ ރޮއެނުލާތީ އެކުއްޖާއެއޮތް ހާލާމެދު އެންމެންގެ ހިތުގައިވެސް ރިއްސާލިއެވެ.
ޔޫހާންގެ އިށާރާތާއި އެކު ޔޫހާން ފުރަގަހުގައި ހުރި ނަރުސްކުއްޖާ އަހިސް ނާއިލްގެ އަތަށް ސެނިޓައިޒާ އަޅައިދިނެވެ. ޔޫހާން ބޯޖަހާލުމުން ނާއިލް މަޑުމަޑުން އެކުއްޖާގެ އަތުގައި ހިފާލިއެވެ. އެކުއްޖާއަށް ނާއިލްގެ ބީހިލުމުން އެއީ ބައްޕަކަން އިހުސާސްވިފަދައެވެ. ލަސްލަހުން އެކުއްޖާ ނާއިލްގެ އިނގިލީގައި ހިފާލިއެވެ.
“މަގޭ ދަރިފުޅު…” ނާއިލްގެ ހިތަށް ދިޔައީ އިންތިހާއަށް ތަދުވަމުންނެވެ. ނާއިލްގެ ކޮނޑުގައި މަޑުމަޑުން ޖަހާލާފައި ޔޫހާން އެކުއްޖާ ގޮވައިގެން ދިޔައެވެ.
ނިޔާޒްގެ މަރުގެ ފޯރމާއި އެކު ނާއިލް ދިޔައީ ނާއިލްގެ ދަރިފުޅުގެ އުފަންދުވަހުގެ ސެފްޓިކެޓްވެސް ފުރަމުންނެވެ. ނާއިލްގެ އަތުގައި ތުރުތުރުލުމެއްހުރި އިރު ދެލޯވަނީ ކަރުނުން ފުރިފައެވެ.
“މައު؟؟”
އުނދަގޫ ގޮތަކަށް މައުނާ ދެލޯ ހުޅުވާލިއެވެ. މައުނާގެ ލޮލުގައި އެންމެ ފުރަތަމަވެސް އަޅައިގަތީ ކުޑަވެފައިވީ މައުނާގެ ބަނޑެވެ. ދެކޮޅު ބަލާލި އިރު ދަރިފުޅު ފެންނަން ނެތުމުން މައުނާގެ ހިތުގައިވީ ބިރުވެރިކަން ދެގުނަވިއެވެ.
“ކޮބާ…؟ ކޮބާ މަގޭ ދަރިފުޅު؟؟؟” މައުނާ ބަލައިލީ ނާއިލްގެ މޫނަށެވެ.
“ޑޯންޓް ވޮރީ ލޯބީ.. އަހަރެމެންގެ ބޭބީ އޯކޭ… އެކަމަކު.. ބައްޕަ.. މައު.. ނުވިސްނައްޗޭ މާބޮޑަށް. ބައްޕަ… ބައްޕަ ނިޔާވެއްޖެ… މައު.. މައު ޖެހުނީ ސީ ސެކްއެއް ހަދަން.. އަހަރެމެންނަށް ލިބުނީ ފިރިހެން ކުއްޖެއް. ދުވަސްނުފުރާވިހެއީމަ ބޭބީ ނާސަރީގަ އޮތީ.. އެހެންނަމަވެސް ދަރިފުޅު އޯކޭ.. އެހާ ބޮޑަށް ނުވިސްނައްޗޭ…” ނާއިލް ލަސްލަހުން ކިޔައިދިނެވެ.
“ބައްޕަ… ވަޅުލީތަ؟” މައުނާ އަހާލިއެވެ.
“ނޫން. ބޭނުންތަ ދެކިލަން؟” ނާއިލްއަހާލިއެވެ. މައުނާ އަވަސްއަވަހަށް ބޯ ޖަހާލިއެވެ.
ޑަކްޓަރ ފިރާޝާގެ ހުއްދަ ހޯދައިގެން މައުނާ ފުރޮޅުލީ ގޮނޑިއެއްގައި ނިޔާޒްގެ ހަށިގަނޑާގާތަށް ގެންދެވުނެވެ.
“ކޮން އިރަކުންތަ އަހަރެންނަށް ބޭބީ ފެންނާނީ؟” ކޮޓަރިއަށް ވަދެވުމާއިއެކު މައުނާއެއްސެވެ.
“މިހާރު އެޔޮއް 45 9 ވީ.. 10 ޖަހާއިރު ބޭބީ ފީޑް ކުރަން ގެންނާނަމޭ ބުނީ.. އޭރުން..” ނާއިލް ހިނިތުންވާން މަސައްކަތް ކުރަމުން ބުނެލިއެވެ.
“ބާރތް ސެޓްފިކެޓް ފުރީތަ؟” މައުުނާއަށް އަހާލެވުނެވެ.
“ޔެސް… އަހަރެމެން ޕްލޭން ކުރި ނަން ހަމަ ނެގީ”
“ނައިލް މުހައްމަދު ނާއިލް” މަޑުމަޑުން މައުނާ ބުނެލިއެވެ. ނާއިލް ހިނިތުންވެލާފައި ބޯޖަހާލިއެވެ.
“ހެއި.. އަހަރެން އަންނާނަން ބައްޕަގެ ކަށުކަންކަން ނިންމާފަ. މައު ކައިރި މަޑުކޮއްދެއްޗޭ ޕްލީޒް. 10 ޖަހާއިރު ނައިލް ގެންނާނެ ފީޑު ކުރަންވެސް. މައުނާގެ ކޮޓަރިދޮރުކައިރީ ހުރި އެލީޝާ ކައިރީގައި ނާއިލް ބުނެލިއެވެ.
އެލީޝާ ބޯޖަހާލުމާއި އެކު ކައިރީގައި ހުރި ޔޫހާންއާއި އެކު ނާއިލް ދިޔައެވެ.
“އެލާ… އައި ފެއިލްޑް އޭސް އަ މަމް ދޯ؟” އެލީޝާ އަހިސް ވަނުމާއި އެކު މައުނާއަށް ބުނެވުނެވެ.
“ނޫން މައޫ.. އިޓްސް އޯކޭ.. އަހަރެން ނަމަވެސް އެހެންވީސް ކަންނޭނގެ.. އިޓްސް އޯކޭ މައު. ޑޯންޓް ބްލޭމް ޔުއާރ ސެލްފް” އެލީޝާ ބުނެލިއެވެ. މައުނާ ހިނިތުންވެލިއެވެ.
“އެލާ ބޭބީ ދެކުނިންންތަ؟” މައުނާ ބަލައިލީ އެލީޝާގެ މޫނަށެވެ.
“ޔޭސް.. ބޭބީ ވަރަށް ވަރަށް ލޯބި މާޝާ ﷲ” އެލީޝާ ހީލާފައިބުނެލިއެވެ.
އެގޮތުގައި ދެއެކުވެރިން ވާހަކައިގައި ތިއްބާ ނަރުސްކުއްޖަކު ނައިލް ގޮވައިގެން އައެވެެ.
“މަންމިގެ ދަރިފުޅު..” ނައިލްގެ ހަށިގަނޑުގެ އިހުސާސް މައުނާއަށް ކުރެވުމުން ދެލޮލުން ކަރުނަ ނިރާލިއެވެ. 8 މަސް ދުވަހުގެ ދިގު އިންތިޒާރުގެ ނިމުން ނިމި މިއަދު ލޯބިވާ ދަރިފުޅު މިއޮތީ މައުނާގެ އަތުގައެވެ. މަންޒަރު ބަލަން ހުރި އެލީޝާގެ ތުންފަތްމަތީގައިވެސް ކުރެހިފައިވަނީ ލޯބި ހިނިތުންވުމެކެވެ.
“ދެން ތިވަރަށް ނުރޮއެބަ. ﷲ އިރާދަކުރެއްވިއްޔާ ހުރިހާކަމެއްވެސް ރަނގަޅުވާނެ” ސަހަރާއިން ނިކުމެ ނާއިލް ދެލޯފުހެލިތަން ފެނުމުން ޔޫހާން ބުނެލިއެވެ. ނާއިލް ދޫކޮށްލީ ފިނި ނޭވާއެކެވެ.
“ކޮބާތަ ޔޫހާންގެ ޕޭރެންޓްސް؟؟” ނާއިލްއަށް އަހާލެވުނެވެ. ނާއިލްގެ ސުވާލާއިއެކު ޔޫހާންގެ މޫނުމައްޗަށް ހީވީ ކުނިބިހެއްޖެހިހެންނެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
10 Comments!
Comments are closed.







mashallah vrh reethi mi part ves
when next part cant wait for next
keep it upp
my dear shiherr
jazaakallah khairan
in sha allah tmrw
mi part ves v reethi masha allah
curiously waiting for next part
keep it up
elaa and yohaan dhuru nukurachey
jaish and nav ves gulhuvachey
they all are made for each other
e baby ah dhera gotheh nuhadhachey
v intrsting srory eh
v kiyaala hithun kiyani
i appreciate your hard work
love you my fav author
jazaakallah khairan
lyt
Varah reethi!!!!!! Masha Allah
When nextttt??????
jazaakallah khairan
in sha allah tmrw
So have decided the wedding date of yoohaan and elysha?????
Can’t wait
hehe let’s seeeeeeeeeee
stay tuned
Gurll this is nicee.. Can’t wait for the next part.. I really appreciate this masterpiece 🥀
Jazaakallah khairan
part 13 is already out