Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ތިނެސްކަން ލޯބި (31)

Mysterious Woman Level 310 Stories100 Comments
December 8, 2024 6 Mins Read
16 Comments

ޒާން ފާހާނާއަށް ވަނުމުން އެ ކޮޓަރިއަށް ވަށައިގެން މެހެކް ބަލާލީދެނެވެ. ހީވީ ޒާން ހުރުމުން އިތުރު އެއް ދިމާލަކަށް ވެސް މެހެކް ބަލަން ބޭނުންނުވީހެންނެވެ. އެ ކޮޓަރިއަކީ ބަލާލަން ހިތްގައިމު ބޮޑު ކޮޓަރިއެކެވެ. މެހެކް ކޮޓަރީގެ ވަށައިގެން އެކި ދިމަދިމާލަށް ނަޒަރު ހިންގާލަމުން ފާރުގައި އަތް ކާއްތަމުން ދިޔައެވެ. މެހެކް ވެސް ހުރީ އެ ކޮޓަރީގެ ފުރިހަމަކަމުން އަޖައިބުވެފަ ތޯއްޗެކެވެ. މެހެކް ޑްރެސިން ޓޭބަލުގައި އިން ވާސްއެއްގައި އަތް ޖައްސާލާ އޭގައި އިން ލިލީ މާތަށް ރީތިވެގެން އެ ވާސް ނަގަން ގޮތެއް ހަދާލިތަނުން ޑްރެސިން ޓޭބަލް ކައިރިން ތޫލި އަޑެއް ކިޔައި ދޮރެއް ކެހިގެން ދިޔަ އަޑަށް އެ ދިމާލަށް މެހެކް ބަލާލިއެވެ. އަދި ހައިރާންވިއެވެ.

އެއްތިރީސްވަނަ ބައި

މަޑުމަޑުން ކެހިގެން ދިޔަ ދޮރާ ހަމައިން މަޑުޖެހިލާ އިރުކޮޅަކުން ފާހާނާގެ ދޮރާ ދިމާލަށް ބަލާލުމަށްފަހު ފުން ނޭވާއެއްލާ އެ ދޮރުން އެތެރެއަށް ވަދެއްޖެއެވެ. ވަތްހެން ހީނުވެ މެހެކްގެ މޫނުމަތިން ފެނުނީ ތަފާތު ޝުޢޫރުތަކެކެވެ. ސިހުމާއި ހައިރާންކަމެވެ. ބިރާއި އުދާސްކަމެވެ. މީހާ ހުރި ގޮތަށް ދާހިއްލަން ފެށިއެވެ. އެއީ ޒާންގެ ސިއްރު ކޮޓަރިއެވެ. ގޭގެ އަހުލުވެރިންނަށް ވެސް ނޭނގޭ “ބޮޑު ސިއްރު” ކޮޓަރިއެވެ. އެހެނަސް އެއީ އަދު ޒާންގެ ދިރިއުޅުމުގެ އެއްބައި ވަޅުޖެހިފައިވާ ތަނެކޭ ބުންޏަސް ރަނގަޅުވާނެއެވެ. މެހެކަށް ހީވީ ކުރިމަތިން އޭނާގެ އެކިއެކި ހަނދާންތައް އާވީހެންނެވެ. ލޯގަނޑަކުން އަމިއްލަ ސޫރަ ފެނުނުހެންނެވެ. ބަލާލި ކޮންމެ ދިމާލަކުން ވެސް ފެންނަނީ އޭނާގެ ރީތި އެކި ތަސްވީރުތަކެވެ. މިއީ އެކި ދުވަސްމަތިން ނަގާފައިވާ ތަސްވީރުތަކެއްކަން އެނގެނީ އެއީ ކޮން ދުވަހެއްކަން އެނގޭނޭހެން ތާރީޙާއިއެކު ދުވަހުގެ ނަން ތަސްވީރުގެ ތިރީ ކަނުގައި ލިޔެފައިވާތީއެވެ.

އެ ތަސްވީރުތައްވަނީ އެ ކޮޓަރީގެ އެކި ތަންތާނގައި ހިއްޕާފައެވެ. އަދި ބައެއް ތަސްވީރުތައް ފްރޭމްކޮށްފައިވެސްވެއެވެ. ކޮޓަރީގެ އެއްކޮޅުން އަނެއްކޮޅަށް ރޯނެއް ދަމާ އޭގައި ބައެއް ތަސްވީރުތައް އެލުވާލައިފައި ވެސް ވެއެވެ. އަދި މެހެކް އެންމެ ހައިރާންވީ އެ ކޮޓަރީގެ އެއް ބިތް އެއްކޮށް ފޮރުވޭނެހެން ހަރުކޮށްފައިވާ މެހެކްގެ ބޮޑު ތަސްވީރު ފެނުމުންނެވެ. އަދި އެ ތަސްވީރުގެ މަތީ ފާރުކޮޅުގައި “މައި ކުއީން” ރީތި ފޮންޓަކުން ކަނޑާނަގައިފައިވެއެވެ. މިއިން ކޮންމެ ތަސްވީރެއްގައި ވެސް ކޮންމެ ވެސް ޚާއްސަ އިބާރަތް ކޮޅެއް ލިޔެފައިވެއެވެ. މިއިން ދޭހަވަނީ ޒާންގެ ހިތުަގއި މެހެކާ ދޭތެރޭ ވަނީ ތަފާތު ލޮތްބެއްކަމެވެ. އެ ލޯބީގައި މީހާ ދީވާނާވާ ދަރަޖައަށް ލޯބިވެވިފައިވާކަމެވެ. މެހެކް އެންމެ ހިނދުކޮޅަކުން ވެސް މަޑުނުކޮށް އެ ސިއްރު ކޮޓަރިން ނިކުމެ ޒާންގެ ކޮތަރިން ވެސް ނިކުމެގެން އެ ދިޔައެވެ.

ޒިވިއަން ފެން ބޮއިގެން ނިކުތްތަނުން މެހެކް ބާރުބާރަށް ސިޑިން ފައިބައިގެން ގޮސް ގޭތެރެއިން ނިކުމެގެން ދިޔަތަން ފެނުނެވެ. މެހެކް މި ގޭގައި ހުރީ ކީއްވެ ހެއްޔެވެ؟ އަނެއްކާ…… ލަސްނުކޮށް ޒިވިއަން މެހެކްގެ ފަހަތުން ގެއިން ނިކުމެއްޖެއެވެ. ޒިވިއަންއަށް މެހެކް އަތުވީ ކާރާ ހަމައިންނެވެ. އެއިރު ދެ މީހުން ވެސް ހުރީ މާ ނޭވާ ލެވިފައެވެ. “ޒިވް؟؟…..” މެހެކްގެ މޫނުމަތިން ޒިވިއަންއަށް ފެނުނީ ހާސްކަމެވެ. ހީވަނީ ކަމަކަށް ފިލަން ބޭނުންވަނީހެންނެވެ. އިތުރު ސުވާލެއް ނުކޮށް ކާރުގެ ދޮރު ހުޅުވާލައި އަރަން ބުނެލިއެވެ. މެހެކް ވެސް އިތުރު ސުވާލެއް ނުކޮށް ކާރަށް އަރައިފިއެވެ. ޒިވިއަން ކާރަށް އަރާ ދުއްވާލީ ރޯޒް ގާޑަންއަށްށެވެ.

ޒާން ފާހަނައިން ނިކުތް އިރު މެހެކް ފެންނަން ނެތުމުން އަވަސް އަވަހަށް ބޭރަށް ނިކުންނަން ދުއްވައިގަތެވެ. ނަމަވެސް ފިޔަވަޅުތައް މަޑުޖެހިލީ ކެހިފައިވާ ސިއްރު ކޮޓަރި ފެނުމުންނެވެ. މަޑުމަޑުން އެ ދިމާލަށް ދިޔައެވެ. “އެންމެ ފަހުން މި ތަން ވެސް ފެނުނީ ތާ ދޯ؟…..ހެއްހެއްހެއް” އެއްމިޔަކަނުން ޒާތަކަށް ހީލާފައި ޒާން ބުނެލިއެވެ. އަދި އެ ކޮޓަރި ތެރެއަށް ވަދެއްޖެއެވެ. މަޑުމަޑުން ފަހަރަކު ތަސްވީރެއްގައި ކޫރުމެއް ވެސް ނެޅޭނެހާ މަޑުން ފިރުމާލަމުން އެއިން ފެންނަ މެހެކްގެ މޫނަށް ބޮސްދޭން ފެށިއެވެ. “މެހެކް……ބޭނުމެއް ނޫން ތި ދެ ލޮލުން އެންމެ ކަރުނަ ތިއްކެއް ވެސް ބޭރު ކުރާކަށް..އެކަމަކު ޔޫ ފޯސްޑް މީ ޓު ޑޫ ދެޓް……..އައި ނޯ…ހީ އިޒް މައި ބްރަދާ……..މައި ކަޒިން……..ބަޓް…..އާރގްގްގްގް…..ޒިވިއަން ދެކެ މެހެކް ލޯބި ނުވިނަމަ…..” ވަރަށް އަސަރާއިއެކު ޒާންގެ އިޙްސާސުތައް ބޭރުކުރަންފެށިއެވެ. “އެކަމަކު “ނަމައަކުން” ކެއްކޭނެ ރިހައެއް ނޯންނާނެ ތާ…….” މޫނުމައްޗަށް ރުޅިވެރިކަން ގެންނަމުން ޒާން ބުނެލިއެވެ. އަދި ފަހު ފަހަރަށް އެ ތަސްވީރުތަކަށް ބަލާލުމަށްފަހު އެ ތަނުން ނިކުމެ އިހު ހުރިހެން އެ ކޮޓަރި ފަރުދާގެ ފުރަގަހަށްލާ ފޮރުވާލިއެވެ.

ޒިވިއަން އާއި މެހެކް ތިބީ ރޯޒް ގާޑަން ބަގީޗާ ތެރޭ އިން އުނދޯލީގައެވެ. ދެ މީހުން ވެސް އުނދޯލި ހެއްލަމުން ދިޔައިރު އެކަކު ވެސް ވާހަކައެއް ނުދައްކައެވެ. ހީވަނީ ފުން ޚިޔާލުތަކެއްގައި ބަނދެވިފައިވާހެންނެވެ. އެއިރު ތަންކޮޅެއް ދުރުގައި މެހެރުއްނިސާ އާއި މަލައިކާ ދެ މީހުންގެ ޙަރަކާތްތަކަށް ބަލަން ތިއްބެވެ. “މަންމާ……..މިވީ ކިހިނެއް؟؟……އަހަރުމެންގެ ލޮލުގެ ފިނިކަން ކަމުގައިވާ ލޯބިވާ ދަރިފުޅުގެ ދިރިއުޅުން ކަށި ކުނބުރު ޖަންގައްޔަށް ވެދާތަން ބަލަން ހުންނަންވީ ތަ؟…..” މަލައިކާ ބުނެލީ ރޮވިފައިވާ ހިތަކައިގެންނެވެ. “މަންމަ ހުއްޓާ އެހެންވިޔަ ދޭނެހެން ދަރިފުޅަށް ހީވޭތަ؟….މަށަށް އެއިރު ވެސް ޝައްކުވި އޭނާގެ ނަޒަރު މެހެކާމެދު ހުރި ގޮތުން…އެކަމަކު އަހަންނަށް ޔަޤީންވާ އެއްޗަކީ ޒާން ވެސް މެހެކް ދެކެ ވަނީ ލޯބިކަން….އެއަކު ދެއްކުންތެރި ކަމެއް ނެތް…އެހެންނަމަވެސް ލޮތްބަކީ ގަދަބާރުން ހޯދޭނެ އެއްޗެއް ނޫންކަން އެ ފަކީރަށް އެނގޭނެ ނަމަ……ގަދަކަމުން ލޯބި ހޯދަން އުޅޭތީ މައްސަލައަކީ……” މެހެރުއްނިސާ ބުނެލިއެވެ.

“ކީއްވެ ރިޖެކްޓް ނުކުރީ؟؟….” ހަމަހިމޭންކަން އޮތް އެ މާހައުލުން ޒިވިއަންގެ އަޑު އިވުނު ހިނދު މެހެކް ބަލާލީ ސުވާލުގެ ނަޒަރަކުންނެވެ. އެ ބެލުމުން އޭނާ އެ ބުނި އެއްޗެއް ފަހުމްނުވާކަން ޒިވިއަންއަށް އެނގުނެވެ. “މިބުނީ ރަސްމިއްޔާތު ތެރޭގައި ޒާން އެ ހުރިހާ ވާހަކަތަކެއް ދެއްކި އިރު ވެސް ކީއްވެހޭ އެއާއި ވިއްދާ އެއްޗެއް ނުބުނީ؟؟………އެނގޭނުން އެނާ ހެދީ ބުޚުތާނު ދޮގުތަކެއްކަން….” މިފަހަރު ޒިވިއަން ތަފްޞީލާއެކު ބުނެލިއެވެ. މިއާއިއެކު މެހެކްގެ ހަނދާނަށް އައީ އެވަގުތު އެއްޗެއް ބުނަން އުޅުނު ހިނދު އޭނާގެ ކަންފަތާ ކައިރިވެލާ ޒާން ދިން އިންޒާރުގެ މަތިންނެވެ. އޭނާ އެ ވަގުތު އެއްޗެއް ނުބުނީ ޒިވިއަންއަށް ޓަކައެވެ. ކޮންމެ ގޮތެއް ވިޔަސް އެއީ އޭނާގެ ދިރުމެވެ. އޭނާގެ ލޮތްބެވެ. ވީއިރު އެ ލޯބި ސަލާމަތް ކުރަން ޖެހޭނެއެވެ. އެއީ އޭނާގެ އަމިއްލަ ނަފުސު ޤުރުބާން ކޮށްގެން ވިޔަސްމެއެވެ. “ކަމެއްނުވޭ…….” މެހެކް ދިނީ ތާކުންތާކު ނުޖެހޭ ޖަވާބެކެވެ. އެ ނޫން ލަފުޒެއް އޭނާގެ ދުލު ކުރިއަކަށް ނައި ވިއްޔާއެވެ. ޒިވިއަން އިރުކޮޅަކު ބަލަން އިނުމަށް ފަހު އެއްވެސް އެއްޗެއް ނުބުނެ މެހެކާ އަދި އެ މާހައުލު ދޫކޮށް ހިނގައްޖެއެވެ. މެހެކް ވެސް ޒިވިއަންގެ ފަހަތުން އެ ވަގުތު ދާކަށް ބޭނުމެއްނުވިއެވެ.

ރޭގަނޑުގެ ވަގުތެވެ. މެހެކް އިނީ ލިވިންގ ރޫމުގައި ޓީވީއިން އެ ވަގުތު ދައްކަމުން ދިޔަ ސީރީޒެއް ބަލަންށެވެ. އިރުކޮޅަކަށް ނަމަވެސް ބޭކާރު ވިސްނުންތަކުން އެއްކިބާވުމަށް ކޮށްލަން މިއީ ރަނގަޅު ކަމެއްތާއެވެ. އެހެންވެ މަމްދޫހު ވެސް އަދި މަލައިކާ ވެސް މެހެކް އެކަނިވެލަން ދޫކޮށްލުމަށް ފަހު ވަނީ ކޮޓަރިއަށެވެ. މި ފުރުސަތަށް ބަލަބަލާ އިން މެހެރުއްނިސާ މެހެކަށް ގޮވާލިއެވެ. “ދަރިފުޅާ…..މާމަ ކައިރި ވާހަކައެއް ބުނަން ބެނުންވެފަތަ ތީނީ….މިއީ ދަރިފުޅުގެ ބެޓު ފުރެންޑެއްނުން…….” ވަރަށް ގާތް ގޮތަކަށް އަދި އެހާމެ ލޯބިން މެހެކްގެ ބޮލުގައި ފިރުމާލަމުން މެހެރުއްނިސާ ބުނެލިއެވެ. މެހެރުއްނިސާ “ބެޓު ފުރެންޑޭ” ބުނެލި ގޮތުން މެހެކްގެ ހިނިގަނޑު ދިޔައީ ފަޅައިގެންނެވެ. މެހެކްގެ މޫނުމަތިން އެ ވަގުތު ފެނުނު ހިނިތުންވުމުން އެއީ ދާދިދެންމެއަކު މާޔޫސްވެފައިވާ ކުއްޖެކެ ނުވެސް ބުނާނެއެވެ. މެހެކްގެ އެ ހިނިތުންވުން ފެނުމުން މެހެރުއްނިސާގެ މުނުމަތިން ވެސް ފެނުނީ ހިތްހަމަޖެހުމާއި އުފާވެރިކަމެވެ. ލޮތްބާއި ކުލުނެވެ. މެހެކް ހޭ އަޑު އިވޭތީ ނިކުތް މަމްދޫހާއި މަލައިކާ ވެސް މަތީގައި ހުރެ މި މަންޒަރު ފެނުމުން ވަރަށް އުފާވިއެވެ. ލޮލުން ކަރުނަ އޮހޭ ހާލު އެ މަންޒަރު ބަލަން ދެމަފިރިން ވެސް ތިބީ ހިނިތުންވެފައެވެ.

“މާމާ ކިތައް ފަހަރުތަ ބުނަންވި ބެޓު ފުރެންޑެއް ނޫނޭ ބެސްޓު ފުރެންޑޭ….ހެއްހެއްހެއް….” މެހެކް ހެމުންހެމުން ބުންޏެވެ. “ދެން މާމަމެންނަށް ކިޔޭނީ އެހެންނުން…..ދަރިފުޅުމެން ދައްކާހާ އަވަސްކޯށް ނުކިޔެނެއްނުން……” މެހެރުއްނިސާ ބުނެލިއެވެ. “އޯ…ސޯ ކިއޫ މާމާ…..” މެހެކް ކުޑަ ކޖުއްޖެއް ހެން މެހެރުއްނިސާގެ އުނގުގައި ބޯ އަޅާލިއެވެ. އެންމެ ކުޑަ އިރެކޭ މިހާރެކެ އެއްވެސް ތަފާތެއް ނެތެވެ. މެހެރުއްނިސާއަކީ މެހެކް އެންމެ ލޯބިވާ އޭނާގެ މާމައެވެ. ދިމާވާ ހިތާމަވެރިކަމެއް ވިޔަސް ނުވަތަ އުފާވެރި ކަމެއް ވިޔަސް އެންމެ އަވަހަށް އެކަމެއް ހިއްސާކޮށްލާނީ މަލައިކާމެންނަށްވުރެ ކުރިން މެހެރުއްނިސާއާއެވެ. މެހެކަކީ މެހެރުއްނިސާގެ “ރަން މާމަ ދަރި” އޭ ބުންޏަސް ރަނގަޅުވާނެއެވެ. މާމަގެ އިނގިލިތަކުން އޭނާގެ ބޮލުގައި ފިރުމާލާ ބޯ މޮޑެދޭތި ވާ އަރާމަކުން އިސާހިތަކު އޭނާއަށް ނިދިއްޖެއެވެ. “ދަރިފުޅު ލޯބި ވަނީ ޒިވިއަންދެކެ ކަމަށްވާނަމަ މާމަ އެ ލޯބި ދަރިފުޅަށް ހޯދައިދިނުމުގައި ފަހެއް ނުޖެހޭނަން……ދަރިފުޅުގެ ދިރިއުޅުމަށް އަންނާނި ޒާން އެއް ނޫން….ޒިވިއަން…މިއީ މާމަގެ ވަޢުދެއް…..” ލޮލުން ވެއްޓުނު ކަރުނަ ތިކި ފޮހެލާފައި މެހެރުއްނިސާ ބުނެލިއެވެ. ‘މަންމާ އަހަރެން މެހެކް އޭނާގެ ކޮޓަރިއަށް ގެންގޮސްދޭނަން..މަންމަ ވެސް ދޭ އަރާމުކޮށްލަން….” އެވަގުތު އެތަނަށް އައި މަމްދޫހު ބުނެލިއެވެ. އަދި މެހެކް އޭނާގެ އަތްދަނޑި މައްޗަށް އުފުލާލާ ގެން ގޮސް ކޮޓަރީގައި ރީތިކޮށް ބާއްވާލިއެވެ. އަދި މެހެކްގެ ގައިމަތީގައި ރަޖާ އަލައިދިނުމަށް ފަހު ކޮޓަރިން ނިކުންނަމުން ލައިޓުތައް ވެސް ނިވާލިއެވެ.

އާ ދުވަހަކަށް އިރު އަރައިގެން އައި އިރު މެހެރުއްނިސާ ހުރީ ޒެޑް ފޯރ ކުންފުނީގެ ރިސެޕްޝަންގައިއެވެ. އަދި އައި ބޭނުން ހާމަކުރިއެވެ. އިރުކޮޅެއްނުވެ ތެޅެމުން ފޮޅެމުން އެތަނަށް އައީ ޒާންގެ ޕީއޭ އާރާއެވެ. މެހެރުއްނިސާ ގޮވައިގެން އާރާ ވަނީ ޒާންގެ ކެބިންއަށެވެ. މަސައްކަތެއްގައި އިން ޒާން އިސްއުފުލާލި ހިނދު ފެނުނު ސޫރައަކުން ހައިރާންވި ނަމަވެސް މޫނުމަތިން އިތުރު ޝުޢޫރެއް ފައުޅުނުކޮށް މެހެރުއްނިސާ ކައިރީ އިށީންނަން ބުނެލިއެވެ. އަދި އާރާ ދިޔަޔަސް އެންމެ ރަނގަޅު ކަމަށް ބުނެ އެތަނުން އާރާ ފޮނުވާލީ ސައި ގެނައުމަށް ބުނަމުންނެވެ. ޒާންގެ ބުނުމަށް މެހެރުއްނިސާ އައިސް މެހެމާނުންނަށް ޚާއްސަކުރެވިފައިވާ ސޯފާގައި ނިކަން އަބުއި ގޮތަކަށް އިށީންދެންޖެއެވެ. ޒާން ވެސް ކުރަން ހުރި ކަމެއްވިއްޔާ ބަހައްޓާފައި އައިސް ސޯފާގައި އިށީނެވެ.

“ކިހިނެއްތޯ ވީ މާމާ…..ކުރިން އަންގާލި ނަމަ….” ޒާންގެ ކޮންމެ ގޮތެއް ހުއްޓަސް ވެސް މެހެރުއްނިސާއަށް އޭނާ އިޚްތިރާމްކުރެއެވެ. އެއީ އޭނާއަށްވުރެ ޢުމުރުން ދޮށީ މީހަކަށްވީމަ ތޯއްޗެކެވެ. ނޫނީ މެހެކް އެންމެ ލޯބިވާ އޭނާގެ މާމައަށްވާތީ ކަންނޭނގެއެވެ. “އަހަރެން މިތަނަށް މިއައި އިތުރު ކަމަކު ނޫން…..އެކަމަކު ނަޞޭހަތެއް ދޭން….” މެހެރުއްނިސާ ބޭކާރު ވާހަކަދެއްކުމެއްނެތި ސީދާ މަޢުޟޫއުގެ ތެރެއަށްވަނެވެ. “އަނެއްކާ ކޮން ކަހަލަ ނަޞޭހަތެއް ތޯ؟….” ޒާން ނިތައް ކުދި ރޫތަކެއް އަރުވާލަމުން އަހާލިއެވެ. “މެހެކް އަކީ އަހަރެންގެ ދެ ލޮލުގެ ފިނިކަން…..އެންމެ ކުޑަ ދުވަހުން ފަށައިގެން ވެސް އޭނާގެ ލޮލުން އެންމެ ކަރުނަ ތިއްކެއް ވެސް ވައްޓާނުލާ ވަރަށް ލޯބިން ގެންގުޅުނީ…..ނުބުންޏަސް އެނގޭނެ މެހެކްގެ ޅަފަތުގެ ދުވަސްތައް ހޭދަކުރި ލަންޑަންގައި އަހަރެންގެ ކައިރީކަން…….ހީކޮށްލާ އަހަރެން މި ކުރަނީ އާދޭސް ކަމަށް….އެ ކޮއެގެ ދިރިހުރުން ވަނީ ޒިވިއަންއާއިއެކު…އޭނާ ވަރަށް ލޯބިވޭ ޒިވިއަންދެކެ…..އަހަރެން ދުށިން އެ ރެއަށްފަހު އޭނާ ވަނީ ނެގިމަޑުކަމެއްގެ ތެރެއިގައި……..ޒާން މި މާމަގެ އަޑު އަހަންޏާ މެހެކްގެ ދިރިއުޅުމުން ދުރަށްދޭ…އަދި ޒިވިއަން އާއި މެހެކްއަށް ފުރުސަތެއްދީ…..ގަދަބާރުން ލޮތްބެއް ނުހޯދޭނެ….އެފަދަ ގޮތަކަށް ހޯދާ ލޮތްބެއް ކާމިޔާބެއް ނުވާނެ ޒާން…..” ވަރަށް އަސަރާއިއެކު މެހެރުއްނިސާގެ ވާހަކަ ނިންމާލިއެވެ. އެއިރު ޒާންގެ މޫނުމަތިން ފެންނަނީ ތަރުޖަމާކުރަން ދަތި އަސަރުތަކެވެ. ރުޅިވެރިކަމެއް ވެސް ހިތްހަމަނުޖެހުމެއް ވެސް ހިތާމައެއް ވެސް އެ މޫނުމައްޗަކުން ފައުޅެއްނުވެއެވެ. ޒާންގެ ޖަވާބެއްގެ އިންތިޒާރުގައި މެހެރުއްނިސާ އިނެވެ. “އަހަރެން ވެސް ވަރަށް ބޮޑަށް ލޯބިވޭ މެހެކް ދެކެ…..” މަޑުމަޑުން ކިރިޔާ އަޑުއިވޭ ވަރަށް ޒާން ބުނެލިއެވެ.

ޒާން ކިތައްމެ މަޑުން ބުންޏަސް މެހެރުއްނިސާގެ ތޫނު ކަންފަތަށް އެ އަޑު ފޯރިއެވެ. ޒާންގެ ޖަވާބު އިވުނު ހިނދު މެހެރުއްނިސާ ހިތަށް އެރިއެވެ. އޭނާ ދެއްކި ވާހަކަތަށް މިވީ ބޭކާރު ހެއްޔެވެ؟ އަހަންނަށް މި ދުއްވާލެވުނީ ބޭކާރު ވަގުތުތަކެއް ހެއްޔެވެ؟ މި ފުރުނީ ފޫނެއްފަޔަކަށް ފެން ހެއްޔެވެ؟ އެހެނެއްނުވާނެއެވެ. “ޒާން……”، “އެންމެ ރަނގަޅު މި ވަގުތު އެހަށް ދިޔަޔަސް……” މަސްނޫއީ ހިނިތުންވުމެއް ދައްކަމުން ޒާން އެދުނީ ނުގޮތަކަށް މެހެރުއްނިސާ ކައިރީ ދާންކަން އެނގުނެވެ. އެހެންކަމުން އެހަށް ގޮސްލާނީއޭ ހިތާ މެހެރުއްނިސާ ދިޔައެވެ.

ކީއްވެ ހެއްޔެވެ؟ އަހަރެން މި ވަނީ ހަގީގަތުގައި ވެސް މޮޔަވެފަ ހެއްޔެވެ؟ އަހަރެންގެ މި ހިތް މެހެކްގެ ލޮތްބަށް އެދޭތާ އެތައް ދުވަހެއްވީ އިރު ވެސް އެއްވެސް ބަދަލެއް ނާދެއެވެ. އެންމެން ވެސް އެނާ ކައިރީ ދޫކޮށްލަން ބުނާއިރު އަހަރެންގެ ވެސް އޮންނަނީ ހިތެއް ކަމެއް ނޭނގެއެވެ. މެހެކް މި ޙަޔާތާ ވަކިވެގެން ދާ ދުވަހަކުން އަހަރެން އަސްލަށް ވެސް ދުނިޔެއިން މޮޔަވާނެއެވެ. އެ ދުވަސް އައުމުގެ ކުރިން……….

ކުއްލިއަކަށް ވަރަށް ބާރަށް ޒާން ހަޅޭލަވައިގަތެވެ. އަދި މެޒުމަތީގައި ހުރިއްޔާ ހުރި ކަރުދާސްތަކެއް ހޫރާލިއެވެ. އިސާހިތަކު ތަރުތީބުން ހުރި ކެބިން މިހާރު ހީވަނީ ސުމާނީއެއް އަރާފައި އޮތް ހެންނެވެ. “އައިމް ސޮރީ މާމާ…..ނޯ……މެޑަމް މެހެރުއްނިސާ……ހެއްހެއްހެއް……އަހަންނާ މެހެކްގެ ދެމެދަށް ވަންނަ ކޮންމެ މީހެއްގެ ނިމުން ހިތިވާނެ……” އިވުނީ ވަރަށް ވެސް ވިހަގަދަ ބަސްތެކެކެވެ. ޒާންގެ ދެ ލޮލުން އަލިފާނުގެ ކަނި ވިރެމުން އަންނަހެން ހީވެއެވެ. އިރުކޮޅަކުން ކޮންމެ ވެސް ނަމްބަރަކަށް ގުޅާލާ ވާހަކަތަކެއް ދެއްކިއެވެ. އެއަށްފަހު އެތަނުން ނިކުންނަން ހިނގައިގަތެވެ.

*ނުނިމޭ*

އެންމެ ލަފުޒަކުން ޒާން ޑިސްކްރައިބްކުރާނީ ކިހިނެއް ހެއްޔެވެ؟ ޒާން ކުރަން މިއުޅެނީ ކޮން ކަމެއް ހެއްޔެވެ؟ ޒިވިއަންއަށް މެހެކް ލިބޭނެ ހެއްޔެވެ؟ ނުވަތަ މެހެކް ލިބޭނީ ޒާންއަށް ހެއްޔެވެ؟ ޒާން އެންމެ ފަހުން އެ ބުނި ބަހުގެ މުރާދަކީ ކޮބައި ހެއްޔެވެ؟

މިހާ ހިސާބަށް އައިރު މި ވާހަކައިގެ މެއިން މޭލް ކެރެކްޓާ އަކީ ޒާން ހެއްޔެވެ؟ ނުވަތަ ޒިވިއަން ހެއްޔެވެ؟

ދެން ގެނެސްދޭ ބައިތަކުގެ ކުރިން މި ސުވާލު ތަކުގެ ޖަވާބެއް އެ ކިހޔުންތެރިއަކަށް ހީވާ ގޮތަކަށް ކޮމެންޓު ސެކްޝަނުގައި ލިޔެލާ! 🙂

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Mysterious Woman

Level 310 Stories100 Comments

A Mysterious Woman who loves to read & write stories of different categories.

Other Articles

Previous

ނަން ކަލާގެ މިހިތުގެގައި ފެވިއްޖޭ…56

Next

ބުނެދޭން ނުކެރުނު

Next
December 8, 2024

ބުނެދޭން ނުކެރުނު

Previews
December 8, 2024

ނަން ކަލާގެ މިހިތުގެގައި ފެވިއްޖޭ…56

16 Comments!

  1. Repunzil says:
    December 8, 2024 at 10:32 am

    Description of zaan in one word … I’ll say he is a physcopath
    For sure he is planning something bad
    Like murder or something
    And he is not even gonna consider his loved ones before taking action …he is that mad 👿 huh! I hate you zaan 😡 😡 😡 😡
    And about the main name character….I think it’s both of them …. I think this is about how zaan obsession destroys other ones life means zivs
    Actually ziv should get mehek their love is true not that zaans😡
    Plssssss zivs and mehek ah dhera gotheh nahadhah chey 🥺🥺🥺
    Anyhow story hama superb…loves it
    And waiting for the next part

    1. Mysterious Woman says:
      December 8, 2024 at 11:22 am

      awww thank you…. mi haa hisaabah vaahakai ge baithah airu zaan ge character akky physcopathetic character eh dhw…hehe

  2. gurrrrl says:
    December 8, 2024 at 12:05 pm

    in my description zaan is so delusional eyna ah ingeytha e ulhevey gotheh
    I hate zaan n I think zaan e ulhenii ziv maraalan nooni accident eh kohlan hen
    n inshallah mehek libeyni ziv ah I hope so n the main characters gothuga ulhenii both of them hen ekm ehme big role eh adhaa kuraani mehek n ziv hen n btw arrrrg so curious this xaaaan hate youu n pls pls pls mehek n ziv gulhuvahche they both are made for each other
    vrh reethi when next part?

    1. Mysterious Woman says:
      December 9, 2024 at 9:06 am

      hehe thanks for you opinion……….zaan zivian maraalaifihyaa vaahaka nimigen dhaanehnun……hehe there are lots of hates for zaan dhw….

  3. Your fav bab says:
    December 8, 2024 at 1:10 pm

    I think zaan is gonna kidnap the ones mehek loves and then force her to marry him or otherwise they’ll die……
    Plz don’t let zaan have mahek
    Mehek is ziv’s love
    And I think main character akee xaan hen
    Actually why doesn’t she tell ziv vaa konme kameh????
    And if I’m mahek.
    I’ll slap him right in front of everybody and say what’s going on!!!!!!!
    Why does mehek believe what ever xaan says??????
    He is also a mortal!!!!!!!
    Ziv ah kameh vaan beynun nuvanyaamu obey me ey bunaa iru does mehek really believe he can do it!!!!!!!

    1. Mysterious Woman says:
      December 9, 2024 at 9:08 am

      mehek is zivian’s love dhw aslu……nd zaan is the third wheel here……….heheh hingaa dhn vaa goi balailamaa..twist badhalu vx vedhaane

  4. Your fav bab says:
    December 8, 2024 at 1:11 pm

    Anyways the story is very impressive and very nice!!!!

    1. Mysterious Woman says:
      December 9, 2024 at 9:09 am

      hehe thanks your fav bab 🙂

  5. Your fav bab says:
    December 8, 2024 at 3:23 pm

    And yes!!!!!
    Don’t let mehek cry!!!
    Cause a princess doesn’t cryyyy!!!
    Cause princesses don’t cry don’t cry ooooo….

    1. Mysterious Woman says:
      December 9, 2024 at 9:09 am

      aslu vx a princess should’nt cry dhw

  6. Ishu🖤 says:
    December 8, 2024 at 7:25 pm

    Description of zaan in one word dhw… I’ll say he’s a maniac
    And zaan eh ulheny ziv and maama murder kuran
    Zaan gadha baarun mehek hoadhiyas ziv deserves her
    Zaan enme fahun buni bahuge muraadhakee….. Mehek aa zaan aa dheythereah vanna meeheh murder kuraanamey… I think 🤔
    Both are the male characters…. Ekam zaan ge role bodu hen heevany..
    Pls pls pls mehek aa ziv dhuru nukurahchey
    UR A TALENTED AUTHOR…. Mashaa allah🤗
    LYSM❤️ TC☺️

    1. Mysterious Woman says:
      December 9, 2024 at 9:11 am

      oooopssss……..zaan maama murder kohfihyaa…..meheke libeyne baa??? hehehe hingaa balan vaa goi dhw……anyways thanks for the comment…..your comment gave me an encouragement….thanks 🙂

  7. Your fav bab says:
    December 8, 2024 at 8:25 pm

    Okey
    Guysssss!!!!!!
    I forgot to describe the stupid idiot I mean xaan in one word
    So to describe the scoundrel in one word is ……..VEXATIOUS
    Yea very annoying and frustrating stupid ugly rat argggggg xaan I hate u😡😠😠😠😠😠😡😡😡😡😡

    1. Mysterious Woman says:
      December 9, 2024 at 9:12 am

      heheh good description of zaan…welldone.. 🙂

  8. Your fav bab says:
    December 9, 2024 at 6:42 pm

    When next??????????

    1. Mysterious Woman says:
      December 9, 2024 at 7:02 pm

      insha allah varah avahah kiyaalan libeyne…don’t worry 🙂

Comments are closed.

Next Episodeތިނެސްކަން ލޯބި (32)←


All Right Reserved!