Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

އިންސާފު ލިބޭނެބާ – 02

Maash
Maash Level 10100 Login10 Stories100 Comments500 Login500 Comments100 Stories
December 7, 2024 5 Mins Read
12 Comments

” މަންމާ އެވެ! އަހަރެން ދޫކޮށްލާފައި ތި ދިޔައީ ހާދަ ދުރަކަށްށެވެ! އަހަރެން އެކަނި މި ބޮޑު ދުނިޔޭގައި އުޅޭނީ ކިހިނެތް ހެއްޔެވެ؟ ދުވަހަކުވެސް ތި ލޯބި ފިރުމުންތަކުން ވަކިވާކަށެއް ބޭނުމެއް ނޫނެވެ! އަހަރެން މަންމަ އާއި ނުލައި އުޅޭނީ ކިހިނެތް ހެއްޔެވެ؟ މީ ހުސްވެސް އަހަރެންގެ ކުށެވެ. އަހަރެން އެ ގޭންގަށް ނުވަދުން ނަމައެވެ.. އަހަރެން މަސްތުވާތަކެތި ބޭނުން ނުކުރި ނަމައެވެ.. އަހަރެން އެ ކަރުދާސްކޮޅު ސާރއަށް ދެއްކުން ނަމަ.. މަންމަ މިއަދު ދުނިޔޭގައި ހުރިކަން ޔަގީނެވެ. މަންމަ ނެތް ދުނިޔެއެއްގައި އަހަރެން އުޅޭކަށް ބޭނުމެއް ނޫނެވެ. އަހަރެން މިތަނުން ފުންމާލާނީއެވެ. އޭރުން އެ ގޭންގްގެ މީހުނަށްވެސް ރަނގަޅު ވާނެއެވެ. އޭރުން ބޮޑުބޭބެމެންނަށް އެއްވެސް ނުރައްކަލެއް ކުރިމަތިވުމުގެ ފުރުސަތެއް ނޯންނާނެއެވެ. އަހަރެން ދިޔާމަ އެމީހުންނަށްވެސް ނުލާހިކު ފަސޭހަ ވާނެއެވެ… ”

އުކައިލް ހިތާހިތުން އެހެން ބުނުމަށްފަހު ރެއިލިންގެ މައްޗައް އެރިއެވެ…

** ޕާޓް 2 **

ﷲأَكْبَ ﷲأَكْبَر ފަތިސް ނަމާދުގެ ބަންގީގެ އަޑު މުޅި ފަޒާގައި ގުގުމައިލިއެވެ. އުކައިލްއަށް އެއަޑު އިވުމުން ހަމަހޭވެރިކަން ލިބުނު ފަދައެވެ. ތެޅިގަނެފައި އަވަހަށް ޓެރަސް މަތިން ފޭބިއެވެ. އޭރު އޭނާގެ މޫނުމަތިން އޮށްދާހިއްލައި ގަނެފިއެވެ. މޫނުގައި ދެއަތް ކާއްތާލަމުން ފުން ނޭވާއެއް ދޫކޮށްލިއެވެ.

” سُبْحَانَ ٱللهِ އަހަރެންނަށް ކުރެވެން މިއުޅެވުނީ ކީއްހެއްޔެވެ؟ ކުފުރު މަރަކުން މަރުވުމަކީ ކިހާ ބޮޑު ފާފައެއް ހެއްޔެވެ؟ އަހަރެން މަރުވެއްޖެނަމަ މަންމައަށް އިންސާފު ހޯދަ ދޭނީ ކާކު ހެއްޔެވެ؟ މަންމައަށް އިންސާފު ހޯދާ ދިނުމަށްޓަކައި އަހަރެން ދުނިޔޭގައި ހުންނަން ޖެހޭނެއެވެ. އަހަރެން މިހާ ފިނޑިވީ ކޮންއިރަކު ހެއްޔެވެ؟ ޔާﷲ އަހަރެންނަށް ކުރެވެން އުޅުނު ފާފަ އަފޫ ކޮށްދެއްވާށިއެވެ.. ” އުކައިލް ހިތާހިތުން ބުނެލުމަށްފަހު އަވަސްވެގަތީ ނަމާދަށް އަރަން މިސްކިތަށްދާށެވެ. ނަމާދުކޮށް ނިމުމުން މަންމައަށް ހެޔޮ ރަޙްމަތް ލެއްވެވުން އެދި އުކައިލް މާތް ﷲއަށް ދުޢާ ދެންނެވިއެވެ. އެ މަންމަގެ ކުށް ފާފަތަށް ޢަފޫކޮށް އެ މަންމައަށް އިންސާފު ހޯދައިދިނުމުގެ ހަނގުރާމައިން އޭނައަށް ކާމިޔާބު ލިއްބައިދިނުމަށްވެސް ދުޢާކުރިއެވެ. ދުޢާއަކީ މުއުމިނުންގެ އެންމެ ބާރުގަދަ ހަތިޔާރުކަމުގައި އޭނާގެ މަންމަ އަބަދުވެސް ބުނެއުޅެއެވެ. ނަމާދުން ފައިބައިގެން އުކައިލް ދިޔައީ ވަރުގަދަ އަޒުމެއް ހިތުލައިގެންނެވެ.

ވަޒީފާއަށް ދިޔުމަށްޓަކައި އޭނާ ތައްޔާރުވެލިއެވެ. އެވަގުތު އޭނާގެ ބޮޑުބޭބެ ޖާވިދު އެކޮޓަރިއަށް ވަނެވެ. ” އުކައިލް ދަރިފުޅާ.. ވަޒީފާއިން ޗުއްޓީއެއް ނަގަން ވީނުން؟ ” ޖާވިދު އޭނާގެ ހިޔާލު ފާޅުކުރިއެވެ. އުކައިލް ޖާވިދަށް ބަލައިލިއެވެ. އޭނާގެ ދެލޯ ވަނީ ރުއިމުގެ ސަބަބުން ރަތްވެފައެވެ. ކުޑައިރުއްސުރެ އެކުގައި އުޅެބޮޑުވި ކޮއްކޮ އެފަދައިން ނިޔާވުމުން ދެރަނުވާނީ ކޮން ބޭބެއެއް ހެއްޔެވެ؟ ” ބޭބެ ކަންބޮނޑު ނުވޭ މަންމައަށް އެހެން ހެދި މީހުންނަށް ހައްޤު އަދަބު ލިބޭނެ އިންޝާ ﷲ.. ” އުކައިލްގެ މޫނުން ފެނިގެން ދިޔައީ މަންމައަށް އިންސާފް ހޯދާދިނުމަށްޓަކައި ކޮންމެ ކަމެއް ކުރަންވެސް ތައްޔާރަށް ހުރި ކަމުގެ ކުލަވަރެވެ. އުކައިލްގެ އަޑުގައިވާ ޔަގީންކަން ޖާވިދަށް ދެނެގަނެވުނެވެ. އެހެންކަމުން ހިތި ގޮތަކަށް ހިނިތުންވެލިއެވެ. ސައި ބުއިމަށް އެދިފައި ޖާވިދު އެކޮޓަރިން ނިކުތެވެ.

އުކައިލް ތައްޔާރުވެ ނިމުމުން ސައިބޯން އައިސް މޭޒުދޮށުގައި އިށީނެވެ. އޭރު ޖާވިދުގެ ދަރިފުޅު ކަމަށްވާ ޝީން ވެސް ސްކޫލަށްދާން ތައްޔާރުވެގެން އިނެވެ. 15 އަހަރުގެ ޝީންގެ މޫނުމަތިންވެސް ފެނިގެން ދަނީ ހިތާމައިގެ ކުލަވަރެވެ. އޭނާގެ ޓާރމްޓެސްޓް އޮތުމުގެ ސަބަބުން ސްކޫލަށް ނުގޮސްވާކަށް ނެތެވެ. ޖާވިދުގެ އަންހެނުން މާރިޔާވެސް ސައި ތައްޔާރު ކުރުމައިގެން އުޅެއެވެ. އެ އާއިލާގެ ހިތްތަކުގައި ވަނީ ބިރުވެރުކަމާއި ހިތާމައިގެ އަސަރުތަކެވެ. ދެން އެފަދަ ކަމެއް ދިމާވާނީ ކާކަށް ކަމެއް ކޮންއިރަކު ކަމެއް އެމީހުންނަކަށް ނޭނގެއެވެ. ކާކޮޓަރީގައިވި ނުތަނަވަސްކަން އުކައިލްއަށް ނަގައިގަނެވުނެވެ.

” ބޭބެމެން ކަންބޮޑުނުވޭ އަހަރެން ހުއްޓަ ބޭބެގެ އާއިލާއަކަށް އެއްވެސް ގެއްލުމެއް ލިބުނަ ނުދޭނަން.. މިއަދު އިރާދަކުރެއްވިއްޔާ މި އާއިލާގެ ރައްކާތެރިކަމަށް ފުލުހުންގެ ޓީމެއް ހަމަޖައްސާނެ އިންޝާ ﷲ.. ” އުކައިލް ޖާވިދާއި ދިމާލަށް ބުނެލިއެވެ. ” ދަރިފުޅާ ބަލައިގެން އުޅޭތި! ތިހާ ބޮޑުކަމެއް ބޭބެމެނަށް ކޮށްދޭއިރު ކިހާ ފައިސާއެއް ހަރަދުވާނެ.. ބޭބެއަށް ތިގޮތް ކަމަކު ނުދޭ އެއްގޮތަކަށްވެސް.. ” ޖާވިދް މަޑުމައިތިރި ކަމާއެކު ބުނެލިއެވެ. ” ބޭބޭ.. އަހަރެންގެ މަންމައަށް ފަހު އަހަރެން އެންމެ ލޯބިވަނީ މި އާއިލާ ދެކެ.. މި އައިލާއަށް ކަމެއް ވެއްޖެއްޔާ އަހަރެންގެ އަމިއްލަ ނަފްސު މިހާރަށް ވުރެ ބޮޑަށް ކުށްވެރި ކުރެވޭނެ.. އެހެންނޫނަސް އެއްވެސް ފައިސާއެއް ހަރަދެއް ނުވާނެ މިކަމަކުން.. މީ ފުލުހުންގެ ފަރާތުން ދޭ ހިދުމަތެއް! ” އުކައިލް ލުއި ހިނިތުންވުމަކާއެކު ބުނެލިއެވެ.

ޕޮލިސް ސްޓޭޝަންއަށް ވަދެވުންއިރު ހަމްދަރުދީގެ ބެލުންތަށް އޭނައަށް ލިބެމުން ދިޔައެވެ. ނަމަވެސް އޭނަ އެެއްވެސް މީހެއްގެ ހަމްދަރުދީއެއް ބޭނުމެއްނޫނެވެ. އޭނަ ބޭނުންވަނީ މަންމައަށް އިންސާފެވެ. އެކަންކުރި މީހުންނަށް ހައްގު އަދަބެވެ. އޭނައަށް އެކަންކުރި ބަޔަކު ޔަގީނާއި ގާތަށް އެނގެއެވެ. އެހެންނަމަވެސް އެމީހުންގެ ހަގީގަތް ހާމަ ކުރުން ވާނީ ވަރަށް ވެސް އުނދަގޫ ކަމަކަށްށެވެ. ސަބަބަކީ އެމީހުންގެ ނުފޫޒު އެކިތަންތަނަށް ވަރަށް ބޮޑަށް ފޯރާފައިވާތީއެވެ. ނަމަވެސް އޭނަ އެކަން ކުރާނެއެވެ.

އޭނާގެ ހެޑް ސާޖެންޓް ކަމަށްވާ ކިނާން އެވަގުތު އޭނާގެ ގާތަށްއައެވެ. ” އުކައިލް ބޭނުން ނަމަ ލީވްއެއް މިދުވަސްކޮޅު ނެގިދާނެ.. ” ކިނާން އައިސްފައި ބުންޏެވެ. ” ނޫން އަޅުގަނޑު ބޭނުންވަނީ މަންމަގެ ކޭސް ވީހާވެސް އަވަހަކަށް ނިންމާލަން.. އަދި އަޅުގަނޑުގެ އާއިލާ މީހުންގެ ރައްކާތެރިކަން ވަރަށް މުހިންމު.. ” އުކައިލް ބުންޏެވެ. ” ލައްބަ ތިކަންތައްވާނެ.. އާއިލާގެ ރައްކާތެރިކަމަށްށާ، އުކައިލްގެ މަންމަގެ ގާތިލުން ހޯދުމަށްޓަކައި އުކައިލް އިތުބާރު ކުރާ ކުދިން ކޮޅެއް ޓީމްއަށް ނަގާ.. ” ކިނާން ބުންޏެވެ. އެއާއެކު އުކައިލް ލައްބައޭ ބުނުމަށްފަހު ދިޔައީ އޭނާގެ އޮފީހަށްށެވެ.

ޓީމްތައް ނަގައި ނިމުމުން އެއްބައި އުކައިލްގެ އާއިލާ ގާތަށް ފޮނުވާލެވުނެވެ. އަދި އުކައިލް އާއިއެކީ މަސައްކަތް ކުރުމަށް އުކައިލް އާއި ލައިގެން ޖުމުލަ ފަސް ފުލުހުން ނެގުނެވެ. އެއީ އެކި ދާއިރާތަކަށް މޮޅު ފުލުހުންނެވެ. އެ މީހުންގެ މަސައްކަތް ވީ އެންމެ އަވަހަކަށް ފެށުމަށް ވަނީ ހަމަޖައްސާފައެވެ. އެގޮތުން މިއަދު އޮތީ މައުލޫމާތު ހޯދުމެވެ.

” ދާލިޔާ އެ ގޯޅުގަނޑުގައި ހުރި ސީސީޓީވީ ފުޓޭޖްތައް އެނަލައިޒް ކުރޭ.. އެތަނުގައި ހަރަކާތްތެރިވި މީހުން ދެނެގަނެވޭތޯ ބަލާ… އަދި ސަސްޕެކްޓެއް ހުރިނަމަ އަހަރެންނަށް އަންގާ! ޒާލިކް ކޭސް ރިޕޯރޓް ކުރި މީހުންނާ ސުވާލުކުރޭ.. އިޔާދު ހެލްޕް ޒާލިކް.. ދާރިއަން އަހަރެންނާއެކީ އާދޭ! ” އެންމެނަށް އެކި ކަންކަން ބަހައިލުމަށްފަހު ދާރިއަން އާއިއެކީ އުކައިލް އޭނާގެ އޮފީހަށް ވަދެ ހަމަޖެހިލިއެވެ.

އުކައިލްގެ އޮފީހަށް ވަދެވުމާއިއެކު ދާރިއަންއަށް ކައިރީގައި ހުރި ގޮނޑިއެއްގައި އިށީނުމަށް އިޝާރާތްކުރިއެވެ. ” ދާރިއަން ތީ އަހަރެން ޓީމްއިން އެންމެ އިތުބާރު ކުރާ މީހާއޭ ބުންޏަސް ދޮގަކަށް ނުވާނެ. އަހަރެން މިއުޅެނީ ދާރިއަންއާއި ވަރަށް ބޮޑުކަމެއް ހަވާލުކުރަން… ދާރިއަން މިކަމަށް ނޫނެކޭ ބުންޏަސް އަހަރެންގެ އެއްވެސް މައްސަލައެއް ނެތް. ” އުކައިލް ވަރަށް ސީރިއަސްވެ ހުރެ ވާހަކަ ދައްކަމުން ދިޔައެވެ. ” އުކައިލް.. އަހަރެމެން މީ އެކު އުޅެ ބޮޑުވި ދެ އެކުވެރިން.. މިހާ އުނދަގޫ ދަނޑިވަޅެއްގައި އުކައިލްއަށް އެހީނުވެދިނިއްޔާ އަހަރެންވާނީ ކިހާ ގޯސް މީހަކަށް.. އަވަހަށް އަހަރެން ކައިރީ ބުނޭ ކުރަންވީ ކަންތައް.. ” ދާރިއަން ފުން ނޭވާއެއް ދޫކޮށްލަމުން ބުންޏެވެ. އުކައިލް ދާރިއަންގެ ދެލޮލަށް ފުންކޮށް ބަލައިލުމަށްފަހު އޭނަ ބުނަން އުޅޭ ވާހަކައަށް ތައްޔާރުވެލިއެވެ.

” އަހަރެން ބޭނުންވަނީ ދާރިއަން ބްލަޑް މާފިއާގެ ތެރެއަށް ސްޕައި ކުރަން ވަންނަން.. އަހަރެން ވަދެއްޖެ ނަމަ އެމީހުންނަށް އެނގޭނެ އަހަރެން ވަންނާނީ ކޮންބޭނުމެއްގައިކަން.. އަދި އަހަރެން ނުވެސް ވައްދާނެ.. ސަބަބަކީ އަހަރެން ގޭންގަށް ބިޓްރޭކޮށް މިކޮޅާ ގުޅިގެން އުޅޭތީ.. އެކަމް ދާރިއަން؟ އެމީހުން އެއްގޮތަކަށްވެސް ސަސްޕެކްޓްއެއް ނުކުރާނެ.. ވިސްނާނެ ވަރަކަށް ވިސްނާ.. މީ ވަރަށް ރިސްކީ ކަމެއްކަން އަހަރެންނަށްވެސް އެނގޭ ދާރިއަންއަށް ނޫނެކޭ ބުނުމުގެ ފުރުސަތުވެސް އެބައޮތް.. ” އުކައިލް ދާރިއަންއާއި ހަތަރު ކަޅި ހަމަކޮށްލަމުން ބުންޏެވެ. އުކައިލް ދިޔައީ ދާރިއަންގެ ސިކުނޑީގައި ހިނގާ ފިކުރުތައް ދެނެގަނެވޭތޯ މަސައްކަތް ކުރަމުންނެވެ.

” ތި އެދުނީ ވަރަށް ބޮޑުކަމަކު.. ތިކަމުން އަހަރެންގެ އާއިލާއަށްވެސް ނުރައްކާވާނެ.. އެކަމަކުވެސް ތިކަމުން ވާނެ ފައިދާ ކިތަންމެހާ ވެސް ބޮޑު.. އަހަރުމެންނަށް ގޭންގްތައް ހިންގުމުގެ އަޑީގައި ތިބޭ މީހުން ހޯދުމުގެ ފުރުސަތު ބޮޑު.. ބަޑީ އަހަރެން ތިކަމާއި މެދު ވިސްނާލަން ވަގުތުކޮޅެއްދީ.. މިރޭގެ ވަގުތެއްގައި ޖަވާބެއް ދޭނަން.. ” ދާރިއަން ވިސްނަމުން ބުންޏެވެ. އުކައިލް ޝުކުރުވެރި ހިނިތުންވުމެއް ރައްދުކުރަމުން ބޯޖަހައިލިއެވެ.

ދޮރުގައި ޓަކިޖަހާލި އަޑުއިވުމުން ދެމީހުންގެ ނަޒަރު ދޮރަށް ހުއްޓުނެވެ. ” ވަދޭ ” އުކައިލް ދޮރުގެ ފުރަގަހުގައި ހުރި މީހާއަށް ވަންނާނޭ ފުރުސަތު ދިނެވެ. ދޮރުހުޅުވައިލުމަށްފަހު ދާލިޔާ އޮފީސް ތެރެއަށްވަނެވެ. ” ސާރ އެގޯޅިގަނޑުގައި ހުރި  ސީސީޓީވީ ކެމެރާތަށް ހުރީ ކޮންމެވެސް ބަޔަކު ހެކް ކޮށްފަ.. ދެއާރ އިޒް ނޯ ކުލޫ ހޫ ޑިޑް އިޓް.. ” ދާލިޔާ އުކައިލްގެ މޫނަށް ބަލަން ނުކުރިގެން އިސްޖަހައިލިއެވެ. ” ވަޓް.. ކަލެމެންނަކަށް ނޭނގުންތަ ކެމެރާތަށް ހެކް ކުރި އިރުވެސް؟ ކެމެރާތައް ބަލަން ތިބޭ މީހުން ތިބެނީ ނިދާފަތަ އަޅެފަހެ؟ ” އުކައިލް އައި ރުޅިން އަޑު ބާރުވިއެވެ. ދާރިއަން އުކައިލްގެ ކޮނޑުގައި އަތް ބާއްވާލީ އެނާގެ ރުޅި މަތަކުރުމަށް އިޝާރާތް ކުރުމުގެ ގޮތުންނެވެ. ފުންނޭވާއެއްލުމަށްފަހު އުކައިލް އޭނާގެ އަމިއްލަ ނަފްސު ހަމައަކަށް އަޅުވައިލިއެވެ. ” ދެއާރ އިޒް އަ ކުލޫ.. މި ކަރުދާސްކޮޅު މީ އަހަރެން އެއްދުވަހަކު ލިފްޓަށް އެރިގަޑީ މީހަކު އަހަރެންގެ ޖީބަށްލީ އެއްޗެއް.. ” އުކައިލް ފުންނޭވާއެއްލަމުން ޖީބުގައި އޮތް ކަރުދާސްކޮޅު ދައްކައިލިއެވެ.

އެކަރުދާސްކޮޅު ކިޔުމުން ދެ މީހުންގެ ހަށިގަނޑުން ހީބިހި ނަގައިގެން ދިޔައެވެ. ” އެ ގޭންގްއިން ކެނޑި ބޭވަފާތެރިވުމުން އަހަރެންގެ ކިބައިން ބަދަލު ހިފާފަ މިއީ.. އަހަރެންނަށް އޭރު މާބޮޑަށް އަޅާނުލެވުނީ އެކަމަކު ދެން މިކަހަލަ ކަމެއް ނުވާނެ.. ދާލިޔާ ދެން ކުރަންވީ ކަމަކީ އޭރު ސެކިޔުރިޓީ ބަލަހައްޓަން ތިބީ ކޮންބަޔެއްތޯ ބަލައިދޭންވީ.. އިޔާދު އާ ޒާލިކް އަދި ނާދޭތަ؟ ” އުކައިލް އަހައިލިއެވެ.  ” ލައްބަ ސަރ އަދި އިޔާދް އާއި ޒާލިކްއެއް ނާދޭ.. އަޅުގަނޑު ހިޔާލެއް ދެންތޯ؟ ” ދާލިޔާ އަހައިލިއެވެ. އުކައިލް ދާލިޔާއަށް ބަލައިލަމުން ބޯޖަހައިލިއެވެ. ” ވީ ޝުޑް ފައިންޑް ވިޓްނެސަސް.. ރިޕޯޓް ކުރި މީހުން ގާތު އަހައިގެން އެ މަގުގައި އޭރު ހުރި މީހުންނާއި ސުވާލު ކުރުން ރަނގަޅުވާނެ.. ” ދާލިޔާ މަޑުމަޑުން ބުނެލިއެވެ. ” ގުޑް އައިޑިޔާ ދާލިޔާ.. އައިލް ގޯ ޗެކް އޮން އިޔާދު އެންޑް ޒާލިކް.. ދާރިއަން އަހަރެންނަށް ޖަވާބެއް މިރޭގެ ކުރިން ދިނިއްޔާ ވަރަށް ރަނގަޅު.. ” އުކައިލް ދާލިޔާއަށާއި ދާރިއަންއަށް ބުނުމަށްފަހު ހިނގައިގަތެވެ.

( ނުނިމޭ )

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Maash
Follow Me Written By

Maash

Level 10100 Login10 Stories100 Comments500 Login500 Comments100 Stories

🦋Reading is a way for me to escape reality 💜Writing is a way for me to express what I feel🦋 Reading led me to writing 💜 I accept both positive and negative comments 🦋 My long stories: Kushakey Koba, Insaafu libeyneba, Hiy edhe yaara thi ey (kushakey kobaa season 2), Loehbeh ma neydhen yaaru noon (kushakey kobaa season 3). My Short stories: Insaafakey mi ba, Anhen kujjakah vumun, Badhalu, Edhathuru, Noora, Maireenge hayaathun safha eh, Furaavaru, Neygikohly hiy dhivaana, Liyuntheriehge dhiriulhun🦋

Other Articles

Previous

ތިނެސްކަން ލޯބި (30)

Next

އިންސާފް (ބައްތިރީސްވަނަ ބައި)

Next
December 7, 2024

އިންސާފް (ބައްތިރީސްވަނަ ބައި)

Previews
December 7, 2024

ތިނެސްކަން ލޯބި (30)

12 Comments!

  1. Nawar says:
    December 7, 2024 at 12:30 pm

    Maasha allah mi part vx varah varah reethi 😊😊❤️❤️
    Ukail ge manma ah insaaf libeyne IA 😊😊
    Dhaailyaa and ukail thr mi vhk ge main akee … e dhekudhin vrh gulhey….😊😊
    Whn next??❓

    1. Maash Butterflyyyyy says:
      December 8, 2024 at 9:18 pm

      Thank you Nawar💜
      Varah happy vejje nawar ah mi part reethikan enguneyma..😊💜
      lets see dhw ukail mamma ah insaaf libeythw😊
      Dhaaliya and Ukail dhw😄 Lets see e dhekudhinnah vaagoi😂💜
      Next par insha allah tuesdayga💜
      Take care💜🦋

  2. shihaamaa ali shihaamaa ali says:
    December 7, 2024 at 12:33 pm

    Heyyyy butterfly dear
    Part 2 is finally here and its amazing❤️
    I lavvved how ukails imaan got stronger after his past 🥹🫶🏻
    Vrhhh reethi.. hoping ukail ge fam ah ithuru gellumeh nulibi, emyhunnah haggu adhabudheyn
    Shiher is rooting for u Ukail😭✊🏻
    Vrhh reethi ma sha allah allahumma baarik❤️
    Lysm❤️

    1. Maash Butterflyyyyy says:
      December 9, 2024 at 5:33 pm

      Heyyyyyy Shiherrr darlingg
      Yeshhh part 2 is here.. Thankyouuu soo muchhh💜
      Some ppl get stronger and some ppl gets weaker.. I guess Ukail is one of the lucky ones dhw😊
      Lets see dhw vaa goi
      Awwwwnnn I’m also rooting for him💜
      Thank youuu soo muchh.. vrh happy vejje darling ah mi part reethi v kan enguneema💜😊
      Love you moree💜🦋

  3. cutie girl says:
    December 7, 2024 at 12:46 pm

    mi part ves v reethi masha allah
    curiously waiting for next part
    keep it up
    dhaailyaa and ukail gulhuvachey
    they both are made for each other
    v intresting story eh
    v kiyaala hithun kiyani
    i appreciate your hard work
    love you fav author

    1. Maash Butterflyyyyy says:
      December 8, 2024 at 9:24 pm

      Hey cutie girl💜
      Thank you vrh happy vejje darling ah mi part reethikan enguneema💜
      Dhaaliya and Ukail ah vaagoi balama dhw😄
      Thankyou so much for ur support.. It motivates me a lottt💜🦋
      Awww I’m honoured to be ur fav author💜💜💜
      Love you moreee💜🦋

  4. Anonymous says:
    December 7, 2024 at 8:28 pm

    Vv reethi waiting for the next part

    1. Maash Butterflyyyyy says:
      December 8, 2024 at 9:26 pm

      Thank you anonymous💜💜
      Vrh happy vejje reethikan enguneyma.. next part insha allah tuesdayga..💜
      Take Care💜🦋

  5. ???? says:
    December 8, 2024 at 12:13 pm

    Who is mia???

  6. ????? says:
    December 8, 2024 at 12:13 pm

    Who is mia???

    1. Maash Butterflyyyyy says:
      December 8, 2024 at 9:27 pm

      Mia will come vrh avahah dont worry..😄👀

  7. Maash Butterflyyyyy says:
    December 8, 2024 at 9:31 pm

    By the way, I’m so sorry for the delay readers.. I submitted this part at wednesday but due to some issue it uploaded in Saturday.. I hope you all understand😔

Comments are closed.

Next Episodeއިންސާފު ލިބޭނެބާ – 03←


All Right Reserved!