Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ތިނެސްކަން ލޯބި (30)

Mysterious Woman Level 310 Stories100 Comments
December 7, 2024 5 Mins Read
8 Comments

“ހެލޯ ގައިޒް…….އަޅުގަނޑު ވެސް މިއައީ ހަމަ ޝުކުރުގެ ބަހެއް ބުނެލަން އިނގޭ….ޒިވް އެންމެ ރަނގަޅު ތަ؟؟…..ހެއްހެއްހެއް…..ފުރަތަމަކަމަކަށް މި ހޮޓެލްގެ ކަންކަން އެންމެ ފުރިހަމައަށް ކޯށްދެއްވި ހުރިހާ ބޭފުޅުންނަށް ވެސް ޝުކުރު އަދާކުރަން…….ދެވަނަ ކަމަކަށް އަޅުގަނޑު ވެސް އެބަ އޮތް ވާހަކައެއް ބުނަންވެފައި….” ޒާން ފަހަތުން މައިކެއް ހިފައިގެން ޒިވިއަން ކައިރީ ހުރެ އެއްމިޔަކަނުން ހީލާފައި ވާހަކަދައްކަން ފެށިއެވެ. އެއް ކުންފުންޏެއްގެ ދެ ވާރިޞުން އެއް ވަގުތެއްގައި ވާހަކައެއް ދައްކަން އުޅުމުން ގިނަ ބައެއްގެ މޫނުމަތިން ސުވާލުތަކެއް އެނބުރެންފެށިއެވެ. މިއީ ހަމަ އިއްތިފާޤެއް ބާއެވެ.

ތިރީސްވަނަ ބައި      

ޒާލިމްމެން ވެސް ތިބީ ޒިވިއަން ބުނަން އުޅޭ ވާހަކައަށްވުރެން ބޮޑަށް ޒާން ދައްކަން އުޅޭ ވާހަކައަކީ ކޮބައިކަން ބަލަން ބޭނުންވެފައެވެ. “އަޅުގަނޑާއި މެހެކް މިއުޅެނީ މި ފެށޭ މަހު އެކެއްގައި މެރީކުރަން…….ދެ މީހުން ރައްޓެހިވެގެން އުޅޭތާ ވެސް ފުދޭ ވަރަކަށް ދުވަސް ވެއްޖެ….އެހެންވީމާ ދެން ލަސްކުރާކަށް ބޭނުމެއް ނޫން….ދޯ މެހެކް…..ގިނަ ބަޔަކަށް ހީވެދާނެ ޒިވިއަން އާއި މެހެކް ދެ މީހުންނޭ ލޯބީގެ ގޮތުން ގުޅިގެން އުޅެނީ…ހެއްހެއްހެއް ނޫނޭ އިނގޭ ތޯ…މެހެކްގެ ހަޤީޤީ ލޯބިވެރިޔަކީ އަޅުގަނޑު…….” ޒާން މެހެކްގެ އުނަގަނޑުގައި ހިފާ ގަޔާ ކައިރިކޮށްލަމުން ފުޅާ ހިނިތުންވުމެއްގައި ބަލަން ހުރެ ބުނެލިއެވެ. ތަނަށް ކުޑަވަރެއްގެ ބޮމެއް ގޮއްވާލަމުންނެވެ. މިވީ ކިހިނެއް ހެއްޔެވެ؟ މެހެކް ހުރީ އިވުނު ވާހަކައަކުން އެސްފިޔަޖަހާލަން ނޭނގިފައެވެ. މިވަރުގެ ބޮޑު ދޮގެއް އެންމެން ކުރިމަތީ ހަދަން ހެޔޮވާނެ ހެއްޔެވެ؟ އަހަރެން ޒާން އާއި ރައްޓެހިވީ ކޮން އިރަކު ހެއްޔެވެ؟ ރައްޓެހިވެވޭނީ ވެސް ކުޑަމިނުން ލޯބިވާ ނަމަތާއެވެ. ތެޅިގަނެފައި ޒާންގެ އަތުން ނެއްޓެން އުޅުމުން ހައްތަހާ ގަޔާލާ ބާރުކޮށްލީއެވެ. އަދި ކަންފަތާ އަނގަ ކައިރިކޮށްލާ “ޒިވިއަންއަށް ގޮތެއްވާން ބޭނުން ނޫން ނަމަ އިތުރު އެއްވެސް އެއްޗެކޭ ނުބުނެ މަޑުން ހުރޭ….ނޫނީ ނަތީޖާ ވަރަށް ހިތިވާނެ….” ބުނެލީ މިހެންނެވެ. އަޑުގައި ނުރައްކާތެރިގޮތެއް ހުރި އިރު މެހެކްގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ.

ޒާން މެހެކްގެ އަތުގައި ހިފައިގެން ގޮސް ހުއްޓުނީ މަމްދޫހާއި މަލައިކާގެ ކުރިމަތީއެވެ. “އަންކަލް، އާންޓު…ތޭންކްސް ވަރަށް ބޮޑަށް އަޅުގަނޑުމެންގެ މި ގުޅުމަށް ރުހުނީމަ….މޯމް އެންޑް ޑޭޑަށް ވެސް….” ދެން ޒާން މި ހާމަކޮށްލި ވާހަކައަކުން މި ފަހަރު ސިހުން ލިބުނީ މަމްދޫހުމެންގެ އާއިލާއަށާއި ޒާލިމްމެންގެ އާއިލާއަށެވެ. މަމްދޫހު އެއްޗެއް ބުނަން އުޅުމުން އެކަން ހުއްޓުވީ މަލައިކާއެވެ. ދެން ޒާން ގޮސް ހުއްޓުނީ ޒިވިއަން ކައިރީއެވެ. މެހެކް ވެސް ގޮވައިގެންނެވެ. ހަރަކާތެއްނެތް ބުދަކާ މެހެކް މި ވަގުތު ތަފާތެއް ނެތެވެ. “ޒިވް….ސޮރީ ކުރިން މި ވާހަކަ ނުބުނެވުމުން…..މީޓް މައި ލަވާ….މެހެކް….” ޒާން ބުނެލީ ނުލަފާ ފާޑަކަށް ހީލަމުންނެވެ. އެއިރު ޒިވިއަންގެ ނަޒަރު ވަނީ މެހެކަށް ހުއްޓިފައެވެ. ހީވާ ގޮތުން މެހެކްގެ ޖަވާބެއްގެ އިންތިޒާރުގައި ކަހަލައެވެ. ނަމަވެސް މެހެކްގެ ހާލަކީ ތޯއެވެ. އަދި ވެސް ކަންފަތުަގއި ގުގުމަނީ ޒާންގެ ވިހަގަދަ ބަސްތަކެވެ. ޒާން ޒިވިއަންއަށް ކޮންމެ ފަދަ ގޮތެއް ހަދާލާނެކަން މިހާރު މެހެކަށް އިނގެއެވެ. ބޭބެއެއްގެ ނަޒަރުން ނުދެކޭ މީހަކު ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެއެވެ. ނިކަން ދެކިބަލާށެވެ. އެންމެންގެ ލޮލުގައި އަޅުވާލީ ކޮންފަދަ އަނދުނެއް ހެއްޔެވެ؟ “ކޮންގުރެޓިއުލޭޝަންސް މެހެކް……” ޒިވިއަން ބުނެލީ ހިތި އަސަރާއެކުއެވެ. އެއްފަހަރު ޒާންއަށް އަނެއް ފަހަރު މެހެކަށް ބަލާލުމަށްފަހު މާލަން ދޫކޮށް ޒިވިއަން ހިނގައްޖެއެވެ.

މެހެކްއެވެ. ކީއްވެ ހެއްޔެވެ؟ ޖަވާބެއް ނުދިނީ ކީއްވެ ހެއްޔެވެ؟ ޒާން ހެދީ ކަނދައެޅިގެން ދޮގުކަން އިނގޭ އިރު އެންމެ ފަހަރަކު ވެސް އެއީ ދޮގެކޭ ނުބުނީ ކީއްވެ ހެއްޔެވެ؟ އަހަރެން އެންމެންގެ ކުރިމަތީ ބުނަން އުޅުނީ ކީކޭކަން އިނގޭ ނޫން ހެއްޔެވެ؟ އެހެނަސް…….މިއަދު އަހަރެންގެ އާއިލާ ކުރިމަތީ ލަދުގަނެއްޖެއެވެ. އެއީ މެހެކްއާ އިންނަން ބޭނުންވާކަން ނުބުނެވިގެންނެއް ނޫނެވެ. އެހެނަސް އަހަރެން މެހެކަށް ޓަކައި ލޯބީގައި ދީވާނާވެފައިވާކަން ބައްޕަމެންނަށް އިނގޭތީއެވެ. އަދި މިހާރު މެހެކްވާން ތިއުޅެނީ އަހަރެންގެ ކޮއްކޮގެ އަންހެނުންނަށް ކަމަށްވާތީއެވެ. ޒިވިއަން އެދިޔަ ގޮތަށް ކާރަށް އަރާ ދުއްވާލީ ދާނެ ވަކި މިސްރާބެއް އޮވެގެނެއް ނޫނެވެ. އެހެނަސް ހިތަށް ކުޑަ ނަމަވެސް ތަޞައްލީއެއް ލިބިދާނެ ކަމަށް ހިތާއެވެ.

މަޑުމަޑުން މާލަމުން މީހުންތައް ނިކުނަންނަމުންދެއެވެ. ސިއްރުން އެކި ވާހަކަތައް ދައްކަމުންނެވެ. މެހެމާނުންތައް ނިކުންނަމުން ދިޔުމުން އެކަމަސް އިޚްތިރާމްކުރުމުގެ ގޮތުން ދެ ފަރާތު އާއިލާ ވެސް “ފޭކް” ހިނިތުންވުންތަކެއް ދައްކައިގެން ތިއްބެވެ. މެހެމާނުންތައް ނިކުމެ ތަން ހަމަހިމޭންވެގެން ދިޔުމުން މެހެކް އަވަސް އަވަހަށް ޒާންގެ އަތްދަށުން ދެމިގަނެއްޖެއެވެ. އަދި ގައި ހުރި ބާރެއްލާ ޒާންގެ ކޯތާފަތް މަތީގައި ބާރަކަށް ޖަހާލިއެވެ. މިވަގުތު މެހެކް އެހެރީ ހަމަ ވިސްނުމެއްގައި ނޫންކަން އެތާ ތިބި އެންމެނަށް ވެސް އިނގެއެވެ. “ގޮތް ކުޑަކަން ބަލާބަލަ……..ތިހާ ބޮޑު ދޮގެއް އެންމެން ކުރިމަތީ ހެދި އިރު ލަދެއް ނުގަނޭތަ؟……ފަހުން ވެދާނެ ގޮތަކާމެދު ޖެހިލުމެއް ނުވޭތަ؟…އަހަރެން ކޮން އިރަކުން ޒާން އާއި ރައްޓެހިވެ އަދި މެރީކުރާ ހިސާބަށް ދިޔައީ؟……….އަހަރެން ދެކެ ތިހާ ލޯބިވަންޏާ ކީއްވެ އަހަންނާ ޒިވިއަންއަށް ފުރުސަތެއް ނުދޭންވީ؟…..ކަނޑައެޅިގެން އިނގޭ ދޯ ޒިވިއަން އެއިރު ބުނަން އުޅުނީ ކީކޭކަން……ތީ ދަ ބޭބެއްގެ ހައިސިއްޔަތުގައި ހުރި މީހަކާމެދު ކަންތައް ކުރަން އިނގުނު ގޮތަކީ؟……..އަހަންނަށް ދެކޮޅަށް ބުނެލާނެ ފުރުސަތެއް ނުދޭއިރު ބައްޕަމެންގެ ވެސް އަނގަ ބަންދުކުރަން ހެދިހާ ދޮގެއް ހެދީ ހަމަ އަހަރެން ހާސިލް ކުރަން ތަ؟…..ޒާން ވައި؟؟؟؟….އަހަރެން ނުބުނަންތަ ގަދަ ބާރުން ލޮތްބެއް ނުހޯދޭނެއޭ……ތިކަމުގެ ސަބަބުން އަހަރެންގެ ހިތުގައި ޒާންއަށް އޮތް އެކުވެރިކަމުގެ ގުޅުން ވެސް މިހިސާބުން ނިމުނީ………އަހަރެން ހީކުރީ އެންމެ ކުޑަމިނުން ކުޑައިރުގެ “ފްރެންޑްސް” ކަން މިހާރު ދެމި އޮންނާނެ ކަމަށް އެހެނަސް………” މެހެކްގެ އަޑު ބެދުނެވެ. ހަޤީޤަތުގައި ވެސް މިއަދު އޭނާ ބަލިކަށިވެއްޖެއެވެ.

ފަސްއެނބުރި ބެލުމެއްނެތި މެހެކް އެތަނުން ނިކުންނަން ހިނގައިގަތެވެ. “މަޑުކުރޭ މެހެކް……އަހަރެން ބުނި ވާހަކަ މިހާ އަވަހައް ހަނދާން ނެތުނީތަ؟…” ޒާން މިހެން ބުނުމުން މެހެކްގެ ފިޔަވަޅުތައް އެހުރި ތަނުގައި ހުއްޓިއްޖެއެވެ. އަދި ލަސްލަހުން ފަސްއެނބުރި ބަލާލިއެވެ. “ތިހެން ބުނާއިރު ވެސް އިނގޭނެ އަހަރެން އެއިރު ވެސް އަދި މިހާރު ވެސް ގިވަޕެއް ނުކުރާކަން…….ކިހިނެއް އަހަރެންގެ ލޯބި އަހަރެން ކުރިމަތިން ބީވިޔަދޭނީ…….ނޯ ބޭބީ ނޯ….” މަޑު ހިނގުމެއްގައި މެހެކް ކުރި މައްޗަށް އަރާ މޫނުގައި އިނގިލި ބީއްސާލަމުން ޒާން ބުނެލިއެވެ. އަޑުގައި ނުރައްކާތެރި ގޮތެއް ހުއްޓެވެ. ދެން ފެނުނީ ކުއްލިއަކަށް ބާރަށް ހޭންފެށިތަނެވެ. މިކަން ހައިރާންކުރަނިވި ކަމަކަށް ޒާލިމްމެނަށް ވިއެވެ. “ދަރިފުޅާ……ކީއްވެ؟ ޒިވް ލޯބިވާކން އިނގޭއިރު..އަނެއްކާ ޒިވިއަން މެހެކް އާއި އިންނަން އުޅޭ ވާހަކަ ބުނެފައި އޮއްވާ؟….ޒޫނާ އަހާލިއެވެ. “ކީއްވެހޭ؟…..މަންމަމެން ކައިރީ އަހަރެން ނުބުނަންތަ އަހަރެން ވެސް ލޯބިވެޔޭ މެހެކް ދެކެ……..”

“އެކަމަކު މެހެކް ލޯބިވަނީ……………….”

“ހުއްޓާލާ…..މެހެކް ވާނީ އަހަރެންގެ މީހަކަށް……އަންނަ މަހު އަހަރުމެންގެ ކައިވެނި ކުރެވޭނެ…އެއިރުން މެހެކް އިޒް މައިން…..” ޒާން ޒޫނާގެ ވާހަކަ މެދު ކަނޑާލާފައި ބުނެލިއެވެ. މެހެކް ހުރީ ޒާންގެ މި ޢަމަލުން ބަސް ހުއްޓިފައެވެ. ހިތަށްއެރިއެވެ. ޒާން އެހެރި ހަމަ ރަނގަޅަށް ވެސް މޮޔަވެފައެވެ. “ޔޫ އާރ ކްރޭޒީ ޒާން…….ތިހިރީ ހަމަ ރަނގަޅަށް ވެސް މޮޔަ ވެފައި……….” މެހެކަށް އެންމެ ފަހުން އެހެން ވެސް ބުނެވިއްޖެއެވެ. އެއާއިއެކު ޒާން ހީވީ ހަމައިން ނެއްޓިހެންނެވެ. ދުމެއް ޖަހާފައި މެހެކާ ދިމާލަށް އައިރު ހީވި ސިންގާ އޭގެ ޝިކާރަވެރިޔާ ކައިރިއަށް އައިހެންނެވެ. “އައި ޑޯންޓް އެކްސްޕެކްޓް ދިސް ފްރޮމް ޔޫ މެހެކް…….އެނީ ވަން ކޭން ސޭ ދެޓް ޓު މީ…ބަޓް ނޮޓް ޔޫ…..މެހެކް….ޑޭމްއިޓް…” ޒާން ބުނެލިއެވެ. ދެން ފެނުނީ މެހެކްގެ އަތުގައި ހިފައިގެން ޒާން އެތަނުން ނިކުންނަން ދިޔަ ތަނެވެ. ފަހަތުން ދެން ތިބި މީހުން ވެސް އާދެއެވެ.

ޒާން މެހެކް ގޮވައިގެން ކާރަށް އަރާ ދުއްވާލީ މެހެފިލް ވިލާ ގަނޑުވަރާ ދިމާލަށެވެ. މެހެފިލް ވިލާ ގަނޑުވަރުން އެތެރެވުމާއިއެކު ކާރުން ފައިބާ މެހެކްގެ އަތުގައި ހިފައިގެން ގޭތެރެއަށް ވަދެއްޖެއެވެ. އެއިރު މެހެކް ގަދަހަދަމުން ދިޔައީ ދޫކޮށްލާށޭ ބުނަމުންނެވެ. ފަހަތުން ޒާލިމްމެން ވެސް ވަދެއްޖެއެވެ. “ޒާން ތީ ދެން ކޮން ކަމެއް؟؟” ޒާލިމް އެންމެ ފަހުން ބުންޏެވެ. “ބޮޑުބެ މި ކަމުގެ ތެރެއަށް ނުވަދޭ……އަހަންނަށް އިނގޭ ކަލެމެން އެންމެން ވެސް ބޭނުންވާނީ މެހެކް ޒިވިއަން އާއިކަން ގުޅެން…..އެހެންވިޔަކަ އަހަރެން ނުދޭނަން…” ޒާން ބުނެލީ އަޑަށް ބާރުލާފައެވެ. ޒާލިމްމެން ޖެހި ބުދެއްހެން ހުއްޓުން އަރާފައި ހުރެވުނީ މީގެ ކުރިން ޒާން ނުދައްކާ ޒާތަކަށް ވާހަކަދެއްކުމުންނެވެ. އެ ދެ މީހުން ލޯ ކުރިމަތިން ދަންދެން އެގޮތުގައި ބަލަން ތިބެވުނެވެ.

“ދޮންބޭ ދެން ކިހިނެއް ހަދާނީ؟……އަހަރެން ބިރުގަނޭ އެބަ……ނުހައްޤުން އަންހެން ކުއްޖެއްގެ ދިރިއުޅުން ހަލާކުވެގެންދާކަށް އަހަރެން ނޭދެން..ވަކިން ޚާއްސަކޮށް އަހަރެންގެ ދަރިއެއްގެ ފަރާތުން…..” ޒޫނާ ރޮމުން ރޮމުން ބުނެލިއެވެ. “ޒިވިއަން ކައިރި ބުނަންވީނުން އަންހެން ކުދިން މަދެއް ނުވާނޭ……ބައްޕަމެން އަންހެން  ކުއްޖެއް ހޯދައިދޭނަމޭ….ތިބޭނެއްނުން ވިޔަފާރި ބޮޑުންގެ އަންހެން ދަރިން ހަމަ…”ކާފާ…….އިންނާނެ މީހަކު ނުވެގެނެއް ނޫޅެން…..ލޯބި ނުވާ މީހަކާ އެކީ ޒަވާޖި ޙަޔާތެއް ވޭތިނުކުރެވޭނެ……އަހަރެން މެހެކް ނޫން މީހަކާ ނީންނާނަން…” އެވަގުތު ބޭރުން ގެއަށް ވަތް ޒިވިއަންއަށް ޒާކިރު ދެއްކި ވާހަކަ އިވުމުން ބުނެލިއެވެ. އެންމެން ފަހަތަށް ބަލައިލީ ޒިވިއަންގެ އަޑުއިވުމުންނެވެ. އެހެން ބުނެފައި ޒިވިއަން މަޑުނުކޮށް މައްޗަށް ގޮސް އޮނބާލައިފިއެވެ. “ބައްޕާ……އަހަރެމެންނަށް ކިތައްމެ ވަރަކަށް ވެސް އަންހެން ކުދިން ހޯދިދާނެ…އަދި ލިބެން ވެސް ލިބޭނެ……..އެކަމަކު ލޯބި…..ލޮތްބެއް ނުހޯދޭނެ…..ލޯބިނުވާ މީހަކާ އެކީ އުޅުމަކީ ވޭން ހުރި ކަމެއް…އަދި އެ ލޯބި ފެންނަން ހުރެމެ އަތް ނުފޯރާފަށުގައި ދުރުގައި އުޅެން ޖެހުމުން ވާ އިހުސާސު އިނގޭނީ އެކަމެއް ތަޙައްމަލު ކުރާ މީހަކަށް” ބަލްގިސް ހިތްހަމަނުޖެހުން ފައުޅުކުރިއެވެ. އަދި އެތަނުން ދިޔައީ އިތުރު އެއްޗެއް އޭނާގެ ލޯބިވާ ބައްޕައާއި ދިމާލަށް ބުނެވިދާނެތިއެވެ. ބަލްގިސް ގޮސް އިރުކޮޅެއް ނުވެ ފަހަރަކު މީހަކު އެމީހެއްގެ ކޮޓަރިތަކަށް ގޮސް ވަދެއްޖެއެވެ.

މެހެކް ގޮވައިގެން ޒާން ގޮސް ވަނީ އޭނާގެ ކޮޓަރިއަށެވެ. “ކީއްކުރަން އަހަރެން ގޮވައިގެން މި ކޮޓަރިއަށް ތި ވަނީ؟…” ރުޅިއައިސްގެން މެހެކް އަހާލިއެވެ. “ޕްރައިވަސީ ބޭނުންވާތީ….އަހަރެން ނޫޅެމެ މެހެކަށް ކަމެއް ކުރާކަށް….ޖަސްޓު ވަނަ ޓޯކު ޓު ޔޫ…” ޒާން ނިކަން ހަމަޖެހިލާފައި ސޯފާގައި އިށީންނަމުން އެއްފައި އަނެއް ފައި މައްޗަށް ލާ ހަމަޖެހިލާފައި ބުނެލިއެވެ. “ދެން އިތުރަށް ކޮން ވާހަކައެއް ދައްކަން އޮތީ؟…އަހަރެންގެ މިޅި ލައިފް ހަލާކު ކޮށްލަން ތި އުޅެނީ….” މެހެކް އަދި ވެސް އެ ހުރި ފިޔަވަޅު މަތީ ހުރގެން ބުނެލިއެވެ. ތަނެއްގައި އިށީންނަން ވެސް ނޫޅިއެވެ. “ބައިވަރު ވާހަކަ..އަހަރުމެންގެ ކައިވެނީގެ ވާހަކަ….ޕާޓީ ބާއްވާނެ ކުލައިގެ ވާހަކަ….ހަނީމޫނަށް ދާނެ ތަނެއްގެ ވާހަކަ….” ޒާން ބުނެލިއެވެ. “ވަޓް؟؟؟…….އަދި ވެސް ކުރެވުނުވަރު ކުޑަވެގެން މިހާ އަވަހަށް ކައިވެނީގެ ވާހަކަ ތި ދައްކަނީ؟…” މެހެކް އަހާލިއެވެ. “އަވަސްތަ؟….ބާކީ ހަފްތާއެއްނުން އޮތީ…އަހަރެން މިހާރު ހުންނާނި ކައިވެނި ފޯމު ވެސް ކޯޓަށްލާ ހުރިހާ ކަމެއް ކޮށްފައި…..ޕާޓީއެއް ބާއްވާލުން އެއީ އަހަރުމެންނަށް ފެން ފޮދެއް ބޯލުންހާ ފަސޭހަ ކަމެއް ނުން……ޚަރަދުވާނެ ފައިސާގެ ދަތިކަމެއް ނޯންނާނެ….” ޒާން ބުނެލިއެވެ. މެހެކް ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ދެންމެވީ ކަންތައް މިހާ އަވަހަށް ޒާން ހަނދާން ނައްތާލީ ހެއްޔެވެ؟ “ވެލް އެބަ އަންނަން ފާހާނާއަށް ވަދެލާފައި” ފުން ނެވާއެއްލާ އިން ތަނުން ތެދުވެ ފާހާނާ އާ ދިމާލަށް ހިނގައިގަންނަމުން ޒާން ބުނެލިއެވެ.

ޒާން ފާހާނާއަށް ވަނުމުން އެ ކޮޓަރިއަށް ވަށައިގެން މެހެކް ބަލާލީދެނެވެ. ހީވީ ޒާން ހުރުމުން އިތުރު އެއް ދިމާލަކަށް ވެސް މެހެކް ބަލަން ބޭނުންނުވީހެންނެވެ. އެ ކޮޓަރިއަކީ ބަލާލަން ހިތްގައިމު ބޮޑު ކޮޓަރިއެކެވެ. މެހެކް ކޮޓަރީގެ ވަށައިގެން އެކި ދިމަދިމާލަށް ދަމުން ފާރުގައި އަތް ކާއްތަމުން ދިޔައެވެ. މެހެކް ވެސް ހުރި އެ ކޮޓަރީގެ ފުރިހަމަކަމުން އަޖައިބުވެފަ ތޯއްޗެކެވެ. މެހެކް ޑްރެސިން ޓޭބަލުގައި އިން ވާސްއެއްގައި އަތް ޖައްސާލާ އޭގައި އިން ލިލީ މާތަށް ރީތިވެގެން އެ ވާސް ނަގަން ގޮތެއް ހަދާލިތަނުން ޑްރެސިން ޓޭބަލް ކައިރިން ތޫލި އަޑެއް ކިޔައި ދޮރެއް ކެހިގެން ދިޔަ އަޑަށް އެ ދިމާލަށް މެހެކް ބަލާލިއެވެ. އަދި ހައިރާންވިއެވެ.

*ނުނިމޭ*

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Mysterious Woman

Level 310 Stories100 Comments

A Mysterious Woman who loves to read & write stories of different categories.

Other Articles

Previous

القرآن އިން ލިބުނު ޝިފާ

Next

އިންސާފު ލިބޭނެބާ – 02

Next
December 7, 2024

އިންސާފު ލިބޭނެބާ – 02

Previews
December 7, 2024

القرآن އިން ލިބުނު ޝިފާ

8 Comments!

  1. Twinkle says:
    December 7, 2024 at 12:23 pm

    Wowwwww
    SO CURIOUS
    OMGGG
    PLS ZIV AA MEHEK AA GULHUVAHCHE

    1. Mysterious Woman says:
      December 7, 2024 at 2:36 pm

      thank you Twinkle 🙂

  2. Your fav bab says:
    December 7, 2024 at 1:19 pm

    Wow!!!
    It’s amazing!!!!!
    First I felt pity for zaan for mehek rejecting his love
    Ekm mihaaru mivanee maa bodu varu!!!!!
    Mehek akee ziv ge haggeh!!!!!
    Force kohgen zaan akah mehek ge love nulibeyne!!!!
    Anekka dressing table door gai kidnap kohfa othee kaaku baa!!!!
    Plz help mehek get out of that idiot zaan!!!
    Don’t let ziv’s heart shatter!!!!
    😭😭😭😭😭😭😭

    1. Mysterious Woman says:
      December 7, 2024 at 2:38 pm

      kehi gn dhiya dhorun koacheh baa mehekah fehnaany?? than kolheh kurry ge chapter thaku gai i gave a hint ekamah…hehehhe anyways thanks your fav bab…. 🙂

  3. Your fav bab says:
    December 7, 2024 at 2:46 pm

    Ooooo!!!
    I was not in touch when you started this story
    I read this in the part 24 or some thing that’s why!!!!!!!

    1. Mysterious Woman says:
      December 7, 2024 at 8:16 pm

      oooohhhhh!! hehe it’s ok

      dhn hingaa vaa goi balan kuri ah huri chapter thakun ingeyne… 🙂

  4. gurrrrl says:
    December 7, 2024 at 5:56 pm

    omg xaan haadha goas eyy mehek is all ziv ge pls mehek aa ziv dhuru nukurahche zaan idiot I hate you vrh rulhi aadhe mhr pls pls stay away from mehek
    mi part vrh curious when next part cant wait
    love youu

    1. Mysterious Woman says:
      December 7, 2024 at 8:17 pm

      aslu vx dhwww…..zaan is obsessed with mehek dhw…….kon kamehbaa zaan kuran miulheny……

Comments are closed.

Next Episodeތިނެސްކަން ލޯބި (31)←


All Right Reserved!