Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ދޭނަން ހިތާ ޖާނާ. (4)

layaal Level 310 Stories100 Comments
June 18, 2016 7 Mins Read
20 Comments

އާދުވަހަކަށް އަރައިގެންއައި އިރާއިއެކު ލޫތް އޮފީހަށް ވައިން އިރު ފެނިގެން ދިޔައީ މުޅިން ތަފާތު މަންޒަރެކެވެ. މުއައްޒަފުން އެކި ކަންކަމުގައި އަވަސް އަރުވާލާފައި އުޅުންއިރު މުޅި މާހައުލު ވަނީ ހަލަބޮލިވެފައެވެ. ވެގެން އުޅޭގޮތެއް އޮޅުން ފިލުވާލަން އުޅެނިކޮން ލިފްޓުން ނިކުއިން ފަވާޒް ފެނުމުން ލޫތް އެދިމާއަށް މިސްރާބްޖެހިއެވެ. މީގެ ދެދުވަސް ކުރިން ހިނގި ދެބަސްވުމަށްފަހު އެދެމެދުގައިވި ނުތަނަސްކަން ދުރުކޮށްލުމަށް އޭނާ ނިންމިއެވެ.

“ފަވާޒް.. ކިހިނެތް ވެގެން މިހާ ހެނދުނާ އެންމެން މާ ހައިޕާ ވެގެން މިއުޅެނީ؟” ލޫތް ހިނިތުންވެލަމުން އަހާލިއެވެ. “ނޭނގޭތަ؟ ލޫތްގެ ބައްޕަ މިއަދު އެނުއަލް މީޓިންއެއް ބާއްވަނީ.” ފަވާޒް ވާހަކަދެއްކީ ހަމަޖެހިލައިގެން ހުރެއެވެ. “އޯ.. އެއްކަލަ ކަންތަކާއި އެއްވެސް ކަހަލަ ހިތްހަމަ ނުޖެހުމެއް ނުބާއްވައްޗޭ..” ލޫތް ވިސްނާލުމަށްފަހު ބުނެލިއެވެ.

“އޮފްކޯސް ބްރޯ. ވަޒީފާގައި އުޅޭއިރު އެކަހަލަ ކަންތައްވެސް ވާނެ..” ލޫތްގެ ކޮނޑުގައި ޖަހާލަމުން ފަވާޒް ބުނެލިއެވެ. “ޔަޕް.. އިޓްސް އޯލް ބިޒްނަސް.. އައި ހޯޕް ޔޫ ވޯންޓް ލެޓް މީ ޑައުން..” ލޫތް މިހެން ބުނުމުން ފަވާޒް ފާޑަކަށް ހީލުމުން ދެއެކުވެރިން އެކީގައި ބައްދަލުވުމަށް ދިޔައެވެ.

އެންމެން ހަމަވެ، އެބައެއްގެ ގޮނޑީގައި އެބަޔަކު އިށީނދެ ހަމަޖެހުމުން ލުތުފީ ބައްދަލުވުން ފެށިއެވެ. “އައްސަލާމް އަލައިކުމް، އެންޑް ގުޑް މޯރނިން. މި ބައްދަލުވުމުގައި ބޮޑަށް ބަލާލެވޭނީ ކުރިއަށް ހުރި ޕްރޮޖެކްޓްސް ތަކާއި އަދި އަޅުގަނޑުމެންނާއި ޖޮއިން ކުރާ ބައެއް އާ މުއައްޒަފުން ތި ބޭފުޅުންނަށް ތަޢާރަފް ކުރުން. ސޯ ލެޓްސް ބިގިން.” ލުތުފީ ބައްދަލުވުން ކުރިއަށް ގެންދިޔައިރު އެންމެން ވެސް އެކަމުގައި ބައިވެރިވިއެވެ.

“ދެން މިއޮތީ އާ މުއައްޒަފުން ތައާރަފް ކުރުން.. މި ކޮމްޕެނީއަށް ވަރަށް މުހިއްމު ދެ މުއައްޒަފެއް ތަޢާރަފް ކޮށްލަދޭނަން.. ފުރަތަމަ..” ލުތުފީ ވާހަކަދައްކަމުން ދިޔަ ވަގުތު ލޫތްގެ ފޯނު ވައިބްރޭޓް ވާންފެށިއެވެ. ގުޅަނީ ލީނާއެވެ. ދެފަހަރަކު ކަނޑާލުމުން ވެސް ގުޅާތީ އެންމެފަހުން ލޫތް އޭނާ އިން ގޮނޑި އަނެއް ފަރާތަށް އަނބުރާލަމުން އެންމެނަށް ފުރަގަސް ދިނުމަށްފަހު ފޯނު ނެގިއެވެ. “ހަލޯ.؟ ކިހިނެތްވީތަ؟” ލޫތް ވާހަކަ ދެއްކީ ވަރަށް މަޑުންނެވެ.

“ލޫތް ޕްލީސް ނޫނެކޭ ނުބުނާތި.. ހިނގާބަ..” ލީނާ މިހެން ބުނިތަނާ ލޫތް އޭނާ މެދުކަނޑާލިއެވެ. “މިހާރަކު ނޫން.. މީޓިންއެއްގައޭ މިއިނީ.. އަހަރެން.” ލޫތްގެ ވާހަކަ ކުއްލިއަކަށް ހުއްޓުނީ ލުތުފީ ބުނި އެއްޗެއް ކަންފަތުގައި ޖެހުމުންނެވެ.

“އައިޝަތް އައިފާ ނާޒިމް.” ލުތުފީ މިހެން ބުނި އަޑަށް ލޫތް އޭނާ އިން ގޮނޑި މޭޒާއިވީ ފަޅިއަށް އަނބުރާލި އިރު މޫނުމައްޗަށް އެތަށް ކުލައެއް އަރައި ފައިބައިގެން ދިޔައެވެ. ލުތުފީ ކައިރީގައި ހުއްޓިލައިގެން ހުރި އައިފާ ފެނި ލޫތް ހަމައިން ނުނެއްޓީ ކިރިޔާއެވެ. އޭރުވެސް ލީނާ އެކޮޅުން ލޫތްއަށް ގޮވާ އަޑު އޭނާއަށް އިވެމުން ދިޔައެވެ.

ލޫތްގެ ތޫނު ނަޒަރު ވަގުތުން ހުއްޓުނީ ފަވާޒްއަށްށެވެ. އޭނާ އެވަރަށް އެކަން ނުކުރާށޭ ބުނުމުން ވެސް ފަވާޒް އެކަން ކުރީއެވެ. ލޫތްއާއި ދިމާއަށް ބަލަހައްޓައިގެން އިން ފަވާޒްގެ މޫނުމަތިން އެއްވެސް ކަހަލަ އަސަރެއް ފާޅެއް ނުވެއެވެ. “އައިފާ އަކީ މި ކޮމްޕެނީގެ އެސިސްޓެންޓް ޕްރޮޖެކްޓް މެނޭޖާރ.. އައިފާ މަސައްކަތް ކުރާނީ ޕްރޮޖެކްޓް މެނޭޖަރ ފަވާޒްގެ ދަށުން. ވެލްކަމް ޓު ވޮރެން ހޮޓެކް މިސް އައިފާ.” ލުތުފީ އެންމެންނަށް އައިފާ ތަޢާރަފް ކޮށްދެމުން ބުނެލިއެވެ.

އޭރު ލޫތް ފޯނު ކަނޑާލުމަށްފަހު ގޮނޑީގައި ހަމަޖެހިލަމުން ރުޅި މައިތިރި ކުރަން މަސައްކަތް ކުރިއެވެ. އޭނާ އިތުރަށް އައިފާއާއި ދިމާއަށް ނުބެލީ އެ ހަތަރުކަޅި ހަމަވެއްޖެނަމަ އޭނާ ހިންދާލައިގެން އިން ރުޅިވެރިކަމުގައި ހުޅުހިފާ ފާނެތީއެވެ.

ބައްދަލުވުން ނިމުމުން ލޫތް އަވަސް އަރުވާލާފައި ނިކުންނަން ދަނިކޮން ލުތުފީ އޭނާ ހުއްޓުވިއެވެ. “ލޫތް.. މަޑުކޮށްބަލަ. ސޯ ކިހިނެތްވަނީ މީޓިން؟ ރަނގަޅުތަ؟” ލުތުފީ އޭނާގެ ދަރިފުޅުގެ ކޮނޑުގައި އަތް ބާއްވަލުމުން އަހާލިއެވެ. “ޔެސް ޑޭޑް” ލޫތް ދިނީ ކުރުޖަވާބެކެވެ. އޭރު މީހުންތައް ނިކުންނަމުން ދިޔައިރު އައިފާ ވެސް ބޭރަށް ނިކުއިން ތަން އޭނާއަށް ފެނުނެވެ.

“ބައްޕަ ބުނީ އެއްކަލަ ޝުރޭޒް ޕޮރޮޖެކްޓް މިކޮޅުގައި ހިންގަން މިއުޅެނީ. އެހެންވީމަ ވަރަށް ބޮޑު ޕްރެޒެންޓޭޝަން އެއް ތައްޔާރު ކުރަން އެބަޖެހޭ. ޝުރޭޒް މިކަމާއި ޤަބޫލު ވެއްޖެއްޔާ ކޮމްޕެނީއަށް ވަރަށް ފައިދާ ކުރާނެ. ވީމަ ކޮންމެހެން ވެސް އޭނާ އިމްޕްރެސް ކުރަންވާނެ. ދަރިފުޅު މިކަމާއި އުޅެން ވީނުން. ޔޫ އާ ދަ ބެސްޓް” ލުތުފީ މިހެން ބުނެލީ ފަހަރުވެރި ކަމާއިއެކުއެވެ.

“މައްސަލައެއް ނެތް.. އެހެން ނޫނަސް ދުބާއިގައި ވެސް މިކަހަލަ ޕްރޮޖެކްޓް ތަކުގައި ޕްރެސެންޓް ކުރަނީ އަޅުގަނޑު. ދުވަހަކު ވެސް އަދި އެއްވެސް ކްލައިންޓެއް ނޫނެކޭ ނުބުނެ. އައި އެމް ދަ ބެސްޓް.” ލޫތް ހިނިތުންވެލާފައި މިހެން ބުނެލިއިރު އޭނާއަކީ ކުރާ މަސައްކަތުގައި ފުރިހަމައަށް މަސައްކަތް ކުރާ މީހެއްކަން އަންގާލިއެވެ.

*****

ބައްދަލުވުމުން ނިކުއިން އައިފާ ހުރީ އުފަލުން ފޮޅިފައެވެ. އޭނާއަށް ވަޒީފާ ލިބުނުކަން އިނގުނު ހިސާބުން ފެށިގެން ރޭގަނޑު ނިދޭ ކަމަކަށް ވެސް ނުވިއެވެ. މިއަދު އެންމެންނާއި ބައްދަލުވުމުން މިތަނުގެ އެންމެންނަކީ ވެސް ވަރަށް ހިތްހެޔޮ އެކުވެރި މީހުންކަން އިނގުމުން ވަކިން ހިތްހަމަޖެހުނެވެ.

އެކަމަކު އޭނާ އެންމެ ހިތްހަމަޖެހުނީ ލޫތްއަށް އޭނާ ފެނި ވީގޮތުންނެވެ. ބައްދަލުވުން ފެށުނީއްސުރެ އައިފާ އިންތިޒާރު ކުރަމުން ދިޔައީ ލޫތްއަށް އޭނާއަށް ވަޒީފާ ލިބުނުކަން އިނގޭނެ އިރަކަށްށެވެ. ލޫތް ސިހުނުވަރުން އޭނާއަށް މިކަމުގެ ހިލަމެއް ވެސް ވެފައި ނުވާކަން އައިފާއަށް ޔަޤީންވިއެވެ.

“ހޭއި.. ވަރަށް ނާވަސްތަ؟” އައިފާ ކައިރިއަށް ހުއްޓެލި ފަވާޒް އަހާލުމުން އޭނާ ޚިޔާލީ ދުނިޔެއިން ނިކުތެވެ. “ކުޑަކޮން.. އެކަމަކު އެންމެން ވެސް ވަރަށް ނައިސް.. އެކަމަކު.” އައިފާގެ ވާހަކަ ފަވާޒް މެދުކަނޑާލިއެވެ.

“ލޫތް. އައި ނޯ. އަޅާނުލާ އަހަރެން ލޫތްގެ ބައްޕައާއި ވާހަކަދައްކާފައި އައިފާއަށް މި ވަޒީފާ ހަމަޖެއްސީ. އެހެންވީމަ ލޫތްއަށް މިކަމުގައި އެއްވެސް ކަމެއް ނުކުރެވޭ.. އޯކޭ.. އިރުކޮޅަކުން އާދެ އަހަރެން އޮފީހަށް އޭރުން ކުރަންޖެހޭ ކަންތައްތައް އޮޅުން ފިލުވައި ދޭނަން.” ފަވާޒް މިހެން ބުނުމަށްފަހު އެތަނުން ހިނގައިގަތެވެ.

އައިފާ ފުންނޭވާއެއް ދޫކޮށްލުމަށްފަހު ކޮފީ ހަދާ މެޝިން ކައިރީގައި ކޮފީއެއް ހަދަން މަޑުކޮށްލިއެވެ. ހެނދުނު އަވަހަށް އަންނަން ވެގެން ސައި ނުބޮވުނީތީ އޭނާ ހުރީ ކޮފީއެއް ބޯލަން ބޭނުންވެފައެވެ. ކޮފީ ހެދުމަށްފަހު ތަށި ހިފައިގެން އެނބުރުނު ތަނާ ކުރިމަތިން ހިނގާފައި ދިޔަ މީހެއްގެ ގައިގައި އޭނާ ޖެހުނެވެ.

އައިފާ ވަގުތުން ތަށީގައި ބާރަށް ހިފަހައްޓާލީ އެ ވެއްޓުނަ ނުދިނުމަށްށެވެ. “ސީރިއަސްލީ؟!” ލޫތްގެ އަޑަށް އައިފާ ސިހިފައި ދެލޯ ބޮޑުވިއެވެ.

އޭރު ގަމީހަށް ބަލަހައްޓައިގެން ދެބުމަ ގޮށްޖެހިފައި އެހުރީ ލޫތްއެވެ. އޭނާގެ ހުދު ގަމީހުގެ ތަންކޮޅެއްގައި ކޮފީގެ ކުޑަ ލަށްގަނޑެއް އިންނަތް ފެނި އައިފާއަށް ހިން ދިރުވާލެވުނެވެ. “މީހުން ގަޔަށް ހަމަ ކޮފީ ވަރާ ހިތްވަނީތަ؟ ހޮބީއެއްތަ މީ!” ލޫތް ހަރުކަށި އަޑު ކަންފަތުގައި ޖެހުމުން އައިފާ ސިހުނެވެ. އެއަޑުގައި ހުރި ބަރުކަމާއި އޭނާގެ ޝަޚުސިއްޔަތާއި ވަރަށް ގުޅެއެވެ. ލޫތް ޖަހައިގެން ހުރި އަރްމާނީ ސެންޓުވަސް އައިފާ ނޭފަތުގައި ޖެހުމާއި އެކީ ގައިން ހީބިހި ނަގުވާލިއެވެ.

“ނޫން ސާރ. ބަލައިގެން ހިނގާނަމަ މިހެން ނުވާނެ. ” އައިފާ މަސައްކަތް ކުރީ ޖެހިލުންވި ނަމަވެސް އެކަން ނުދައްކައި ހަމަޖެހިލައިގެން ވާހަކަ ދެއްކުމަށްށެވެ. އޭނާއަކީ ފިނޑި މީހެއް ނޫންކަން ލޫތްއަށް އަންގައިދޭނެއެވެ. “ކީކޭ!” ލޫތް ރުޅިގަދަ ވުމުން އޭނާ ފުންނޭވާއެއް ލުމަށްފަހު ހަމަޖެހެން މަސައްކަތް ކުރިއެވެ.

“ލުކް މި ވަޒީފާ ލިބުނަސް ހީ ނުކުރައްޗޭ މާ މޮޅު ވެވުނީއޭ. އޯކޭ.. އައިފާ.” އޮފީސްތެރޭގައި ހަމަނުޖެހުމެއް އުފައްދަން ބޭނުން ނުވާތީ ލޫތް މިހެން ބުނުމަށްފަހު އެތަނުން ދާން ހިނގައިގަތެވެ. އޭރު އައިފާ ދެބުމަ ގޮށްޖަހައިގެން ހުރެ ލޫތް ދާތަން ބަލަން ހުއްޓެވެ. އެނާ ކިތަންމެ ފޫހި ވީނަމަވެސް އެ ހިނގުމުގައި ހުރި ހަރު ފިރިހެންވަންތަކަށް ފެނުމުން އެހިތަށް އުނދަގޫ ވިއެވެ. އައިފާއަށް ފާހަގަވި އެއް ކަމަކީ ލޫތް ފެންނަ ކޮންމެ ފަހަރަކު ވެސް ހުދު ގަމީސް ލައިގެން ހުންނަކަމެވެ. އެނޫން ކުލައެއް އޭނާ އަތުގައި ނެތީބާއޭ އައިފާ ހިތަށްއެރިއެވެ.

****

“މަންމާ ކޮބާ ލޫލު؟” ކޮޓަރިން ނިކުން ލީނާ އާޒިމާއާއި ސުވާލު ކޮށްލިއެވެ. އޭރު މެންދުރުގެ ކެއުން ތައްޔާރު ކުރުމަށް އާޒިމާ ކައްކާއާއި އެކީ ބަދިގޭގައި އަވަދިނެތި އުޅެއެވެ. “ޒުލޭހާ އޭނާ ގޮވައިގެން މައްޗަށް ދިޔައީ.. އާދެބަލަ މިތަނުން ފިޔާކޮޅެއް ކޮށާލަދޭން.. އާލާ މިއަދު ޓެސްޓު އެބައޮތް އެހެންވެ އޭނާ އަށް ސްޕެގެޓީ ކޮޅެއް ހަދާލަން މި އުޅެނީ.” އާޒިމާ ކަޓިން ބޯޑު ދެމުން ބުނެލިއެވެ.

ލީނާ އެކަން ކުރާހިތް ނުވި ނަމަވެސް ކަޓިން ބޯޑުގައި ހިފީ އާޒިމާ އަނެއްކާ ވެސް އިތުރު ޝަކުވާތަކެއް ކޮށްފާނެތީއެވެ. “މަންމަ ވެއްޖެ ދަރިފުޅާ ވާހަކައެއް ދައްކަން.” އާޒިމާ މާ ލޯބިން ވާހަކަ ދައްކާތީ ލީނާ އެކަމާއި ޝައުޤުވެރިވިއެވެ.

“ލޫލުއަކީ ލީނާގެ ހުރި ހަމައެކަނި ފުރާނަ.. މަންމަމެން ވަރަށް ލޯބިވޭ އޭނަދެކެ. ލޫތް އަދި އެހުންނަނީ އޭނާއަށް ހުރިހާ ލޯތްބެއް ބަންޑުން ކޮށްލައިގެން.. އެކަމަކު ދަރިއަކަށް އެންމެ މުހިއްމު ވާނީ މައެއްގެ ލޯބި.” އާޒިމާ މިހެން ބުނީ ލީނާއަށް އެންމެ ރަނގަޅަށް ވިސްނޭނެ ގޮތަކަށް ވާހަކަ ގެންދަމުންނެވެ. ރުޅި އައިސް ހަޅޭލެވުމުގެ ބަދަލުގައި ލޯބިން ވިސްނައިދޭން ނިންމީ ވެސް ލީނާއަށް ރަނގަޅަށް އެކަން އަންގައިދިނުމަށްށެވެ.

“މަންމަ ނުބުނަށް ލީނާ ލޯބި ނުވެއެކޭ.. އެކަމަކު ދަރިން ތަރުބިއްޔަތު ކުރުމާއި އެމީހުންގެ ކަންކަމުގައި އެންމެ ބޮޑަށް އުޅެން ވާނީ އެ ދަރިންގެ މަންމަ. ލީނާ ތި އުޅުން ދޫކޮށްލާފައި ލޫލުއަށް ދޭ ވަގުތާއި އޭނާއަށް އަޅާލާ މިންވަރު އިތުރުކުރަންވީ.” އާޒިމާ އޭނާގެ ވާހަކަ ނިންމާލީ ލީނާއަށް ވިސްނޭނެކަމަށް އުއްމީދު ކުރަމުންނެވެ.

ފިޔާކޮށަން ހުރި ލީނާގެ ލޮލުން ފެންއައީ ކޮންމެހެން އާޒިމާ ދެއްކި ވާހަކައަކުން ނޫނެވެ. ނަމަވެސް އޭނާ ލޯފޮހެލާ އާޒިމާއާށް ބަލާލީ ރޮވިފައި ހުރި ގޮތަކަށްށެވެ. “ސޮރީ މަންމާ.. ދެން އެހެން ނުހެދޭ ތޯ މަސައްކަތް ކުރާނަން.” ލީނާ މިހެން ބުނުމުން އާޒިމާ ހިނިތުން ވެލިއެވެ. ގޭތެރޭގައި ހިފާފައި ހުރި ކައްކާ އެއްޗެހީގެ މީރު ވަހަށް ކޮޓަރިން ނިކުއިން އާލާއަށް މި މަންޒަރު ފެނުމުން ކުޑަކޮން ހިނިއައެވެ. ލީނާ ޑްރާމާ ކުޅެން ވެސް މޮޅޭ އޭނާ ހިތަށް އެރިއެވެ.

“އަޅޭ ދޮންބެދައްތާ.. ދެން ތިވަރަށް ނުރޮއެ.. އިޓްސް އޯކޭ.” އާލާ ދިމާކުރާ ރާގަކަށް މިހެން ބުނުމަށްފަހު އައިސް އަލަމާރިން ފެންފުޅިއެއް ނެގިއެވެ. އާލާ އަކީ އާއިލާގެ އެންމެ ހަގު ކުއްޖާކަމުން އެގޭ އެންމެން ވެސް އޭނާ ދެކެ ނިކަން ލޯބިވެއެވެ. ބޭނުންއިރަކު ބުނި ކޮންމެ ކަމެއް ކޮށްދޭނެއެވެ. އޭނާއަކީ ކިޔަންވަން މޮޅު ކުއްޖެއް ކަމުން އޭނާ ބުނާ ކަމެއް ނުކޮށްދޭނީ ކިހިނެތް ހެއްޔެވެ.

“އަހަރެން އަންނާނަށް ލޫލު ގޮވައިގެން.. މިތަނުން ސްޕެގެޓީ ކޮޅެއް އޭނައަށް ދޭނީ..” ލީނާ މިހެން ބުނެލުމަށްފަ އަތް ދޮވެލައިގެން މަތީ ބަޔަށް ދާން ނިކުތެވެ.

****

ސިޓިން ރޫމުގެ މެދުގައި އޮތް ކާޕެޓުމަތީގައި ކުލަޖައްސާ ފޮތެއް ހިފައިގެން އޮށޯވެ އޮތް ލޫލު ދިޔައީ ޝައުޤުވެރި ކަމާއިއެކީ އެ ފޮތުގައި ކުލަ ޖައްސަމުންނެވެ. އޭރު ކައިރީގައި އިން ނާއިލް ޓީވީ ބަލަން އިންއިރު އިރުއިރު ކޮޅުން ލޫލުގެ އިސްތަށި ކޮޅާއި ކުޅެލައެވެ. “އާއްޗާ.. ހާދަ ތިއްތިކޮން ތި ކުލަ ޖައްސާލީ..” ލޫލުގެ މަޑު ކޮލުގައި ހިފާލަމުން ނާއިލް ބުނެލިއެވެ.

ލޫލު ހިނިތުންވެލަމުން ރަތް ކުލަ ނަގައި ނާއިލްގެ އަތަށް ލާދިނެވެ. “ސޯ ކޮއްކި އަށް ސްޓާ ދީ..” ލޫލު ކާޕެޓްމަތީގައި ދެމިލަމުން ބުނެލިއިރު އޭނާ ލައިގެން ހުރި ކުރު ސޯޓު ކޮޅާއި ޓީޝާޓުގައި ކާޕެޓުގެ ކުނޑި ހޭކިފައި ހުއްޓެވެ. ނާއިލް ހީލަމުން އެ ފޮތުގައި ތަރިއެއް ކުރަހާލިއެވެ. އަދި ލޫލު ގެނެސް އުނގުގައި ބެއިންދުމަށްފަހު ގައިގައި ހުރި ކުނޑިތައް ފޮޅާލަދެމުން ހީލި ކޮށްޓަން ފެށިއެވެ. ލޫލުގެ ޅަ ހުނުމުގެ އަޑު މުޅި ގޭތެރޭގައި ހިފާލާފައި ވީއިރު ގޭގެ ދޮރު ހުޅުވާލަމުން ލީނާ އެތެރެއަށް ވަނެވެ.

އޭރު ސޯފާގައި ސަކަރާތް ޖަހަން ތިބި ލޫލުއާއި ނާއިލް ފެނި ލީނާގެ ފިޔަވަޅުތައް ހުއްޓުނެވެ. ނާއިލް އޭނާގެ ދަރިފުޅާއި އެކީ ހީ ސަމާސާކޮށް ބޮސްދީ ހަދާތަން ފެނުމުން އެހިތުގައި ނުތަނަސް ކަމެއް އުފެދުނެވެ. “ލުޔޫން.” ލީނާ ގޮވާލި އަޑަށް ނާއިލް އެދިމާއަށް ބަލާލިއެވެ.

އޭރު ލުޔޫން އޭނާގެ އުނގުގައި އިނދެ ހެމުން ދިޔައެވެ. “ހިނގާ ކާންދާން.” ލީނާ މިހެން ބުނުމަށްފަހު ލޫލު އުރާލިއެވެ. އޭނާ ދަމުން ނާއިލްއަށް ބަހެއް ނުބުނި ތަނުގައި އޭނާއާއި ދިމާއަށް ބަލާވެސް ނުލިއެވެ. ސޯފާގައި އިން ނާއިލް ޖެހި ބުދެއްހެން ދެމައިންނަށް ބަލަހައްޓައިގެން އިނެވެ.

“ލީނާ.” ނާއިލްގެ އަޑަށް ލީނާ ހުއްޓުނެވެ. “ކިހިނެތްވީ އަނގައިން ވެސް ބުނެނުލާ ތިދަނީ.. އަދި މިއޮއްތީ ލޫލުގެ ބެއާ.” ނާއިލް އޭނާގެ އަތުގައި އޮތް ބެއާ ލޫލުއަށް ދެމުން ބުނެލިއެވެ. “ކީކޭ ބުނަންވީ.. ލޫލުއަށް ކާންދޭން ވެއްޖެ.” ލީނާ މިހެން ބުނެފައި ހިނގައިގަތީ އިތުރަށް މަޑުކުރުމެއް ނެތިއެވެ. ސޯފާގައި އިށީނދެލި ނާއިލް އޭނާގެ ހިތި މާޒީއާއި ދޭތެރޭ ވިސްނާލިއެވެ.

****

“ސަރ.. އަޅުގަނޑުމެން މިދޭ ކަހަލަ އޮފާ އެއް އެހެން ތަނަކުން ނުލިބޭނެ..” އައިފާ އޮފީހަށް ވަދެގެން އައިރު ފާވާޒް ފޯނުން ވާހަކަ ދައްކަމުން ދިޔައެވެ. އޭރު ލުތުފީ އޭނާ ކައިރީގައި އިން ސޯފާގައި ދެފައި ހަލުވާލަ ހަލުވާލަ އިނެވެ. އޭނާ އިނީ ފަވާޒް ދައްކަމުން ދިޔަ ވާހަކައަށް ޝަޢުގުވެރި ކަމާއިއެކު ގެއްލިފައެވެ. “ދީ އަހަރެން ވާހަކަ ދައްކާނަން.” ލުތުފީ މިހެން ބުނެ ފަވާޒް ދިއްކޮށްލި ފޯނު ހިފައިގެން ތެދުވެ ދުރަށް ޖެހިލިއެވެ.

އައިފާ އޭނާގެ އަތުގައި ހުރި ފައިލްތައް މޭޒުމަތީގައި ބެހެއްޓުމަށްފަހު ފަވާޒް ކައިރިއަށް ހުއްޓެލީ ވެގެން އުޅޭ ގޮތެއް އޮޅުން ފިލުވާލުމަށްށެވެ. “ކިހިނެތްވީ؟ ކީއްވެ ހާސްވެފައި ތި ތިބީ؟” އައިފާ އަހާލިއެވެ. “މި ވެގެންއުޅޭ ގޮތަކީ ކޮމްޕެނީއަށް އިންވެސްޓް ކުރަން އުޅުން ބަޔަކު މިހާރު އެކަން ނުކުރާން އުޅެނީ.. މާ ރަނގަޅު ޑީލްއެއް ލިބުނިއްޔޯ. އަހަރެން ވާހަކަ ދައްކައިގެން ވެސް ޤަބޫލުވާގޮތެއް ނުވި.” ފަވާޒް ނުތަނަސްކަންމަތީ އިނދެ ބުނެލިއެވެ.

“އަހަރެން ޓަރައި ކޮށްލަންތަ؟” އައިފާއަށް އެހެން ބުނެވުނީ ކީއްވެގެން ކަމެއް ނޭނގުނެވެ. އޭނާ ވެސް އެކަން ވޭތޯ ބަލާލަން ބޭނުންވިއެވެ. އައިފާ ތެދުވެގެން ގޮސް ލުތުފީ ކައިރީގައި މަޑުކޮށްލިއެވެ. “މޭ އައި؟” އައިފާ އަހާލުމުން ލުތުފީ އޭނާ އަތަށް ފޯނު ދިނެވެ.

“ހަލޯ.. މިއީ ވޮރެން ކޮމްޕެނީގެ އެސިސްޓަންޓް ޕްރޮޖެކްޓް މެނޭޖާރ އައިފާ. އިނގޭތޯ މި ކޮމްޕެނީއަށް އަޅުގަނޑު ޖޮއިން ކުރި ސަބަބު. އެއީ މި ކޮމްޕެނީ ނޫނީ ދިވެހިން ހޮޓެލް އިންޑަސްޓްރީގައި މިހާ ކާމިޔާބު ހޯދައިފާ ކޮމްޕެނީއެއް ނުވާތީ.. އިނގޭތޯ..” އައިފާ ވަރަށް ކެރިހުރެ ފޯނުން ވާހަކަ ދެއްކިއިރު ލުތުފީ އާއި ފަވާޒް ހިރިވެސް ނުލައި އޭނާގެ ވާހަކަތައް އަޑުއަހަން ތިއްބެވެ.

އައިފާގެ ވާހަކަދެއްމުގެ މޮޅު ހުނަރާއި މީހުންގެ ޝައުޤުވެރިކަން ދަމައިގަންނަ ކަހަލަ މޮޅެތި އުކުޅުތައް އޭނާގެ ކިބައިގައި ހުރިކަން ލުތުފީއަށް ފާހަގަވިއެވެ. އާދައިގެ މުއައްޒިފެއްގެ ކިބައިން މިފަދަ ފުރިހަމަ ހުނަރުތަކެއް ފެނުން މިއީ ފުރަތަމަ ފަހަރު ކަމުން ލުތުފީ ހުރީ ހައިރާން ވެފައެވެ. އައިފާ ފަސްވަރަކަށް މިނެޓުން ވާހަކަދައްކަން ހުއްޓެވެ.”ޔެސް ސާރ. އެހެންވީމަ ޑީލް ފައިނަލް ކުރަންވީ ތޯ؟ ތެކްޔޫ..” އައިފާ ހިނިތުންވެފައި ހުރެ ލުތުފީއަށް ފޯނު ދިނެވެ.

“ހަލޯ.. ޔެސް. ޔެސް އޮފްކޯސް…” ލުތުފީ ހުރިހާ ދަތްތަކެއް ފެންނަ ވަރަށް ވާހަކަ ދެއްކިއިރު އޭނާ އުފަލުގެ ކޮޅެއް ނެތެވެ. ލުތުފީ ފޯނު ބޭއްވުމަށްފަހު އައިފާ ކައިރިއަށް ހުއްޓެލިއެވެ. “ތެންކިޔު. މިކަން އައިފާ ނުކުރިނަމަ ނުވީސް.” އައިފާއަށް ޝުކުރު އަދާ ކުރަމުން އޭނާ ބުނެލިއެވެ.

އޭރު ފަވާޒް ވެސް އުފަލުން އޭނާއަށް ޝުކުރުއަދާ ކުރަނީއެވެ. “ނޫނޭ ސާރ. މިއީ ހަމަ ކޮމްޕެނީގެ މޮޅުކަން. އަޅުގަނޑު ހަމައެކަނި އެކަން އެބޭފުޅާއަށް ހަނދާން އާ ކޮށްލަ ދިނީ.” އައިފާ މިހެން ބުނެ ހިނިތުންވެލަމުން އޮފީހުން ނިކުންނަށް ހިނގައިގަތެވެ.

ލުތުފީ އިރުކޮޅަކު ވިސްނާލަން ހުރުމަށްފަހު އައިފާ ހުއްޓުވިއެވެ. “އައިފާ އަދި މަޑުކޮށްލަބަ..” ލުތުފީގެ އަޑަށް އައިފާ އެނބުރުނެވެ. “ޔެސް ސާރ.” އައިފާ ބުނެލިއެވެ. “އައިފާގެ އެބަހުރި ޕޮޓެންޝިއަލް. ކިހިނެތް ވާނީ މިއަށް ވުރެ ބޮޑު ޑީލްއެއް ކޮމްޕެނީއަށް ހޯދައިދި ދިނިއްޔާ؟” ލުތުފީ ބުނެލި ވާހަކައިން އައިފާ މޫނުމަތީގެ ކުލަވަރު ބަދަލަ ވިއެވެ.

“ތިބުނީ؟ އަޅުގަނޑަކަށް ނޭނގުން.” އައިފާ އޮޅުމެއްގެ ތެރޭގައި ހުރެ އަހާލިއެވެ. “މިއުޅެނީ ޝުރޭޒް ކޮމްޕެނީއާއި އެކީ ވަރަށް ބޮޑު ޑީލެއް ހަދަން. އަހަރެން ބޭނުމީ އައިފާ މި ޑީލް ޝުރޭޒްއަށް ޕްރެޒެންޓް ކުރަން. މިކަން ވާނެތަ؟” ލުތުފީ އޮޅުން ފިލުވާދިނުމުން އައިފާ ހުރީ ބަސް ހުއްޓިފައެވެ. އެހައި ބޮޑު ޑީލެއް އޭނައަށް ކުރަން ހަވާލުކުރަމަކީ ޒިންމާ ނެނގޭނެ ވަރުގެ ކަމެއްބާއޭ އޭނާ ހިތަށްއެރިއެވެ. “އައިފާ؟” ލުތުފީ އޭނާގެ ޖަވާބަކަށް އެދުނެވެ. “ސާރ އަޅުގަނޑު..”

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

layaal

Level 310 Stories100 Comments

Other Articles

Previous

ނޭދެމޭ ވަކިވުމެއް… ހާދަހާ ލޯބިވޭ 55

Next

އިންތިޒާރުގައި ހުރިން.. 10

Next
June 18, 2016

އިންތިޒާރުގައި ހުރިން.. 10

Previews
June 18, 2016

ނޭދެމޭ ވަކިވުމެއް… ހާދަހާ ލޯބިވޭ 55

20 Comments!

  1. layaal says:
    June 18, 2016 at 1:49 pm

    so I decided to update it on Saturdays as well. in sha allah tomorrow next part. enjoy and let me know how it is ?

  2. Riu says:
    June 18, 2016 at 1:51 pm

    yayy me first! vvvvvvvvv salhi mihaaru. this is so good. waiting for tomorrow ??

  3. hen says:
    June 18, 2016 at 2:10 pm

    haha.. anekka looth rulhi gadha vaany.. nice..

  4. aish :* says:
    June 18, 2016 at 2:38 pm

    just wow warah reethi waiting for next part <3

  5. Shaai says:
    June 18, 2016 at 2:40 pm

    Wow story vvvvvvvvvv rythi. Avahah up kohdheynan dhw. V interest story.

  6. miroo says:
    June 18, 2016 at 3:08 pm

    vvvvvv nice mi story. keep it up

  7. Ary says:
    June 18, 2016 at 3:10 pm

    varah interesting story eh. can’t wait to see looths reaction! majaa vaane ?

    1. layaal says:
      June 18, 2016 at 5:49 pm

      thanks lets see how he reacts ?

  8. lulu says:
    June 18, 2016 at 3:38 pm

    wow. this is very interesting. huvaa mi loot haadha fonye

  9. aff says:
    June 18, 2016 at 3:53 pm

    alhey layaal haadha rangalhey.. thankxx miadh upkohla dhinyma…story hama habeys ingey .. keep goin ☺☺

    1. layaal says:
      June 18, 2016 at 5:48 pm

      hehe. thank you ?

  10. purplish says:
    June 18, 2016 at 4:12 pm

    dhen anehkaa looth rulhi annanaanee dhw….. varah majaa vaane

  11. Thiths says:
    June 18, 2016 at 4:25 pm

    woow…story is amazing…

  12. Mini*** says:
    June 18, 2016 at 4:57 pm

    Wow … Amaxin……avahaah up kohdhehchey

  13. layaal says:
    June 18, 2016 at 5:49 pm

    thanks all. i’m glad you all like this story ??

    1. aiming mau says:
      June 18, 2016 at 8:01 pm

      Oh it ws soooooo nice…… I cnt wait till tomorrow……. ??????????????????? best of luck……..

  14. Enaash says:
    June 18, 2016 at 7:41 pm

    Looth haadha smart ey v cute story

  15. anash says:
    June 18, 2016 at 8:27 pm

    I hate that type of man’s maafoni vi….

  16. faahi says:
    June 19, 2016 at 12:09 am

    wow! vvvv salhi igey. mihaaru ves mihiri maadhama ah keh madhu vefa

  17. aifaa says:
    June 19, 2016 at 12:28 pm

    V nice

Comments are closed.

Next Episodeދޭނަން ހިތާ ޖާނާ (5)←


All Right Reserved!