Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ސިއްރު ސިއްރުން ހިތޭ މިލްކު ކޮށްލީ ކަލާ… (ހަވަނަ ބައި)

Mishal
June 17, 2016
4 Mins Read
52 Views
63 Comments

“އެންމެ ރަނގަޅު” ޒެކަން ވިސްނާލާފައި ކުރު ޖަވާބެއްދިނީ ބައްޕަގެ އުންމީދުތަކާ ދޭތެރޭގައި ވިސްނާލާފައެވެ. އޭނައަށް އުފަލެއް ނުލިބުނަސް ބައްޕަ އުފަލުގައި ހުންނަތަން ދެކެން ޒެކަންގެ ފުރާނަވެސް ގުރުބާން ކުރަން ބޭނުންވެއްޖެއެވެ.

އާ ހެނދުނަކަށް ލޯ ހުޅުވާލެވުމާއެކީގައި ޔަލަކްގެ ސިކުނޑިއަށް ފުރަތަމަވެސް ބޮނޑިވެގެންއައީ ޒެކަންގެ ޖުމްލަތަކެވެ. ޒެކަންއަށް ނޭނގުނަސް ޔަލަކް ގެ ހިތައް ކިތަންމެ އަނިޔާއެއް އެބަސްތަކުން ލިބިއްޖެއެވެ. ތެދުވާހިތްނުވެފައި އެތައް އިރަކު އޮތުމަށްފަހު ޔަލަކް އެނދުން ތެދުވެ ފާހާނާއާއި ދިމާއަށް ހިނގައިގަތީ މިއަދު ޒެކަންގެ ގެޔަށް ނުދާން ނިންމައިގެންނެވެ.

އާއިލާގެ ހުރިހާ މެމްބަރުންނާއެކީގައި ހެނދުނުގެ ސަޔަށް އިންސާފުކުރަމުން ދިޔައިރު މިއަދު ޔަލަކް އާދަޔާޚިލާފަށް ހިމޭންކަން އެންމެނަށްވެސް ފާހަގަ ކުރެވުނެވެ. އެހެނަސް ކިޔާލްއަށް އިހުސާސްކުރެވުނު ފަޅުކަން އެހެން އެންމެނަށްވުރެ ބޮޑުވުމުން ކިޔާލް ޔަލަކްކުރެން މަޑުމައިތިރިކަމާއެކީގައި ސުވާލުކޮށްލީ ބައްޕައިނުމުން މާބޮޑަށް ސަކަރާތްޖަހަން ނުކެރިގެންނެވެ. ކިޔާލްގެ ސުވާލާއެކީގައި ޔަލަކް އިސް އުފުލާ ކޮންމެ މީހެއްގެމޫނަށް ވަކިވަކިން ބަލާލުމަށްފަހު ކަމެއްނުވެޔޭ ބުނެ ޖަވާބުދިނީ އެންމެންގެ ކުރިމަތީގައި ބުނަން އެޔަށްވުރެ ރަނގަޅު ޖަވާބެއް ނޯންނާނެތީއެވެ. އެކިވާހަކަތައް ދެކެވިގެން ސައި ނިންމާލުމަށްފަހު ޝަރީފް އެންމެނަށް ގޮވާލާފައި ދަނީއޭބުނެލަމުން ގެއިން ނިކުތީ ސްކޫލަށްދާން ތައްޔާރުވެގެންހުރި އީލަކްވެސް ގޮވައިގެންނެވެ. ޔަލަކް ގޮސް ވެއްޓިގަތީ ސިޓިންރޫމުގެ ސޯފާއަށެވެ.

“ހޭއި މިއަދު ކިހިނެއްވެފަ ތި ހުންނަނީ؟” ޔަލަކްއަށް ކޮންމެވެސް ކަމެއްވެއްޖެޔޭ ކިޔާލްގެ ހިތްބުނަން ފެށުމުން ސޯފާގައި އޮތް ޔަލަކްގެ ބޮލުގައި ލޯބިން ފިރުމާލަމުން ކިޔާލްއަހައިލިއެވެ. ކިޔާލް ކިތަންމެ އެކުވެރިކޮށް ލޯބިން އުޅުނަސް އެކަހަލަ ވާހަކައެއް ކިޔާލްކައިރީގައި ބުނަން ނުކެރޭނެތީ ޔަލަކް ހިމޭންކަން އިޚްތިޔާރުކުރިއެވެ. “ދޮންބެ ޑިއުޓީއަށް ނުދާދުވަހެއްތަ؟” ޔަލަކް ބޭނުންވީ ވާހަކައޮޅުވާލާށެވެ. “އެހެންތަ މަންޖެ ގަނޑު؟ ހީކުރީތަ ވާހަކަ އޮޅުވާލެވޭނޭ؟” ކިޔާލް ކުޝަންއެއް ނަގައި ޔަލަކްގެ މޫނުމަތީގައި ޖަހައިފިއެވެ. ޔަލަކް ހީގެންފައި ތެދުވެ ކިޔާލްއަށް އަމާޒުކޮށްފައި އެއްލި ކުޝަން ކިޔާލް ގުދުވެލުމުން ގޮސް ޖެހުނީ ސިޓިންރޫމުދޮރުން ވަން ޒަޔާންގެ މޫނުގައެވެ. “އަޅެފަހެ ތީގެ ދެމީހުން ހުއްޓާލާނީ އެކަކު އަނެކަކުގެ އަތުން މަރުވީމަތަ؟” ސަކަރާތުގައި ބައިވެރިވަމުން ހިނިގަނޑެއްޖަހާލާފައި ޒަޔާންވެސް އެހެން ބުނެލީ ކިޔާލްގެ ކޮނޑުމަތީގައި ބޮނޑިއެއް އަޅާލާފައެވެ.

“މިއަދުވެސް ފެށީދޯ ކިޔާލް. މަންމަ ކިތައް ދުވަހު ބުނާނީ ތިވަރަށް ސަކަރާތް ނުޖަހާށޭ. ކުޑައިރު ތީގެ ދެކުދިންނަށް ސަކަރާތްޖެހުނުވަރު މަދުވެގެންތަ މިހާރުވެސް ތިވަރު ތިކުރަނީ އަޅެ؟ ދަރިފުޅު ޒަޔާންވެސް އެބަހުރިންތަ؟” ކިޔާލްއާއި ޔަލަކްއަށް އަޑުލައިގެންފައި ޝެހެނާޒް ދެން ބަލައިލީ ހިނިއައިސްފައި ހުރި ޒަޔާންއަށެވެ. “މި ޔަލަކް ކުޝަންއިންވެސް އެޖެހީ ޒަޔާންގައިގަ މަންމާ.” ޒަޔާންއަށް އެއްޗެއް ބުނެވުމުގެ ކުރީގައި ކިޔާލް ރާގެއްލާފައި އެހެންބުނެލުމާއެކު ޔަލަކްއަށް ކެތްނުވެގެން ކިޔާލްއާއި ދިމާއަށް ފުންމައިގަތުމާއެކު ނުވިސްނާހުރި ކިޔާލްއަށްވެސް ހަށިގަނޑު ބެލެންސް ނުކުރެވިގެން ދެމީހުން އެއްފަހަރާ ގޮސް ޖެހުނީ ޓައިލްސްތައްމަތީގައެވެ.

ޔަލަކް ބާރަށް ހަޅޭއްލަވައިތީ އަތައްތަދުވެގެންދިޔަ ވަރުންނެވެ. ސިކުންތުކޮޅެއްގެ ތެރޭގައި ވެގެންދިޔަކަމެއްކަމުން ޝެހެނާޒްއަށްވެސް ނުހުއްޓުވުނީއެވެ. “އަޅެ އެވަރަށް ތިސަކަރާތް ހުއްޓަލާށޭ ބުނީމަ.” ޝެހެނާޒް ރޮއިގެންފައި ކަހަލަ ގޮތަކަށްއައިސް ޔަލަކް ކައިރީގައި ކުޑަކަކޫ ޖަހާލިއެވެ. ކިޔާލްވެސް އަވަހަށްތެދުވެ ޒަޔާންއާއި މަންމަގެ އެހީގައި ޔަލަކްގެނެސް ސޯފާގައި ބައިންދާފައި މަންމައަށްބުނެލީ އައިސްޕެކްއެއް ގެނެސްދިނުމަށެވެ. ހަގީގަތުގަވެސް ކިޔާލް ވަރަށް ދެރަވެއްޖެއެވެ. އެހެނަސް ކިޔާލްވެސް ނުވިސްނާ ހުއްޓާ ޔަލަކް އައިސް ޖެހިގަތުމުން ވެއްޓުނީއެވެ. ޔަލަކްގެ އަތުގައި ހިފާ ބަލާލަމުން ކިޔާލް ޔަލަކްއަށް ބަލައިލިއިރު އެދެލޮލުން ކަރުނައިގެ އަސަރުފާޅުވާން ހުއްޓެވެ. ކިޔާލް ބަލައިލިއިރު ޔަލަކްގެ ކަނާއަތުގެ ކުޑަހުޅާދިމާއިން ދުޅަވެއަރަނީއެވެ. ޒަޔާންވެސް ކައިރިވެލާފައި ޔަލަކްގެ އަތައް ރަނގަޅަށް ބަލާލިއެވެ. ކިޔާލް މަންމައަށްގޮވަން އިސްއުފުލާލުމާއެކު މަންމަ އައިސް އައިސްޕެކް ކިޔާލްގެ އަތައް ލައިދީފިއެވެ. ޔަލަކްގެ އަތުގައި އައިސްޕެކް ޖައްސާލަމުން ކިޔާލް ޒަޔާންއަށް ބަލާލިގޮތުން ޒަޔާންއަށް ވިސްނިގެން ފޯނުނަގައި އެމްބިއުލާންސްއަށް ގުޅާލިއެވެ.

ޒެކަންއަށް ހޭލެވުމާއެކު ފުރަތަމަވެސް ބަލައިލެވުނީ އެނދުގެ އެއްފަރާތުގައިހުރި ސައިޑްޓޭބަލްއާއި ދިމާއަށެވެ. ޒެކަންގެ މޫނުމަތިން އިންތިހާއަށް ހައިރާންކަން ފެނިގެންދިޔައީ ސައިޑްޓޭބަލްމަތީގައި ކޮފީ ގެނެސްފައި ނެތުމުންނެވެ. މިއަދު މި ހޭލެވުނީ މާއަވަހަށޭ ހިތައި ފޯނުނަގައި ގަޑިބަލާލުމާއެކު ޒެކަންގެ ހިތް ތެޅިލައިފިއެވެ. 8 ޖަހަނީއެވެ. މިއަދު ކޮފީ ނުގެންނަ ދުވަހަކީ ހެއްޔެވެ؟ ސުވާލު އުފެދިފައި އިން ޒެކަންގެ ހަނދާނަށްއައީ އިއްޔެ ކަންތައްވީ ގޮތެވެ. އެއަންހެންކުއްޖާއާއި ދިމާއަށް ކިޔުނު އެއްޗެއްސެވެ. ޒެކަން އެންމެ ފަހުން ބުނެވުނު ޖުމްލަ ހަނދާންވުމާއެކު ބޮލުގައި ހިފަހައްޓަލެވުނެވެ. އެއީ ބުނަން ޖެހޭނެ އެއްޗެއްނޫނެވެ. ރުޅިއައިއްސަހުރިވަރުން އެހެން ބުނެވުނީ ޒެކަންގެ އިޚްތިޔާރުން ބޭރުގައެވެ. ޒެކަންއަށް ހިތާދިމާއިން މޭގައި އަތުން ފިރުމާލެވުނީ ފުރަތަމަ ފަހަރަށް އެ ކޮފީ ނުލިބުމުން އިހުސާސްކުރެވުނު ފަޅުކަމުގެ ސަބަބުންނެވެ. އެ ކޮފީއަށް ޒެކަން ބޭނުންވެފައިވީ ވަރު އިހުސާސް ކުރެވުމުން އެ އަންހެންކުއްޖާއަށް ގުޅަން ނިންމައިގެން އާލިމްއަށް ގުޅާލުމަށްފަހު ފޯނު ކަންފަތުގައި ޖަހާލިއެވެ.

ޒެކަންއަށް އެތައް ފަހަރަކު އާލިމްދިން ނަމްބަރަށް ގުޅިއްޖެއެވެ. އެހެނަސް ޖަވާބެއް ނުދެއެވެ. ޒެކަން މާޔޫސްވާން އުޅެފައި އެޔަށްވުރެ އަވަހަށް އެ އިހުސާސްގެ މައްޗަށް ރުޅިވެރިކަން ކުރި ހޯދައިގެން ހިތާހިތުން އެ ކުއްޖާއަށް އެއްޗެހިގޮވަން ފެށުނެވެ. އެވަރު އެއްޗެކޭ ބުނެވިގެން ކަންތައް ބޮޑުކުރަންވެގެން ހަމަ ގަސްތުގައި ނައީއެވެ. ނުވިތާކަށް ފޯނުވެސް ނުނަގަނީ ޒެކަންއަށް އެހެން ބުނެވުނީތީ ގޮތްދެއްކެން ވެގެންނެވެ. ރުޅިއައިސްގެން ހުރެފައިވެސް ޒެކަން އޮފީހަށްދާން ތައްޔާރުވާންފެށިއެވެ.

ހޮސްޕިޓަލުން ގެޔަށްއާދެވުމާއެކު ޔަލަކް މަޑުމަޑުން ހިނގާލާފައިގޮސް ކޮޓަރިޔަށްވަދެ އެނދުގައި ހަށިގަނޑުދަމާލީ އަތަށް އޭރުވި ތަދެއްގެ ސަބަބުން ބޮލަށް އެނބުރުން އަރާފައި ހުރީމައެވެ. ޝެހެނާޒްއާއި ކިޔާލް އަދި ޒަޔާންވެސް ޔަލަކްއާއި އެކީގައި އެކޮޓަރިޔަށްވަދެ ޔަލަކްގެ ކައިރީގައި އިށީނދެފައި ކިޔާލް ވަރަށް މަޑުމަޑުން ބެންޑޭޖްކޮށްފައިވާ ޔަލަކްގެ އަތް، ކައިރީގައި އޮތް ބާލީސްމަތީގައި ބާއްވާލީ ކިރިޔާ ހަރަކާތެއްވެސް އެއަތައް ނާންނަހައި ބަލައިގެންނެވެ. ޔަލަކް ކިޔާލްގެ މޫނަށް ބަލާލާފައި ހިނިތުންވެލުމަށްފަހު ލޯމަރައިލީ ދޮންބެ އެހުރީ އަމިއްލަ ނަފްސު ކުއްވެރިކޮށްލައިގެންކަން އިނގޭތީ އެހިޔާލު ދުރުކޮށްދެވޭތޯއެވެ.

“ދެންވެސް ދަރިފުޅުމެން ތިވަރަށް ސަކަރާތް ޖެހުން ހުއްޓާލަންވެއްޖެއެއްނު. ނަސީބެއްނު ޔަލަކްގެ އަތަށް ބޮޑުއަނިޔާއެއްލިބިފައި ނެތްކަން. އެހެންނޫންނަމަ ބައްޕަ ރުޅިވެސް އައީސް ކަންނޭނގެ. މިހާރު ތިޔައީ ކުޑަ ދެކުދިންނެއްނޫނެއްނު. ޔަލަކް ދަރިފުޅު ދެންނުވާނެ އެހާ ސަކަރާތް ބޮޑުކޮށްގެން. ކިޔާލްވެސް އެވަރަށް ޔަލަކް ރުޅިއަރުވައިގެން ނުވާނެ.” ޝެހެނާޒް އެހެންބުނެލީ ޔަލަކްގެ ބޮލުގައި ފިރުމާލަމުން ކިޔާލްއަށް ބަލާލާފައެވެ. ކަށިގަނޑަށް ގެއްލުމެއް ވެފައި ނެތަސް ވެޓުނުއިރު އަތްވިދުމުން އެވަރަށް ދުޅަވީއެވެ. ހޮސްޕިޓަލަށްދިޔައީ އެކްސްރޭނަގައި ކަށިގަނޑަށް ގެއްލުމެއްވެފައިހުރިތޯ ބެލުމަށެވެ. ދެކުދިންނަށް އެތައް ނަސޭހަތެއް ދިނުމަށްފަހު ޝެހެނާޒް  ކޮޓަރިން ނިކުންނަން ހިނގައިގަތީ މެންދުރަށް ކެއްކުމާއިގެން އުޅުމަށެވެ.

ޒަޔާންވެސް އިރުކޮޅަކު އިނދެލާފައި ގެޔަށްދިޔުމަށް ކޮޓަރިން ނިކުންނަން ހިނގައިގަތީ ޔަލަކްއާއި ކައިރިވެލުމަށްފަހު ދަނީއޭ ބުނެލާފައެވެ. ޒަޔާން ނުކުތުމުން ކިޔާލް ބަލައިލީ ފުން ނިންޖަކަށް ގެނބިގެންދިޔަ ޔަލަކްއަށެވެ. “ސޯ ސޮރީ ދޮންބެގެ ޕްރިންސެސް. ދޮންބެއަށް މާފުކުރައްޗޭ ޔަލް” ކުޑަކުއްޖަކާ ވާހަކަ ދައްކާއުސޫލުން ކިޔާލް އެހެންކިޔާލާފައި ކޮޓަރިން ނިކުތީ އަދިވެސް އެއްފަހަރު ޔަލަކްގެ އަތަށް ރަނގަޅަށް ބަލާލާފައެވެ.

ޔަލަކްއަށް ލޯހުޅުވާލެވުނުއިރު އަދިވެސް ކުޑަކޮށް އަތައް ތަދުވެފައިހުރުމުން ބެންޑޭޖްކޮށްފައިވާ ކަނާއަތުގައި ވައަތުން ފިރުމާލަމުން ދެން ހޯދައިލީ ފޯނު އަތުޖެހޭތޯއެވެ. އެނދުމަތީގައި އޮތް ފޯނުއަތުޖެހުމުން ޔަލަކް ގަޑިން ވީއިރެއް ބަލައިލުމަށް ފޯނު އޮން ކޮށްލުމުން ފުރަތަމަވެސް ލޮލުގައި އަޅައިގަތީ ނުދަންނަ ނަންބަރަކުން އައިސްފައިވާ 7 މިސްކޯލެވެ. އެހެންޏާ ޔަލަކްގެ ފޯނަކީ ދުވާލު ހަތަރުދަމު އެއްލާލާފައި އޮތަސް އެޔަށް ގުޅާލާނެ މީހަކު ނުވާ ފޯނެކެވެ. އެހެނަސް މިއަދު އެވަރަށް ގުޅާފައި އެއޮތީ އަދި ނުވެސް ދަންނަ ނަންބަރަކުން އަދި އެހާ ހެނދުނު ގަޑިއެއްގައެވެ. ދެފިކުރެއްގައި އޮވެ ޔަލަކް އެ ނަންބަރަށް ޑައިލްކޮށްލާފައި ކަނފަތުގައި ޖަހައިލިއިރު ހިތުގައިއޮތީ ކާކުކަން ނޭނގޭތީ ކުރެވޭ ސުވާލެވެ.

އެކޮޅުން ހަލޯއޭ ބުނެލިއަޑު އިވުމާއެކު ޔަލަކް ގަނޑުވެއްޖެއެވެ. އެއީ ޒެކަންގެ އަޑުކަން ޔަގީން ކުރަން އެލަފްޒު އެކަނިވެސް ޔަލަކްއަށް ފުދިއްޖެއެވެ. ދެވަނަފަހަރަށް އެކޮޅުން ހަލޯއޭބުނެލުމުން ޔަލަކް ޖަވާބުދިނީ ވަރަށްވެސް މަޑުމައިތިރިކަމާއެކީގައެވެ.

“އަހަންނަށް ކޮފީ ހަދައިދޭން އައިސްދެވިދާނެތަ؟” ޒެކަންގެ އެ ޖެހިލުންކުޑަ ސުވާލުންވެސް ޔަލަކް ސިހިއްޖެއެވެ. އަނެއްކޮޅުން އިއްޔެ އެހުރިހާ އެއްޗެއްކިޔާލާފައި މިއަދު ގުޅާލާފައި އެބުނީ ކޮފީ ހަދަން އައިސްދިނުމަށެވެ. އަޖައިބެއް ކަހަލަ އިންސާނެއް ނޫންހެއްޔެވެ؟

“އަޅުގަނޑު ބަލިވެ މިއުޅެނީ. ވެއްޓިގެން އަތައް ތަދުވެގެން.” ޒެކަންގެ އެދުމަށް ދެކޮޅުނުހެދުމަށް ހިތް އެދި ގޮވަމުން ދިޔައިރުވެސް ޔަލަކް ތެދު ހާމަކޮށްލަމުން ތަފްސީލުކޮށް އޭނަގެ ހާލު އިއްވައިލީ ޒެކަންދެކެ ޖެހިލުންވެފައި ހުރުމުންނެވެ. އެވަރުންވެސް އެހެންބުނާއިރަށް ޒެކަން އެއްޗެއް ނުބުނެ ފޯނުކަނޑައިލުމުން ޔަލަކްގެ ހިތައް ތުނޑުތޫނު ކައްޓެއް ހެރުނުފަދަ އިހުސާސެއް ކުރެވިގެންދިޔައެވެ.

އެދުވަހު މެންދުރުކެއުމުގައި ބައްޕަބައިވެރިވެ ދެއްކި ވާހަކަޔަކުން ޔަލަކްގެ މުޅިދުނިޔެ ސިއްސުވާލިއެވެ. އެހެނަސް ހުރިހާ ކަމެއް ތަފްސީލުކޮށް ކިޔައިދިނުމުން ޔަލަކް އުދުއްސައިގަންނަން ބޭނުންވިއެވެ. އެހެނަސް އެހިތައް ކޮންމެސް ސިފައެއްގައި ބިރުވެރިކަންވެސް ވަދެއްޖެއެވެ.

“ބައްޕަ ދަރިފުޅުގެ ކައިވެންޏަށް ރަނގަޅުކުއްޖަކު ހޯދައިފިން.” މެންދުރުގެ ކެއުމުގެ ތެރެއިން ނާސިރު ޒެކަންއާއި ވާހަކަދެއްކިއެވެ. އެހެނަސް ޒެކަންގެ މާބޮޑު ސަމާލުކަމެއް އެކަމަކަށް ނުލިބުނެވެ. “ކައިވެނީގެ ކުރިން ދަރިފުޅު ޖެހޭނެ އެއްނު އެ ކުއްޖާއާއި ބައްދަލުކޮށްލާ ވާހަކަދައްކާ ހަދާލަން.” އަނެއްކާވެސް ނާސިރު އިއްވައިލިއެވެ. “ނޫން ބައްޕާ. ކޮންމެހެން ބައްދަލު ނުކުރިޔަސް ބައްޕަގެ ހޮވުން އަޅުގަނޑަށްޓަކައި ފުރިހަމަވާނެކަން އަޅުގަނޑަށް އިނގޭ.” ޒެކަން އެހެންބުނެލީ އަންހެނުންނަށް ނަފްރަތުން ފުރިފައިވި އެހިތުގައި ފަރުދާ އަޅާލަމުން މަޑުމައިތިރިކަމާއެކީގައެވެ. “އެންމެ ރަނގަޅު. އެކަމަކު ކައިވެނީގެ ވާހަކަ ދައްކަން ޝަރީފް އެބައޮތް އަންނަ ހުކުރުދުވަހު އެގެޔަށް މެންދުރުކެއުމަށް ދައުވަތުދީފައި. ދަރިފުޅު ކޮންމެހެންވެސް ދާން ވާނެ. ކައިވެނީގެ ކަންތައްތައް ނިންމޭނީވެސް ދެކުދިން ތިބެގެންނު” ނާސިރު އެހެންބުނެލިއިރު އެ މޫނުމަތި އުޖާލާވިވަރު ނުލާހިކު ކައިރިން ފެނުމުން ޒެކަންއަށް ބޯ ޖަހައިލެވުނީ ބޭއިޚްތިޔާރުގައެވެ.

-ނުނިމޭ-

15
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Mishal

Other Articles

Previous

ބާކީވުމުން ހިތް…

Next

އަސަރު 16

Next
June 17, 2016

އަސަރު 16

Previews
June 17, 2016

ބާކީވުމުން ހިތް…

63 Comments

  1. Mishal says:
    June 17, 2016 at 4:06 pm

    Thursday ga up nukurewunyma thi hurihaa readers ge faraathun varah bodah maafah edhen,, I’m so swrii buni dhuwahah up nukohdhewunyma.. alhugandu iyye v bxy koh ulhen jehunyma up nukurevuny.. swrii once again.. hykuran mi part vx hurihaa kudhinnah kamudhaane kamah..

    1. Whathehell says:
      June 17, 2016 at 4:18 pm

      Foohi mishal gandei..bunaa dhuvass fahana alhaa e dhiyaee

    2. hahaha says:
      June 17, 2016 at 4:23 pm

      lwbi lwwbi mishal eh.. bunaa dhuvas fahana alhaa dhiyas stwrii hama vvvvvvvvvv habeyyyyyxxxxx…. ?????

    3. Mishal says:
      June 17, 2016 at 4:23 pm

      I’m so swrii,, i was very bxy yesterday,, 🙁

    4. Mishal says:
      June 17, 2016 at 4:24 pm

      Thnkyu hahaha,, 🙂

  2. amee says:
    June 17, 2016 at 4:24 pm

    Nice… Waiting for next part

    1. Mishal says:
      June 17, 2016 at 4:25 pm

      Thnkyu amee,, 🙂

  3. Ushaa says:
    June 17, 2016 at 4:24 pm

    Vrh salhi mi prtvx… Gdlk mishal.. Waitin 4 de nxt prt…

    1. Mishal says:
      June 17, 2016 at 4:25 pm

      Hei Ushaa thnkyu,, 🙂

  4. eeamy says:
    June 17, 2016 at 4:28 pm

    wow❤wow❤wow❤vvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvsalhi
    hama mishal vareh nethey ee bunaaniii….u r the best mishal???mi part ves v rythii….j va kudhin ney hama mishal ves bxy vedhaane dhw …aee avaru kameh tha dhen…..amyhun kiya ehchehsah alhanulaa igey mishal…….tc..lov yaa??❤

    1. Mishal says:
      June 17, 2016 at 5:59 pm

      Thnkyu so much sweet ee,, :-)❤

  5. Whathehell says:
    June 17, 2016 at 4:31 pm

    Ekam nuliyevennyyaa bunanii keehkuraann miveni dhuvahaku yey stwry up vaanii..meee dhn bodu varu ingey mishal..komme gothehh viyass vaahaka hama habeys..aslu kuda kohh rulhi aii lass v ma…ekam dhn ehn nuvaane kamahh heekuran..nd i’m swrry ingey egothah bunevuniima

    1. hahaha says:
      June 17, 2016 at 4:54 pm

      ey whathehell maa avahah rulhi annanyaa avahah muskulhi vaaneyo?????????ehenveema dhnvx ehaa avahah rulhi naannaathiii…

    2. Mishal says:
      June 17, 2016 at 6:04 pm

      Alhugandu dhogu hadhaakah nun ehen buny,, alhugandu up kurany monday n thursday ga kamah v ma thursday ga up kuran,, alhugandah wagutheh winama up kohdhinymus,, bt i was really bxy,, btw, thnkyu so much inge,, 🙂

    3. Mishal says:
      June 17, 2016 at 7:20 pm

      Its okay,, thnkyu so much inge,, 🙂

  6. nathu says:
    June 17, 2016 at 4:44 pm

    wow mishal amazin stry… jxt luv itt..n i undrstnd ingey.. buxy vx vrne dhw..its ok bunaa dhuvahah up nukuriyas stry rythii v ma enimuny.. thnkx a lt miadhu up khdhinyma + ehaa rythii kh… keep it up.. nxt prt vx up khdhehcheyy asap.. gd lck… ???☺☺

    1. Mishal says:
      June 17, 2016 at 6:06 pm

      Thnkyu so much nathu,, In Sha Allah wil upload ASAP inge,, 🙂

  7. aff says:
    June 17, 2016 at 4:54 pm

    heii mishalooo… story hama varah habbu ingey.. dhen mishal vex bixy vedhaane thaa dhw.. i undrstnd dear.. keep goin☺☺

    1. Mishal says:
      June 17, 2016 at 6:06 pm

      Thnkyu so much aff kolhu,, ??

  8. Ainy says:
    June 17, 2016 at 4:57 pm

    Stwri kury …ehaa dhuvahah fahu hiyy vx fureyvaru nuvi viyya v lwbi mi part vx dhn oiy part vx avahah upp kohladhybaa …

    1. Mishal says:
      June 17, 2016 at 6:07 pm

      Adhi vx kuru tha Ainy? In Sha Allah next part Ainy hiyfureyhaa dhigukohladheynan inge,, 🙂

    2. Mishal says:
      June 17, 2016 at 6:08 pm

      N thnkyu so much inge,,❤

  9. firooo says:
    June 17, 2016 at 5:04 pm

    next part kon irakun up kuranee. vaahaka v reethi

    1. Mishal says:
      June 17, 2016 at 6:09 pm

      In Sha Allah monday ga,, n thnkyu firooo,, 🙂

  10. Saajidh says:
    June 17, 2016 at 5:08 pm

    Mi vaahaka haadha salhiyey… next part avahah up kollahchey… eba v inthizaaru kurevey…

    1. Mishal says:
      June 17, 2016 at 6:10 pm

      Thnkyu Saajidh,, In Sha Allah monday ga up kureweythoa v masahakai kuraanan inge,, 🙂

  11. Thaany says:
    June 17, 2016 at 5:24 pm

    Wow haadha reehchey
    Miah vure dhigukohlla dhyba mishal v molhu ngey..kee it up…❤❤❤❤❤❤

    1. Mishal says:
      June 17, 2016 at 6:12 pm

      Thnkyu alot Thaany,, In Sha Allah next part dhigu kohladheynan inge,, :-)❤

  12. naxnaxoo says:
    June 17, 2016 at 5:28 pm

    vaahaka thahkolhey dhigu kohlun edhen…v interesting… keep the gud work…n upload sooon… ????☺

    1. Mishal says:
      June 17, 2016 at 6:13 pm

      Thnkyu naxnaxoo,, In Sha Allah next part dhigu kohlaanan inge,, 🙂

  13. ?ifaa? says:
    June 17, 2016 at 6:08 pm

    Wow,, vv rythi mi part vx,, kon irakun next part???

    1. Mishal says:
      June 17, 2016 at 6:14 pm

      Thnkyu ifaa,, In Sha Allah monday ga inge,, 🙂

  14. Nuz says:
    June 17, 2016 at 6:19 pm

    Nice mishal.. wen next part ☺

    1. Mishal says:
      June 17, 2016 at 7:21 pm

      Thnkyu Nuz,, In Sha Allah monday ga,, 🙂

  15. Liaa says:
    June 17, 2016 at 6:51 pm

    V V reethi mi story dhaa goi ves adhi concept ves 🙂 Love it <3 Keep it up , gurl 🙂

    1. Mishal says:
      June 17, 2016 at 7:21 pm

      Thankyu so much Liaa,, 🙂

  16. boy says:
    June 17, 2016 at 7:24 pm

    wat is this…ugh soooo boringggggg i hate this stry mi site ga up kura ehme hadii stry….yak????????????

    1. girl says:
      June 17, 2016 at 7:42 pm

      if so btr yu stp reading..huh?????????

  17. munee says:
    June 17, 2016 at 7:32 pm

    vvv nice waitin 4 nexttpart

    1. Mishal says:
      June 17, 2016 at 9:49 pm

      Thnkyu munee,, 🙂

  18. Shaai says:
    June 17, 2016 at 7:46 pm

    Aslu v happy ve . Mishal reders bunaa gothah hadhai dheytha . Luv u mishal….. story vvvvvvvvvv rythi….

    1. Mishal says:
      June 17, 2016 at 9:50 pm

      Thnkyu so much Shaai,, 🙂

  19. Phy says:
    June 17, 2016 at 8:04 pm

    V reethi….kihineh baa vaanee dhn…nxt part ah waitting…bsy nooniyyaa monday ga up kohdhehchey mishal…

    1. Mishal says:
      June 17, 2016 at 9:51 pm

      Dhn waagotheh vx balaany dhw Phy,, okay In Sha Allah,, 🙂 btw,, thnkyu so much inge,, 🙂

  20. rosy says:
    June 17, 2016 at 8:16 pm

    vvvv reethi

    1. Mishal says:
      June 17, 2016 at 9:52 pm

      Thnkyu rosy 🙂

  21. Appy says:
    June 17, 2016 at 8:42 pm

    V v v v rythi mi part vx thanks mishooo alhe Mr coffee mug ah yalak fenunyma kihineh baa vaany ….next part ah wait kureveny …alhe kn dhuvahakun kiyaalan libeyny ….I luv this beautiful story .??????

    1. Mishal says:
      June 17, 2016 at 9:54 pm

      Thnkyu Appy,, hehe neynge dhw waane gotheh vx,, In Sha Allah monday ga up kohdheynan inge,, 🙂 once again thank yu so much,, 🙂

  22. ria says:
    June 17, 2016 at 9:04 pm

    V V V V reethi mi partves.

    1. Mishal says:
      June 17, 2016 at 9:54 pm

      Thnkx ria,, 🙂

  23. laimaan says:
    June 17, 2016 at 9:33 pm

    V reethi mi part vs. Kon irakun next part

    1. Mishal says:
      June 17, 2016 at 9:55 pm

      Thnkyu laimaan,, In Sha Allah monday ga inge,, 🙂

  24. Same says:
    June 18, 2016 at 5:07 am

    wow. v reethi. waiting for next part..

    1. Mishal says:
      June 18, 2016 at 3:34 pm

      Thnkyu Same,, 🙂

  25. natha says:
    June 18, 2016 at 12:04 pm

    Wow, haadha salhiey story dhen kihinehbaa vaany? Neyva hifahahtaalan dho jeheyny!

    1. Mishal says:
      June 18, 2016 at 3:35 pm

      Hehe,, dhn waa gotheh vx ingidhaane thaa dhw natha,, thnkyu inge,, 🙂

  26. RaM says:
    June 18, 2016 at 1:42 pm

    Eiy dhogeh mi story vvvv salhi. Waiting waiting.????

    1. Mishal says:
      June 18, 2016 at 3:35 pm

      Thnkyu so much RaM,, 🙂

  27. Nuz says:
    June 18, 2016 at 3:47 pm

    Story boring v ya just ignore it..don’t read.. dhw mishal.. 😀

    1. Mishal says:
      June 18, 2016 at 10:10 pm

      Labba,, dhw Nuz,, 🙂

  28. Schuhu says:
    June 19, 2016 at 11:19 pm

    Verriii intresting…waiting 4 de nxt part… mish next part mi part ah vuren dhigu vaaane kamah heekuran

    1. Mishal says:
      June 20, 2016 at 11:43 am

      hei thmkyu schuhu,, now uploaded 7th part,,

  29. mooni says:
    June 20, 2016 at 7:36 am

    Plx plx up koddyba avahah…da stry is awesome…???

Comments are closed.

All Right Reserved!