Skip to content
އެސްފިޔަ

އަސަރު 16

“ޔެއާ… އިޒިންޓް ޝީ ހޮޓް؟” އަމީން ރީނާ އަށް އިށާރާތްކޮށް ހީގަންނަމުން ބުނެލިއެެވެ. އެއާއެކު ރީނާއަށް ހީވީ މީހަކު އޭނާގެ މެއަށް ހޫނު ފެން އެއްޗެއް ޖެހިހެންނެވެ. މިހާރު އޭނާއަށް ފެންނަމުން އެދަނީ ކުރީގެ ހިތްހެޔޮ ރަނގަޅު އަމީން އެއް ނޫނެވެ. މިއީ ކޮންތަނެއް ބާވައެވެ؟ އަމީން އަށް މިތަން އެނގެނީ ކިހިނަކުން ބާވައެވެ؟ އަމީން އޭނާ މިތަނަށް ގެންނަން ޖެހުނީ ކީއްވެގެން ހެއްޔެވެ؟ ތަފާތު ސުވާލުތަށް އޭނާގެ ސިކުނޑިއަށް ވެރިވާން ފެށުމުން ބޮލުގައި ކުޑަ ރިހުމެއް އުފެދުނެވެ. އެވަގުތު އެތަނުގައު ތިބި އެންމެންގެ ލޯތަށް އޭނާއާ ދިމާއަށް އަމާޒު ވެފައި ވާތަން ފެނުމުން އޭނާ އިތުރަށް ހާސްވިއެވެ. ދެފަޔަށް ލެވުނުހާ ބާރެއް ލާފއި އޭނާ އެގެއިން ބޭރަށް ދިއުމަށްޓަކައި ދުއްވައިގަތީ އެތަނުގައި ހުންނަން ބޭނުންނުވާތީއެވެ. ގޭގެ ދޮރާށިން ނިކުމެވުނުތަނާހެން އޭނާގެ ގައިގައި ބާރުގަދަ ދެއަތުން ހިފެހެއްޓިއެވެ. އެއާއެކު ރީނާ ހަޅޭއްލަވަން ފެށިއެވެ.

“އޭތް.. މާ ބާރަށް ހަޅޭއްނުލަވާ.. މީހަކަށް އަޑު އިވެއްޖިއްޔާ މާ ރަނގަޅެއް ނުވާނެ..” އަމީން ރީނާ ގެ އަނގަމަތީގައި އަތް އަޅައި ފިއްތާލަމުން ބުނެލިއެވެ. “އާދޭ މަށާއެކު..” އަމީން ރީނާގެ އަތުގައި ހިފައި ދަމަމުން ކަހަލަ ގޮތަކަށް އެގޭ ގޯތިތެރެއަށް ވެއްދިއެވެ. އަދި ރަހުމްކުޑަ ގޮތަކަށް ބިންމައްޗަށް ކޮއްޕާލިއެވެ. އެއާއެކު ރީނާއަށް ރޮވެން ފެށުނީ ބޭއިޚްތިޔާރުގައެވެ.

“އަމީން… ކިހިނެއްތަ އަހަރެން ހަދަންވީ؟ އެއީ ކޮން ބައެއްތަ؟ މީ ކޮންތަނެއްތަ؟” ރީނާ ގިސްލަމުން ސުވާލުތައް އަމުނާލިއެވެ. އޭރުވެސް އޭނާ ބިންމައްޗަށް ވެއްޓުނު ގޮތަށް އިނީއެވެ.

“އޯ ލޯބީ… ތަދުވިތަ؟” އަމީން ރީނާއަށް އޭނާގެ އަތް ދިއްކޮށްލަމުން އަހާލީ ލޯބިން ފުރިގެންވާ ގޮތަކަށެވެ. ރީނާ އެއަތުގައި ހިފަން ނުހިފަން ހުރެފައި ވެސް ހިފީ އަމީން އެހާ ލޯބިން ވާހަކަދެއްކުމުންނެވެ. އޭނާގެ އަތުގައި ހިފައި އަމީން އޭނާ ނެގިއެވެ. އަދި ކުއްލިއަކަށް ރީނާގެ ހަށިގަނޑުގައި ބައްދާލިއެވެ. ނުވިސްނާ ހުރި ރީނާއަށް އޭނާގެ މި ކުއްލި ހަރަކާތުން ކުޑަ ސިހުމެއް ލިބުނެވެ. އަދި ރީނާއަށް ވެސް އަމީން ގައިގައި އޮޅުލައިގަނެ ރޯންފެށުނީ ބޭއިޚްތިޔާރުގައެވެ. ރީނާ ކުޑަކޮށް ހަމަޖެހުމާއެކު އަމީން އޭނާގެ ދެއަތުން ރީނާގެ ދެކޮނޑުގައި ހިފައި ދުރުކޮށްލިއެވެ. އަދި ސީދާ ރީނާގެ ލޮލަށް ބަލަހައްޓައިގެން ހުރެ ވާހަކަ ދައްކަން ފެށިއެވެ.

“ރީ.. ރީ ވަރަށް ބޮޑު ކަމެއް ކޮށްދޭން ވެއްޖެ..” އަމީން ރީނާ ގާތު ބުނެލިއެވެ.

“އަމީން.. ހިނގާ މިތަނުން ދާން… ގޮސްފަ ވާހަކަ ދައްކާނީ..” ރީނާ އަމީންގާތު ބުނަމުން ގެންދިއައެވެ. އޭނާ ބޭނުންވީ އެގެއާ ވީހާވެސް ދުރަށް ދާށެވެ. އެގޭގައި އުޅެމުން ދާ ކުދިންގެ ހުނުމުގެ އަޑު އިވެމުން ދިއުމުގެ ސަބަބުން އޭނާގެ ހިތަށް ނޭނގޭ ބިރުވެރިކަމެއް ވަންނަމުން ދިއައެވެ. އަދިވެސް އޭނާއަކަށް ވާނުވާ ނޭނގެއެވެ.

“ނޫން ރީ.. ޕްލީސް ލެޓްސް ގޯ އިންސައިޑް…” އަމީން ރީނާގެ އުނަގަނޑުގައި އަތް އަޅުވާލަމުން ބުނެލިއެވެ.

“ކީއްކުރަން؟ ކީއްކުރަންހޭ؟ ކީއްކުރަންތަ އަމީން މިތަނަށް އަންނަނީ؟ ކީއްކުރަން އަހަރެން އެތަނަނަށް ގެންދަން ތިއުޅެނީ؟” ރީނާ އަމީން ގެ އަތް ދުރުކޮއްލަމުން އަހާލިއެވެ. އޭރު އޭނާގެ ދެލޯ އަނެއްކާވެސް ފެންކަޅިވާން ފަށައިފިއެވެ. އެއާއެކު އަމީން ރީނާގެ އަތުގައި ހިފައި އަނބުރާލިއެވެ. ވީތަދުން ރީނާއަށް ރޮވެން ފެށުނެވެ.

“ރީތިކޮށް ބުނީމަ ނޭންގުނެއްނު ދޯ އަންނާކަށް…! ކަލެއަށް ޖެހޭނީ ހަމަ އަންނަން..” އަމީން ދަތްކުނޑި ވިކާލަމުން ބުނެލިއެވެ. އޭރު ވެސް އޭނާ ގެންދިއައީ ރީނާގެ އަތަށް ތަދުކުރަމުންނެވެ.

“ދޫކޮށްލާ… ތަދުވޭ ..” ރީނާ ގިސްލަމުން އަމީން ގާތު އާދޭސްކުރަން ފެށިއެވެ. އަމީން ރީނާގެ އަތުން ދޫކޮށްލުމާއެކު އޭނާ އެތަނަށް ކަކޫ މައްޗަށް ތިރިވީ އަމީން ގެ އަމަލުތަށް ހުރިގޮތުން އެ ހިތަށް ކެއްނުކުރެވިގެންނެވެ. އަމީން އަށް އައިސްފައި އެހުރީ ކޮންފަދަ ބަދަލެއް ހެއްޔެވެ؟ އެއްފަހަރު ރުޅިއައިސްގެން ވާހަކަދައްކާފައި އަނެއްފަހަރު ލޯބިން ވާހަކަ އެ ދައްކަނީ ކީއްވެގެން ހެއްޔެވެ؟ އޭނާ ކުރީ ކޮން ކުށެއް ހެއްޔެވެ؟ އަމީން އެހާ ވަރަކުން އޭނާ އެގޭ ތެރެއަށް ގެންދަން އެއުޅެނީ ކީއްވެގެން ހެއްޔެވެ؟ އެގޭތެރެއަށް ވަންނަންވީ އެތަނުގައި ރަނގަޅުކަމެއް ހިނގާނަމަތާއެވެ. އޭނާ ހިތަށް އަރަމުން ދިއައެވެ. އަމީން ކިތަންމެ ވަރަކަށް ކިޔަސް އޭނާ އެތަނަކަށް ނުދާނެއެވެ. އޭނާ އަކީ އެކަހަލަ ވިޔާނުދާ ކުއްޖެއް ނޫނެވެ.

“ހިނގާ ދާން..” އަމީން ރުޅިއައިސްފައި ބުނެލިއެވެ.

“ނުދާނަން… އަހަރެން ދާނީ ގެއަށް… އަމީން ވެސް އަހަރެން ދެކެ ލޯބިވަންޏާ އަހަރެން ކުރަން ބޭނުން ނުވާ ކަންކަން ކުރުމަށް މަޖުބޫރެއް ނުކުރުވާނެ… ހިނގާ ދާން..” ރީނާ ތެދުވެ ވެލިތަށް ފޮޅައި އަމީންގެ އަތުގައި ހިފަމުން ބުނެލީ ހަރުކަށި ރާގެއްގައެވެ. އަދި އަތުގެ ނުފުށުން ދެލޮލުން އައިސްފައިވާ ކަރުނަތަށް ފުހެލިއެވެ. ބަލިކަށިވާކަށް އޭނާ ބޭނުމެއް ނުވިއެވެ.

“ލޯތްބޭ؟” އަމީން އެހެން ބުނުމަށްފަހު މަލާމާތްކުރާ ފާޑަށް ހޭން ފެށިއެވެ. ވާނުވާ ނޭނގޭ ހާލު ރީނާ އަމީންއާ ދިމާ ބަލަން ހުއްޓެވެ. “ކޮން ލޯތްބެއް؟ މަ ނުވޭ ކަލޭ ދެކެ ލޯތްބެއް…. ދުވަހަކުވެސް ނުވަން…” އަމީން ރީނާގެ އަތް ފޮޅުވާލަމުން ބުނެލިއެވެ.

ރީނާއަށް ހީވީ އޭނާގެ މެއަށް ތީރެއް ހަރާލިހެންނެވެ. އަމީން އެބުނަނީ ކީކޭ ހެއްޔެވެ؟ އަމީން އޭނާ ދެކެ ލޯތްބެއް ނުވޭ ހެއްޔެވެ؟ ލޯބި ނުވާނަމަ މިހުރިހާ ދުވަހަކު އަމީން އޭނާ އާ އެކީ އުޅުމުގެ މާނައަކީ ކޮބާހެއްޔެވެ؟ ބޭއިޚްތިޔާރުގައި އަނެއްކާވެސް ގިސްލެވެން ފެށިއެވެ. އޭނާއަށް ކަންތައް މިދިމާވަނީ ކިހިނެއް ހެއްޔެވެ؟ އޭނާގެ ނަސީބު ހަމަ އެހާ ދެރައީ ހެއްޔެވެ؟ އޭނާ ހީކޮއްގެން ހުރީ އަމީން ވެސް އޭނާ ދެކެ ނުލާހިކު ލޯބިވާކަމަށެވެ. ނަމަވެސް އަމީންގެ އަނގައިން ނިކުތް ވިހަ ބަސްތައް ނިކަން ދެކިބަލާށެވެ. ނޫނެކެވެ. މީ އޭނާގެ އަމީން އެއް ނޫނެވެ. އޭނާގެ އަމީން މިހާ ރަހުމްކުޑައެއް ނުވާނެއެވެ. މިއީ އެހެން މީހެކެވެ. ނޫނީ އަމީން ގެ ސިފައިގައި ހުރި ޖިންނިއެކެވެ. އޭނާ ދެކެ ލޯބިވާ އަމީން އޭނާއަކަށް މިހެނެއް ނަހަދާނެއެވެ.

“ދެން ވެސް ގޮތް ދޫކޮއްފަ އާދޭ…” އަމީން ހަރުކަށިކަމާ އެކު ބުނެލިއެވެ. ނަމަވެސް ރީނާ ކެނޑިނޭޅި ނުދިއުމަށް ގަދަ ހަދަމުން ދިއައެވެ. އެންމެފަހުން އަމީން ރީނާއަށް ދިއްކޮށްލީ އޭނާގެ އަތުގައި އޮތް ފޯނެވެ. ރީނާ ފޯނުގެ ސްކްރީނަށް ބަލާލުމާއެކު އޭނާގެ ދެލޯ ބޮޑުވެގެން ދިއައެވެ. ސްކްރީން ގައި ވަނީ އެރޭ ރީނާ އަމީން އާ އެކީ އުޅުނު އިރު ނަގާފައިވާ ފޮޓޯތަކެކެވެ. އޭނާ ގެ ހިތަށް އަރަމުން ދިއައެވެ. މިއީ އަމީން ކޮންއިރަކު ނަގާފައި ހުރި ފޮޓޯ ތަކެއް ހެއްޔެވެ؟ އަމީން އަކީ މިކަހަލަ ކަންތައް ކުރާ އިންސާނެއް ހެއްޔެވެ؟ އައި ރުޅިން ރީނާ މޮޔައެއް ފަދައިން ފަހަރަކު ފޮޓޯއެއް ޑިލިޓް ކުރަމުން ގެންދިއައިރު އެ ދެލޮލުން ހުއްޓުމެއް ނެތި ކަރުނަ ފައިބަމުން ގެންދިއައެވެ.

“ޑިލިޓް ކުރިއަސް އައި ހޭވް ބެކް އަޕް..” އަމީން ހިނިގަނޑެއް ޖަހާލަމުން އޭނާގެ އަތުގައި އޮތް ޕެންޑްރައިވް ދައްކާލިއެވެ.

“ކޯއްޗެއްތަ ކަލޭ މަގޭ ފަރާތުން ބޭނުންވެގެން ތި އުޅެނީ؟” ރީނާ ދަތްކުނޑި ވިކާލަމުން އަހާލިއެވެ. އޭނާއަށް މިހާރު އަމީން އޭނާ ދެކެ ކުޑަކޮށްވެސް ލޯބި ނުވާކަން އެނގި ކަށަވަރު ވެއްޖެއެވެ.

” އެތެރެއަށް ދާންވީ އަހަންނާ އެކީ.. ގޮސް އަހަރެން ބުނާކަމެއް ކުރަންވީ..” އަމީން ހަމަޖެހިލަމުން ބުނެލިއެވެ.

“ބުނެފީމެއްނު ނުވާނޭ ތިކަމެއް..!” ރީނާ ބާރަކަށް ހަޅޭއްލަވައި ގަތެވެ. އޭނާގެ ދެލޯ އޭރު ވަނީ ރޮއި ރޮއި ދުޅަވެފައެވެ.

“ނުގޮސްފިއްޔާ އަހަރެން މި ފޮޓޯތައް ލީކުކޮށްލާނަން… ” ނުލަފާ ހިނުތުންވުމަކާއެކު އޭނާގެ އަތުގައި އޮތް ޕެން ދައްކާލަމުން އަމީން ބުނެލިއެވެ. “ކިހިނެއްބާ ވާނީ ރީ ގެ މައިންބަފައިންނަށް މި ފޮޓޯތަށް ފެނިއްޖެނަމަ؟ އެމީހުން ހިތަށް އަރާނެ ދޯ ހާދަހާ ވިޔާނުދާ ދަރިއެކެ… ހެހެ.. ރީ ގެ ރައްޓެހިންނަށް ރީ އުޅެނީ މިވައްތަރަށްކަން އެނގެއްޖެއްޔާ އެމީހުން ރީ އާ ވާހަކަ ދައްކާނެބާ؟ މުޅި ދުނިޔެއަށް ރީ ބޭޒާރުވެއްޖެނަމަ ރީ ކިހިނެއް އުޅޭނީ؟” އަމީން ރީނާގެ ދަތްދޮޅީގައި ހިފާލަމުން ބުނެލިއެވެ. އޭރު ރީނާގެ މޫނުމަތިން ފެންނަނީ ހާސްކަމެވެ. އަމީންގެ އަތްދަށުން ސަލާމަތް ނުވެވޭނެކަން ރީނާއަށް ޔަޤީންވި ހިނދު އޭނާ އަމީން ބުނި ކޮންމެ ކަމެއް ކުރުމަށް އެއްބަސްވިއެވެ. އެވަގުތު އަމީންގެ ތުންފަތުގައި ކުޅެލީ ހިތްހަމަޖެހުމުގެ ހިނިތުންވުމެކެވެ.

************

ރީނާ އަމީން އާ އެކު އެގޭތެރެއަށް ވަނީ އޭނާގެ ހިތާ ދެކޮޅަށެވެ. ނަމަވެސް އޭނާގެ އަބުރާއި އިއްޒަތް އެހެން މީހުންގެ ކުރިމަތީގައި ރައްކާކުރުމަށްޓަކައި އޭނާއަށް މިކަން ކުރަން މަޖުބޫރެވެ.

“އޭ ވާއޯ.. އަސްލު ވެސް މި ކުއްޖާ ވަރަށް ހޮޓޭ..” އެތަނުގައި އުޅުނު ފިރިހެން ކުއްޖަކު އައިސް ރީނާގެ މޫނުމަތީގައި އަތް ހާކާލަމުން ބުނެލިއެވެ.

“ގައިގަ އަތް ނުލާ…” ރީނާ އެހެން ބުނަމުން އޭނާގެ އަތް ފޮޅުވާލިއެވެ. މިމަންޒަރު ބަލަން ހުރި އަމީންގެ މޫނު މަތީގައި ވާ ރުޅިވެރިކަން ފެނި ރީނާ އިތުރަށް ހާސްވާގޮތް ވިއެވެ.

“ޖަސްޓް ޑޫ ވަޓް އެވާ ދޭ ވޯންޓް ވިތް ދެމް..” އަމީން އައިސް ރީނާގެ ކަންފަތް ބުޑުގައި މަޑުމަޑުން ބުނެލިއިރު އޭނާ ހުރީ ދަތްކުނޑިވިކާފައެވެ. ރީނާއަކަށް އަމީންގެ ބަހަށް ދެކޮޅު ހަދާކަށް ނުކެރުނެވެ. އެމީހުން އައިސް އޭނާއަށް ހެދިހާ ގޮތެއް ހަދަން އޭނާ ދޫކޮށްލިއެވެ. އޭނާ އަކީ ކުޅޭ ކުޅޭ ބުދެއްފަދައެވެ. އެތަނުން އެއް ފިރިހެން ކުއްޖަކު އައިސް އޭނާ އަޅައިގެން ހުރި ބުރުގާ ނަގައި ދުރަށް އެއްލާލި އިރުވެސް ޖެހުނީ ބަލަހައްޓައިގެން އިންނާށެވެ.

“އަމީން… ކެން އައި ހޭވް ހަރ ފޮރ ޓުނައިޓް؟” ކުރިންވެސް ރީނާ އާ ދިމާއަށް ހޮޓް ޗިކޭ ކީ ޕާޓޭ ވައްތަރު ޖަހާ ފިރިހެން ކުއްޖާއައިސް އަމީން ގާތު އެހެން އަހާލިއިރު އޭނާ ގެ މޫނުމަތީގައި ވަނީ ލާނެތް ހިނިތުންވުމެކެވެ.

“ވައި ނޮޓް؟ ރީ ބޭބީ.. ދޭބަލަ އާއްޓޭ އާ އެކީ….” އަމީން ރީނާ ގެ ކޮނޑުގައި ޖަހާލަމުން ބުނެލިއެވެ.

“ކޮ…ކޮންތާކަށް؟” ރީނާ ޖެހިލުންވެ ހުރެ އަހާލިއެވެ.

“ރޫމް އަށް..” އަމީން ހަމަޖެހިލަމުން ބުނެލިއިރު އެމޫނު މަތިން ފާޅުވަމުންދާ އަސަރުތަށް ދެނެގަންނާކަށް ރީނާއަކަށް ނޭނގުނެވެ. އެހެން ފިރިހެނަކާ އެކު އޭނާ ރޫމަކަށް ފޮނުވާއިރު އަމީންގެ ހިތަށް އެއްވެސް އެއްޗެއް ނާރަނީ ހެއްޔެވެ؟ ރީނާ އާއްޓޭ އާ ދިމާއަށް ބަލާލިއެވެ. އޭނާގެ މޫނުމައްޗަށް ނުލަފާ ހިނިތުންވުމެއް ވެރިވެފައިވެއެވެ. އޭނާ ރިނާގެ އަތުގައި ހިފައި ލަތްކެއް ޖަހާލިތަނާ ރީނާ ގޮސް ތަތްވީ އޭނާގެ ތަނަވަސް މޭމެތީގައެވެ.

“ބޭބީ ޔޫ އަރ މައިން ޓުނައިޓް.. ލެޓްސް ގޯ..” އާއްޓޭ ރީނާ އަތުގައި ހިފައިގެން އެތެރޭގައި ހުރި ރޫމަށް ވަންނަން ދިއައެވެ. ރީނާއަށް އަމީންގެ ބަހަށް ކިޔަމަންވުން ނޫން ގޮތެއް ނެތެވެ. އޭނާގެ ނިކަމެތިކަން ހިތަށް އެރުމާއެކު އެދެލޮލުން ކަރުނަ ފާއްދާލިއެވެ.

#~#~#~#~#~#~

“އެރެއަށްފަހު ކޮންމެ ރެއަކު ވެސް އަހަރެން އެތަނަށް ދަން… ނުގޮސްފިއްޔާ އަމީން އަހަންނަށް އެހާވަރަށް ބިރު ދައްކާ… ދެން އެތަނަށް ގޮސް ގޮސް މިހާރު މި ހުންނަނީ އާދަ ވެފަ… ކޮންމެ ރެއަކު އަހަރެން ކޮންމެވެސް ފިރިހެނަކާ އެކީ ގޮތް ގޮތަށް އުޅެނީ އަހަރެން ބޭނުން ވެގެންނެއް ނޫނޭ! އެގޮތަށް އުޅެވޭތީ އަހަންނަށް ހާދަ އުނދަގުލެއް ވެޔޭ… އެކަނި ވާ ކޮންމެ ވަގުތެއްގަ އަހަރެން ހާދަ ވަރަކަށް ރޮމޭ…. މި ހިތަށް ކުރާ އަސަރު އެއްވެސް މީހަކަށް ނޭނގޭނެ… އެ ދުވަހުން ފެށިގެން އަހަރެން އަމިއްލަޔަށް ޤަބޫލުކުރީ އަހަންނަކީ ވެސް އެހާ ނުލަފާ ވިޔާނުދާ ކުއްޖެއް ކަމަށް….އަމީން ހުންނަނީ އަހަރެންނަށް ބިރު ދައްކާފަ ހަމަޖެހިލައިގެން… އަހަރެން އޭނައަށް ކުރި އިތުބާރު… އަހަރެން އޭނާ ދެކެ ހާދަ ލޯތްބެކޭ އޭރު ވީ… އެކަމު އޭނާ އަހަންނަށް ކެހި ދިނީ.. އަހަރެން މި ވަރުގެ ނުލަފާ ވިޔާނުދާ ހަޑި މުޑުދާރު މީހަކަށް ހެދީ ހަމަ އެ އަމީން… ދެން ބުނެބަލަ… އަހަރެން ކިހިނެއްތަ ހަދާނީ؟ އަހަންނަށް އަމީން ބުނާ ގޮތަށް އުޅުން ނޫން ގޮތެއް ނެތް…. ” ވާހަކަ ކިޔައިދިން ނިމުން އިރު ރީނާ އަށް ގިސްލެވެމުން ދިއައެވެ. އެ ދެލޮލުން ހޯސްލާފައި ކަރުނަ ފައިބަމުން ދިއައިރު ހަށިގަނޑުގައި މަޑު ތުރުތުރުއެޅުމެއް އުފެދިފައިވެއެވެ. ރީނާގެ ހާލު ފެނުމުން ޝިކާގެ ހިތުގައި ރީނާ އާ މެދު ހަމްދަރުދީ އުފެދުނެވެ.

“ރީ.. އިޓްސް އޯކޭ… އައި ބިލީވް ޔޫ..” ޝިކާ މަޑުމަޑުން ރީނާ ގައިގައި ބައްދާލިއެވެ. އޭރުވެސް ރީނާ ގެންދިއައީ ގިސްލަ ގިސްލާފައި ރޮމުންނެވެ. ރީނާ ހަމައަކަށް އެޅުމުން ޝިކާ ރީނާގެ އަތުގައި ހިފާލިއެވެ. އަދި ހީލިއެވެ. ރީނާ ވެސް ޝިކާ އަށް ހިނިތުންވުމެއް ރައްދުކުރިއެވެ.

“ދެން ދޭ މޫނު ދޮވެލައިގެން އަންނަން..” ރަތް ވެފައިވާ ރީނާގެ ދެލޮލަށް ބަލާލަމުން ޝިކާ ބުނެލިއެވެ. ރީނާ އެއްވެސް ބަހެއް ބުނުމެއް ނެތި ފާހާނާ އާ ދިމާއަށް ހިނގައިގަތެވެ. ޝިކާ ވިސްނަމުން ގެންދިއައެވެ. ރީނާ  ވެއްޓިފައި އެވަނީ ހާދަހާ ބޮޑު އަނދަވަޅަކަށެވެ. އަމީން އަކީ ހަމަ ރީނާ ބުނި ފަދަ ކުއްޖެއް ބާވައެވެ؟ އެހެންވިއްޔާ އަމީން ހާދަހާ ވާ ގޯހެވެ. އެވަގުތު ޝިކާގެ ލޭ ކެކިގަތް ފަދައެވެ. އަންހެން ކުއްޖަކަށް މިހާ ބޮޑު ދެރައެއް ދީފައި އަމީން އަށް އުފަލުގައެއް ނޫޅުވޭނެއެވެ. ދެއަތް މުއްކަވާލަމުން އޭނާ ކޮޓަރި ދޮރާ ދިމާއަށް ހިނގަމުން ގެންދިއައެވެ.

ރީނާ ނިކުތްް އިރު ޝިކާ ކޮޓަރިން ބޭރަށް ނިކުންނަށް ދަނީއެވެ. އޭނާގެ މޫނުމަތިން އިންތިހާ ދަރަޖައިގެ ރުޅިވެރިކަން ފާޅުވާން ހުއްޓެވެ. “ޝިކާ … ކޮންތާކަށް؟” ރީނާ ގޮވާލިއެވެ.

“އަމީން ގާތަށް..” ޝިކާ ދަތްކުނޑި ވިކާލާފައި ބުނެލިއެވެ. ޝިކާ އެހެން ބުނުމާއެކު ރީނާ ހާސްވިއެވެ. އޭނާ އެހެން މީހަކު ގާތު އެވާހަކަ ދެއްކިކަން އެނގެއްޖެނަމަ އަމީން ވަރަށް ރުޅިއަންނާނެއެވެ. އަތުގައު އޮތް ތުވާލި ހޫރާލުމަށްފަހު ބޮލުގައި ބުރުގަލެއް އަޅައިގެން އޭނާ ޝިކާގެ ފަހަތުން ހިނގައިގަތެވެ.

**********

އަމީން އާއި އަހުސަން އަދި ލިވާން އިނީ ސިޓިންގރޫމް ސޯފާގައެވެ. ޓީވީން ދައްކަމުން ދިޔަ ވާލްޑް ކަޕް ކޮއަލިފިކޭޝަން މެޗް ބަލަން އެ ތިން މީހުން ވެސް ތިބީ ވަރަށް ފޯރީގައެވެ. ބާރަކަށް އަންހެން ކުދިން އުޅޭ ކޮޓަރީގެ ދޮރު ހުޅުވުނު އަޑަށް ތިން މީހުންނަށް ވެސް ސިހިފައި އެދިމާ ބަލާލިއެވެ. ދޮރު ހުޅުވާލައިގެން އެދިމާއަށް ރުޅިވެރި ގޮތަކަށް ބަލަހައްޓައިގެން ހުރި ޝިކާ ފެނި ތިން މީހުންނަށް ވެސް ކުޑަ ހައިރާންކަމެއް ލިބުނެވެ. ބަލަބަލާ ހުއްޓާ ބާރު ހިނގުމެއްގައި ޝިކާ އައިސް އަހުސަން އާއި ލިވާން ގެ މެދުގައި އިން އަމީންގެ މޫނު މަތީގައި ބާރު އެތިފަހަރެއް ޖެހިއެވެ. މަންޒަރު ބަލަން ހުރި ލިވާން އާއި އަހުސަންނަށް ވެސް ލިބުނީ ކުއްލި ސިހުމެކެވެ.

އަމީން ކޯތާފަތް މަތީ އަތް އަޅައިގެން ހައިރާންވެފައި ޝިކާއާ ދިމާ ބަލަން ހުއްޓެވެ. “ޝި..ޝިކާ؟ ކިހިނެއްވީ؟” އަމީން އަށް ބުނެވުނީ އެހިސާބަށެވެ. އަނެއްކާވެސް ޝިކާ ދެވަނަ ފަހަރަށް އަމީންގެ އަނެއް ކޯތާފަތް މަތީގައި ހުރި ބާރެއް ލާފައި ޖަހައިފިއެވެ.

“ކިހިނެއްހޭ ވީ؟؟ ވީކަމެއް ނޭނގޭތަ؟” ޝިކާ ރުޅިއައިސްފައި އަމީން އާ ދިމާއަށް ހަޅޭއްލަވައިގަތެވެ. އޭރުވެސް އަމީން ޝިކާއާ ދިމާއަށް ވާނުވާނޭނގި ބަލަމުން ގެންދިއައެވެ.

“ވާނުވާ ނޭނގޭ ކަމަށް ހަދާނެ ކަމެއް ނެތް… ނިކަމެތި އަންހެން ކުއްޖެއްގެ ދިރިއުޅުން ހަލާކުގެ ތެރެއަށް ވައްޓާލާފަ…” ޝިކާ ބުނެލިއެވެ. އަންހެން ކުދިން ކޮޓަރި ދޮރުމަތީގައި ބުދެއްހެން ދެލޯ ބޮޑުކޮށްގެން ހުއްޓި ހުރި ރީނާ ފެނުމުން އަމީން އަށް ހުރިހާ ކަމެއްވެސް ސާފުވިއެވެ. ރީނާ އާ ދިމާއަށް އަމީން ބަލަން ފެށުމުން ޝިކާ އިތުރަށް ރުޅިގަދަވާ ގޮތް ވިއެވެ. އަނެއްކާވެސް އަމީންގެ މޫނަށް އެތިފަހަރެއް ވީއްލާލަން އަތް ނެގި ތަނާ އެއަތުގައި ލިވާން ހިފެހެއްޓިއެވެ. އޭނާ އާއި އަހުސަން އާ ދެމީހުން ޝިކާގެ ދެއަތުގައި ހިފައި ދުރަށް ގެންދަންފެށިއެވެ.

“ދޫކޮއްލާ އަތުން.. މީ ވަރަށް ނުލަފާ އިންސާނެއް.. އިންސާނެއްގެ ސިފައިގައި ހުރި އިބިލީހެއް..” ލިވާން މެން އޭނާ ދުރަށް ގެންދަން ފެށުމުން ޝިކާ ހަޅޭއްލަވައިގަތެވެ. ނަމަވެސް އިތުރަށް ގަދަ ނަހަދާ ލިވާންމެންނާ އެކީ ޝިކާ ދިއައެވެ.

އަމީން ވެސް އަވަސް އަވަހަށް ކޮޓަރިއަށް ގޮސް ދޮރުޖެހީ ވައްކަޅިން ރީނާ އާ ދިމާ ބަލާލަމުންނެވެ. އެތެރެއަށް ވަދެ އެނދަށް ވެއްޓިގަތީ ޝިކާ ޖެހިތަނުގައި މަޑުމަޑުން އަތް ހާކާލަމުންނެވެ. ޝިކާގެ ރުޅިވެރި ބަސްތަށް އޭނާގެ ސިކުނޑީގައި ގުގުމަމުން ދިއައެވެ. “މީ ވަރަށް ނުލަފާ އިންސާނެއް.. އިންސާނެއްގެ ސިފައިގައި ހުރި އިބިލީހެއް..” ބޮލަށް އުނދަގޫވާން ފެށުމުން އޭނާ ދެއަތުން ބޮލުގައި ހިފަހައްޓާލިއެވެ. އެވަގުތު އޭނާގެ ފޯނަށް މެސެޖެއް އައެވެ.

“އަހަރެން ނުބުނަން.. ރޭގަ އޭނަ އަހަރެން ފަހަތުން އެތަނަށް އައީ..” ރީނާ މެސެޖްކޮށްފައި އޮތެވެ. ފުން ނޭވައެއް ދޫކޮށްލުމަށްފަހު އަމީން އޭނާގެ ފޯނު ހޫރާލިއެވެ. އެވަގުތު ފޯނު ބިންމައްޗަށް ވެއްޓި ސްކްރީން ތަޅައިގެން ދިއައެވެ. އޭނާ ރީނާ ދެކެ ރުޅިއެއް ނާދެއެވެ. އޭނާގެ ހިތަށް އުނދަގޫވަނީއެވެ. ޝިކާ ޖެހުމުން އޭނާގެ މޫނުމައްޗަށް ތަދު ނުވާވަރަށް ޝިކާގެ ރުޅިވެރި ބަސްތަކުން އޭނާގެ ހިތަށް ތަދުވެއްޖެއެވެ. އަންހެން ކުއްޖެެއްގެ ކުރިމަތީގައި އޭނާ ދުވަހަކުވެސް ނިކަމެތި ވާގޮތެއް ނުދައްކައެވެ. ނަމަވެސް މިއަދު އޭނާއަށް ޝިކާގެ ކުރިމަތީގައި ޗުއްޕު ވެސް ބުނެލާކަށް ނުކެރުނެވެ. އެއީ ކީއްވެގެން ހެއްޔެވެ؟ އޭނާއަށް ޝިކާ ފެންނަނީ ނުލާހިކު މާތް ކުއްޖެއްގެ ގޮތުގައެވެ. ނަމަވެސް ޝިކާވެސް އެއީ ހަމަ އަންހެން ކުއްޖެއް ނޫންހެއްޔެވެ؟ ދެން އޭނާއަށް ޝިކާ އާ ދޭތެރޭ އެހެން ގޮތަކަށް ދެކެވެނީ ކީއްވެގެން ހެއްޔެވެ؟ މިއަދު ޝިކާ އޭނާއަކީ ނުލަފާ މީހެކޭ ބުނުމުން އޭނާއަށް ކުރެވިފައިވާ ހުރިހާ ކަމަކާ މެދު ދެރަވެއްޖެއެވެ. އެއީ ކީއްވެގެން ހެއްޔެވެ؟ މިހުރިހާ ދުވަހު މީހަކު އޭނާއަށް ނަސޭހަތެއް ދިނަސް އޭނާގެ ހިތަށް އެކައްޗެއްވެސް ނާރައެވެ. ނަމަވެސް މިޔަދު..މިޔަދު ކުއްލިއަކަށް މިހެން މިވީ ކީއްވެގެން ހެއްޔެވެ؟ އޭނާ ކުރި ހުރިހާ ކުށެއް އޭނާއަށް އިހުސާސްވެއްޖެއެވެ. އޭނާއަށް ކުރެވިފައިވާ ކަންތައްތަކާމެދު އޭނާ ދެރަވެއްޖެއެވެ. މަޑުމަޑުން އޭނާގެ ލޮލުން ކަރުނަތިއްކެއް ވެއްޓުނެވެ.

***********

“ޝިކާ… ކިހިނެއްތަ ވެގެން މިއުޅެނީ…؟ ހަމަޖެހިބަލަ..” ލިވާން އަހާލިއެވެ. އޭރުވެސް ޝިކާ ހުރީ ރުޅިއައިސް ރަތް ވެފައެވެ. މަޑުމަޑުން އޭނާ ފުންނޭވާތަކެއް ދޫކޮށްލުމަށްފަހު ހަމަޖެހިލިއެވެ. އަދި ވަކި ވަކިން ލިވާން އާއި އަހުސަންގެ މޫނަށް ބަލާލިއެވެ. އެދެ މޫނުމަތިންވެސް ފެންނަނީ ހާސްކަމާ ހައިރާންކަމެވެ.

“ތީ އަމީން ކަހަލަ މީހުންތަކެއްތަ އަނެއްކާ؟” ޝިކާ ދެމީހުންނާ ދިމާއަށް އިނގިލި ދިއްކުރަމުން އަހާލިއެވެ. އެވަގުތު ލިވާން އާއި އަހުސަން ވާނުވާނޭނގޭ ހާލު ދެމީހުން ދެމީހުންނަށް ބަލާލިއެވެ.

“ވަރަށް ގޯސްކަންކަން ކުރާ ބައެއްތަ ތީ؟” ޝިކާ އަނެއްކާ ވެސް އަހާލީ އެދެމީހުންގެ ފަރާތުން ޖަވާބެއް ނުލިބުމުންނެވެ. އެހެން ބުނުމާއެކު ދެމީހުން އެއްފަހަރާ ބޯހޫރާލީ ނޫނެކޭ ބުނުމުގެ ގޮތުންނެވެ. އަދި ވެސް އެދެމީހުން ތިބީ ސިކުނޑީގައި ސުވާލުމާކެއް ޖަހައިގެންނެވެ.

“އަސްލު ކިހިނެއްތަ ވީ؟” އަހުސަން ޝިކާ ގާތު އަހާލީ ވާނުވާ އޮޅުންފިލުވަން ބޭނުންވެފައި ހުރިލެއް ބޮޑުކަމުންނެވެ. ޝިކާ ބުނަން އަނގަހުޅުވާލި ނަމަވެސް އޭނާގެ ހަރަކާތަށް ހުއްޓުން އެރީ ފަހަތުން މީހަކު އޭނާގެ ކޮނޑުގައި އަތް ބާއްވާލުމުންނެވެ. ޝިކާ ފަހަތް ބަލާލިއިރު ރީނާ އޭނާގެ ބޯހޫރުވާލީ ނުބުނާށޭ ބުނާ ފަދައިންނެވެ. ޝިކާ ހީލުމަށްފަހު ބޯޖަހާލިއެވެ. އަދި ވެގެން އުޅޭގޮތް ފަހުން ކިޔައިދޭނެކަމަށް އަހުސަން މެން ގާތު ބުނެ އެދެމީހުން ހަމަޖައްސާލުމަށްފަހު ރީނާ އާ އެކީ ކޮޓަރިއަށް ދިއުމަށް ހިނގައިގަތެވެ.

(ނުނިމޭ)

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (43)

  1. Liaa

    Hllw all… Hope kuran mi bai ves hurihaa kudhinnah kamudhaane kamah….. And for all ur information, next week in feshigen liaa varah busy vaane.. Ehen veema thankolheh lahun next part up kureveyny… Iraadha kurehviyyaa next week ge sataday ge kurin up koh dheynan… I hope you all can understand … 🙂 oh and feel free to leave ur comments ..

  2. aree

    haaaaaaaaaaaaaah….!!! mi stry up veythw hama bala balaa miinee.. stry vrh vrh vrh nice… hama vrh habeyss..☺☺☺☺☺ ekm mi prt thnkolheh kuru hen heevey.. dhn vedhrne faharehgga aree kurinvx buniihen aree maa kiyaahithun innaathee kuruhen heevanee eyy… dhn neynge dhw… ?? nxt prt vx vrh kiyaalaa hithun myny…. avahah up kohlladhehcheyyy Liaaa… gd lck.. n nxt prt vx dhigu koh up kohdhehcheyy..?☺?☺?☺?

    1. aree
      aree

      owwwh ehnthr liaa.. okay dhn ehnvejjiyyaa…i undrstnd.. ??? anyway me 1st…, yeyyyyyy ??????

    2. Liaa
      aree

      Thankyew aree for ur support 🙂

  3. Asyla

    Well. This story is awesome?

    1. Liaa
      Asyla

      Thankss Asyla 🙂

  4. Thaany

    Liaa haadha ragalhey thihaa avahah up kuraathy ve hehe v v v v nice ngey anehkka amyn shika ah dhera gotheh nuhadhaanetha eynayah vissnuneetha…shikaa haadha gadha ey v v reethi keep it up..liaa..koba choclate ge waahaka annane irakah mihaar mi wait kurany…❤❤❤hama up nukohgn balabala mihunnany hehe finally emne furathama thaany ah mi cmt kurevuneee…

    1. Liaa
      Thaany

      Thankyew Thaany , u sweet gurl <3

  5. irushaa

    Vvvvvvv salhi and huriha boys shika aa hedhi ameen ves haadha bad ea dho ahusan Leevan ah kiyaa dhean dho jehanee and waiting for next part☺☺☺

    1. Liaa
      irushaa

      Thank u irushaa 🙂

  6. Aishu

    Wow wow wow jus wow hama im speechless… V reethi

  7. Same

    wow v nice….

    1. Liaa
      Same

      Thank u same 🙂

  8. Thaany

    Aree thaany liye liye hutta dw thi post kohlle hehe fist nulibunee hehe..okey..???

    1. Liaa
      Thaany

      Hihi 🙂

  9. Anee

    wow so everyone is inlove with shika..interesting..:-)

    1. Liaa
      Anee

      Thank yew Anee 🙂 keep reading inge

  10. Shiman

    ?

    1. Liaa
      Shiman

      Thank u Shiman 🙂

  11. Ushaa

    Wow liaa.. miprtvx vrh salhi.. nd e ameen haadha gohey dw.. Gdlk 4 de nxt prt… Keep it up… Luv dis stwrii…

    1. Liaa
      Ushaa

      Ushaa 🙂 Thankss

  12. aff

    alhey liaa mi ver kihineh .. 4 boys loabivany shikhaa dheke.. gaimu enme shikha dheke loaiybeh nuvaane thaa dhw.. alhey shikhaa libeyny kaakah baa.. keep going reethi ☺☺

  13. aff

    Enmeh Hageeegee loaibeh nuvaane thaa dhw *

    1. Liaa
      aff

      Dhw aff… lets see dhw wat hppns 🙂

  14. faathimaa

    mi part vx vrh salhi.. waiting for next part…

  15. rafa

    Alheyyy ehentha ????? but will b waiting for da next part…v v v nice mi partvx ???????

  16. Aimsithu

    Wow… varah reethi mi part ves. .. waiting for next part..

  17. Suha

    Hi. V reethi Mi story ge Mi part.. V loabi story eh mee. Aslu shikaa aky v reethi kuhjjeh dho. Ekam Mi story ge part eh ga bunefa in shikaa aky kalhu kuhjjekey… Reethi kuhjjeh nooney….???? I WANT to know more about her…..

    1. kokkee
      Suha

      Rangalhah story nukiyaa I want to know more ey eba kiya ehnu….. Story ga bunefa iny shikaa akee maa dhon noon kujjekey… Dhen fahun eyna dhon vefa fala veenu kuriyah vureh…… So, wats there to brag aboutt??? Vaahaka rangalhah kiyaalabala dhw… nukiyaa thihen ehches kiyan jeheytha??

  18. Appy

    Owww …haadha salhi ey mi part vx ..shika haadha hiyyvaru gadha ey dhw …ok liaa u r best writer v avahahh up kuramehnu ehenvyma eh part las viyas eh vx shakuvaaehneh ☺ hama waiting ga hunnaanan ekam v v kiyaa hiyy vaane mu story Cox I luv this story ….miss u ????

  19. Blueish

    Woooooooooow. Haadha reechey. Hama moya vejje
    This is my favourite story. Hehehe. LIAA aslu haadha molhey. I love your story. Thankolheh lahun nelliyas ok hafthaa aku eh faharu kiyeane ennu

  20. Xaan

    Wow haadha salhiyey avas avas

  21. meera

    V reethi…….. m waiting for the next part…….☺☺☺☺

  22. xprincess

    woooww!! hadha salhi ey.. lov this story!!! Lov it so much <3<3

  23. harry

    Wow! i really like that grl ,Shikaa … rangalhah shikaa thi hedhy! tht ameen really deserved a slap on his facE 😀 hahah… Oka … I will wait… <3 and by the way ur my FAV writer …

  24. kokkee

    I like this story.. Its just like a typical teenager’s life <3

    1. H
      kokkee

      Typical teenager ???????huh!

  25. Potsy

    Typical teenager ey?

  26. yoyo

    Liaa .. WOw ey hama buneveyny.. Ehaa ves salhi… hama waiting ga mi hury 🙂 Ahusan aa shikaa aa gulheyne nama dhww <3 hehe

  27. yoyo

    warah warah reeethiiii <3 am waitingggggggggggggggggggggggggggggggggggggggggggggggggggggg 😀

  28. shima

    Seriously what is this?? Livaan loves shika…thamin loves shika…ahsan loves shika…and ameen loves shika…dhan nei Tha shika ah hiy kiyan boy kuhjeh… mi love circle eh Tha? ?

  29. meera

    Waiting for the next part….avasssss

  30. Liaa

    Mi story dheke lobivaa hurihaa kudhinnah shukuriyyaa 🙂 <3

Comments are closed.