Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ކުއްޅަވަށްފާ(6 ވަނަބައި)

leem
June 16, 2016
5 Mins Read
35 Views
22 Comments

އެދުވަހުގެ މެންދުރުފަހު އަހަރެންނާއި ކޮއްކޮ އަދި ޝަހުދު ބައްދަލުކުރީމެވެ.ބޭނުމަކަށްވީ ނާދް އާއި ބެހޭގޮތުން މަޝްވަރާކުރުމެވެ.. “މިއަދު ހެނދުނު އަޒްހާން ގުޅި އަހަންނަށް.. ބުނި ޕޮލިހަށް އަންގައިފީމޯ ..އަސްލު ކުރިން އަހަރެންނާއި ވާހަކަދައްކަ ދައްކާފައި،ރަޝާއަށް އިންޒާރު ދިންފަހުންނުގުޅެނީ.. ވާނުވާއެއްނޭންގެ. ބޯހަލާކު”  ޝަހުދު ބޮލުގައި ދެއަތުން ހިފަހައްޓާލިއެވެ. އެވަގުތު އޭނާގެ ފޯން ރިންގްވާންފެށިއެވެ. އޭނާ ފޯނުނަގާ އެކޯލަށް ޖަވާބުދިނެވެ. “ހަލޯ!.. އާދެ!.. އަޅުގަނޑު މިދަނީ އިނގޭތޯ.!ލައްބަ!” ޝަހުދު ފޯން ކަނޑާލަމުން އަހަރެމެންގެ މޫނަށް ބަލާލިއެވެ.. ސުވާލެއް ނުކުރެވިއުޅެނިކޮށް އޭނާ ވާހަކަދައްކަން ފެށިއެވެ. “ޕޮލިހުން އެގުޅީ..އަހަރެމެން ގޭގަޔޯ އެތިބީ.ބައްދަލު ކޮށްލަން ބޭނުމޯ.. ހިނގާބަލަ މަށާއެކު..” އެހެންބުނުމާއިއެކު އޭނާ ތެދުވެގެން ހިނގައިގެންފިއެވެ.އަހަރެމެންވެސް އޭނާގެ ފަހަތުން ހިނގައިގަތީމެވެ.

އަހަރެމެން ޝަހުދުމެން ގޭދޮށަށް ދިޔައިރު ރަށު ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ތިން ފުލުހަކު، ޝަހުދު މަންމައާއި ވާހަކަދައްކަން އެގޭ ގޯތިތެރޭގައި ތިއްބެވެ. ޝަހުދު އާއިއެކު އަހަރެންނާއި ކޮއްކޮ އެތެރެއަށް ވަދެގެން އައުމުން ޝަހުދު މަންމަ ހައިރާންވެފައި ބަލަން ހުއްޓެވެ.ސަބަބަކީ އެއްރަށެއްގައި އުޅުނަސް އަހަރެމެންނަކީ ޝަހުދުއާއި އެއްކޮށް މީގެކުރިން މާ ގާތްކޮށް އުޅުނު ބަޔަކަށް ނުވެފައި އެގެއަށް އާއްމުކޮށް ވަދެއުޅޭ ބަޔަކަށްވެސް ނުވީތީއެވެ.. އަހަރެމެންގޮސް އެމީހުންކައިރީ ހުއްޓުނީމެވެ. އެވަގުތު އެތަނުން އެކަކު ޝަހުދު އާއި ވާހަކަ ދައްކަންފެށިއެވެ. ކަންތައްތައް ވެގެންދިޔަގޮތް ޝަހުދު ކިޔައިދެމުން ދިޔައެވެ.އަހަރެން އަދި ކޮއްކޮވެސް އެމީހުން  ކުރި ސުވާލުތަކަށް ޖަވާބު ދިނީމެވެ.. “މިހާރު ތި ތިންމީހުންގެ ވާހަކަތަކާއި އަސްނާދްގެ ކޮއްކޮ އަޒްހާންގެ ވާހަކަތަކުން އަޅުގަނޑުމެނަށް އެނގިއްޖެ އަސްނާދް ވީ ބައެއްގެ ނޫނީ މީހެއްގެ އަތްދަށުގައިކަން.ދެން މޫސަ އާއި މެދު ޝައްކުވާކަމަށްވެސް ބުނުއްވައިފި. އެހެންވީމަ އަޅުގަނޑުމެން ތި މައްސަލައާއިގެން ކުރިއަށް ދާނަން. އިތުރު ކަމެއް ބޭނުންނަމަ އަޅުގަނޑުމެން ގުޅާލާނަން” . އެއަށްފަހު އަހަރެމެންގެ ނަމްބަރު ނަގައިގެން އެ ތިން ފުލުހުންވެސް އެގެއިން ނިކުމެގެންގޮސްފިއެވެ.

އެދުވަހުގެ ހަވީރުވެގެން އައިއިރު ޓީވީތަކާއި ރޭޑިޔޯ ތަކުން އެއްއަޑަކަށް ކިޔަނީ އެއްވާހަކައެކެވެ.ނާދް ގެއްލުނު ވާހަކައެވެ.އަދި އެކަމާއި ގުޅިގެން މޫސަ ހައްޔަރު ކުރިވާހަކައެވެ.އޭނާ އަތުންވަނީ ނާދްގެ ފޯންވެސް ފެނިފައެވެ.ނަމަވެސް އޭނަ ނާދް ވަގަށް ނެގިކަމަށް އެއްބަހެއްނުވެއެވެ.

ޖެހިގެންއައި ދުވަހުގެ ހަވީރެވެ. ހާދީބެ އަންނަ ދުވަސްކަމުން މާމަ ގާތު އެވާހަކަ ބުނީމެވެ.އަދި ގޭގައި ހުސްކޮށްހުރި ކޮޓަރި ސާާފުކޮށް ހާދީބެއަށް އަހަރެމެން ގޭގައި ހުރެވޭނެގޮތް ހަދައިދިނީމެވެ.. މަންމައާއި ކޮއްކޮގާތުގަވެސް އަހަރެންބުނީ މާމަގެ ރައްޓެއްސަކު އަންނަ ވާހަކައެވެ.މަންމަ އެކި ވަރުވަރުން އެހިއެވެ.އެހެންނަމަވެސް އެމީހަކު އައުމުން އެއީ ކާކުކަން އެނގޭނެއޭބުނެ އަހަރެން އެވާހަކަ ހިންދާލީމެވެ.އެއަށްފަހު އަހަރެންނާއި އިޝާ އަދި ކޮއްކޮދިޔައީ ބޯޓުލަފާތަނަށެވެ.މާމަވެސް ގެންދިޔައީމެވެ.އެއީ މާމަގެ ރައްޓެއްސަކަށްވެފައި،އަހަރެންނަށް ހާދީބެ ފެނުނަސް ވަކިކުރަންވެސް ނޭންގޭނެތީއެވެ. ބޯޓު ކައިރިކޮށްލުމާއިއެކު މީހުންތައް ފައިބަންފަށައިފިއެވެ.ހުދުކުލައިގެ އަތްދިގު ގަމީހަކާއި ގޮޅިޖެހި ހުދުމުންޑެއްލައި ބޮލުގައި ހުދު ތާކިހަލެއް އަޅާފައިހުރި މީހަކު ބަޯޓުން ފޭބުމާއިއިެކު،މާމަ އަހަރެންގެ އަތުގައި ކޮއްޓާލުމަށްފަހު އެމީހާ ދައްކާލިއެވެ. އަދި ހުދް މާމަވެސް ހިނިތުންވެލާ އެމީހާއަށް އަތުން ހަނާއަޅާލިއެވެ. ހާދީބެ އައިސް، މާމައަށް ސަލާމްކޮށްލީ އިސްލާމްދީނުގެ ރިވެތި ސަލާމުންނެވެ. މާމެވެސް ހަމަ އެފަދައިން ސަލާާމަށް ޖަވާބުދިނެވެ. ކޮއްކޮ އަވަސްވެގަތީ ހާދީބެގެ ފޮށިތަންމަތި ބާލަދޭށެވެ..ހާދީބެ އަހަރެންނާއި ދިމާއަށް އެނބުރިލާފައާި ހީލިއެވެ.” ކޮބާ ކޮއެފުޅުދޯ ބޭބެއަށް ގުޅީ؟އެނގިއްޖެ ފެނުމާއިއެކު.އެކޮއެ ބައްޕައާއިވިއްޔަ ވައްތަރީ.”ހާދީބެ ބުނިބަހަށް އަހަރެން ހީލީމެވެ.. ބައްޕަގެ ވާހަކަދެއްކުމުން މީގެކުރިންނުވާ އުނދަގުލެއް މިހާރު ހިތަށްވެއެވެ…”ކޮއެފުޅާ ބޭބެ އާއިއެކު ގެއަށްގޮސް ފުރަތަމަ ބޭރުގައި މަޑުކޮއްލާތި އިނގޭ.ބޭބެ ބުނީމަ ގެއަށް ވަންނާނީ އިނގޭ”.. އަހަރެން އާއެކޭބުނެ މާމައަށް ބަލައިލީމެވެ.މާމަގިެ މޫނުން ހިތްހަމަޖެހިފައި އިންކަން އެނގެއެވެ.މިކަންތައްތަކުން ސަލާމަތްވާނެކަމުގެ ފޮނި އުއްމީދުތަން ހިތުގައި އޮތީކަމަށް ވެދާނެއެވެ. ހުދް އަހަރެންގެވެސް ހިތުގައިވަނީ އުއްމީދުގެ އަލިކޮޅެއް ދިއްލިފައެވެ. ކޮއްކޮ ހިފައިގެން އައި ބަރޯޔަށް ހާދީބެގެ ފޮށިތަންމަތި ލައިގެން ހިނގައިގެންފިއެވެ. އަދި އަހަރެންވެސް ގެއަށްދާން ހިނގާށޭބުނެ މާމަ ގޮވައިގެން ހިނގައިގަތީމެވެ..

ގޭ ގޯތިތެރެއަށް ވަންނަން ހުންނަ ދޮރުކައިރިއަށް ހާދީބެ ހުއްޓުނެވެ.އަދި ޖީބުން ތަސްބީހަފަށްޗެއް ނަގައިގެން މަޑުމަޑުން ކޮންމެވެސް އެއްޗެއް ކިޔަންފެށިއެވެ.އެއަށްފަހު އަހަރެންގެ ކަނާއަތުގައި ހިފައިގެން ބިސްމި ކިއުމަށްފަހު ގޯތިތެރެއަށް ވަދެއްޖެއެވެ.އަދި ގޭތެރެއަށްވަންނަ ދޮރުކައިރީވެސް މަޑުކުރުމަށްފަހު ހަމަ އެގޮތަށް ކަންތައް ކޮއްފިއެވެ.. އޭރު އެމަންޒަރުބަލަން ކޮއްކޮއާއި މަންމަ ހައިރާންވެފައި ތިއްބެވެ. އިޝާވެސް މާމަގޮވައިގެން އައިސް ގެއަށް ވަދެއްޖެއެވެ.

ގެއަށްވަދެ ހަމަޖެހިލުމަށްފަހު، ހާދީބެ ހުރިހާ ވާހަކައެއް މަންމައަށް ކިޔައިދިނެވެ.ކޮއްކޮވެސް ވާހަކަތައް އަޑުއަހަމުންދިޔައީ ހައިރާންކަމާއި އެކުގައެވެ… ބައްޕަ ގެއްލުނު ހާދިސާއަށްފަހު ހާދީބެ ކުރި މަސައްކަތުން އެއްވެސް ކުރިއެރުމެއް ނުލިބުމުން މަންމަ ވަނީ ހާދީބެއަށް އިތުބާރު ކަނޑާލާފަކަން އެނގޭކަމަށާއި ނަމަވެސް މިފަހަރު ދޭތިން އެކަށްޗަށް ހިފާނެކަމަށްބުނެ، މަންމައަށް ހާދީބެ ހިތްވަރުދިނެވެ.މަންމަ އެވާހަކަތައް އަޑުއަހަމުން ދިޔައިރު އިނީ އިސްޖަހައިގެންނެވެ.ލޮލުން އޮހިގަންނަންހުރި ކަރުނަތައް ނުދައްކަން ކަމަށްވެސް ވެދާނެއެވެ..ކޮންމެއަކަސް މިރެއަކީ ހުކުރު ވިލޭރޭކަމުން މިރޭ މަސައްކަތް ފަށަންޖެހޭތީ ކޮއްކޮ އެަވަސްވެގަތީ ފަރިތަކޮށް ގުރުއާން ކިޔަވާ ދިހަ މީހަކު ރަށުތެރެއިން ހޯދުމަށެވިެ.އަދި ދެންވެސް ބޭނުންވާ ތަކެތި ހޯދުމަށް މަންމަވެސް އުޅެއެވެ. އަހަރެންނަށް ގެއިން ނުކުތުން އޮތީ މަނާވެފައެވެ.އަހަރެންގެ ހިތްބިރުގަތްނަމަވެސް ހަމަޖެހެވޭތޯ މަސައްކަތް ކުރަމުން ދިޔައީމެވެ.އޭރުވެސް ނާދްގެ ހިޔާލުތައް ހިތުގެ އެއްކަނެއްގައި އެނބުރެމުންދެއެވެ..ހާދަ ދެރައޭ ހިތަށްއެރިއެވެ.މިފަދަ ކޮންމެވަގުތަކުވެސް ލޯބިވާމީހާ އެންމެގާތުގައި ހުންނަން ކޮންމެ މީހަކުވެސް އެދޭނެއެވެ.އަހަރެންގެ މޮޔަހިތްވެސް އެދެނީ ހަމަ އެފަދައިންނެވެ. ހިތްއެދެނީ މިކަންތައްތަކާއި  ކުރިމަތިލާއިރު ނާދް އަހަރެންގެ އަތުގައި ހިފައިގެން ހިތްވަރުދިނުމަށެވެ..ހިތަށް އަރަމުންދިޔަ ހިޔާލުތަކުން އިރުކޮޅެއްނުވެ އަހަރެންގެ ދެލޯ ތެންމާލައިފިއެވެ.ކައިރީގައި އަހަރެންގެ މޫނަށްބަލަން މާމަ އިންކަންވެސް އެނގުނީ މާމަގެ އަތުން އަހަރެންގެ ކޯތާފަތަށް ފައިބައިގެންދިޔަ ކަރުނަތައް ފޮހެލަދިނީމައެވެ. ހިތްވަރު ކުރާށޭ ބުނާފަދައިން މާމަ އަހަރެންގެ އަތުގައި ހިފާލިއެވެ.މާމަ ހީކުރީ އަހަރެން މާބޮޑަށް ބިރުގަތީކަމަށެވެ. ކޮންމެގޮތެއްވިޔަސް ނާދް އާއި މެދު ވިސްނޭވާހަކަ ބުނާކަށް ނުކެރޭނެއެވެ. އެހެންކަމުން ހިނިތުންވެލަމުން ތެދުވެގެން އަހަރެން ދިޔައީ ކޮޓަރިއަށެވެ.

ވަގުތުތައް ފާއިތުވަމުންގޮސް އެރޭގެ ނުވައެއް ޖަހައިފިއެވެ.ކިޔެވުން ފަށަން އޮތީ ނުވަގަޑި ބައިގައި ކަމުން އެކަމަށް ހޯދި މީހުންވެސް އޭރު ގޭދޮށަށް ޖަމާވެއްޖެއެވެ.ގޭ ގޯތިތެރޭގައި ހުރި ހުސްޖާގައިގައި  ވަށްބުރަކަށް ވާގޮތަށް ކުނާތަކެއް ފަތުރާ އެކުނާތަކުގެ މެދުގައި ބިންމަތީގައި ހުދު ފޮތިގަނޑެއް އަޅާފައި އޮތެވެ.އެތަނުން އެއް ކުނާަލަކާއި ދިމާގައި ކަޅުވަކަރު ލަކުޑި ކޮޅަކާއި ފިޔޮއްސެއް އޮތެވެ.އަދި އަލިފާން ރޯކުރުމަށްޓަކައި ތައްޔާރު ކޮށްފައިހުރި ދަޅުގަނޑަކާއި ފޮތްތަކަކާއި މުސްހަފެއްއޮތެވެ.އެއީ ހާދީބެ އިންނަ ކުނާތޯއްޗެކެވެ.އޭރުވެސް ކިޔަވާމީހުނަށް އިރުޝާދު ދިނުމުގައި އަވަދިނެތި ހާދީބެ އުޅެއެވެ.އިރުކޮޅަކުން ހުރިހާކަމެއް ނިންމާ އެންމެންވެސް އިށީންދެއްޖެއެވެ. ހާދީބެ އަހަރެންނަށް ގޮވާލާފައި ގެއިން ނިކުތުމަށް ބުންޏެވެ. އަހަރެންގޮސް ހުއްޓުމާއިއެކު އަހަރެންގެ  ބޮލުގައި ފިރުމާލުމަށްފަހު ނަސޭހަތް ދޭންފެށިއެވެ. ” ބޭބެމެން ކިޔަވަންފެށީމައި އެކޮޔަށް ނިދޭނެ.ދެން އޭތި ފެންނާނެ ހުވަފެނެއްގަ ފެންނަހެން. ބޭބެމެން ދައްކާވާހަކަތައްވެސް އަޑުއިވޭނެ އެކޮޔަށް.ބޭބެ ކުރާ ސުވާލުތަކަށް ބަރާބަރަށް ޖަވާާބުދޭތި. އެކޮޅުން ދައްކާާ ވާހަކަތައްވެސް ކިޔައިދޭތި! ދެން މިފޮތިގަނޑުމަތީގަ އޮށޯވޭ.ގައިމަތިގައި ފޮތިގަނޑެއް އަޅާފައި ލޯމެރުމަށް ބުނާހިނދުންފެށިގެން ލޯނުހުޅުވާތި”.. އަހަރެން އޭރުހުރީ ބިރުން ތުރުތުރު ލާލައެވެ. ހިތް ތެޅޭލެއް ބާރުކަމުން ހީވަނީ މޭފަޅާލާފައި ނިކުންނަން އުޅޭހެންނެވެ.އޭރު ވަށައިގެންތިބި އެންމެންގެ ނަޒަރުވެސް ހުރީ އަހަރެންނަށެވެ. އެހެނަސް މަޑުމަޑުންގޮސް އެފޮތިގަނޑު މަތީގައި އޮށޯތީމެވެ.އެއާއި އެކު އަހަރެން ގައިމަތީގައި ހުދު ފޮތިގަނޑެއް އެޅިއެވެ “ކޮއެފުޅާ!ބޭބެމެން ކިޔަވަން ފަށަނީމި.  ބިރުނުގަންނާތި. އަވަހަށް ލޯމަރާލާ”. އެއަށްފަހު އަހަރެންގެ ނިތްމަތީގައި ކަނާތުން މަޑުމަޑުން އަތްބާއްވާލިއެވެ.އަހަރެން ލޯމަރާލީމެވެ.އޭރު ކީރިތި ގުރްއާންގެ މޫރިތި އާޔަތްތަށް ކިޔަވަމުންދާ އަޑު އިވެމުން ދިޔައެވެ.ހިތަށް ހިތްހަމަޖެހުމާއި ރައްކާތެރިކަން އިހުސާސްވަމުން ދިޔައީ އެހެންވެއެވެ..މުޅި މިތަނުގައިވެސްވަނީ އަހަރެން އެކަންޏޭވެސް ހީވެއެވެ..މަޑުމަޑުން ނިދެންފެށިއެވެ. 

އަރާމު ނިންޖެއްގައި އޮއްވާ ކުއްލިއަކަށް ފިނިވާންފެށިއެވެ.އޭސީގެ ފިނިކަމޭހިތާ ގައިގައި ރަޖާގަނޑު އޮޅާީލީ ތެދުވަން މަސައްކަތަށެވެ. ނަމަވެސް ކޮންމެވެސް މީހަކު އަހަރެންނަށް އެބަގޮވައެވެ.ލޯހުޅުވާ ބަލާލެވުނެވެ. ސިއްސައިގެންގޮސް ތެދުވެވުނެވެ.ކޮޓަރީގެ އިރުމަށްޗަށްވީ ދިމާ ކަނުގައި ހުއްޓިގެން އެހުރީ ނާދްއެވެ.އޭނާގެމޫނުމަތިވަނީ މިލާފައެވެ.ނާދް ފެނުމުން އޭނާގާތަށް ދިއުމަށް ތެދުވަން އުޅުނީމެވެ.މިވީ ދުވަސްތަކުތެރޭގައި ނާދް އުޅުނީ ކޮންތާކުހެއްޔެވެ؟ނާދް އާއި ކުރަންހުރި ސުވާލުތަށް ވަރަށް ގިނައެވެ.  ނަމަވެސް އުޅެއުޅެ ނުތެދުވުނެވެ. ހަތަރެސްފައިގައި ބަޔަކު ހިފަހައްޓާފައިވާ ކަހަލައެވެ.ކުއްލިއަކަށް މީހަކު ވާހަކަދައްކާ އަޑުއިވެންފެށިއެވެ.އެއަޑާއިމެދު ވިސްނާލީމެވެ. އެއީ ހާދީބެގެ އަޑެވެ. ކޮންމެވެސް އެއްޗެކޭބުނެ ސުވާލުކުރަނީއެވެ. އަޑަށް ސަމާލުވެލީމެވެ. “ކޮއެފުޅާ.ކޮބާ އެއްވެސްމީހަކު އައިސްފިތަ”؟ އެވަގުތު ކުއްލިއަކަށް މިއޮވެވުނުތަނާއި ބޭނުން ހަނދާންވިއެވެ.ހާދީބެ ދައްކާފައިހުރި ވާހަކަތައްވެސް ހަނދާންވިއެވެ.އެހެންކަމުން އަހަރެންވެސް ވާހަކަ ދެއްކޭތޯ އުޅުނީމެވެ. “ޖިންނިއެއްނާދޭ.އެކަމަކު ނާދް އައިސް އެބަހުރި.” އަހަރެންބުނީމެވެ. “އެއީ ޖިންނި. އޭނަގާތު އަހާބަލަ ކޮންނަމެއްތޯ ކިއަނީ. ” އަހަރެން އަވަސްގޮތަކަށް ނާދްއަށް ބަލާލީމެވެ. އޭރުވެސް ނާދް އެހުރިގޮތަށް ހުއްޓެވެ.އަހަރެން ދެރަވިއެވެ.އަހަރެންނަށް ލޯބިމިވެވުނީ ޖިންނިއެއްދެކެ ހެއްޔެވެ؟އެހެންނަމަވެސު ހިތްވަރުކޮށްލާފައި އަހާލީމެވެ. “ކަލޭތީ ކާކު.ކޮންނަމެއް ކިޔަނީ؟” “އަހަރެންނަކީ ޖިންނިއެއް.އަހަރެންގެ ނަމަކީ ސަންބީރު”. ނާދްގެ ސޫރައިން އައި އަޑަކީ ހަމަގައިމުވެސް ނާދްގެ އެއޮމާން އަޑެއްނޫނެވެ”. އޭނާބުނީ އެއީ ޖިންނިއެކޯ.ނަމަކީ ސަންބީރުއޯ.” އަހަރެން ބުނީމެވެ. އިރުކޮޅަކުން ކިޔެވުމުގެ އަޑުގަދަވެގެންދިޔައެވެ.އެއާއިއެކު ނާދްގެ ސިފައިގައިހުރި އެތިގައިން ދުންއަރަން ފަށައިފިއެވެ.އަދި މަޑުމަޑުންގޮސް އެސިފަ ބިރުވެރި ސިފައަކަށް ބަދަލުވިއެވެ. ދެލޯބޮޑުކޮށްގެން އެ ބިރުވެރި ސޫރައަށް ބަލަން އިނދެވުނެވެ.އިރުކޮޅަކުން ފެނުނީ އޭތި ކަޅުހިޔަންޏަކަށް ވީތަނެވެ.އެއަށްފަހު ބާރަކަށްއައިސް އަހަރެންގެ ހަށިގަނޑުތެރެއަށް ވަދެއްޖެއެވެ.އެއާއި އެކު އަހަރެންގެ ހަށިގަނޑުން އަމިއްލަ ކޮންޓުރްޯލް ގެއްލިއްޖެއެވެ. އެނދުމަށްޗަށް ދެމިއްޖެއެވެ. ދެންއިވެންފެށީ ހާދީބެ އާއި އެ ޖިންނި އާއި ދެމެދު ދެކެވޭ ވާހަކަތަކެވެ.އަހަރެންނަކަށް އަމިއްލަ އިހްތިޔާރުގައި ވާހަކައެއް ނުދެއްކެއެވެ.ނަމަވެސް ހާދީބެގެ ސުވާލުތަކަށް ސަންބީރު ޖަވާބުދެމުންދިޔައީރު އަހަރެންގެ އަޑާއި އޭނާގެ އަޑު އެކުވެގެންދާކަން އެނގެއެވެ..ހިތްވަރު ކުރަމުން އަޑުއަހަން އޮތީމެވެ. ” ސަންބީރު..ކަލޭ ތިއީ ކާކު މިތަނަށް އަންނަން.އަހަރެން މިތަނަށް ގެންނަން ބޭނުންވީ އަންހެނެއް”. ހާދީބެ ބުންޏެވެ. “ކަލޭމެން ބޭނުންހާގޮތެއް ހަދަންތިބި ބައެއްނޫން އަހަރެމެނަކީ.އެފަހަރަކު އަންނަން ހިތަށްއެރި މީހަކު އަންނާނީ. ” ސަންބީރު ރުޅިވެރިކަމާއިއެކު ވާހަކަ ދެއްކިއެވެ. “ކަލޭމެން ބޭނުންހާގޮތެއް ހަދަންތިބި ބައެއްނޫން އަހަރެމެން އިންސާނުންނަކީވެސް.އަދި ބޭނުމަސް ކޮންމެކޮންމެ ގޮތެއް ނުހެދޭނެ.ބުނަން. އެއަންހެންމީހާ އެއީ ކާކު؟ އަދި އޭނަ މިކުއްޖާއާއި އޭނާގެ އާއިލާ އާއި ދިމާކޮއްގެން އެއުޅެނީ ކީއްވެ؟އޭނަ ނައީ ކީއްވެ؟” ހާދީބެގެ އަޑު މިފަހަރު ތަންކޮޅެއް ހަރުކަށްޓެވެ.. “އެއީ އަހަރެންގެ މަންމަ.އަދި ޖިންނީންގެ ރާނީއެއް.. މަންމަގެ މަންމަ،އަހަރެންގެ މާމަ އެންމެ ލޯބިވީ އިންސާނަކުދެކެ.އެކަމަކު ކަލޭމެންގެ ބާރުން މާމައާއި އެމީހާ ދުރުކުރުވީ.އަދި މިކުއްޖާގެ މާމަ އާއި ކައިވެނިކުރީ.އޭގެފަހުންވެސް އަހަރެމެންތިބީ މަޑުން.އެކަމަކު އަހަރެން މާމަގެ ދޮށީ އަންހެންދަރިވެސް މަރާލީ ހަމަ މިކުއްޖާގެ އާއިލާއިން..އަހަރެމެން މިކުއްޖާ ދުލެއްނުކުރާނަން.ބަދަލު ހިފާނަން. އޭނައަށް ލޯބިވާމީހަކު ލިބުނަކަ ނުދޭނަން.. ” ސަންބީރުގެ އަޑުގަދަވެގެންދިޔައެވެ. “އެހެންބަޔަކު ކުރިކަމަކުން ކުށެއްނެތް މީހަކަށް އަނިޔާއެއް ދޭކަށްނުވާނެ.މިކުއްޖާ ކަލޭމެނަށްކުރި އުނދަގުލެއްބުނެބަލަ..” ހާދީބެ މަޑުމައިތިރިގޮތަކަށް އަހާލިއެވެ. “ކަލޭ ބޭނުންހާާ ސުވާލެއްކޮށް , ކުރާނެހާކަމެއް ކުރަންދެން އަހަރެން ހުންނާނެކަމަށް ހީނުކުރައްޗޭ..އަހަރެން ދާންވެއްޖެ.” އޭތި ހަރުކަށިބަހަކުން ބުންޏެވެ. “ކަލޭއަށް ދެވޭނީ އަހަރެން ދޫކޮއްލިއްޔާ..އެކަމަކު ގަދަބާރު ދައްކާ ތަޅާފޮޅާކަށް އަހަރެން ބޭނުމެއްނޫން. ދެންމިރެއަށް ފުދިއްޖެ.އެކަމަކު އަދިވެސް އަހަރެން ބޭނުންވީމަ ކަލޭމެން ގެންނާނަން.ތި އާއިލާ އެންމެންވެސް ގެންނާނަން.ދެންމިވަގުތު ދިޔަސް ހެޔޮ.” ހާދީބޭގެ އަޑުގައިވަނީ ޔަގިީންކަމެވެ.ބިރެއް ޖެހިލުމެއް ނެތްކަމެވެ. ކުއްލިއަކަށް ހަށިގަނޑަށް ގޮތްގޮތްވާން ފަށައިފިއެވެ. އެއާއިއެކު ފެނުނީ އެއްކަލަ ހިޔަނި ކޮޓަރި ސީލީގް ތެރެއަށްވަދެ ގެއްލުނުތަނެވެ.އަނެއްކާވެސް މަޑުމަޑުންގޮސް ނިދިއްޖެއެވެ.. ދެން ހޭލެވުނީ ހާދީބެ އަހަރެންގެ ކޮލުގައި ޖަހާލަމުން އަހަރެންގެ ނަމުން ގޮވާލުމުންނެވެ.ލޯހުޅުވާލައި ވަށައިގެން ބަލައިލީމެވެ…

 

ނުނިމޭ

 

 

 

3
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

leem

Other Articles

Previous

އަސަރު 15

Next

ދޭނަން ހިތާ ޖާނާ. (3)

Next
June 16, 2016

ދޭނަން ހިތާ ޖާނާ. (3)

Previews
June 15, 2016

އަސަރު 15

22 Comments

  1. leem says:
    June 16, 2016 at 6:50 am

    Miothy 6th part..vaahaka genesdhevunuleh lasveethy hurihaa kiyuntheringe kibain ma aafah edhen.hope kuran forgive kuraanekamah.aslu leem heekurivarahvureves mifaharu busy.ehenve up kurun lasvee..i hope u all r like this part.. so leave me a comment…

  2. meesha says:
    June 16, 2016 at 7:26 am

    noce but too kuru…

    1. leem says:
      June 16, 2016 at 10:34 am

      Thankx meesha.maabodah kiyaahithun keema kuruhen thi heevee.hama kurinves genesdheyvaru miee..

  3. Shaai says:
    June 16, 2016 at 7:28 am

    Forgive kohfiymey. Yea vvvvvvvvvvvvvvv rythi mi baives. Avahah up kohdheynan dhw

    1. leem says:
      June 16, 2016 at 10:38 am

      Thankx shaai.v try kuraanan awahah up kureveythw ingey.

  4. Same says:
    June 16, 2016 at 9:31 am

    v reeethi

    1. leem says:
      June 16, 2016 at 10:40 am

      Thankx to u same.

  5. Rish says:
    June 16, 2016 at 10:56 am

    V reethi dhn thahkolhen kury dhw but its nice waiting for next part

    1. leem says:
      June 16, 2016 at 3:29 pm

      Dhen part dhigukoh genesdheveythw balaanan ingey rish.thankx

  6. ✽✤princess✤✽ says:
    June 16, 2016 at 12:09 pm

    Nyc ingey leem..this is one of my favorite story.. Love it

    1. leem says:
      June 16, 2016 at 3:31 pm

      Thank u princess..

  7. natha says:
    June 16, 2016 at 12:50 pm

    Birun fihkandaigen hingahje alhe biruverieh noontha, varah rythi _

  8. leem says:
    June 16, 2016 at 3:38 pm

    Adhi ehaa biruveriennunehnu mi part..natha birugathy dhw? Thankx ingey natha

  9. Saajidh says:
    June 16, 2016 at 4:57 pm

    V v v salhi… bunaane ehchehves neiy… V furihama… next part avas kollahchey…

    1. leem says:
      June 16, 2016 at 6:01 pm

      Thank you saajidh..kuriah huri baithahves kiaalaane kamah hope kuran. Next part awas weythw balaanan.leem ge baby v nunidhaane reygandu.ehenve lasvany up kurun.dhuvaalu v busy. Try kuraanan ingey ekam.

  10. jeejee says:
    June 16, 2016 at 8:10 pm

    dhen varah reethi .. ekm naadh ah v gotheh neygigen mihaar hureveni ehnun

    1. leem says:
      June 17, 2016 at 12:53 am

      Dhen adhi naadhu ah veegothaai naadhu aky kaakukanves engeyne.kehkohlaa.ingey jeejee

  11. Sanbir says:
    June 16, 2016 at 10:52 pm

    Forgive eh nukuraanan. Aharen ge vaahaka enmenah kiyai dheny keehve? 🙁

    1. leem says:
      June 17, 2016 at 12:51 am

      Ey sanbeer basnaahaathynu.dhenves bas ahaigen namaadhukohgen roadha hifaigen ulhebala.eyrun leem liyaanan sanbeer bas ahaa vaahaka.ingey.?

  12. Suha says:
    June 17, 2016 at 7:40 pm

    V reethi leem ge Mi story…… Is naadhe a ghost ?

    1. leem says:
      June 18, 2016 at 12:30 pm

      Lets c dhw suha.. thanks for the comment

  13. Enaash says:
    June 18, 2016 at 8:47 pm

    V v salhi adhi dhaa goi v horror dho

Comments are closed.

All Right Reserved!