” ވާ. ވާ saudemasculina.pt. ވާ. ބަފައިބޭ ޕިސް. ޕިސް.” ދޮރު ކުރިމަތިގައި ހުރެ މީހަކު އަތްބަޑި ތަޅާތަން ފެނުމުން އެންމެނަށްވެސް ބަލައިލެވުނީއެވެ. އެއީ އެމީހުންނަށް ހީވެފައި އޮތް ގޮތުގައި ލާމިއުއެވެ. އަނެއް ގޮތަށް ބުނަނީނަމަ އީލާމްއެވެ. އީލާމް ވަތް ގޮތަށް އައިސް ނަޝީދުގެ ކުރިމަތީގައި ހުއްޓެލިއެވެ. އެންމެނަށް ހައިރާންވެފައި ތިބެވުނީ ލާމިއުއާއި އީލާމްއާއި ދިމާލަށް ބަލާންށެވެ. ދެންމެ ވަދެގެން އެއައީ ލާމިއު ކަމަށް ވާނަމަ ޝާންއަކީ ކާކު ހެއްޔެވެ؟
” ހެހެހެ.. ހާދަ ހެއްވަޔޭ ދޯ. ކީއްކުރަންތަ މާ ފާޑަކަށް ބަލަން ތިހުރީ؟ ބަފައިބޭ. އާދެބަލަ. ބުނީމެއްނު ފަހޫއާ ވައި އެޅުނަސް ހޭއަރުވާލާނަމޭ. ކޮށްބަލަ ކަމެއް. ހެޔޮނުވާނެ. ” ނުލަފާ ހިނިތުންވަމަކާއިއެކު އީލާމް ބުންޏެވެ. ނަޝީދުއަށް އަދިވެސް ހުރެވުނީއެވެ. ބުނާނެ އެއްޗެއް އަދިވެސް ނޭނގުނީއެވެ. ” ހޭ ޔޫ. ޔޫ އަރ ނޮޓް މައި ލާމީ. ތީ އަހަރެންގެ ލާމީއެއް ނޫން. ކިތަންމެ ލާމިއުއާ ވައްތަރުވިޔަސް ތިނުލަފާ އިންސާނާ އަހަރެންގެ ލާމީއަކަށް ދުވަހަކުވެސް ނުވާނެ. އެންޑް އައި ތިންކް ތީ އިންސާނެއްވެސް ނޫންކަންނޭނގެ. އަހަރެންގެ ލާމީ މިހުރީ އަހަރެންގެ ކުރިމަތީގަ. ސޯ ޔޫ ބެޓަރ ގެޓް ލޮސްޓް. ” ތަތްކުޑިވިކާލައި ޝަހާދަތް އިނގިލި ދިއްކޮއްލަމުން ފަހުމާ މިހެން ބުނީ އީލާމްއާއި ދިމާލަށްށެވެ. އޭރު އޭނާ ހުއްޓެލައިގެން ހުރީ އީލާމްގެ ކުރިމަތީގައެވެ.
” އޯ ކަމް އޯން ބޭބީ. މީ ހަމަ ލާމީއޭ. ބަލާބަ. މޫނަށް ބަލާބަ. އަހަރެން ދެކެ އެވަރަށް ލޯބިވި ފަހުމާ ކިހިނެއް އަހަރެންނާ އެހެން މީހުންނާ އޮޅުވާލާ..” މިފަހަރު އީލާމްއަށް ފުރިހަމަ ނުވީ އޭނާގެ މޫނަށް ފަހުމާގެ ފަރާތުން އެޅި އެތިފަހަރަކުންނެވެ. ލާމިއުއަށް ތަންކޮޅެއް ދުރަށް ޖެހިލެވުނީ އޭނާގެ ފޯނަށް މެސެޖެއް އައުމުންނެވެ. އެފޯނަކީ ޕާޓިއަށް އައުމުގެ ކުރިން ކީކޭ ހިތަށް އަރައިގެން ކިޔާން ދިން އެއްޗެއް ކަމެއްވެސް ނޭނގެއެވެ. މިފަދަ ވަގުތެއް އައިސް ދާނެތީ ތޯއްޗެކެވެ. ލާމިއު ފޯނު ޖީބުން ނަގައި މެސެޖް ކިޔައިލިއިރު ކިޔާންގެ އިންޒާރެކެވެ. ” ބުނޭ. ބުނާނެ އެއްޗެއް ބުނޭ. އެކަމް ހަނދާން ކުރާތި ފަހުމާއެއް މިފަހަރަކު ސަލާމަތެއް ނުވާނެ. 6 މަސް ދުވަސްވަންދެން ކަލޭ ކިޑްނެޕް ކޮށްގެން އުޅެވުނު މީހަކަށް ފަހުމާ ކިޑްނެޕްވެސް ކުރެވޭނެ ކަން ދަންނާތި. އަދި މަރާވެސް ލެވިދާނެ. އެއަށްވުރެ ރަނގަޅުވާނީ ރަނގަޅު ގޮތުގަ އަހަންނަށް ފަހޫ ދިނުން. ހާސްކަނޑާލާ. އަހަރެން ފަހޫއަށް ގޯނާ އެއް ނުކުރާނަން. އަހަރެން ކުރާނީ ކެއާ. އަދި އެއްކަމެއް. މިހާރު އީލާމްވެސް އައިއްސި. ފަހުމާ ކަލޭގެ ވާހަކަތައް ގަބޫލް ކުރިޔަސް ދެން ތިބި މީހުންގެ ބޯ އަހަރެން ހުންނާނީ މާ ކުރިން ކައިލާފަ. ” ލާމިއުއަށް އެޅި ފިޔަވަޅު ފަހަތަށް އެޅުނީ ކިޔާންގެ އިންޒާރެއްގެ ސަބަބުންނެވެ. ކިޔާން އެބުނީ ތެދެކެވެ. މިވަގުތު ހުރިހާ ބާރެއް ކަމަށްވާ އީލާމް އެއޮތީ ކިޔާންގެ އަތްބުޑު ގައެވެ. އެހެންވީމާ އެންމެ ރަނގަޅުވާނީ އަނގަ މަޑުން ލައިގެން ހުރުމެވެ. ތަގްދީރުގެ އަތްމައްޗަށް ހުރިހާ ކަމެއް ދޫކޮށްލުމެވެ. ކޮންމެ ކަމެއްވެސް ވާނީ ރަނގަޅަށްށެވެ.
” ތީ ކޮންމެ މީހަކަސް އައި ޑޯންޓް ކެއާ. ބަޓް ހަނދާން ކުރާތި މިއަދުގެ ފަހުން އަހަރެންގެ ގައިގަ ބީހިލަންވެސް ހިތަށް ނާރުވައްޗޭ. އަހަރެންނަކީ ހަމަ އެންމެ މީހެއްގެ ހައްގެއް. އެމީހާ މިހުރީ އަހަރެންގެ ކުރިމަތީގަ. ” ފަހުމާ އަނގަޔަކުން ނާރައެވެ. އީލާމްއަށް ވާހަކަ ދައްކަންވެސް މިހާރު އުނދަގޫ ވެއްޖެއެވެ. ނަމަވެސް އޭނާ ހިތްވަރު އެލުވައެއް ނުލާނެއެވެ. އޭރުން އޭނާގެ މަންމައަށް ބޭސްކުރަން މިއޮއް ހުރިހާ ދުވަހު ކުރި މަސައްކަތް ދާނީ ފުލުންނެވެ. ” ޗި. ޗީ. އަހަރެން މިއުޅެނީ ކަލޭގެ ގައިގާ ނުބީހިވިގެން ވިއްޔާ. އެއްލާލީ ބޭނުން ނުވެގެން ދޯ. ފޫހިވެގެން ދޯ. އަހަރެން އެބަ އުޅޭ ވިއްޔަ އެކްސްޕެއަރ ވެފަ ހުރި މީހަކާ ހެދިގެން. ” މިފަހަރު އީލާމް ބުނި އެއްޗަކުން ފަހުމާއަށް ހަމަ ރަނގަޅަށްވެސް ރޮވިއްޖެއެވެ. އެއީ ލާމިއުއެއް ނޫނޭ އޭނާގެ ހިތް ބުންޏެއް ކަމަކު އޭނާގެ ވިސްނުމަށް އަންނަނީ އެއީ ލާމިއުއޭ އެވެ. ހަގީގަތުގައި ވެސް އީލާމް ބުނި ޖުމްލައިން އޭނާގެ ހިތަށް އަސަރު ކުރީއެވެ. އީލާމްވެސް އެހެން ބުނާކަށް ބޭނުމެއް ނޫނެވެ. ނަމަވެސް މަޖްބޫރު ވީއެވެ. އޭރުވެސް ލާމިއު ހުރީ އަނގަ ބަންދު ކޮށްގެންނެވެ. އޭނާގެ ލޭ ކިތަންމެ ވަރަކަށްވެސް ކެކެއެވެ. އެހެނަސް މިވަގުތު އެންމެ ރަނގަޅުވާނީ އެއްޗެކޭ ނުބުނިއްޔާއެވެ.
ފަހުމާއަށް ހުރިތަނަށް ތިރިވެވުނީއެވެ. ދެރަވީ ވަރުންނެވެ. އަދި މޫނުގައި އަތްއަޅާލައި ބޮޑު އަޑުން ރޯން ފެށުނީއެވެ. ތިރިވެލާފައި ފަހުމާގެ ލޮލުން ކަރުނަތަށް ފޮހެލަދޭން ލާމިއު ބޭނުމެވެ. ނަމަވެސް އެނަސީބެއް މިއަދުގައި ނެތޭ ހިތަށް އެރުމުން ދެރަވަނީއެވެ. އީނާޝްއާއި ނަޝާޔާ އަވަހަށް ގޮސް ފަހުމާގެ ދެއަތުގައި ހިފައި ނަގަމުން ކޮޓަރިއާއި ދިމާލަށް ދިޔައީ ފަހުމާ މިތަނުގައި ބެހެއްޓުން ރަނގަޅު ނޫންކަން އެނގުމުންނެވެ. ލާމިއުއާއި ދިމާލަށް ބަލައިލުމަށްފަހު ގިސްލަމުން ފަހުމާ ކޮޓަރިއަށް ވަނީ އިތުރު ހިތްވަރެއް ނެތުމުންނެވެ.
” ދެން މިހާރު ކަންތައްތައް މިދަނީ މާ މައްޗަށް. އަހަރެން ބޭނުމެއް ނޫން ވާ ނުވާގަ އެންމެން ބަހައްޓާކަށް. އެހެންވީމާ ސީދާ ރީތިބަހުން ހަގީގަތް ހާމަކޮށްދީ. ޝާން އަކީ ތީ ކާކު؟ ކުރިމަތީގަ އެހުރީ ލާމިއުތަ؟ ތިތަނުން ލާމިއުއަކީ ކާކު؟ ހަމަ އެކަނި މިސުވާލުތަކުގެ ޖަވާބު ދީ. ” ރުޅި އައިސްފައި ހުރިނަމަވެސް ކުޑަކޮށް ހަމަ ޖެހިލަމުން ނަޝީދު ކޮށްލީ ސުވާލުތަކެކެވެ.
” އޯ ބަފައިބޭ. ކީއްވެތަ ކުރިމަތިން ހަގީގަތް ހާމަވެގެން ދާއިރުވެސް ސުވާލު ތި ކުރަނީ. ހީ ވޭތަ ޝާންއަކީ ލާމިއުހެން. ” ކުޑަކޮށް ފޮނި ވެލަމުން އީލާމް ބުންޏެވެ. ނަޝީދު ލާމިއުއާއި ދިމާލަށް ބަލައިލީ ސުވާލުން ފުރިގެންވާ ނަޒަރަކުންނެވެ. ފަހީމާއަށްވެސް ވާ ނުވާއެއް ނޭނގެއެވެ. ލާމިއުއަށް އިސްޖަހައިލެވުނީ ނަޝީދުގެ ނަޒަރަށް ކެތްނުވެގެންނެވެ.
” މިފަހަރު ޝާން ބުނޭ. ތީ ލާމިއުއޭ ދޯ ބުނީ. އެހެންވީރު ހެކި ދައްކާ. އަވަސް ކުރޭ. އެންމެ ގިނަ ހެކި ދެއްކޭ މީހަކީ ލާމިއުކަމަށް އަހަރެން ގަބޫލް ކުރާނަން. އަދި ޝާންއަކީ ލާމިއު ކަމަށް ވާނަމަ ހުވާ ކޮށްފަ މިބުނަނީ އަހަރެން މާފްވެސް ކުރާނަން. އަދި ދެވަނަ ފަހަރަށް ފަހޫއާ ކައިވެނިވެސް ކުރުވާނަން. އެއީ ފަހޫއަށް ލޭ ދިން ކަމުގެ ބަދަލްގަ. ” ނަޝީދު ވައުދުވިއެވެ. ކިޔާން ލާމިއުއާއި ދިމާލަށް ބަލައިލަމުން އެއްލޯ މަރައިލިއެވެ. ލާމިއު ބަލި ވީއޭ ބުނުމުގެ ނިޔަތުގައެވެ. ލާމިއު އަނެއްކާވެސް އިސްޖަހައިލީއެވެ. ބުނާނެ އެއްޗެއް ވިސްނާ ފަދައިންނެވެ. އޭނާގެ އަތަކު އެއްވެސް ހެއްކެއް ނެތެވެ. އެންމެ ކުޑަމިނުން އަމިއްލަ ސިފަވެސް އެވަނީ ގެއްލިފައެވެ. އަނެއްކާވެސް ލާމިއުއަށް މެސެޖެއް އައިސް ފޯނު ވައިބްރޭޓް ވާން ފެށިއެވެ. ހުރިހާ އެންމެންގެ ނަޒަރު ހުރީ އޭނާއާއި ދިމާލަށް ކަމުން ލާމިއުއަކަށް ފޯނު ނަގާކަށް ނުކެރުނެވެ. ” އަހަންނަށް ކުޑަ ވަގުތު ކޮޅެއް ދީ. އަންނާނަން ފެން ފޮދެއް ބޮއެލައިގެން.” ފޯނަށް އައި މެސެޖް ކިޔާލުމުގެ ނިޔަތުގައި ލާމިއުއަށް ޖެހުނީ ދޮގެއް ހަދަންށެވެ. ނަޝީދުވެސް އަވަހަށް އަންނައްޗޭ ބުނެ ދޫކޮށްލީ ކީކޭ ހިތަށް އަރައިގެން ކަމެއްވެސް ނޭނގެއެވެ. ލާމިއު އަވަހަށް ފެން ތާނގި ކައިރިއަށް ދާން ހިނގައިގަތެވެ.
****
” ފަހޫ ޕްލީޒް. ދެން ހުއްޓާލަބަލަ. މިހާރު ވީކަމެއް ވެދިޔައީ. މިހާރު 2 ޖެހިއްޔޭ. މިރޭ ހާދަ ދިގޭ ދޯ. ” ބާލިހާ ލާ މޫނު ފޮރުވައިގެން ރޯން އޮތް ފަހުމާއަށް ގޮވައި އާދޭސްކުރަމުން ނަޝާޔާ ދިޔައެވެ. ފަހުމާ އަނގައިން އެންމެ ބަހެއްވެސް ނުބުނެއެވެ. މިއަށްވުރެ މަރުވުންވެސް މާރަނގަޅު ވާނެއެވެ. ކުއްލިއަކަށް ފަހުމާ ތެދުވީ އަނގަ މަތީ އަތް އަޅައިގެންނެވެ. އަދި ދުވެފައި ފާހަނަޔާއި ހަމައަށް ކިރިޔާ ދެވުނު އިރަށް ހޮޑު ދުއްވައިލިއެވެ. ނަޝާޔާ ފަހުމާގެ ބުރަކަށިގައި ފިރުމަން ފެށީ ހޮޑުލަން ފަސޭހަވާނެ ތީއެވެ. އީނާޝް އަވަހަށް ފަހުމާގެ ކޮޓަރީގެ ކުޑަ ދޮރުން ފުންމައިލީ އަވަހަށް ފެން ތައްޓެއް ބަލައި ދިއުމުގެ ނިޔަތުގައެވެ. އެވަގުތު އޭނާގެ ހެދުމުގެ ފަސްބައިގާ އެއްޗެއް އަޅައިގަތުމުން ބަލައިލެވުނީއެވެ. އެއީ ފައިގާ އަޅާ ފެހި ކުލައިގެ ޕެކިންނެކެވެ. އެވަގުތު އެއީ ތަންކޮޅެއް ކުރިން އޭނާއަށް ފެނުނު އެއްޗެއްހެން ހީވާންފެށިއެވެ. އަދި އެއާ ދިމާލަށް ބަލަން ފެށުނީ އޭތި ފެނުނީ ކޮންތާކުންތޯ ހިތަށް އަރަމުންނެވެ. އީނާޝްގެ ހިޔާލަށްއައީ މީގެ 8 ކުރީގެ ހިޔާލެކެވެ.
އެއްދުވަހަކު ލައިބްރަރީއަށް އައި އިރު ލާމިއު 4 ހަތަރު ޕެކިން ގެނައެވެ. ފިޔާތޮއްޓާއި ދަނބާއި ފެއްސާއި ނޫ ކުލައިގެ ހަތަރު ޕެކިންނެވެ. ފަހުމާ އޭނާދެކެ ހިތްހަމަ ނުޖެހިފައި ހުރުމުން އުފާކޮށްލަން ވެގެންނެވެ. އަދި ބުންޏެވެ. ” މިއޮތީ އަހަރެމެންގެ ފްރެންޑްޝިޕް ބޭންޑެކޭ ހިތަށް އަރުވާލާ. އަން. އުނޫއަށް ނޫކުލަ. އަހަންނަށް ފެހި ކުލަ. އީނޫއަށް ޕިންކް. ދެން މަގޭ ތުންގަނޑަށް ޕާޕަލް. ” ފަހުމާއާއި ދިމާލަށް ބަލައިލަމުން ލާމިއު އެހެން ބުނިއިރު ފަހުމާގެ ތުންގަނޑު ހީވަނީ އަސްދޫންޏެއްގެ ތުންކޮޅެއް ހެންނެވެ.
އެހަނދާން އާ ވުމުން އީނާޝްއަށް ހެވުނެވެ. ނަމަވެސް ދެވަނަ ސުކުންތުގައި ވިސްނެން ފެށީ ލާމިއުގެ ޕެކިން ކޮޅު މިތަނަށް އަންނާނެ ގޮތަކާއި މެދުގައެވެ. ހަމަގައިމުވެސް ލާމިއުގެ ސިފައިގާ ހުރި ލާމިއު ގެޔަށް ވަނީ ކުޑަދޮރަކުންނޫނެވެ. ނަމަވެސް ފަހުމާ ބުނި ގޮތުގައި ޝާން ފަހުމާގެ ކޮޓަރިން ނިކުތީ ކުޑަ ދޮރުންނެވެ. އެހެންވީއިރު ޝާންގެ ފައިގާ އެޕެކިން އޮންނަންވީ ކީއްވެ ހެއްޔެވެ؟ ފަހުމާ އެހަދަނީ ތެދު ހެއްޔެވެ؟ ޝާންއަކީ ހަގީގަތުގައިވެސް ލާމިއު ހެއްޔެވެ؟ އެހެންވީއިރު ލާމިއުގެ ސިފައިގައި އެހުރީ ކާކު ހެއްޔެވެ؟ އަދި އޭނަ ލާމިއުއާ އެހައި ވައްތަރު ވެފައި ޝާން އެހެން މީހަކާ ވައްތަރީ ކީއްވެ ހެއްޔެވެ؟ އީނާޝްގެ ހިތުގައި އެތައް ސުވާލުތަކެއް އެމުނިގެން ދިޔައެވެ. އެހުރިހާ ސުވާލެއްގެ ޖަވާބު ނުހޯދާ އޭނާގެ ހިތަކަށް ހިތްހަމަ ޖެހުމެއް ނެތެވެ. މިހެން ހިތަށް އަރަމުން އީނާޝް ހިނގައިގަތީ އޭނާގެ މަގްސަދު ހަނދާން ވުމުންނެވެ.
އީނާޝްއަށް ފެން ތާނގިއާއި ވަރަށް ކައިރިއަށް ދެވުނުއިރު މީހެއްގެ ހިލަމެއް ވާހެން ހީވިއެވެ. ރަނގަޅަށް ބަލައިލިއިރު ދެލޮލުން ފެން ފައިބާ ހާލު އެހުރީ ޝާންއެވެ. އަދި އީނާޝްއަށް ގަހަކާއި ނިވާވެލައިގެން ހުރެވުނީ އެދައްކާ ވާހަކައެއް އަޑު އެހުމުގެ ނިޔަތުގައެވެ.
” އޯކޭ. އަހަރެން ތިގޮތަށްށޭ. ކަންތައް ކުރާނީ. ޕްލީޒް. އޭނާއަށް ގޮތެއް ނަހަދައްޗޭ. އަހަންނަށް އެނގެޔޭ ކަލޭއަތުކަން ހުރިހާ ބާރެއް އޮތީ. އެންޑް އޭނަޔާ މެރީ ކުރިޔަސް ދެރަ ކޮށް ކަންތައް ނުކުރައްޗޭ. އައި ޓްރަސްޓް ޔޫ. ޕްލީޒް. ” ޝާން އާދޭސް ކުރާ އަޑު އިވެއެވެ. އީނާޝްގެ ހިތުގައި އެތައް ސުވާލެއް އަނެއްކާވެސް އުފެދުނެވެ. މިވާގޮތެއް ކިރިޔާހެންވެސް ފަހުމް ވަނީ އޭނާއަށްށެވެ. ހަގީގަތް ހޯދަންވެސް ޖެހޭނީ އޭނާއަށްށެވެ. ފޯނުން އިތުރަށް ވާހަކަ ނުދައްކާ ލާމިއު ގޮއްސިއެވެ. އީނާޝް އަވަހަށް ފެން ތައްޓަށް ފެން ފޮދެއް އަޅަމުން އަވަހަށް ދިޔައީ މިހާރުވެސް މާ ލަސްވެއްޖޭ ހިތަށްއެރުމުންނެވެ.
***
ލާމިއުގެ އިންތިޒާރުގައި ތިބި އެންމެންނަށް އެތެރެއަށް ވަދެގެން އައި ލާމިއުއާއި ދިމާލަށް ބަލަން ފެށުނީ ޖަވާބުގެ އިންތިޒާރުގައެވެ. ” ކޮބާ ހެކި؟ ކޮބާ ޖަވާބު؟ ” ނަޝިދު އަހައިލިއެވެ.
” ކޮން ހެއްކެއް ބޭބެ؟ ކޮން ޖަވާބެއް ބޭބެ؟” ހަމަޖެހިލައިގެން ހުރެ ލާމިއު ކޮށްލި ސަވާލަކުން އެންމެން ދިޔައީ ސިހިގެންނެވެ. ދެންމެ ތިމަންނަ މީ ލާމިއުކަމަށް ދައުވާ ކުރި މީހަކު މިހާ އަވަހަށް ބަދަލް ވާނެ ހެއްޔެވެ؟ ” ވަޓް؟ ދެންމެ ތިދިޔައީ ހެކި ދައްކާ ކައްނު” އުނޫޝްއާއި ސާއިމަށް އެއްފަހަރާ އަހައިލެވުނެވެ. ” އަހަރެން އެހެން ބުނިންތަ؟” އަނެއްކާވެސް އެންމެންގެ ލޯ ހަނިވީ ލާމިއު ކޮށްލާ އެއްވަރުގެ ސުވާލުތަކަކުންނެވެ. ކިޔާންގެ މޫނުގައި ކުރެހުނީ ނުލަފާ ހިނިތުންވުމެކެވެ. ހުރިހާ ކަމެއް ވާނީ އޭނާ ބޭނުން ގޮތަށްށޭ ހިތަށް އެރުމުންނެވެ.
” ނުބުނަމެއްނު އަހަރެންނެއް މިދަނީ ހެކި ބަލަޔެކޭ. ހީވޭތަ އަހަރެން މީ ލާމިއުހެން؟” އަނެއްކާވެސް ލާމިއު އަހައިލިއެވެ. ” އެކަމް ބުނީމެއްނު ތީ ލާމިއުއޭ.” ނަޝީދު ވާހަކަ ދައްކަން ފެށިއެވެ. ” އެއީ.. ދެން އެހެން ބުނެލާ އެއްޗެއްސާ މެދު ވިސްނާ އެއްޗެއް ނޫން.” އެއްމިޔަކަނުން ހީލަމުން ލާމިއު ބުންޏެވެ. ” ދެން ކީއްކުރަން އެހެން ބުނީ؟” އަނެއްކާވެސް ނަޝީދު އަހައިލިއެވެ. ” ބޭބޭ. ބޭބެ ބޭނުންތަ ފަހޫ ރޮއްވަން؟ އަސްލު އަހަރެން އެހެން ބުނީ ފަހޫ އަހަރެން މީ ލާމިއު އޭ ބުނެ ރޯން ފެށީމަ. މިއޮއް ހުރިހާ ދުވަހު ބޭބެމެން ބުނީމެއްނު ފަހޫ ހުރީ ހުއްޓުން އަރާފައޭ. އެހެންވެ ފަހޫއަށް ރަނގަޅަކަށް އަހަރެން އެހެން ހެދީ. އެކަމް ބޭބެމެން މާ ސީރިއަސް ވީ. ” އެތައް ދޮގުތަކެއް އެއްކުރަމުން ލާމިއު ވާހަކައެއް ހަދައިލިއެވެ. ހުރިހާ އެންމެންވެސް އެވާހަކަ ގަބޫލް ކުރިއެވެ. އެހެނަސް އުނޫޝްއަށް ގަބޫލް ކުރަން އުނދަގޫވިއެވެ. ކިޔާން ލާމިއުއާއި ދިމާލަށް ބަލައިލާފައި ބޮޑު ވާ އިނގިލި ދިއްކޮށްލީ ކަންތައް ތިކުރީ އެންމެ ރަނގަޅަށްށޭ ބުނުމުގެ ބަދަލްގައެވެ.
ނަޝިދު ދެން ބަލައިލީ އީލާމްއާއި ދިމާލަށްށެވެ. އަދި ދެލޯ އަޅައިލާ އީލާމްގެ ކައިރިއަށް ހިނގައިގަތެވެ. އޭނާގެ ނަޒަރުންވެސް ހީވަނީ އީލާމް ނަގައި ކާލާފާނެ ހެންނެވެ. ” އޯ. ފަދަރ އިން ލޯ. އަހަރެންގެ ގައިގާ ޖަހާނެކަމެއް ނެތް. އެއްވެސް ފައިދާއެއް ނެތް. އަހަރެން ރަނގަޅު ގޮތުގަ ދާނަން. ދެން އެހެންނޫނަސް މިގެޔަށް ވަންނާނެކަށް ޝައުގެއްވެސް ނެތް އަހަރެންގެއެއް. ބަލަ. މިހުރީ އަހަރެން ގާރލް ފްރެންޑް. ” އީލާމް ވާހަކަ ވަކި ހިސާބަކަށް ކުރިއަށް ގެން ދިއުމަށްފަހު ފޯނުން އަންހެން ކުއްޖެއް ދައްކާލިއެވެ. އަދި ވަތް ދޮރުން ނިކުމެގެން ގޮއްސިއެވެ. ނަޝިދުއަށް ފުން ނޭވައެއް ލެވުނީއެވެ. އޭނާ އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ދާނެ ކަމުގައި އުންމީދު ކުރި” ހުކުރު ދުވަހުގެ ރޭ” ދިޔަގޮތްވެސް ނޭނގުނެވެ. އެންމެ ރެއެއްގެ ތެރޭގައި އެތައް ކަމެއް ހިނގައިފިއެވެ. މިހާރު އެޔޮއް 2 ގަޑި ބައިވަނީއެވެ.
ފަހީމާ އަވަހަށް ކޮޓަރިއަށް ވަން އިރު ނިދި އައިސްގެން ހަލާކުވާވަރު ވެއްޖެއެވެ. އުނޫޝްމެންވެސް އެންމެ ފަހު ފަހަރަށް ފަހުމާގެ ހާލު ބަލައިލުމުގެ ނިޔަތުގައި އެކޮޓަރިއަށް ވަދެއްޖެއެވެ. ބާކީ ތިބީ ކިޔާންއާއި ލާމިއު އާއި ނަޝީދުއެވެ. ލާމިއު ހުރީ ތަންކޮޅެއް ދުރުގައެވެ. ނަޝީދު ގޮސް ކިޔާންގެ ކައިރީގައި ކޮންމެސް އެއްޗެއް ސިއްރުން ބުންޏެވެ. ކިޔާން ލުއި ހިނިތުންވުމަކާއިއެކު ލާމިއުގާތު ދާން ހިނގާށޭ ކިޔައި ނިކުމެއްޖެއެވެ. ނަޝީދުވެސް ކިޔާންމެން ނިކުތުމުން ކޮޓަރީ ދޮރު ލައްޕާލަމުން ކޮޓަރިއަށް ވަނެވެ.
” އޭ. އިނގޭތަ. މަގޭ ވާން އުޅޭ ބަފައިބެ ބުނީ ކީކޭކަން. ” ގޭޓުން ބޭރަށް ނިކުންނަމުން ކިޔާން ލާމިއު ގާތު އަހައިލިއެވެ. ލާމިއު ބޯ ހޫރާލީ ނޫނެކޭ ބުނުމުގެ ގޮތުންނެވެ. ” ބުނީ ކަލޭ ދެން ކައިވެނީގެ ކުރިން މިރަށަށް ނުގެންނައްޗޯ. ކަލޭ އައީމަ ފަހުމާ އުޅެނީ އެހެން ގޮތަކަށްށޯ. ދެން ހުރޭ އެ ގެގަނޑުގަ ރޮއިލަ ރޮއިލަ. އެންޑް ފައިނަލީ ފަހޫ ވާނީ ހަމައެކަނި މަގޭ މީހަކަށް. އެންޑް އިނގޭތަ ކައިވެނީގެ ތާރީހް. މީގެ 10 ދުވަސް ފަސް. އާދިއްތަ ދުވަހު ރަން ކިޔާ. ” ދަތްޕިލަ ސޭލު އަޅުވަމުން ކިޔާން ބުންޏެވެ. ލާމިއުއަށް ހުރެވުނީއެވެ. ދެން ވާނީ ކިހިނެއް ހެއްޔެވެ؟ އެންމެ ފަހު ވަގުތާއި ހަމައަށްވެސް އެކައިވެނި ހުއްޓުވޭނީ އޭނާއަށް ކައިވެންޏަށް ދެވިގެން ނޫން ހެއްޔެވެ؟ ދެން އޭނާއަށް ފަހުމާ އުމުރަށް ގެއްލޭނީ ހެއްޔެވެ؟
17
46 Comments
Comments are closed.
Ushaa hope kuran mi prtvx kamudhaane kamah… Nd plx tell me hw u feel… Wc 2 ur cmmntx..
Ushaaa… wow.. v reethi engey.. 🙂 alhe iris heekuree laami mifaharu bunaane kamah.. ekm vx v dhera vejje..
Thankyew… hmmm dw… Mihaaru bunaan vejjennu dw… hehe.. Ekm dhera nuvey.. Hurihaa kamehvx vaanyy rangalhakah… Thnkxx..
Laamiu aa eelaam aky eh maabadu meehun dhwww……kiyaan haadha nulafa ey dhw…..stry varah reethi ingey….when nxt part…cant wait
Lets c dw… Hmmm.. Kiyaan vrh nulafaa.. Nxt prt dhn vrh avahah.. Ushaayah vrh undhagoo vaki dhuvaheh bunan… Kyp waitin… Thnkxx..
Alhe dhn laaamiu bunebala. …eyrun kiyaan akah ehves kameh nukureveyney enmen vx laaamiu protect kuraaney ..hehe…anyways story is perfect. ….waiting. …
Dw Appy.. Kyp waitin.. Thnkxx..
woooooooooooooooooooooow…!!? miii prt vx vrh salhiii…. hama habeyxx… dhnn neynge bunrne ehcheh vx???vrh vrh rythiii… mi stry up veythw iru irukolhaa balaala balaala indhaa thiii up kohdhinee… vrh ufaa vejje ehnve☺☺☺☺☺☺☺☺☺☺ dhn ekm vrh dheraveyy fahoo vx dheravaathy…. baehfaharu kudakohh olheyyy laamii, kiyaan nd eelaam… ekm kudakoh visnaalaigen keema undrstnd veyy… hehe..??nxt prt vx avahah up kohdhehcheyy…..gud lck??
Thknxx alot aree… Swrii ehaa bodah inthizaaru kuruvevunyma… Olhenyaa ushaa balaanan ethin meehunge nan thankolheh dhuru dhuru liyeveytho… Kyp waitin.. Thnk you..
wow. vvvv nice. waiting 4 next part. please upload soon…
Thank you Same.. Kyp waitin.. Insha allah i will up soon.. Thnkxx..
alhey ushee mi vee kihineh..???… reethi .. keep goin ushee…☺☺
Mi v hee nukuri goi dw… Pis.. Thnkxxx aff…
Haadha kurey mi bai. Ekam ves varah reethi. Waiting for next part
Mi prt kuru thrr?? Bt ushaa ehn prtakah vure dhigu kh liyunyvx… Dhn Ushaa balaanan nxt prt dhigu khleveytho… Kyp waitin.. Thank u…
Hama varah reethi.. <3 Alhe kihineh tha ehaa furihama koh kiyaa hiy vaa gothah genasdheny thi? Liaa ah dhuvahaku ves liaa hih hama jehey gothakah story eh nuliyevey.. Ur story is just perfect 🙂 keep it up!
Thnkxx alot.. E ee hama ushaayahvx vaa gothaky.. Ushaayahvx adhi nuliyevey ushaa ehaa hiy hama jehey gothakah… Neigey ushaayakahvx keeve kameh.. Thnkyew so much….
Alheyy dhen laami ah waany kihinehtha ushyy. Vvv dherawaane fahooo wx……vvvv reethi mi partt wxx keep it up ?
Laamii aa fahooah vaa gotheh balailama dw Seenyy… Thnkxx alot ingey..
Varah salhi ingey. Hope kuran avahaa up kuraaney kamah.
Thank yuhh Hooo.. Insha allah avahah up vaane…
???????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
Thnk yuh…. Ur negative cmmnt will insha allah improve my writin… Ushaage mistwrii munkoah kamu nudhiyayas Insha allah adhi munko lyk vaa kahala stwriieh liyeveytho ushaa vrh vrh massakai kuraanan… Nd evvx kuhjjeh ushaa dheke rulhi naanahchey… Eyrun ushaa vrh dhera vaane…
hehehe ushaa kahala lwbi lwbi kujjeh dheke dhnn kaakuthrr rulhii annaaaneee… hama gaimuvx aree eh naannaanan… bt ushaa stry kurukoh up kohdhenyaa rulhii..??????hahaha
Oww.. Vrh bodah thnkxx.. Ushaa balaanan ingey dhigu koh up veytho.. Nd rulhii naanahchey… I will try much ingey.. Thnk yuh Aree…
Reethi bunaane hama ekahchehves neyge,
Ushaayakahvx neigey thi cmmntah bunaane ehchehvx.. Thnk yuh Natha…
ushaa ravupinky ei aree ingey…sis ge acc in cmnt eh kohllee..,hehe faharehgga olhidhrnethy bunelee.. ?
Its ok… I understand… Thnkxx…
munko rulhi aae ushaa dheke eh nooney…mi stry vvvvvvv nice ey…munko rulhi aas raii vy aulheu kiaan aka eelaam gadaka hedhi ey…..saabas ushaa ah munko aa dheytherey gos koh visnyma munko ushaya rulhii vvvvv dheravehje???????????
munko vex .. alhe ushee varah dheravi hen heewany… neyngeynu dhw.. ekam ushee ah munko ge cmmnt fenunyma varah happie vaane..☺
I um really swrii.. Dhn ushaayah neigigen ingey… Bt hurihaa kudhinvx egothah face thah beynun kuraairu ushaayah ingey gothakah beynun kurahchey ingey.. Eyrun dhn eheneh nuvaane insha allah.. I um really swrii ingey… Maafkurey.. Ushaage kusheh.. Nd ya aff.. Ushaa dhera v ma aslu ehn bunevuny… Munko PLX PLX PLX PLX PLX PLX PLX PLX PLX PLX PLX PLX PLX PLX PLX PLX PLX PLX PLX PLX PLX forgive me ingey….
Hw can laami gt a phone… kurin eyna athuga oinama he can call to someone to hlp??
Ya.. E ee ushaayah neigigen.. Ekm mihaaru rangalhu kollaifin.. Thnkxx ingey ethankolhu bunedhinyma…
Mi part ga mioh v gotheh, hykuri gothaa dhimaa idhikolhah ekamu vs v reethi ingey. All the best ingey n waitin for next part
Hmm dw heenukuri gothah dw v… Thnk yuh so so so much laimaan.. Kyp waitin…
its okeii ushaa….dhen ahen ves vedhaane dhw?☺☺☺❤❤
Thnk yuh vvvvvvvvvv much.. Ur a nyc guy.. Asluvx… Thnkxx munko…
ushaaaa….im a girl…?
Heheh.. Dhera nuvey.. I mean nyc girl…
sorry ushee comment nukurevuneeme ingey varah bussy koh ulhuneema
E ee massala eh nun… dhn ushaayah ingeyey kiyaavaa kudhin bxy vaane varu.. Thnkxxx…
Varah varah varah reethi mi story ???
Thnkxxx Asiyath….
Ushaa..thanks mihaa lovely vaahakaeh genes dhineethee..thanks..mikahala vaahaka thah kuriah oi thaaga ves genes dhey thi..?????
Thnkxx a lot.. Insha allah mikahala ehn vaakavx ushaa genes dheyna…