Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިޒާރުގައި ހުރިން 16

Ryn 100 Stories10 Stories1K Comments500 Comments100 Comments100 Login
July 4, 2016 5 Mins Read
54 Comments

 

ނަމަވެސް ސުމާގެ ހިތުގައި އުފެދުނީ އެންމެ ސުވާލެކެވެ؟ މާޒިން އެހެން ސުމާ ގެންދިޔުމުގެ ބޭނުމެވެ. ސުމާ އަށް އަނެއްކާވެސް ދެރައެއްދޭންބާއެވެ. ސުމާގެ ކަންތަށް ކޮށްދޭ ކަމަށް ވާންހެއްޔެވެ؟ ރަނގަޅުމީހެއްކަން ދައްކަންހެއްޔެވެ؟ މާޒިން ސުމާގެ އަތުގައި ހިފައިގެން ހިނގައިގަތީ ސުމާ މަާޒިން ބުނެފިއްޔާ އޭނާގެ ފަހަތުން ނާންނާނެކަން އިނގޭތީއެވެ. މިވަގުތު އެދެމީހުންގެ މެދުގައި އޮތް ހަމަޖެހުމަށްވުރެ ކުޑަކުއްޖެއްގެ ފުރާނަ މުހިންމެވެ. ޒިން މުހިންމެވެ. މާޒިން ހިތްބިރުގަތީ މިހާރު ފެތުރިގެން އުޅޭ ޑެންގީ ހުމަށް ވެދާނެތީއެވެ. އަވަސް ފަރުވާއެއް ޒިންއަށް ލިބެންޖެހޭނޭ އޭނާ ހިތަށް އަރާތީއެވެ. މާޒިން ދިޔަގޮތަށް ދިޔައީ ބޭރަށެވެ. އަދި ހޮސްޕިޓަލަށް އައި ކާރު ކައިރިއަށް އައިސް މަޑުކޮށްލުމަށްފަހު ސުމާގެ އަތުން ދޫކޮށްލިއެވެ. އަދި ކާރަށް އެރުމަށް އިޝާރާތްކޮށް އޭނާވެސް ކާރަށް އެރިއެވެ. ސުމާ އިރުކޮޅަކު އެހެން ހުރުމަށްފަހު ކާރުގެ ލޯގަނޑުގައި ޖަހާލީ ލޯގަނޑު ތިރިކުރާށޭ ބުނާފަދަ ގޮތަކަށެވެ. މާޒިން ކަޅި ދެފަަރާތަށް ހިންގާލުމަށްފަހު ތިރިކޮށްލިއެވެ. “އެކަނިންވެސް ދެވިދާނެ.. ސޯ ޕްލީސް!!! އައި ޑޯންޓް ވޯންޓް ޔުއަރ ހެލްޕް..” ސުމާ އެހެން ބުނެލުމަށްފަހު މާޒިންއަށް ފަސްދޭން އުޅުނެވެ. ” ސުމާ!!!! ޕްލީސް މިވަގުތު މުހިންމީ ބޭބީޒިންތަ ނޫނީ މި މިކަންތަށްތަ؟؟ ޖަސްޓް ތިންކް ލައިކް ދިސް.. ވީ ޑޯންޓް ނޯ އީޗް އަދަރ އެން ވީ އަރ ސްޓްރޭންޖާރސް އޯކޭ؟؟؟ މިކަން މިކޮށްދެނީ ބޭބީއަށްޓަކައި….. ނޮޓް ކޯޒް އައި ވޯންޓް މޭކް ޔޫ ޑައުން.. އަދި ބުނަން ޒިންއާއި ސުމާއާއި ދޭތެރޭ އޮންނަނީ އެކީ މަސައްކަތްކުރާ ދެ މުވައްޒިފުންގެ ގުޅުން ނަތިންގް އެލްސް ސޯ މިވަރު ކަމެއްކުރެވިދާނެ…. އިތުރު ޝަކުވާއެއްނުކޮށް އަރާ… ވީ ހޭވް ޓު ބްރިންގް ހިމް..” މާޒިން ސުމާއާއި ދިމާ ބަލަންހުރެ ބުނެލީ ކަންބޮޑުވެފައެވެ. ސުމާ މާޒިންއާއި ދިމާ ބަލައިލުމަށްފަހު ކާރަށް އެރީ އިތުރު ގޮތެއް ނެތީމައެވެ.

ސުމާ ބުނިބުނުމަށް މާޒިން ކާރުގޮސް ހުއްޓީ ސުމާގެ ގޭދޮށަށެވެ. ސުމާ އަވަސްއަވަހަށް ކާރުންނިކުތުމަށްފަހު ދުވެފައި އެތެރެއަށް ވަންނަން ހިނގައިގަތެވެ. މާޒިން ކާރު ރަނގަޅަށް ޕާކްކޮށްލުމަށްފަހު އެތެރެއަށް ދިޔައެވެ. ސުމާ މާޒިން އައުމުގެ ކުރިން ލިފްޓް ބަންދުކޮށްލިއެވެ. މާޒިން “ޝިޓް” އޭ ބުނެލުމަށްފަހު ސިޑި ބޭނުންކުރަންފެށިއެވެ. އޭނާ ދިޔައީ ހަލުވި ދުވުމެއްގައި މައްޗަށް އަރައިގެންނެވެ. ކޮންމެ ފްލޯރ އަކަށް ދެވޭއިރު ލިފްޓް އިންނަނީ އޭގެ މަތީ ފްލޯރ ގައެވެ. އެންމެ ފަހުން 6 ވަނަ ބަޔާއި ހަމާލަށް މާޒިން އެރުމާއި އެކު ސުމާ ރީހަންގެ ދޮރުމަތީ ހުރިތަން ފެނުނެވެ. ސުމާ އަށް މާޒިން ފެނުމާއި އެކު އިތުރު ދިމާލެއްބަލަންވެސް ނޭނގުނެވެ. ސުމާ ހީކުރީ އެހެން ހެދީމާ މާޒިން ނާންނާނެކަމަށެވެ. މިކަންވެސް އެކުރީ ހަމަ ރަނގަޅު ކަމަށްވާންށެވެ. މާޒިން ހުރީ ދާހިއްލާ ފޯވެފައެވެ. ފުންނޭވާތަކެއް ލަމުން ސުމާއާއި އެއްވަރުކޮށްލީ ސުމާއާއި ދިމާ ބަލައިވެސްނުލައެވެ. ކިތަންމެ ރުޅިއަޔަސް އެހެން ހަދަންޖެހޭހޭ މާޒިން ހިތަށް އަރަމުންދިޔައެވެ. ބެލްޖެހުމާއި އެކު މިޝްޔާ ދޮރުހުޅުވިއެވެ. އަދި ހައިރާންކަމާއި އެކު ކުރިމަތީ ހުރި މާޒިންއަށް އަދި ސުމާއަށް ބަލައިލިއެވެ. މިޝްޔާއަށް މާޒިން އެއީ ކާކުކަން ނޭންގުމުން އޭނާއަށް ބަލަހައްޓައިގެން ހުރެ އެތެރެއަށް ވަންނަން ތަންދެއްކިއެވެ. “މިޝީ ކޮ.. ކޮބާ ޒިން؟؟” ސުމާ އަހާލިއެވެ. އޭނާ ހުރީ އަވަސްއަރުވާލާފައެވެ. މިޝްޔާ ސުމާ ގޮވައިގެން ކޮޓަރިއަށް ވަނީ މާޒިންކައިރި ސޯފާ ގައި އިށީނުމަށް ބުނެފައެވެ.

ޒިން އޮތީ ރަތްވެފައެވެ. އެއީ ހުން އަންނައިރަށް އޭނާއަށް ވާގޮތެވެ. ދޮންމޫނު ވަނީ ދުޅަވެފައެވެ. ލޯ ހުޅުވާލަންވެސް އޭނާ އަށް އޮތީ ނުކެރިފައެވެ. ނިތްކުރިމަތީ ތެތްރުމާލެއް ބާއްވާފައޮ އޮތެވެ. ޒިން ނޭވައިލަމުންދާ އަޑު އެ ކޮޓަރިތެރޭ ހުއްޓެވެ. “ޒިން….” ސުމާ އައިސް ޒިން ގެ ނިތްކުރިމަތީ ފިރުމާލަމުން އެނދުގައިއިށީނދެލިއެވެ. “ސުމް އަށް ގުޅަން އުޅެނިކޮށް ތިއައީ… ހަމަ ހުންގަދަވަނީ…” މިޝްޔާ ބުނެލީ ސުމާ ކައިރި އިށީނދެލަމުންނެވެ. ސުމާ ގެ ލޯ ކަރުނުން ފުރުނެވެ. މަންމައަށް ނުވިޔަސް އޭނާ ޒިންދެކެ ވަނީ މަޔަކު ދަރިއަކު ދެކެ ވާފަދަ މަތިވެރި ލޯތްބެކެވެ. “މަންމީ…” ޒިން ބަލިއަޑަކުން ބުނެލިއެވެ. “މަންމީ…” ޒިން ކުޑަކޮށް ލޯ ހުޅުވާލިއެވެ. “މަންމިގެ ބޭބީ.. ކަމް ބޭބީ… ހޮސްޕިޓަލަށް ދާން..” ސުމާ ޒިން އުރާލަމުން ބުނެލިއެވެ. ޒިން ސުމާގެ ކޮނޑުގައި ބޯ އަޅާލިއެވެ. ވާހަކަދެއްކޭނެވެސް އަދި އިތުރު ކަމެއްކުރާނެ ވަރުވެސް އޭނާގެ އެއްނެތްފަދައެވެ. މިޝްޔާ ޒިންގައިގާ ހިފަހައްޓާލަމުން ހިނގައިގަތެވެ. ސުމާ ގެ ގައިވެސް ހޫނުވިއެވެ. ޒިން އަށް މިގޮތަށް ހުން އައި މީ ފުރަތަމަ ފަހަރެވެ. ދުވަހަކުވެސް މިހާ ހޫނެއްނުވެއެވެ. ކަމެއް ގޯސްވެއްޖެކަން ސުމާއަށް ނަގައިގަނެވުނެވެ. އަވަސް ހިނގުމެއްގައި މާޒިންއާއި ހަމަލާަށް އަރަމުން މާޒިންއާއި ދިމާލަށް ސުމާ ބަލައިލީ ފެންކަޅިވެގެން ހުރެފައެވެ. މާޒިންއަށް އެކަން އުނދަގޫވިއެވެ. ސުމާ ކިތަންމެ ނުބައި މީހެއްކަމުގައި ވިޔަސް ޒިން ދެކެ ވަނީ މަތިވެރި ލޯތްބެއްކަން މާޒިންއަށް އިނގެއެވެ. ޒިން ގެ ހުންނަނީވެސް ނުހަނު ރީތި އަހްލާގެކެވެ. މާޒިން އޭނާ އަށް މަރިޔަމް ގެނެސްދިން ފެންތަށި މޭޒުމަތީ ބަހައްޓާލުމަށްފަހު ދާން ހިނގައިގަތެވެ. ސުމާ ލިފްޓަށް އެރުމަށްފަހު އެ ހިފަހައްޓައިގެން މިފަހަރު ހުއްޓެވެ. އޭނާ ގެ ހިތް ހީވަނީ ނިކުމެދާނެހެންނެވެ. ޒިން އަށް ކަމެއްވެއްޖެއްޔާ އޭނާވެސް މަރުވެދާނެއެވެ. ސުމާ ގެ އިހްތިޔާރަކާއި ނުލާ ކަރުނަތަށް ލޮލުން ފައިބައިގެން ދިޔައެވެ.

ލިފްޓް ތެރެއަށް ވަތް މާޒިންއަށް އެތަން ރަނގަޅަށްވެސް ފެނުނެވެ. ނަމަވެސް އެއްޗެއް ބުނާކަށް ނުކެރުނެވެ. ސުމާ އަނގައިން މަޑު އާހެއްނިކުތެވެ. މަޑު މަޑުން ގިސްލެވެމުން އޭނާއަށް ދިޔައެވެ. ރުއިން ކޮންޓްރޯލް ކުރަންޏާ ސުމާއަށް އަބަދުވެސް ވާނީ އެހެންނެވެ. މާޒިން ސުމާ ގައިގާ ބައްދާލާ ހިތްހަމަޖައްސާލަން ބޭނުންވިއެވެ. ނަމަވެސް އޭނާ އަށް ހުރިތާ ހުރެެވުނީއެވެ. ލިފްޓް ހުޅުވުމާއި އެކު ސުމާ އާއި މާޒިން ޒިން ގޮވައިގެން ކާރަށް އެރިއެވެ. ސުމާ ކާރުގައި އިށީނުމާއި އެކު އިތުރަށް ރޮވެމުން ދިޔައެވެ. “ޕް..ޕްލީސް އަވަސް..” ސުމާ އަށް އެހެން ބުނެލެވުނެވެ. މާޒިން ސުމާއަށް ބަލައިލުމަށްފަހު އަވަސް އަވަހަށް ކާރު ދުއްވާލިއެވެ. މާޒިން ކާރު ދުއްވަން އިނދެ ޒިންގެ ގައިގަ އަތްލިއެވެ. އަދި ސިހިފައި ސުމާއާއި ދިމާ ބަލައިލެވުނީ ޒިންގެ ހުންގަދަކަމުންނެވެ. “އަވަސް އަވަސް އަވަސް އަވަސް..” ޒިންގައިގާ ހިފަހައްޓާފައި އިން މާޒިންގެ އަތަށް ފިތާލަމުން ސުމާ ބުނެލީ ދެލޯ މަރާ ތަގުޅިކޮށްލަމުންނެވެ. އޭރުވެސް މެރިފައިވާ އެ ދެލޮލުން ކަރުނަތަށް ހޯސްލާފައި ފައިބައިގެން އާދެއެވެ. މާ ގިނައިރުތަކެއް ނުވެ ޒިން ހޮސްޕިޓަލަށް ގެންދެވުނެވެ. މާޒިން ގެ އެހީގައި އަވަސް ފަރުވާއެއް ޒިންއަށް ދެވެމުންދިޔައެވެ.

ސުމާ އޭރު އިނީ ބޭރުގައެވެ. އޭނާގެ ޑިއުޓި ބަދަލުވި ވާހަކަ އިނގުމާއި އެކު ސުމާ އޭނާގެ ދަބަހާއި ހޮސްޕިޓަލަށް ގެނައި މުހިންމު ބައެއް އެއްޗެހި ހިފައިގެން ނިކުމެ ސީޓެއްގައި އިށީނދެއިނީ މާޒިންއަށް ކުރާ ބަރޯސާއެއްގެސަބަބުންނެވެ. ޒިން އެތެރެއަށް ވައްދަމުން މާޒިން ބަލައިލި ބަލާލުމުގެ ސަބަބުންނެވެ. ސުމާ މާތް ﷲ އަށް ދުޢާ ކުރަމުން ދިޔައެވެ. ޒިން ހެޔޮ ސިއްހަތެއްގައި ލެއްވުމަށެވެ. ޒިން އަކީ ސުމާގެ ފުރާނައެވެ. ދިރިހުރުމުގެ ސަބަބެވެ. ދޮންތަގެ ނިޝާނެވެ. ބައްޕަގެ ފުރަތަމަ ކާފަ ދަރިއެވެ. އޭނާއަށް ކަމެއްވިއްޔާ ސުމާގެ ފުރާނަވެސް ދާނެއެވެ.

އެތަކެއް އިރެއްގެ ފަހުން މާޒިން ނިކުމެލިއެވެ. އަދި ޒިން އެޑްމިޓްކުރެވިފައިވާ ވާހަކައާއި ޒިންގެ ހާލު ދެރަކަމަށާއި ޒިން ޕްރައިވެޓް ވޯޑަކަށް ގެންދާ ވާހަކަ ބުނެ ޒިން އަށް ވަނީ ޑެންގޫ ޖެހިފައި ކަމަށް ބުނެލިއެވެ. ސުމާ އަނގަމަތީ އަތްއަޅާލިއެވެ. އަޑުން އަޑުނަގާ ރޮއެގަންނަން ބޭނުންވިއެވެ. ނަމަވެސް އެއްވެސް ހަރަކާތެއް ނުކުރެވުނެވެ. ލޮލުން ކަރުނަތަށް ފައިބައިގެން ދިޔައީ އެޔެއްމިއެއް ބަލާފައެއްނޫނެވެ. މާޒިން ގެ ހިތަށް އުނދަގޫވިއެއްކަމަކު އޭނާ އަމިއްލަ ނަފްސް ކޮންޓޮރޯލްކޮށްލުމަށްފަހު ޑޮކްޓަރެއްގެ ހައިސިއްުޔަތުން ބުނެލަން އޮތް ދެތިން އެއްޗެއް ބުނެލުމަށްފަހު އެތެރެއަށް ވަދެގެން ދިޔައެވެ. އިރުކޮޅެއްވެސް ނުވެ ޒިން ނެރުނެވެ. އޭރު ޒިން ކުރިއަށްވުރެ ރަނގަޅުހެން ހީވިއެއް ކަމަކު ހުމަކަށް ބަދަލެއް ނާދެއެވެ. އެ ފަކީރުގެ ގައިގާ ހަކަތައެއްވެސް ނެތެވެ.

ސުމާ އޭނާގެ މުޅި ދުވަސް ހޭދަކުރީ ޒިން ކައިރިއެވެ. ޒިން ކުރިއަށްވުރެ ރަނގަޅުވަމުން ދިޔައެވެ. އޭގެ އަނެއްދުވަހު ޒިން ދޫކޮށްލާނެކަމަށް މާޒިން ބުނުމުން ސުމާ ކުޑަކޮށް ހިތްހަމަޖެހުނެވެ. ރޭގަނޑުގެ ހަމަ ހިމޭންވަގުތު މެދު ކެނޑުނީ ސުމާގެ ފޯނު ކޯލު ގެ އަޑަށެވެ. ނިދާފައި އޮތް ޒިން ގެ އަތުގައި ހިފަހައްޓާލައިގެން ނިދިފައި އިން ސުމާ ދިޔައީ ތެޅިގަނެގެންނެވެ. ވަގުތުން ފޯނު ނަގައި ބަލާލިއިރު އެއީ ރިޝްފާގެ ފޯނެކެވެ. ސުމާ ފޯނު ނަގާލިއެވެ.

“ހަލޯ.. ސުމާ ކިހިނެއްތަ؟ ސޮރީ އިނގޭ މިހުރިހާ ދުވަހު ހަބަރެއްވެސް ނުވެވުނު ދޯ… ކޮބާތަ ޒިން؟” އެއްފައްޗަކަށް ރިޝްފާ ވާހަކަތަށް އޮއްސާލިއެވެ. “ރިޝް… ޒިން ވަރަށް ބަލި.. ހުން އައިސްގެން މިއުޅެނީ އޭ ޑީ ކޭއަށް އައިސް…. މާދަމާ ދޫވެސްކޮށްލާނީ..” ސުމާ ބުނެލިއެވެ. މަޑުމައިތިރިކަމާއިއެކުގައެވެ. ރިޝްފާ ހުއްޓުންއެރިއެވެ. މާޒިންވެސް އުޅެނީ އެތާކަމުން ދެމީހުން ދިމާވާނެކަން ޔަޤީނެވެ. ހަމައެހެންމެ ކުޑަކުދިން ބަލާ ޑޮކްޓަރަކީވެސް ހުދު މާޒިންއެވެ. ރިޝްފާ ހިންދިރުވާލިއެވެ. “އެހެންތަ.. އެބަ ދަން އިނގޭ…” ރިޝްފާ ބުނެލިއެވެ. ސުމާ ނޫނެކޭ ބުނުމުންވެސް ރިޝްފާ އެއްބަސްނުވިއެވެ. އެހެންކަމުން ސުމާވެސް އެންމެފަހުން އަންނާށޭ ބުނެލިއެވެ.

ސުމާ ފޯނު މިއުޓަށް ލުމަށްފަހު ކަބަޑުމަތީ ބާއްވާލީ އޭގެ އަޑު އިވިގެން ޒިން ހޭލަފާނެތީއެވެ. އެއަށްފަހު އޭނާ ޒިންގެ އަތުގައި އަނެއްކާވެސް ހިފައިލިއެވެ. އަދި ދެއަތުން އެ ކުޑަ ކުޑަ އަތުގައި ހިފައި ބާރުކޮށްލާ ނިތްކުރި ޖައްސާލައިގެން އިނެވެ. ސުމާ ދުޢާ ކުރަމުން ދިޔައީ ޒިން ރަނގަޅުވޭތޯއެވެ. އޭނާއަށް މުސީބާތެއް ޖެހުމުގެ ކުރިން ސުމާއަށް ޖެހުމަށެވެ.

ސުމާ އެހެން އިންދާ ދޮރުހުޅުވިގެން ދިޔައެވެ. މަޑު ފިޔަވަޅުތަކެއްގައި އެތެރެއަށް ވަތް މާޒިންއަށް ސުމާ އިންގޮތް ފެނި އޭނާއަށް ވާވަރު އިހްސާސްކޮށްލެވުނެވެ. އެހެންކަމުން ޒިން އާއި ކައިރިވެލައި ޒިން ގައިގާ އަތްޖައްސާލުމަސްފަހު ކުޑަކޮށް ޗެކްކޮށްލިއެވެ. އެ ހުރިހާ އިރު ވެސް ސުމާ އިންގޮތަށް ތަނެއް ގުޑުވައިވެސް ނުލާ އިނީ މީހަކު އުޅޭކަމުގެ އިހްސާސްވެސް ނުވާތީއެވެ. މާޒިން ސުމާ އާއި ކައިރިވެލާ ސުމާގެ ކޮނޑުގައި އަތް އަޅާލިއެވެ. އެއީ އޭނާގެ އިހްތިޔާރުން ބޭރުގައި ވީ ކަމެކެވެ. ސުމާ ސިހިފައި މާޒިން ހުރި ދިމާލަށް ބަލައިލިއެވެ. އެއަށްފަހު އޭނާގެ ނަޒަރު މާޒިންގެ މޫނުމަތިން ވަކިނުވެއެވެ. މާޒިންގެ ހާލަކީވެސް އެއީއެވެ. ސުމާ ކުއްލި ހަރަކާތަކާއި އެކު ކޮޅަށް ތެދުވެފަައި މާޒިންގެ ގައިގާ ބައްދައިގަތެވެ. އަދި ހަމަ އެ ސިކުންތުކޮޅުގައި ރޯންފެށިއެވެ. އޭނާ ހިފަހައްޓައިގެން މިހުރިހާ އިރު ހުރި އިހްސާސްތަށް އެކީ ބޭރުވިއެވެ. މާޒިން އަށް އެއްވެސް ހަރަކާތެއް ނުކޮށް ހުރި ގޮތަށް ހުރެވުން ނޫންކަމެއް ނުވިއެވެ. އެންމެފަހުން މާޒިންވެސް ކޮންޓްރޯލްކޮށްގެން ހުރި އޭނާގެ އަތް ސުމާގެ އުނަގަނޑު ވަށާލާ ސުމާ އިތުރަށް ގާތްކޮށްލިއެވެ. އަދި ކޮރައިގެން ހުރި ސުމާ ކުޑަކޮށް ހިއްލާލާ އެ އަތުގެ ހިމާޔަތަށް ގެނައެވެ.

ސުމާގެ ރުއިން ގިސްލުމަށް ބަދަލުވެގެން ދިޔައިރުވެސް މާޒިންއާއި ދުރުވާކަށް ނޭދުނެވެ.  މާޒިންވެސް ލޯމަރާލައިގެން ސުމާގެ ކޮނޑުގައި ބޯ އަޅާލައިގެން އޮތެވެ.

…..

ރެޝިޕްޝަނުން ޒިން އޮތް ތަނުގެ މައުލޫމާތު ހޯދާލުމަށްފަހު ރިޝްފާ ހިނގައިގަތެވެ. އެ ކޮޓަރި ކުރިމައްޗަށް އަރާލުމަށްފަހު ރިޝްފާ ފުންނޭވައެއް ލިއެވެ. އެއަށްފަހު މަޑުމަޑުން ދޮރު ހުޅުވާލިއެވެ. ފެނުނު މަންޒަރާއި އެކު އޭނާގެ ހިތްވެސް ނައީ ކިރިޔާެއެވެ. ނޭވާ ހުއްޓި ދެލޯ ބޮޑުކޮށްލައިގެން ހުރުން ނޫން ކަމެއް ރިޝްފާއަކަށް ނުވިއެވެ. ރިޝްފާ ގެ ހިތުގައި ނަފުރަތުގެ ހުޅުކޮޅު ބޮޑުވެ ފެތުރިގެން ދިޔައެވެ. ކުރިންވެސް ސުމާއާއި ދޭތެރޭ އޮތް ހަސަދަވެރިކަން އިތުރުވިއެވެ. ރިޝްފާ ހިފަހައްޓައިގެން ހުރި ދޮރު ވެސް ނަގައި ޖަހާ ހިތްވިއެވެ. އޭނާގެ ލޯބި އޭނާ އަތުން ބީވަނީއެވެ. އޭގެ ކުރިން ސުމާ އަށް ރަނގަޅު ލަނޑެއް ދޭންޖެހެއެވެ. ރިޝްފާ އައި ރުޅީގައި އެތަނުން ނިކުމެގެން ދިޔައީ ދޮރުވެސް ބަން ކިޔާފައި ޖަހާފައެވެ.

އެއަޑާއި އެކު ދެމީހުންނަށް އެއްފަހަރާ ދުރަށް ޖެހެވުނެވެ. ސުމާ އަށް ކުރެވުނު ކަންތަކާއި މެދު ވިސްނާލެވުނީ ދެނެވެ. ލަދުވެތިކަން އިހްސާސްވުމުން އިސްޖަހާލެވުނެވެ. ސުމާ ސޮރީ އޭ ބުނަން އިސްއުފުލާލިއިރު މާޒިން ނިކުމެގެން ދަނީއެވެ. ސުމާ މާޒިން ދިޔަ ދިމާލަށް ބަލަން ހުއްޓެވެ. “ހީ އިޒް އިމްޕޮސިބަލް….. ބަޓް ސުމާ ޔޫ.” ސުމާ އެހެން ބުނެލުމަށްފަހު ލޯ މަރާލިއެވެ. އެވަގުތު އޭނާއަށް އިހްސާސްވީ މާޒިން އޭނާ ކައިރި ހުރިކަމެވެ.

“ލޮތްބަށް ޓަކާ އެދި އެދި ވަމޭ….

ތިޔަ އިންތިޒާރުގައި އަދު ވަމޭ….

ބަދަލެއް ޔަޤީން ނުމެ ވާނަމޭ…

އެހަނދާންތަކާއި ގުޅިފައި ވަމޭ…..”

ސުމާގެ ހިތުގައި ވަނީ ލަވައިގެ އެބައިތަކެވެ. ސުމާ އަލުން ގޮސް ގޮނޑީގައި އިށީނދެލިއެވެ.

…..

ނިކުމެގެން ދިޔަ މާޒިން އަށް ލޮލުގައި އަޅައިގަތީ ދުރުން ނިކުންނަން ދިޔަ ރިޝްފާއެވެ. ހިސާބަކަށް އޭނާއަށް ވީގޮތް އިނގުނުފަދައެވެ. ރިޝްފާ މިގަޑީގައި މިތާ ހުރުމާއި ދޮރު ލެއްޕުނު އަޑުން ހިސާބަކަށް އޭނާއަށް ވީގޮތް އޮޅުންފިލިއެވެ. އެހެންކަމުން ދުވެލާފައި ދިޔައީ ރިޝްފާ އާއި ހަމަކުރެވޭތޯއެވެ.

ނުނިމޭ

Share Article

Follow Me Written By

Ryn

100 Stories10 Stories1K Comments500 Comments100 Comments100 Login

Hello! I love reading stories and writing obv. I hope my stories will make you happy. Don't forget that reading is what gives you more knowledge about the world. Don't stop reading. Visit my facebook page RYN'S stories. Thankyou

Other Articles

Previous

ކަޅި (އެއްވަނަ ބައި)

Next

ލޯބިވެވުން އެއީ ކުށަކަށްވާނަމަ 8

Next
July 4, 2016

ލޯބިވެވުން އެއީ ކުށަކަށްވާނަމަ 8

Previews
July 4, 2016

ކަޅި (އެއްވަނަ ބައި)

54 Comments!

  1. Rsy says:
    July 4, 2016 at 9:01 pm

    VVV reethi mibaivas
    Dhen risfa a konmavas gotha hadathi

    1. Ryn says:
      July 4, 2016 at 9:08 pm

      hahah thnkyww… n lets c what happens to that girl 🙂 enjoy

  2. Ryn says:
    July 4, 2016 at 9:05 pm

    hey guys.. here is the 16 th part.. thankyw for reading.. n hope just hope that tonight ehvx error eh neii kan can comment peacefully … n hope mi part vx like vaane kamah… n yeahh vrh happy vehje thankyw fo those who liked my page.. just in a night got more than 100.. that was a very good start.. i even got goosebumps -_- once again thnkyw for the support… 😉 c u n next part as usual tomorrow night.. n yeah i guess for us n maldivians will have same eid.. hope so… 😉 tc enjoy 😉

  3. Xaam says:
    July 4, 2016 at 9:14 pm

    Nice igy…..bt v short… sumkko ah eves gothen nahadathi igy…bt risfa ah konmavas gotha hadThi…

    1. Ryn says:
      July 4, 2016 at 9:53 pm

      thnkyw.. n lets c what happens 😉 enjoy

  4. naaanu says:
    July 4, 2016 at 9:17 pm

    Heyyy ryyyn.sorry reyga cmnt kuran ulhe ulhe nukurevun.miabives varah salhi.alhe dhn kihineh vaantha miulheny…e dhe kudhin haadha rom ey dho.ehm ehm ???avahah next prt.sum ah abadhu dhera libeny.maazin ah sum ge hageegai ingey iru v salhi vaane.hahah.ok v salaan.ehaa vaahaka gina nukoh ?

    1. Ryn says:
      July 4, 2016 at 9:54 pm

      hahahha yo naanu.. owwh haan error eh ery dhww… hahaha lets c what happens.. hmm hmmmm drink some water while reading 😛 n yeah wil upload soon in sha allah.. haan salaam salaam.. tc 😉

  5. Shaai says:
    July 4, 2016 at 9:21 pm

    V rythi mibaives. Ekamaku sumaa ah dhera gotheh nahadhahche. …

    1. Ryn says:
      July 4, 2016 at 9:54 pm

      thnkyw haha lets c 😉

  6. laimaan says:
    July 4, 2016 at 9:42 pm

    Story v reethi as usual. Kiyaa hithun inyma kanneyge mi part kuruhen hyvy. Ryn ur storys were superb n all the best. Waitin tomorow nyt ah.

    1. Ryn says:
      July 4, 2016 at 9:54 pm

      aww thnkyww… but for me this part is short too hama.. 😉 anyway thnkyww keep waiting 😉

  7. Ushaa says:
    July 4, 2016 at 9:45 pm

    Vvvvvvvvvvvvvvvvvvvv salhii.. Waitin..

    1. Ryn says:
      July 4, 2016 at 9:55 pm

      thnkyw 😉

  8. mal says:
    July 4, 2016 at 9:50 pm

    ryn buneba fb use nukuraa kudhin ryn ge story kiyan hadhan v goi……plx plx…..bunebaa….we also want read more stories of urs……plx ryn…hykuran hhleh dheyne kamah

    1. mal says:
      July 4, 2016 at 9:51 pm

      *hahleh….ryn reply ah dhehchey

    2. Ryn says:
      July 4, 2016 at 9:57 pm

      dear.. fb ga nuhuhnaaney stories eh hama ekani huhnaany esfiya ga up kuraa stories ge link. so that fb users can easily get it.. n page ga we r giving infrs about upcoming stories n etc 😉 mithaanga ey up vaany aneh hn its not important to have a fb n like my page.. esfiya ga hama huhnaany my stories liben.. ingey 😉 dont worry much

  9. eu says:
    July 4, 2016 at 9:53 pm

    Ohhhh vrh vrh reethi

    1. Ryn says:
      July 4, 2016 at 10:00 pm

      thnkyw 😉

  10. Sss says:
    July 4, 2016 at 9:54 pm

    Koba 15 vana bai nufenunu

    1. Ryn says:
      July 4, 2016 at 10:00 pm

      here is the link https://www.esfiya.com/17214/ 😉

  11. ainth says:
    July 4, 2016 at 10:00 pm

    V v v salhi

    1. Ryn says:
      July 4, 2016 at 10:01 pm

      thnkyw 😉

  12. Aisha says:
    July 4, 2016 at 10:01 pm

    Kobaa 15 vana part

    1. Ryn says:
      July 4, 2016 at 10:03 pm

      link https://www.esfiya.com/17214/.. e part reyga up kurin 😉

  13. Purplish says:
    July 4, 2016 at 10:02 pm

    Varah reethi mi part vs
    Rishfa just go away

    1. Ryn says:
      July 4, 2016 at 10:05 pm

      hahah thnkxx 😉

  14. aff says:
    July 4, 2016 at 10:19 pm

    heii ryn… Ryn Maldives ga noontha ??? Ryn thee hama lavaeh varah kuhje dhw..hehe..btw story hama habeys..ehvanaige story eh mee..loved it..☺

    1. Ryn says:
      July 4, 2016 at 11:26 pm

      hey aff… umm yeah… not in maldives.. hahaha yess… i just love… n thnkyww 😉 😉

  15. aff says:
    July 4, 2016 at 10:19 pm

    loabi kuraa kuhje ** ☺☺ Ethankolhh nuliyevi iny..hehhe

  16. Sss says:
    July 4, 2016 at 10:21 pm

    V reethi ..

    1. Ryn says:
      July 4, 2016 at 11:27 pm

      thnkx 😉

  17. Sasha says:
    July 4, 2016 at 10:30 pm

    Alhe aneh bai ves kiyaahiyavany.. Vvvvvvvv nice

    1. Ryn says:
      July 4, 2016 at 11:28 pm

      hahah ekm keep waiting for tomorrow.. n thnkyww 😉

  18. Ainy says:
    July 4, 2016 at 11:01 pm

    Avahah upp kohdhehchey ….v rythi mi part vx

    1. Ryn says:
      July 4, 2016 at 11:29 pm

      sure tomorrow night will try to upload soon ;).. n thnkyww

  19. RY says:
    July 4, 2016 at 11:03 pm

    It was like jst wow!! Next part ah inthizaaruga hurin.. 😀

    1. Ryn says:
      July 4, 2016 at 11:32 pm

      aww thnkyww.. 😉 keep waiting

  20. Azu says:
    July 4, 2016 at 11:37 pm

    Dhen…
    Rishfa accident kohlabala…haadha foohsey sumkoyaa jahsaalaigen ulheythee…???

    1. Ryn says:
      July 5, 2016 at 12:28 pm

      hahaha… lets c what happens.. n thnkyw 😉

  21. shimaa says:
    July 4, 2016 at 11:44 pm

    Thi rishfa thy hadhaha warehge meehekey dho… warah fuhi wey… at the end suma and mazin gulheyne thaa dho… anw story hama habeys. ..

    1. Ryn says:
      July 5, 2016 at 12:29 pm

      hahaha… thnkyw 😉

  22. Blue says:
    July 4, 2016 at 11:47 pm

    Wow intresting story.. Waiting waiting n waiting for the next part?

    1. Ryn says:
      July 5, 2016 at 12:29 pm

      thnkyww 😉 😉 keep waiting 😉

  23. Ai says:
    July 4, 2016 at 11:50 pm

    U r living in malaysia tha ryn? Nyc story. Abaduves kiyan. Firstcomment ☺

    1. Ryn says:
      July 5, 2016 at 12:30 pm

      unfortunately not there :/ n thnkyww.. 😉 happy to see ur comment 😀 😉

  24. Chau says:
    July 5, 2016 at 12:04 am

    V reethi… Waiting…..

    1. Ryn says:
      July 5, 2016 at 12:30 pm

      thnkyw 😉

  25. xin's gurl says:
    July 5, 2016 at 12:19 am

    Rynoo?
    Story nimeny tha???
    N btw its very nice ingey?

    1. Ryn says:
      July 5, 2016 at 12:30 pm

      xin;s gurl o la haha not bad..
      yeah nimen ulheny .. n thnkyw 😉 😉

  26. Sinookko says:
    July 5, 2016 at 6:35 am

    V varah reethi ..waiting for next part

    1. Ryn says:
      July 5, 2016 at 12:31 pm

      thnkyw 😉

  27. Luam says:
    July 5, 2016 at 6:57 am

    V nice…n eid mubaarik to all muslims….

    1. Ryn says:
      July 5, 2016 at 12:31 pm

      thankyww.. eid mubaarak to u n everyone 😉 😉

  28. Anonymous says:
    July 5, 2016 at 3:25 pm

    story v nice n eid mubarik

Comments are closed.


All Right Reserved!