“ޑޯންޓް ވޮރީ..އައިމް ޝުއަރ އެއްވެސް ކަމެއް ގޯސްކޮށެއް ނުދާނެމިފަހަރު..” ކައިލާން ކިއާ ހިތްހަމަޖައްސައިދިނެވެ. އަދި ލޫހާން އާއި ހަމަޔަށް ދާން ހިނގައިގަތެވެ. ލޫހާން އާއި އަރާ ހަމަވުމުން ކައިލާން ސުވާލްކޮށްލިއެވެ. “ޔޫ ވޯންޓްދަ ގުޑް ނިއުސް އޯރ ދަ ގުޑްނިއުސް..” “ޓެލް..”ލޫހާން ފޫހިގޮތަކަށް އަހައިލިއެވެ. “އިޓްސް އެބައުޓް ކިއާ..” ކައިލާން ސީރިޔަސްވެލިއެވެ. “ހްމްމް..ބުނެބާރ..”ލޫހާންގެ މޫޑު ވަގުތުން ރަނގަޅުވިއެވެ. “ކިއާ އޯލްސޯ ލައިކްސް ޔޫ ލޫހާން..” ކައިލާން ހިނިތުންވެލަމުން ބުނެލިއެވެ. ލޫހާން އަށް ހީވީ މުޅިދުނިޔެ އޭނާގެ ރަސްކަމުގެދަށަށް […]
ޖާހަތުގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ހުމާމު ވާހަކަ ނުދައްކާ މަޑުކޮށްލިއެވެ. އެކޮޅުން ވާހަކަ ދައްކަންދެނެވެ. “ހަލޯ؟؟!! އަނެއްކާ ގުޅީ؟ އަހަރެން ބުނީމެއްނު ބިޒީ އޭ. ފަހުން ގުޅާނަމޭ.” އެކޮޅުން ޝާމްގެ އަޑު އިވުނެވެ. ހުމާމު ޔަޤީންކުރަން ދަތިވެފައި އަޑުއަހަން އިނެވެ. “ހަލޯ؟؟ ހަލޯ” ވާހަކަ ނުދެއްކުމުން އެކޮޅުން ޝާމް ގޮވާއަޑުއިވެއެވެ. ހުމާމު ފޯނު ކަނޑާލިއެވެ. އެއަށްފަހު ކޮންޓެކްޓްސް ހުޅުވައިގެން ނަމުގެ ޑީޓެއިލްސް ބެލިއެވެ. “ޝާމްބެ؟” ލިބުނު ސިހުމާއެކު ހުމާމަށް ބުނެލެވުނެވެ. ޖާހަތުއަށް އިނދެވުނީ ހަދާނެގޮތެއް ނޭނގިފައެވެ. “ޝާމްބެއާ […]
އުނގަނޑާއި ހަމައަށް އެރުމަށްފަހު ބަކެޓަށް ފެން އެޅުމަށްފަހު އެނބުރި ދޮންވެލިގަނޑު މައްޗަށް އަރައި އޭނާ ހަދާފައި އޮތް ވަޅުގަނޑަށް ފެންތަށް އޮއްސާލިއެވެ. ދެފަހަރަކު މިހެން ހެދުމަށްފަހު ތިންވަނަ ފަހަރަށް އެރި އުޅެނިކޮން ލޫލުގެ ފައި ގާކޮޅެއްގައި އަޅައިގަނެ އަރި އަޅާލައިގެން ލޮނުގަނޑު ތެރެއަށް ވެއްޓުނެވެ. “ޑޭޑީ..” ވެއްޓެމުން ދިޔަ ލޫލުގެ ކަރުން ބޭރުވީ އެންމެ ބަހެކެވެ. “ލީނާ މަޑުކޮށްބަލަ.. އައި މޭޑް އަ މިސްޓޭކް.. އަޑު އަހާބަލަ!” ލޫތް އާދޭސް ކުރަމުން ދިޔަ ނަމަވެސް ލީނާ އުޅުނީ […]
ހަތަރު ބުރިއަށް ނަގާފައިވާ ބޮޑުގޭގެ ޓެރެހުގައި ތިބި ދެބޭން ހީވަނީ އެކެއް އަނެކަކުގެ ފޮޓޯއެއް ހެންނެވެ. އެހާވެސް ވައްތަރެވެ. ވައްތަރު ނުވާންވީ ކީއްވެ ހެއްޔެވެ؟ އެއްމާބަނޑު ދެކުދިން ވިއްޔާއެވެ. އުމުރުން ބާވީސް އަހަރު ވީއިރު ދެކުދީންވެސް ކިޔަވަމުން ދިޔައީ އެމެރިކާއިންނެވެ. މަންމައަކީ އެމެރިކާގެ މީހަކަށްވުމުން އެންމެ ކުޑައިރުއްސުރެވެސް އެކުދިން އުޅެމުންއައީ އެތާނގައެވެ. ރާއްޖެ އަންނަނީ އަހަރަކު އެންމެ ފަހަރަކުއެވެ. އެވެސް ބައްޕަގެ މަންމަ ކައިރިއަށެވެ. އައިޑެންޓިކަލް ޓްވިންސްއެއް ކަމުން ގިނަ ފަހަރަށް މަންމައަށްވެސް އޮންނަނީ ދެބެން އޮޅިފައެވެ. […]
ކުއްލިއަކަށް އަހަރުމެން ދެމީހުން ސިއްސައިގެން ދިޔައީ އަހަރެންނަށް މީހަކު ގޮވާލީމެވެ. “އާސީން” އެއަޑު އައީ އަހަރެންނާއި ވަރަށް ކައިރިންނެވެ. ނަމަވެސް ދެފަރާތް ހޯދާ ބަލާލިއިރުވެސް އެއްވެސް މީހަކު އަހަރެންނަކަށް ނުފެނުނެވެ. އަހަރެން ބަންޝީލްގެ މޫނަށް ބަލާލީމެވެ. މިތަނަށް އެހެން މީހަކަށް އާދެވޭނެތޯ އަހާލާ ފަދަ ގޮތަކަށެވެ. އޭރު އެމޫނުމަތިން ފެންނަން ހުރީ ހާސްކަމެވެ. “އާސީން” ދެވަނަ ފަހަރަށް އެއަޑު އަހަރެންނަށް އިވިގެން ދިޔައެވެ. މިފަހަރުވެސް އިވުނީ އެހާ ކައިރިންނެވެ. އަހަރެން އެބުރި ބަލާލީމެވެ. އެވަގުތު ތަންކޮޅެއް ދުރުގައި […]
ހިނދުކޮޅަކަށް ލޫތްގެ އެބާރުގަދަ އަތުގެ ތެރެއަށް ވިރިގެން ދިޔަ ނަމަވެސް ދެވަނަ ސިކުންތުގައި އޭނާ ލޫތްގެ މޭގައި އަޅައި ދުރަށް ކޮށްޕާލިއެވެ. ދެން ވެގެން ދިޔައީ ލޫތް ފަހަރެއްގައި ވެސް ހީނުކުރާ ކަމެކެވެ. އައިފާ އަތް ދަމަފައި ލޫތްގެ ކޯމަތީގައި ހޫނު އެތިފަހަރެއް ޖެހިއެވެ. ނަގައިގެން ދިޔަ ދިލައިން ލޫތްގެ ބޮލަށްވެސް ގޮތެއް ވިއެވެ. ކޮލުގައި ބޭއިޚްތިޔާރުގައި އަތް ލެވުނުއިރު ލޫތް ހުރީ ޖެހި ބުދެއްހެން ހިރިލަން ނޭނގިފައެވެ. އޭރު ކުރިމަތީގައި ހުރި އައިފާގެ މޫނުމަތިން އިންތިހާ […]
ހާދާނެ ގޮތް ހުސްވެފައިވާ މުސާފިރެއް ފަދައިން މިންޝާގެ ފަހަތުން އޭނާ އާފާފު މެންނާއި އަރާ ހަމަކުރުއެވެ. ނަމަވެސް ކައިލް ފެނަ ކޮންމެ ފަހަރަކު ނާވީ ހިތުގައި ނަފުރަތުގެ އަލިފާން ގަނޑެއް ރޯވެގެން ދާފަދައެވެ. އެހެން ނަމަވެސް އޭނާ ހުރީ އެހާ އަވަހަށް ބަލި ޤަބޫލު ކުރާ ގޮތަކަށް ނޫނެވެ. މިންޝާގެ ބައްޕަގެ އަމަލުތަކާއި ވާހަކަ ހުންނަ ގޮތުން ނާވީ ގެ ހިތުގައި އުންމީދުގެ ކުޑަ ހުޅުކޮޅެއް ދިއްލިފައިވެއެވެ. އާދަމް މަނިކު މިއަދު ވަނީ އޭނާގެ ހަޔާތާއި ބެހޭ […]
” ވެގޮސްފައިވާ ތަނެއް އަހަރުމެންނަކަށް އަލަކުން ނުހޯދޭނެ.. ކިތަންމެ ބޭނުންވިޔަސް ވެނިމިފައިވާ ކަންތައްތަކެއް ބަދަލެއްވެސް ނުކުރެވޭނެ.. އަހަރުމެން ޖެހޭނެ ޙަޤީޤަތާ ކުރިމަތިލާން..” ބޭރަށް ނިކުންނަމުންވެސް މިއުވާން ހިތްވަރުދިނެވެ. “ތޭންކްސް.. އޮފީހަށް މިދަނީ..” އައިނު އަޅާލަމުން ބުނީމެވެ. “އުހުނ.. ހިނގާ އެއްޗެއް ކާލަން ދަމާ..” މިވީ ދެދުވަސްތެރޭގައި ކެއިންބުއިމަކީ އަހަރެން ހަނދާންނެތިފައިވާ ކަމެކެވެ. ބަނޑުހައިކަމުގެ އަސަރެއް ނުކުރެއެވެ. ލިބިފައިވާ ހިތާމައިގެ ބޮޑުކަމުން އެހެން ކަމެއްގެ އިޙްސާސްވެސް ނުކުރެވެނީއެވެ. މިއުވާން ހުއްޓާނުލާ ކިޔަންފެށުމުން ކާން ދާން އަހަރެން އެއްބަސްވީމެވެ. ސައިކަލުން […]
“ކީކޭ؟؟!!؟!؟!” ޔާނާއަށް ބުނެލެވުނެވެ. އިތުރަށް ބުނާނެ އެއްޗެއް ނޭނގި ބަސްހުއްޓުނެވެ. “އާނ! ތިއީ ޔާނާ.” ރީމް ލޮލުންފައިބަމުންދިޔަ ކަރުނަތިކިތައް ފޮހެލަމުން އަނެއްކާ ޔަޤީންކޮށްދިނެވެ. “އެކަމަކު…. އެކަމަކު ކިހިނެތް ތިކަން އެނގެނީ؟” ޔާނާއަށް ސުވާލުކޮށްލެވުނެވެ. “ޔާނާގެ ހިތުގައި ހިނގަމުންދާ އިހުސާސްތައް ހެއްކަކަށް ނުފުދޭތަ؟” ރީމް ސުވާލުކޮށްލިއެވެ. “އެކަމަކު…..” ޔާނާއަށް އަދިވެސް ގަބޫލުކުރަން ދަތިވަނީއެވެ. “ޔާނާ! އިތުރަށް ސުވާލުނުކުރޭ. މިއީ ހަޤީޤަތް. ދެން އަހަރެންނަށް ކަމެއްކޮށްދީ!؟!؟!” ރީމް ޔާނާގެ ސުވާލުތައް މެދުކަނޑާލަމުން އެދުނެވެ. “ކޮންކަމެއް؟” ޔާނާ ހައިރާންވެފައި ސުވާލުކޮށްލިއެވެ. “މާންގެ […]