Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ދޭނަން ހިތާ ޖާނާ (13)

layaal Level 310 Stories100 Comments
July 3, 2016 10 Mins Read
47 Comments

އެގަނޑު ކިޔަމުން ދިޔައިރު ލޫތްގެ ލޮލުން ކަރުނަ ބަބުޅަމުން ދިޔައިރު އޭނާގެ ކަތުރުކަށިގަނޑު ބާރުކޮއްލެވިފައިވާ ވަރުން އިންތިހާއަށް ރުޅި އައިސްފައި ހުރިކަން ހާމަވެއެވެ. ލޮލުން ވެއްޓުނު ކަރުނަތިކި އެ ގަނޑަށް ފޭދިގެން ދިޔައިރު އޭނާ ދެލޯ މަރާލިއެވެ. އެ ބާރުގަދަ އަތުގެ ތެރެއަށް އެ ގަނޑު ބޮނޑިވެގެން ދިޔައިރު ލޫތްގެ ހަރުކަށި އަޑު މުޅިތަނަށް ގުގުމާލިއެވެ. “ލީނާ!!!”

ލޫތްގެ އަޑަށް ލީނާ ސިހިފައި އަތުގައި އޮތް އޫ ވެއްޓުނު އިރު އާލާ ބިރުން ކޮށިއެރިއެވެ. އެންމެން އެއްފަހަރާ އެދިމާއަށް ބަލާލިއިރު މޫނުމަތިން ފެނުނީ ހާސްކަމެވެ. އެންމެން ކަހަލަ ގޮތަށް ގޮނޑިން ތެދުވި އިރު ލީނާ މޭޒުން ދުރަށް ޖެހިލިއެވެ.

އެހެންނޫނީ ދުވަހަކުވެސް ލޫތް އެގޮތަށް ހަޅޭލަވައެއް ނަހަދައެވެ. ލޫތް ހަރު ފިޔަވަޅު ތަކެއްގައި ނާއިލްގެ ކޮޓަރިން ނިކުމެގެން އައިރު ފެނުނީ އިންތިހާ ރުޅިވެރިކަމެވެ. އަތުގައި ގަނޑެއް ބޮނޑި ކޮށްލެވިފައި އޮތްއިރު އެދޮން މޫނަށްވަނީ ރުޅި އައިސް ރަތް އަރާފައެވެ.

ލޫތް އެދިޔަ ބާރު މިނުގައި ގޮސް އަތްދަމާފައި ލީނާގެ މޫނުމަތީގައި ހޫނު އެތިފަހަރެއް ޖެހިއެވެ. ކޮލަށް އަރައިގެން ދިޔަ ދިލައިން ބޮލަށް އެނބުރުން  އަރައިގެން އަރި އަޅާލުމާއިއެކީ ކައިރީގައި ހުރި ގޮނޑީގައި ހިފައްޓަލެވުނީ ކިރިޔާއެވެ. ލުތުފީ ލޫތްއޭ ކިޔައި ހަޅޭލަވަގަތުމުން ވެސް އޭނާއަށް އިވޭ ކަމަކަށް ނުވިއެވެ.

“ހުރި ހަޔާތްކުޑަކަން ކަލޭ! ލަދެއް ނުގަނޭތަ!” ލީނާގެ ބުޅި އިސްތަށިގަނޑު އަތަށް އޮޅާލަމުން ލޫތް އަޑުގެ ކޮޅަށް ހަޅޭލަވައިގަތެވެ. މިތަންފެނި ސައިލަމް ވަގުތުން އޭނާ ދުރުކުރަން އުޅުނެވެ. “ލޫތް ހަމަޖެހިބަލަ.” ސައިލަމް އޭނާ ދުރުކުރަން އުޅެމުން ބުނެލިއެވެ. “ކޮން ހަމައެއްތަ ޖެހެވޭނީ.. މިހިރަ ގޮތްކުޑަ އަންހެނާ ކުރި ކަންތަން ބަލާބަލަ!” އަތުގައި އޮތް ގަނޑު ލީނާގެ މޫނުމައްޗަށް ޖަހަމުން ލޫތް ހަޅޭ ލަވައިގަތެވެ.

ލީނާ އެ ގަނޑު ބަލާލުމާއިއެކީ ލޮލުން ތަރިބުރައިގެން ދިޔައެވެ. ލޫތްއަށް ހުރިހާ ކަމެއް ބޭޒާރުވީއެވެ. “ކިހިނެތް ވެގެންތަ މިއުޅެނީ!” ލުތުފީ ވެސް އަޑަށް ބާރު ލާފައި ބުނެލިއެވެ. އޭރު އެންމެން ތިބީ ވާނުވާ ނޭނގިފައެވެ. ނަމަވެސް ނާއިލް އެއްޗެކޭ ނުބުނެ ހިމޭނުން ހުއްޓެވެ.

“އަހާބަލަ ލީނާ ކައިރީ… ކިޔާދިބަލަ އެންމެންނަށް ކަލޭގެ ކުރި ކަންތައްކުގެ ވާހަކަ! ނުކެރޭނެ ދޯ! އެހެން މީހެއްގެ ދަރިއެއް އަހަރެންގެ ބޮލުގައި އަޅުވައިގެން ހުންނާކަށް ލަދެއް ނުގަނޭތަ!” ލީނާގެ ކޮލުގައި ހިފާ ބާރުކޮށްލަމުން ލޫތް ބުނެލިއެވެ.

އެންމެން ސިހިފައި ލީނާއާއި ދިމާއަށް ނަޒަރު ހުއްޓާލިއެވެ. “ކީކޭ ދަރިފުޅު ތިކިޔަނީ؟” އާޒިމާ އެބުނިއެއްޗެއް އޮޅުން ނުފިލުމުން އަހާލިއެވެ. “މިހުރިހާ ދުވަސް ވަންދެން އެހައި ލޯބިން އަހަރެން އަމިއްލަ ދަރިއެއްކަމަށް ހީކޮށް ގެންގުޅުނު ލުޔޫން އެއީ އަހަރެންގެ ދަރިއެއް ނޫން! އެދަރިފުޅު މަރު ދިޔައިރު ވެސް އެކަން ކަލޭ ސިއްރު ކުރީ! ކީއްވެ؟” ލޫތް ހަޅޭލަވައިގެން އިރު އެ އަޑުގައި ހިތްދަތިކަން އެކުލެވިގެން ވިއެވެ.

“ކީއްވެ ލީނާ؟ ކީއްވެ މިހާ ބޮޑު އޮޅުވާލުމެއް އޮޅުވާލީ؟ އަހަރެންނަށް ކޮން ކަމެއް ނުކޮށްދެވުނީ؟ ބުނެބަލަ؟ ލޯބި ނުދެވުނީތަ؟ ކީއްވެހޭ!!” ލޫތްގެ ހަޅޭކުގެ އަޑަށް ލީނާ ސިހިފައި ދެފިޔަވަޅު ފަހަތަށް އެޅުނެވެ. “ލޫތް.. އަހަރެން.. އައި އެމް ސޮރީ..” ލީނާއަށް އިތުރަށް ދެވޭނެ ޖަވާބެއް ނެތުމުން ބުނެލިއެވެ. އޭނާ ވަކި ލޫތަށް ދެން ދޭނީ ކޮން ޖަވާބެއް ހެއްޔެވެ.

“ލޫތް ތި ކިޔޭ އެއްޗެއް އެބަ އިނގޭތަ؟” ލުތުފީގެ އަޑުގައިވީ ރުޅިވެރިކަމެވެ. “އާނ. މިއޮތީ ހެކި! ޑީއެންއޭ ޓެސްޓް! ލުޔޫންގެ ބައްޕައަކީ އަހަރެންނެއް ނޫން.. މިހިރަ ނާއިލް!” ލޫތް އެހެން ބުނުމާއި އެކީ ޒުލޭހާއަށް ބޭއިޚްތިޔާރުގައި އަނގަމަތީ އަތް އެޅުނެވެ. އޭނާގެ ދަރިފުޅު އެކަހަލަ ކަމެއް ކޮށްފާނެއޭ ދުވަހަކު ވެސް ހިއެއް ނުކުރެއެވެ.

“ދޮންބެ ބޮލަށް ތިކަންތައް ޖަހަން ނޫޅޭ.” ހިމޭނުން ހުރި ޒޭން ރުޅިއައިސްފައި ބުނެލިއެވެ. އޭނާގެ ދޮންބެގެ ބޮލުގައި އެވަރުގެ ބޮޑު އިލްޒާމެއް އަޅުވާތަށް ބަލާކަށް އޭނާއަކަށް ނުހުރެވުނެވެ. “ނޫން ޒޭން.. ލޫތް އެބުނީ ތެދެއް.. މިއޮތީ ލިޔެފައި މީގަ..ނާއިލް.” ލުތުފީ މިހެން ބުނެފައި ލަދުން އިސްޖަހާލެވުނެވެ.

ލޫތް އައިސްފައި ހުރި ރުޅީގައި ނާއިލްގެ ގިރުވާނުގައި ހިފައި ތަޅުވައިގަތެވެ. “ބަލަ ތިއީ އަހަރެންގެ އެއްބަފާ ކޮއްކޮއޭ! ކީއްވެ އެހެން ހެދީ.. ލީނާއާއި އެކީ.. ޗީ! އެކަން ފޮރުވަން ވެސް ކެރުނު ދޯ!!” ލޫތް ހަޅޭލަވައިގަތުމުން ވެސް ނާއިލް އެއްޗެކޭ ނުބުނެއެވެ. ވަގުތުފާއިތުވުމުން ދެން އިތުރަށް ކިޔާދޭނެ އެއްޗެއް ނެތެވެ.

ލީނާ ރޮވިފައި ހުރިއިރު ލޫތް މަޑުމަޑުން ގޮސް ސޯފާގައި އިށީނދެ ބޮލުގައި ހިފައްޓާލިއެވެ. “މިއީތަ އަހަރެން މިހާ ދުވަސް ވަނދެން ވީ ލޯތްބާއި ދިން އޯގާތެރި ކަމުގެ އަގަކީ؟ ކިހާ ބޮޑު ކެއްސެއް ތި ދިނީ.. ލޫލޫ އެއީ އަހަރެންގެ ދަރިއެއް ވެސް ނޫން.. ލޫލު.” ލޫތް ލޮލުން ކަރުނަ ނިރާލި އިރު އެ އަޑު ކުރެހުނެވެ.

ލީނާ ދުވެފައި ގޮސް ލޫތްގެ ކުރިމަތީގައި އިށީނެވެ. “ލޫތް.. މަޢާފްކުރޭ.. އަހަރެންނަށް ނުކެރުން ބުނާކަށް. އެހެންވެ އެބޯޓް ކޮށްލަން ވެސް އުޅުނީ.. ލޫތް އަޅެ” ލީނާ ރޮމުން ވާހަކަދެއްކިއެވެ. “ދެން އެބޯޓް ކުރެވުންނަމަ މާ ރަނގަޅު ކަމެއްތަ އެކުރެވުނީ.. އަދިވެސް ތިހިތަށް އެކަށްޗެކޭ ވެސް ނާރާ ދޯ. އަތްނުލާ މަގޭ ގައިގައި!” ލީނާ ދުރަށް ކޮށްޕާލަމުން ލޫތް ތެދުވިއެވެ.

“ވަރިކޮށްފަ ތިހިރީ! ނިކުމޭ މިގެއިން ހަމަ މިހާރު.” ލީނާއާއި ދިމާއަށް އިނގިލި ދިއްކޮށްލަމުން ލޫތް އެބުނެލި ބަހުން ހީވީ ލީނާގެ މުޅި ދުނިޔެ ފުނޑު ފުނޑު ވީހެންނެވެ. އެންމެން ސިހަފައި ޖެހި ބުދުތަކެއްހެން ތިބީ ލޯ ކުރިމަތީ މިވާކަންތައް ޤަބޫލުކުރަން ދަތިވެފައެވެ.

“ނޫން.. ނޫން ލޫތް ތިހެން ނަހަދާ.” ލޫތްގެ ފައިގައި އޮޅުލައިގަންނަމުން ލީނާ ރޮއެ ގަތެވެ. ނަމަވެސް ލޫތް އޭނާ ކޮށްޕާލުމަށްފަހު އަވަސް ފިޔަވަޅު ތަކެއްގައި އެގެއިން ނިކުތެވެ. ލީނާ އޭނާގެ ފަހަތުން ދުއްވައިގެން އިރު ލޫތް ސިޑީގެ ހަރުފަތްތަށް ގިރާ ކުރަމުން ތިރިއަށް ފައިބަނީއެވެ. އާއިލާ އެންމެން ވެސް ހާސްވެފައި އެއްފަހަރާ ތިރިއަށް ދާން ނިކުތެވެ.

****

ލޫތް އެދިޔަ ބާރު މިނުގައި ގޮސް ކޮޓަރިއަށް ވަދެ ލީނާގެ ހެދުންތަށް އަލަމާރިން ނަގަން ފެށިއެވެ. ކޮނޑުތަކާއި އެކީ އެ ހުރިހާ ހެދުންތަކެއް ނަގަމުން ދިޔައިރު ލޫތްގެ ފަހަތުން ކޮޓަރިއަށް ވައިން ލީނާއަށް މި މަންޒަރު ފެނި އިތުރަށް ރޯންފެށިއެވެ.

އޭނާ ގޮސް ލޫތްގެ ބާރުގަދަ އަތުގައި އޮޅުލައިގަންނަމުން އާދޭސް ކުރަން ފެށިއިރު އާއިލާގެ އެހެން މީހުން އެތަނަށް އައިސްފިއެވެ.

“ލޫތް ދަރިފުޅާ ހަމަޖެހިބަލަ..” ލޫތް އުޅޭގޮތް ފެނިފައި ލުތުފީ ހާސްވިއެވެ. ނަމަވެސް ލޫތް ހުރީ އެކަންތައް ހުއްޓާ ގޮތަކަށް ނޫނެވެ. އަތުގައި ހުރި ހެދުންތައް ހިފައިގެން ލޫތް ކޮޓަރި ނިކުމެ އެދިޔަ ގޮތަށް ގޮސް ގޭގެ ދޮރުން ބޭރަށް ހުރިހާ އެއްޗެއް އުކާލިއެވެ. އޭރުވެސް ލޫތްގެ ފަހަތުން ލީނާ އާދޭސް ކުރަމުން ދިޔައެވެ.

“ލޫތް.. ލޫތް އަޑުއަހާބަލަ.. ވީ ކެން ފިކްސް ދިސް.. ޕްލީސް.. ތިހެން ނަހަދަބަލަ.. ލޫތް!” ލީނާ ރޮމުން ދިޔައިރު ވެސް ލޫތް އޭނާގެ އެއްވެސް ވާހަކައެއް އަޑެއް ނާހައެވެ.

އެންމެފަހުން ކޮޓަރިއަށް ވަދެ އަލަމާރި މަތީގައި އޮތް ދަބަސް ނަގައި އެވެސް ގެންގޮސް ގެއިން ބޭރަށް ހޫރާލިއެވެ. “ނިކުމޭ! ވަރިކޮށްފައޭ ތިހިރީ!” ލޫތް ހަޅޭލަވައިގަތުމުން ވެސް ލީނާ ނުދާން ގަދަ ހަދަމުން ދިޔައެވެ.

މި މަންޒަރު ބަލަން އާޒިމާ ހުރީ ރޮވިފައެވެ. އޭނާގެ ދަރިފުޅަށް ވެފައި ހުރިވަރު ފެނުމުން އެމައި ލަގޮނޑިއަށް ކެތެއް ނުވިއެވެ. އެދަރިފުޅަށް އެއްފަހަރާ މިދިމާވަނީ ކޮންފަދަ ހިތްދަތި ކަމެއްބާއޭ ހިތަށް އެރިއެވެ. “ނޫން.. ނުދާނަން.. ލޫތް އަހަންނަށް ތިހެން ނަހަދާ.. އައި ލަވް ޔޫ..” ލޫތްގެ ޓީޝާޓުގައި ހިފައި ތަޅުވައި ގަންނަމުން ލީނާ ބުނެލިއެވެ.

“އައި ޑޯންޓް! އައި ހޭޓް ޔޫ ވިތް އެވްރީ ސިންގަލް ސެލް އިން މައި ބޮޑީ! ގެޓް ދަ ހެލް އައުޓް!!” ލޫތް މިހެން ބުނުމުން ލީނާގެ ރުއިން ހިނދުކޮޅަކަށް ހުއްޓުނެވެ. މިއީ އޭނާ ދަންނަ ލޫތްއެއް ނޫނެވެ. “ލޫތް ނޫން!” ލީނާގެ އަތުގައި ހިފައި ގެއިން ބޭރަށް ހޫރާލުމުން އޭނާ ހަޅޭލަވައިގަތެވެ.

“ދެން ތިހެން ނަހަދާ ލޫތް.” ލައިޝާއަށް ލީނާގެ ހާލު ފެނި ކެތް ނުވެގެން ބުނެލިއެވެ. ނަމަވެސް ލޫތްގެ މޫނުމަތިން އިންތިހާ ރުޅިވެރިކަން ފާޅުވިއިރު އެ ލޮލުން ކަރުނަ ނިރާލިއެވެ. ލީނާ މޫނުމައްޗަށް ދޮރުޖެހުމަށްފަހު ދޮރުގައި ލެނގިލި އިރު އެކޮޅުން ލީނާ ދޮރުގައި ތަޅައި އާދޭސް ކުރާ އަޑިއިވެއެވެ.

ލޫތް އިތުރަށް މަޑު ކުރުމެއް ނެތި ކޮޓަރިއަށް ވަދެ ދޮރުޖެހި އަޑު މުޅި ގޭގައި ގުގުމާލިއެވެ. އެންމެން ގަބުވެފައި ހުރެވުނީ ވެގެންދިޔަ ކަންތަން ޤަބޫލު ކުރަން ދަތިވެފައެވެ.

ދުރުގައި ހުރި ނާއިލްއަށް ނަޒަރު ހުއްޓާލި ލުތުފީގެ ލޮލުން ރުޅިވެރިކަން ފާޅުވިއެވެ. އޭނާ އެ ދިޔަގޮތަށް ގޮސް ނާއިލް ކޯމަތީގައި އަތުގައި ހުރި ބާރެއް ލާފައި ޖެހިއެވެ. ނާއިލް ސިހިފައި މޫނުގައި އަތްލިއިރު ޒުލޭހާ ލުތުފީއޭ ކިޔައި ގޮވާލިއެވެ.

“އަހަރެން ދުވަހަކު ވެސް އަމިއްލަ ދަރިއަކަށް އަތް އިސްކޮށްފައެއް ނޯންނާނެ! އެކަމަކު.. މިއީތަ އަހަރެން ދިން ތަރުބިއްޔަތަކީ. ބުނެބަލަ. މީ ބައްޕަ އުޅެން ދަސްކޮންދިން ގޮތަކީ! މުޅި އާއިލާ ރޫޅިގެންނޭ އެ ދިޔައީ. މިއަދު ނާއިލް ތިއީ އަހަރެންގެ ދަރިއެކޭ ބުނަން ވެސް ލަދުގަނޭ.” ލުތުފީ ހަރުކަށި ކަމާއިއެކު ވާހަކަދެއްކިއެވެ.

“ބައްޕާ..” ނާއިލްގެ ވާހަކަ ލުތުފީ މެދު ކަނޑާލިއެވެ. “ބައްޕައޭ ކިޔާނެ ކަމެއް ނެތް.. ނިކުމޭ! އަހަރެން ބޭނުމެއް ނޫން މިވަގުތު ނާއިލްގެ މޫނު ދެކެން ވެސް.. ލަދުން ބޯ ހަލާކު!” ލުތުފީ ސޯފާގައި އިށީނދެ ދެއަތުން ބޮލުގައި ހިފައްޓާލަމުން ބުނެލިއެވެ.

****

ދެތިން ދުވަސް ފާއިތުވެގެން ދިޔައިރު ވެސް އައިފާއަށް ލޫތްގެ އެއްވެސް ޚަބަރެއް ނުވެއެވެ. އޮފީހަށް ވެސް ނުނިކުންނަ އިރު ލުތުފީ ވެސް މިހާރަކަށް އައިސް އޮފީހުންނެއް ނުފެނެއެވެ. ކޮންމެ ވެސް ކަމެއް ވެއްޖެކަން ހިތަށް އެރި ނަމަވެސް ލޫތަށް ގުޅާލާފައި އަހާނެހައި ހިތްވަރެއް ނުލިބުނެވެ.

“ލޫތް ސާރގެ ވައިފް ވަރި ކުރިއްޔޯ އެބަ ކިޔައި.” ކައިރިން ލާފައި ދިޔަ ދެ މުވައްޒަފަކު ވާހަކަދެއްކި އަޑު އިވިފައި އައިފާ ސިހުނެވެ. އެ ދެމީހުން އައިސް އައިފާ ކައިރީގައި މަޑުކޮށް ލުމުން އޭނާ ހިމޭނުން ހުއްޓެވެ. “އާނ. މަ ވެސް އަޑުއެހިން. މީހުން ކިޔާ އެބަ ސަރގެ ވައިފް ޗީޓް ކުރީއޭ ވެސް.” އެތަނުން އެއް މުވައްޒަފަކު ބުނެލިއެވެ.

މިވާހަކަތައް އަޑުއަހަން ހުރި އައިފާއަށް ލިބުނީ ހައިރާންކަމެވެ. “އައިފާއަށް އިނގޭތަ އެއްވެސް އެއްޗެއް.” އެތަނުން އެއް މުވައްޒަފަކު އައިފާއަށް ގޮވާލުމުން އޭނާ ސިހިފައި ދުރަށް ޖެހިލިއެވެ.

“ކީކޭ.. އުހުން.. ނޫން ނޭނގޭ.” އައިފާ އަވަސް އަވަހަށް މިހެން ބުނެފައި އެތަނުން ދެތިން ފައިލް ހިފައިގެން އަވަސް ފިޔަވަޅު ތަކެއްގައި ފަވާޒްގެ އޮފީހަށް ވަނެވެ. މިމީހުން ކޮންމެ ފަދަ ވާހަކައެއް ވެސް ދައްކަފާނެއޭ އައިފާ ހިތަށް އެރިއެވެ. ލޫތް ހަމަ ހަޤީޤަތުގައި ވެސް ލީނާ ވަރި ކުރީބާއޭ އެހިތަށް އަރަމުން ދިޔައެވެ.

ފަވާޒްގެ އޮފީހަށް ވަދެ މޭޒުމަތީގައި ފައިލްތަށް ބެހެއްޓުމަށްފަހު އައިފާ ގޮނޑީގައި އިށީނދެލިއެވެ. “މި ފައިލްތަށް ނިންމާލިމަ އައިފާ އަދި ޑަބަލް ޗެކް ކޮށްލައްޗޭ.. ދެން މާދަން ލޫތްއާއި ހަވާލު ކުރާނީ.” ފަވާޒް މިހެން ބުނުމުން އައިފާ ވަގުތު ބަލައި ފަވާޒްއާއި ވާހަކަ ދައްކަން ފެށިއެވެ.

“ލޫތް ސާރ އޮފީހަކަށް ނުދުރުވެއެއް ނުން.. ކިހިނެއްވީ؟” އައިފާ މިހެން ބުނުމުން ފަވާޒް ގޮނޑީގައި ލެނގިލިއެވެ. “އަހަންނަށް ވެސް އިނގޭ އޮފީސްތެރޭގައި ފާޑުފާޑުގެ ވާހަކަތައް ދައްކާކަން އެބަ.. ލޫތް ނިކުންނާނެހެން ހީވަނީ މާދަން.” ފަވާޒް ބުނެލިއެވެ. “އައި އެމް ސޮރީ އައި ޝުޑުންޓް ހެވް އާސްކްޑް.” އައިފާ މިހެން ބުނެފައި ގޮނޑިން ތެދުވިއެވެ.

“ނޫނޭ.. އިނގޭ އެންމެން ވެސް ކިއުރިއަސް ވާނެކަން.. އައިފާ ވީމަ މި ބުނަނީ ދެން. އިޓްސް ޓްރޫ.. ލޫތް އޭނަގެ ވައިފް ވަރިކޮށްފި. އެކަމަކު ވީ ކިހިނެތް ކަމައް އަހަރެންނަކަށް ވެސް އަދި ނޭނގޭ.” ފަވާޒް ވެގެން އުޅޭގޮތް އައިފާއަށް އޮޅުން ފިލުވާދިނެވެ.

“ޑޯންޓް ބްލީވް މިތާ މީހުން މިދައްކާ ވާހަކަތައް.. ވީ ކޮންކަމެއްކަން ނޭނގޭއިރު ވެސް ވާހަކަ ފެޅުމަކީ މި މީހުންގެ އާދައެއް.” ފަވާޒް މިހެން ބުނުމުން އައިފާ ބޯޖަހާލުމަށްފަހު އެތަނުން ނިކުތެވެ.

އައިފާހުރީ ކުއްލިއަކަށް މިވީ ކިހިނެތްކަން ނޭނގިފައެވެ. އެގޮތަށް އެހައި ބޮޑު ފިޔަވަޅެއް ލޫތް އަޅާނީ ވަރަށް ބޮޑު ކަމެއް ވީމާކަން އައިފާއަށް އިނގުނެވެ. އޭނާ ހުރީ ލޫތް މާދަން އޮފީހަށް ނިކުންނާނެ ކަމުގެ އުއްމީދުގައެވެ. ލޫތްއަށް މެސެޖެއް ކޮށްލަން ހިތަށް އަރާފަވެސް އޭނާ ފަސް ޖެހުނެވެ. އެކަން ކުރުމުގެ ހައްޤެއް އަދި އައިފާގެ ނޯންނާނެކަން އެހިތް އޭނާއަށް ވިސްނައިދިނެވެ.

****

އާދުވަހަކަށް އިރު ފެނުން ތޮޅެލިއިރު އައިފާ ހުރީ ލޫތްއާއި ދިމާވާނެ އިރެއްގެ އިންތިޒާރުގައެވެ. އޮފީސްތެރޭގައި އެކި ކަންކަމުގައި އުޅުން އިރު ވެސް ލޫތް ފެންނަ ވަރެއް ނުވިއެވެ. އެންމެފަހުން އެގޮތުގައި ހަވީރު އިރުއޮއްސުމުން ގެއަށް ދާން އުޅެފައި އެންމެފަހުން ލޫތް ނެތަސް އެފައިލްތަށް އޭނާގެ އޮފީހަށް ލާން ދާން އައިފާ ނިންމިއެވެ.

ލަސް ފިޔަވަޅުތަކެއްގައި ލޫތްގެ އޮފީހާއި ހަމައަށް ގޮސް މަޑުމަޑުން ދޮރު ހުޅުވާލި އިރު މުޅިތަނަށް ވަނީ އިރު އޮއްސުމުން ހަނދުގެ ފަނޑުއަލި އެޅިފައެވެ. ލަސްފިޔަވަޅު ތަކެއްގައި އެތެރެއަށް ވައިން އިރު މީހަކު ވާހަކަދައްކާ ކަހަލަ އަޑެއް އިވެމުން ދިޔައެވެ. އައިފާ ރަނގަޅަށް މުޅި ތަނަށް ނަޒަރު ހިންގާލި އިރު ފެނުނީ ދުރުގައި ހުރި ބޮޑު ސޯފާގައި ނިދިފައި އޮތް ލޫތްއެވެ.

ނިދީގައި ވާހަކަ ދައްކަމުން ދިޔައިރު ހީވަނީ ހޭނުލެވިގެން އުޅޭ ހެންނެވެ. އައިފާ އަވަހަށް އަތުގައި ހުރި ފައިލްތަށް މޭޒުމަތީގައި ބެހެއްތުމަށްފަހު ލޫތް ކައިރިއަށް ގޮސް މަޑުކޮށްލިއެވެ. ސޯފާކައިރީގައި ހުރި މޭޒުމަތީ ސިނގިރޭޓު ބޮއެފައި ހުރި އަޅިތަށް އެއްޗަކަށް އަޅާފައި ހުރި އިރު އޭގެތެރޭގައި ބޮއެފައި އޮތް ހަތަރު ސިނގިރޭޓޫ ބުރި އޮތެވެ. މަލްބަރޯ ހާޑް ޕެކެޓެއް ހުސްވާން ކައިރިވެފައި އޮތް އިރު ކައިރީގައި ލައިޓަރެއް ވެސް އޮތެވެ. ދިމާވި ހާދިސާތަކަށްފަހު ލޫތްގެ ސިނގިރޭޓޫ ބުއިން ވަނީ މިހާރަކަށް އައިސް އިތުރުވެފައެވެ.

ދެލޯ މަރައި ބާރުކޮށްގެން އޮތް އިރު އެ މޫނުމަތިން ފެނުނީ ނުތަނަވަސް ކަމެވެ. ދެއަތް މުއްކެވިފައި އޮތް އިރު އެއަތް ހަރަކާތް ކުރަމުން ދިޔައެވެ. “ލޫލު..” ލޫތްގެ އަޑުއިވުމުން އައިފާ އޭނާ ކައިރިއަށް ގުދުވެލިއެވެ.

“ލޫތް.. ލޫތް.” ލޫތްގެ ކޮނޑުގައި ހިފައި ތަޅުވާލަމުން އައިފާ ގޮވާލިއެވެ. ނަމަވެސް ލޫތްއަށް ހޭވެރިކަން ނުވިއިރު އިތުރަށް ނިދީގައި ތެޅެން ފެށިއެވެ. ލޫތްގެ މޫނުގައި ހިފައި އައިފާ ތަންކޮޅެއް ބާރަށް ގޮވާލުމުން ލޫތް ކުއްލިއަކަށް ހޭވެރިކަން ވެ އައިފާގެ އަތުގައި ހިފިއެވެ. “ލުޔޫން!” ލޫތްއަށް ހަޅޭލަވައިގެނެ ވުމުން އައިފާ ސިހުނެވެ.

“އިޓްސްމީ.. ލޫތް ހަމަޖެހި ބަލަ.” ލޫތްގެ ނިއްކުރިން ފާޅުވެފައި ހުރި ދާތިކިތަށް ފޮހެލަ ދެމުން އައިފާ ބުނެލިއެވެ. “ނޫން.. ލޫލު.” ލޫތް އަދިވެސް ހުރީ ހާސްވެފައެވެ.

“ޝޫޝް.. އެއީ ހުވަފެނެކޭ. ޝޫ” މަޑުމަޑުން ލޫތްގެ އިސްތަށިކޮޅާއި ކުޅެލަމުން އައިފާ ބުނެލިއެވެ. ލޫތް ހަމައަކަށް އެޅި ކަޅި ޖަހާނުލައި އައިފާއަށް ބަލަހައްޓައިގެން އިނެވެ.

“ކިހިނެތް އަހަރެންނަށް މިވަނީ؟” އައިފާގެ ލޮލަށް ގެއްލިފައި އިނދެ ލޫތް ބުނެލިއެވެ. “ޑޯންޓް ލީވް.” އައިފާގެ އަތުގައި ހިފައި ބާރުކޮށްލަމުން ލޫތް ބުނެލިއެވެ. އޭރު އެ ނޭވާ ވަނީ އަވަސްވެފައެވެ. “މިހުރީއެއްނުން.. އެބަ އަންނަން ފެން ހިފައިގެން.” އައިފާ ތެދުވުމުން ލޫތް އަނެއްކާ ވެސް އޭނާގެ އަތުގައި ހިފިއެވެ.

“ނޫން.” ލޫތް އާދޭސް ކުރާ ރާގެއްގައި ބުނެލިއެވެ. “ފެން ބަލާ މިދަނީ. މިތަނުގައޭ ހުންނާނީ.” އައިފާ މިހެން ބުނެފައި ދުރުގައި ހުރި ކުޑަ އައިސް އަލަމާރިން ފެންފުޅިއެއް ހިފައިގެން އައިސް ތައްޓަށް ފެންއެޅިއެވެ.

“އަން. ބޯލަ.. އޭރުން އޯކޭ ވާނެ.” އައިފާ ފެންތަށި ދިނުމުން ލޫތް އެއް ނޭވާއިން އެ ބޯލިއެވެ. އޭރު ވެސް އައިފާގެ އަތުން އޭނާ ދޫ ކުރާކަށް ގަސްތެއް ނުކުރެއެވެ. ލޫތް ފެންބޮއެ ނިމުމުން އިރުކޮޅަކު ދެމީހުން ހަމަހިމޭން ކަންމަތީ ތިއްބެވެ. މިލަހަނދުވަރުގެ އަލި މުޅިތަނަށް އެޅިފައި ވީއިރު އިވެނީ ދެ ނޭވާގެ އަޑެވެ.

“ލޫލު. ލޫލު އެއީ އަހަރެންގެ ދަރިއެއްނޫން.” ލޫތް މިހެން ބުނުމުން އައިފާ ސިހުނެވެ. ލޫތް އަނެއްކައި މިހުރީ ހަމަހޭގައި ބާއެ އޭނާ ހިތަށް އެރިއެވެ.

“ޝީ ލައިޑް.. އޭނަ އޮޅުވާލީ. އެއީ ނާއިލްގެ ދަރިއެއް. އެހެންވެ ވަރިކޮށްލީ.. ނޭނގެ މިވަނީ ކިހިނެތް ކަމެއް ވެސް. އައި އެމް ސޯ ލޮސްޓް.. އައިފާއަށް މިހުރިހާ ވާހަކައެއް މިކިޔާ ދެވެނީ ކީއްވެގެން ކަމެއް ވެސް ނޭނގެ. ބަޓް.. ޔޫ. ޔޫ މޭކް އިޓް އޯލް ގޯ އަވޭ.” އައިފާއަށް ނަޒަރު ހުއްޓާލައިގެން އިނދެ ލޫތް ވާހަކަދެއްކިއެވެ.

“އޯ ލޫތް.. އައި އެމް ސޯ ސޮރީ.. އަހަރެން ކިހިނެތް.” އައިފާގެ ތުންފަތުގައި އިނގިލި ޖައްސާލަމުން ލޫތް އޭނާގެ ވާހަކަ ހުއްޓުވިއެވެ. “ޝޫޝް. ޖަސްޓް ސްޓޭ.” ލޫތް މިހެން ބުނެ އައިފާގެ އުނގުގައި ބޯއަޅާލިއެވެ.

ލޫތްގެ މި އަމަލުން އައިފާ އިނީ ހަދަންވީ ގޮތް ނޭނގިފައެވެ. އެކަމަކު އައިފާގެ ސަބަބުން ލޫތްގެ ހިތާމަތަކަށް ލުއެއް ލިބޭނަމަ އޭނާ މިހިރީ ލޫތް ކައިރީގައި މަޑު ކުރާށެވެ. ހަމަހިމޭ ކަންމަތީ ލޫތް އެހެން އޮތްއިރު އެދެމެދު އެއްވެސް ވާހަކައެއް ނުދެކެވެއެވެ.

****

ބެލްކަނީގައި އެކަނިމައި އެކަނި އިން ނާއިލް އިނީ ފޯނަށް ގެއްލިފައެވެ. ފޯނުން ލޫލުގެ ފޮޓޯތަކަށް ބަލަމުން ދިޔައިރު މިއަދު އޭނާ އަމިއްލަ ނަފްސު ކުއްވެރި ކުރިއެވެ. އެ އަނދިރި ކަމުގެ ތެރެއިން ފޯނުގެ އަލިން ފެންނަނީ ހަމައެކި ނާއިލްގެ މޫނެވެ. ޒުލޭހާ ބެލްކަންޏަށް ނިކުމެ ލައިޓު ޖައްސާލުމާއި އެކީ މުޅި ތަނަށް އޮރެންޖު އަލި އެޅިގެން ދިޔައެވެ.

ކުއްލިއަކަށް އަލިވުމުން ނާއިލް ފޯނު ބާއްވަމުން ލޯފޮހެލައި ތެދުވެ ގޮނޑީގައި ހަމަޖެހިލިއެވެ. ޒުލޭހައި މަޑު ފިޔަވަޅު ތަކެއްގައި އައިސް ނާއިލް ކައިރީގައި އިށީނދެލިއެވެ.

ދެދުވަސް ތެރޭގައި ޒުލޭހައި ނާއިލް ކައިރިއަށް އައިސް މަޑުކޮށްލި މިއީ ފުރަތަމަ ފަހަރެވެ. އޭނާ ހުރީ އައިސްފައި ރުޅިންނާއި ލަދުގަނެފައި ހުރިވަރުން ނާއިލް އާއި ވާހަކަދައްކަން ވެސް ނުކެރިފައެވެ.

“މަންމަ ވަރަށް ލަދު ގަނެއްޖެ ދަރިފުޅު އެކަހަލަ ވިޔާނުދާ ކަމެއް ކުރީމަ.. ހިތަށްއަރައި ހަމަ މަންމައަށް ރަނގަޅު ތަރުބިއްޔަތެއް ނުދެވުނީ ބާއޭ.” ޒުލޭހާ ދެރަވެފައި އިނދެ ބުނެލިއެވެ. “ނޫން މަންމާ. މިއީ އަޅުގަނޑުގެ ކުށް.. އައި އެމް ސޮރީ.” ނާއިލް އޭނާގެ މަންމަގެ އަތުގައި ހިފާލަމުން ބުނެލިއެވެ.

“އުޅުނިން ހަޤީޤަތް އިނގުމުން ލޫތްއަށް އަންގަން ވެސް. އެކަމަކު އެތަނަށް ލީނާ އައިސް އެކަން ހުއްޓުވީ.. ފަހުން ބުނަން މާ ލަސް ކުރެވުނީ. އެހެންނޫނަމަ ލޫލު.. ލޫލު މިއަދު ހުންނާނީ އަޅުގަނޑު ކައިރީގައި.” ނާއިލް ދެރަވެފައި އިނދެ ވާހަކަދެއްކިއެވެ.

“ދެން ނުކުރެވުނު ކަމެއްގެ ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް.. މަންމައަށް ފެންނަނީ ދަރިފުޅު ލޫތްއާއި ހަމަޖެހިގެން ވާހަކަ ދައްކާލަން. މަންމަ ނޭދެން މި އާއިލާ ރޫޅޭކަށް.” ޒުލޭހާ ބުނެލިއެވެ.

“ވަރަށް ޓަރައި ކޮށްފިން ވާހަކަދެއްކޭތޯ. އެކަމަކު ފޯނެއް ވެސް ނުނަގާ. ބައްދަލު ކުރަން ދިޔަސް އޭނާ ބޭނުމެއް ނޫން ވާހަކަ ދައްކާކަށް. ލީނާ ވެސް ގުޅާފައި ރޮނީ. ކިޔަނީ ލޫތްއާއި ވާހަކަ ދައްކަބަލާށޯ. ދެން ނޭނގެ.” ނާއިލް ފުންނޭވާއެއް ލަމުން ބުނެލިއެވެ.

“އަދި ރަނގަޅުވާނެ..” ޒުލޭހާ މިހެން ބުނެ ނާއިލްގެ ބޮލުގައި ފިރުމާލިއެވެ. “ލޫލު އެއީ މަންމަގެ މާމަ ދަރިކަން ނޭނގެހުރެ އެ ނިޔާވީ. އެކަމަކު ވެސް މަންމަ ވަރަށް ލޯބިވީން އެކުއްޖާފުޅު ދެކެ. ބައެއް ފަހަރަށް ހީވޭ ނާއިލްއާ ވައްތަރޭ ވެސް. އެހެންނުން ވާނީ. ތިދެމީހުން ވެސް އެހައި ވައްތަރު ގޮތެއް ހުރޭ ވިއްޔަ..” ޒުލޭހާ މިހެން ބުނުމުން ނާއިލް ހިނިތުންވެލިއެވެ.

****

ކާރު ގަރާޖުގައި ޕާކު ކޮށްލުމަށްފަހު ލޫތް ބޭރަށް ނިކުމެ ފާރުގައި ލެނގިލަމުން ސިނގިޜޭޓެއް ނެގިއެވެ. އިރުކޮޅަކު އެބޯން ހުރެފައި އެ އެއްލާލުމަށްފަހު އޭނާ ގެއަށް ވަންނަން މިސްރާބުހެއެވެ.

ލޫތް ލިފްޓަށް އެރި އިރުވެސް އޭނާ ވިސްނަމުން ދިޔައީ އައިފާއާއެކީ ހޭދަކުރެވުނު ވަގުތާއި މެދުއެވެ. މާގިނަ ވާހަކަތަކެއް ނުދެކެވުނަސް އެހިތަށް ހިތްހަމަޖެހުމެއް ލިބުނެވެ. އެމަޑު އަތުން ބޮލުގައި ފިރުމާލުމުން ހުރިހާ ނާރުތަކަކަށް ލުއި ވެގެން ދިޔަ ކަހަލައެވެ.

އިސްތަށިކޮޅުގައި އައްސާފައިން އިން ކުޑަ ރަބަރު ކޮޅު ނައްޓާލަމުން ލޫތް ބޮލަށް އަތް މަހާލިއެވެ. އިސްތަށިކޮޅާއި ކުޅެމުން ކޮޓަރިއަށް ވައިން ތަނާ ކުރިމަތިން ފެނުނު މަންޒަރު އޭނާގެ ފިޔަވަޅުތަށް ހުއްޓުނެވެ. ލޫތްގެ ދެބުމަ ގޮށްޖެހުނު އިރު އެ މޫނުމަތިން ފާޅުވީ ރުޅިވެރިކަމެވެ. ހަރު ފިޔަވަޅު ތަކެއްގައި ގޮސް އެނދުގައި އިން ލީނާގެ އަތުގައި ހިފައި އޭނާ ކޮޅަށް ނެގިއެވެ.

“މިތާ ކީއްތިކުރަނީ؟ ކާކު ވެއްދީ؟” ލޫތް ހަރުކަށި ކަމާއިއެކު ބުނެލިއެވެ. “ތަޅުދަނޑިން” ލީނާ އޭނާގެ ތަޅުދަނޑި ދައްކާލުމާއި އެކީ ލޫތް އޭތި ޖަހައިގަތެވެ. “މޮޔަވެގެންތަ ތިއުޅެނީ؟ ދުވާލުދާ ހަތަރުދަމަ އަހަރެންނަށް ގުޅާވަރު މަދު ވެގެންތަ މިތަނަށް ތިއައީ! ވަރިކޮށްފައޭ ބުނީމަ މި ގަމާރު ސިކުނޑިއަކަށް ނުވިސްނޭތަ؟” ލޫތްގެ އަޑުގައިވީ ފޫހިކަމެވެ.

“ހެވޭ.. އަހަރެން ބޭނުން ލޫތް.. ނޫޅޭވޭނެ ލޫތްއާއި ނުލައެއް.. ޕްލީސް ބޭބީ.” ލީނާ މިހެން ބުނެ ލޫތް އާއި ކައިރިވާން ފެށުމުން އޭނާ ދުރަށް ކޮށްޕާލިއެވެ. “ކޮން ބޭބީއެކޭ ކިޔާކަށް. ނިކުމޭ!” ލޫތް އޭނާގެ އަތުގައި ހިފައި ދާން ހެދުމުން ލީނާ ގަދަހެދިއެވެ. “ނޫން.. ސޮރީއޭ ލޫތް.. ލޫލުއަށްޓަކައި ތިހެން ނަހަދާ.” ލީނާ މިހެން ބުނުމާއިއެކީ ލޫތްގެ ހަރަކާތްތަށް ހުއްޓުނެވެ.

“ލޫލުއަށްޓަކައޭ؟” ލޫތް މިހެން ބުނެ ލީނާ ދަމާފައި ކަހަލަ ގޮތަކަށް އެކޮޓަރިން ނިކުމެ ލޫލުގެ ކޮޓަރިއަށް ވަނެވެ. އެކޮޓަރި އަދިވެސް ހުރީ ކުރިން ހުރި ގޮތަށްށެވެ. ލޫލުގެ ހެދުން ތަކާއި ކުޅޭ ސާމާނުތަށް ހުރިއިރު ލޫތް އެކަކުވެސް އެކޮޓަރިއަށް ވަންނާކަށް ޤަބޫލެއް ނުވެއެވެ.

“ބަލާބަލަ މިތަނަށް! މީ އަހަރެން ލޫލުއަށްޓަކައި ކޮށްދިންހާ ކަންތައްތައް.. އޭނާ ބުނި ކުލައެއް ލާދީ ބުނި ކޮންމެ އެއްޗެއް ގަނެދީގެން އުޅުނީ.. ހާދަ ލޯތްބެއްވީމޭ ލޫލުދެކެ.. އެކަމަކު އެފަކީރަށް ނުވެސް އިނގޭ އަހަރެންމީ އޭނަގެ ބައްޕަ ނޫންކަން ވެސް. އަހަރެން ނާއިލްދެކެ ރުޅި އައެއް ކަމަކު އޭނައަށް ވެސް އެކަން އިނގުމުގެ ހައްޤުއޮތް. އަމިއްލަ ދަރިއަށް ދަރިފުޅާއޭ ކިޔައި ގޮވާ ނުލެވެނީސް އެ ބީވީ! ހަމަ ލީނާގެ ސުންޕާކަމުން!!” ލޫތްގެ ހަޅޭކުގެ އަޑަށް އާޒިމާއާއި ލައިޝާ ވެސް ކޮޓަރިން ނިކުތެވެ.

“މިއިން އެއްވެސް ކަމެއްގެ އަގެއްނެތް. އަހަރެން ލީނާދެކެ ވީ ލޯތްބާއި އަޅާލުމުގެ ބަދަލުގައި މި ލިބުނީ ބޮޑު އޮޅުވާލުމެއް. ދިސް އޯލް ވޮސް ވޯތް ނަތިން! ގެޓް ދަ ހެލް އައުޓް!! ދެން އަހަރެންނަށް ގުޅައިގެން ވެސް މެސެޖުކޮށްގެން ވެސް ނުވާނެ.. އެހެންނޫނީ ދެން ފެންނާނީ އަހަރެންގެ ހުރި ނުބައިކަން. އަޑުއިވިއްޖެ!!” ލޫތް ހަޅޭ ލަވައިގަތުމުން ލީނާ ބިރުން ރޫރޫ އަޅައިގެން ދިޔައެވެ.

އެލޯ ކަރުނުން ފުސް ވިއިރު ގައިގައި ހުރިހާ ލޯލިތަކެއް ކޮޅަށް ޖެހުނު އިހުސާސް ވިއެވެ. “ލޫތް ދެން ހުއްޓާލާ..” ލޫތްގެ ވާހަކަތަށް އަޑުއިވި ލައިޝާ ބުނެލިއެވެ. “ނުހުއްޓޭނެ ދޮންތާ.. ހާދަ އަސަރެއް ކޮށްފިއޭ.. އަހަރެންގެ ވެސް ބަލަ އޮންނަނީ ހިތެކޭ! މިވަރަށް މީހަކަށް އޮޅުވާލެވޭނީ.. ނިކުމެ!” ލީނާގެ އަތުގައި ހިފައި އެކޮޓަރިން ނިކުންނަން ލޫތް ދިޔައެވެ.

ނަމަވެސް ލީނާ އަތް ފޮޅުވާލާފައި އާޒިމާގެ ގައިގައި އޮޅުލައިގަތެވެ. “މަންމާ.. ލޫތް ކައިރި ބުނޭ އެހެން ނަހަދާށޭ.. މަންމާ ޕްލީސް.” ލީނާ ރޮއެ ގަތުމުން އާޒިމާ ގާތަށް އައީ ރުޅިއެވެ. އޭނާ ލީނާ ގަޔާއި ދުރުކޮށްލަމުން މޫނަށް ހޫނު އެތިފަހަރެއް ޖެހިއެވެ. “މިއީ ލޫތްއާއި އިނދެގެން ހުރެ އެހެން މީހަކާއި ގުޅުން ބޭއްވީމަ.” އާޒިމާ މިހެން ބުނެފައި އަނެއްކާ ވެސް އަތްދަމާފައި ލީނާގެ މޫނުމަތީގައި ޖެހިއެވެ.

“މިއީ އެހެން މީހެއްގެ ދަރިއެއް މަގޭ ލޫތްގެ ބޮލުގައި އެޅުވީމަ!” އާޒިމާ ހުރީ ރުޅި ހަމައިން ނައްޓާފައެވެ. “މިއީ މިހާ ދުވަސް ވަންދެން އޮޅުވާލާ އެކަން ފޮރުވަން ކެރުނީތީ!!” ތިންވަނަ ފަހަރަށް ޖަހަމުން އާޒިމާ ބުނެލިއެވެ. އޭރު އަރައިގެން ދިޔަ ދިލައިން ލީނާ ބިންމައްޗަށް ނުވެއްޓުނީ ކިރިޔާއެވެ. އޭނާ އަޑުގެ ކޮޅަށް ރޯން ފެށިއެވެ.

ލައިޝާ ހުރީ އާޒިމާ އެކުރި ކަމަކުން ސިހިފައެވެ. ދުރުގައި ހުރި އާލާ އަނގަމަތީގައި އަތް އެޅިއިރު އޭނާގެ މަންމަ އެކަހަލަ ކަމެއް ކޮށްފާނެއޭ ފަހަރެއްގައި ވެސް ހިއެއް ނުކުރެއެވެ. އެކަމަކު ލީނާ އެކުރި ކަންތަކާއި ބަލާފައި އާޒިމާ އެ އަރުވާލި ވަރު ކުޑައޭ އާލާ ހިތަށް އެރިއެވެ.

“ކޮން ރުއިމެއް ރޯކަށް. ލޫލުއަށް މައެއްގެ ލޯތްބާއި އަޅާލުން ރަނގަޅަށް ނުދެވުނު އިރު މަގޭ ދަރި މަޅީގައި ޖައްސައިގެން އުޅެފިއެއްނުން. އަހަރެން މިފަހަރު މީނަ ނެރޭނީ.. ދުރަށްޖެހޭ ލޫތް!” އާޒިމާ މިހެން ބުނެ ލީނާގެ އަތުގައި ހިފައި ދަމަމުން އެގެއިން ބޭރަށް ހޫރާލިއެވެ.

“ނިމުނީދެން މިގެ ކައިރިން ފެނިލިއަސް! އަހަރެންގެ ނުބައިކަން ދެންފެންނާނީ!!” އާޒިމާ އިނގިލި ދިއްކޮށްލަމުން އިންޒާރެއް ދިން އިރު ލީނާ ހުރީ ޖެހި ބުދެއްހެން ހިރިލަން ވެސް ނުކެރިފައެވެ. މިނޫނީ އާޒިމާގެ ޒީލަގަދަކަމެއް އަދި އެކަކަށް ވެސް ފެނިފައެއް ނުވެއެވެ. “ހުރި ހަޔާތްކުޑަކަން!” އާޒިމާ މިހެން ބުނެފައި ލީނާގެ މޫނުމައްޗަށް ދޮރުޖެހިއެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

layaal

Level 310 Stories100 Comments

Other Articles

Previous

އަސަރު 20

Next

އިންތިޒާރުގައި ހުރިން 15

Next
July 3, 2016

އިންތިޒާރުގައި ހުރިން 15

Previews
July 3, 2016

އަސަރު 20

47 Comments!

  1. layaal says:
    July 3, 2016 at 7:46 pm

    hey guys. here is the new part. enjoy. next part in sha allah on Tuesday. let me know how it is.

  2. Lim says:
    July 3, 2016 at 8:07 pm

    Wow… v v v v reethi… adhives hama kiyaahih vanee…
    Dhen Looth aa Aifa ge love story fesheynee dhaw..
    Habeys.. mivaahaka ah v inthizaaru kurevey..

    1. layaal says:
      July 4, 2016 at 12:46 am

      thanks ❤️

  3. sidd says:
    July 3, 2016 at 8:08 pm

    Oh woww. Kurimathin fennnahen heeevani. Its awesome

    1. layaal says:
      July 4, 2016 at 12:46 am

      thank you ??

  4. Riu says:
    July 4, 2016 at 12:47 am

    haha!! kada vaane dhen leena. varah salhi sifakurun. its sooooo good. love you layaa ❤️❤️

  5. Mary says:
    July 4, 2016 at 12:50 am

    obinessss!! alhey layaa haadha molhey maasha allah ❤️ looth fakeeru kihaa dhera vaane. hama expect kuri gotha v. varah salhi genes dheefa huri goi. and the slaps were awsome! aazima jehile madhu adhi. you go girl ??

  6. Haly says:
    July 4, 2016 at 12:59 am

    Very nice

  7. Baby says:
    July 4, 2016 at 1:08 am

    Vvvvv reethi mivaahaka.waiting for the next part

  8. NAAZ says:
    July 4, 2016 at 1:28 am

    alhey haadha reechey mibai vx..next avadkoh up kurahchey

  9. Ary says:
    July 4, 2016 at 1:43 am

    go looth!! gadha igey?? varah salhi story. mivaruge vaahaka eh adhi nukiyeyy. welldone layaa. ????

  10. Ainyyy says:
    July 4, 2016 at 2:29 am

    Wow… alun annekkka fashaigen kiyaa hiy vaniii… varah furihama story…. nd surprisingly every single scene happened… adhives hama antharees vega mihurii… layaa ah libivaifaa hunaruge beynun heyo gothugai hifumuge heyo thaufeeg dhevvun edhi Dhuaa kuran.. Dhen bunelan beynun vanii avah update kurahchey… vaahaka fashaifiyya nimmaidhehchey kiyuntherin ufaa vaahen… baeh writers in fashaane ekamaku las vey update kuran noony nu nimmma huttaalaa ehen nahadhaane kamah ummeedhu kuran… May Allah grant u with more success nd talent.

    1. layaal says:
      July 4, 2016 at 2:48 pm

      thank you dear ❤️ i’m glad you all love it. and i will continue this story till end in sha allah. thanks for your support ??

  11. Faathee says:
    July 4, 2016 at 4:18 am

    Masha Allah.. haadha reehchey. Kiyamun dhaa iru hama sifa vey. Ehaa ves furihama. Mi story mee mihaaru kiyaalan libey enme reethi enme furihama story akee. Thanks layaa mi faharu dhigu koh genes dheneethee adhi mihaa reethi story eh kiyaalan genes dyethee. Keep going ??

    1. layaal says:
      July 4, 2016 at 2:49 pm

      thanks ??

  12. Xeek says:
    July 4, 2016 at 4:29 am

    Vvvvvvv reethi n furihama story eh …. Luved it.. Heevany kurimathin fennahen.
    Ehaves sifakurun molhu.

  13. ainth says:
    July 4, 2016 at 6:46 am

    Vvv salhi!!! Layaal thanks komme dhuvahaku ves up koladhey theeve.

  14. Appy says:
    July 4, 2016 at 8:32 am

    Naail dheke rulhi a ee dhw ….so sad …story v rythi n v inthixaaru vx kurevey …hey layaal alhe looth ge isthashiganu kurukoh koshaalabala ekahala shahusiyyathakahh nugulhey. ..v hadi ey rabaru jahaathy?? aifa looth gaathu buney aifa ah rythy kurukoh koshaalyma ey ..aifa bunefiyya looth kuraane konme kamehh vx???

  15. AIFAA says:
    July 4, 2016 at 10:47 am

    JUST WOW

  16. Hassu says:
    July 4, 2016 at 11:15 am

    varah varah varah reethi Mi Story. up kurahchey avahah.. waiting waiting…..

  17. ފާތުން says:
    July 4, 2016 at 11:22 am

    މިއީ ވަރަށް ކިޔާ ހިތްވާކަހަލަ ވަރަށް ރީތި ވާހަކައެއް މިވާހަކަ ގެނެއްސަ އިންނަ ގޮތް ވަރަށް ފުރިހަމަ، ލިޔުންތެރިޔާ ގެ އެބަހުރި ލިޔުމުގެ ހުނަރު….

    1. layaal says:
      July 4, 2016 at 2:51 pm

      thanks ?

  18. AIFA NAZIM says:
    July 4, 2016 at 12:39 pm

    LOOTH GADHA INGEY
    LYNA DHN LALALAA:-P

  19. Saajidh says:
    July 4, 2016 at 2:17 pm

    Woww… v v v reethi… alhe Looth ah haadha dhera gothekey mi vany… dhen haqeeqaiy in’gey meehun avahah haqeeqaiy kiyaidheynvy… eyrunnehnu baibaivefa oiy kureege loabi aailaa anekkaaves ekathigan’dakah vaany… next part ah eba v inthizaaru kurevey… next part avas kollahchey…

  20. layaal says:
    July 4, 2016 at 2:52 pm

    thank you guys so much. i’m so happy. thanks for your support and hope you all will stay this way and i will continue to entertain with my stories in sha alllah ❤️❤️❤️❤️

  21. Narash❤️ says:
    July 4, 2016 at 2:54 pm

    Oh layaal this is so great. I just love this story. Avahah up kurahchey. Don’t make the readers hate you by not uploading ingey. I think mihaaru mi site ga emme hingaa adhi support libey story akee mi ee hen. Every body loves you layaal. Just keep up the good work. Masha Allah ❤️

  22. Thaany says:
    July 4, 2016 at 3:01 pm

    Masha allah v furihama waahaka eh.

  23. Ary says:
    July 4, 2016 at 6:23 pm

    best story ever!!! masha allah ❤️❤️ waiting wauting ❤️

  24. nish says:
    July 4, 2016 at 7:17 pm

    v v v nice.adi ehaa avah up koh dhey theeves v happy????

  25. mysterious gurl... says:
    July 5, 2016 at 1:21 pm

    Layaa.. up kohdheeebaa.. can’t waittt.. ?

  26. Akky says:
    July 5, 2016 at 5:03 pm

    Up kohdhybah pls pls pls waiting. Waiting. Waiting.

  27. shaya says:
    July 5, 2016 at 7:07 pm

    Please vaahaka update kohdheeba avahah

  28. rau says:
    July 5, 2016 at 7:24 pm

    kn irakun up kurany?? cant wait to read..

  29. Xeek says:
    July 5, 2016 at 7:37 pm

    Hey layaal … Vahaka up kohdheny knirak? Waiting waiting for the new episode…. Plx avahah up kohdhyba

  30. layaal says:
    July 5, 2016 at 7:44 pm

    hey guys. i have been really buxy today so i’ll update it tonight around 1 in sha allah. sorry. hope you all will wait. but it will up tonight in sha allah
    Love ❤️❤️

  31. maiha says:
    July 5, 2016 at 8:26 pm

    avas kohdheebala..plx plx plx

  32. Lym says:
    July 5, 2016 at 8:34 pm

    Wow mivaahaka varan reethi

  33. Vishaaa says:
    July 5, 2016 at 10:45 pm

    Plx update sooon…vaara reeeethi abadhu kiyaaa hivanee …nice keep it up?

  34. saai says:
    July 5, 2016 at 11:02 pm

    Avas kohdheeba plx plx warah ginain belihje

  35. yooga says:
    July 6, 2016 at 12:20 am

    Still waiting…. Thankolheh Avas khladhyba layaal

  36. Samaa says:
    July 6, 2016 at 12:30 am

    Alhe kobaaaaa

  37. Faathee says:
    July 6, 2016 at 12:46 am

    Waiting n waiting.. I guess I’m in love with this story

  38. 123 says:
    July 6, 2016 at 1:02 am

    Its 1. Waiting for the story. Hope it will be up soon ?

  39. shaya says:
    July 6, 2016 at 1:05 am

    Kobaa 1 vejje

  40. yooga says:
    July 6, 2016 at 1:11 am

    Layaaal dhn thihn nahadhaba…. 12 in feshign esfiya jahaala jahaala mi innany… Please v avahah up khladhyba

  41. mysterious gurl... says:
    July 6, 2016 at 1:11 am

    Kobaa next part.. up kohdheeba dhn.. plxx.

  42. Aashi says:
    July 6, 2016 at 1:16 am

    Kobaatha story kiyaaa hithunn keimadhuvefa avass kohlaba layaa

Comments are closed.

Next Episodeދޭނަން ހިތާ ޖާނާ (14)←


All Right Reserved!