Skip to content
އެސްފިޔަ

ޓެކްސީ(ދެވަނަ ބައި)

ނުތަނަވަސް ކަމާއެކު ފާރުގައި ހުރި ގަޑިއަށް ބަލައިލީމެވެ. އަހަރެން ހާސް ވެފައިވާ ވަރުން ގަޑީގެ ކަށިތައް އާދަޔާ ޚިލާފަށް ބާރަށް އެނބުރޭހެން އަހަންނަށް ހީވަމުންދިޔައެވެ. “ދަރިފުޅާ، މަންމަ އަށް ހީވަނީ މިއަދު ދަރިފުޅު ކޮލެޖަށް ދާން ޖެހޭނީ ޓެކްސީ އެއްގައި ހެން” އަހަރެންނަކީ ޓެކްސީތަކާ މާ ރައްޓެހި މީހެއްނޫނެވެ. ނަމަވެސް އަހަންނަކަށް އެނޫން ގޮތެއް ނެތެވެ. ޓެކްސީ ސެންޓަރެއްގެ ނަމްބަރު ފޯނުން ހޯދާލުމަށްފަހު ގުޅާލީމެވެ. ދެތިން ރިންގަށް ފަހު ފޯނު ނަގައިފިއެވެ.

“އައްސަލާމު ޢަލައިކުމް ރޯޒާވެލީގެ 23 ނަަންބަރު ގެއަށް ވަރަށް އަވަހަށް ކާރެއް ފޮނުއްވަ ދެއްވަ ބައްލަވާ”

ހިތް އަވަސްވެފައިހުރެ އަހަރެން ބުނެލީމެވެ.

“ވައަލައި ކުމުއްސަލާމް މެޑަމްގެ ނަޞީބު ވަރަށް ރަނގަޅު 3351 ގެ އަޅުގަނޑުމެންގެ ޓެކްސީ އެބޮތް ޖެހިގެން ހުރި މަގުގައެވެ. އިރާދަފުޅުކުރެއްވިއްޔާ މާގިނަ އިރުތަކެއް ނުވެ ކައިރިކޮއްލާނެ” “ޝުކުރިއްޔާ ﷲޙާފިޒް”

އެހެން ބުނުމަށް ފަހު އަހަރެން ފޯނުކަނޑާ ލީމެވެ. އަހަރެންގެ ނަޒަރު ހުއްޓިފައިވަނީ ހުއްޓުމެއްނެތި ހިނގަމުންދާ ގަޑީގެ ކަށިތަކަށެވެ. “ޕީޕް….ޕީޕް” ކުއްލިއަކަށް އަޅާލި ބަރުގޮނުގެ އަޑާއެކު އަހަންނަށް ތެޅިގަނެވުނީ އިމްތިޚާނަށް ބޭނުންވާ ސާމާނު ނަގައިގެން ޓެކްސީއަށް ދުއްވައިގަންނާށެވެ. “ކާރު އައިއްސި އަންމީ ދަނީ” ކާރުގެ ދޮރުފަތް ލައްޕަމުން އަހަރެން ބުނެލީމެވެ. “ﷲޙާފިޒް ފަރުވާތެރި ކަމާއެކު އިމްތީޚާން ހަދާތި” ގޭތެރެއިން މަންމަ ޖަވާބު އައެވެ. ކާރަށް އެރުމާއެކު އަހަންނަށް އިޙްސާސްވީ ކާރުގައި ހަރުކޮށްފައި ހުރި އޭސީގެ ފިނި ކަމެވެ.

ވެހެމުން ދިޔަ ވާރެޔާ އެކު އަހަރެންގެ ހަށިގަނޑުގައި މަޑު ތުރުތުރެއް އުފައްދާލިއެވެ. “ޔުނިވަރސިޓީ އޮފް ލަހޫރަށް ބައްޔާ” ޑްރައިވަރު ސީޓުގައި އިންމީހާ ބޯޖަހާލުމަށް ފަހު ކާރުގެ ލޯގަނޑު އަހަންނާއި ދިމާލަށް އަނބުރާލަމުން އަހަންނާއި ދިމާއަށް ބަލާލިއެެވެ. ކާރުގެ މިސްރާބު ހުރީ އަހަރެން ކޮލެޖަށް ދާ މަގާއި ދިމާލަށެވެ. ކާރުދުއްވަމުން ދިޔައިރު ޑްރައިވަރުގެ ކަތި ނަޒަރުތައް އަހަންނަށް އަމާޒުވެފައިވާކަމުގެ އިޙްސާސް ކުރެވެްން ފެށިއެވެ. މިކަމުން އަހަންނަށް އުނދަގޫވިއެވެ. ވުމާއިއެކު އިސްދަށަށް ޖަހާލައިގެން އަހަރެން އިނީ ވަރަށް ޖެހިލުންވެފައެވެ. އެގޮތަށް ކުޑައިރުކޮޅަކު އިނުމަށްފަހު ކުޑަދޮރުން ބޭރު ބަލާލެވުނެވެ. އެއީ މުޅިން އެހެން މަގެކެވެ. ފަހަރެއްގައި ފެންގަނޑު ބޮޑު ވުމުން ކާރުގެ މިސްރާބު ބަދަލު ކޮށްލީކަމަށް ހިތަށް އަހަރެން ވިސްނައިދެމުން ގެންދިޔައީމެވެ

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (22)

  1. The R

    please comment and help me improve.
    Any opinion is welcome 🙂
    komme khiyaalakah ves maruhabaa kiyaanan
    faadukiumuge zaree aa in The R ah kuriah dhiumah eheeve dhee

  2. Lyn

    Vrh rythi vrh kiyaa hih vaa kahala vaahaka eh… next tym dhigukoh genesdhehchey.. gud luck <3 :*

    1. The R
      Lyn

      Thankx for the comment.
      Kurukoh genesdhinee alah liyaa vaahaka akah veema mihaa thaaeedh libeyne kan neyngeythee.
      anyways dhen faharaku dhigu kollaanan

  3. LaM

    Salhi.. thankolheh dhigu kohlaabala 🙂

  4. Naby

    Story varah salhi.. dhen in part avahah up kollaba… varh kiyaa hiyy wefa mi iny… n next part dhigu kollahchey

    1. The R
      Naby

      Thanx
      dhen faharaku thankolheh dhigu kollaanan.
      dhedhuvahun ehdhuvahu up kuraagothah Insha Allah

  5. Zoya

    Salhi

    1. The R
      Zoya

      Thanx vvv much zoe

  6. ammmday

    story v salhi..

  7. kamana

    v v v kuru dhw… dh kon irakun next part.. story reethii.. but dhe paregraph liyelaafa thi up kuranee.. episodeh ga 20 lines.. kamaku nudhey

    1. The R
      kamana

      Insha Allah Dhedhuvahun ehdhuvahu ga up kuraanee,
      Dhen faharaku thankolheh dhigukoh up kuraanan

  8. Nern..

    mi haadha kurey .. next part mi ah vuren dhigu kohlihyaa varah ra’ngalhu.. anyway vaahaka reethi..

    1. The R
      Nern..

      Thanks for the comment
      Insha Allah next part dhigu kollaanan

  9. Marsh

    Nuuney hindhii drama series belifa hury .. ehnya.. Allah haafiz , samiina beyqam , huh.. mii dhen kon kamei thr ?? Ladhun boa halaaku..

    1. The R
      Marsh

      Aammu ko vaahakathah hedhifa hunna location thakaa thafaathu location akah vaahaka set kollan vegen pakistan ge laahoor ah setting hadhaalaafa eothee. Pakistan ge goiy gandu gennan vegen kudaikoh emeehunge basthah himanaalaafa eheree
      Anyways thanx for the comment 🙂

    2. hell
      Marsh

      Thedheii thi buny hama

  10. 78

    imthikhaan eh noon. imthihaan ga innnaanee arabi haa eh. nubai koh thiki jahaaafa hury

  11. Axoo

    Reethi. But maakuree.

  12. Swyt

    Vaahaka maa kiru.thankolheh dhigukoh genes dhee.

  13. ishu

    V nice mi partves

  14. Just me

    V v v reethi.♥

  15. ilka

    wow

Comments are closed.