Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އަހަރެންގެ ވާހަކަ (ހަތާވީސްވަނަ ބައި)

Mysterious Angel
July 2, 2016
5 Mins Read
48 Views
11 Comments

“ގުޑް..” ހިތަށް ބުނެދޭން ނޭގޭހާ ހިތްހަމަޖެހުން ލިބުނެވެ. ނާއިދު ވާހަކަ ދައްކަންފެށިއެވެ. ޝާޔަންއަކީ އެމީހުންގެ އަވަށްޓެރިއެއްކަމާއި އެންމެންނާއި ގުޅޭ ކުއްޖެއް ކަމަށް ބުނުމުން ބޭއިޙްތިޔާރުގައި ހިނިތުންވެލެވުނެވެ. ނާއިދުގެ ވާހަކައިން އަހަރެންނަށް ލިބުނު ހައިރާންކަންވީ އިތުރެވެ.

“ތިބުނާ ވީޑިއޯއެއް އަހަރެން ބޭނުން؟” އެ ވީޑިއޯއިން ކޭސްއަށް އިތުރު ކުރިއެރުމެއް ލިބިދާނެއެވެ. ރިޔާޒު އޭނަގެ ފޯންނަގާ ވީޑިއޯ ދައްކާލިއެވެ. އެއީ ނާއިދުމެން ދިރިއުޅެމުންދާ އެޕާރޓްމެންޓުގެ ބެލްކަނީގައި ނަގާފައިވާ ވީޑިއޯއެކެވެ. ވީޑިއޯއިން ޝާޔަންމެންގެ ބެލްކަނި ވަރަށް ސާފުކޮށްފެނެއެވެ. އަހަރެންގެ ނަޒަރު ހުއްޓާލީ ސީދާ އެދިމާލަށެވެ.

ކުއްލިއަކަށް ޝާޔަން އައިސް ބެލްކަންޏަށް ވެއްޓެވެ. ނޫނެކެވެ. ކޮންމެވެސް މީހަކު ކޮށްޕާލުމުން ނޫނީ އެގޮތަކަށް ނުވެއްޓޭނެއެވެ. އެމީހަކު ހުރީ ކަޅުކުލައިގެ ކޯޓެއްލައިގެންނެވެ. ޝާޔަން ރޮމުން އަނިޔާނުކުރުމަށް އެދެމުންދާކަން އެނގެނީ އޭނަގެ އަތުގެ ހަރަކާތުންނެވެ. ބެލްކަނީގައި މާގަސް އިންދާފައިވާ ޕޮޓެއް އެއްލާލީ ޝާޔަންގެ ބޮލާއި އަމާޒުކޮށްފައެވެ. ވީޑިއޯ އެހިސާބުން ހުއްޓާލެވުނީ ހިތަށް ކުރި އަސަރެއްގެ ބޮޑުކަމުންނެވެ. ލޮލުން ނީރާލި ކަރުނަތިކި އައިސް ޖެހުނީ ފޯނުގެ ސްކްރީނުގައެވެ. އެހެންމީހަކަށް ފާހަގަނުވާނެހާ ސިއްރުން ކަރުނަތިކި ފޮހެލީމެވެ.

“އޭގެ އަނެއް ދުވަހު އޭނަގެ ފެނުނީ..” ނާއިދު އެހިސާބަށް ބުނެފައި ހުއްޓާލީ ކީއްވެކަމެއް ނުވިސްނުނެވެ.

“މީހަކަށް އަނިޔާ ލިބޭތަން ފެނިތިބެ އެކަން ސިއްރުކުރުމަކީވެސް އެކަމުގެ ބައިވެރިވުންކަން އެނގޭނެ.. ކީއްވެ މިކަން ފުލުހުންނަށް ނޭންގީ؟ ތިމީހުންގެ ޒިންމާ އަދާނުކުރީ ކީއްވެ؟” އަހަރެން ގާތަށް ރުޅިއައީ ކުއްލިއަކަށެވެ. އެދެމީހުން އިސްޖަހާލިއެވެ. އެމޫނުމަތީގައި ވަނީ ލަދުވެތިކަމެވެ.

“ނާދް އުޅުނު ރިޕޯރޓްކުރަން އެކަމަކު އަހަރެން އޭނަ ހުއްޓުވީ…” ރިޔާޒު އަހަރެންގެ މޫނަށްބަލާލިއެވެ. ހިތްހަމަނުޖެހުނުކަމުގައިވިޔަސް އެއްޗެއް ނުބުނެ އަހަރެން ކެތްތެރިވީމެވެ. އެމީހުންގެ ބަޔާނަކީ އަހަރުމެންނަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމަކަށް ވާނެއެވެ. ޒުވާން ދެކުދިންނަށްވިޔަސް އެއީ އަޚްލާޤު ރަނގަޅު ޒުވާނުންނެވެ.

 

އޮފީހަށް އާދެވުމާއެކީ އަހަރެން އެކަނިމާއެކަނި އިނދެ އެ ވީޑިއޯ އެތައް ފަހަރަކު ބެލީމެވެ. ވީޑިއޯއިން އެފެންނަނީ ކާކުކަން އެނގޭނެފަދަ ހެއްކެއް ފެނޭތޯ އަހަރެން ވަރަށް މަސައްކަތްކުރީމެވެ. އަންހެނެއް ނޫނީ ފިރިހެނެއްކަންވެސް ފާހަގަކުރަން ނޭނގެނީ މޫނު ނުފެނުމުންނެވެ. މޭޒުގައި އަތުން ޖަހާލެވުނީ އަމިއްލަ ނަފުސުދެކެ އައި ރުޅިންނެވެ. ޝާޔަން އަހަރެންނަށް އެހީތެރިވިއިރު އޭނައަށްޓަކައި އަހަރެންނަށް ކުރެވުނީ ކީއްހެއްޔެވެ؟ އަނެއްކާވެސް ވީޑިއޯ ޕްލޭކޮށްލީމެވެ. ކުރިން ފާހަގަކުރެވުނު ކަންތައްތައް ސިކުނޑީގައި ނޯޓްކޮށްލީމެވެ. ޕްލޭވަމުންދިޔަ ވީޑިއޯ ހުއްޓާލެވުނީ އެމީހަކު އަރާފައިވާ ބޫޓުފެނުމުންނެވެ. ކޮންމެވެސް ތާކުން އެބޫޓު ފެނިފައިވާކަމަށް ހަވަނަ ހިއްސު އަންގައިދިނެވެ.

“ސަރ މީޓިންއެއް އެކެއް ޖަހާއިރު..” އަހްސަނުގެ އަޑަށް ހަމަރަނގަޅަށްވެސް އަހަރެން ސިހުނެވެ. ބޯޖަހާލުމުން އޭނަ ހިނިތުންވެލާފައި ދިޔައީއެވެ.

“ސަރ އަޅުގަނޑު ވާހަކައެއް އަހާލަންތަ؟” ވިސްނުމުގެ ތެރެއަށް ގެނބިފައި އިނުމުން މާނިއު އައީ ކޮންއިރަކު ކަމެއްވެސް އަހަރެންނަކަށް ނޭނގެއެވެ. އަވަސް އަވަހަށް “ހޫން”އެއް އަޅުވާލަމުން އަހަރެން ފޯނުގެ ސްކްރީނަށް ނަޒަރު ހުއްޓާލީމެވެ.

“ޝާޔަންއަކީ ސަރއަށް ވަރަށް ޚާއްސަ ކުއްޖެއް ދޯ.. ޔޫ ހޭވް ފީލިންގްސް ފޯރ ހާރ..” އަތުގައި އޮތް ފޯނު ދޫވެގެން ނުވެއްޓުނީ ކިރިޔާއެވެ. މަސައްކަތުގެ ވާހަކަފިޔަވާ އެހެން ވާހަަކައެއް އެމީހުންނަށް މީގެކުރިން ދައްކާކަށްނުކެރެއެވެ.  އަހަރެންނަށް ހިނިތުންވެލެވުނީ ބޭއިޙްތިޔާރުގައެވެ. އެންމެންނަށްވެސް އަހަރެންގެ ހިތުގެ ހާލު އެނގެއެވެ. ނަމަވެސް އަންގަން ބޭނުންވާ މިހިތުގެ މަލަކާއަކަށް އެކަން އެންގޭކަންނެތެވެ.

” ވީޑިއޯ ބަލާފަ ސަރ ރުއިތަން ދުށިން.. ޝީ އިޒް ނޮޓް ޔުއަރ ފްރެންޑް..” އޭނަގެ މޫނުމަތިން ފެންނަމުންދަނީ ޔަޤީންކަމެވެ.

“ބޭނުންވާ ކޮންމެ އެއްޗަކީ އަހަރުމެންގެ ނަސީބުގަ ވާ އެއްޗެއް ނޫން.. ކިތަންމެ ބޭނުންވިޔަސް އެމީހަކަށް ލިބެންނެތް އެއްޗެއް ނުލިބޭނެ..” ހިތްވަރުދެރަ ކުރާކަށް އަހަރެން ބޭނުމެއްނޫނެވެ. އެހެންކަމުން ވާހަކައިގެ މިސްރާބު ބަދަލުވިއެވެ. އެބޫޓު އަހަރެން އޭނައަށް ދައްކާލީމެވެ.

“އައި ގެސް އައި ނޯ؟” މާނިއު ވަރަށް ވިސްނުންތެރިކަމާއެކު ބަލަންހުރެފައި ބުނެލިއެވެ. އޭނަބުނި ނަމާއި ދޭތެރޭ އަހަރެންވެސް ވިސްނާލީމެވެ.

“ޔެސް ޔުއަރ ރައިޓް..” އަހަރެންގެ ވިސްނުންވެސް މުޅިން އެދިމާލަށްގޮސް ހުއްޓުނެވެ. ދެން ކަންތައްކުރަންވީ ގޮތާއިދޭތެރޭ މަޝްވަރާކުރެވުނެވެ.

އެކެއްޖެހިއިރަށް އެންމެން މަޝްވަރާކުރާ ހޯލަށް ޖަމާވިއެވެ. އިސް ބޭފުޅުންނާއެކު ކުރިއަށް ގެންދިޔަ ބައްދަލުވުން ދެތިން ގަޑިއިރަށް ދިގުދެމިގެންދިޔައެވެ. ބައްދަލުވުން ނިންމާލާފައި ނިކުތްއިރު ޝާޔަލްގެ ފަނަރަ މިސްކޯލު އޮތެވެ. ހިތް އަވަސްވެފައިވާ ޙާލު އޭނައަށް ގުޅީމެވެ. މާޔޫސްކަން ލިބުނީ ފޯން ރިންގުވަމުންގޮސް ކެނޑުނުއިރުވެސް ފޯން ނުނެގީމައެވެ. އަނެއްކާ އޭނައަށް ކަމެއްވީ ހެއްޔެވެ؟ ޝާޔަލްއަށް ދެރަ ގޮތެއްވާކަން ޝާޔަން ބޭނުމެއްނުވާނެއެވެ. ވައުދެއް ކުރުމަކީ ވަރަށް ފަސޭހަކަމެކެވެ. ނަމަވެސް އަމަލުން އެކަން ދެއްކުމަކީ އުދަނގޫކަމެކެވެ. އަހަރެން އަވަހަށް ބެލީ އެގެއަށް ދާށެވެ.

 

ބެލް ޖެހިއިރުވެސް އަހަރެންގެ ހިތުން ބިރުވެރިކަން ފިލައިގެނެއް ނުދެއެވެ. ޝާޔަލް ރައްކާތެރިކޮށްދެއްވުމަށް އެދި ތަކުރާރުކޮށް ދުޢާކުރަމުންދިޔައީމެވެ.

“ޝިމާލް؟” ޒައިކްގެ މޫނުމަތީގައިވީ ހައިރާންކަމެވެ. ކުރިއަށްވުރެވެސް އެމޫނު މިލާފަވާހެން އަހަރެންނަށް ހީވިއެވެ.

“ޝާޔަލް އެބައުޅޭތަ؟” އަހަރެން އަހާލީމެވެ. އޭނަ ބޯޖަހާލަމުން އެތެރެއަށް ވަންނާށޭ ބުނެލިއެވެ.

“ޔާލް ބޭނުމީ ވީހާވެސް އަވަހަކަށް ލަންކާއަށް ދާން.. ” އެތެރެއަށް ވަންނަމުން ޒައިކް ބުނެލިއެވެ. އަހަރެން ޝާޔަލްގެ ކޮޓަރީގައި ޓަކި ދިނީމެވެ. އެތެރެއިން ހޮޅުވާފައޭ ގޮވާލިއެވެ. އެތެރެއަށް ވަތްއިރު ދެފޮށި ބަހައްޓާފައި ހުއްޓެވެ. ޝާޔަލްހުރީ އަލަމާރި ކައިރީގައެވެ.

“މީ ކޮންކަމެއް؟” ފޮށިތަކަށް އިޝާރާތް ކުރަމުން އަހަރެން އެހީމެވެ.

“ފުރަން މިއުޅެނީ.. އެހެންވެ އެވާހަކަ ބުނަން ގުޅީ.. ފޯނުނުނެގީމަ އަހަރެން ހީކުރީ ޝިމާލްއަށް ކަމެއްވީކަމަށް..” އަލަމާރި ލައްޕާފައި އޭނަ އައިސް ހުއްޓިލީ އަހަރެން ކުރިމަތީގައެވެ.

“ކޭސް ސޯލްވް ނުވާހާއިރަކު ޝާޔަލްއަށް އެއްވެސްތާކަށް ނުދެވޭނެ..” އަހަރެން ހާމަކުރީ ކަންއޮތްގޮތެވެ.

“އެމީހުން ބޭނުންވަނީ އަހަރެން ޒައިކްއާ މެރީކުރަން؟” މޫނުމަތީގައި މީހަކު ބާރުގަދަ އެތިފަހަރެއް ޖެހިކަހަލައެވެ. ޝާޔަން ނިޔާވިތާ އަދި މާގިނަ ދުވަހެއްވެސް ނުވެއެވެ. މީ ދިވެހި ފިލްމެއް ނޫނީ ވާހަކައެއް ނޫނިއްޔާއެވެ. އެމީހުން ހީކުރަނީ ދިރިއުޅުމަކީ ކުޅޭ ކުޅޭ ކުޅިވަރެއް ކަމަށް ހެއްޔެވެ؟ ޝާޔަލްއަކީ އެމީހުންގެ ޕަޕެޓްއެއް ހެއްޔެވެ؟

“އެމީހުންނަށް އެގޮތަށް ކަންތަކެއް ނުކުރެވޭނެ؟” ޝާޔަލްއަކީ ބާލިޢުވެފައިވާ ކުއްޖެކެވެ. އޭނަގެ އަމިއްލަ ނިންމުންތައް އޭނަގެ އަމިއްލަ އިޙްތިޔާރުގައި ނިންމެންޖެހޭނެއެވެ. ޝާޔަލް އަހަރެންގެ މޫނަށް ބަލަހައްޓައިގެންހުރީ އަހަރެންގެ މޫނުމަތިން އެއްޗެއް ދޭޙަކުރަން އުޅޭހެންނެވެ.

“އަހަރެން ހީކުރީ ޝިމާލްވެސް ހުންނާނީ އެމީހުންނާ އެއްކޮޅަށް ކަމަށް..” އެނދުގައި އިށީންނަމުން އޭނަ ބުނެލިއެވެ.

“ކީއްވެ ޒައިކްއާއި؟” އަހަރެން ޑްރެސިން ޓޭބަލްކައިރީގައި ހުރި ގޮނޑީގައި އިށީނީމެވެ.

“ކާފަ ބުންޏެއްނު އެއީ މިޒަމާނުގަ ނުލިބޭނެހާ ރަނގަޅު މީހެކޭ.. އެހެން ކުއްޖަކާ ޒައިކް ކައިވެނިކޮށްފާނެތީ އަވަސްއަވަހަށް އެމީހުން ބޭނުންވަނީ އަހަރެމެން ކައިވެނި ކުރުވަން..” ކިތަންމެ ތަރައްޤީވެފައިވިޔަސް އަދިވެސް މިފަދަ ނާތަހުޒީބީ ޙިޔާލުތައް އެމީހުން ގެންގުޅެއެވެ.

“ޕިސް.. އެމީހުން އެއްފަހަރުވެސް ޒައިކްއާއި ދޭތެރޭ ވިސްނާނުލާތަ؟ ޝާޔަން.. އަދި މާގިނަ ދުވަހެއްވެސް ނުވެއެއްނު..” އަމިއްލަ އެދުމުން ފޯވެއްޖެނަމަ އެހެންމީހެއްގެ އަމިއްލަ އިޙްސާސްތަކާއި ދޭތެރޭ ކުޑަކޮށްވެސް ވިސްނާނުލަނީއެވެ.

“ނަސީބަކުން އަދި ޒައިކްއަކަށް މިކަމެއް ނޭނގޭނެ.. އަހަރެން އަވަހަށް ދާން ބޭނުންވަނީވެސް އެހެންވެ.. މިކަން އޭނައަށް އެނގުނީމަ އަހަރެން ކިހިނެއް އޭނައަށް ފޭސްކުރާނީ.. އަހަރެން ދެކެމުންއައީ އެއީ ބޭބެއެއްގޮތަށް..” ޝާޔަލް ބަލާލީ އަހަރެންގެ މޫނަށެވެ. ވޭތުވެގެންދިޔަ ދެހަފްތާއެއްހާ ދުވަސްތެރޭގައި އޭނަގެ ހަށިގަނޑަށް ހާދަ ބޮޑެތި ބަދަލުތަކެއް އައިސްފިއެވެ. އަބަދު ހިނިތުންވެފައިވާ މޫނުމަތިން އުފާވެރި ކަމުގެ ކުޑަވެސް ނިޝާނެއް މިހާރަކު ނުފެނެއެވެ.

“ޝާޔަލް މިތަނުގަ ހުންނަން ބޭނުންނުވަންޏާ އެހެންތާކަށްވެސް ބަދަލުވެވިދާނެ އެކަމަކު މާލެއިން ބޭރަކަށް ނުދެވޭނެ..” މާގިނައިރު އެމޫނަށް ބަލާކަށް އަހަރެންނަށް ކުޅަދާނައެއް ނުވިއެވެ.

“ދާނެ އެހެން ތަނެއް ނެތް..” އޭނަ އިސްޖަހާލިއެވެ. ކޮންމެކަމެއްކޮންގެން ނަމަވެސް މިއަންހެންކުއްޖާގެ ހިތާމަތައް ލުއިކޮށްދެވޭނެނަމައެވެ.

“އޯކޭ ދަނީދެން.. ބަލައިގެން އުޅެންޗޭ..” އަހަރެން ނިކުންނަން ހިނގައިގަންނައިރަށް ކަމެއް ހަނދާންވެއްޖެއެވެ.

” މީ އަހަރުމެންނަށް ފެނިފައިވާ އެއްޗެއް..” ރަންކުލައިގެ ކެވެލިކޮޅުނަގާ ދައްކާލަމުން އަހަރެން ބުނީމެވެ.

” ދޮންތަގެ.. ދޮންތަ ފައިގަ އަޅައިގެން އުޅޭ ކެވެލިކޮޅު..” ކެވެލިކޮޅުގައި ހިފާލާއިރަށް އޭނަގެ ލޮލުން ކަރުނަ އޮހެންފެށިއެވެ. ޝާޔަން ދިޔައީ ކީއްވެހެއްޔެވެ؟ އޭނައާއިނުލާ އެންމެން މިއުޅޭ ޙާލު ފެންނާނެނަމައެވެ. ޝާޔަލް އެކަނިވެފައިވާ މިންވަރު އެނގޭނަމައެވެ. ކަންތައްތައް ބަދަލުކުރެވޭނަމަ ކިހާ ރަނގަޅުވީސް ހެއްޔެވެ؟

މަޑުވެސްކޮށްނުލާ އަހަރެން ހިގައިގަތީ ނިކުންނާށެވެ. އަވަސްއަރުވާލާފައި ނިކުތްތަނާ ކޮންމެވެސް މީހެއްގެ ގައިގައި ލައިގެންފިއެވެ.

“ކަލޭ؟ ކޮންމެވެސް ބަހަނާއެއް ދައްކައިގެން އަބަދު މިގެއަށް ތިއަންނަނީ ކީއްވެތަ؟ ހީނުކުރާތި އަހަރުމެން ހަމްދަރުދީވެގެން ކަލެއާއި ޝާޔަލްގެ ކައިވެނި ކުރުވާނޭ.. ދުވަހަކުވެސް އެކަމެއް ނުވާނެ.. ޝާޔަލްއާއި ޒައިކްގެ ކައިވެނި މިހާރުވަނީ ހަމަޖެހިފަ..” ޝާޔަލްގެ ކާފަގެ ނުރުހުމުގެ ބަސްތައް އިއްވާލިއެވެ.

“ޝާޔަންގެ ކޭސް ބަލަމުންމިދަނީ އަޅުގަނޑު.. ކޭސްގެ ކޮންމެ ކަމެއްގަ ކޮންމެ ތަނަކަށް ވަންނަންޖެހުނަސް އެތަނަކަށް ވަނުމުގެ ހުއްދަ ދިވެހި ރާއްޖޭގެ ޤާނޫނު އަސާސީން އަޅުގަނޑުމެންނަށް ލިބިފަވަނީ.. އަޅުގަނޑަށް ހީވަނީ ތިބޭފުޅާއަށްވެސް އެކަން އެނގިލައްވާނެހެން..” އެންމެ ތަންފުކެއްވެސް ދޫކުރާކަށް އަހަރެންވެސް ބޭނުމެއްނޫނެވެ. އޭނަ ކިޔާނެހާ އެއްޗެއް ކިޔަންދެން މަޑުން ހުންނާކަށް އަހަރެން މިއަދު ބޭނުމެއްނޫނެވެ.

“ހުން.. ހީވާ ގޮތްދޯ.. އަހަރެންގެ އެންމެ ފޯނު ކޯލަކުން ކަލޭގެ ވަޒީފާ ގެއްލި ކަލޭގެ މުޅި އާއިލާ މަގުމަތިވެދާނެ…” އިސްމާއިލް ޤާޒީގެ އަސްލު ސިފަ ފެންނަން މިފެށީ އަދިކިރިޔާއެވެ.

“އަޅުގަނޑުގެ ވަޒީފާއާއި އާއިލާމެދު ތިބޭފުޅާ ފިކުރުނުކުރައްވާ..” ހިނިތުންވެލަމުން އަހަރެން ހިގައިގަތީމެވެ. އޭނަ ހީކުރަނީ ކީކޭ ހެއްޔެވެ؟ ބޮޑާވެފައި އިންޒާރު ދިނުމުން އަހަރެން އޭނަދެކެ ބިރުގަންނާނެކަމަށް އޭނަ ހީކުރަނީ ކަންނޭނގެއެވެ. އެމީހުންހާ މުއްސަަނދި ނުވިޔަސް އަހަރުމެންގެވެސް އަގެއް އޮވެއެވެ.

“ގޮތެއް ފޮތެއްނެތް މީހާގެ ދަރި” އަހަރެން ހިނގައިގަތުމުން ބުނި އަޑު އިވުނެވެ. އަޑުއިވުނަސް ނީވޭކަމަށް ހަދާލައިގެން އަހަރެން ހިނގައިގަތީމެވެ. މިއަދު ބާރު އޮތީ އަހަރެންގެ އަތުގައެވެ. އޭނަ ހިތަށްއެރިހާ ގޮތަކަށް ކަންތައްތަކެއް ނުކުރެވޭނެއެވެ.

 

“އާގް..” ރުޅިބޭލުނީ އޮފީހަށް އައިސް މޭޒުމަތީގައި ހުރި އެއްޗިއްސަށެވެ. މުއްސަނދިކަމާއި މަތީ މަޤާމު ލިބުމުން ބައެއް މީހުން ބޮޑާވެ ކިބުރުވެރިވަނީ ހާދަވަރަކަށެވެ.

“ޝިމާލް..” ސަރގެ އަޑަށް އަހަރެން ބަލާލީމެވެ. އޭރު މޭޒުމަތީގައި ހުރި ގިނަ ފައިލްތައް އެއްވެސް ތަރުތީބެއްނެތި އުކާލެވިފައި ހުއްޓެވެ. ވީދާ ކުދިކޮށްފައިވާ ކަރުދާސްތައް މުޅި މޭޒުމަތީގައި އޮތެވެ. ބޮޑި ބޮޑިކޮށްފައިވާ ގަނޑުތައް ޓައިލްސްތަައް މަތީ އޮތެވެ.

“ކޮންކަހަލަ ތޫފާނެއް އަރާފަ މިއޮތީ؟” ގޮނޑީގައި އިށީންނަމުން ސަރ އަހާލިއެވެ.

“ޝާޔަންގެ ކާފަ.. ހީ ވޯން މީ..” އެއާއެކު ސަރގެ ހުނުމުގެ އަޑުއިވުނެވެ.

“ޝިމާލް.. އަހަރުމެންނަކީ ދުވާލަކު އެތައް ފަހަރަކު އެތައް ކަމަކާ ކުރިމަތިލާން ޖެހޭ ބައެއް.. އެހެން އަދި މީހަކު ބުނެލާ ކުޑަ ކުޑަ އެއްޗަކުން ތިހެން ރުޅިގަދަވާކަށް ނުޖެހޭ..” އަހަރެން ހިނިތުންވެލީމެވެ. ނަމަވެސް އަހަރެންނަކީ މީހަކު ބުނެލާ ކިތަންމެ ކުޑަ އެއްޗަކުންވެސް ފަސޭހައިން އަސަރުކުރާ މީހެކެވެ.

ސަރ އައީ ކޭސްއާއި ބެހޭ ގޮތުން މަޝްވަރާކުރުމަށެވެ. އެހެންކަމުން އަހަރެންވެސް އެކަމަށް ސަމާލުކަން ދިނީމެވެ. ޑިއުޓީ ނިންމާލުމަށްފަހު އޮފީހުން ނިކުމެ ސައިކަލަށް އަރާ ސްޓާޓްކޮށްލީމެވެ. ނަމަވެސް ސައިކަލު ސްޓާޓްވާ ގޮތެއް ނުވިއެވެ. އެންމެފަހުން ސައިކަލު ބެހެއްޓުމަށްފަހު ފައިމަގުގައި ދިއުމަށް ނިންމީމެވެ. ހާމަ އުޑަށް ބަލާލީމެވެ. މަގުގެ ދެފަރާތުގައި ދިއްލާފައިވާ ލައިޓްތައް ނެތްނަމަ ހަނދުވަރުގެ އަލިކަމާއި ތަރިތަކުގެ ޒީނަތްތެރިކަން ފެންނާނެއެވެ.

ތަންކޮޅަކަށް ދެވޭވަރުވީ ކިރިޔާއެވެ. ތުނިތުނިކޮށް ވާރޭ ވެހެންފެށިއެވެ. ކުދި ވާރޭގެ ތިކިތަކުން އަހަރެން ތެތްމަމުންދިޔުންވީ މަޖާކަމަކަށެވެ. ފަހަތުން މީހަކު އަންނަހެން ހީވެގެން އަހަރެން ބަލާލީމެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އަނެއްކާވެސް އަހަރެން ހިނގައިގަތީމެވެ. މިފަހަރުވެސް ހުއްޓެން މަޖުބޫރުވީ މީހަކު ފަހަތުން އަންނަކަން އެނގިގެންނެވެ. ފަހަތް އެނބުރިލާއިރު މީހަކު ނުހުރެއެވެ. އެކަމަކުވެސް ކޮންމެވެސް މީހަކު އަހަރެންނަށް ފާރަލަމުންދާކަށް ޔަޤީންވިއެވެ. ކާކު ހެއްޔެވެ؟ އިސްމާއިލް ޤާޒީގެ ކަމެއް ހެއްޔެވެ؟ ނޫނީ..

(ނުނިމޭ)

4
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Mysterious Angel

Other Articles

Previous

އިންތިޒާރުގައި ހުރިން 14

Next

ކުއްޅަވަށްފާ

Next
July 3, 2016

ކުއްޅަވަށްފާ

Previews
July 2, 2016

އިންތިޒާރުގައި ހުރިން 14

11 Comments

  1. nym says:
    July 2, 2016 at 10:43 pm

    Itx nice.. bt haadha kurey.. and maa lahun up kurany.. ?

  2. shimaa says:
    July 2, 2016 at 11:17 pm

    Finally after waiting so long it’s here again. ..

  3. aff says:
    July 2, 2016 at 11:23 pm

    alhey haadha kurey mifaharu and haadha lasvee .. reethi☺

  4. Aika says:
    July 2, 2016 at 11:31 pm

    Haadha kurey. Alhe avahag up kohdhyba. Waiting for next part

  5. nash says:
    July 2, 2016 at 11:31 pm

    Mihaa kiyaa hithuh kiyamun dhevey vaahaka ehneh minoonyy mivaahaka liyaa kuhjaa ah v v v v sukur.dhig kn nuvatha avahah up kn dhenikn v furi hama vaane. Thikuraa hih varah hama saabas. N eid mubaarik.

  6. Rafa says:
    July 3, 2016 at 12:32 am

    Kaakuba Ae..i think itx zaik ?

  7. ken? says:
    July 3, 2016 at 12:41 am

    vedhaane shaayan ge kaafa kamahves

  8. Rsy says:
    July 3, 2016 at 5:50 am

    vvv reethi

  9. Nern.. says:
    July 4, 2016 at 3:13 pm

    WAITING…………. ……. ….. ….. …
    avahah up kohdhehcheyyyy..

  10. RY says:
    July 4, 2016 at 7:47 pm

    Nice… Plz thankolheh avahah up kihdhyba.. Kiyaa hithun nuvx hurevey

    1. RY says:
      July 4, 2016 at 7:47 pm

      Kohdhyba*

Comments are closed.

All Right Reserved!