
ލޯބިވެވުން އެއީ ކުށަކަށްވާނަމަ 8
“މިން… ބުނެބަ ދެން ތިބުނަން އުޅޭ ވާހަކައެއް… މިހާރު އެބަ ހިތް ތެޅޭ..” މިންޝާ އާއި ކައިލް ތިބީ ހޭންގްއައުޓް ކެފޭ ގެ މަތީބައިގައެވެ. މިންޝާ ވާހަކަ އެއް ބުނަން ބޭނުން ވެފައޭ ބުނީއްސުރެއް ކައިލް އަށް އަދި ހަމަޖެހުމުގެ ނޭވާ އެއް ނުލެވެއެވެ. “ކައި… ވަރަށް ދެރަވޭ މިވާހަކަ ބުނަން.. ބުނާނެ ގޮތެއް ވެސް ނޭންގޭ..” މިހުރިހާއިރު އިސް ޖަހައިގެން އިން މިންޝާ އިސް އުފުލާ ކައިލްއަށް ބަލާލިއެވެ. އެވަގުތު ކައިލްއަށް ހީވީ އޭނާގެ ހިތުގައި މީހަކު ހިފާ ބާރަށް ފިއްތާލިހެންނެވެ. މިންޝާގެ ފެންކަޅިވެފައިވާ ދެލޯ ފެނި ކައިލް ގެ ހިތުގައި ތޫނު ރިހުމެއް އުފަންވިކަހަލައެވެ. “މިން.. ދޫނި ކިހިނެތް ވީތަ؟ ބުނެބަލަ.. ކީއްވެ ތި ރޮނީ؟” ކައިލް ގެ ހިތް ނޭންގޭ ބާރު މިނެއްގައި ތެޅިގަތެވެ. އޭނާ ލޯބިން މިންޝާ ކޮލުގައި ފިރުމާލުމަށް ފަހު އެ އަތުގައި ހިފާލީ އިތުރު ހިތްވަރެއް ދިނުމުގެ ގޮތުންނެވެ. ދުވަހަކު އެއަތުން ދޫނުކޮށްލާނަމޭ ބުނާ ފަދައެވެ. މިކުޑަ ކުޑަ ލޯބި ލޯބި ކުއްޖާ ފެނުނު ފުރަތަމަ ދުވަހުން ފެށިގެން ވެސް ކައިލްގެ ހިތުގައި ވަނީ ލޯބި އުފެދިފައެވެ. މިންޝާ ގެ އެހުންނަ ލޯބި ޅަ ގޮތްގަޑުން އޭނާގެ ހިތުގައި އުފެދިފައިވާ ލޯބި ދިޔާއި އިތުރަށް އާލާ ވަމުންނެވެ. މިއަދު އެދެލޮލުން ކަރުނަ ފެނުމުން އޭނާގެ ހިތުގެ ހަމަޖެހުން ގެއްލިފައިވާ ފަދައެވެ.
***************************************
ކައިލްއަށް ވީ ގޮތް ފެނި މިންޝާ އެތެރެއަށް ހިންދައިގެން އިން ހިނިގަނޑު އިތުރަކަށް ނުހިފޭއްޓުނެވެ. “ހަހހަހަ.. ސާބަސް ކައިލް އަށް.. ހާދަ ވަރެއް ތިވީ… އައި ވޮސް ޖަސްޓް ކިޑިންގް… ލޮލް.. ” ހުނުމުގެ ތެރެއިން މިންޝާ ބުނެލިއެވެ. ‘އާއިޝަތު މިންޝާ އާދަމް މަނިކު… ނޮޓް ފަނީ އެނގޭ.. ވަރަށް ހާސް ވެއްޖެއޭ.. ” ކައިލް މިހެން ބުނެލަމުން މިންޝާގެ އަތަށް ފިއްތާލިއެވެ. “އައުޗް.. ތަދުވެއްޖެއޭ.. އަސްލުވެސް ވާހަކައެއް ބުނަންށޭ އުޅުނީ.. އެކަމް އެއީ ދެރަވާ ވާހަކަ އެއް ނޫން.. ހެޕީ ވާހަކަ އެއް… އެނގޭތަ ޑޭޑް އަހަފި މިން މެރީ ކުރަނީ ކޮން އިރަކު ހޯ.. މިން އިނީ ބުނާނެ އެއްޗެއް ނޭންގިފަ.. ހިނގާ ޑޭޑް ކައިރީ ބުނަން މިގުޅުމުގެ ވާހަކަ މާ ލަސް ނުވާނީސް..” ކައިލްގެ އެ ރީތި ދެލޮލަށް ބަލަން އިނދެ މިންޝާ ބުނެލިއެވެ. “މާލަސް ނުވަނީސް އޭ.. ކީއްވެ ތިހެން ތިބުނީ… އަނެއްކާ މިންގެ ޑޭޑް އަކީވެސް އިންޑިއަން ޚިޔާލު ގެންގުޅޭ ޑޭޑް އެއްތަ؟.. މިބުނީ އަނެއްކާ މިން މެރީ ކުރާނެ ކުއްޖަކު ޑޭޑް ހަމަޖައްސަނީ ހޭ؟” ކައިލް އަދިވެސް ބެލީ މިންޝާ ރުޅިއަރުވާ ލެވޭތޯއެވެ. ފަހަރެއްގައި ވެސް އެ ބުނެވުނު ބަހަގެ ބުރަދަން ނޭންގޭ ހާލުގައެވެ. “ނޯ ކައިލް ގަނޑާ… ޑޭޑް އެއަށް ވުރެ މާ ކޫލް ވާނެ.. މިން ކައިރީ ނުބުނެ އެކަހަލަ އެއްވެސް ކަމެއް ނުނިންމާނެ..” އެދުވަހުގެ ސައިގަޑި ދިޔާއި މިކަހަލަ އެތަށް ވާހަކަ އެއް ދެކެވި އެންމެ ފަހުން ރަނގަޅު ވަގުތެއް ބަލާ އާދަމް މަނިކު ކައިރީ ދެމީހުންގެ ގުޅުމުގެ ވާހަކަ ބުނުމަށް މިންޝާ ވައުދު ވަމުންނެވެ.
“ގުޑް މޯންނިންގް ސާރ..” އާފަފުގެ ފަހަތުން ގޮސް މަންޞޫރުގެ ކެބިންއަށް ވަނުމަށް ފަހު ނާވީ ބުނެލިއެވެ. އޭރު އެތާންގައި އާދަމް މަނިކު ވެސް އިނެވެ. “އަހަނ ނާވީ ދޯ.. އާދެ އަވަހަށް އިށީނދޭ” ކުރިމަތީ ހުރި ގޮނޑި ދައްކާލަމުން މަންޞޫރު ބުނެލިއެވެ. އޭރު އާދަމް މަނިކު ވެސް ނާވީ އަށް ސަލާމް ކޮށްލުމަށް ފަހު އިށިންނަނީއެވެ. “ވައު.. އިޓްސް އަ ޕްލެޝަރ ޓު ހެވް އަވަރ ޔަންގަސްޓް ބިސްނަސްމޭން ހިއަރަ ވިތް އަސް… ކަމަކުތަ ތި އައިސްލީ.؟.” ނާވީ ފެނުމާއެކެ އާދަމް މަނިކުން އުފަލުން ހުރެ އަހައިލިއެވެ. އެގޮތުގައި ގަޑިއެއްހައި އިރު ވިޔަފާރީގެ ކަންކަމުގައި މަޝްވަރާ ކުރުމަށް ފަހު ނާވީ އޮފީހުން ނުކުނަން މިސްރާބު ޖެހިއެވެ. ލިބުނު ކާމިޔާބީއާއި މެދު ފަޚުރުވެރި ވެލަމުންނެވެ. އުންމީދު ކުރި ގޮތަށް ހުރިހާ ކަމެއް ވެސް ވަމުން ދާތީ އޭނާ ހުރީ ނުހަނު އުފާ ވެފައެވެ.
އަވަސް ފިޔަވަޅު ތަކެއްގައި އޮފިހުން ނުކުންނަން އައި ނާވީގެ ފިޔަވަޅުތަށް މަޑުޖެހިލީ ކޮންމެސް ކަމަކާ ހެމުން ހެމުން އޮފީހަށް ވަދެގެން އައި ކައިލް އާއި މިންޝާ ފެނިފައެވެ. ދެމީހުންގެ ގާތްކަން ފެނި އަނެއްކާ ވެސް ނާވީގެ އުފާވެރި މޫޑް ގެއްލި ހިތުގައި ނަފުރަތުގެ އޮއިވަރެއް ދަތުރު ކޮށްލިއެވެ. އެތެރެއަށް ވަދެގެން އައި މިންޝާ އާއި ކައިލްއަށް ވެސް ނާވީ ފެނުމުން މަޑުޖެހިލެވުނެވެ. ތުނިކޮށް ކޮށާފައިވާ ތުނބުޅިގައި ނާވީ އަތް ހިންގާލީ އެވަގުތު މޫނު މައްޗަށް ވެރިވި ރުޅިވެރިކަން ވަންހަނާ ކޮށްލުމަށެވެ. ރުޅިގަނޑު މައިތިރިކޮށް އަދި ކުޑަ ދުވަސްކޮޅަކަށް ކެތްތެރިވެލަން ޖެހޭކަން ހަނދާންކުރަމުންނެވެ. އޭނާގެ މަންޒިލާ މިހާ ގާތް ވެފާ ވަނިކޮށް ކަތި ފިޔަވަޅެއް އެޅިއްޖެނަމަ ނާކާމިޔާބީ އާއި އަނެއްކާވެސް ކުރިމަތީ ލާން ޖެހޭނެކަން އޭނާ އަށް އެނގެއެވެ. “ނާވީ…. އޯ މައި… ވަޓް އަރ ޔު ޑުއިން ހިއަރ.. މި އޮފިހުގަ… ޔު ސުކް ސްޓަނިންގް އޮފިޝަލްކޮށް ހުންނައިރު… ” މިންޝާ ނާވީ ފެނުމާއި އެކު ދުވެފައި އައިސް ހުއްޓިލަމުން ބުނެލިއެވެ. އޭރު ކައިލް ވެސް ތަންކޮޅެއް ދުރުގައި ހައިރާން ވެފައި ބަލަހައްޓައިގެން ހުއްޓެވެ. “މިއައީ ވަރަށް މުހިންމު މީޓިންގް އަކަށް.. ވިތް ޔޯ ޑޭޑް… ކުރިމަގަށް އަޅާން ޖެހޭ ވަރަށް މުހިންމު ފިޔަވަޅެއް އަޅަން… އަ ސްޓެޕް ވިޗް ވިލް ހެލްޕް މީ ޓު އެޓެއިން މައި ޑްރީމްސް..” ދެމާނަ އެކުލެވިގެން ވާ ގޮތަކަށް ނާވި މިންޝާ އަށް ޖަވާބު ދިނުމަށް ފަހު ކައިލްއަށް ބަލާލިއެވެ. އޭރު ކައިލްވެސް އެމީހުންނާ އަރާ ހަމަކުރަނީއެވެ. “ހައި ކައިލް.. މައި ފްރެންޑް.. ކިހިނެތް ތަ؟ ދަތުރުގެ ފަހުން އަދި ދިމާވެސް ނުވޭދޯ.. ކޮފީ އަކަށް އަރާލަން ވާންނު..” ކައިލް ކޮނޑުގައި ޖަހާލަމުން މޫނުމައްޗަށް މަސްނުއީ ހިނިތުން ވުމެއް ވެރިކުރަމުން ނާވީ ބުނެލިއެވެ. މިފަހަރު ހަމަގައިމުވެސް އޭނާ އިޙުސާސްތަކުގެ މައްޗަށް ކުރި ހޯދައިފިއެވެ. ކައިލް އާއި ދެމީހުން ވާހަކަ ދައްކަންމުން ދިޔައިރު ހީވަނީ ދުވަސް ވީ ދެ ރަޙުމަތްތެރިން ހެންނެވެ.
***********************************************************
“ހްމްމްމްމްމްމް….
ލޯބީގެ ނަޒަރުން ކަލާއޭ ދެކޭނީ..
އުމުރަށް ތިޔަ ނަމުގާ ފިދާވުން އެދޭނީ
ލޯބީގެ ނަޒަރުން ކަލާއޭ ދެކޭނީ
މާޔުސް ވިމާ މޫނުން އެނގޭނީ
ދީވާނަ ވާކަން އިންސާނުން އެނގޭނީ
އުމުރަށް ތިޔަ ނަމުގާ ފިދާވުން އެދޭނީ
ލޯބިގެ ނަޒަރުން ކަލާއޭ ދެކޭނީ
އުމުރަށް ތިޔަ ނަމުގާ ފިދާވުން އެދޭނީ
ލޯބިގެ ނަޒަރުން ކަލާއޭ ދެކޭނީ… ”
އެންމެން ނިދާ ހިމޭން ވެފައިވާ ދަންވަރުގެ މި ހަމަހިމޭން ވަގުތުގައި ވޭނީ އަޑަކުން ނާވީ އޭނާގެ ގިޓާގެ އެހީގައި ދިޔައީ ހިތަށް ވެރިވެފައިވާ ނުތަނަވަސްކަމުން އަރައިގަތުމަށް މަސައްކަތް ކުރަމުންނެވެ. އަލީ ރަމީޒުގެ އަސަރުގަދަ އަޑުން އިވިގެން ދިޔަ އެލަވަ އަކީ އަބަދުވެސް ނާވީ އަށް އެންމެ ޙާއްސަ ހިތަށް އެންމެ އަސަރު ކުރުވާ ލަވައެވެ. ލަވައިގެ ފުރަތަމަ ކަޑި ކިޔާ ނިމުނު އިރު ނާވި އަށް ހަމަ ރަނގަޅަށްވެސް ރޮވިއްޖެއެވެ. ” ވައި މެގީ… ވައި… މެގީއަށް ހަމަ މިލޮލުން ލޯބި ނުފެނުންތަ އެހާ ދުވަސް ވީއިރުވެސް.. އިއްޔެ ދިމާވި ފާޑެއްގެ މީހަކާ ތި ރައްޓެހިވީ.. އެކަނިމާއެކަނި އިނދެ ނާވީ އޭނާގެ ހިތުގައި އުފެދިފައިވާ ޝާކުވާތަށް ބަންޑުން ކުރަމުން ދިޔައެވެ.
” ކަރުނަ ފޮހެލާފާ ސިއްރުކޮށްލުންހޭ
ނުނީ މޮޅުވާނީ ހިއްސާ ކޮށްލުންހޭ
ކަރުނަ ފޮހެލާފާ ސިއްރުކޮށްލުންހޭ
ނުނީ މޮޅުވާނީ ހިއްސާ ކޮށްލުންހޭ
އޭރުން ވޭނީ ފަރުދާ ކެހޭނީ
މޭގެ ރިހުމާ ހަޤީގަތް އެނގޭނީ
އުމުރަށް ތިޔަ ނަމުގާ ފިދާވުން އެދޭނީ
ލޯބީގެ ނަޒަރުން ކަލާއޭ ދެކޭނީ”
ހަމަ އެލަވައިގެ އެހެން ބައިތަކުން އަފާފު ވެސް ދިޔައީ އޭނާގެ ހިތުގެ ހާލު ބަޔާން ކުރަމުންނެވެ. ” އޯ ނާވި.. ކިހިނެތްތަ މިވާ ލޯބި ބަޔާން ކޮށް ދޭނީ… ނާވީ އަޅޭ މިދެލޮލަށް ބަލާލީމަވެސް ނޭންގޭތަ.. މިލޮލުން ލޯބި ނުފެނޭތަ ނާވި.. މިދެލޯ އަބަދު އެދި ހޯދަނީ ތި ސޫރަ.. ވަރަށް ބޮޑަށް ލޯބިވޭ.. އައި ލަވް ޔު ނާވި… ” ވާނީ އާހަކާއެކު އަފާފުގެ ބުނެލި އަޑު އިވުނެވެ. މިއީ މިހާރި އަފާފުގެ ވެސް ހާލެވެ. މިހާރަކަށް އައިސް މުޅި ރޭވެސް ވޭތުވެހެން ދަނި ނާވީ ގެ ޚިޔާލުތަކުގައި އޮވެއެވެ.
**************************************************
އާދުވަހަކަށް އިރުން ފެނުންތޮޅިލިއިރު ރެޑްކޮރަލް ގޭގެ ބަދިގެތެރެއިން އިވިގެން ދިޔައީ އެކި ވާހަކަ ތަށް ދެއްކުމާ ހުނުމުގެ އަޑެވެ. “ޑޭޑް.. އަޅުގަނޑު ބޭނުން ވާހަކަ އެއް ބުނެލަން… ވަރަށް ބޮޑު ވާހަކައެއް..” ހުކުރު ދުވަސް ކަމުން ތަންކޮޅެއް ހަމަޖެހިލައިގެން ސައިގެ ކަންތަށް ކުރިއަށް ދިޔަ އުފާވެރި ވަގުތެއްގައި ވާހަކައިގެ ތެރެއިން މިންޝާ އޭނާގެ ބައްޕަ ކައިރި ބުނެލިއެވެ. އޭރު ސޮފިއްޔާ އާއި ޒަލަފް ތިބީ މިންޝާ އާއި ދިމާލަށް ބަލަހައްޓައިގެންނެވެ. މިންޝާ މިއަދު ހޭލީއްސުރެއް މާ މަޑުން އިންނާތީ ސޮފިއްޔާ އެއްފަހަރު މިންޝާ ކައިރިން ވީގޮތް އޮޅުންފިލުވައިފިވެސް މެއެވެ. ޒަލަފް ވެސް މިންޝާ މާ ސީރިއަސް ވެފައި އެހެން ބުނުމުން އެއްޗެކޭ ބުނެލާކަށް ނުކެރުނެވެ. ކޮއްކޮގެ މިޒާޖަށް އައިސްފައިވާ ބަދަލު ޒަލަފް އަށް ވެސް ވަނީ ފާހަގަ ކުރެވިފައެވެ. “ހޫމް.. ބުނެބަލަ.. ބައްޕަ މީނީ އަޑު އަހާށޭ..” ކެއުމުގެ ތެރެއިން އާދަމް މަނިކު މިންޝާއަށް ޖަވާބު ދިނެވެ. އަވްސް ވެފައިވާ ހިތަކާއި އެކު މިންޝާ އެންމެންގެ މޫނަށް ވަކިވަކިން ބަލާލިއެވެ. އެއަށް ފަހު ފުން ނޭވާ އެއް ދޫކޮށްލިއެވެ. “މީ… މީ… އަޅު… އަޅުގަނޑު…..” މިންޝާ އާގަންނަމުން ވާހަކަ ފުރިހަމަ ކުރެވޭތޯ ބެލިއެވެ. “ދަރިފުޅާ…. އެކަމަކު ތީ މީހުން ވާހަކަ ބުނާ ގޮތް.. ދަރިފުޅު ހީވަނީ ކުއްވެރިއަކު ފުލުހެއްގެ ކުރިމަތީ ބަޔާން ދޭން އުޅޭހެންވިއްޔަ..” ސޮފިއްޔާ ހިނިގނަޑެއް ޖަހާލުމަށް ފަހު މިންޝާ ގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ. އާދަމް މަނިކާއި ޒަލަފް ވެސް ސޮފިއްޔާ އާއި ބައިވެރިވެލުމުގެ ގޮތުން ހީލީއެވެ. “ތެދެއް ދަރިފުޅާ.. ބުނެބަލަ… ދަރިފުޅު އެހެންޏާވެސް ބައްޕަ ގާތު ވާހަކަ ބުނަމެއްނު..” އާދަމް މަނިކު އަނެއްކާ ވެސް ބުނެލިއެވެ.
“މީ.. މީ… އަޅުގަނޑު… އަޅުގަނޑު ބޭނުން މެރީ ކުރަން… ” މިންޝާ އަށް މިހެން ބުނެވުނު ތަނާ އިވިގެން ދިޔައީ މޭޒު ދޮށުގައި ތިބި ތިންމީހުން އެއްފަހަރާ ހީގަތް އަޑެވެ. “ހެހެހެހެ… އެކަމަކު ދަރިފުޅާ މިންޝާ… ތިވާހަކަ ބުނަންތަ ތިވަރު ތިކޮށްލީ…” އާދަމް މަނިކު ހުނުން މައިތިރި ކޮށްލުމަށް ފަހު ބުނެލިއެވެ. “ލައްބަ..” ހަމަޖެހުމުގެ ނޭވާ އެއް ލުމަށް ފަހު މިންޝާ އެންމެންގެ މޫނަށް ވަކިވަކިން ބަލާލިއެވެ. އޭރު އެންމެންވެސް ތިބީ ހެވިފައި މިންޝާ އާއި ދިމާލަށް ބަލަހައްޓާއިގެންނެވެ. “މަންމަ ގެ ކުޑަ ކުޑަ ދަރިފުޅުވެސް ބޮޑުވެއްޖެ ދޯ… މަންމަ ވަރަށް އުފާ ވެއްޖެ.. ” ސޮފިއްޔާ މިންޝާ ގައިގައި ކުޑަކޮށް ބައްދާލަމުން ބުނެލިއެވެ. “ދަރިފުޅާ… ބައްޕަ ވެސް ވިސްނާފަ އޮތް ކަމެކޭ ތީ… ދަރިފުޅަށް އެންމެ އެކަށޭނެ ބައިވެރިޔަކު ބައްޕަ ހޯދައިފިން.. ހުރިހާ ގޮތަކުން ވެސް ދަރިފުޅާ ގުޅޭ ދަރިފުޅު ދަންނަ މުއްސަނދި އާއިލާއެއްގެ ކުއްޖެއް އެއީ..” އާދަމް މަނިކު ބުނެލިއެވެ. އެވަގުތު މިންޝާ އަށް ހީވީ އޭނާގެ ކަންފަތް ދޮށުގައި ބޮމެއް ގޮއްވާލި ހެންނެވެ. ލިބުނު ކުއްލި ސިހުމާއި އެކު މިންޝާ އާދަމް މަނިކަށް ބަލާލީ ހައިރާން ވެފައި ހުރެއެވެ. “ވަޓް.. ޑޭޑް ކުއްޖަކު ހޯދި އޭތޯ؟ އެއީ.. އެއީ އަނެއްކާ ކާކު؟ ” ލިބިފައިވާ ސިހުމާއި އެކު މިންޝާ ހައިރާން ވެ ހުރެ އަހައިލިއެވެ. ” ހެހހެހެ.. ހުމްމްމް.. ހާދަ ހައިރާނެއް ތިވީ… އެއީ ދަރިފުޅު ނުދަންނަ ކުއްޖެއް ނޫނެ… ދަރިފުޅާ ވަރަށް ގާތް ދަރިފުޅު ދަންނަ ކުއްޖެކޭ..” އާދަމް މަނިކުގެ މި ޖުމްލަވި އަނެއްކާވެސް ވެސް މިންޝާގެ ހިތުގައި އެތަކެއް ސުވާލުތަކެއް އުފަންކުރުވި ޖުމްލައަކަށެވެ.
“ކާކުތަ ބައްޕާ؟” މިންޝާ އަށް ބުނެވުނުހާވެސް އެއްޗަކީ މީއެވެ. “އައްދެ ހާދަ އަވަސް އަރުވާލާފަ… ސާބަހޭ މިން… ދެން ތިވަރު ވާކަށް ނުވާނެ..” މިންޝާގެ ހިތުގެ ހާލު ނޭންގި ހުރެ ޒަލަފް ވެސް މިންޝާ އާއި ދިމާކޮށްލިއެވެ. އޭރުވެސް މިންޝާގެ ހިތް ނެގިނެގިފައި ޖެހެމުން ދިޔައެވެ. މިވީ ކިހިނެތް ހެއްޔެވެ. އޭނާ އެހާ އުންމީދާ އެކު އައުމުންވެސް ތަޤުދީރު މިކުޅޭނީ ކޮންފަދަ ސަމާސާ އެއް ހެއްޔެވެ. “އެއީ ދޯ… އެއީ ދަރިފުޅާ އެކު ކިޔަވަން އުޅުނު ދަރިފުޅުގެ ވެސް ފްރެންޑެއް… ނާވި… ދަ ޕާރފެކްޓް ހަސްބަންޑް ފޮރ މައި ޕްރިންސަސް..” އާދަމް މަނިކުގެ ޖުމްލަ އާއި އެކު މިންޝާ އަށް ހީވީ އޭނާގެ ހިތުގައި ހިފާ މީހަކު ވަރަށް ބާރަށް ފިތާލިހެންނެވެ. އޭނާގެ ދެލޮލުން ކަރުނަ ނީރާލީ ނުވެސް އެނގި އިންދައެވެ.
ނުނިމޭ
13 Comments!
Comments are closed.
okii… huriha kudhin.. finally this week’s episode is here.. huriha kudhinge comments ah ves welcome.. iris belin dhigukohleveythoa.. EID MUBARIK HURIHA KUDHIN AH VX.. 🙂
V reeethi next part avahah up kohdehchey.
Nyc…
Eid mubarik. .
And MI story v rythi. Konirakun dhen up kohlan? ??
Alhe mivee kihineh minsha libenjeheynee kail ah
Alhey varah reethi mi vaahaka..???
Nooooooo….alhe plx minsha aa kail aa gulhuvadhehcheyyy….afaaf nd naavyy…stry is awesome…????
Reethi
Alhey iris eid Mubarak eee …..
V reethi
V v v reethi… Minshaa Kail dheke loabivaa vaahaka bunahchey… eyrun faharehga Adam Manik ge khiyaalu badhalu vedhaane… princess ah dhera gotheh vaakah bappaeh beynumeh nuvaane ehnu… next part avas kollahchey…
Kuriah nugendhevenya nufashabala liyan.
Kon dhuhukuntha aneh bai…. Nice storyy