މާގިނަ އިރެއްނުވެ ކެފޭ ކައިރީ ތިބި މީހުންތައް ވެސް އެތަނުން ހިނގައްޖެއެވެ. މުޅިމަގު ހަމަހިމޭންވެއްޖެއެވެ. މޫދާ ކައިރި ހިސާބެއް ކަމުން އެހިސާބަށް އިވެމުން ދިޔައީ ތޮށިގަނޑު ކައިރިއަށް ޖަހާ ރާޅުގެ އަޑެވެ. ޖެހެމުންދިޔަ ވައި ރޯޅިއާ އެކީ މަންޝާގެ އިސްތަށިގަނޑު ނަށަމުން ދިޔައެވެ. މަގުގެ ދެފަރާތަށް ބަލާލުމަށްފަހު މަންޝާ ގެއަށް ދާންވެސް ހިތަށް އެރިއެވެ. ނަމަވެސް އަދި ކުޑަ އިރުކޮޅަކު މަޑުކޮށްލަން ހިތަށް އެރީ އެ ގުދުރަތީ މާހައުލުން މަންޝާގެ ހިތަށް ހިތްހަމަޖެހުމެއް ލިބެމުންދާތީއެވެ.
މަންޝާގެ ފުރަގަހުން މީހަކު އޭނާގެ ދެ ކޮނޑުގައި ހިފުމުން މަންޝާ ދިޔައީ ސިއްސައިގެންނެވެ. އިތުރު ހަރަކާތެއް ނުކުރެވެނީސް އެމީހަކު މަންޝާގެ ކަންފަތްދަށަށް ގުދުވެ ވައިއަޑުން ބުނެލިއެވެ. “ޢީދު މުބާރިކް…..”
އެ އަޑު ޖެހުމާއި އެކު މަންޝާގެ ދެލޯ ބޮޑުވިއެވެ. އެއީ ކާކުކަން މަންޝާއަށް ޔަގީން ވިއެވެ.
ޒިބާންގެ ހޫނު ނޭވާ މަންޝާގެ ކަނދުރާ މަތީގައި އެޅިލިއެވެ. މަންޝާގެ ހިތުގެ ވިންދު އަވަސް ވިއެވެ. ޒިބާނާ ކުރިމަތިލަމުން މަންޝާ ވާހަކަ ދެއްކިއެވެ. “އޯހް… ކިހިނެއް މިރަށަށް އައީ… އައި މިސްޑްޔޫ… އެންޑް ތޭންކްސް ފޯ ދަ ފްލާވަރ… އިޓްސް ބިއުޓިފުލް…” މަންޝާގެ އިސްތަށިގަނޑުގެ އެއްފަރާތުގައި ހަރުކޮށްފައިވާ މަލުގައި އަތް ޖައްސާލަމުން ވާހަކަ ދެއްކި އިރު މަންޝާ ހުރީ އިސްޖަހައިގެންނެވެ.
“މަންއާ ނުލާ ކިހިނެއް އުޅޭނީ… އެހެންވެ މަންގެ ފަހަތުން މިރަށަށް މި އައީ… ވަރަށް ހޮޑުލެވޭތަ؟… މަން މިހާރު ކިހިނެއް؟…” ޒިބާން ކޮށްލި ސުވާލުން މަންޝާއަށް ސިހުމެއް ލިބުނެވެ. މަންޝާ ހޮޑުލާކަން ޒިބާނަށް އެނގުނީ ކިހިނެއް ހެއްޔެވެ. ފަހަރުގައި ދޯނި މަތިން ފެނުނީ ކަމަށް ހީކޮށް އެހާ ކޫސަނި ސުވާލެއް ނުކުރާން މަންޝާ ގަސްތު ކުރިއެވެ. “އާން މިހާރު އޯކޭ… މި މަލުން މަންއަށް ވަރަށް މީރުވަސް ދުވާ… މީ ކޮންނަމެއް ކިޔާ މަލެއްތަ؟…” ބޮލަށް ޖަހާފަ އިންމާ ނަގަމުން މަންޝާ އެ މަލުން ވަސް ބަލާލިއެވެ. ކޮންމެވެސް ނުބައެއް އުޅޭކަން ޒިބާނަށް ފާހަގަވިއެވެ. ވަށައިގެން އެ މާހައުލަށް އޭނާ ނަޒަރު ހިންގާލީ ދެން ވާން އުލޭގޮތް އޭނާއަށް އިނގޭތީއެވެ.
“ތީ ޒިބާންގެ އާއިލީ މަލެއް… ވަރަށް ރީތި ދޯ… ތި މަލަށް ކިޔާނަން ބުންޏަސް މަންއަކަށް ނޭނގޭނެ… ދެން މާ ލަސްނުކޮށް ގެއަށް ދޭ… އަހަރެން އެބަ ޖެހޭ ތަނަކަށް ދާންވެސް… ބަލައިގެން އުޅެއްޗޭ ލަވް… ޒިބާން ތިގެއަށް ވަރަށް އަވަހަށް ދާނަން…” ޒިބާންގެ އަތުން މަންޝާގެ ބަނޑުގައި މަޑުމަޑުން ފިރުމާލިއެވެ. މިރޭ މަންޝާއާ ބައްދަލުކުރީ ޒިބާންގެ އަސްލު މަންޝާއަށް ހާމަކުރާށެވެ. މަންޝާ ލޯބިވާނަމަ އޭނަ ބަލައިގަންނާނެ ކަމަށް ޒިބާން ހީކުރި ނަމަވެސް މިރޭ އެފަދަ ވާހަކައެއް ދައްކަން މާ ރަނގަޅު ނޫން ހެން ހީވުމުން ޒިބާން މަޑުކޮށްލީއެވެ. ޒިބާން ބޭނުންވީ މަންޝާ އަވަހަށް ގެއަށް ފޮނުވާލާށެވެ.
އަތިރި މަގާ ދިމާއަށް ޒިބާން ހިނގައިގަތީ މަންޝާ ގާތުގަ ގެއަށް ދާށޭ ބުނަމުންނެވެ. ޒިބާން ދިޔަ ދިމާއަށް ބަލަން ހުރުމަށްފަހު މަންޝާ އަތުގައިވާ ރަތްކަން ގަދަ މަލުން ވަސް ބަލާލިއެވެ.
*** *** *** *** *** ***
ގަސްތަކުގެ ތެރޭ ނިވާވެގެން މަންޝާއާ ދިމާއަށް ބަލަން ހަސަނު ހުރީ ރަނގަޅު ވަގުތަކަށް ބަލަބަލައެވެ. މަންޝާއަށް ފާރަލަމުން ހަސަނު މިހިސާބަށް އައިސް މަޑުކޮށްގެން އެހުރީ މަންޝާ ކުރާ ކަމެއް ބަލާށެވެ. ހިރުނދު ގަސް ދަށުގައި ހުރި ހިލަ ގޮނޑިމަތީ މަންޝާ އިށީނދެލީ ހެދުން އަރުވާލަމުންނެވެ. ގޮނޑީގެ ދެފަރާތަށް ދެފައި ލައިގެން އިށީން އިރު މަންޝާގެ ފަލަމަސްގަނޑުގެ ބޮޑުބައި އޮތީ ހާމައަށް ފެންނާށެވެ. ބިންމަތީގައި ހުރި ހިކިފަތްތަކުގެ މަތިން މީހެއްގެ ފިޔަވަޅުގެ އަޑު އިވުމުން ބޯ އަރިކޮށްލަމުން އެ ދިމާއަށް ބަލާލި އިރު މަންޝާގެ ތުންފަތަށް ވެރިވީ ފަނޑު ހިނިތުންވުމެކެވެ.
ނުރުހުމުގެ އެއްވެސް އަސަރެއް މަންޝާގެ ލޮލުން ފެންނަން ނެތުމުން ހަސަނުގެ ހިތް ތެޅިގަތެވެ. އެހެންކަމުން މަންޝާ ގާތުގައި ހަސަނު އިށީނީ އެއްވެސް ޖެހިލުމެއް ނެތިއެވެ. މަންޝާގެ ކުރިމައްޗަށް ވާ ގޮތަށް ހަސަނު އެނބުރިލަމުން މަންޝާ ގާތަށް ޖެހިލީ މަންޝާގެ މޫނަށް ބަލަންހުރެއެވެ. އިސްޖަހައިގެން މަންޝާއިނީ އޭނާގެ އަތުގައި އޮތް ރަތްމަލުގެ ފިޔަތަކާއި ކުޅެލަކުޅެލައެވެ. މަންޝާއާ ބޮޑަށް ގާތްވެލަމުން ހަސަނު މަގުގެ ދެފަރާތަށް ބަލާލީ އެހިސާބުން މީހެއްގެ ހިލަން ވޭތޯއެވެ.
މަޑުމަޑުން ހަސަނު ގުދުވެލީ މަންޝާގެ ކަންފަތާ ދިމާއަށެވެ. އެއްއަތުން މަންޝާގެ ކަނދުރާ މައްޗަށް ވެއްޓިފައިވާ އިސްތަށިތައް ފަހަތަށް ޖައްސާލަމުން ކަނދުރާއަށް ބޮސްދޭން ހަސަނު ގާތްވެލިއެވެ. ގަދަ ނުހަދާ މަންޝާ އިނުމުން ހަސަނަށް ކުރެވެމުން ދިޔަ އިހްސާސް ދެގުނައަށް އިތުރުވެގެން ދިޔައެވެ. ފަޓުލޫނުން ޒިބާ ދިމާއަށް ވާންވެލާފައި ހުރުމުން ހަސަނުގެ އަތުން ޒިބުމަތީގައި އަތްހާކާލެވުނީ ބޭއިޚްތިޔާރުގައެވެ.
“މަންޝާ…. ހަސަންބެ އަށް…” ހަސަންބެގެ ޖުމްލަ ފުރިހަމަ ނުކުރެވެނީސް ދުރުން ފެނުނު އޮރެންޖް އައްޔަކަށް ހަސަނު ބަލާލީ މަޑުމަޑުން މަންޝާއާ ދުރަށް ޖެހެމުންނެވެ. އެއީ އަތިރިމަގުން ދުއްވާފައި އެމީހުން ތިބި ދިމާއަށް އައި ސައިކަލެކެވެ. މަންޝާގެ ކޮނޑުގައި ހިފާ ދުރަށް ޖައްސާލަމުން ހަސަނު އެ ގޮނޑިމަތިން ތެދުވިއެވެ. ގެއާ ދިމާއަށް ދާން ހަސަނު ހިނގައިގަތީ މި ކަންތައް މީހަކަށް ފަޅާ އަރާފާނެތީއެވެ. މަންޝާ ގާތު ހަސަންބެ ދަންދެން މަޑުކުރުމަށް ބުނެލިއެވެ. އެވަގުތުވެސް މަންޝާ ބަހެއް ނުބުނެ އިސްޖަހައިގެން އިނެވެ.
ސައިކަލު އައިސް އަތިރިމަގުން އަޅާލީ ހަސަނު އެޅި މަގަށެވެ. ތެޅި ތެޅި އޮތްހިތަކާއި އެކީ ހަސަނު ހިނގާފައި ދިޔައިރު ހިތް ބިރުގެންފައި ހުރީ އެމީހުންނަށް އެކަންތައް ރޭކާލަފާނެތީއެވެ. އޭރުން މުޅި ރަށުތެރޭ ވާހަކަ ފެތުރޭކަށް މާ ގިނަ އިރެއް ނުނަގާނެކަން ހަސަނަށް އެނގޭތީއެވެ. ސައިކަލު ފަސްދީ ކުރިއަށް ދިޔައިރުވެސް އޭގައި ތިބި ދެ މީހުން ކުރެ ކަކުވެސް އެއްޗެކޭ ނުބުނުމުން ހަސަނަށް ހިތްހަމަޖެހުމެއް ލިބުނެވެ. ފަސްއެނބުރި އަތިރިއާ ވީ ފާރާތަށް ހަސަނު ބަލާލިއެވެ. ހަސަނު ބަލާލީ މަންޝާ އާދޭތޯ ޔަގީން ކޮށްލާށެވެ. ނަމަވެސް އެމަގުކޮޅުން މީހަކު ފެންނާކަށް ނެތެވެ. ހަސަނު ފަޔަށްބާރުލާ ގެއާދިމާއަށް އަވަސްވެގަތީ ކުރީބައިގައި ގެއަށް ވަންނާށެވެ. މިރޭ އެންމެން ނިދީމަ މަންޝާ ކައިރިއަށް ވަންނަން އަޒުމް ކަނޑައަޅައިގެންނެވެ.
ގެއަށް އައިސް ވަނުމަށްފަހު ހަސަނުގޮސް ފެންޑާތެރޭހުރި އުނދޯލީގައި އިށީނދެގެން އިނީ މަންޝާ ގޭތެރެއަށް ވަދެގެން އަންނަތަން ބަލާށެވެ. އެއްފައި ކުރުކޮށްލައިގެން އަނެއްފައިގެ އިނގިލިކުރި ތަޅުންމަތީ ޖައްސައިގެން އުނދޯލި ހެއްލާލަ ހެއްލާލަ އިންއިރު ޓީވީއަށް ވުރެއް ބޮޑަށް ހަސަނުގެ ކަޅި އަމާޒުވަމުން ދިޔައީ ގޭގެ މައި ދޮރާ ދިމާއަށެވެ. އެހެން އިންއިރު ދޭތެރެއަކުން ދެފައިވަޅުތެރެ ކަހާވަރުން ފަޓުލޫނު މަތިން ކަހާލައެވެ. ހަސަނަށް ނުކަހާ އިނދެވޭ ވަރެއް ނުވިއެވެ.
“ސާބަސް ހަސަނާ… ވަރުގަދަ ކެހުމެއްދޯ!!…” ކައިރިން އިވުނު އަޑުން ހަސަނަށް ސިހުމެއް ލިބުނެވެ. ދެލޯ މަރާލައިގެން ބިޒީކޮށް ކަހަން އިން ހަސަނަށް ތެޅިގަނެވުނެވެ.
“އާން… މީ ކެހުމެއް ލައްވާލީއްޔޭ…” ހަސަނު ހިނިގަނޑެއް ޖަހާލުމަށްފަހު މުނީރާއަށް ޖަވާބުދެމުން ވަށައިގެން ބަލައިލީ އެތާ އިތުރު މީހަކު ހުރިތޯއެވެ.
“ކޮބާ މަންޝާ؟… އެމަންޖެ އަދިވެސް ގެއަކަށް ނާދޭދޯ!…” އުނދޯލިން ތެދުވެ ގޯތިތެރެއަށް ހަސަނު ނުކުތީ ބޭރުތެރޭން ގިނަބަޔަކު ވާހަކަ ދައްކާ އަޑު އިވޭތީއެވެ.
“މަންޝާ އައިތާ ކޮންއިރެއް… އެބަ އުޅޭ ބަދިގެ ފަރާތުގަ…” މުނީރާވެސް ހަސަނުގެ ފަހަތުން ނުކުމެ ބަދިގެއާ ދިމާއަށް ހިނގައިގަތެވެ.
ބަދިގެއާ ކާގެ ހުންނަނީ އެމީހުން ދިރިއުޅޭ ގެއާ ވަކިންނެވެ. ހަސަނު ގޮސް ޖޯލިފަތީގައި އޮށޯވެލަމުން ވިސްނާލިއެވެ. މަންޝާ އެހާ އަވަހަށް ގެއަށް އައީ ކިހިނެއް ހެއްޔެވެ. އޭނަ އެ އައި ގޮތެއް ހަސަނަކަށް ނަގައެއް ނުގަނެވުނެވެ.
ބަދިގެ ތެރެއިން ތެއްޔެއް ހިފައިގެން މަންޝާ ނުކުތީ ބޭރު ވަޅުކައިރިއަށެވެ. މަންޝާ ލައިގެން ހުރި ހެދުން ވަނީ ބަދަލުވެފައެވެ. އޭނާ މިހާރު ލައިގެން ހުރީ ހަރުވާޅަކާއި ޓީޝާޓެކެވެ. އިސްތަށިގަނޑު ވަނީ ވޫލްކޮޅަކުން އައްސާލާފައެވެ.
ވަޅުމަތީ އޮތް ދާނި ނެގުމަށްފަހު ދާނި ފުރާ ފެން ނަގައިގެން ވަޅުދޮށުގައި އުޑުފައިން މަންޝާ އިށީނެވެ. ތެލީގައި ނަރުގަނޑު ހާކަމުން ދިޔައިރު ހަސަނާ ދިމާއަށް މަންޝާއަށް ބަލާލެވުނީ ހަސަނު ބަލަން ހުރި ގޮތް ފެނުމުންނެވެ. މަންޝާއަށް ތެޅިގަނެވުނެވެ. ހަސަނު ބަލަންހުރި ގޮތުންނެވެ. ހީވަނީ ދެންމެ ދެންމެ އައިސް ސިންގާއެއްހެން ގަޔަށް އަރާފާނެހެންނެވެ.
ހަސަނާ ދިމާއަށް ބަލަން ބޭނުން ނުވާތީ މަންޝާގެ ނަޒަރު ދުރުކޮށްލީ ފެންޑާއަށް ވަދެވޭ ދޮރާ ދިމާއަށެވެ. އެވަގުތު ފެނުނީ އެ ދޮރުމަތީގައި ހުއްޓިގެން ހުރި އަފްނާނެވެ. އޭނާ ހުރީ ފެންޑާއިން ބޭރަށް ނުކުންނަ ދިމާލު ބަހައްޓާފައި ހުރި ފައިވާންތައް ކައިރީގައެވެ. އަފްނާނުގެ ނަޒަރު ހުރީ ހަސަނާ ދިމާއަށެވެ. އަފްނާނަށް ކޮންމެސް ކަމެއް އެނގޭކަމަށް މަންޝާއަށް ޝައްކު ކުރެވުނެވެ. ތެލި ދޮވެލުމަށްފަހު ދާނީގައި ހުރި ފެނުން ފައި ދޮވެލައިގެން ބަދިގެއަށް ވަނުމަށް މަންޝާ އަވަސްވެގަތެވެ.
*** *** *** *** *** ***
ޢީދު ނަމާދަށް އެންމެން ދިޔައިރު މަންޝާއަށް ނުދެވި ގޭގައި އޮންނަން ޖެހުނީ ބޮލަށް އެނބުރުން އަރާތީއެވެ. ކޮޓަރީގައި ހުރި ފެންފުޅި ހުސްވުމުން ފެންފޮދެއް އަޅަން ނުކުތް މަންޝާގެ ލޮލުގައި އަޅައިގަތީ އުނދޯލީގައި އިށީނދެގެން ޓީވީބަލަންއިން ހަސަނެވެ. ގޭގައި އެއްވެސް މީހަކު ނެތްކަން ހަނދާންވުމުން މަންޝާ ފަސްޖެހުނެވެ. އެންމެން ވީ ޢީދު ނަމާދަށް ގޮހެވެ.
ބަދިގެއަށް ގޮސް އެ ފެންފުޅިއަށް ފެން އެޅުމަށްފަހު މަންޝާ ބޭނުންވީ އަވަހަށް ކޮޓަރިއަށް ދާށެވެ. އަވަސް އަރުވާލާފަ ބަދިގެއިން ނުކުންނަން އެނބުރިލީ އިރު ދޮރުކަނީގައި އަތްވިއްދާލައިގެން ހުރި ހަސަނު ފެނުމުން މަންޝާއަށް ހިންދިރުވާލެވުނެވެ.
“ހަސަންބޭ… އަހަރެން މިއުޅެނީ ބޮލުގަ ރިއްސާތީ… އަހަރެން…” މަންޝާ ދައްކަމުން އައި ވާހަކަ މެދުކަނޑާލީ ހަސަނު ތުންފަތުގައި އިނގިލި ޖައްސާލަމުން ޝްޝްޝް އޭ ބުނުމުންނެވެ.
“އަހަރެން ނޫޅެން މާބޮޑު ކަމެއް ކުރާކަށް… ބައްދާލަނިކޮށް ފުދޭނެ… މިއުޅެނީ ދޮންހައްވަ އަޅައިދިން ބޭސް ގަނޑަކުން ގުދުވެލެވޭ ވަރުވެސް ނުވެގެން…” ދެއަތް ފުޅާކޮށްގެން ހުރެ ހަސަނު އެތެރެއަށް ވަނުމަށް ފިޔަވަޅުއަޅާލިއެވެ. މި މުސީބާތުން ސަލާމަތް ވާނީ ކޮންދުވަހަކުން ތޯ މަންޝާ ހިތަށް އެރިއެވެ. މި މުޑުދާރު ހަސަންބެ ބިރުވެސް ނުގަންނަނީ ހެއްޔެވެ. ހަތްއަހަރު ފަހުން ދިމާވި އިރުވެސް މީނާގެ މި އެދންވެރިކަމަށް ބަދަލެއް ނާދެއެވެ.
ދެމީހުންވެސް ސިއްސައިގެން ދިޔައީ ފުރާޅު މައްޗަށް އެއްޗެއް ވެއްޓުމުން އިވުނު ބާރު އަޑުފަށްގަނޑުންނެވެ. އެ އިވުނީ ޖެހިގެން ހުރިގޭގެ ރުކުން ކާއްޓެއް ވެއްޓުނު އަޑުކަމަށް މަންޝާގެ ހިތް ބުންޏެވެ. ދެމީހުންނަށްވެސް ބަލާލެވުނީ ބޯމަތީގައިވާ ޓިނުގަނޑަށެވެ.
މަންޝާގެ ނަޒަރު އަވަހަށް ތިރިކޮށްލީ ހަސަނު އޭނާއާ ދިމާއަށް އައިސްދާނެތީއެވެ. އެވަގުތު ހަސަނުގެ ފހަތުން މީހަކު އަންނަތަން ފެނުމުން މަންޝާ ބޯއަރިކޮށްލީ އެ މީހަކު ބަލާށެވެ. ގޭގެ މައިރުން އެތެރެއަށް އަފްނާނާއެކު މުނީރާއާ މަދީހާއާ ވަންނަނީއެވެ. މަންޝާ ބަދިގެއިން ނުކުންނަން ހިނގައިގަތީ މުނީރާމެން އަންނާތީ އެކަން ހަސަނަށް އަންގާލަމުންނެވެ.
“ނަމާދުކޮށް ނިމުނީދޯ… ދެން ހިނގާ ސައި ބޯން….” މުނީރާމެންނާ ވާހަކަ ދައްކަމުން ގެއާ ހަމައަށް ނުދެވެނީސް މަންޝާގެ ބޮލަށް އެނބުރުން އެރިއެވެ. މަންޝާ ދައްކަމުން ދިޔަ ވާހަކަ މެދުކެނޑުނުއިރު މަންޝާ ބިންމައްޗަށް ވެއްޓިއްޖެއެވެ. މަދީހާމެންނަށް އެހިސާބަށް ދެވެންވާއިރަށް ބަދިގެއިން ނުކުތް ހަސަނު މަންޝާގެ އަތުގައި ހިފާ ތެދުކުރަން މަސައްކަތް ކުރިއެވެ. ނަމަވެސް ހަސަނުގެ ބުރަކަށީގައި އަޅާފައިވާ ބޭސްގަނޑުން އޭނާއަށް މާ ބޮޑު ބާރެއް ލެވޭ ގޮތެއް ނުވިއެވެ. މަންޝާގެ އަތުން ދޫވި ފެންފުޅި އަފްނާނު ނެގުމަށްފަހު މުނީރާ އަތަށް ދިނެވެ. އެ ފެންފުޅިން ފެންފޮދެއް މުނީރާގެ އަތަށް އަޅާ މަންޝާގެ މޫނުގައި ހާކާލިއެވެ.
ރަށު ހޮސްޕިޓަލަށް މަންޝާ ގެންދިޔައީ މަންޝާގެ ބޮލުގެ ރިހުމަށް ލުޔެއް ނުލިބޭތީއެވެ. އާންމު ބަލީގެ ހާއްސަ ޑޮކްޓަރު މަންޝާ ގާތު އެތައް ސުވާލެއް ކުރިއެވެ. އެންމެ ފަހުން ކެއީ ކޮން އިރަކުތޯއާ، ޕީރިއަޑްވީ ދުވަހަކީ ކޮބާތޯއާ، ބޮލުގެ ރިހުމުގެ އިތުރަށް އެހެން އުނދަގުލެއް ވޭތޯއާ، އެއްވެސް ބައްޔަކަށް ބޭސްކުރާ މީހެއްތޯ އެހިއެވެ. މަންޝާގެ ޖަވާބުތަކަށް ބުރަވެ ޑޮކްޓަރ ބޭނުންވީ ބަނޑުބޮޑުތޯ ބަލަން ޓެސްޓް ހަދާށެވެ. އަދި މަންޝާ ރަނގަޅަށް ނުކައި ނުބޮއި އުޅޭތާ ގިނަ ދުވަސްވުމުން މީހާ ގައިން ފެންމަދުވެފައިވާ ވާހަކަވެސް ޑޮކްޓަރ ބުންޏެވެ. ނަތީޖާ ލިބެންދެން އައިވީ ފުޅިއެއް ގުޅާފައި ވޯރޑުގައި މަންޝާ އެޑްމިޓް ކުރިއެވެ.
މަންޝާގެ މަގަތުގައި މަދީހާ އިށީނދެގެން އިނެވެ. ފަހަކަށް އައިސް މަންޝާ ނުކަނީ ކީއްވެތޯ ވަރަށް ސުވާލުކުރިއެވެ. ނަމަވެސް މަންޝާ އެކަމަށް ޖަވާބެއް ނުދީ ހިމޭނުން އޮތީއެވެ. އަޒީމްގެ އުޅުމަށް ބަދަލު އަންނަން ފެށި ހިސާބުން މަންޝާ ވަނީ ކެއުންބުއިމާ ވަރަށް ދުރުވެފައެވެ.
ރިޕޯޓް އައުމާއެކީ މަންޝާއާ ބައްދަލުކުރަން ޑޮކްޓަރ ދުރުވީ އިތުރު ޑޮކްޓަރަކާވެސް އެކީގައެވެ. “އާމިނަތު މަންޝާ… މިހާރު ބޮލުގެ ރިހުން ކިހިނެއް؟…. މީ އަންހެނުންގެ ހާއްސަ ޑޮކްޓަރެއް.. މަންޝާގެ ބްލަޑް ރިޕޯޓްއިން ދައްކާ ގޮތުގައި މަންޝާ ބަނޑުބޮޑު…” ޑޮކްޓަރ ވާހަކަ ދައްކަމުން މަންޝާގެ އަތަށް ރިޕޯޓްތައް ހަވާލުކުރިއެވެ.
މަންޝާގެ ދެލޯ ބޮޑުވިއެވެ. މިވޭތުވި ހަތް އަހަރުތެރޭ އެކަމަކަށް އެދިއެދި ހުރި ކަންތައް ހާސިލްވުމުން މަންޝާ ހައިރާންވިއެވެ. ޑޮކްޓަރ ބޭސް ސިޓީއެއް ލިޔެދިނެވެ. މާބޮޑަށް ބޮލުގަ ރިއްސާ ހޮޑުލެވެންޏާ ކާންވީ ބޭސްތަކެވެ. ދެހަފްތާ ފަހުން ސްކޭން ހެއްދުމަށާ އަދި އިތުރު ލޭގެ ޓެސްޓުތައް ހަދަން އައުމަށް ބުނަމުން ހޮސްޕިޓަލުން މަންޝާ ދޫކޮށްލިއެވެ.
ގެއަށް އައިސް ކޮޓަރީގައި މަންޝާ އޮށޯތެވެ. މަންޝާއާ އެކީ ކޮޓަރިއަށް މަދީހާ ވަނެވެ. މަދީހާގެ ލޮލުގައި އަޅައިގަތީ ކޮޓަރީގެ ރީތިވާ މޭޒުމަތީ ހުރި މާތަކެވެ. ގަދަ ރަތްކުލައިގެ ބެރެބެދި މާތައް ފެނުމުން މަދީހާ ހައިރާންވިއެވެ. “ދަރިފުޅާ… މީ ކީއްކުރާ މަލެއް؟… ބެރެބެދިމާ މީ ވަރަށް….” މަދީހާއަށް އޭނާގެ ޖުމްލަ ފުރިހަމަ ނުކުރެވެނީސް މަންޝާ ބޯހިއްލާލާ މާތަކަށް ބަލާލަމުން އެތަނުން މަލެއް ދިނުމަށް އެދުނެވެ.
ކުރިންދުވަހު މޭޒުމަތީ ހުރި މާތަށް މިހާރު ހުންނާނީ މޯޅިވެފައިކަމަށް ހީކޮށް މަންޝާ ވަރަށް ދެރަވިއެވެ. ނަމަވެސް މޭޒުމަތީގައި މަންޝާ ބޭއްވި މާބޮނޑިއެއް ނެތެވެ. ރީތިވާ މޭޒުމަތީ މިހާރު އެހުރީ ތާޒާ އައު މާތަކެކެވެ. މަދީހާ އެތަނުން މަލެއް މަންޝާއަށް ދިއްކޮށްލީ ހައިރާންވެފައި ހުރެއެވެ. އެމަލުން ވަސްބަލަން އެތެރެއަށް ފުން ނޭވާއެއް މަންޝާ ދަމާލީ ދެލޯ މަރާލަމުންނެވެ.
“އެކަމަކު ދަރިފުޅާ… ތި މަލުން ދުވާނީ ހިތިވަސް… ދެން މީރުވަހެއްވެސް ދުވާނަމަތާ… އެހެން ނޫނަސް ތީ އެހާ ރަނގަޅު މަލެއް ނޫން…” މަދީހާ މޭޒުމަތީ ބާކީހުރި މާތައް ނެގީ ޑަސްބިނަށް ލާށެވެ.
“ނޫން މަންމާ… އެންމެ މަލެއްވެސް ނޭއްލާތި.. އަހަރެންނަށް މިމަލުން ވަސްބެލީމަ ހާދަ ހިތްހަމަޖެހެޔޭ… ޕްލީސް މަންމާ… ދެން މަންމަ ޒަމާނުގެ ފްލޯކް ވާހަކަތައް ދައްކަން ތިއުޅެނީ… މަލެއް ބިނދެގެން މޮޔަވި ވާހަކަ… ދެން މަންމާ… ބަލާބަލަ މަންއަށް.. މަން މޮޔައެއް ނުވެއެއްނު…” މަލުން ވަސްބަލަބަލަ އޮތް މަންޝާ ދެއްކި ވާހަކަތަކުން މަދީހާއަށް އެމާތައް އުކާލާކަށް ނުކެރުނެވެ.
“ދެން އެހެންވިއްޔާ އަޒީމަށް ގުޅާބަލަ… އެސޮރަށް އަދި ތި ޚަބަރު ނުދެމެއްނު… މަންމަ މިދަނީ ބަދިގެއަށް ދާން… މަންޝާ ބުނެބަލަ… ކޯއްޗެއްތަ ކާނީ؟… ކުކުޅާ ބަތާ އެބަހުރި؟… އަދި މެންދުރުނުވެސް ކަމެއްނު؟… ޢީދަށް އެހާ މީރުކޮށް ކެއްކީމަ މަންޝާ ނުކައި ތިއޮތީ.. މިހާރު މަންޝާއަށް އެކަންޏެއް ނޫނޭ ބަލަން ޖެހޭނީ…” ކޮޓަރިން ނުކުންނަން ދޮރުކައިރިއަށް ގޮސްހުރެ މަދީހާ ވާހަކަ ދައްކަމުން ދޮރު ހުޅުވާލިއެވެ. ފަސް އެނބުރި މަންޝާއާ ދިމާއަށް މަދީހާ ބަލާލީ ޖަވާބެއް ނުލިބުމުންނެވެ. “ކޯއްޗެއް ގެންނަންވީ؟…” އަނެއްކާވެސް މަދީހާ އަހާލިއެވެ.
މަންޝާ ކާނީ ނޫޑްލްސް ކަމަށް ބުނުމުން ކޮޓަރިން ބޭރަށް ނުކުމެ މަދީހާ ދޮރު ލައްޕާލިއެވެ. މަދީހާ ދިއުމުން އަޒީމްގެ ނަންބަރަށް މަންޝާ ގުޅާލީ ދެންވާނެ ގޮތެއް ސިފަކުރަމުންނެވެ. އަޒީމާ މަންޝާއާ ދެމެދު މިހާ މައްސަލަ ބޮޑު ދުވަސްވަރެއްގައި ބަނޑުބޮޑުވުމުން މަންޝާ ކަންބޮޑުވިއެވެ.
އެތައްފަހަރަކު ރިންގްވީފަހުން އަޒީމް ފޯނު ނަގައިފިއެވެ. އެވާހަކަ އަޒީމް ގާތު ބުނާނެ ގޮތެއް މަންޝާއަކަށް ނުވިސްނުނެވެ. އަޒީމް ދެވަނަ ފަހަރަށް ގޮވާލީ މަންޝާ ވާހަކަ ނުދައްކާ އިނުމުންނެވެ.
“އަޒީމް… ކިހިނެއް؟… ހުރިހާ ކަމެއް ރަނގަޅުތަ؟…” ވާހަކަ ފަށާނެގޮތަކާއި ދޭތެރޭ ވިސްނަން އޮތުމަށްފަހު މަންޝާ ވާހަކަ ކުރިއަށް ގެންދިޔައީ ދުރުދުރުންނެވެ. އެއްފަރާތަކަށް އެނބުރިގެން މޭދަށަށް ބާލިހެއްލާ، އެބާލީހުގައި ބައްދައިގެން މަންޝާ އޮތީ ފޯނުމަތީ ކަންފަތް ބާއްވައިގެންނެވެ.
“މިއުޅެނީ ހުންއައިސްގެން… ޑޮކްޓަރަށް ދައްކައިގެން ބޭސްވެސް ކަން… އޮފީހަކަށްވެސް ނުދެވޭ… ވަރަށް ބަލި… މަންޝާ އަހަރެން ވަރަށް ބޮޑު ވާހަކައެއް ދައްކަންވެފަ އެބައޮތް…” މަންޝާ ކުރި ސުވާލުތަކަށް ޖަވާބު ދިނުމަށްފަހު އަޒީމްގެ ވާހަކަ ނިންމާލި ގޮތުން މަންޝާއަށް އޭނާ ބުނަން އުޅުނު ވާހަކަ ފައްޓަން ހިތްވަރެއް ލިބުނެވެ.
“އަޒީމް… އަހަރެންވެސް ވާހަކައެއް ދައްކަންވެފަ އެބައޮތް؟…” އެހިސާބަށް ބުނެވުނު ތަނާ އަޒީމްގެ ފަހަތުން އަންހެން ކުއްޖެއްގެ އަޑު އިވުނެވެ.
މަންޝާ އޮތްތަނަށް ގަނޑުވި ކަހަލައެވެ. އިތުރު ބަހެއް ނުބުނެ ހިމޭނުން އޮތީއެވެ. ހިފެހެއްޓުމެއްނެތި މަންޝާގެ ލޮލުން ކަރުނަ ފޭބިއެވެ. އަޒީމް އެ އުޅެނީ ގެއަށް އެ އަންހެން ކުއްޖާ ވައްދައިގެން ހެއްޔެވެ. މަންޝާއަށް ރަށަށް މި އާދެވުނީ އަޒީމަށް ރަނުގެ ފުރުސަތެއް ދީފައެވެ. އެ ހިޔާލުތައް ސިކުނޑިގާ ވަށާލުމުން މަންޝާއަށް އޯކާ ދެމިގަނެވުނެވެ. އަތުގައި އޮތް ބެރެބެދި މަލުން ވަސްބަލާލީ ލުޔެއް ލިބޭތޯއެވެ.
އަޒީމް ބޭނުންވީ މަންޝާ ދައްކަން އުޅޭ ވާހަކައެއް އޮޅުން ފިލުވާށެވެ. ސުވާލު ކުރުމުންވެސް އިތުރު ޖަވާބެއް ނުދީ މަންޝާ ފޯނު ކަނޑާލީ ފަހުން ގުޅާނަން ކަމަށް ބުނަމުންނެވެ. އެނދުން ތެދުވެ އިށީންނަމުން ހެޑްބޯޑުގައި ލެނގިލި އިރު ދެންމެ ފޯނުން ދެއްކެވުނު ވާހަކައާ ދޭތެރޭ މަންޝާ ރަނގަޅަށް ވިސްނާލިއެވެ. މަންޝާގެ ހާލު އަޒީމް ބަލާވެސް ނުލައެވެ. ޚަބަރެއް ދަބަރެއް ނުވެ އުޅޭތާ ދެ ދުވަސް ވީއެވެ. އަމިއްލައަށް އިސްނަގައިގެން ގުޅަންވެސް ޖެހުނީ މަންޝާއަށެވެ. ނުވިތާކަށް ކިހިނެއްތޯ، މަންމަ ކޮބައިތޯވެސް އަހާނުލައެވެ. ދެން އަޒީމް ދައްކަން ބޭންވެގެން އެއުޅެނީ ކޮން ބޮޑު ވާހަކައެއް ހެއްޔެވެ. އަނެއްކާ ވަރިވާން ބޭނުންވަނީ ހެއްޔެވެ. މަންޝާގެ ސިކުނޑި ފަޅައިގެން ގޮސްދާނެހެން ހީވިއެވެ.
ފޯނު ނަގާ މަންޝާ ގުޅާލީ ޒުހާއަށެވެ. މަންޝާ ބަނޑުބޮޑު ވާހަކައާ އަޒީމާ ގުޅައިގެން ދިމާވި ކަންތައް ތަފްސީލުކޮށް ޒުހާއަށް ކިޔައިދީ ނިމުނުއިރު މަންޝާއަށް ރޮވެނީއެވެ. ޒުހާ އެތައް ވާހަކައެއް ދެއްކީ މަންޝާގެ ހިތަށް ލުޔެއް ހޯދައިދޭށެވެ. ދިގު އިންތިޒާރަކަށްފަހު މަންމައަކަށް ވުމުގެ އުފާ މަންޝާއަށް ލިބުނު ކަމަށްޓަކައި މާތް ﷲއަށް ޒުހާ ޙަމްދުކުރިއެވެ. އަމިއްލައަށް އިސްނަގައިގެން ބަނޑުބޮޑު ވާހަކަ އަޒީމް ގާތު ބުނުމަށްވެސް ޒުހާ ނަސޭހަތް ދިނެވެ. އެފޯނު ކަނޑާލީ މިރޭ އަޒީމާ ވާހަކަ ދައްކާނަން ކަމަށް ޒުހާ ގާތު މަންޝާ ބުނުމަށް ފަހުއެވެ.
ކޮޓަރި ދޮރު ހުޅުވާފަ އެތެރެއަށް މަދީހާ ވަނީ ތަބަކެއް ހިފައިގެންނެވެ. މަންޝާ އޭނާގެ މޫނު ފޮހެލުމަށްފަހު ހިނިތުންވެލަމުން މަންމަ ގެނެސްދިން ނޫޑުލްސް ތަށި ކެއުމަށް އަވަސްވެގަތެވެ. މަދީހާ ކައިރީގައި ހުރުމުން ގަދަކަމުން ނަމަވެސް ކޮންމެވެސް ވަރަކަށް ކެވޭތޯ މަންޝާ މަސައްކަތް ކުރިއެވެ.
މަދީހާގެ ހިތަށް އެތައް ސުވާލުތަކެއް ޖަމާވިއެވެ. އޭނާގެ ދަރިފުޅުގެ އުޅުމަށް އެތައް ބަދަލުތަކެއް އައިސްފައިވާތަން ފެނުމުން މަދީހާ ފެންކަޅިވާގޮތް ވިއެވެ. މިލިބުނު އުފާވެރި ޚަބަރަށްފަހުވެސް މަންޝާގެ މޫނުމަތިން ފެންނަންޖެހޭ ހިތްހަމަޖެހުމާއި އުފާވެރިކަން ނުފެންނާތީ އެ ދެމަފިރިންގެ ގުޅުމުގައި މައްސަލަތަކެއް އުޅޭކަން މަދީހާއަށް ފަހުމްވިއެވެ.
ރޭގަނޑު ނުވައެއް ޖެހުމާއެކު މަންޝާ ނިދަން އޮށޯންނަނީ ކަމަށް ބުނެ ކޮޓަރިއަށް ވަނެވެ. ގޭގައި އުޅޭ އެންމެން ބޮޑުއީދާ ގުޅިގެން ބޮޑުމަސް ދުއްވުމުގެ ކުޅިވަރު ބާއްވައިގެން އުޅޭތަނަށް ދާން ތައްޔާރުވެގެން ތިއްބެވެ. މަދީހާ އެތަނަށް ނުދާނަމޭ ބުނެ ގޭގައި މަޑުކުރަން ނިންމިއެވެ. މަންޝާ އެދުނީ އޭނާގެ މަންމަ މުނީރާއްތަ މެންނާ އެކު ދިއުމަށެވެ. ކަމަކު ބޭނުންވެއްޖިއްޔާ ގުޅާނަމޭ މަންޝާ ބުނުމުން މުނީރާއާއި އޭނާގެ ކުދިންނާ އެކީ ބޮޑުމަގުގައި އޮތް ކުޅިވަރު ބަލަން ދާން މަދީހާ އެއްބަސްވިއެވެ.
މުނީރާމެން ދިޔަކަން ޔަގީން ވުމުން އަޒީމްގެ ނަންބަރަށް މަންޝާ ގުޅާލިއެވެ. އަޒީމް ފޯނުން ވާހަކަ ދައްކަމުން ދިޔައިރު މަންޝާއާ މެދު މާބޮޑު ފަރުވާލެއް ހުރިކަމެއް ފާހަގައެއް ނުވެއެވެ. އަޒީމް ދައްކަން އުޅޭ ވާހަކަ މަންޝާއަށް ކުރިޔާލާ އެނގޭ ކަހަލައެވެ. އަޒީމްގެ ދުލުން ވަރިއާ ގުޅުން ހުރި ވާހަކައެއް ނުބުނެވެނީސް މަންޝާގެ ވާހަކަ ބުނެލިއެވެ. “އަޒީމް… އަހަރެން ބަނޑުބޮޑު…. އަޒީމް ބައްޕައަކަށް ވަނީ…”
މަންޝާގެ ހިތް ތެޅިގަތެވެ. އޭނާގެ ސިކުނޑިއާ ހިތާ އެކީ ހުއްޓުނުކަހަލައެވެ. މަންޝާއަށް އެއްވެސް އަޑެއް ނީވޭ ކަހަލައެވެ. ނޭވާ ހިފަހައްޓާލައިގެން ހުރީ އަޒީމް ދޭނެ ޖަވާބެއްގެ އިންތިޒާރުގައެވެ. ދެން ވާނެ ގޮތަކާ މެދު ކަންބޮނޑުވެވުނީ އަޒީމްގެ ޖަވާބެއް ނައިސް ގިނަ އިރު ވުމުންނެވެ.
*** *** *** *** *** ***
އަޒީމަށް ވާހަކަދައްކަން އުނދަގޫވި ކަހަލައެވެ. ކުއްލިއަކަށް މަންޝާ ދިން ޚަބަރުން ވާންވީ އުފާ ކަމެއް ދެރަކަމެއް އޭނާއަށް އިހްސާސް ނުވާ ކަހަލައެވެ. އަޒީމް ދައްކަން ބޭނުންވި ވާހަކަ ނުބުނެވެނީސް މަންޝާ ބުނި ވާހަކައިން އަޒީމަށް ހައިރާންކަމެއް ލިބުނެވެ. ހިތާހިތުން މަންޝާ ގާތު އެވާހަކަތައް ނުބުނެވުނުކަމާ މެދު ޝުކުރު ކުރެވުނެވެ. ގުޑްނައިޓް ކިޔާ މަންޝާ ފޯނު ބޭއްވި އިރުވެސް އަޒީމްގެ ޖަވާބުތައް ނިންމާލީ ހަމައެކަނީ ހޫންއަކުންނެވެ. އަޒީމް ހުރީ ހަމަރަނގަޅަށްވެސް ބޮޑު ޝޮކެއްގައެވެ.
“ކިއަންވެ އެވާހަކަ ނިބެނީ؟… ބެނިންނު އެޔަ ދޫކޮށްލާށުމާއު؟…” (ކީއްވެ އެވާހަކަ ނުބުނީ؟… ބުނީމެއްނު އޭނަ ދޫކޮށްލާނަމޭ….) ޒޭބާ ހުރީ ރުޅިއައިސްފައެވެ. އޭނާގެ ދޮން މޫނަށްވަނީ ޖަންބު ކުލަ އަރާފައެވެ.
އަޒީމް ގާތުގައި އޭނާގެ އަންހެނުންނާ ވަކިވާން ބޭނުންވާ ވާހަކަ ދައްކާށޭ އެތައް ފަހަރަކު ޒޭބާ ބުނެފައި ވީ ނަމަވެސް އަޒީމަށް އެކަން ނުވާތީ ޒޭބާ ނުރުހުންވިއެވެ. “ޒޭބާއަށް އިނގެއި އަޒީމް ލޯބިވެނީ އެޔަ ދެކެ… ބަލަ އެޔަ އަތި ކޮންތައް އޮވެގެން ތެ ހެނގަނީ… އަޒީމް ބޭނުން ހުށުހައި ކަމަށް ޒޭބާ ފުއްދައިދޭށުން… ދެން އެޔަ ވަރިކޮށްލަ….” (ޒޭބާއަށް އިނގޭ އަޒީމް ލޯބިވަނީ އޭނަ ދެކެ.. ބަލަ އޭނަ އަތުގަ ކޯއްޗެއް އޮވެގެންތަ ތިއުޅެނީ… އަޒީމް ބޭނުން ހުރިހާ ކަމެއް ޒޭބާ ފުއްދައި ދޭނަން… ދެން އޭނަ ވަރިކުރޭ…)
“ޒޭބާ… ދެން ހުއްޓަލަ…” (ޒޭބާ.. ދެން ހުއްޓާލާ…) ބުރަކަށީގަޔާ ގައިގެ ހުޅުތަކުގައި ރިއްސާފައި ހުރުމުން އަޑަށް ބާރުލާ ވާހަކަދައްކަން ބޭނުންވިޔަސް އަޒީމަކަށް ބާރެއް ނުލެވުނެވެ.
“ދެނަކަށް މަންޝާ އެ ބެނީ ބަނޑުބޮނޑައު… ދެން މަ ކެހެނަކަށް އެޔަ ވަރި ކެރާނެއި… މަންޝާ ރުހޭފެހޭ މިކަން ނިންމޭނެއި ދެއަންބަށް ކައިވެނި ކެރާ ގޮތަށް…” (ދެންމެ މަންޝާ އެ ބުނީ ބަނޑުބޮޑޭ… ދެން އަހަރެން ކިހިނެއް އޭނަ ވަރިކުރާނީ… މަންޝާ ރުހެންޏާ މިކަން ނިންމޭނީ ދެއަންބަށް ކައިވެނިކުރާ ގޮތަށް…) އަޒީމްގެ ފަހުގެ ނިންމުން ހާމަކުރިއެވެ.
އަޒީމްގެ މޭމަތީ އަޅާ ދުރަށް ކޮށްޕާލުމަށްފަހު ދެލޯއަޅަމުން ޒޭބާ ވާހަކަ ދެއްކިއެވެ. “ކެހެނަކަށް އިނގޭނެއި އޭ އަޒީމްގެ ދާރަކާކަން… މަންޝާ ވޭންޑޭލެއް އިނގެއި؟…” (ކިހިނެއް އިނގެނީ އެއީ އަޒީމްގެ ދަރިއެއްކަމެއް…. މަންޝާ އުޅޭގޮތެއް އަޒީމަށް އެނގޭތަ؟…) އަޒީމަށް ވާހަކަ ދައްކާނެ ފުރުސަތެއް ނުދީ ޒޭބާ ގެއިން ނުކުތުމަށް ހިނގައިގަތެވެ.
އެޕާޓްމަންޓުން ނުކުންނަން ޒޭބާ ދޮރު ހުޅުވާލުމަށްފަހު ކުއްލިއަކަށް ހަތަރު ފިޔަވަޅު ފަހަތަށް ޖެހުނެވެ. އޭރު ދޮރުމަތީ ހުއްޓިގެން ހުރީ ޒުހާއާ ނަވާފެވެ. އެމީހުން އެތެރެއަށް ވަނީ ޒޭބާއާ ދިމާއަށް ބަލަން ހުރެއެވެ. ކުރިއަށްވުރެ ބޮޑަށް އެތާ މަޑުކުރަން ޒޭބާއަށް އުނދަގޫވިއެވެ. އެހެންކަމުން ލަހެއް ފަހެއް ނުކޮށް އެތަނުން ނުކުމެގެން ދިޔައީ އަނގައިން ބަހެއްވެސް ބުނުމެއް ނެތިއެވެ.
ޒޭބާގެ މޫނުމަތީގެ ކުލަވަރު ފެނިފައި ކަންތައް އެހާ ރަނގަޅު ނޫންކަން ޒުހާއަށް ނަގައިގަނެވުނެވެ. އެއީ އަޒީމް ގެންގުޅޭ ކުއްޖާއަށް ވެއްޖެއްޔާ އެހާ ރުޅިއައިސް ހިތްހަމަނުޖެހިގެން ހުރެ އެ އަންހެން ކުއްޖާ ދާން ޖެހޭނީ ކޮންމެވެސް ސަބަބެއް އޮވެގެންނެވެ. މަންޝާ ބަނޑުބޮޑު ވާހަކަ ބުނީހެން ޒުހާއަށް ހީވިއެވެ. އަޒީމް އެކަހަލަ ކުއްޖަކާ ހެދި އުޅޭތީ ހިތާހިތުން ޒުހާ މަލާމާތްކޮށްލިއެވެ. މީހަކު ފެނުމުން ހިނިތުންވެލަންވެސް ނޭނގޭ ކުއްޖެކެވެ. ކިތަންމެ ދޮންވެފަ ރީއްޗަކަސް އެ ކުއްޖާގެ ކިބައިގައި އަޚްލާގީ ރަނގަޅު ސިފަތައް ނެތްކަން ކަށަވަރުވެއްޖެއެވެ.
ޒޭބާ ހުއްޓުވަން އަޒީމް ކޮޓަރިން ނުކުތީ ޒޭބާގެ ނަމުން ގޮވަމުންނެވެ. ނަމަވެސް ސިޓިންގްރޫމްގައި ހުރި ނަވާފާ ޒުހާ ފެނުމުން އަޒީމްގެ ފިޔަވަޅު މަޑުކޮށްލިއެވެ. އެއްޗެކޭ ބުނަން ނަވާފް އަނގަ ހުޅުވާލީ ބޮލުގައި އަތް ހާކާލަމުންނެވެ. ބަހެއް ނުބުނެވެނީސް ކަނޑާލި ރުކެއްހެން ޚަބަރު ހުސްވެގެން އަޒީމް ޓައިލްސް މައްޗަށް ވެއްޓި ޖެހުނެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
37 Comments!
Comments are closed.





Hurihaaa kiyuntherinnah mi bai kamudhaane kamah unmmeedh kuran… roadhamas nimumun kurinves mi vaahaka genesdhin usoolun genesdheveyne vaahaka bunelan… hafthaa aku dhe episode dhen genesdheveyne… 🙂 Baajjaveri dhuvahakah edhen….
thnx shaz vvvvv reethi stryyy❤❤????????
Nice
alh shaz man aa zibaan aa gulhuvahchey
alhe kyve zibaan ge kujaka thi hedhy, azeem gaatha e annany handie dho. v.fuhi dhn
Mann aaa azeem aaa gulhuvaany… Jinni akaa ehkoh noolhevenyne dhww insaanakah… Zibaan and zeyba shud go in the end… And finally mann and azym..
uUMann aaa azeem aaa gulhuvaany… Jinni akaa ehkoh noolhevenyne dhww insaanakah… Zibaan and zeyba shud go in the end… And finally mann and azym..
YESS .ehen noonas MANN &AZEEM varah loabi dhw hmm
Alhe thankolhe avaha aneh bai up kohdheebw…
Vaahaka kuriyah dhaa goi v reethi…. mansha bandu bodu v zibange dhariakah tha annekkaa!!!!! Azym mansha vari nukoh dhn zeybaa aa rulhi vaanee kan neyge.. zeybaa akee jinni kujjeh baa???!!!
Varah reethi mi part…next part upkoh dheynee kondhuvahakn?
V nice. Wow
aaa jini akah dhw e preg vee ves ehen veema edhemeehun gulhumenu rangalhu vaanee ves ehen noonas mee vaahaka e dhw.hagee gathe noon
hassanbe haadha vara kah thikahaneee????
Hmmmm.. Kehun gandeh lahvaa laigen miulheny.
vara reethi mi part ves
Vaahaka vvvv reethi.. Waiting for the next episode ❤❤
Keep up the good work Shaz ??
wow…. v nice
Man n zibaan gulhuvahchey. Varah reethi.???
Bring a human new character
Too much betrayals
zeybaa ey jinni eh dhoo?? v v v nice waiting for the next part..
Mann n xibaan..axeem vai..eyna mathin foohi vehjje…?
dhnnn mi vaahaka kiyaa iru haadha hitha thaduveyeyyyy… dhn miadhu abadhu mi vaahaka aai medhu visneyny… zeybaa ahky hama jinni eh .. 100 percent sure… ehkani veri iruves dhemyhunge dhemedha ehvany vv bodu sababe othyma dhwww .. dhn xibaan .. xibaan kithameh reethi vias .. aslu sifa vv hadi vaane .. xibaan kithameh dheravias e ee jini eh so xibaan ah mann nudheythy.. dhn azeem .. azeem ges ehhury jinni ge baaru dhashuga .. azeem dheke mi haaru kudakoh foohi ves vey .. mann ves axeem aai marry kury man ge mom aa dhekolha .. dhb mansha.. man ge badu ga e othy handi kujje .. azeem ahka kudhin nulihey… anyway shazlyn vvv moyu vaahqka liyan .. myhaage ihusaasthakaa thi kulhenany vaahaka ahkun … mi mi vaahaka vvv salhi.. shaxlyn ahky vaahaka liyaa hunaruveri kujje .. Im just speechless. .. asluvesss vvvvv reethi mi vaahaka…
all the best
I guess zeybaa ei mansha maraalan beynunwaa jinni ?.. zibaan aa mansha ge kanthah hawaalu kuri jinni kanneynge zeybaa ei.. ??
Dhen neynge lets see what happens…?
anyways story hama vv rythi..v interesting…..????
wow…. assu mary heekurin mikahala boa anburaa kahala molhu twist thakeh mi vaahakaiga annaaney. shaz ge hurihaa vaahaka ehves ehaa molhukoh genesdhey. ehenve hama patiently kian mi hunnanee… vaahakaige dhenhuri episodethakah inthizaaru kuran varah undhagoo. thi kuraa hihvarah saabas. pls pls pls avahah aneh episode geneba… i cant wait any mo
V salhi mibaives
ehen viyaa mansaa aa hassanbe aa gulhuvaa???eyra nice vaanee.
Hassanbe ves edheny thi goiy!
Dhen Hassan be ulhey gotheh heehee
Keehtha vee? Kahan yaa nuhureveyne dho, kehun filuvan aharen ves masakkaiy kuraane dho!
zibaan. zibaan akee jinni akas, aharen liabi vany zibaan dheke. mi dharifulhah takaa dhemeehun ekeega ulhen hingaa. aharen me hama ekani ziban ge meeheh
Story dhaagoiy v salhi.. ekamaku maa ginain “eve” “eve” kiyan jeheythy mi reethi vaahakayah unikameh annahenheevey…
Mansha r axym jinni thakuge kibain salaamah kuramaa baby
Kokko beybe bunan ulhuny bahy ey
Beybe ey kiyain Aharen ulhey hithah ulhen dho thiulheny?
Azeem aai mashaa aai gulhuvanvaanee ehenooniyya v kadavaane
Aharen edheny manshaa aa hassanbe inumah!