Skip to content
އެސްފިޔަ

ހުޅުކޮޅު

 

# މިއީ ދަގަތަ ޕަބްލިޝާރސްގެ ލިޔުންތެރިއެއް ކަމަށްވާ ޒާހީ ލިޔުއްވައިފައިވާ ވާހަކައެކެވެ.

އިރުގެ ރަންދޯދިތަކުން މުޅި ދުނިޔެ އަލިކޮށްލައިފިއެވެ. ނަސީމާ އައިސް ޖެނީއަށް ގޮވާލުމުން އޭނާ ދެލޯ ހުޅުވާލީ ވަރަށް ކަންނެތް ގޮތަކަށެވެ. މޫނު ހަދާލައިގެން ބާލީހުގައި އިހުނަށްވުރެ ބާރަށް ބައްދައިލައި ދެލޯ ބާރަށް މަރާލިއެވެ. އެއީ ޖެނީގެ އާދައެވެ. ކިތަންމެ ވައްތަރުތަކެއް ޖެއްސި ނަމަވެސް ޖެނީ ތެދުވާނެ ކަމުގެ ޔަގީންކަން އޮތުމުން ނަސީމާ އެކޮޓަރިން ނުކުމެ ބަދިގެއަށް މިސްރާބުޖެހިއެވެ. ޖެނީ ބައްދާލައިގެން އޮތް ބާލީހުން ދޫކޮއްލުމަށްފަހު އެނދުގައި އިށީނދެ އާފުރެލިއެވެ. އުއި ފަށެއް ކަހަލަ ފަންއިސްތަށިގަނޑުގައި ފިރުމާލަމުން ފާޚަނާއަށް ވަނެވެ.

ހެނދުނުގެ ސަޔަށް ފަހު ނަސީމާ އާއި ޖެނީ ފެހުމުގެ މަސައްކަތުގައި ޝާމިލުވިއެވެ. ގޯތި ތެރޭގައި ހުރި ގަހެއްގެ ހިޔަލުގައި ހުރި ޖޯލިފަތީގައި ޖެނީއާއި އޭނާގެ މަންމަ ނަސީމާ ތިއްބެވެ. އެދެމައިން އެކި ވާހަކަތައް ދައްކަމުން ދިޔައިރު ޖެނީ ހެދުމެއް ޖަރީކުރުމުގެ މަސައްކަތް ކުރަމުން ދިޔައެވެ. ކުރިމަތީގައި ބެހެއްޓިފައިވާ ކުޑަ މޭޒެއްގެ މަތީގައި ހުރި ހެދުން ޑިޒައިން ކުރަން ބޭނުންވާ ސާމާނެވެ. ނަސީމާ ހުސްވަގުތުތަކުގައި ހެދުން ފެހުމުގެ މަސައްކަތްކުރާ އަންހެނެކެވެ. އެހެންކަމުން ޖެނީއަށްވެސް ވަނީ އެ މަސައްކަތް ކޮންމެވެސް ވަރަކަށް ދަސްވެފައެވެ.

އަވައްޓެރި ރުގިއްޔާ ހެދުމެއް ފަހަން ދޭންވެގެން އައެވެ. ނަސީމާ ރުގިއްޔާ ފެނުމުން ޖޯލީގައި އިށީންނަން ބުއްޏެވެ. ރުގިއްޔާ ގެނައި ކޮތަޅު ޖެނީއާ ހަވާލުކުރުމަށްފަހު ޖޯލީގައި ހަމަޖެހިލައި ނަސީމާ ދިއްކޮށްލި ތަބަކުން ދުފުންގަނޑު ވަރުގަދަ ކޮށްލީ ވާހަކަ ދައްކަމުންނެވެ. “ނަސީމާ…! ރޭގެ އަށެއްގެ ޚަބަރު އަޑުއެހިންތަ…؟ މިއޮތި ވާ ޒަމާނެއް… އުޅެފަ ނޫޅޭނެ ގޮތެއް ނޭނގިގެން މީހުންގަނޑު ތެޅިބާލަނީނު؟ ލަދުން ބޯ ހަލާކު…! ރަނގަޅަކަށް އެއްޗެއް ބުނަން އަނގަ ހުޅުވައިލިއަސް މީހުން ބުނާނެ މުސްކުޅިއެކޭ…..”  ހުނިލައި ތުފުންގަނޑު މީރުކޮއްލަމުން ރުގިއްޔާ ބުނެލިއެވެ.

“ރޭގެ ޚަބަރު އަޑުއެހޭގޮތެއްނުވި… އަނެއްކާ ބޮޑު ކަމެއްވީތަ؟” ނަސީމާ އޮޅުންފިލުވައިލަން ބޭނުންވިއެވެ.

“ބޮޑުކަމެއްހޭ….؟ ބޮޑު ދެން ވާނީ އެހާކަންހާ ވަރަކަށް.. ބޮޑު ގުރޫޕަކުން އަންހެން ކުއްޖަކު ރޭޕް ކޮއްލީނު؟ އެވަރު ކުޑަތަ؟” ރުގިއްޔާ  އެހެން ބުނުމުން ނަސީމާއަށް ލިބުނު ހައިރާންކަމުގެ ބޮޑުކަމުން އަނގަހުޅުވައިލެވުނެވެ. ޖެނީވެސް އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. “ބޮޑު ގްރުޕެކޭ…؟ ކުޅަދާނަ… ލަނދުން ބޯ ހަލާކު… އެހެން ވާނެ އެކަށޭނެ އަދަބު ނުދެންޏާ.. އެމީހުން ހަމަ މަރަންވީ…. އޭރުން އެކަހަލަ ކަންތައް ހުއްޓުވޭނީ.. އެކަމަކު އެދުވަހެއް ނާންނާނެ..” ޕިސްޖަހާލަމުން ނަސީމާ ބުނެލިއެވެ.

“އާނ..! އަހަރުމެން ވެސް ލައްކަ ދުވަހު ދުނިޔޭގައި އުޅެފިން…. މީގެ ކުރިން މިފަދަ ދުވަހެއް ނުދެކެން.. އެކުއްޖާ އުޅޭނެ ގޮތް ވިސްނަބަލަ… ލަދުން މަރުވާނެ… މީހެއްގެ ކުރިމައްޗަށް ނުކުންނަންވެސް ނުކެރޭނެ.. ކުށެއް ނެތް ކުއްޖެއްގެ ދިރިއުޅުން ހަލާކު އެކޮއްލީ..! ހިތެއްވެސް ނެތް ބައެއް މިއުޅެނީ.” ރުގިއްޔާ ވާހަކަ ދައްކަމުން، ވާހަކައިގެ ފޯރިގެންނަމުން ދިޔައެވެ.

“އެފަދަ ކުއްޖަކާ ދެން އިންނާނީވެސް ކާކު؟ ދިރިއުޅުންވެސް ބޭކާރުވީނު؟” ނުރުހިފައި ރުގިއްޔާ އަނެއްކާވެސް ބުނެލިއެވެ.

އެދެމީހުންގެ ކޮންމެ ޖުމްލައަކުން ޖެނީއަށް އުނދަގޫ ވަމުން ދިޔައެވެ. ހީވަނީ ސީދާ އޭނާއަށް އަމާޒުކޮށް ބުނާ ޖުމްލަތަކެއް ހެންނެވެ.

އެދެމީހުންގެ ވާހަކަ އެހިސާބަށް ދިޔުމުން ޖެނީއަކަށް މަޑަކުން ނީނދެވުނެވެ. ހަޅޭއްލަވައިގަންނަމުން ޑިޒައިން ކުރަމުން ދިޔަ އަތްހޫރާލަމުން މޭޒުމަތީގައި އަތުރާފައި ހުރި ހުރިހާ ސާމާނެއް އަތުންޖަހާ ބުރުއްސާލިއެވެ. ޖެނީ ޖަންބުކުލަ އަރާ ކޯތާފަތް ވަނީ ރަތްވެފައެވެ. ޖެނީ އައިސްފައި ހުރި ރުޅިން ހީވަނީ ގޮވަން ތައްޔާރުވެފައިވާ ހުރި އަލިފާން ފަރުބަދައެއް ހެންނެވެ.

“މޮޅު ވާހަކަ ދައްކަން ވަރަށް ފަސޭހަ ވާނެ.. އެފަދަ އަނިޔާ ކުދިންނަށް ލިބެނީ ހަމަ މައިންބަފައިންގެ އިހްމާލުން… ޒިންމާ ނަގަން ނުކެރޭތީ…” ހަޅޭއްލަވައިގަންނަމުން ޖެނީ ބުނެލިއެވެ. އަދި ދުވެފައިގޮސް ކޮޓަރިއަށް ވަދެ އެނދު މައްޗަށް ވެއްޓިގަތެވެ.

ޖެނީ މިއަމަލުން ރުގިއްޔާއާއި ނަސީމާ ތިބީ ހައިރާންވެފައެވެ. އަވައްޓެރިއެއްގެ ކުރިމަތީގައި ޖެނީ ކަންތައް ކުރިގޮތުން ނަސީމާ ވަރަށް ލަދުވެސް ގަނެއްޖެއެވެ. ރުގިއްޔާ ވަށްކަޅިން ނަސީމާގެ މޫނަށް ބަލައިލިއެވެ. ނަސީމާ މޫނުމަތިން ފެންނަން ހުރި ކުލަވަރުން ރުގިއްޔާ ބޮލުގައި ރިއްސައިލިއެވެ.

“ކޮނމެވެސް ނުބައެއް އެބައުޅޭ… ޔަގީން ހަމަ ހުރެފައެއް ޖެނީ އެހާ ރުޅިއެއް ނާންނާނެ.. ނަސީމާ ކޮންމެވެސް ކަމެއް ސިއްރު އެބަކުރޭ…” ރުގިއްޔާ ހިތާހިތުން ކިޔާލިއެވެ. ރުގިއްޔާ ސިކުނޑި ހަލުވިކަމާއެކު ކޮޅުކޮޅު މައްޗަށް ދުއްވައިގަތެވެ. އެކަމަކު މިކަމާ ގުޅޭގޮތަކުން އިތުރު ވާހަކައެއް ދައްކާކަށް ރުގިއްޔާ ޚިޔާލެއް ނުކުރިއެވެ. ރުގިއްޔާ އަޒުމް ކަޑައެޅިއެވެ. ކޮންމެވެސް ދުވަހަކުން އޭނާ އެވާހަކަ އޮޅުން ފިލުވާނެއެވެ. އެހެން ނޫނީ އޭނާއެވާހަކަ އޮލުންފިލުވާނެއެވެ. އެހެން ނޫނީ އޭނާއަކަށްހަމަޖެހުމެއް ނުލިބޭނެއެވެ. ރުގިއްޔާއަކީ ފިސާރި އަންހެނެކެވެ. މުޅި ތަންގަނޑުގައި ހިގާހާ ކަމެއް އޭނާއަށް އެނގޭނެއެވެ. އިރުއެރުމާއެކު ކޮންމެ ގެއަކަށް ވަކިން ވަދެ ދުވަހުގެ ރިޕޯޓްނަގައި އެކަން ފަތުރާނެއެވެ.

“ދެން  ދަނީ….. ލައްކަ އިރު އިދެވިއްޖެ… އެކަމަކު އެމަންޖެ ހާދަހާ ރުޅިއެކޭ ދޯ އެއައީ….” ރުގިއްޔާ ނަސީމާގެ މޫނަށް ބަލާލަމުން ބުއްޏެވެ. “އެއީ އޭނާގެ ފާޑު… ވަރަށް ރުޅިގަދަ ވާނެ… ކުދިކުދި ކަންތައްތަކާ ވަރަށް ރުޅި އަންނާނެ… ރުގިއްޔާއަށް ވެސް އެކަން އެގޭނެ…. އެހެންވެފަ އެހުރީ އެންމެ އަންހެން ދަރިއެއްވީމަ މާ ލޯބިން ގެންގުޅެ ވުނީމަ…” ނަސީމާ ބުނެލިއެވެ. ނަސީމާފަރާތުން އިތުރު އެއްޗެއް އޮޅުން ނުފިލާނެކަން އެނގޭތީވެ އިތުރު އެއްޗެއް ނާހައި ރުގިއްޔާ ގެއަށް ދިޔުމަށް ހިގައިގަތެވެ.

ރުގިއްޔާ ދިއުމުން ނަސީމާ ޖެނީ އުކާލާފައި ހުރި ހުރިހާ ސާމާނެއް ނަގައި ތަރުތީބު ކޮށްލިއެވެ. ދެން ޖެނީ ކޮޓަރިއާ ދިމާއަށް މިސްރާބު ޖެހިއެވެ. އޭރު ޖެނީ ކޮޓަރީގައި ރޯން އޮތެވެ. ނަސީމާ ޖެނީ މަގަތުގައި އިށީންދެ ބުރަކަށީގައި ފިރުމާލިއެވެ.

“ޖެނީ ތިހެން ކަންތައް ކުރީމަ އަވައްޓެރިންގެ ކުރިމަތީގައި އަހަރުމެންގެ އަގު ވެއްޓޭނީ… ދެން ހުއްޓާލާ ދަރިފުޅާ! ދޭބަލަ މުނު ދޮވެލަން…” ނަސީމާ ޖެނީ ރޯތަން ފެނުމުން  އިތުރަށް އެކަމާ ގުޅޭ އެއްވެސް ވާހަކައެއް ދައްކާކަށް ބޭނުމެއް ނުވިއެވެ. ޖެނީ ކަރުނަތައް ފޮހެލަމުން ނަސީމާގެ މޫނަށް ބަލައިލިއެވެ.

“މަންމައަށް ރަނގަޅަށް ހަޤީޤަތް އެގިހުރެ ވެސް ތިހެން ވާހަކަ ދައްކާތީ އަހަރެން ވަރަށް ދެރަވޭ… މަންމައަށް އެނގޭނެ އެކަހަލަ ވާހަކައެއް އިވުނަސް އަހަންނަށް އުނދަގޫ ވާކަން…” ޖެނީއަށް އަނެއްކާވެސް ރޮވުނެވެ. ނަސީމާ އެއަކަށް އެއްވެސް އެއްޗެއް ނުބުއްޏެވެ. އަށްއަހަރު ކުރީގެ މާޒީ ހަނދާންކުރާކަށް ނަސީމާ ވެސް ބޭނުމެއް ނޫނެވެ. ޖެނީ ހަމައަކަށް އެޅުވުމަށްފަހު ނަސީމާ އެކޮޓަރިން ނުކުމެގެން ދިޔައެވެ.

= ނުނިމޭ =

 

 

 

 

 

Comments (13)

  1. Zeeka

    Guys im sorry there is a mistake in my name… Zika should be there. Not Zeeka. Enjoy with this storyy.. Have a nice day

    1. KUDOO
      Zeeka

      r u a virus? 😉 ‘ZIKA’ 😛

    2. KUDOO
      Zeeka

      r u a virus? 😉 ‘ZIKA’ 😛 (DONT MIND INGEY..) {JUS KIDDING} 😉

  2. KUDOO

    bro! i read this stry already… in fact many times… n i’m pretty shure ther would b many readers who read this stry already.. so why r u wasting ur time? infact u can write ur own stry….. (insted of typing this..) think abt this..

    1. Naxy
      KUDOO

      Mi vakaha nukiyan. Kiyaalan beynun vaa meehun ves thibeyne hen heevanee. V reerhi feshun

  3. Saajidh

    Mivaahaka keen… v reethi vaahakaeh mee…

  4. Purplish

    I couldn’t read this story
    Kiyaalan beynumee

  5. Me

    kn site ahkun mi vaahaka kee

    1. Saajidh
      Me

      Publish kohfa oiy fotheh… Deepika Padukone ge photo eh jahaafa innaany cover ga…

  6. Shoo

    Me site akun nooney
    Waahaka fothei hama

  7. #

    Yes, i think i have read this story never mind….

  8. Mal

    Rythi story eh… Xaahy ge stories v loabi

  9. sha

    Nice

Comments are closed.