Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އަސަރު 22

Liaa
July 10, 2016
8 Mins Read
85 Views
31 Comments

ބާރަ އަހަރު ފަސް………..

އިބްރާހީމް ނާސިރު އިންޓާނޭޝަނަލް އެއާޕޯޓުތެރޭގައި ތަފާތު މީހުން ހޭލާމޭލާވެ އުޅެމުން ގެންދިއައެވެ. ފުރަންދާ މީހުންނާއި ލަފައިގެން އަންނަ މީހުންނެވެ. މީހުން ފުރުވަން އައިސް ތިބޭ މީހުންނާއި ބަލައި އައިސް ތިބޭ މީހުންނެވެ. މިއެންމެންގެ ތެރެއިން ފުރޭނިގެން ފަދަ ގޮތަކަށް ފަރި ހިނގުމެއްގައި އެހެރަ އަންނަ އަންހެން ކުއްޖާއަށް ގިނަ ބައެއްގެ ލޯތަށް އަމާޒުވަމުން ދިޔައެވެ. ގަދަ ނޫ ކުލައިގެ އަބާޔާއެއް ލާފައި ހުރި އިރު ބޮލުގައި އަޅި ކުލައިގެ ޝޯލްއެއް އަޅާފައި ހުރިއިރު އެއް ބައްޓަން ރީތި ހަށިގަނޑަށް ފުރިހަމަކަން ގެނަސްދީފައިވެއެވެ. ތުންފަތުގައި ގަދަ ރަތް ކުލައިގެ ލިޕްސްޓިކްއެއް ޖައްސާފައި ވީއިރު އެ ދޮންމޫނަށ އިތުރު ފުރިހަމަކަމެއް ގެނަސްދެއެވެ. އަޅާފައިވާ ކަޅުކަން ގަދަ މަސްކަރާ އާއި އައި ލައިނާރ ގެ ސަބަބަބުން އެރީތި ދެލޯ އިތުރަށް ރީތި ކަމަށް ދައްކައެވެ. ފަރިފަރި ހިނގުމެއްގައި ޕިންކު ކުލައިގެ ބޮޑު ސުއިޓްކޭސް ދަމަމުން އޭނާ މިސްރާބު ޖެހީ އެއާރޕޯޓުން ބޭރަށް ދިއުމަށެވެ. ބޭރަށް ނިކުތުމާއެކު އިރުގެ ދޯދިތަށް އޭނާގެ މޫނަށް އެޅެން ފެށިއެވެ. އެއާއެކު ކުޑަކޮށް މަޑު ޖެހިލުމަށްފަހު އަތުގައި އޮތް ހޭންޑްބޭގް އިން ކަޅުކުލައިގެ އަވިއައިނެއް ނަގައި ލޮލަށް ހެޔޮވަރުކޮށްލިއެވެ. އޭނާ ދެން މިސްރާބު ޖެހީ މާލޭ ފެރީ ޓަރމިނަލް އާ ދިމާއަށެވެ. އެއާއެކު ތަންކޮޅެއް ދުރުން ފިރިހެންކުއްޖަކު އޭނާއަށް ހަނާއަޅާލިއެވެ. ބަލާބެލުމަށް ހީވަނީ ސަތާރަ އަށާރަ އަހަރުގެ ކުއްޖެއްހެންނެވެ. އެކުއްޖާ ފެނިފައި އޭނާއަށް ދަތްޕިލާ އެއްކޮށް ފެންނަ ވަރަށް ހީލެވުނެވެ. ސުއިޓްކޭސްވެސް އެހުރި ތަނުގައި ބެހެއްޓުމަށްފަހު ދުވެލާފައި ގޮސް އެ ފިރިހެން ކުއްޖާ ގައިގައި އޮޅުލައިގަތެވެ.

“ދޮންތީ..” އެ ފިރިހެންކުއްޖާ ޝިކާ ގައިގައި ބައްދާލަމުން ބުނެލިއެވެ. “ދޮންތި މިހާރު ހާދަ ތަފާތޭ.. ހީވަނީ އަރަބިއަން މޮޑެލްއެއް ހެނެއްނު..” އެކުއްޖާ ޝިކާ ދުރުކޮށްލައި ޝިކާއަށް ފުންކޮށް ބަލާލަމުން އެހެން ބުނެލީ ހިނިގަނޑެއް ޖަހާލުމަށްފަހުގައެވެ.

“ޝިނާންކޮ ވެސް ވަކި މޮޑެލް އަކަށް ދޫނުކުރޭ…” ޝިނާންގެ ޖެލް ލައި ހަރުކޮށްފައި ހުރި ފަން އިސްތަށިގަނޑު ހާވާލަމުން ޝިކާ ބުނެލިއެވެ.

“އޭތް ވޯ..! ޑޯންޓް މެސް ވިތް މައި ހެއަރ!” ޝިނާން ޝިކާ ގެ އަތް ނުޖެހޭ ހިސާބަށް ޖެހިލައި އެހެން ބުނެލީ އަތުން ކަރާޓީ ތަޅާ ގޮތް ދައްކާލަމެވެ. ޝިނާން ގެ މިހަރަކާތް ފެނުމުން ޝިކާ ގާތަށް ހިނިއައެވެ.

“ކޮބާ މަންމަމެން ؟ ނާދޭތަ؟” ޝިކާ އެހެން އަހާލީ އޭނާގެ މަންމަ އާއި ބައްޕަ ޝިނާން އާ އެކު ފެންނަން ނެތުމުންނެވެ.

“މާލޭގަ ވީ.. ހިނގާބަ އަވަހަށް ދާން… ބުނި ލަފާ ތާނގައި ހުންނާނަމޯ…” ޝިނާން ބުނެލިއެވެ.

ތަންކޮޅެއް ދުރުގައި ހުރި ޝިކާގެ ފޮށި ހިފައިގެން ޝިނާން އައިސް ދެމީހުން އެކީ ޓިކެޓް ނަގައިގެން ފެރީއަށް އެރިއެވެ. އެތަށް ދުވަހަކަށް ފަހު އޭނާގެ މައިންބަފައިން ފެންނާތީ ޝިކާ ހުރީ ވަރަށް ވެސް އުފަލުންނެވެ. ފެރީ ތެރޭ އިންއިރު ޝިނާން އޭނާގެ ފޯނުން ތަފާތު ފޮޓޯތަށް ޝިކާއަށް ދައްކަމުން ގެންދިއައެވެ. އޭނާ ވެސް ހުރީ އެތަށް އަހަރަކަށް ފަހު އޭނާގެ ދޮންތަ އާ ބައްދަލުވުމުން އުފަލުން ފޮޅިފައިކަން އޭނާގެ ހަރަކާތްތަކުން ދޭހަވެއެވެ.

“ޝިނާންކޮ އަދިވެސް ބޮޑެއް ނުވޭ ދޯ…” ޝިނާން ކުޅެމުން ގެންދިޔަ ގޭމް ފެނުމުން ޝިކާ އެހެން ބުނެލީ ޖެއްސުމަށެވެ.

“ނޫން… ‘ޝިނާންކޮ’ އޭ ދެން ނުކިޔަބަލަ މިހާރު…. ފްރެންޑްސް ކޯލް މީ ޝިން… އެހެންވީމަ ދޮންތަ ވެސް ޖެހޭނީ އެހެން ކިޔަން…” ޝިނާން ފޮނިވެލާފައި ބުނެލިއެވެ.

“އޯކޭ… ޝިން…” ޝިކާ ހިނިގަނޑެއް ޖަހާލަމުން ބުނެލިއެވެ.

“ބަލާބަ… ރީތި ބިޓެއް ދޯ؟” ޝިނާން އޭނާގެ ފޯނުގައި އިން އަންހެންކުއްޖެއްގެ ފޮޓޯއެއް ދައްކާލަމުން ބުނެލިއެވެ. ރަތް ކުލައިގެ ޝޯލްއެއް އަޅާފައި ހުރިއިރު އެކުއްޖާގެ ދޮން މޫނަށް ރަކި ހިނތުންވުމެއް ވެރިވެފައިވެއެވެ.

“ވާއޮ.. ޝިނާންކޮ އާ ވަރަށް ގުޅޭ… އޯ ސޮރީ.. ޝިން އާ ވަރަށް ގުޅޭ….” ޝިކާ އެ ފޮޓޯއަށް ބަލަން އިނދެ ބުނެލިއެވެ. “މީ ޝިންގެ ގާލްފްރެންޑް ތަ؟” ޝިކާ އެހެން އަހާލީ ޖެއްސުމަށެވެ.

“ނޫނޭ… އަހަރެންގެ ގާލްފްރެންޑް ވަރަށް އަވަހަށް ދޮންތައަށް ދައްކާނަން…” ޝިނާން ފޯންގެ ސްކްރީން ނިއްވާ ޖީބަށްލަމުން ލާނެތް ފާޑަކަށް ބުނެލިއެވެ. ޝިކާ ހިތަށް އަރަމުން ދިއައެވެ. އޭނާގެ ކޮއްކޮ ހާދަ ބަދަލުވެއްޖެއެވެ. އޭނާ ރާއްޖެއިން ބޭރަށް ދިޔައިރު ޝިނާން ހުންނަލެއް ކުޑަ ކަމާ މައުސޫމްކަން ހަނދާންވެފައި ޝިކާ ގާތަށް ކުޑަކޮށް ހިނިއައެވެ. އޭރު ‘ބަޓާރފްލައި’ ގެ ސްޕެލިންގް ނޭނގިގެން އުޅުނު ކުއްޖާ މިހާރު އެހެރަ ދައްކަނީ ބިޓުންގެ ވާހަކައެވެ. ވާނީވެސް އެހެންތާއެވެ. މިހާރު ޝިނާން އަކީ ކުރީގެ ކުޑަކުޑަ ކޮއްކޮއެއް ނޫނެވެ. އޭނާއަށް މިއަހަރު އަށާރަ އަހަރު ފުރޭނެއެވެ.

ފަނަރަ މިނެޓްގެ ދަތުރަކަށް ފަހު ޝިކާމެންނަށް މާލެ ދެވުނު އިރު އޭނާގެ މަންމަ އާއި ބައްޕަ އެދެކުދިން ބަލާ އައިސް ތިއްބެވެ. ސަމީރު އާއި ރަހީމާ ގެ މޫނުމަތިން ވެސް އުޖާލާކަން ފެންނަމުން ދިއައެވެ. ދިހަ އަހަރަށްފަހު އެމީހުންގެ އެންމެ ދޮށީ އަދި ހުރި ހަމައެކަނި އަންހެން ދަރިފުޅު ފެންނާތީއެވެ. ޝިކާ އައި ގޮތަށް އައިސް ރަހީމާ ގައިގައި އޮޅުލައިގަތެވެ. ރަހީމާގެ ލޮލުން އޭރު ދިއައީ އުފަލުގެ ކަރުނަ ފައިބަމުންނެވެ.

“ޔާރައްބީ… މީ ހަމަ އަހަރެމެންގެ ޝިކާތަ؟” ސަމީރު ތުންފަތުގައި ޝަހާދަތް އިނގިލި ޖައްސާލަމުން އެހެން ބުނެލީ ވޭތުވެ ދިޔަ އަހަރުތަކުގެ ތެރޭގައި ޝިކާއަށް އައިސްފައިވާ ބަދަލު ފެނި ހައިރާންވެގެންނެވެ. ކުރިއަށް ވުރެ އޭނާގެ ހަށިގަނޑު ފަލަވެ ރީތި ވެފައި ވާއިރު އެ ހަމުގެ ކުލަ ވަނީ އިހުނަށް ވުރެ ބޮޑަށް ދޮންވެފައެވެ. ދުވަހަކުވެސް މޭކަޕެއްކޮށްފައި ނުވާ އެ މޫނުގައި ލިޕްސްޓިކް ޖައްސާފައި ހުރުމުން ސަމީރު ކުޑަކޮށް ނުރުހުންވި ނަމަވެސް އެއްޗެކޭ ނުބުނެއެވެ.

“ލައްބަ ބައްޕާ.. މިއީ އަޅުގަނޑު ، އާމިނަތު ޝިކާ ސަމީރު… ” ޝިކާ އެހެން ބުނެލި ގޮތުން ސަމީރު އާއި ރަހީމާގެ އިތުރުން ޝިނާން ގާތަށް ވެސް ހިނިއައެވެ. މަގުމަތިން ދިޔަ ޓެކްސީއެއް މަޑުކުރުވުމަށްފަހު އެއަށް އަރައިގެން ހަތަރު މީހުން މިސްރާބު ޖެހީ މާލޭގައި އެއާއިލާ ފާއިތުވި ބާރަ އަހަރު ތެރޭގައިވެސް ކުއްޔަށް ހިފައިގެން އުޅުނު އެޕާޓްމެންޓާ ދިމާއަށެވެ.

ގެއަށް ދެވުމާއެކު ޝިކާ އޭނާގެ ފޮށި ހިފައިގެން މިސްރާބު ޖެހީ އޭނާގެ ކޮޓަރިއާ ދިމާއަށެވެ. ޝިކާ ގާތު ފެންވަރާލައިގެން އަވަހަށް ކާން އައުމަށް ބުނެ ރަހީމާ ބަދިގެއަށް ދިއައެވެ. ކޮޓަރިއަށް ވަނުމަށްފަހު ޝިކާއަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ. އެއީ އޭނާ ކުރިންވެސް އުޅެފައިވާ ތަނެއް ނަމަވެސް އޭނާއަށް އިހުސާސްކުރެެވެމުން ދިއައީ ބީރައްޓެހިކަމެވެ. އެހެން މައުލޯހެއްގައި އެހާ ގިނަ ދުވަހު އުޅެފައި އައުމުން ކަމަށް ވެސް ވެދާނެއެވެ. ވެފައިވާ ކަންނެތް ކަމެއްގެ ބޮޑުކަމުން އޭނާ އެލައިގެން ހުރި އެއްޗެއްސާ އެކު އެނދުމައްޗަށް ވެއްޓިގަތެވެ. އެއާއެކު ކުއްލިއަކަށް ކަމެއް ހަނދާންވާ ފަދައިން ފޯނު ނަގައި ވައިބާރ ހުޅުވައި ނަންބަރަކަށް ގުޅާލިއެވެ.

“ހަލޯ… އައީތަ މިހާރު؟” އެކޮޅުން ފޯނު ނެގި ގޮތަށް ފިރިހެންވަންތަ އަޑަކުން އަހާލިއެވެ.

“ހުމްމްމް.. ނާންނަމެއްނު އެއަރޕޯޓަށް ބަލާވެސް..” ޝިކާ ތުންދަމާލާފައި ބުނެލިއެވެ.

“ސޮރީ ބޭބީ.. ބިޒީ ކަމުން ހަމަ ނުދެވުނީ… އެގަޑީގަ ބޮސް ހުއްދައެއް ނުދިން ދާކަށް…” އެކޮޅުން ބުނި އަޑު އިވުނެވެ.

“މިރޭ ދިމާވާން ޖެހޭނެ އިނގޭ…” ޝިކާ ތުންދަމާލާފައި އަނެއްކާވެސް ބުނެލިއެވެ.

“ހެހެ… ޔަޤީނެއްނު…” އެކޮޅުން އެހެން ބުނެލީ ހިނިގަނޑެއް ޖަހާލުމަށް ފަހުގައެވެ. ” އަށް ގަޑި ބައިގައި ދާނަން ބަލާ..”

“އޯކޭ…” އެހެން ބުނެލުމަށްފަހު ފޯނު ބޭއްވިއިރު ޝިކާގެ މޫނުމަތީގައި ވަނީ ފުން ހިނިތުންވުމެކެވެ.

ޝިކާ އެހެން އިރުކޮޅަކު އޮތުމަށްފަހު ތެދުވެ ފާހާނާއަށް ވަނީ ފެންވަރާ ތާޒާވެލުމަށެވެ. މާގަނޑު ދޮށުގައި ބޮލަށް ފެން އަޅާލަ އަޅާލަ އޭނާއަށް ހުރެވުނީ އެ ހަށިގަނޑުގައި ފެން ތިކިތަށް ބީހިލުމުން އެވާ އަރާމެއްގެ ސަބަބުންނެވެ. އެތައް އިރެން ވަންދެން ފެން އެޅުމަށްފަހު ނިކުތް އިރު އޭނާ ކާން ނައިސް ލަސްވެގެން ރަހީމާ ގޮވާ އަޑު އިވެއެވެ. މިދަނީޔޭ ގޮވާލުމަށްފަހު އޭނާ ހަށިގަނޑުން ފެން ހިއްކައި ގޭގައި ލާ ކަހަލަ ކަކުލާ ހަމައަށް އަރާ ކުރު ހެދުމަކާ ހަރަވާޅެއް ލުމަށްފަހު އޭނާ ކާގެއަށް މިސްރާބު ޖެހީ ތުވާލި ބޮލުގައި އޮޅައިގެން ހުރެއެވެ.

****

ގަޑިން ރޭގަނޑު އަށެއް ޖެހީއެވެ. އަތުގައި ހުރީޔާ ހުރި ހެދުމެއް އެނދުމަތީގައި ފަތުރާލައިގެން ޝިކާ ތަޅުންގަނޑު މަތީ ދެފައި ވައްކޮށްލައިގެން އިން އިރު އޭނާގެ ކަޅި ފަހަރަކު ހެދުމަކާ ދިމާއަށް ދަތުރުކުތަމުން ގެންދިއައެވެ. މިރޭ އޭނާ ބޭރަށް ދިއުމަށްޓަކާ ލާނެ ހެދުމެެއް ނޭނގިގެން އޭނާ އުޅޭތާ މިހާރު ކޮންއިރެއް ހެއްޔެވެ؟ އެވަރަށް އެހެނދުންތަކަށް ބެލި އިރު ވެސް ލާނެ ވަކި ހެދުމެއް އޭނާއަކަށް ނޭނގުނެވެ. އެންމެފަހުން އޭނާ ދުވެލާފައި ކަހަލަ ގޮތަކަށް ކޮޓަރިން ނިކުމެގެން ދިއައެވެ. އެނބުރި އައީ ޝިނާން ގޮވައިގެންނެވެ.

“އަޅެ ބުނެބަ … ދޮންތި ލާނީ ކޮން ހެދުމެއްތަ؟” ޝިކާ ޝިނާން ގާތު އަހާލީ ވަރަށް ވެސް މައުސޫމް ގޮތަކަށެވެ. ޝިނާން ގާތު އޭނާގެ ދޮންތަ އެހެން އެހުމުން އޭނާ އަށް ކުޑަ ވަރެއްގެ ހައިރާންކަމެއް ލިބުނެވެ. އޭނާގެ ދޮންތަ އަކީ ދުވަހަކުވެސް އެހެން މީހުން ގާތު ލާނީ ކޮން ހެދުމެއްތޯ އަހާ މީހެއް ނޫނެވެ. އޭނާ ހިތަށް އެރިއެވެ. ޖަޕާނަށް ދިޔަ ފަހުން މުޅި މީހާ އެހެރީ ފޯމެޓް ވެފައި ތޯއްޗެވެ. އޭނާ ގެ ލޮލުގައި އެނދުމަތީގައި އަތުރާލެވިފައިވާ ހެދުން ތަކުގެ ތެރޭގައި އޮތް ރަތް ކުލައިގެ އަބާޔާ އެއް އަޅައިގަތެވެ. އެހެދުން އޭނާއަށް ރީތިވިއެވެ. އެ ނެގުމަށްފަހު އެތަނުން ގޯލްޑް ކުލައިގެ ޝޯލްއެއް ނަގައި ޝިކާއަށް ދިއްކޮށްލިއެވެ.

“މީތި ސަޅިއޭ..” ޝިނާން ޝިކާގެ އަތަށް އެ ދޭތި ލައިދެމުން އެހެން ބުނި އިރު ޝިކާ އެއްބުމަ އަރުވައިގެން އެއަށް ބަލަން އިނީ ފާޑަކަށެވެ. ޝިނާން މަޑުމަޑުން ކޮޓަރިން ނިކުމެގެން ދިޔައިރު ވެސް ޝިކާއަކަށް ރޭކާނުލިއެވެ. އެވަގުތު ޝިނާން ގެ ހިތަށް އެއީ ހަމަ އޭނާގެ ދޮންތަބާއޭ ހިތަށް އެރިއެވެ. ޗުސް ތަޅަމުން އެކޮޓަރިން ނިކުތް އިރު ސިޓިންގރޫމް ސޯފާގައި އިން ރަހީމާ ވީ ކީއްތޯ ސުވާލު ކުރިއެވެ.

“ދޮންތަ އުޅޭލެއް އެހެން ކަހަލަ ކަމުން…” މިހެން ބުނެ ބޯހޫރަމުން ޝިނާން ގޮސް ވަނީ އޭނާގެ ކޮޓަރިއަށެވެ. ޝިނާން ގެ އަމަލުތަކުން ރަހީމާ ގާތަށް ކުޑަކޮށް ހިނިއައެވެ. ނަމަވެސް ކުދިން ބޮޑުވަމުން އަންނަ ވަރަކަށް އެކުދިންގެ މިޒާޖު ބަދަލުވަމުންދާނެ ކަމަށް ރަހީމާ ޤަބޫލުކުރެއެވެ. އެއްވެސް މީހަކު އަބަދު އެއްގޮތަކަށް ނޫޅޭނެއެވެ.

*****

އަށްގަޑި ތިރީސް ފަހެއް ހިނގިތަނާ ޝިކާ ކޮޓަރިން ނިކުމެގެން އައީ ތެޅެމުން ފޮޅެމުންނެވެ. ޝިނާން ބުނި ރަތް ކުލައިގެ ފައިތިލައާ ހަމައަށް އަންނަ ހެދުން ލައިގެން ހުރި އިރު ބޮލުގައި ވަނީ ގޯލްޑް ކުލައިގެ ޝޯލްއެއް އަޅާފައެވެ. ތުންފަތުގައި ގަދަ ރަތް ކުލައިގެ ލިޕްސްޓިކް ޖައްސާފައިވީއިރު އައި ލައިނާ އިން އެ ރީތި ދެލޯ ކައިރި ވަނީ ފަވާލާފައެވެ. ކޮނޑުގައި އަޅުވާފައިވާ ކަޅުކުލައިގެ ހޭންޑްބޭގް ރަނގަޅުކޮށްލުމަށްފަހު އޭނާ އަވަސް ފިޔަވަޅުތަކެއްގައި ހިނގައިގަތީ ގެއިން ނިކުތުމަށެވެ.

“ދަރިފުޅާ..؟ ކޮންތާކަށް..” ކާމޭޒުދޮށުގައި އިން ރަހީމާ ސުވާލުކުރިއެވެ.

“މަންމާ.. އެބައަންނަން ބޭރަށް ގޮސްފަ ފްރެންޑަކާ އެކީގަ..” ޝިކާ އެހެން ބުނުމަށްފަހު ބޭރު ދޮރު ހުޅުވާލިއެވެ.

“ނުވެސް ކައިތަ ދަނީ؟” ބަތް ކާން އިން ސަމީރު އަހާލިއެވެ.

“ލައްބަ… ބޭރުން ކާނީ…” ޝިކާ އެހެން ބުނުމަށްފަހު ނިކުމެގެން ހިނގައްޖެއެވެ.

ޝިކާ ނިކުމެ ދެކޮޅު ހޯދާލި ހިނދު މަގު ކައިރީގައި ޕާކް ކޮށްފައި ހުރި ސައިކަލު މަތީގައި އިން ޒުވާނާ ފެނި އޭނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. އެޒުވާނާ އެވަގުތު އަތުކުރީ ގަޑިއަށް ބަލާލުމަށްފަހު ފުން ނޭވާއެއް ދޫކޮށްލިއެވެ. މިމަންޒރު ފެނުމުން ޝިކާ ގާތަށް ހިނިއައެވެ. ފަރި ހިނގުމެއްގައި ގޮސް އިސްޖަހައިގެން އިން އެ ޒުވާނާ ކައިރިއަށް ގޮސް ކަރުކެހެލިއެވެ. އޭނާ އިސްނަގައި ޝިކާއަށް ބަލާލުމަށްފަހު އަނެއްކާވެސް ގަޑިއާ ދިމާއަށް ބަލަންފެށި ގޮތުން ހީވީ އޭނާއަށް ޝިކާ އަކީ ކާކުކަން ނޭނގުނީ ހެންނެވެ. ނޫނީ ޝިކާ ކަރުކެހިލަމުން އެ ގޮވާލީ އެހެން މީހަކަށް ހެންނެވެ.

“އަހޫ!” ޝިކާ ސައިކަލް މަތީގައި އިން އަހުސަންގެ ކޮނޑުގައި ޖަހާލަމުން ގޮވާލިއެވެ. ސިހުން ވެފައި އަހުސަން ކުރިމަތީގައި ހުރި އަންހެން ކުއްޖާއަށް ބަލާލިއެވެ. ހިނދުކޮޅަކަށް އޭނާއަށް އެއީ ކާކުކަން ނޭނގިފައި ހުރެވުނީ ކަޅި ޖަހާލަން ވެސް ނޭނގިފައެވެ.

“ޝިކް؟” އޭނާއަށް އެއީ ޝިކާކަން ފާހަގަ ކުރަން އެނގުނީ ހަމައެކަނި އެ ތޫނު ދެލޮލުންނެވެ.

“ހުމްމްމް.. އަވަހަށް ހިނގާބަ ދެން…” ސައިކަލު ފަހަތު ސީޓަށް އަރައި އޭނާ އެހެން ބުނެލީ އަހުސަން ބަލާވަރުން ލަދުގަނެފައި ހުރެއެވެ. އެވަގުތު ސައިކަލު ސްޓާޓް ކުރުމަށްފަހު އަހުސަން ދުއްވާލިއެވެ.

“ވާއޮ.. ޔޫ ލުކް ޑިފަރެންޓް…” ސައިކަލު ދުއްވަމުން އަހުސަން ބުނެލިއެވެ. އޭނާ ހުރީ އަދިވެސް އެއީ ޝިކާ ކަމާ މެދު ޤަބޫލުކުރަން ދަތިވެފައެވެ. “ވަރަށް ލޯބި މިހާރު…”

“ތެންކްޔޫ..” ޝިކާ ތުއިވެލާފައި އެހެން ބުނެލިއެވެ. އަހުސަން އަށް ޝިކާގެ ކޮންމެ އާ ސިފައެއް ކަމުދިއައެވެ. އެގޮތުގައި އެދެލޯބިވެރިން އެތަށް އިރެއް ވަންދެން ސައިކަލު ދުއްވަމުން އެކަކު އަނެކަކާ ވާހަކަތަށް ހިއްސާކުރަމުން ގެންދިއައެވެ.

އެތަށް އިރަކު ދުއްވުމަށްފަހު އަހުސަން މަޑުކުރީ ރާންބާ ރެސްޓޯރެންޓު ގެ ކައިރިއަށެވެ. އެ ރޮމޭންޓިކް މައުހޯލުގައި އެދެމީހުން ރޭގަނޑުގެ ކެއުމަށް އިންސާފުކުރަމުން ދިޔައިރު ވެސް އަހުސަންއަށް ކަޅިޖަހާނުލާ ބެލެނީ ޝިކާގެ އެލޯބި މޫނާ ދިމާއަށެވެ. އޭނާގެ ތޫނު ނަޒަރު ޝިކާއަށް އަމާޒުވަމުންދާ ތަން ފެނުމުން އޭނާ ރަކި ގޮތަކަށް އިސްޖަހާލައެވެ.

“ޝިކް…. ދެން ކޮންއިރަކުންތަ މަންމަމެން ގާތު ބުނަނީ އަހަރެމެން ދެމީހުންގެ ވާހަކަ؟ އަހަރެން ބޭނުން ވީހާ ވެސް އަވަހަށް މެރީ ކުރަން…” ވާހަކައިގެ ތެެރެއިން އަހުސަން ޝިކާ ގާތު އަހާލިއެވެ. އޭނާ މިހާރު އެތަށް ފަހަރަކު ޝިކާ ގާތު އެވާހަކަ ދައްކައިފިއެވެ. ނަމަވެސް ޝިކާ ކޮންމެ ފަހަަރަކުވެސް ޖަވާބެއްގެ ގޮތުގައި ދެނީ ކައިވެނި ކުރާނީ ކިޔަވައި ނިމުމުން ކަމުގައެެވެ. ނަމަވެސް މިހާރު ޝިކާ އެއައީ އެއްކޮށް ކިޔަވައި ނިމިގެންނެވެ. ދެން މިހާރު ކައިވެންޏަށް އެއްވެސް ހުރަހެއް ނޯންނާނެ ކަމުގައި އަހުސަން ދެކުނެވެ.

“އަހަރެން ބުނާނަން…. އަމްމް… މާދަން ބުނާނަން އިނގޭ…” ޝިކާ ބުނެލިއެވެ. އޭނާ ވެސް މިހާރު ބޭނުމީ އަވަހަށް އަހުސަން އާ ކައިވެނި ކުރާށެވެ. އޭނާގެ އުމުރުން މިއަހަރު ނަވާވީސް އަހަރު ފުރޭއިރު މިހާރުވެސް ކައިވެނި ކުރުން ލަސްވެއްޖެ ކަމުގައި އޭނާ ދެކެއެވެ. ނަމަވެސް ކިޔެވުން ނިމުމުގެ ކުރިން އޭނާ ކައިވެނި ކުރަން ބޭނުން ނުވީއެވެ.

“ހީވޭތަ ޝިކް ގެ މަންމަމެން އެއްބަސްވާނެހެން މި ކައިވެންޏަށް؟” އަހުސަން އަހާލިއެވެ.

“ހުމްމް.. އަހަރެންގެ އުފަލަށް މަންމަމެން ހުރަސްއަޅާނެހެނެއް ހިޔެއް ނުވޭ…” ޝިކާ ބުނެލިއެވެ. އޭނާގެ މައިންބަފައިން އޭނާ ދެކެ ލޯބިވާނަމަ ހުރި ހަމައެކަނި އަންހެން ދަރިފުޅު ބޭނުން މީހަކާ ކައިވެނި ކުރުމަށް ދޫކޮށްލާނެއެވެ.

ރޭގަނޑުގެ ކެއުމަށްފަހު އަހުސަން ޝިކާ ގޮވައިގެން ސައިކަލުގައި ދުއްވާލިއެވެ. އޭނާގެ މިސްރާބު ހުރީ މާލޭގައި ހުންނަ މަޝްހޫރު ޝޮޕިންގ މޯލް އެއް ކަމުގައިވާ ‘ގްރީން ބަބުލް ޝޮޕިންގ މޯލް’ އާ ދިމާއަށެވެ. އެ ތަނުގެ ކުރިމަތީގައި ސައިކަލު ހުއްޓާލުމާއެކީ ޝިކާ އެތަނާ ދިމާއަށް ހައިރާންވެފައި ބަލަން ފެށިއެވެ.

“މީ ކޮން ތަނެއް؟ ދުވަހަކު ވެސް ނުދެކެން..” ޝިކާ ސައިކަލުން ފައިބަމުން އަހާލިއެވެ. އޭނާ މާލޭގައި އުޅުނު އިރު ދުވަހަކުވެސް މި ފިހާރައިގެ ވާހަކަ އަޑުއަހާފައިވެސް ނުވެއެވެ.

“ތީ މިހާރު ރާއްޖޭގެ އެންމެ މަޝްހޫރު ބްރާންޗް ‘ގްރީން ބަބުލް’ އިން ހިންގާ ތަނެއް…” އަހުސަން ޝިކާއަށް އޮޅުން ފިލުވާދިނެވެ.

“ތީ އެހެންވީ އިރު ވަރަށް ފަހުން އުފެދުނު ބްރާންޗެއްތާ… އަހަރެން އުޅުނު އިރު ދުވަހަކު ވެސް އެހެން ކިޔާ ބްރާންޗެއްގެ ނަމެއް އަޑެއް ނާހަން..” ޝިކާ އަހުސަންގެ އަތުގައި ހިފައިލަމުން ބުނެލިއެވެ.

“ޝިކް އަކަށް ނޭނގޭ ދޯ؟ އެ ބްރާންޗްގެ ފަރާތުން މާލޭގައާ ހުޅުމާލޭގައި ބައިވަރު އޮފީސްތަށް ވެސް ހުޅުވާފައި ހުރޭ… އަދި ދެ ޕްރައިވެޓް ސްކޫލް ވެސް ހުރޭ..” އަހުސަން ޝިކާއާ އެކު އެތެރެއަށް ވަންނަން ހިނގައިގަތެވެ.

“އެހެންވިއްޔާ މިތަނުގެ އޯނަރު ހާދަ މުއްސަނދިވާނޭ ދޯ… އިނގޭތަ އެއީ ކާކުކަން؟” ޝިކާ އަހާލިއެވެ.

“ނުވެއް ދެކެން ދުވަހަކުވެސް.. އެއީ އިންޓަވިއު ތަކާ ވަރަށް ބީރައްޓެހި ބޭފުޅެކޯ… ނަން އަޑުއަހަން… ވަރަށް ގިނައިން ޓީވީއިން ކިޔާނެ…. ކޮންމެވެސް އަހުމަދު އެއް ކިޔަނީ..” އަހުސަން އެއްޗެއް ހަނދާންކުރާ ފަދަ ގޮތަކަށް ބުނެލިއެވެ. “ދެން ޝިކް ބޭނުން އެއްޗެއް ނަގާ މިތަނުން… އައި ވިލް ބައި…” އަހުސަން އެއްމިޔަކުން ހީލަމުން ބުނެލިއެވެ.

ޝިކާ މުޅި އެތަން ތެރެއަށް ނަޒަރު ހިންގާލިއެވެ. ބޮޑު ތަނެކެވެ. އޭސީގެ ގަދަ ފިނި މުޅި އެތަނުގައި ހިފާލާފައިވާއިރު މުޅި ތަނަށް ވެރި ވެފައިވަނީ އެއާރ ފްރެޝްނާރ ގެ ހިތްގައިމު މީރު ވަހެވެ. އޭނާގެ އަތުގައި ހިފައިގެން އަހުސަން ހިނގައިގަތީ އެތަނުގެ މަތީބުރިއަށް އެރެން ހުންނަ ސިޑިއާ ދިމާއަށެވެ. އެތަނުން މައްޗަށް އެރުމުން ފެންނަން ހުރީ ބަދިގޭ ސާމާނާ، ޕެކެޓްކޮއްފައި ހުރި ކާނާ ފަދަ ތަކެއްޗެވެ. ޝިކާ ހިނގައިގަތީ ޗޮކްލެޓްތަށް ހުރި ހަރުގަނޑާ ދިމާއަށެވެ. އޭނާ ބޭނުންވި ވައްތަރުގެ ޗޮކުލެޓެއް ނެގުމަށްފަހު އަހުސަން އަތަށް ދިނެވެ. އޭރުވެސް އޭނާގެ ކަޅި ވަނީ އެތަނުގެ އެކި ތަންތަނަށް ހުއްޓިފައެވެ. ތަން ޑިޒައިންކުރެވިފައިވާލެއް ރީތިކަމުން އޭނާއަށް ހިތާހިތުން އެތަނުގެ ހިތްގައިމު ކަމަށް ތަޢުރީފުކޮށްލެވުނެވެ. ރަނގަޅަށް ބަލާލުމަށްޓަކައި އޭނާ ހިނގަމުން ދިއައީ އަހުސަން އާ ތަންކޮޅެއް ދުރަށެވެ. އޭރު އަހުސަންވެސް އުޅުނީ ކޮންމެވެސް ފޯނުކޯލެއް އައިސްގެން ކަމުން އޭނާއަށް ޝިކާ ދިޔަކަމެއް ނޭނގުނެވެ. ޝިކާ ދުރުބަލަހައްޓައިގެން ހުރެ ހިނގަނިކޮށް އޭނާއަށް ރޭކާލީ ކުރިމަތީގައި ހުރި ޝެލްފްގައި ބަހައްޓާފައި ހުރި ދަޅުތަކެއްގައި އަޅައިގަނެފައި އެދަޅުތަށް ވެރުމުންނެވެ. އެހުރިހާ ދަޅެއް ވެއްޓުނީ ކުރިމަތީގައި ހުރި ފިރިހެންމީހާގެ ފައިމައްޗަށެވެ. ޝިކާ ގަތް ލަދުން އަވަސްއަވަހަށް ތެދުވެ ސޮރީ އޭ ބުނުމަށްފަހު އެދަޅުތަށް ހޮވަންފެށިއެވެ. އޭރު އެތަނުގައި މަސައްކަތްކުރާ ދެތިން ސޭލްސް ގާލް ވެސް އައިސް ޝިކާއަށް އެހީތެރިވާން ފަށައިފިއެވެ. ހުރިހާ ދަޅެއް ނެގުމަށްފަހު ޝިކާ ތެދުވެ ވަށްކަޅިން ކުރިމަތީގައި ހުރި މީހާއަށް ބަލާލިއެވެ. ދެވަނަ ފަހަރަށް ވެސް އޭނާއަށް އެމީހާއާ ދިމާއަށް ބަލާލެވުނީ އެއީ އޭނާ ދަންނަ މީހެއްހެން ހީވުމުންނެވެ. އޭނާ ރަނގަޅަށް އެމީހަކާ ދިމާއަށް ބަލާލިއެވެ. އޭރު އެމީހާ ވެސް ހުރީ ކަޅިޖަހާ ނުލާ ޝިކާއާ ދިމާއަށް ބަލަހައްޓައިގެންނެވެ.

އެއީ ކާކުކަން ޝިކާއަށް ވިސްނުނު ހިނދު އޭނާ އަށް ދެލޯ ބޮޑުކޮށްލެވުނެވެ. އެއީ ހަމަ އޭނާ ހެއްޔެވެ؟ ކުރިއަށް ވުރެ އެ ހަށިގަނޑުގެ ބައިމަތި ފުޅާވެ ދޮން ވެފައިވީއިރު ތުނބުޅި މަތިމަސްވެސް ހުރީ ހިތްގައިމު ވަރަކަށް ދިގުކުރެވިފައެވެ. ލައިގެން ހުރި ނޫ ކުލައިގެ ގަމީސް ދަށަށް ޖަހައި އެއާ ގުޅޭ ގަދަ ފެހި ކުލައިގެ ޓައީ އެއް އަޅާފައި ހުރި އިރު އޭނާ ފެންނަލެއް ނުހަނު ހިތްގައިމެވެ. އެ އަސަރުގަދަ ދެލޯ އަދިވެސް ބަދަލެއް ނުވެއެވެ. އެއީ ހަމަ މީގެ ބާރަ އަހަރު ކުރިންވެސް އޭނާގެ ހިތާ ކުޅެލި ތޫނު ދެލޮލެވެ. އޭނާގެ ނަފްސު އެ އަސަރުގަދަ ޖާދޫވީ ދެލޮލުގެ ތެރެއަށް މީގެ ބާރައަހަރު ކުރިއެކޭ އެއްފަދައިން ގެނބިގެން ދިޔަ ހިނދު އެ ދުލުން މަޑުމަޑުން އެމީހާގެ ނަން ކިޔާލެވުނެވެ. “ތާމިން….؟”

(ނުނިމޭ)

44
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Liaa

(I am a girl who loves writing dhivehi stories ??) (My stories:) (ASARU : a love story.) (NUHAGGU LOABI + E LOABI ASLU HAGGEY : Story about a bangladhesh person who falls in love with a maldivian girl.) (ANDHIRIFARAAI : story about a girl who is a secret agent.) (SAFARU: a jinni+human romance.) (vindhu lobin jehi hithehgaa : A sad love story) Short story: ALVADHAAU Short story: SORRY Short story: MasveriGirl U can contact me at [email protected] FB page : https://www.facebook.com/storiesbyliaaa/

Other Articles

Previous

މަންޝާ (އަށާވީސްވަނަ ބައި)

Next

އަސަރު 23

Next
July 10, 2016

އަސަރު 23

Previews
July 10, 2016

މަންޝާ (އަށާވީސްވަނަ ބައި)

31 Comments

  1. Liaa says:
    July 10, 2016 at 1:34 pm

    Hello.. Hurihaa kudhinge haalu kihinehtha? 🙂
    Mi bai ves hurihaa kudhinnah reethi vaane kamah ummeedhu kuran 🙂
    And varah gina kudhinnah rangalhah guess kurevunu dhw eiy kaakukan.. hehe..
    Love u all <3

    1. Liaa says:
      July 10, 2016 at 1:35 pm

      And Liaa thaamin mathin handhaan nahthaa eh nulan ingey .. adhi kuriyah dhaa varakah vaanuvaa saaf vaane.. keep reading <3

  2. Same says:
    July 10, 2016 at 1:44 pm

    v reethi

  3. meesha says:
    July 10, 2016 at 1:45 pm

    Oo wow! ??mi bai ves hama ehvana? Waiting to da nxt prt…. Luv da stry… Waiting impatiently ??

  4. lyn says:
    July 10, 2016 at 2:13 pm

    Wattt…. Nooooo…. Wats gonna hapn!!!!???

  5. Appy says:
    July 10, 2016 at 2:18 pm

    Oww woww v rythi. ….haadha interesting ey mihaaru ehkn kiyaahiyy vany …?kudhin kolhu vx haadha Haa ey dhw rythy ….haha ..waiting waiting ? ???

  6. BOOOOO says:
    July 10, 2016 at 2:24 pm

    oh. thaamin ???????? vaahaka ithurah forigadhakohleethaa? salhi.

  7. purplish says:
    July 10, 2016 at 2:37 pm

    oh!!!!!!!!! its awesome………story is fab hama ingay liaa………
    waiting 4 dhe next part…….

  8. Harry says:
    July 10, 2016 at 2:47 pm

    Thaamin? Shikaa! Dont fall in love with him again! He betrayed u….
    Btw story v v nice?????

  9. siree says:
    July 10, 2016 at 2:59 pm

    mee haadha faadakah dhaa vaahaka ekey dho
    bits & bits from everywhrer

    1. Yaana says:
      July 10, 2016 at 6:50 pm

      I agree with you :p Lol

  10. ? says:
    July 10, 2016 at 3:07 pm

    Waiting waiting.. V salhi….love it

  11. Shika says:
    July 10, 2016 at 3:13 pm

    Why thaaamin? Evs hama ahooo ah fall v fahun
    Plx liaa shik r ahooo r dheythereah thaamin nulahchey

  12. Youme says:
    July 10, 2016 at 3:22 pm

    Vvvvvvvvv habeys……. keep it up

  13. NAAZ says:
    July 10, 2016 at 3:33 pm

    haadha kurey….bt vaahaka v reethi

  14. Shaai says:
    July 10, 2016 at 3:51 pm

    Wow story hama habeys.

  15. nadhoo says:
    July 10, 2016 at 3:58 pm

    Stry is ama habeys… Green bubble ge owner aki thaamun…. I think soo…;-)

  16. ....... says:
    July 10, 2016 at 4:19 pm

    Age in maaa mathi v ma hadi…. ?

  17. Rafa says:
    July 10, 2016 at 4:42 pm

    Omg ?? kuryga vykihine thw balan v curius ?

  18. Cute says:
    July 10, 2016 at 5:09 pm

    Just I’m vvvvvvvvvvvvvv curious to know what all happened when shikaa and others were taken to the police…. Pls include that part…………. And really shikaa hama aslu ves twenty-nine tha….. V awesome story… Upload the next part soon

  19. Inaa says:
    July 10, 2016 at 5:34 pm

    Aslu age in maa mathi v ma hadi…ekam varah nice mi story ge twist…cant wait to see the next chapter….avahah upload kolladhevhchey

  20. Inaa says:
    July 10, 2016 at 5:35 pm

    Aslu age in maa mathi v ma hadi…?ekam varah nice mi story ge twist…cant wait to see the next chapter….avahah upload kolladhevhchey ?☺

  21. Anonymous says:
    July 10, 2016 at 6:11 pm

    My god so exciting…. Plx upload next part soon… Eagerly waiting fr the next part…plx

  22. Yoosuf says:
    July 10, 2016 at 6:16 pm

    Varah reethi

  23. Tttt says:
    July 10, 2016 at 6:39 pm

    Vvvvvvvvvvvvvvvvvvv rythi

  24. Liaa says:
    July 10, 2016 at 8:06 pm

    Thank u all <3 🙂

  25. Asurumaa says:
    July 10, 2016 at 8:47 pm

    Wow wow bunaane ehchehves neii iam speechless varah reethi

  26. Thaany says:
    July 10, 2016 at 8:59 pm

    V nice

  27. mee says:
    July 11, 2016 at 12:07 am

    V nice

  28. Liaa says:
    July 11, 2016 at 7:52 pm

    Thankyw all for the lovely comments <3

  29. Meera says:
    July 14, 2016 at 1:45 pm

    Obi

Comments are closed.

All Right Reserved!