Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ޤުރުބާންވުމީ މިހިތުގެ އުފާ 29 ވަނަ ބައި

aasi
July 9, 2016
11 Mins Read
60 Views
32 Comments

ޒައިދާން އިނީ ޔަޒަންއާއި އެކު ޔަޒަންގެ ފޮތްތައް ބަލާށެވެ. ނަސީރު އައިސް އިންވާހަކަ ބުނުމުން ޒައިދާން ތެދުވެ ޖަންނަތުއަށް ބަލައިލަމުން ކީއްކުރަންތޯ އިޝާރާތުން އަހާލި އެވެ. ޖަންނަތު ކޮންޑު އަރުވާލީ ނޭގެޔޭ ބުނާ ފަދަައަކުންނެވެ. ދެމީހުން ވެސް ތިބީ ނަސީރު ދައްކާނެ ވާހަކައެއް ނޭގޭތީ ނިކަން ޖެހިލުންވެ ހިތް އަވަސް ވެފަ އެވެ.

“ނަސީރުބޭ،” ޒައިދާން ސިޑިން ފައިބައިފައި ނަސީރުއަށް ގޮވާލި އެވެ. “އައްސަލާމް އަލައިކުމް.” ނަސީރު ކައިރިއަށް އައިސް ޒައިދާން ސަލާން ކޮށްލި އެވެ. “ނަސީރުބޭ ތި ދުރުވީ ކީއްކުރަންވަންތޯ؟ އަޅުގަނޑު ކައިރީ ބުނުއްވިނަމަ އަޅުގަނޑު ނަސީރުބޭ ގާތަށް ދިޔައިމުސް.” ޒައިދާން ނިކަން އަދަބުވެރި ކަމާ އެކު ބުންޏެވެ.

“ނޫނޭ، ނަސީރުބޭ ކީއްކުރަން ޒައިދާންއާއި ޖަންނައަށް މުބާރިކު ބާދީ ކިޔަން ޒައިދާން ގެންދަނީ؟ ނަސީރުބޭ އެއްނު އަންނަން ވާނީ.” ނަސީރު ހިނިތުން ވެލަމުން ބުންޏެވެ.

“މުބާރިކު ބާދީއޭތޯ؟” ޒައިދާން ހައިރާންވި އެވެ. އޭރު ޖަންނަތު ވެސް ސިޑިން ފައިބައިގެން ބަދިގެއާއި ދިމާލަށް ދިޔަ އެވެ.

“އާން!” ނަސީރު އެހެން ބުނެފައި ބަލައިލި އިރު ޖަންނަތު ފެނުނެވެ. “އެކޮއެ ޖަންނާ، އާދެބަލަ މިތާ އިށީންނަން.” ނަސީރުއަށް ޖަންނަތު ފެނުމުން ގޮވާލަމުން ބުންޏެވެ.

“އަންނާނަން ނަސީރުބެއަށް ފިނި ބުއިމެއް ހިފައިގެން.” އެހެން ބުނެ ޖަންނަތު ބަދިގެއަށް ވަނެވެ. ނަސީރު ޖަންނަތުއަށް ބަލަން އިނދެލާފައި ފަނޑު ހިނިތުން ވުމެއް ޒައިދާންއަށް ދިނެވެ.

“އެންމެ ފަހުން ނަސީބު ލައްވާލީ ޒައިދާންއަކަށްނު. ކޮންމެ ގޮތަކަށް ކަންތައް ވިޔަސް ނަސީރުބޭ ބޭނުންވަނީ ޖަންނަ އުފަލުގަ ހުރުން. ނަސީރުބެއަށް ޔަގީން ޒައިދާންއާއި އެކު ޖަންނަ އުފަލުގައި ހުންނާނެކަން…”

“ނަސީރުބެ ތި ދުރުވީ ހަމަ ތިގޮތައް ވާހަކަ ދައްކާލައްވަންތޯ؟” ނަސީރު ވާހަކަ މެދުކަނޑާލަމުން ޒައިދާން އެހި އެވެ.

“ޒައިދާން، ހަގީގަތުގަ ވަރަށް ގިނަ ސުވާލު ހިތުގަ އެބަހުރި. ނަމަވެސް އެއީ މިހާރު ދެން ބޭކާރު ސުވާލު ތަކެއްހެން ހީވަނީ. އެވާހަކަ ދެއްކުމުގެ ބޭނުމެއްވެސް ދެން އޮތް ހެނެއް ހިޔެއްނުވޭ.” ނަސީރު ސޯފާގައި ހަމަ ޖެހިލި އެވެ. “ނަސީރުބެއަށް ޤަބޫލު ކުރެވެނީ ޒައިދާން އާއި ޖަންނަތު ތިގޮތަށް ތި ފިޔަވަޅު އެޅީ ހަމަ ގައިމުވެސް ވަރަށް ބޮޑު ސިއްރެއްވެސް އޮވެގެންހެން. ކޮންމެހެން އެއީ ކޮން ސިއްރެއްކަން ނަސީރުބޭ ބަލާކަށް ވެސް ބޭނުމެއްނޫން. ނަމަވެސް ނަސީރުބެ ބުނެލަން އޮތީ ހިތްހަމަ ޖެހިގެން އެންމެނަށް ވެސް އުޅެވެންޏާ ތި ނިންމުންވެސް ހަމަ އެންމެ ރަގަޅޭ.”

އެވަގުތު ފިނި ބުއިން ހިފައިގެން ޖަންނަތު އެތަނަށް އައެވެ. އަދި ކޮފީމޭޒުމަތީ ތަބަށް ބެހަށްޓަމުން  އެކަކަށް އިނދެވޭ ސޯފާގައި އިށީނެވެ. ޒައިދާންއާއި ނަސީރު ވެސް ޖަންނަތުއަށް ބަލައިލާފައި އެއްޗެއް ނުބުނެ ތިއްބެވެ. ނަސީރު އެތަނުން ތައްޓެއް ނަގާ އޭގެން އެތިފޮދެއް ބޯލި އެވެ. ޒައިދާންވެސް ތައްޓެއް ނަގަމުން ޖަންނަތުއަށް ބަލައިލި އެވެ.

“އަޅުގަނޑަށް ފެންނަ ގޮތުގައި މިކުރެވުނީ ހަމަ މިހާރަށް އެންމެ ރަގަޅު ކަންތައް.” ހަމަހިމޭން ވަގުތު ކޮޅަކަށް ފަހު ޒައިދާން ބުންޏެވެ. “ނަސީރުބޭ ފެމިލީގައި އިތުރު މައްސަލައެއް ޖެހެން އަޅުގަނޑުވެސް އަދި ޖަންނަވެސް ބޭނުމެއްނޫން.” ޒައިދާން އެހެން ބުނުމުން ނަސީރު ބޯން އިން ޖޫސްތަށީގައި ނިކަން ބާރަށް ހިފަހައްޓާލި އެވެ. އަދި ޒައިދާންއަށް ބަލައިލަމުން ބޯ ޖަހާލި އެވެ.

“ނަސީރުބޭ ފެމިލީގަ މައްސަލަތަ؟” ދެބައިކޮށްފަ އެއްބަޔަށް ބޮއެފައި ހުރި ޖޫސް ތަށި އަނބުރާ ތަބަކުގައި ބަހައްޓަމުން ނަސީރު އެހި އެވެ. އަދި ކަރު ކެހިލަމުން ހަމަ ޖެހިލި އެވެ. ޖަންނަތު ޒައިދާންއަށް ބަލައި ލަމުން އެވާހަކަ ނުދެއްކުމަށް އިޝާރާތުން ބުނަމުން ދިޔަ އެވެ.

“ނަސީރުބެއަށް މިވާހަކަތައް އިނގެން އަދިއެއް އަޅުގަނޑު ބޭނުމެއްނޫން. އެއީ މިހާރުގެ މައްސަލަހަތަށް ޓަކައި.” ޒައިދާން ޖަންނަތުއަށް ބަލައިލާފައި ފުންނޭވާއެއް ބޭރުކޮށްލި އެވެ.

“މައްސަލައެއް ނެތް. ޒައިދާން ތިހެން ކަންތައް ކުރުމުގެ ވަރަށް ބޮޑު ސަބަބެއް ވާނެކަން ކަށަވަރު. ކޮންމެހެން ޒައިދާން އަންގަން ބޭނުން ނުވަންޏާ ތިވާހަކަ އިނގޭކަށް ވެސް ނަސީރުބެ ބޭނުމެއްނޫން. ނަސީރުބެ ޒައިދާންއަށް ވަރަށް އިތުބާރު ކުރަން. ދުވަސް ކޮޅަކުން ހުރިހާ ކަމެއް ހަމަ ޖެހުނީމަ އަބީވެސް ހަމައަކަށް އެޅޭނެ.” ނަސީރު ގޮނޑިން ތެދުވި އެވެ. “ނަސީރުބެ އެހަށް ދެން ގޮސްލާނަން.” ޒައިދާން ވެސް އަދި ޖަންނަތު ވެސް ނަސީރުއާއި އެކު ތެދުވި އެވެ. ޒައިދާންއާއި ސަލާން ކޮށްލުމަށް ފަހު ނަސީރު އެގެއިން ނުކުތެވެ.

ނަސީރު ދިއުމުން ޒައިދާން ސޯފާގައި އިށީނެވެ. ޖަންނަތު ޒައިދާންއަށް ބަލަހައްޓައިގެން ހުއްޓެވެ.

“އަސްލު ނަސީރުބެ އެ ދުރުވީ ވަރަށް ގިނަ ވާހަކަ ދައްކަން ކަންނޭގެ ދޯ.” ޖަންނަތު ބުންޏެވެ.

“އާން، އެހެން ހީވަނީ.”

“ކީއްވެބާ ނުދެއްކީ؟”

“ނޭގެ ދޯ.”

ޖަންނަތު މޭޒުމަތީ ހުރި ތަށިތައް ނަގަން ފެށި އެވެ. “އަދި ވަރަށް ގިނަ ކަންތައް ތަކާ ކުރިމަތިލާން ޖެހޭނެ ކަންނޭގެ.”

“އާން، ވަރަށް ގިނަ މީހުންގެ ސުވާލުތައް އަންނާނެ. އަދި އަބީއާ ވެސް އަހަރެން ކުރިމަތިލާން ޖެހޭނެ. ނޭގެ އަބީ އަހަންނާ ދިމާލަށް ކިޔާނެ އެއްޗެއްވެސް.” ޒައިދާން ޖަންނަތުއަށް ބަލައިލިމުން ބުންޏެވެ.

“އެކަމަށް ރެޑީ ވެގެން ޒައިދާން ހުރޭ.” މަޑުމަޑުން ޖަންނަތު ބުނެލި އެވެ.

ހެދުނު ޖަންނަތުއާއި ޒައިދާން ޔަޒަން ގޮވައިގެން ނުކުތް އިރު ނޫރުއާއި އަބްޔާން އެގޭ ދޮށުގައި ސައިކަލު މަތީ ތިއްބެވެ. އެމީހުން ފެނުމުން އެދިމާ ބަލަހައްޓައިގެން އަބްޔާންއާއި ނޫރު ތިއްބެވެ. ޒައިދާން ކާރަށް އަރާފައި އަބްޔާންއަށް ބަލައިލި އެވެ. ޒައިދާންއަށް އަބްޔާން ފެނުމުން ވަރަށް ފުން އަސަރުތަކެއް ކުރި އެވެ. އަބްޔާންގެ މޫނުމަތީގައި ވާ ހިތާމަތަކާއި ނުރުހުން ޒައިދާންއަށް ފާހަގަ ވެގެން ދިޔަ އެވެ.

ޖަންނަތުއަށް އަބްޔާން ފެނުމުން އަވަހަށް އިސްޖަހާލީ ދެވަނަ ފަހަރަށް އަބްޔާންއަށް ނުބަލާށެވެ. އަބްޔާން ފެނުމުން ޖަންނަތުގެ ހިތައް އިންތިހާއަށް ތަދުވަމުން ދިޔަ އެވެ. ލޮލަށް ކަރުނަ ގިނަވަމުން ދިޔަ އެވެ. އެކަން ނުދައްކަން އިސްޖެހި ގޮތައް ޖަންނަތު އިނީ އުނގުގައި އިން ޔަޒަންއާއި ނިވާވެލައިގެނެވެ.

“ޖަންނާ، އާރ ޔޫ އޯކޭ؟” ޒައިދާން ޖަންނަތުއަށް ބަލައިލާފައި ޖަންނަތު އުޅުންގޮތް ފެނިފައި އަހާލި އެވެ. ޖަންނަތު ބޯ ޖަހާލަމުން ލޯ ފޮހެލި އެވެ.

“ކޮންމެ ދުވަހަކު ފޭސް ކުރަން ޖެހޭނެ ކަމެއް މީ.” ޒައިދާން ކާރު އިސްޓާޓުކޮށްލަމުން ބުނެލި އެވެ. “ހިތްވަރު ކުރަން ވާނެ.”

“ހޫނ… އައި ކެން ހެންޑްލް.” ޖަންނަތު މޫނު އެއްކޮން ފޮހެލަމުން ޒައިދާންއަށް ބަލައިލަމުން ބުންޏެވެ. އަދި ފަނޑު ހިނިތުން ވުމެއް ދިނެވެ.

“ފެންނަނީ ވަރަށް ހެޕީކޮން.” ޒައިދާންގެ ކާރު ދާތަން ބަލަން ތިބެފައި ނޫރު ބުނެލި އެވެ.

“އާން… އެގޮތައް ފެންނަނީ… އެކަމަކު އަދިވެސް އެއް ފަހަރު ވާހަކަ ދައްކާލަން އަހަރެން ބޭނުން. ޖަންނައާ ވެސް ޒައިދާންއާ ވެސް.” އަބްޔާން ބުނެލި އެވެ.

“ހޫނ އަބީ… ” ނޫރު ބޯޖަހާލި އެވެ. “މަށަށް ވެސް ފެންނަ ކަމެއް ތީ.”

 

މެންދުރުގެ ކެއުމުގައި އެދުވަހު އެންމެނަށް ބައިވެރި ވެވުނީ އިއްތިފާގަކުންނެވެ. ހުކުރު ދުވަސްތައް ފިޔަވައި އެގޮތައް މެންދުރު ކެއުމުގައި އެންމެނަށް ގިނަފަހަރަށް ބައިވެރި އެއް ނުވެވެ އެވެ. އާލިޔާއާއި ތަނާ ވާހަކަ ދައްކަމުން ދިޔައީ ފުރާދުވަހު އެމީހުން ލާނެ ހެދުމަކާއި ބެހޭ ގޮތުންނެވެ. އަބްޔާންއާއި އަހްޔާންއާއި ދެބެން އެއްޗެއް ނުބުނެ މަޑުމަޑުން ތިބެ ކަމުން ދިޔަ އެވެ. ނަސީރު ހިދާޔާއާއި ވާހަކަ ދައްކަމުން ދިޔައީ އަހްޔާންމެން ފުރަން އުޅޭތީ ވާން ހުރި ތައްޔާރީ ތަކާއި ބެހޭ ގޮތުންނެވެ.

“ބައްޕާ، އަޅުގަނޑުމެން މާގިނަ ހަދިޔާ ތަކެއް ގެންދާކަށް ބޭނުމެއްނޫން.” އަހްޔާން އިނދެފައި ބުންޏެވެ.

“އެއީ ކީއްވެ؟ އަދި މިފަހަރު ކުޅި ކާޖާ ކޮޅެއް ވެސް ހަދަން މަންމަ މިއުޅެނީ.” ހިދާޔާ ބުންޏެވެ.

“ދަރިފުޅުމެނަށް އެކަހަލަ ޒާތުގެ އެއްޗިހި ކަމުދޭނު.” ނަސީރު ވެސް އިނދެފައި ބުނެލި އެވެ.

“މިހާރު ކަމަކު ނުދޭ،” އަހްޔާން ބުންޏެވެ. އަދި ބަތްތަށި ހުސް ނުވަނީސް ތެދުވި އެވެ. “އަޅުގަނޑަކަށް ދެން ނުކެވޭނެ.” އެހެން ބުނެފައި އަތް ދޮންނަން ދިޔަ އެވެ. އަބްޔާން ފާޑަކަށް އަހްޔާންއަށް ބަލައިލާފައި އިންގޮތައް އިނެވެ. އަބްޔާން ވެސް އިނީ ކާން ބޭނުން ނުވެފަ އެވެ. ނަމަވެސް މަންމަ އެހާވަރުން ކެއްކި އެއްޗިހި މަންމަ ކުރިމަތީ އުކާލަން ބޭނުން ނުވާތީ ގަދަކަމުން ވެސް ކެވޭތޯ އަބްޔާން މަސައްކަތް ކުރަމުން ދިޔަ އެވެ.

 

ހަވީރު ވެގެން އައި ވަގުތު ޒައިދާން އައިސް ގޭދޮށަށް ކާރު މަޑުކޮށްލި ވަގުތު ޖޯލީގައި އިން އަބްޔާން ތެދުވެގެން ޒައިދާން ކައިރިއަށް އައިސް ހުއްޓުނެވެ. އަބްޔާން ކައިރީ އެވަގުތު އިން ނޫރު ވެސް އަބްޔާން ފަހަތުން އައެވެ. އަބްޔާން އައި ގޮތައް އައިސް ޒައިދާންގެ ގިރުވާނުގައި ހިފި އެވެ. އަބްޔާންގެ ލޮލުން ފާޅުވަމުން ދިޔައީ ރުޅި ވެރިކަމެވެ.

“ޒައިދާން ކީއްވެ ތިހެން ތިހެދީ؟ ކީއްވެ؟ ހުރިހާ ކަމެއް އިނގި ހުރެ ތިހެން ހެދީ ކީއްވެ؟” އަބްޔާން ނިކަން ބާރަށް ހަޅޭޢްލަވައި ގަތެވެ. އެވަގުތު އެހިސާބުގައި މީހަކު ނެތެވެ. ނޫރު އަވަހަށް އަބްޔާން ދުރަށް ލާން މަސައްކަތް ކުރަމުން ދިޔަ އެވެ. “ޒައިދާންއަށް އަހަރެން ދުވަހަކުވެސް މާފެއް ނުކުރާނަން… ދުވަހަކުވެސް…” ޒައިދާންގެ ގިރުވާނުން އަބްޔާން އަތް ނައްޓުވާލީ ނޫރު އެތައް މަސައްކަތެއް ކޮށްގެނެވެ. ޒައިދާން ބުނާނެ އެއްޗެއް ނޭގިފައި އަބްޔާންއާއި ދިމާލަށް ބަލަހައްޓައިގެން ހުއްޓެވެ. އަބްޔާން ކިޔާނެ އެއްޗަކަށް ތައްޔާރު ވެލާފަދަ ގޮތަކަށް ޒައިދާން ހިން ދެމިލި އެވެ.

“ޒައިދާން،” އަބްޔާން ސީދާ ޒައިދާންގެ ލޮލަށް ބަލަން ހުރެ ވާހަކަ ދައްކަން ފެށި އެވެ. އަބްޔާންގެ އަޑުގައި އެކުލެވިފައިވާ ވޭނާއި ކެކުޅުން ކޮންމެ މީހަކަށް ވެސް ފާހަގަ ކުރެވޭނެ އެވެ. “ޒައިދާން އަހަރެން ހިތަކަށް ވެސް ނާރާ ޒައިދާން ތިހެން ހަދާފާނެ ކަމަކަށް. ޒައިދާން، ކީއްވެ ތިހެން ތި ހެދީ؟” އަބްޔާން ގެ ލޯ ފެންކަޅި ވަމުން ދިޔަ އެވެ. ޒައިދާންއަށް ބުނާނެ އެއްޗެއް ނޭގިގެން ހިން ދިރުވާލެވުނެވެ. “އަހަރެން ޒައިދާންއަށް ވަރަށް އިތުބާރު ކުރިން، އެހާމެ ގާތް ރައްޓިއްސެއްގެ ގޮތުގަ އަހަރެން ޒައިދާން ދެކުނީ… އަހަންނަށް ހަމަ ރަގަޅަށް ވެސް ޒައިދާން ދަސްވެފައި ވަނީ… ޒައިދާން ތިހެން މިއަދު ކަންތައް ކުރުމުގައި ކޮންމެސް ކަމެއް ވާނެކަން ހަމަ ގައިމު. ޒައިދާން، ކޮން ކަހަލަ ކަމެއް ދިމާވެގެން ތިހެން ތި ހެދީ؟ ޕްލީސް… އަހަރެން ކައިރީ ސަބަބު ބުނެލަ ދީބަލަ.” އަބްޔާން ދެން ވާހަކަ ދައްކަން ފެށި ވަރަށް މަޑުމައިތިކޮނެވެ. އެހެން ކަމުން ޒައިދާންގެ ހިތުގައި ވަރަށް ޖެހުނެވެ.

“އަބީ،” ބެދިފައި ވާ އަޑަކުން ޒައިދާން ވާހަކަ ދައްކަން ފަށަމުން ކަރު ކެހިލި އެވެ. “އަހަންނަށް މިވަގުތު އެއްވެސް އެއްޗެއް ބުނެވޭކަށް ނެތް.”

“މަށަށް އިނގޭ ޖަންނަ ކޮންމެސް އެއްޗެއް ކިޔައިގެން ޒައިދާން ޖަންނައާ މެރީކުރީ… އެޓްލީސްޓް މަށަށް ވީގޮތް އެނގުން މުހިންމެއް ނޫންތަ؟ ތިކަމަށް ތިނޫން ހައްލެއް ހަމަ ނެތީތަ؟” އަބްޔާންގެ ލޮލަށް ގިނަވި ކަރުނަތައް ފައިބަން ފެށުމުން އަބްޔާން މޫނު ފޮހެލި އެވެ. “އަހަރެން ކިހިނެއް ޖަންނައާ ނުލާ އުޅޭނީ؟ ހަމަ ކަނޑަ އެޅިގެން ޒައިދާންއަށް އިނގޭނެ އަހަންނަށް ނޫޅެ ވޭނެކަން.”

“އަބީ، އަހަންނަށް ހުރިހާ އެއްޗެއްވެސް އިނގޭ… އައި އޭމް ސޮރީ.” ޒައިދާން އަށް ކުރެވޭނެ އިތުރު ކަމެއް ނެތުމާއި އެކު ޒައިދާން އަވަހަށް މާފަށް އެދުނެވެ.

“އަހަރެން އަދި އެއްފަހަރު ޖަންނައާ ވާހަކަ ދައްކަން ބޭނުން. މިހާރު ދެން ޖަންނައާ ވާހަކަ ދެއްކޭނީވެސް ޒައިދާންގެ ހުއްދަ އާ އެކީތާ…” އަބްޔާން ދެރަވެފައި ހުރެ ބުންޏެވެ.

“އަބީ، އެއީ ކީއްވެ… އަހަންނާ އިނުމުގެ ކުރިން ޖަންނައަކީ އަބީގެ ބެސްޓް ފްރެންޑެއްނޫންތަ؟ އެކަން ވެސް މިހާރު ކެނޑުނީތަ؟ އަބީއަށް ޖަންނައާއި ވާހަކަ ދެއްކުން މަނާކުރަން އަހަރެންނަށް ކޮން ހައްގެއް އޮތީ؟” ޒައިދާން ބުންޏެވެ.

“ޖަންނަ އަހަންނާ ހުރިހާ ގުޅުމެއް ކަނޑާލައިފި… އަހަންނަކަށް ނޭގެ އަހަންނަށް ހެދުނީ ކޮން ގޯހެއް ކަމެއްވެސް؟ އަހަރެންގެ އެއްވެސް ކުށެއް އަސްލު މިފަހަރު ނޯންނާނެ… އަނެއްކާ ތަނާގެ ކަންތަކާ ހެދި މިހާ ބޮޑު ޑިޒިޝަނެއް ޖަންނަ ނެގުމުން ޒައިދާން ވެސް އެކަމަށް އިޖާބަ ދިންކަން އެއީ އަހަރެން އެންމެ ދެރަވި ކަންތައް… އަހަންނާ ދުރުވާން ބޭނުން ނަމަ އެހެން ގޮތެއް ހިޔާރު ކުރިނަމަ ގައިމު އަހަންނަށް ޒައިދާންދެކެ ރުޅި އަންނާކަށް ނުޖެހުނީހެއްނު.” އަބްޔާން ދެރަވެފައި ހުރެ ބުންޏެވެ. ޒައިދާން ވެސް ދެރަވެފައި އަބްޔާންގެ ވާހަކަތައް އަޑުއަހަން ހުއްޓެވެ. ނޫރު ވެސް އެތާ ފެންކަޅިވެފައި ހުރީ އަބްޔާންއަށް ވާވަރު ފެނިފަ އެވެ.

 

އެރޭ ޖަންނަތު ޔަޒަން ކައިރީ އޮވެފައި ނިކުތީ ޒައިދާންއަށް ކާން ހަދާށެވެ. އޭރު ޒައިދާން ޓީވީ އިން ޚަބަރު ބަލަން އިނެވެ.

“ޒައިދާން، ކާން ހަދަން ވީތަ؟”

“ނޫނޭ ޖަންނާ… މިރޭ ކާހިތެއް ނެތް.”

“އަޅެ މެންދުރުވެސް ނުކަމެއްނު.” ޖަންނަތު އައިސް އެކަކަށް އިނދެވޭ ސޯފާގައި އިށީންނަމުން ބުންޏެވެ.

“މިއަދު އަބީއާ ދިމާވި.” ޒައިދާން ޓީވީ ނިވާލަމުން ޖަންނަތުއާއި ދިމާއަށް އެނބުރިލި އެވެ.

“ކީކޯކީ؟” ޖަންނަތު ހިންދިރުވާލަމުން އަހާލި އެވެ.

“ވަރަށް ދެރަވެފަ ހުރީ… ވަރަށް ވާހަކަ ދެއްކި… ބުނި ޖަންނައާއި އެއްފަހަރު ވާހަކަ ދައްކަން ބޭނުން ވާހަކަ.” ޒައިދާން ޖަންނަތުއަށް ބަލައިލަމުން ބުންޏެވެ. އަދި އަބްޔާން ދެއްކި އެހެން ވާހަކަތައްވެސް ޖަންނަތުއަށް ޒައިދާން ކިޔައި ދިނެވެ.

ޖަންނަތުގެ ލޮލަށް ކަރުނަ ޖަމާވަމުން ދިޔަ އެވެ. އަބްޔާންއަށް ކުރާނެ އަސަރު ޖަންނަތުއަށް އިހުސާސް ކުރެވުމުން ޖަންނަތުގެ ހިތައް ވަރަށް ބޮޑަށް ތަދުވާން ފެށި އެވެ.

“އަހަންނަކަށް ނުކެރޭނެ އަބީއާ ކުރިމަތި ލާކަށް… އަހަރެން ކީކޭ އަބީ ކައިރީ ބުނާނީ؟” ކުރެހިފައިވާ އަޑަކުން ޖަންނަތު ބުންޏެވެ.

“ހިތްވަރު ކުރޭ.. އަބީއާ އެއްފަހަރު ވާހަކަ ދައްކާލުމަކުން ގޯހެއް ނެތެއްނު… ބުނޭ އަބީއާއި ގުޅެން ބޭނުން ނުވީޔޭ… ތަނާ އާއި ހެދި ކަމަށް އަދިވެސް އަބީ ހިކުރަނީ…”

“އަބީއާއި ވާހަކަ ދައްކާނެހާ ހިތްވަރެއް އަހަރެންގެ ދެން ނެތް.” ޖަންނަތު މޫނު ފޮހެލީ ފައިބަމުން ދިޔަ ކަރުނަތައް ގިނަ ވުމުންނެވެ. ޒއިދާން ވެސް އިތުރަށް ބުނާނެ އެއްޗެއް ނޭގިފައި އިނެވެ.

 

އަހްޔާން ގެއަށް ވަން އިރު ހިދާޔާ އިނީ އަހްޔާންގެ އެއްޗިހި ފަތް ޖަހާށެވެ. އަނެއްދުވަހު އަހްޔާންމެން ފުރާތީ ދަތުރަށް ތައްޔާރު ކޮށްދޭން އެދުވަހު ޖަންނަތުއެއް ނެތެވެ. ހުރިހާ ކަމެއް ކުރަން ޖެހުނީ ހިދާޔާ އެކަނިމާ އެކަންޏެވެ. އެވަގުތު ގޭގައި އެކަކު ވެސް ނެތްކަން އިނގުމުން އަހްޔާން އައިސް ހިދާޔާ ކުރިމަތި ވާނޭހެން ސޯފާގައި އިށީނެވެ. އަހްޔާން އާއި ދިމާއަށް ހިދާޔާ ބަލައިލި އެވެ. އަހްޔާން އިނީ ވަރަށް ހިތްހަމަ ނުޖެހިފައިކަން މޫނުމަތިން އިނގެ އެވެ.

“ޔާނު، ކިހިނެއް ވެފަ ތީނީ، މިފަހަރު މާ އަވަހަށް ފުރަން ޖެހޭތީ ދެރަވަނީ ދޯ.” ހިދާޔާ ހިނިތުން ވެލަމުން ވާހަކަ ދެއްކި އެވެ.

“މަންމާ، ކީއްވެ އަބީއަށް އެހެން ތި ހެދީ؟” އަހްޔާން ހިދާޔާއާއި ދިމާއަށް ބުންޏެވެ. ހިދާޔާ ހައިރާން ވެފައި އަހްޔާންއަށް ބަލައިލި އެވެ.

“ކީކޭ، މަންމަ އަބީއަށް އެބަ ގޮތެއް ހަދާތަ؟” އަދި ނޭގޭ ކަމަށް ހަދާލަމުން ހިދާޔާ އެހި އެވެ.

“އަހަންނަށް ހުރިހާ އެއްޗެއްވެސް އިނގިއްޖެ… އަބީއަށް ވެސް ހުރިހާ އެއްޗެއް ވަރަށް އަވަހަށް އިނގޭނެ… އަބީގެ މުޅި ދިރިއުޅުން މަންމަ ތި ހަލާކުކޮށްލީ… އަބީގެ ކޮން ކުށެއް އޮވެގެން؟” އަހްޔާން އިނީ ދެރަވެފަ އެވެ. އަދި ހިދާޔާ ދެކެ އެހާމެ ރުޅި ވެސް އައިސްފަ އެވެ.

“ޔާނު ތިކިޔާ އެއްޗެއް މަންމައަކަށް ނޭގެ… މަންމަ ކާކަށް ކީއްކުރީތަ؟” ހިދާޔާގެ ހިތް ބާރަށް ތެޅެމުން ދިޔަ އެވެ. އަހްޔާންއަށް ހުރިހާ ކަމެއް އިނގުނު ގޮތެއް ހިދާޔާއަކަށް ނޭނގެއެވެ.

“މަންމައަށް ހަމަ ރަގަޅަށް ވެސް އިނގޭނެ އަހަރެން މި ކިޔާ އެއްޗެއް، މަންމާ، އަޅެ މަންމަ ބުނެބަލަ… މަންމަ ޖަންނަ ދެކެ ތިހާ ރުޅިއެއް ތި އަންނަނީ ކީއްވެތަ؟”

“ހޫން، މިހާރު އިނގިއްޖެ… ތީ ޖަންނަތު ކަލޭމެން ކައިރީ ވާހަކަތަކެއް ދައްކައިގެން ދޯ ތި އުޅެނީ؟” ހިދާޔާ ބޭނުންވީ އަދިވެސް ހިދާޔާ ބޭޒާރުވިޔަ ނުދޭށެވެ.

“ޖަންނަ އެއްވެސް ވާހަކައެއް ނުދައްކަ… އެއީ މައްސަލައަކީވެސް. މަންމަ ދިފާޢުކުރަން ހުރިހާ ކަމެއް ޖަންނަ އެކުރަނީ.. ބޮޑު ޤުރުބާނީއެއް އެވީ މަންމައާއި އަބީގެ ގުޅުން ދަމަހައްޓަން… މަންމައަށް އެވަރު ނުވިސްނޭތަ؟ އަބީއާއި ޖަންންގެ މުޅި ދިރިއުޅުން ފުޑުފުޑު ވެގެން އެދިޔައީ މަންމައާ ހެދި. މަންމަ އަޅެ ވިސްނާލަ ބަލަ… އަބީ އެއީ ކުރިން ކިހިނެއް އުޅުން މީހެއް. ބަލާ މިހާރު އަބީއަށް އައިސްފައިވާ ހެޔޮ ބަދަލު… މަންމައަކަށް ނުފެނޭތަ؟ އަބީ ޖަންނައަށް ޓާކައި މުޅި ދިރި އުޅުން ބަދަލުކޮށްލީ… މަންމަމެން ފަޙުރުވެރިވާފަދަ ކުއްޖަކަށް އަބީ ބަދަލުވީ ހަމަ އެ ޖަންނައަށް ޓަކައޭ… މަންމާ، ޕްލީސް ތިހެން ހަދާކަށް ނުވާނެ.. މަންމަ ޖަންނައާއި ވާހަކަ ދައްކައިގެން ޒައިދާން ކައިރިން ވަރިކުރުވައިގެން އަބީއާއި ޖަންނަ ގުޅުވަދީ. އަބީއަށް ޖަންނައާއި ނުލާ ނޫޅެވޭނެ.”

“ޔާނު ތިކިޔަނީ ކީކޭތަ؟ މަށެއް ނޫޅެން އެ ޖަންނަތުއާ ވާހަކަ ދައްކާކަށް. އެހެން ނޫނަސް މަ ދުވަހަކުވެސް ތި ޖަންނަތުއާއި އަބީ ގުޅޭކަށް ޤަބޫލެއް ނުވާނަން.” ހިދާޔާ ސޯފާއިން ތެދުވި އެވެ. ރުޅި އައިސްގެން ހިދާޔާ ހުރީ ފުޑުފުޑުވާން ކައިރި ވެފަ އެވެ. ހިދާޔާ ރުޅި އައީ ޖަންނަތު ދެކެ އެވެ. ހިދާޔާ ހީކުރީ އަހްޔާންއަށް ހުރިހާ ވާހަކައެއް ޖަންނަތު ކިޔައިދިނީ ކަމަށެވެ.

“މަންމާ، މަންމަ ޖަންނަ ދެކެ ތިހާ ރުޅިއެއް ތި އަންނަނީ ކީއްވެތަ؟ ޖަންނަގެ ކުށަކީ ކޮބައިތަ؟”

“އޭނަގެ ކުށަކީ ފިޔާތޮށިގޭ ކުއްޖަކަށް ވީތީ… އިނގިއްޖެތަ.” ހިދާޔާ ރުޅި އައިސްފައި ބުންޏެވެ.

“އެގޭ ކުއްޖަކަށް ވުމީ ކުށެއްތަ؟” ހައިރާން ވެފައި އަހްޔާން އެހި އެވެ.

“އާން، ޔާންއަކަށް ނޭގޭނެ.. އިތުރަށް މަގޭ ކައިރީ ތިވާހަކަތައް ނާހާ.” ހިދާޔާ ރުންކުރުކޮން އެހެން ބުނެފައި އެތަނުން ދާން ހިގައި ގަތެވެ.

“މަންމާ، އަބީ އެގޮތަށް ހިތްދަތި ކަންމަތީ އުޅޭހާ ހިދަކު އަހަރެން މަންމައަށް މާފެއް ނުކުރާނަން. ހަދާން ކުރާތި.” އަހްޔާން ވެސް ނިކަން ރުޅި އައިސްފައި ހިދާޔާއަށް ވުރެން ކުރިން އެތަނުން ގޮސް ގޭގެ ދޮރުން ވެސް ނުކުމެގެން ހިގައްޖެ އެވެ. ހިދާޔާ ކައިރިއަށް އައި ރުޅިން ދާދި ދެންމެ ހިދާޔާ ފަތްޖެހި އެއްޗިހިތައް އަތުން ޖަހާ އަމިއްލައަށް ބުރުވާލި އެވެ. ‘ހުރިހާވެސް ކަމެއް މިވަނީ އެ ޖަންނަތުއާ ހެދި. އަހަރެންގެ އާއިލާ ހަލާކު ކޮށްލާފައި ވަކި ޖަންނަތުއަށް ވެސް އުފަލެއްގައި ނޫޅެވޭނެ… އުޅުނަކަ ނުވެސް ދޭނަން…’ ހިދާޔާ ހިތާހިތާ ކިޔާލި އެވެ.

 

ޖެހިގެން އައީ ހުކުރު ދުވަސް ކަމުން ޖަންނަތު ޔަޒަން އާއި އެކު ނުކުތީ ޔަޒަންގެ ބައިސްކަލު ހިފައިގެން ގޭކައިރީ ދުއްވާށެވެ. ޔަޒަންއަށް މިހާރު އެކަނި ބައިސްކަލު ދުއްވެ އެވެ. ޖަންނަތު ހެވިފައި ޔަޒަން ދުއްވާތަން ބަލަން ހުއްޓެވެ. އެވަގުތު އެތަނަށް ސާރާ އައެވެ. ސާރާ ހުރީ ވަރަށް ހިނިއައިސްފަ އެވެ.

“އައްދޭ ސާރާ ހާދަ ހެވިފަ.” ސާރާ އައުމުން ޖަންނަތު ހިނިތުން ވެލަމުން ބުންޏެވެ.

“ކޮބާ ޒައިދާންބޭ؟” ސާރާ އެހި އެވެ.

“އެބައުޅޭ ގޭތެރޭ. ކިހިނެއްވީ؟”

“ހަބަރެއް ދޭން ވެގެން މިއައީ… އަސްލު މުޒޭއާ ދެމީހުން އަންނަން އުޅުނީ. އެކަމު މުޒޭ މިއަދު ރިސޯޓަށް ދާން ޖެހިގެން އަހަރެން އެކަނި ދެން މިއައީ.”

“އަނެއްކާ އުފާވެރި ހަބަރެއްތަ؟” ޖަންނަތު ހިނިތުން ވެލަމުން ޝައްކުވެފައި ހުރެ އަހާލި އެވެ. ސާރާ ލަދުރަކި ގޮތަކަށް ހީލަމުން ބޯ ޖަހާލި އެވެ.

“އަސްލުތަ؟ ސާރާ!” ޖަންނަތު ސާރާގެ އަތުގައި ހިފާލަމުން އުފާވެފައި ބުންޏެވެ.

“ހޫނ އަސްލު.”

“ހާދަ އުފާވެއްޖެޔޭ.. ޔަޒަން ގާތު ބުނަން ވީނު.” ޖަންނަތު ބޭނުންވީ ޔަޒަން އުފާ ކޮށްލަ ދޭށެވެ. “ޔަޒަން ދެން އެކަނި ނުވާނެނު… ޔަޒަންއާ އެއްކޮން ކުޅެލާނެ ކޮއްކޮއެއް ހުންނާނެނު.”

“އާން، އަހަރެން ޔަޒަން ކައިރީ ބުނާނީ.” އެހެން ބުނެފައި ސާރާ ހިގައި ގަތީ ތަންކޮޅެއް ދުރުގައި ބައިސްކަލު ދުއްވަން އުޅޭ ޔަޒަންއާއި ދިމާއަށެވެ. ޖަންނަތު ހެވިފައި ސާރާ ދާ ދިމާލަށް ބަލަން ހުއްޓެވެ.

“ޖަންނަތު!” މީހަކު ފަހަތުން މާބާރަށް ގޮވާލުމުން ޖަންނަތު ބަލައިލި އެވެ. އޭރު ހިދާޔާ ލޯއަޅައިގެން ޖަންނަތުއާއި ދިމާއަށް ބަލަހައްޓައިގެން ހުއްޓެވެ. ޖަންނަތުގެ ހިތް ބާރަށް ތެޅެން ފެށީ ހިދާޔާގެ ރުޅިގަނޑު ފެނުމުންނެވެ. “ކަލޭ ހީކުރީ ކޮންމެ ވާހަކައެއް ދައްކައިގެން ވެސް އަހަރެންގެ ދަރިންނާ އަހަރެން ޖައްސާލަން ކަމަށްތަ؟ ބަލަ ހީނުކުރައްޗޭ އެކުދިން އަހަންނާ ދެކޮޅަށް ތެދުވެ ކަލޭ ހިމާޔަތްކޮށް ވާހަކަ ދައްކާނެޔޭ.” ހިދަޔާ ނިކަން ބާރަށް ޖަންނަތުއާއި ދިމާލަށް އެއްޗިހި ކިޔަން ފެށި އެވެ. ސާރާ ޔަޒަން ކައިރީ ހުރެފައި އެދިމާ ބަލައިލީ ހިދާޔާ ހަޅޭއް ލަވާއަޑު ގަދަ ވުމުންނެވެ. އެވަގުތު ޒައިދާން ވެސް ބޭރަށް ނުކުތީ ވެގެން އުޅޭގޮތެއް ބަލައިލާށެވެ.

“ހިދާޔާއްތާ، އަހަރެން ތިހެން ހީކުރަންވީ ވެސް ކީއްވެ؟ ތިކަހަލަ ކަމެއް ވެދާނެތީ އަހަރެން މި….” ޖަންނަތުއަށް ވާހަކަ ފުރިހަމައެއް ނުކުރެވުނެވެ. ހިދާޔާ ހަޅޭއް ލަވަން ފެށި އެވެ.

“އަހަރުންގެ އަހްޔާން ކައިރީ ފާޑުފާޑުގެ ވާހަކަ ދައްކާފަ ތިހުންނަނީ ނޭގޭ ކަމަށް ހަދައިގެން މަށަށް އޮޅުވާލަންދޯ… ބަލަ މަށަށް އިނގެޔޭ ތި ޒާހިރާގެ ވެސް ވައްތަރޭ… މީހުން ކުރިމަތީ މާ މާތް ބަޔަކަށް ވެގެން އުޅޭނީ…” ޖަންނަތުއަށް ރޮވެން ފެށި އެވެ. ދުރުގަ ހުރި ސާރާ އަވަހަށް ޔަޒަން ގޮވައިގެން އެތަނުން އަދިވެސް ދުރަށް ޖެހިލި އެވެ. ޔަޒަންއަށް ޒުވާބު ކުރާއަޑު އިވިދާނެތީ އެވެ.

“ހިދާއްޔާއްތާ!” ޒައިދާންއަށް މިފަހަރު މަޑަކުން ނުހުރެވުނެވެ. “ހިދާއްޔާއްތައަށް ތިހިން އައިސް އަހަރެންގެ އަންހެނުންނާ ދިމާލަށް އެއްޗިއްސެއް ނުކިޔޭނެ އިނގޭ… މީން ދުވަހަކު ޖަންނަ ޔާނުއާ ވާހަކައެއް ނުދައްކަ… ހިދާޔާއްތަ ތިކަހަލަ ބޮޑެތި އިލްޒާމު ޖަންނަ ބޮލުގައި އަޅުވާއިރު ހިދާޔަޢްތަ ވިސްނާލުން ރަގަޅުވާނީ… ޖަންނަ މިހާރުވެސް އެވާ ޤުރުބާނީއަކީ ހަމަ ހިދާޔާއްތަގެ ދައިންނާ ހިދާޔާއްތަ އާއި ޖެހިދާނެތީ ވާ ޤުރުބާނީއެއް. ދެމީހުންގެ ދިރި އުޅުން ހަލާކުވެ ދިޔަ އިރުވެސް ހިދާޔާއްތަ ހިތަކަށް އެއްވެސް އެއްޗެއް ނާރާތަ؟”

“ހުނ، ހާދަ ފުއްޕާފަޔޭ ދޯ އަދި މީނަ މިހުންނަނީ؟” ހިދާޔާ އައި ރުޅިން އެހެން ބުނެފައި އައި ކޮޅަށް ހިގައި ގަތެވެ. ޒައިދާންއާއި ޒުވާބުކުރަން ހިދާޔާ ބޭނުން ނުވީ އެވެ.

“ހިދާޔާއްތާ، މީގެ ފަހުން ޖަންނައާއި ދިމާލަށް އެއްވެސް އެއްޗެއް ބުނެގެން ނުވާނެ އިނގޭ.” ހިދާޔާ ދާން ފެށުމުން ޒައިދާން ބުނެލި އެވެ. އޭރު ޖަންނަ ރޮއެ ރޮއެ ލޯ އެއްކޮން ވަނީ ރަތް ވެފަ އެވެ. ޖަންނަތު ހުރީ ގިސްލެވި ލެވި އެވެ. ޒައިދާން ޖަންނަތުގެ އަތުގައި ހިފައިގެން ގޭތެރެއަށް ވެއްދި އެވެ. ދުރުގައި ޔަޒަން ކައިރީ ހުރި ސާރާ ވެސް ޔަޒަން ގޮވައިގެން އައިސް ގޭތެރެއަށް ވަނެވެ.

ޖަންނަތު ކޮޓަރީ އޮވެ އެތަކެއް އިރު ރުޔެވެ. ޖަންނަތު ހަމައަކަށް އެޅުނީ އެތަކެއް ވާހަކަ ސާރާއާއި ޒައިދާން ދެއްކި ފަހުންނެވެ. ޖަންނަތު ހަމައަކަށް އެޅުމުން ސާރާ ޒައިދާންއަށް ސާރާ ބަނޑުބޮޑު ޚަބަރު ދިނެވެ. ޒައިދާން ވަރަށް އުފާ ކުރިއެވެ.

“ކުޑާއަށް ލިބޭނީ ބޯއި ކޮއްކޮ އެއް.” ޔަޒަން ބުންޏެވެ. ސާރާ ޔަޒަން ބޮލުގައި ފިރުމާލި އެވެ.

“ޔަޒަން ކަހަލަ ދޯ.” ސާރާ ހިނިތުން ވެލި އެވެ.

“ކުޑަ ޕާރޓީއެއް ބާއްވަން ވާނެނު.” ޒައިދާން ބުންޏެވެ. ޒައިދާން ދެކެނީ އަބަދުވެސް ސާރާއަކީ އަމިއްލަ ކޮއްކޮއެއް ގޮތަށެވެ. އެހެން ކަމުން ޒައިދާން ހުރީ ނުހަނު އުފާ ވެފަ އެވެ.

 

ޖެހިގެން އައި ދުވަހު އަހްޔާންއާއި އާލިޔާ އަދި ތަނާ ފުރަން އެއަރ ޕޯރޓަށް ދިޔަ އެވެ. އެމީހުނާއި އެކު އެއަރޕޯރޓާއި ހަމައަށް ދިޔައީ ނޫރުއާއި އަބްޔާން އެވެ. އަބްޔާންއަށް ހިދާޔާ ކަންތައް ކުރި ގޮތުގެ ވާހަކަ ކިޔައިދޭން އަހްޔާން ހުރީ ވަރަށް ބޭނުން ވެފަ އެވެ. ނަމަވެސް އަބްޔާން ހުންނަ ގޮތުން އިތުރު ހިތްދަތިކަމެއް އަބްޔާންއަށް ލިބިދާނެތީ އަހްޔާންއަށް އެވާހަކަ ދައްކާކަށް ނުކެރުނެވެ. އެންމެން އެންމެނާއި ސަލާން ކުރި ވަގުތު ތަނާ އަބްޔާން ކިބައިން މާފަށް އެދުނެވެ. އަބްޔާން ދެނަ ހުރި ކަމަށް ވެސް ނުހަދާ ހުރީ އެވެ. އަދިވެސް އަބްޔާން ގަބޫލު ކުރާގޮތުގައި ހުރިހާ ކަމެއް ވެސް ވެގެން ދިޔައީ ތަނާއާ ހެދި އެވެ.

އެންމެން ފުރުވާލާއިފައި ނޫރުއާއި އަބްޔާން މާލޭގައި މަޑުކުރީ އެވެ. އަބްޔާން މިހާރު އެއްގޮތަކަށް ވެސް ރަށަށް ދާހިތް ނުވާ ވާހަކަ ނޫރު ކައިރީ ބުންޏެވެ.

“އަބީ، ހިނގާ ބޭރަށް ކިޔެވުން ނިންމާލަން ދާން… އަބީއާ މަވެސް ބައިވެރި ވާނަން މިފަހަރު.” ކެފޭ އެއް ތެރޭ ކޮފީއެއް ބޯލަން ދެމީހުން ތިއްބެވެ.

“އަހަރެން ތިކަމާ އެބަ ވިސްނަން.” އަބްޔާން ބުނެލި އެވެ. “މައްސަލަ އަކީ މަންމަ އެކަނި ގޭގަ ހުންނާނެތީ… ބައްޕަ އަބަދު ފެކްޓްރީއަށް ދިޔައިމަ ގޭގަ ނުހުންނާނެ އިތުރު މީހެއް.”

“އާން، ތީ ވެސް ތެދެއް…” ނޫރު ބުންޏެވެ. “ގޭގަ ގެންގުޅޭ މީހެއް ހޯދަން ވީނު… އޭރުން މަންމަ އެކަނި އުޅޭކަށް ނުޖެހޭނެ. އަނެއްކާ ކަންތައް ކުރަން ވެސް ފަސޭހަ ވާނެނު… މިހާރު ދެން ކަންތައް ކޮށަލައިދީ ހަދާކަށް ޖަންނަވެސް ތިގެއަކަށް ނުދާނެނު.” ނޫރު ޖަންނަތުގެ ނަން ކިއުމުން ވެސް އަބްޔާންގެ ހިތަށް ތަދުވެގެން ދިޔަ އެވެ. އަބްޔާން ހިތްވަރު ކޮށްލާފައި ނޫރު ބުނި އެއްޗަކާއި މެދު ވިސްނާލި އެވެ.

 

ދުވަސްކޮޅެއް ފާއިތު ވެގެން ދިޔަ އެވެ. އަބްޔާން މާލޭގައި ހަފްތާއެއް ވަންދެން މަޑުކޮށްފައި ރަށަށް އައެވެ. އަބްޔާން އައި އިރު ނަސީރު ރަށުގައި ހުރުމުން އަބްޔާން ބޭނުންވީ ރަށުގައި މަޑުނުކޮށް ފެކްޓްރީއަށް ދާށެވެ. ރަށުގައި ހުރުމުން ޖަންނަތު ފެންނާތީ އެވެ. އަބްޔާންގެ ހިތަށް ތަދުވާތީ އެވެ. ޒައީމާ މެންގޭގައި ކުޑަ ކެއުމެއް ޒައިދާން ތައްޔާރު ކޮށްލީ ސާރާ ބަނޑުބޮޑު ވުމުން އެކަމުގެ އުފަލުގަ އެވެ. ނޫރު ވެސް އެދުވަހު އެގެއަށް އައިސް އުޅުން އިރު ޒައިދާންއާއި ވެސް ހިތްހެޔޮ ކަމާއެކު ވާހަކަ ދެއްކި އެވެ. ރައްޓެހިންގެ ގޮތުގައި އުމުރު ހޭދަކޮށްފައިވާއިރު ޖެހޭ މައްސަލަ ތަކުން އެހާ ގިނަ ދުވަހު ރުޅި އައިސްފައި ނުހުރެވޭނެ ނޫން ހެއްޔެވެ. މުޒައްފަރުއާއި މޫސައާއި ވެސް ނޫރު އެދުވަހު ވާހަކަ ދައްކާ ކުޑަކޮން ސަކަރާތް ޖަހާލާ ހެދި އެވެ. އެދުވަހު ފެނުން މަންޒަރުން ނޫރުއަށް އެހެން ކަމެއް ވެސް ވިސްނުނެވެ. ޒައިދާންއާއި ޖަންނަތު ކައިވެނީގެ ގޮތުން ގުޅިގެން އުޅުނެއް ކަމަކު އެދެމެދުގައި އެއްވެސް ގުޅުމެއް ނެތް ކަމެވެ. އެހެން ކަމުން ނޫރު އެކަމާ ވިސްނަން އިނެވެ.

“އޭ، ކިހިނެއް ވެފަ ތީނީ؟” ޒަިޔާދާ އައިސް ނޫރު އާއި ޖެހިގެން އިން ޖޯލީގައި އިށީންނަމުން އަހާލި އެވެ.

“މި ވިސްނަނީ ޖަންނައާ ޒައިދާންއާ މެރީ ކުރަން ދިމާވީ ކޮންކަމެއް ބާއޭ.” ނޫރު ބުނެލި އެވެ.

“ދެން އަދިވެސް އެކަމާތަ ތި ވިސްނަނީ؟ ސާބަސް… އެއީ ހިދާޔާއްތައާ ހެދިނު.” ޒިޔާދާ އެހެން ބުނުމުން ނޫރުއަށް ލިބިގެން ދިޔަ ހައިރާން ކަމުން ޒިޔާދާއާއި ދިމާއަށް ބަލައިލި އެވެ.

“ހިދާޔާއްތައާ ހެދިޔޭ؟” ހައިރާން ވެފައި ނޫރު އެހި އެވެ.

“އާން. ނޫރުއަކަށް ނޭގޭތަ؟ ހިދާޔާއްތަ އައިސް ޖަންނައާ ދިމާލަށް ވަރަށް އެއްޗިހި ކިޔޭ… ޖަންނަ ދެރަވެގެން ޖަންނަ ބޭނުން ނުވީ އަބީއާ މެރީ ކުރަން. އެއީ މުޒޭބެ އުޅޭ ގޮތަށް އަބީ ވެސް އުޅެން ޖެހިދާނެތީ ޖަންނަ ދެރަވީ. ޖަންނަ ބުނީ މަޔަކާއި ދަރިއަކު ޖަންނައާ ހެދި ދުރުވާކަށް ޖަންނަ ބޭނުމެއް ނޫނޯ… އެހެންވެ ޒައިދާންބޭ ކައިރީ އާދޭސް ކޮށްގެން ޖަންނަ ޒައިދާންބެއާ މެރީ ކުރީ…” ޒިޔާދާ ކަންތައް ވީގޮތް ކިޔައި ދިނެވެ. ނޫރު އިނީ ލިބުނު އާ ހަބަރުން ބުނާނެ އެއްޗެއް ނޭގިފަ އެވެ. “ނޫރުއަށް އަދިވެސް އެވާހަކަ ނޭގޭތީ އަހަރެން ހަމަ އަޖައިބު ވެއްޖެ.” ޒިޔާދާ ބުންޏެވެ.

ނޫރު އެވަގުތު ބޭނުންވީ ވަގުތުން އަބްޔާންއަށް ގުޅާފަ އެވާހަކަ ބުނާށެވެ. އެހެން ކަމުން އެތަނުން ނުކުތީ ޒިޔާދާ ކައިރީ އެބަ އަންނަމޭ ބުނެލާފަ އެވެ. ނޫރު އަބްޔާންއަށް ގުޅަން ފެށި އެވެ.

“ހެލޯ އަބީ!” ނޫރު ހުރީ ނިކަން އަވަސް ކޮށްލާފަ އެވެ. އެވާހަކަ ބުނާ ހިތުން ކެތް މަދު ވެފަ އެވެ.

“ހެލޯ، ކީކޭ ނޫރު؟”

“ވަރަށް އެހެން ކަހަލަ ހަބަރެއް ލިބިއްޖެ.”

“ކޮން ހަބަރެއް؟”

27
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

aasi

Other Articles

Previous

އަސަރު 21

Next

ނޭދެމޭ ވަކިވުމެއް… ހާދަހާ ލޯބިވޭ 66

Next
July 9, 2016

ނޭދެމޭ ވަކިވުމެއް… ހާދަހާ ލޯބިވޭ 66

Previews
July 8, 2016

އަސަރު 21

32 Comments

  1. Aimsithu says:
    July 9, 2016 at 5:36 am

    Haadha zamaaaneh kohffa ey mi vaahaka mi up vee.. vaahaka varah reethi…

  2. meesha says:
    July 9, 2016 at 6:39 am

    Aasi! Haada kiyaa hiy vaa hisaa bakun ney this nimmaaleee… But stry hama eh vana.. ????but nxt prt mihaaa las nukuraathi plxx.. ?

  3. een says:
    July 9, 2016 at 7:40 am

    Haadha dhigu inthizaarakah fahu thi up kuree… v salhi mi part ves. .. dhen konirakun tha next part up kuranee

  4. Leem says:
    July 9, 2016 at 7:48 am

    Thnkx u aasi… Next part avaha upload kohdheethi ingey

  5. Appy says:
    July 9, 2016 at 8:18 am

    Mifaharu aby gaathu bunaathi ……plx plx plx plx

  6. Sal says:
    July 9, 2016 at 9:37 am

    Please avahah up koh dhechey….very nice mivaahaka….
    ??????????

  7. Thukko says:
    July 9, 2016 at 9:44 am

    V rythi. next part avahah up kohdhehcheyyy

  8. Abhy says:
    July 9, 2016 at 10:03 am

    Aasi haadha lahun up thikury. Haadha inthizaareh kurevunu fahunney kiyaalan mi libuny mi part. Aasi roadhamas veema busy vee dhw maa bondah???? Varah reethi mi vaahaka. Avahah next part up kobba. Inge?

  9. Shuhy says:
    July 9, 2016 at 11:00 am

    Hama mi story vareh neh.. varra salhi

  10. Naxy says:
    July 9, 2016 at 11:04 am

    Alhey v kiyaa hithun indhaa e nimunee adhi v huih thelhey kahala hisaabakun. Story hama v salhu. Pls pls pls avahah up koh dheh chey

  11. inaya says:
    July 9, 2016 at 11:56 am

    Aharaku thankolheh genesdheyny varah foohivey

  12. Xoa says:
    July 9, 2016 at 1:02 pm

    Haadha dhuvahakah fahuey thi upload kuri. Haadha varakah balamey vaahakaa upvey thoa. Again im waiting for the next part. Pls upload it soon.. Story hama varah habeys….

  13. marey says:
    July 9, 2016 at 1:03 pm

    V salh pls pls avahah up koh dheh

  14. lidhoo says:
    July 9, 2016 at 1:22 pm

    Varah varah varah varah varah reethi avahah up kohdheythi

  15. Aysha says:
    July 9, 2016 at 1:28 pm

    Haadha reechey. Varah reethi mi story. Aasi u are great. Mi varah inthizaaru kureege vaahaka eh. Varah salhi. Next part upload koh lachey avahah.

  16. Same says:
    July 9, 2016 at 2:48 pm

    v reethi. bt haadha lahey up vaaleh

  17. Naaa says:
    July 9, 2016 at 3:21 pm

    Thanks asi story v furihama v reethi keep it up hop kuran next part avahan update kuraane kaman keep goin it will make u sucsessful

  18. Ainyyy says:
    July 9, 2016 at 4:25 pm

    Abiii ah egunas dhen zaidhaan aa janna aa divorce nukuruvaathi… mihaaruves raajjeyga vari ginavaathii miulheniii… aharumenves visanan vaane dho ekamaaa…. abii ah ufaaveri life akah edhen… janna aa zaidhaan ah ves adhi loabi veveyne… story varah salhi… avaha update kuraane kamah ummeedhu kuran

  19. ainth says:
    July 9, 2016 at 6:08 pm

    Vara reethi aasi haadha dhuvahe kolaafa thi up kollee. Alhe mihaa las nuko next Part up kolachey.

  20. At says:
    July 9, 2016 at 7:33 pm

    Thankolheh avahah up kohdheeebaaaaaarrrrr ….pls pls pls

  21. Yashal says:
    July 9, 2016 at 7:56 pm

    Mashaa allah.story v reethi..zydhaan n janna vaki nukurahcheyy.. Kaivenyaky kulhivareh nun dhwww…

  22. Aphy says:
    July 9, 2016 at 8:56 pm

    Haadha dhuvaheh kohffaye dhw…vvv reethi vaahaka eh…i jst lv it

  23. ny says:
    July 9, 2016 at 9:10 pm

    V v v reethi haaada inthizaarevejey v v nice

  24. shimaa says:
    July 9, 2016 at 9:28 pm

    Hadha dhigu inthizarakah fahu ey mi kiyaalan mi libeny… ?

  25. ashu says:
    July 10, 2016 at 12:25 am

    Upload soon

  26. nooru says:
    July 10, 2016 at 12:48 am

    Mifaharu hama any kairy bunaanan e ulhey nulafaa hidhaayaa ge vaahaka… ??

  27. nooru says:
    July 10, 2016 at 12:48 am

    Mifaharu hama aby kairy bunaanan e ulhey nulafaa hidhaayaa ge vaahaka… ??

  28. Abhy says:
    July 10, 2016 at 7:43 am

    Xaidhaan aa janna vaki nukurahchey..? ? pls. Aasi..

  29. aby says:
    July 10, 2016 at 3:38 pm

    Aharehnah ingeyey noor ?

    1. nym says:
      July 10, 2016 at 10:16 pm

      haha lol

  30. shaa says:
    July 11, 2016 at 2:16 am

    V reethi… thankolheh avahaa next part upload kurahcheyy.. plx plx… xaidhan n zanna ge love stry fashaa baa avahaa plx,❤❤

  31. Anonymous says:
    September 4, 2016 at 12:01 pm

    Mivaahak nimuneetha ??

Comments are closed.

All Right Reserved!