Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އަސަރު 21

Liaa
July 8, 2016
7 Mins Read
86 Views
23 Comments

“ރީ…. ޕްލީސް ހެލްޕް މީ….” ވައިއަޑުން އަމީން ބުނަމުން ގެންދިއައެވެ. އެއަށްފަހު ދެން އިވިގެން ދިއައީ ބާރު އަޑުފައްގަނޑެކެވެ. މީހުންތަކެއް ވާހަކަދައްކާ އަޑު ވެސް އިވެމުންދިޔަ ނަމަވެސް އެކިޔާ އެއްޗެއް ސާފެއް ނުވެއެވެ. ރިކޯޑިންގ ހުއްޓުމާއެކު ޝިކާ ރީނާއަށް ބަލާލީ ސުވާލުން ފުރިގެންވާ ނަޒަރަކުންނެވެ.

“ދެން ފޯނު ކެނޑުނީ…. ފަހުން ގުޅީމަ އޮތީ ފޯނު ވެސް ނިވާލާފަ…..” ރީނާ ކަންބޮޑުވެފައި ބުނެލިއެވެ. “ދެން ކިހިނެއް ހަދާނީ ؟ އަހަންނަށް ހީވަނީ އަމީން ވީ އެއްކަލަ ގޭގަހެން…”

ރީނާ އެހެން ބުނުމާއެކު ޝިކާ ވެސް ކަންބޮޑުވިއެވެ. ގަޑި ބަލާލިއިރު އޭރު މެންދަމުން އަނބުރާ އެކެއް ޖަހަނީއެވެ. އަމީން މިއޮއްފަދަ ގަޑީގައި އެގެއަށް އެދިއައީ ކީއްކުރަންބާވައެވެ؟ މިހާރު އެއުޅުން އޭނާ ހުއްޓާލާފިއެއް ނޫން ހެއްޔެވެ؟ އަމީންއަށް ކަމެއްވީ ބާއެވެ؟ އެވަގުތު ރީނާ އަވަސް އަވަހަށް ތެދުވެގެން އަލަމާރިއާ ދިމާއަށް ހިނގައިގަތެވެ. ހެދުމެއް ނެގުމަށްފަހު ފާހާނާއަށް ވަދެ ލައިގެން ހުރި ހެދުން ބަދަލުކޮށްލުމަށްފަހު އަވަސް ފިޔަވަޅުތަކެއްގައި ނިކުމެ އެނދުގެ އަޑިއަށް އަތްކޮށްޕާލުމަށްފަހު ކޮނޑުގާ އަޅުވާ ކަހަލަ ދަބަހެއް ނެގިއެވެ. އެއަށްފަހު އަލަމާރިން ވަޅިއެއް ފާޑު އެއްޗެއް ނަގައި އެދަބަހަށް ލިއެވެ.

“ރީނާ؟ ކީއްކުރަން ތިއުޅެނީ؟” ރީނާ އުޅޭ ގޮތުން ނުހުރެވިގެން ޝިކާ އަހާލިއެވެ.

“އަހަރެން މިދަނީ އަމީން ގާތަށް… އަހަރެން ޖެހޭ އަމީން ސަލާމަތްކުރަން…” ރީނާ ދަބަސްކޮނޑުގައި އަޅާ ހެއޮވަރު ކޮށްލަމުން ބުނެލިއިރު އެއަޑުގައި ވަނީ ހަރުކަށިކަމެވެ. އިތުރަށް މަޑުނޮކޮށްލައި އޭނާ ހަލުވިކަމާއެކު ކޮޓަރިން ބޭރަށް ދިއުމަށް ހިނގައިގަތެވެ.

“ރީ…! މަޑުކޮށްބަލަ…” ޝިކާ އެނދުން ތެދުވަމުން ގޮވާލި ނަމަވެސް އޭރު ރީނާ ކޮޓަރިން ނިކުމެގެން ހިނގައްޖެއެވެ. ރީނާ ދިއުމާއެކު ޝިކާ ހާސްވާން ފެށިއެވެ. ރީނާއަށް އެކަނި މިކަމާ ކުރިމަތި ލެވޭނެ ހެއްޔެވެ؟ ނޫނެކެވެ. އޭނާވެސް ރީނާއާ އެކީ ދާން ޖެހޭނެއެވެ. އަމީންއަށް ކޮންމެ ފަދަ ކަމެއް ވެސް ދިމާވެދާނެއެވެ. ޝިކާ ވެސް އަވަހަށް އެއްޗެހި ބަދަލުކޮށްލައިގެން ކޮޓަރިން ނިކުތުމަށް ހިނގައިގަންނަމުން ގަދަ ނިދީގައި އޮތް ރަނާއަށް ބަލާލުމަށްފަހު ފުން ނޭވާއެއް ދޫކޮށްލިއެވެ. އަވަސް ފިޔަވަޅުތަކެއްގައި އޭނާ ގެއިން ނިކުމެގެން ހިނގައިގަތެވެ. ގޭދޮރާށިން ނިކުތް އިރު ރީނާ ފެންނަ ހިސާބުގައިވެސް ނެތެވެ. ދުވެފައި ކަހަލަ ގޮތަކަށް އޭނާ ޖެހިގެން ހުރި ގޯޅިން އަޅާލިއިރު މާދުރުން އެގެ ހުރި ދިމާއަށް ދުވެފައިދިޔަ ރީނާ ލޮލުގައި އަޅައިގަތެވެ. ޝިކާ ވެސް ފަހަތުން ދުއްވައިގަންނަން އުޅެފައި ކަމެއް ހަނދާންވާ ފަދަ ގޮތަކަށް ހުއްޓުނެވެ. އަދި ހެދުމުގެ ޖީބުން ފޯނު ނެގުމަށްފަހު އަހުސަންއަށް ގުޅާލިއެވެ.

“ހަލޯ… އަހުސަން… އަމީންއަށް ކަމެއް ވެގެން މިއުޅެނީ.. ރީނާ ވެސް ހިނގައްޖެ…. އަހަރެން ވެސް މިދަނީ… ހުރި ދިމާއަށް އައިސްފަ ޖެހިގެން ހުރި ގޯޅިން ވަލުފަރާތަށް ލަނބާލާ އިރު ވަލާ އެންމެ ކައިރީގަ ހުންނާނެ … އެގެއަށް…. އާދެބަލަ… އަމީންއަށް ކަމެއް ވީ ..”  އަހުސަން ފޯނު ނެގުމާއެކީ ޝިކާ އެއްފައްޗަކަށް ހުރިހާ އެއްޗެއް އަމުނާލިއެވެ. ނިދިޖެހިފައި އޮތް އަހުސަންއަށް ޝިކާ އެހާ ހާސްވެފައި ވާހަކަ ދެއްކުމުން ފުންމައިގެން ތެދުވެވުނެވެ.

“ނޫން.. ނުދޭ.. ވެއިޓް ފޯ މީ…” އަހުސަން އަށް އެޖުމްލަ ފުރިހަމަ ނުކުރެވެނީސް ޝިކާ ފޯނު ކަނޑާލުމަށްފަހު ދުއްވައިގަތީ އެގެއާ ދިމާއަށެވެ.

*****

“ވަޓް؟” އަހުސަން ލިވާންއަށް ގޮވައި ޝިކާ ބުނި ވާހަކަތަށް ބުނުމާއެކީ ލިވާންއަށް ބުނެލެވުނެވެ. އަދި ޗުސްތަޅަމުން އަމީން ގެ ހުސް އެނދާ ދިމާއަށް ބަލާލިއެވެ.

“އަހަންނަށް އޭރުވެސް ހީވިޔޭ މިކަހަލަ އެއްޗެކޭ އަމީން އެހާ ލަސްވީމަ ބޭރަށް ދިއައީމަ..” ލިވާން ތެދުވެ ގަޔަށް ޓީޝާޓެއް ވައްޓާލަމުން ބުނެލިއެވެ.

“ވަޓް؟ ކޮންއިރަކު އަމީން ބޭރަށް ދިއައީ؟ އަހަރެން ހީކުރީ އަދި ގެއަށް ނާންނަ ކަމަށް..” އަހުސަން ހާސްވެފައި އަހާލިއެވެ.

“ބާރަ ޖެހިފަހުން ދިއައީ.. ހިނގާ ދެން ވެސް އަވަހަށް ދެވޭތޯ ބަލަން…. ޝިކާ އާ ރީނާ ވެސް އެކަނި ދާކަށް ނުވާއްނު…” ލިވާން އެހެން ބުނުމާއެކު ދެމީހުން ވެސް ދުވެފައި ބޭރަށް ނިކުތެވެ. އަނެއްކާ އެމީހުންނަށް ކުރިމަތިވާން މިއުޅެނީ ކޮން ކަންތައްގަނޑަކާ ބާއެވެ؟

*****

ޝިކާއަށް ދުވެފައި އެގެއާ ހަމައަށް ދެވުނު އިރު މާނޭވާލެވެއެވެ. ގޭގެ ބޮޑު ދޮރާށި ކުޑަކޮށް ހުޅުވާލުމަށްފަހު ސިއްރުންސިއްރުން އެތެރެ ބަލާލިއެވެ. އޭރު އެތަނުގައި އަމީން އާއި ރީނާގެ އިތުރުން ހައެއްކަ ފިރިހެން ކުދިން ތިއްބެވެ. އެމީހުންނާއި އަމީންގެ ދެމެދުގައި ރީނާ ހުއްޓިލައިގެން ހުރި  އިރު އެ މޫނުމަތިން ފާޅުވަމުން ދިއައީ ރުޅިވެރިކަމެވެ.

“ކަލޭމެން އަމީން އާ ނުބެހޭތި! ކިހިނެއް ވެގެންތަ ތި އުޅެނީ؟” ރީނާ ހަރުކަށިކަމާއެކު އެހެން ބުނެލީ ކުރިމަތީގައި ހުރި ފިރިހެން ގުރޫޕާ ދިމާއަށެވެ.

“ބަލަ އަމީނަކީ ވެސް ހަމަ އަހަރުންނާ އެކީ އަހަރުން އުޅުން ގޮތަށް އުޅުނު މީހެކޭ؟ ހަމަ ހުރެފަ މިގޮތް ދޫކޮށްލީއޭ ކިޔައިފަ މިތަނަށް ނައިސް ހުރެވޭތަ؟ ރީ މިތަނަށް ނަޔަސް އަމީން އަކަށް މިތަނަށް އައުން ހުއްޓައެއް ނުލެވޭނެ!” އެންމެ ކުރީގައި ހުރި ކުއްޖާ ހަރަން ބަނދެލަމުން ބުނެލިއެވެ.   އޭނާގެ އިސްތަށިގަނޑު ކޮނޑާ ހަމައަށް ދިގުކޮށްފައިވާއިރު ދެކަންފަތުގައި ބޮޅު އަޅުވާފައި ހުއްޓެވެ. އަދި ކަރުގައި ދިކު ޗެއިން ފަށެއް އަޅާފައި ހުއްޓެވެ.

“އަންމަޑޭ! އަންމަޑޭ އަކަށް ނޫން އެނގޭނީ އަމީން އުޅޭނެ ގޮތެއް…” ރީނާ ހަރުކަށިކަމާ އެކު އެހެން ބުނެލިއިރު އެމޫނުމަތިން ފާޅުވަނީ ޖެހިލުންކުޑަ ކަމެވެ.

“މެއްސެއްހެން އެބަ ހުއްޓެއްނު ކުރިމަތީގާ… އެއްފަރާތްވޭ!” އަންމަޑޭ ރުޅިގަދަ ވެފައި އެހެން ބުނެލަމުން ރީނާގެ އަތުގެ މުލައްދަނޑީގައި ހިފައި އެއްފަރާތަކަށް ހޫރާލިއެެވެ. ނުވިސްނާ ހުރި ރީނާ އެދިއަ ބާރު މިނުގައި ބިންމައްޗަށް ވެއްޓުނެވެ.

“ރީ! ” ރީނާ ވެއްޓުމާއެކު އަމީން އަށް ގޮވާލެވުނެވެ. އަދި ރީނާ ގާތަށް ދިއުމައްޓަކާ ހިނގައިގަތެވެ. ޝިކާ ރަނގަޅަށް އަމީންއަށް ބަލާލިއެވެ. އޭނާ ލައިގެން ހުރި ހުދު ކުލައިގެ ޓީޝާޓު ހިރަފުސްވެ ކިލާވެފައި ހުރިއިރު އަނގަމަތި ކައިރި ފެޅިފައިވެއެވެ. އަނގަކައިރިން ލޭ ފައިބައި އޭނާގެ ހުދު ކުލައިގެ ޓީޝާޓުގައި ހޭކިފައިވެއެވެ. އޭނާ ހިނގަމުން ދިއައީ ވެސް ކޮރެއް ޖަހަމުންނެވެ. މިތިބަ ގުރޫޕު އޭނާއަށް އަނިޔާ ކުރީހެއްޔެވެ؟

އަމީންއަށް ރީނާ އާ ހަމައަށް ނުދެވެނީސް އަންމަޑޭ އައިސް އަމީންގެ ޓީޝާޓުގައި ހިފައި ދަމައިގަތެވެ. އަދި ފަހަތަށް ވައްޓާލިއެވެ. އަމީން އެދިޔަ ބާރު މިނުގައި އުއްޑުން ވެއްޓުނެވެ.

“އަމީން!” ވެއްޓިފައި އޮތް ރީނާއަށް އަމީންއާ ދިމާއަށް އަތް ދިއްކޮށްލަމުން ގޮވާލިއެވެ. ހިތްވަރެއްލާފައި ތެދުވެ އަމީން ގާތަށް ދާން މަސައްކަތް ކުރި ނަމަވެސް އިތުރު ފިރިހެން ކުދިންތަކެއް އައިސް އޭނާ ދެއަތުގައި ހިފެހެއްޓިއެވެ. ގަދަހެދި ނަމަވެސް އޭނާއަކަށް އެމީހުން ކައިރީ ގަދައެއް ނުވެވުނެވެ.

ހިރިލަންވެސް ނޭނގިފައި އޭނާ އެތަނުގައި އޮތް އިރު އަންމަޑޭ އޭނާގެ ފައިން އަމީންގެ ބަނޑުގައި ތަޅަން ފެށިއެވެ. އޭގެ ކޮންމެ ފަހަރަކުވެސް އޭނާގެ އަނގައިން ވޭނީ އާހެއް ބޭރުވަމުން ދިއައެވެ. ޝިކާއަށް އެތަނުގައި ހުރެވުނީ އެހާއިރު ވަންދެންނެވެ. އޭނާގެ އެކުވެރިއަކަށް އެހާ ބޮޑު އަނިޔާއެއް ދޭ ތަން ބަލާކަށް އޭނާއަކަށް ހިމޭނުންނެއް ނުހުރެވޭނެއެވެ. އަވަސް އަވަހަށް މަގުމަތި ހޯދާ ބަލާލިއިރު ފާރުކައިރީ ގައި އޮތް ލަކުޑި ބުރި އޭނާގެ ލޮލުގައި އަޅައިގަތެވެ. އޭތި ނަގައި އަތަށް ހެޔޮވަރުކޮށްލުމަށްފަހު ދޮރާށި ހުޅުވާލައި ދުވެފައި ގޮސް އަންމަޑޭގެ ބޮލުގެ ފުއްކިބައިގައި ގައިގައި ހުރި ބާރެއް ލާފައި ޖެހިއެވެ. އެވަގުތު އަންމަޑޭ ވީ ތަދުން ހަޅޭއްލަވައިގަނެވުނެވެ. ބޮލުގައި އަތް އަޅާލަމުން ބިންމައްޗަށް އޭނާ ތިރިވިއެވެ. އޭރު ހޯސްލާފައި އޭނާގެ ބޮލުން ލޭ ފައިބަމުން ދިއައެވެ. އިރުކޮޅަކުން އޭނާ ހުރިދިމާ ބިމަށް ވެއްޓުނީ ހަބަރު ހުސްވެގެންނެވެ. އޭރު އެތަނުގައި ތިބި ފިރިހެންކުދިންތަށް ދިއައީ ހައިރާންކަމާއެކު ޝިކާއާ ދިމާއަށް ބަލަމުންނެވެ. އެތަނުން އެކަކު އައިސް އަންމަޑޭ ކައިރިއަށް ގޮސް އޭނާގެ ނޭފަތް ކައިރީ އަތް ބަހައްޓާލިއެވެ.

“އޭނާ ނޭވައެއް ނުލާ….” އެކުއްޖާ ދެންތިބި މީހުންނަށް އަންގާލީ ވަރަށް ހާސްވެފައި ހުރެއެވެ. އެވަގުތު ޝިކާއަށް ބަލާލެވުނީ ދުރުގައި ހުރި ރީނާއަށެވެ. ރީނާވެސް ދެލޯ ބޮޑުކޮށްގެން އޭނާއަށް ބަލަމުން ގެންދިއައިރު އެދެލޮލުން ފާޅުވަނީ ބިރުވެރިކަމެވެ. ޝިކާއަށް އަނގަމަތީގައި އަތްއަޅާލުމަށްފަހު ބިމަށް ތިރިވެވުނެވެ. “ނޫން…” މަޑުމަޑުން އޭނާއަށް އެހެން ބުނެލެވުނީ ކުރިމަތިން ފެންނަމުންދާ މަންޒަރު ޤަބޫލުކުކުރެވިގެންނެވެ. އޭނާ މީހެއް މަރާލީހެއްޔެވެ؟ ނޫނެކެވެ. އެހެނެއް ނުވާނެއެވެ. ކުރިމަތީގައި އެއޮތް މީހާ މަރެއް ނުވާނެއެވެ. އޭނާ އެމީހާ ގައިގައި ޖެހީ މަރާލުމުގެ ނިޔަތުގައެއް ނޫނެވެ. އޭނާ އަންމަޑޭގެ ހަށިގަނޑު ކައިރީ އިށީނެވެ. މޮޔައެއް ފަދައިން އޭނާ އަންމަޑޭގެ މޫނުގައި ތަޅަތަޅާފައި ގޮވަން ފެށިއެވެ.

“އޭތް… ތެދުވޭ… ތިއޮތީ މަކަރު ހަދައިގެން…. ތެދުވޭ..!!” އޭނާ އެހެން އިނދެ ގޮވަމުން ދިއައެވެ. މަމަންޒަރު ބަލަން ހުރި ރީނާ އާއި އަމީންގެ މޫނުމަތިން ކަންބޮޑުވުމުގެ އަސަރުތަށް ފާޅުވޭވޭ ހުއްޓެވެ.

“އޭ! ދެން އޭނަ މަރާލާފަ އެކްޓު ކުރާނެކަމެއް ނެތް…” ފަހަތުން އައި މީހަކު އޭނާގެ ކޮނޑުގައި ހިފައި މައްޗަށް ނެގިއިރު އެ އަޑުން އިންތިހާއަށް ރުޅިވެރިކަން ފާޅުވެއެވެ. އެވަގުތަކީ އަހުސަން އާއި ލިވާން އަށް ވެސް އައިސް އެގެއަށް ވަދެވުނު ވަގުތެވެ. ޝިކާގެ ކޮނޑުގައި ހިފައިގެން ހުރި މީހާ ފެނި އަހުސަން ގެ ލޭ ކެކި ގަތެވެ. ވަގުތުން ގައިގައި ހުރި ބާރެއް ލާފައި އައިސް އެމީހާގެ ގައިގައި މުއްކެވި އަތުން ޖެހިއެވެ. ލިވާން އައިސް ވެއްޓިފައި އޮތް އަމީންއަށް އެހީވާންފެށި ނަމަވެސް މީހަކު އައިސް އޭނާގެ ގައިގައި ތަޅައިގަތް ބާރަށް އޭނާ އަނގަވަތަށް ބިންމައްޗަށް ވެއްޓުނެވެ. އޭރު ޝިކާ ގަބުވެފައި ފަދަ ގޮތަކަށް އެމަންޒަރުތަށް ބަލަން ހުއްޓެވެ. ރީނާވެސް އެ ދަނޑިވަޅު ބަލައި އޭނާގެ ގައިގައި ހިފަހައްޓައިގެން ތިބި މީހުންގެ އަތުން ވީއްލެން މަސައްކަތްކުރިއެވެ. އެމީހުން އެވަގުތު ތިބީ ނުވިސްނާކަމުން އޭނާއަށް ފަސޭހައިން އެމީހުންގެ އަތްދަށުން ސަލާމަތް ވެވުނެވެ. އޭނާގެ ލޮލުގައި މާދުރުނޫން ހިސާބެއްގައި އޮތް ދަނޑިގަނޑެއް އަޅައިގަތުމުން އަވަސް އަވަހަށް އެދިމާއަށް ގޮސް އޭތި ނަގިއެވެ. އަދި ކައިރިއަށް އަންނަ ކޮންމެ މީހެއްގެ ގައިގައި އެއިން ފަރިތަކަމާއެކު ތަޅަމުން ގެންދިއައިރު ހީވަނީ ގަދަ ފަހުލަވާނެއް ހެންނެވެ.

ބިންމަތީގައި ޖެހުނު ގޮތަށް ލިވާންގެ އަނގަމަތި ދިއައީ ފަޅައިގެންނެވެ. ނަމަވެސް ހިތްވަރުކޮށްފައި އޭނާ ތެދުވެ އަހުސަން އާ އެއްބައިވެގެން އެމީހުންނަށް ހަމަލާދޭން ފެށިއެވެ. އެންމެންވެސް ވަރުގަދަ ތަޅާފޮޅުންގަނޑެއްގެ ތެރޭގައި ވީއިރު ޝިކާ އޭރުވެސް އިނީ ގަބު އަރާފައެވެ. ވެއްޓިފައި އޮތް އަންމަޑޭ އާ ފުރަގަސްދީގެން އޭނާ އިންއިރު އެ ނަޒަރު ވަނީ ބިންމައްޗަށް ހުއްޓިފައެވެ. އަހުސަން ބެލީ ޝިކާގެ ގާތަށް އެ ނުލަފާ މީހުންގެ ތެރެއިން އެކަކުވެސް ދިޔަ ނުދެވޭތޯއެވެ. އަމީން ވެސް ހިތްވަރުކޮށްފައި ތެދުވެ އެމީހުންނާ ކުރިމަތިލަމުން ގެންދިއައެވެ.

ކުއްލިއަކަށް އަންމަޑޭގެ އަތުގެ އިނގިލިތަކަށް ކުޑަ ހަރަކާތެއް ވެރިވިއެވެ. ފުރަގަސްދީގެން ބިންމަތީގައި އިން ޝިކާއަކަށް އެމަންޒަރެއް ނުފެނެއެވެ. އިސާހިތަކު ފުންނޭވާއެއް ދޫކޮށްލުމަށްފަހު އަންމަޑޭ ދެލޯހުޅުވާލިއެވެ. ފުރަގަސްދީގެން އިން ޝިކާ އޭނާގެ ލޮލުގައި އަޅައިގަތުމާއެކު އެދެލޯ ނަފުރަތުން ފުރުނެވެ. ސިންގާއެއް ފަދައިން އައިސް އޭނާ ޝިކާގެ ކަރުގައި ބައްދައިގަތެވެ. ލިބުނު ސިހުމާއެކު ޝިކާއަށް ހަޅޭއްލަވައިގަނެވުނެވެ. އެއާއެކު އަންމަޑޭ އޭނާގެ ކަރަށް އިތުރަށް ބާރުކޮށްލިއެވެ. ނޭވައި ނުލެވިގެން ޝިކާ ތެޅެން ފެށިއެވެ.

ޝިކާ ހަޅޭއްލަވައިގަތް އަޑަށް އަހުސަންގެ ނަޒަރު އެދިމާއަށް ހުއްޓުނެވެ. އެދިމާއަށް ދާން އުޅުނު ނަމަވެސް އެތަނުން މީހަކު ދަނޑިވަޅު ބަލާފައި އައިސް އަހުސަންގެ ބުރަކަށީގައި އަޅައި ކޮއްޕާލިއެވެ.

“ކަލެއަކަށް ސަލާމަތެއް ނުވެވޭނެ.. ” ޝިކާގެ ކަރަށް ބާރުކުރަމުން އަންމަޑޭ ވާހަކަދައްކަމުން ދިއައީ ދަތްކުނޑި ވިކާފައި ހުރެއެވެ. ހީވާކަހަލައެވެ. އޭނާ މިހާކު ބޭނުންވަނީ ޝިކާގެ ދުވަސްދުއްވާލާށެވެ. އަންމަޑޭގެ ހަރަކާތަށް ހުއްޓުމެއް އައީ ދާދި ކައިރިން ޕޮލިސް ޖީޕުން އަޅާ ކަހަލަ ސައިރަންގެ އަޑު އިވިގެންނެވެ. މިއަޑު ބާރުވަމުން އައި ވަރަކަށް އެންމެންގެ ހަރަކާތްތަކަށް ވެސް ހުއްޓުން އަރަމުން ދިއައެވެ.

ކުއްލިއަކަށް އެގޭ ދޮރު ހުޅުވާލުމަށްފަހު ވަދެގެން އައީ ފުލުހުންނެވެ. އެއާއެކު ލިބުނު ސިހުމާއެކު އަންމަޑޭއަށް ޝިކާގެ ކަރުގައި ވަށާލެވިފައިވާ އޭނާގެ އަތް ދޫކޮށްލެވުނެވެ. އޭރު ޝިކާ ގެންދިއައީ ނޭވާ ހޯދުމަށްޓަކާ ބާރު ބާރަށް ކެއްސަމުންނެވެ.

ދެން ފެނިގެން ދިއައީ ފަހަރަކު މީހެއްގެ އަތުގައި ބިޑި އަޅުވައިގެން ފުލުހުން އެގެއިން ނެރެމުން ދިޔަ މަންޒަރެވެ. ޝިކާގެ އަތުގައި ވެސް ބިޑި އަޅުވައިގެން އެހެން އެންމެން ފަދައިން ފުލުހުންގެ ޖިޕަށް އެރުވިއެވެ. އޭރު ޝިކާގެ ހިތް ގެންދިއައީ ނެގިނެގިފައި ޖެހެމުންނެވެ. އޭނާ ދުވަހަކުވެސް މިފަދަ ކަމަކާ ކުރިމަތިލާފައި ނުވާތީއެވެ. އޭނާގެ މައިންބަފައިންނަށް މިކަންތަށް އެނގެއްޖިއްޔާ ވާނީ ކިހިނެއް ހެއްޔެވެ؟ ޖިޕަށް އެރުވުމުން އެންމެން ކަހަލަ ގޮތަކަށް ތިބީ އިސްޖަހައިގެންނެވެ. އެތެރޭގައި ފުލުހުން ތިބީމައި ތޯއްޗެވެ.

ރީނާގެ ހިތް ބާރުބާރަށް ތެޅެމުން ގެންދިއައެވެ. މިއަދު މުޅި ދުނިޔޭގެ ކުރިމަތީގައި އޭނާ ބޭޒާރުވާނެއެވެ. އޭނާގެ މައިންބަފައިންގެ ކުރިމަތީގައި ވެސްމެއެވެ. ކޮންމެ ގޮތެއް ވިޔަސް އޭނާވެސް މިގޭގެ ތެރޭގައި ނުބައި ޢަމަލުތަށް ކުރުމުގައި ބައިވެރިވިއެވެ. މިކަމުން އޭނާއަށް ސަލާމަތްވެވޭނެ ގޮތެއް ނޯންނާނެއެވެ. އޭނާ އަމީން ދެކެ ނުލާހިކު ލޯބިވެއެވެ. ވުމާއެކު އަމީން އޭނާއަށް ބްލެކްމެއިލް ކުރި ވާހަކަ ފުލުހުން ގާތު ބުނާކަށް އޭނާ ބޭނުމެއް ނުވެއެވެ. އެކަމަކުވެސް…. ފުލުހުންނަށް މިކަންތަށް އެންގީ ކާކުހެއްޔެވެ؟ އޭނާގެ ސިކުނޑި ހުއްޓުމެއް ނެތި ބުނަމުން ގެންދިއައީ އެއީ ޝިކާ ކަމުގައެވެ. އޭނާވެސް އެތާންގައި ތިބި މީހުންނާ ކުރިމަތިލާން އުޅުނު އިރު ޝިކާ އުޅުނުގޮތެއް އެނގިފަކާ ނެތެވެ. ނަމަވެސް ފުލުހުންނަށް ގުޅިކަމަށް ވާނީ ހަމަ ޝިކާއެވެ. އެއީ މިކަމުގެ ތެރެއިން ޝިކާއަށް ފަސޭހައިން ސަލާމަތްވެވޭނެތީއެވެ. ޝިކާ ހީކުރަނީ ކީކޭހެއްޔެވެ؟ އޭނާ މަޅީގައި ބައްދާފައި ޝިކާ އެއުޅެނީ ސަލާމަތްވެގެން ދާން ހެއްޔެވެ؟ އޭނާގެ މަޖުބޫރީ ހާލަތު ޝިކާއަށް ކިޔައދިނީމަ އޭނާއަށް ޝިކާ ހެދި ގޮތަކީ މިއީ ހެއްޔެވެ؟ މިހެން ހިތަށް އެރުމާއެކު އޭނާގެ ހިތުގައި ޝިކާގެ މައްޗަށް ނަފުރަތުގެ އަލިފާންގަނޑެއް ރޮއިވިއެވެ.

“ޝިކާ! ކަލޭ ދޯ ޕޮލިހަށް ގުޅީ…؟ ހުރި ނުބައިކަން… އަހަރެމެންނަށް ލަނޑު ދޭން ވެގެން!” ރީނާ އެހަމަހިމޭންކަމުގެ ތެރެއިން ހަޅޭއްލަވައިގަތީ ޝިކާއާ ދިމާއަށެވެ. ނަމަވެސް އެހިނދުގައި އެތެރޭގައި އިން ފުލުހެެއް ރީނާއަށް ވާހަކަ ނުދެއްކުމަށް އިށާރާތް ކުރިއެވެ. އެއާއެކު ރީނާ ހިމޭންވިއެވެ. ނަމަވެސް އޭނާ ގެންދިއައީ ރުޅިވެރިކަމާއެކު ޝިކާއަށް ބަލަމުންނެވެ.

ރީނާ އެހެން ބުނުމުން ޝިކާއަށް ލިބުނީ ކުއްލި ހައިރާންކަމެކެވެ. އޭނާ ރީނާއަށް ދެރަގޮތެއް ހަދާކަށް ދުވަހަކުވެސް ހިތަކަށް ނާރައެވެ. ވީއިރު ރީނާ އެހެން ބުނަންވީ ކީއްވެގެން ހެއްޔެވެ؟ ޕޮލިހަށް ގުޅީ ކާކުކަމެއް ޚުދު އޭނާއަކަށް ވެސް ނޭނގެއެވެ. އެވަގުތު އޭނާގެ ކުރިމައްޗަށްވާ ގޮތަށް އިން އަހުސަން ހިނިތުންވެލީ ހުރިހާ ކަމެއް ވެސް ރަނގަޅުވާނޭ ބުނާ ފަދައިންނެވެ. އޭނާ ވެސް އަހުސަން އަށް ފަނޑު ހިނިތުންވުމެއް ރައްދުކޮށްލިއެވެ. ނަމަވެސް އޭނާގެ ހިތް ދިއައީ ހިތާމަކުރަމުންނެވެ. ކަންތައްތަށް މިފަދަ ގޮތަކަށް ވާނެކަމަކަށް އޭނާ ހިޔެއް ނުކުރެއެވެ.

######

ބާރަ އަހަރު ފަސް………..

އިބްރާހީމް ނާސިރު އިންޓާނޭޝަނަލް އެއާޕޯޓުތެރޭގައި ތަފާތު މީހުން ހޭލާމޭލާވެ އުޅެމުން ގެންދިއައެވެ. ފުރަންދާ މީހުންނާއި ލަފައިގެން އަންނަ މީހުންނެވެ. މީހުން ފުރުވަން އައިސް ތިބޭ މީހުންނާއި ބަލައި އައިސް ތިބޭ މީހުންނެވެ. މިއެންމެންގެ ތެރެއިން ފުރޭނިގެން ފަދަ ގޮތަކަށް ފަރި ހިނގުމެއްގައި އެހެރަ އަންނަ އަންހެން ކުއްޖާއަށް ގިނަ ބައެއްގެ ލޯތަށް އަމާޒުވަމުން ދިޔައެވެ. ގަދަ ނޫ ކުލައިގެ އަބާޔާއެއް ލާފައި ހުރި އިރު ބޮލުގައި އަޅި ކުލައިގެ ޝޯލްއެއް އަޅާފައި ހުރިއިރު އެއް ބައްޓަން ރީތި ހަށިގަނޑަށް ފުރިހަމަކަން ގެނަސްދީފައިވެއެވެ. ތުންފަތުގައި ގަދަ ރަތް ކުލައިގެ ލިޕްސްޓިކްއެއް ޖައްސާފައި ވީއިރު އެ ދޮންމޫނަށް އިތުރު ފުރިހަމަކަމެއް ގެނަސްދެއެވެ. އަޅާފައިވާ ކަޅުކަން ގަދަ މަސްކަރާ އާއި އައި ލައިނާރ ގެ ސަބަބަބުން އެރީތި ދެލޯ އިތުރަށް ރީތި ކަމަށް ދައްކައެވެ. ފަރިފަރި ހިނގުމެއްގައި ޕިންކު ކުލައިގެ ބޮޑު ސުއިޓްކޭސް ދަމަމުން އޭނާ މިސްރާބު ޖެހީ އެއާރޕޯޓުން ބޭރަށް ދިއުމަށެވެ. ބޭރަށް ނިކުތުމާއެކު އިރުގެ ދޯދިތަށް އޭނާގެ މޫނަށް އެޅެން ފެށިއެވެ. އެއާއެކު ކުޑަކޮށް މަޑު ޖެހިލުމަށްފަހު އަތުގައި އޮތް ހޭންޑްބޭގް އިން ކަޅުކުލައިގެ އަވިއައިނެއް ނަގައި ލޮލަށް ހެޔޮވަރުކޮށްލިއެވެ. އޭނާ ދެން މިސްރާބު ޖެހީ މާލޭ ފެރީ ޓަރމިނަލް އާ ދިމާއަށެވެ. އެއާއެކު ތަންކޮޅެއް ދުރުން ފިރިހެންކުއްޖަކު އޭނާއަށް ހަނާއަޅާލިއެވެ. ބަލާބެލުމަށް ހީވަނީ ސަތާރަ އަށާރަ އަހަރުގެ ކުއްޖެއްހެންނެވެ. އެކުއްޖާ ފެނިފައި އޭނާއަށް ދަތްޕިލާ އެއްކޮށް ފެންނަ ވަރަށް ހީލެވުނެވެ. ސުއިޓްކޭސްވެސް އެހުރި ތަނުގައި ބެހެއްޓުމަށްފަހު ދުވެލާފައި ގޮސް އެ ފިރިހެން ކުއްޖާ ގައިގައި އޮޅުލައިގަތެވެ.

(ނުނިމޭ)

38
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Liaa

(I am a girl who loves writing dhivehi stories ??) (My stories:) (ASARU : a love story.) (NUHAGGU LOABI + E LOABI ASLU HAGGEY : Story about a bangladhesh person who falls in love with a maldivian girl.) (ANDHIRIFARAAI : story about a girl who is a secret agent.) (SAFARU: a jinni+human romance.) (vindhu lobin jehi hithehgaa : A sad love story) Short story: ALVADHAAU Short story: SORRY Short story: MasveriGirl U can contact me at [email protected] FB page : https://www.facebook.com/storiesbyliaaa/

Other Articles

Previous

ހުޅުކޮޅު

Next

ޤުރުބާންވުމީ މިހިތުގެ އުފާ 29 ވަނަ ބައި

Next
July 9, 2016

ޤުރުބާންވުމީ މިހިތުގެ އުފާ 29 ވަނަ ބައި

Previews
July 8, 2016

ހުޅުކޮޅު

23 Comments

  1. Liaa says:
    July 8, 2016 at 10:23 pm

    Sorry guys.. Holiday ga ehen thaakah dhaan jehunyma up kuraane vaguthu nuvee.. v v sory
    Hope kuran mi bai ves reethi vaane kamah .. Feel free to leave ur comments.. and guess? kaaku airport in ai girl akee ? 🙂

    1. Liaa says:
      July 8, 2016 at 10:27 pm

      Holidays ga ehen rashakah dhaan jehuny :'( Internet nulibeythyve up nukurevuny. Sorry guys.

  2. AMy says:
    July 8, 2016 at 10:33 pm

    varah ves reethi mi story

    1. AMy says:
      July 8, 2016 at 10:33 pm

      When ix the next part?

  3. Ai says:
    July 8, 2016 at 10:42 pm

    Hiyehnuwey eyn evves kuhjeh hen. I think it is a new girl. 🙂 nyc description btw! Esfiya site ah iru irukolha vahna iruvex vahaka eh up nuwey. Enme fahun kehtheri kan kolhun laa hisabah diyafahun mi fenuny storyeh. This is v nyc. Waiting for the nezt part and when is next part? Avahah up kohdhehchsy

  4. angel says:
    July 8, 2016 at 10:46 pm

    That a shikaa i am right

  5. meera says:
    July 8, 2016 at 10:53 pm

    Im waiting for the next part….alhe haadha reehcheyyy…..mi part ves….☺???

  6. Shaayan says:
    July 9, 2016 at 12:01 am

    Aslu vaanuva neyngun

  7. Xoya says:
    July 9, 2016 at 12:12 am

    I think aee shikaa n eboy aky shikaa ge boy kokko

  8. leee says:
    July 9, 2016 at 12:19 am

    aslu ves vaanuvaa e neyngun

  9. Axoo says:
    July 9, 2016 at 12:21 am

    Polihunnah gulhimeehaa neynguneema v dhera. Kulliakah thi jump eh jahaalee tha.

  10. Rafa says:
    July 9, 2016 at 1:23 am

    Wat a twist..next part avaha up kohlahchey 😛

  11. Purplish says:
    July 9, 2016 at 2:06 am

    Aee shik n her brother
    Story is nice
    But haadha avahakah thi twist kohlee

  12. Anonymous says:
    July 9, 2016 at 7:20 am

    E girl akee shika akah niuvaane cux she dont makeup.dhen reena and rana akah nuvaane ehnun cux 12 years fahun reena and rana vex 25+ vaane.and liaa mihaaru thaamin mathin handhaan nathaleetha?

  13. Appy says:
    July 9, 2016 at 8:01 am

    New girl ehtha??? v rythi mi part vx. …waiting

  14. Harry says:
    July 9, 2016 at 9:04 am

    Hama v v reethi. Haadha dhigu inthixaar eh koffeemey liaa. I think e girl akee reena noony rana.???❤❤

  15. Xaan says:
    July 9, 2016 at 12:22 pm

    Eh e shikaa eboy kujjakee shikaa kiyavan erashah dhiyadhuvahu rui shikaage kokko

  16. Nern.. says:
    July 9, 2016 at 12:51 pm

    shikaa.. right??

  17. Blue Lady says:
    July 9, 2016 at 1:58 pm

    When next. Shikaa eiy. Dhen e boy eiy Shikaa ge kokko

  18. Thaany says:
    July 9, 2016 at 3:24 pm

    New girl??????
    Waiting 4 the next part eyrah dw ngeynee kaakukan..

  19. Miu says:
    July 9, 2016 at 3:40 pm

    I think it’s shika n the boy is her kokko
    BTW story v nice n waiting for next part ?

  20. NAXEE says:
    July 9, 2016 at 4:29 pm

    Asluvxx vvv interesting..n vvvv nice..waiting 4 the next part ;p

  21. Liaa says:
    July 10, 2016 at 1:37 pm

    Thankyw all <3 🙂

Comments are closed.

All Right Reserved!