“އައްސަލާމް އަލައިކުމް… ލާހޫރު ޓެކްސީ ސެންޓަރ ތޯ؟ ޔުނިވަރސިޓީ އޮފް ލާހޫރު ދޮރުމައްޗަށް ޓެކްސީއެއް ފޮނުވަދީފާނަންތޯ؟ޓެކްސީ ނަމްބަރު 3351 ފޮނުވައި ދީފިއްޔާ ބޮޑަށް ރަނގަޅީ… ކުރަކި ވެފައިވާ އަޑަކުން އަހަރެން ފައްޗަކަށް އަމުނާލީމެވެ. އެކޮޅުން މީހަކު އަދަބު ވެރިކަމާއެކު މައްސަލައެއް ނެތްކަމުގައި ބުނުމުން އަހަރެން ފޯނު ކަނޑާލީމެވެ. އެވަގުތު އަހަރެންގެ ހިތުގައި ހިނގި އިޙްސާސް ތަކަކުން އަހަރެންނަކަށް މަޑަކުން ނުހުރެވުނެވެ. ފޯނުގައި ބާރަށް ހިފާލައިގެން ކޮލެޖުގެ ބޮޑު ދޮރުކުރިމާތީ ދެކޮޅު ދެކޮޅަށް ކުރުކާލި ކަނޑަ ކަނޑާ ހުރެވުނެވެ.
ކުއްލިއަކަށް ދުރުން އެ ކާރު ފެނުނެވެ. މީގެ ކުރިން އަހަންނަށް އެކާރަށް މިހާ ރަނގަޅަށް ބެލިފައި ނެތުމުން އެއީ ގަދަ ނޫކުލައިގެ ކާރެއްކަންވެސް އެނގުނީ އެވަގުތެވެ. އެހިނދު އަހަރެންގެ ހިތުގެ ތެޅުން ދެގުނަޔަށް އިތުރުވެގެން ދިޔައެވެ. މުޅިމީހާ ރޫރޫ އަޅަން ފެށިއެވެ. ނަމަވެސް ކުރަން މިއުޅޭ ކަންތައް ހިތަށް އެރުމުން އިތުރު ހިތްވަރެއް ހިތުގައި އާލާވިއެވެ. ކާރު މަޑު ކުރުމަށް ޚާއްޞަ ކުރެވިފއިވާ ތަނުގައި ކާރު މަޑުކޮށްލުމުން އަހަރެން ބުރުޤާގެ މަތީގައި ހިފައި ތިރި ކޮށްލައިފައި އިސްދަށަށްޖަހާ އެކާރާއި ދިމާއަށް ދިޔަގޮތަށް އެހެންހުރެ ކާރުގެ ފަހަތު ސީޓުގައި އިށީނީމެވެ. ބަދަލުކޮށްފައިވާ ހެދުމާއި އެކު އަހަންނަކީ އޭނާ ދެންމެ އޭނާގެ އެދުންތަކުގެ ޝިކާރައަކަށް ހެދި ނިކަމެތި އަންހެން ކުއްޖާކަން އޭނާއަކަށް ރޭކައެއް ނުލިއެވެ. މިއީ އަހަރެން ބޭނުންވީ ގޮތެވެ. ސަބަބަކީ އަހަރެން ކަން އެނގުމުން ކާރުގެ ބޭރުން އަހަރެން ފެނި، ފަސްޖެހި އަހަރެން ނާރުވާ ދުއްވާލަފާނެތީއެވެ.
“ކޮންތާކަށް ގެންގޮސް ދޭންވީ ބެހެން” އޭނާ ބެހެން (ކޮއްކޮ) ބުނެލި ގޮތުން ނަފްރަތުގެ ހުޅުގަނޑު ބޮޑުވެގެންގޮސް ހަމައިން ނުނެއްޓީ ކިރިޔާއެވެ. އޭނާ މީގެ ކުޑަ އިރު ކޮޅެއް ކުރިން އަހަންނާވެސް މުޚާތަބު ކުރީ ހަމަ އެގޮތަށެވެ. ނަމަވެސް މީހަކު އޭނާގެ ބެހެން ނުވަތަ ބެހެން ކަމަށް ދެކޭ މީހަކާ މެދު އެގޮތަށް ކަންތައް ކުރާނެ ހެއްޔެވެ؟ މިހެން ހިތަށް އެރުމުން އަހަރެންގެ މޭބޮޑުވިއެވެ
.
ތަންކޮޅެއް ހަމަހިމޭން މާޙައުލަކަށް ގެންގޮސް ދެވިދާނެތަ؟” އަހަރެން ޖަވާބުގައި ކޮށްލި ސުވާލުން ޖަލީން ޙައިރާންވެ އަހަންނާއި ދިމާލަށް ބަލައިލިއެވެ. އެވަގުތު އަހަރެން ކަންއެނގުމުން ދެލޯބޮޑުކޮށްލަމުން ނިތްކުރިއަށް ރުލެއްއަރުވާލިއެވެ. ޙައިރާންވެ އަންތަރީސް ވެހުރެ އަހަންނާއި ދިމާލަށް އޭނާ ބަލަންފެށިއެވެ
“އަހަރެންގެ ހަށިގަނޑު ގައި ކަލެއަށް ނުފެންނަތަނެއް ނޯންނާނެ ވީމަ ބަލަން ނުހުރޭ ދުއްވާލާ؟ ”
އެއްވެސް އަސަރެއްނެތް ގޮތަކަށް އަހަރެން އެހެން ބުނުމުން ޖަލީން އަނެއް ފަރާތާށް އެނބުރި ކާރު ދުއްވާލިއެވެ.
“ޖަލީން” އަހަރެން ފުރަތަމަ ފަހަރަށް އޭނާގެ ނަން އޭނާގެ ކުރިމަތީގައި ބުނެލީމެވެ.
އަ…އަހަރ އަހރެންގެ ނަން އެނގުނީ ކިހިނެތް؟” އާގަންނަމުން އޭނާ އެހިއެވެ”
އަހަންނަށް ތީކާކުކަން އެނގޭ!! ޖަލީން އަށް އަހަރެން މީކާކު ކަން އެނގޭތަ؟ ނޭގޭނެ ޔަޤީނުންވެސް ނޭގޭނެ. ބައްޕަޔަކާއި ނުލާ މަޔަކު އެތައް ޤުރުބާނީއެއްވެގެން ވަރަށް ފޮނި އުއްމީދުތަކަކާއި އެކު ބޮޑުކުރި އަންހެންދަރިއެއްކަން، މިކަމެއްވެސް ނޭނގޭނެ…. އަހންނަކީ ދިރި އުޅުމާއި މެދު ފޮނި އުއްމީދުތަކެއް ކުރަމުން އައި މިނިވަންކޮށް އުދުހެން ބޭނުންވި ރޫޙެއްގެވެރި އެއްކަން……. މިކަމެއްވެސް ހަމަ ނޭނގޭނެ…. ޖަލީން އެނގޭނެ ހާވެސް ކަމަކީ އަހަރެންނަކީ ޖަލީންގެ އެދުންތައްފުއްދުމަށް ބޭނުންކުރި ނިކަމެތި ޖިސްމެއްކަން””
އަހަރެން ދެއްކި ވާހަކަތައް ޖަލީން އަޑުއަހަމުން ދިޔައީ ވަރަށް އުނދަގުލާއެކު ކަން އޭނާގެ ހަރަކާތްތަކުން އަހަރެންނަށް އެނގުނެވެ. ދޭތެރެ ދޭތެރެއިން އަހަރެންގެ ވާހަކަ މެދުކަނޑާލަންވެސް އޭނާ އުޅުނެވެ.
“އަހަރެން….އަޅުގަ….ގަސްތަކުއެއްނޫން އެހެންވި….އަސްލު އަހަންނަކީ…..”
“އަހަރެން ތި ބަހަނާތައް އަޑުއަހާކަށް ބޭނުމެއްނޫން!!” ޖަލީން އާގަންނަމުން ދައްކަމުން ދިޔަވާހަކަތައް މެދު ކަނޑާލީމެވެ. އަދި އިތުރަށް ބުނީމެވެ
“މިމައްސަލަ ކަމާއި ބެހޭފަރާތްތަކާއި ހަމައަށް ގެންގޮސް އަހަރެންގެ އަބުރު ވެއްޔާ މޮޑެވިގެންދާކަށްވެސް ބޭނުމެއްނޫން އެކަމަކު އަހަރެން މިބުނާ ގޮތަށް ކަންތައްނުކޮށްފިނަމަ ޖަލީންގެ ބައްޕަގެ އަގު ވެއްޓޭވަރު އަހަރެން ކޮށްލާނަން…… އެހެންހަދައިފިއްޔާ ދެންވާނެގޮތް ޖަލީން އަށްވެސް އެނގޭނެ”
“އަހަރެން ކޮންމެފަދަ ކަމެއްވެސް ކޮށްދީފާނަން ބުނޭ….. ލާރި ބޭނުމިއްޔާ އެވެސް ބޭނުންވަރަކަށް ދީފާނަން ހިތްހަމަޖެހިފައިވާ އަޑަކުން ޖަލީން ބުނެލިއެވެ. އަހަރެން ފައިސާގައި ހިފާ ވެދިޔަކަންތައް ހަނދާން ނައްތާލާނެ ކަމަށް ހީކުރީ ތޯއްޗެކެވެ.
“އަހަންނަށް ޖަލީން ދިން އަނިޔާގެ ބަދަލު ފައިސާއިން ދެވިދާނެކަމަށް ހީކުރަނީތަ؟ ނުވާނެ… މީގެ ބަދަލުގައި ކިތަންމެ ބޮޑު އަގެއް ދިނަސް އެއީ ވާނޭކަމެއް ނޫން” ނުރުހުމާއި ނަފުރަތު އެކުލެވިގެންވާ އަޑަކުން އަހަރެން ބުނީމެވެ. “ދެން….އެހެންވިއްޔާ” ބޯކަހާލިމަށްފަހު އަހަންނާއި ދިމާއަށް ލޯބޮޑު ކޮށްލަމުން ސުވާލު ކޮށްލިއެވެ.
“ޖަލީން ޖެހޭނީ އަހަންނާއި އިންނަން” ހިތްވަރު ކޮށްފައި އޭނާއާއި ހަތަރު ކަޅި ހަމަކޮށްލަމުން އަހަރެން ބުނީމެވެ.
“އިންނަންށޭ؟؟؟ އަހަރެން ކަލޭ ނުވެސް ދަންނަން! ތީނަގެ ނަމެއް ވެސް ނުދަންނަން”
ފާޑަކަށް އަނގަ ހަނދާލުމުން އެހެން ބުނެލިއިރު ޖަލީންގެ އަޑުގައި ހުރި ހިތް ހަމަޖެހުމެއް އޭރަކު ނެތެވެ.
“އަހަރެންގެ ނަން ނޭނގުނެއްކަމަކު ނަން އިނގޭ މީހަކަށް ވެސް ނުކޮށްލާވަރު ކޮއްލީމެއްނު…. ވީމަ ދެން އިތުރު ވާހަކަ ނުދައްކާ މަބުނާގޮތަށް ކަންތައް ކުރޭ!!” ރައްދުގައި އަހަރެން އަވަސް އަވަހަށް ބުނެލީމެވެ.
“އަހަރެން ވިސްނާލަން ބޭނުން” ހަތިޔާރު ބަހައްޓަމުން ޖަލީން ބުންޏެވެ.
“ކަލޭ އެހާ ވަރުކުރިއިރު ނުވިސްނުނު… އެހެންވީމަ މިހާރު މާވިސްނޭ މީހަކަށް ހެދޭނެ ކަމެއް ނެތް”
އަހަރެން ހުރީ އޭނާ އެދޭ އެއްވެސް ކަމެއް ނުކޮށް ދިނުމުގެ ފުރިހަމަ ޢަޒުމުގައެވެ.
“ކަލެއަށް ގުޅޭނެ ނަންބަރެއްދީ…..ދެދުވަސް ފަހުން އަހަރެން ގުޅާނަން… ތައްޔާރަށް ހުންނާތި”
ވަރަށް ޖޯޝާއި އެކު އަހަރެން ބުނީމެވެ. ޖަލީން ފުންނޭވާއެއް ދޫކޮށްލިއަޑު އިވުނެވެ. ކާރުގެ ހުންގާނާއި ދިމާއިން ޑޭޝްބޯޑު މަތިން ގަލަމަކާއި ގަނޑުކޮޅެއް ނެގުމަށް އެއްޗެއްލިޔެލާފައި އަހަރެންނަށް ދިނެވެ. އޭގައި އޮތީ އޭނާގެ ނަންބަރެވެ.
“ދެން އަހަރެންގެ ގެއަށް އަހަރެންލާ” ހިތި ގޮތަކަށް އަހަރެން ބުނީމެވެ.
ކާރު ދުއްވަމުން ދިޔައީ އާދައިގެ ދުވެލީގައެވެ. އިރުކޮޅަކުން ބޮޑުމަގަށް ނުކުމެވިއްޖެއެވެ. އެވަގުތު މިއެޅުނު ފިޔަވަޅާއި މެދު އަހަރެންވިސްނައިލީމެވެ. އަހަރެން މި ފިޔަވަޅު އެޅީ އަހަރެންގެ އަބުރަށްޓަކާ އެކަންޏެއް ނޫނެވެ. އަދި އަހަރެންގެ ކުރިމަގަށް ހިޔަންޏެއް އެޅިދާނެ ކަމަށްޓަކައެއްނޫވެސްނޫނެވެ. ޖަލީންގެ ކިބައިން އިތުރު އަންހެންކުދީން ސަލާމަތް ކުރެވިދާނެ ގޮތެއް ޚިޔާލަށް އައިސްފައިވާތީއެވެ. އަހަރެން ޖަލީން އާއި އިނުމަކީ އެކަންކުރުމުގެ ފުރަތަމަ ފިޔަވަހި ކަން އަހަންނަށް ވިސްނުނީތީއެވެ
(ނުނިމޭ )
3
18 Comments
Comments are closed.
Obiness story eh!! Keep it up?Ekamu maakurukoh genes dhey thii, so sad?
Next episode thankolheh avahah upload kohlah cheyy!! Plz…..
Thanxxx for the lovely comment. Dhedhuvahun ehdhuvahu up kureveynee. R ves vvv busy kujjeh veema.
Vaahaka avahah nimidhaanetheetha thi ulheny, than kolheh thi liyelanee, v foohive maa kuruveema kiyanves, thihaavarun thi vaahaka nuliyuniyyaa maa rangalhu…
Pinky keevve tha haasvanee dhedhuvahun eddhuvahu up kuraanamey….. dhen part eh dhigu kollaanan.
hehe dhow!!! vaahaka hama habx kamun kurey eki anii .:) ♡☆☆☆♡♡
fakkaa i’ngeyy.. konkahala kamehtha ebunee.. haadha kureyy.. vaahaka salhi..♡♡♡♡
Dhen engigendhaane dhoa fahun insha Allah.
THANK YOU
nooney hiyvarugadha anheneh ……..vvvvvv reethi mivaahaka.knirakun next part up kuranee
Thanxxx….. mifadha hiyvarugadha anhenun real life ga thibeynama dhoa?
Haadha kurey..i reethi vaahaka kiyaahithun keh madhuvaniiiiiiii
Thanxxx 4th part ge dhigumin ok dhoa?
too short..bt mi story gendhaagoii v kamudheyy..next part avahah up kohdhehcheyy..um eagerly waitin for it
Thanxxx dhedhuvahun eddhuvahu up kuraathee thankolheh kurukohlee but dhen dhigu koh genes dheynan انشاء الله
wow …. vara reeth
Vary salhi
V kamudhey…. keep it up
I just love this story. masha Allah hama varah wow…
great……….