އެކަމަކު ކީއްވެ މަލަކު؟ ކޮބާ މައްސަލައަކީ؟” ޝާހީން އަހާލިއެވެ. މަލަކު ޖަވާބެއް ނުދީ ވިސްނާލިއެވެ. ޝާހިން އަށް ހުރިހާ އެއްޗެއް ކިޔައިދޭންވީ ބާވައެވެ. ހިތުގެ ހާލަތު އަންގާލަ ދޭންވީބާވައެވެ. މިފަދަ ޙިޔާލުތަކެއްގައި މަލަކު ވަނިކޮށް ކުއްލިއަކަށް ސިއްސައިގެން ދިޔައީ ޝާހީން މަލަކުގެ އަތުގައި ކޮއްޓާލުމުންނެވެ. ” ކިހިނެއްވީ މަލަކު… ކޮން ޙިޔާލެއްގައި..” ޝާހީން އަހާލިއެވެ. “އޭނ އޭނ… ކީކޭ؟ އެއްޗެއް ނުވިސްނަން.. ” އަޅައިގަންނަމުން ކަހަލަ ގޮތަކަށް މަލަކު ބުނެލިއެވެ. އޭރު ޝާހީން އަށް އެއްޗެއް ހީވެދާނެތީ […]
ނޯޓް: މިވާހަކައިގެ ޚުލާސާގައި ” އަހަރެން ” ބޭނުން ކުރެވިފައި އެވަނީ މިހާރު މިވާހަކަ ފެށުމުގައި ބޭނުންކުރެވިފައި އެވާ ” މަލަކު ” އަށް ނިސްބަތްކޮށެވެ. ” ދަންނަހާ އެންމެނާ މާތަފާތޭ ކަލާ، ހާދަ ކުޅަދާނައޭ ލޯބި އަތުލަން ކަލާ ގާތްވެލާގޮތް މިހިތާ މޮޅީއޭ ކަލާ، ލަންބުވާލީ މިހިތް ނޭގި ހުއްޓާ ކަލާ މާނަ ލޯބީގެ ސިއްރުން ކިޔައިދީބަލާ، މަޑުމަޑުން ޚާއްސަ ވެއްޖޭ މިހިތުގާ ކަލާ ލޯބިވާއޭ ތިއީ ހިތުގެ ރާޖާ މަގޭ، ލޯބިވާޔާ ނުލާ […]
ދުނިޔެއަކީ ތޮށަލި ދުޅައެކޭ ބުނާ އަޑު އަހަން ހެއްޔެވެ؟ ދިރިއުޅުމަކީވެސް ހަމަ މިއޭ ބުނެވިދާނެއެވެ. އެކި ދުވަހު ދައްކާނީއެކިކުލަތަކެވެ. އަހަރެންގެ ހަޔާތުގައިވެސް މިފަދަ ބަލަން ބޭނުންނުވާ އެތައް އިމްތިހާންތަކާއި ކުރިމަތިލާން ޖެހުނެވެ. ނަމަވެސް އުފާވެރި ދުވަސްތަކެއް ލިބޭނެ ކަމަށް އަހަރެން ކުރާ އުއްމީދުތަކަށް ކުޑަވެސް ބަދަލެއް ނާދެއެވެ . އަހަރެން ޤަބޫލު ކުރާ ގޮތުގައި އުފާވެރި ދުވަސްތަކަށް ނިމުން އަންނަ ފަދައިން ހިތާމަވެރި ދުވަސްތަކަށްވެސް ނިމުން އަންނާނެއެވެ. ސަބަަބަކީ އުފަލާއި ހިތާމަ މިހުރިހާ ކަމަކީވެސް ޚާލިޤުވަންތަ މާތް […]