Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ދޭނަން ހިތާ ޖާނާ (22)

layaal Level 310 Stories100 Comments
August 3, 2016 6 Mins Read
55 Comments

ވެހެމުން ދިޔަ ބޯ ވާރެއިން ލޯމައްޗަށް ފުސްވެފައި ވުމުން މިދެވެނީ ކޮންތާކަށް ކަމެއް އައިފާއަކަށް ނޭނގެއެވެ. އެއަށް ވުރެ ބޮޑަށް އޭނާ ހުރީ ބިރުގަނެ ޒޭންއާއި ދުރަށް ދިއުމަށް ބޭނުންވެފައެވެ. ކުއްލިއަކަށް ކުރިމަތިން ހުރަސްކުރި ކާރެއްގައި އައިފާ ޖެހި ވިއްސައިގެން ދިޔައި އިރު އޭނާގެ ހަޅޭކުގެ އަޑާއި އެކު ކާރު ފުރޮޅު ކަހާލިއަޑު މުޅި ފަޒާގައި ހިފާލިއެވެ.

ޕޭމަންޓު މައްޗަށް ލޭ ފޭދިގެން ދިޔައިރު އައިފާގެ އެއްވެސް ހަރަކާތެއް ނެތެވެ. ދެލޯ މެރިފައި ވީއިރު ބޮލުން ފައިބަމުން ދިޔަ ލޭ ވާރެއާއި އެކުވަމުން ދިޔައެވެ. ދުރުގައި މި މަންޒަރު ބަލަން ހުރި ޒޭން ޖެހިބުދެއްހެން ހިރިލަން ވެސް ނޭނގިފައި ހުއްޓެވެ. އޭރު އެންމެން އެތަނަށް އެއްވަމުން ދިޔައިރު ކާރު ދުއްވަން އިން ޑްރައިވަރު ނިކުމެ އައިފާ އޮތް ތަނަށް ކައިރި ވެލިއެވެ.

“ސުބްހާނަﷲ.. އެމްބިއުލެންސް އަކަށް ގުޅާބަލަ!” ޑްރައިވަރު އައިފާ ކައިރިއަށް ތިރިވެ ވިންދު ބަލަމުން ބުނެލިއެވެ. ކުއްލިއަކަށް ޒޭން އެ އެންމެންގެ ތެރެއަށް ވަދެ ހަޅޭ ލަވަން ފެށިއެވެ. “ދުރައްދޭ! އަތް ނުލާތި އޭނަ ގައިގައި..!” ޒޭން އެންމެން ދުރު ކުރަމުން އެތެރެއަށް ވަދެ ޑްރައިވަރުގެ ގިރުވާނުގައި ހިފައި ތަޅުވައި ގަންނަމުން ބުނެލިއެވެ.

އޭނާ ޑްރައިވަރު ދުރަށް ކޮށްޕާލުމަށްފަހު ވެއްޓިފައި އޮތް އައިފާ ނަގައި އުނގައްލިއެވެ. އަދި އޭނާގެ މޫނުމަތީގައިވި އިސްތަށިތައް ދުރުކުރަމުން ވާހަކަދެއްކިއެވެ. “އައިފާ! ލޯ ހުޅުވަބަލަ… އައި ލަވް ޔޫ.. ކީއްވެތަ ޤަބޫލު ނުކުރަނީ!” އައިފާގެ މޫނުގައި ފިރުމަމުން ޒޭން ވާހަކަ ދެއްކިއެވެ. އޭރު އައިފާގެ އަނގަމަތި ފަޅައިގެން ގޮސްފައި ވީއިރު ބޮލުން ފޭބި ލެއިން ޒޭންގެ ގަމީސް ރަތް ކުލައިން ފޭދުނެވެ.

“އޭތް ކަލޭ މޮޔަވީތަ!! ތިކުއްޖާފުޅު ހޮސްޕިޓަލަށް ގެންދަން ވެއްޖެޔޭ! ދޫކޮށްބަލަ!!” އެތަނަށް ކައިރި ވި މީހަކު މިހެން ބުނެ ޒޭން ދުރުކުރަން އުޅުނެވެ. އޭރު އެމްބިއުލެސްގެ އަޑު ދުރުން އިވެމުން ދިޔައެވެ. “ނޫން! ނުދާނަން! އައިފާ ބުނޭ ލޯބިވެޔޭ.. ބުނޭ!” ޒޭން ހެމުން ވާހަކަދެއްކިއެވެ. އޭނާ އެއިނީ ހަމަ ރަނގަޅަށް ވެސް މޮޔަވެފައެވެ.

ދެތިން މީހަކު ވެގެން ގަދަ ދައްކަމުން ދިޔަ ޒޭން ދުރު ކުރުވިއެވެ. އޭރު އެމްބިއުލެންސުން ފޭބި ދެމީހަކު އައިސް އައިފާ ނެގުމުގައި އުޅެއެވެ. “ނުގެންދޭ އޭނަ! ނުގެންދާށޭ!!” ޒޭން އަޑުގެ ކޮޅަށް ހަޅޭ ލަވަމުން ދިޔަ އިރު މުޅި ހިސާބުގަނޑު މީހުން އެތަނަށް އެއްވެއްޖެއެވެ. އައިފާ އެމްބިއުލެސަށް އެރުވުނު އިރު ޑްރައިވަރު ކާރުގައި ޒޭން އަރުވައިގެން އެމްބިއުލެސްގެ ފަހަތުން ދުއްވާލިއެވެ.

****

މާލެ ފަޅުތެރެއަށް ވަދެގެންއައި ލޯންޗުގައި އިން ލޫތް އިނީ ނިދި ތައްޔާޖެހިފައެވެ. މުޅި ދުވަހު ބުރަކޮށް އުޅުމުން އޭނާ ހުރީ އިންތިހާއަށް ވަރުބަލި ވެފައެވެ. އޭރު އިރު އޮއްސި އަނދިރިވެފައި ވީއިރު ރަތްވިލާތަށް އުޑުމަތިން ގެއްލެމުން ދިޔައެވެ. ލޯންޗު ވައިޓަރަށް ކައިރިކޮށްލުމުން ލޫތް ތެދުވެ ލޯންޗު ފޭބިއެވެ.

ހިމަފޮދު ވާރޭ ވެހެމެން ދިޔައިރު ލޫތް ފޯނު ނެގީ އައިފާއަށް ގުޅާލުމަށްށެވެ. ދެތިން ފަހަރަކު ގުޅުމުން ވެސް އައިފާ ފޯނު ނުނެގުމުން ލޫތް ކުޑަކޮން ހާސްވިއެވެ. ނަމަވެސް އައިފާ ކަމެއް ކުރަނީ ކަމަށް ނިންމާ ލޫތް ފަހުން ގުޅަން ނިންމިއެވެ.

އޭނާ އަދި އެއްފަހަރު ގުޅާލީ ފޯނު ނަގާތޯއެވެ. ދެތިން ފަހަރަކު ރިންގުވި ތަނާ އެކޮޅުން ފޯނު ނެގުމުން ލޫތްގެ ހިތަށް ހިތްހަމަ ޖެހުމެއް ލިބުނެވެ. “ހަލޯ.. އައިފާ.. ގޭގަތަ؟” ލޫތް މިހެން ބުނުމުން އެކޮޅުން އިވުނީ އައިފާގެ އަޑެއް ނޫނެވެ. ފޯނުން ދައްކަމުން ދިޔަ ވާހަކަ އަޑުއަހަން ހުރި ލޫތްގެ މޫނުމަތިން ކުލަ ފަނޑުވިއެވެ. ދެބުމަ ގޮށްޖެހި މުޅި މީހާ މަދު ސިކުންތު ކޮޅެއް ތެރޭ ދާހިއްލާލި އިރު ނޭވާ ކުރުވެއްޖެއެވެ.

ކުއްލިއަކަށް ފޯނު ކަނޑާލުމަށްފަހު ދެފަޔަށް ލެވުނުހާ ބާރެއް ލާފައި ލޫތް ދުމެއް ޖަހާފައި ދުއްވައިގަތެވެ. އޭނާ އެދިޔަ ގޮތަށް ގޮސް ދުރުގައި ޕާކުކޮށްފައި އޮތް ކާރާއި ހަމައަށް އެއްޗެގައި ނުޖެހި ދެވުނީ ހަމަ ކިރިޔާއެވެ. ލޫތް ކާރަށް އެރުމަށްފަހު ދުއްވުނު އެންމެ އަވަހަކަށް ހޮސްޕިޓަލަށް ދާން މިސްރާބުޖެހިއެވެ.

އެވަގުތު ކޮޅު އަޒުރާއަށްށާއި ލުތުފީއަށް ގުޅާފައި ވެގެން އުޅޭގޮތް ކިޔާދެވުނީ ވަރަށް ހިތްވަރު ކޮށްފައެވެ. ހިތް އަވަސް ވެފައި ވިވަރުން ކިޔޭ އެއްޗެއް ވެސް ލޫތްއަކަށް ނޭނގުނެވެ. ދުއްވާ އެއްޗެހި ގިނަކަމުން އޭނާ އިރުއިރު ކޮޅާއި ބަރުގަނޑު އަޅަމުން ދިޔައިރު ހުންގާނުގައި ހިފައްޓާލައިގެން އިން އަތް ތުރުތުރު އަޅަމުން ދިޔައެވެ.

****

ސިޓިން ރޫމުގައި ޤުރުއާން ކިޔަވަން އިން އަޒުރާ އިރު އިރުކޮޅާއި ގަޑިއަށް ބަލާލައެވެ. އައިފާ އަދިވެސް ގެއަށް ނާންނާތީ އޭނާ އިރުކޮޅަކުން ގުޅާލަން ނިންމިއެވެ. އެވަގުތު ދުރުގައި އޮތް އޭނާގެ ފޯނު ރިންގުވުމުން ހަތިމް ހިފައިގެން ފޯނާއި ދިމާއަށް ދިޔައެވެ. އޭރު ޓީވީ އިން މަޣްރިބް ނަމާދުގެ ބަންގި އިވެމުން ދިޔައެވެ.

“އައްސަލާމް އަލައިކުމް..” އަޒުރާ ފޯނު ނަގަމުން ބުނެލިއެވެ. އެކޮޅުން އިވުނީ ލޫތްގެ އަޑެވެ. އޭނާ ދެފަހަރަކު މަންމާއޭ ބުނެ އިތުރަށް އެއްޗެކޭ ބުނެވޭ ކަމަކަށް ނުވިއެވެ.

“ހަލޯ.. ލޫތް. ކިހިނެތްވީ؟” އަޒުރާ ވާނުވައި ނޭނގިފައި ހުރެ އެހިއެވެ. އެވަގުތު ދިން ޚަބަރުން އަޒުރާ އަތުގައި ހަތިމް މޭގައި ޖައްސާ ބާރު ކޮށްލިއެވެ.

އެކޮޅުން ބުނި ވާހަކަ އިވުމުން އަތުގައި އޮތް ފޯނު ބިއްމައްޗަށް ވެއްޓުނު އަޑަށް ކޮޓަރީގައި އުޅުނު އާލިމް ނިކުތެވެ. އޭރު އަޒުރާ ސިޓިން ރޫމުގައި ހަތިމްގައި ބައްދައިގެން ހުރިއިރު ކައިރީގައި ފޯނު އޮތެވެ. އާލިމް އަވަސް ފިޔަވަޅު ތަކެއްގައި އެތަނަށް ގޮސް ފޯނު ނަގައި އެއިން ވަކި ވެފައި އޮތް ބެޓެރި ލެއްވިއެވެ.

“މަންމާ.. ކިހިނެތްވީ.” އާލިމް ގޮވާލުމުން ވެސް އަޒުރާ އެއްޗެކޭ ނުބުނެ ދުލުން ހެޔޮ އެއްޗެހި ކިޔަމުން ދިޔައެވެ. “މަންމާ!” އަޒުރާގެ ކޮނޑުގައި ހިފައި ތަޅުވާލަމުން އާލިމް ގޮވާލުމާއިއެކީ އޭނައަށް ހޭވެރިކަންވީ ކަހަލައެވެ. “އާނ.. އާލިމް.. އާލިމް.. ދަރިފުޅާ..” އަޒުރާ ތުރުތުރު އަޅައި އަޑަކުން ވާހަކަދެއްކިއެވެ.

“ކިހިނެތްތަވީ.. މަންމާ.. ވެގެން އުޅޭ ގޮތެއް ބުނެބަލަ.. ކޮބާތަ އައިފާ؟ ނާދެތަ އަދިވެސް؟” އާލިމް ވެސް ހުރީ ވާނުވައި އޮޅުން ފިލުވަން ބޭނުންވެފައެވެ. “އައިފާ.. ދަރިފުޅާ އައިފާއެއްވާ ނެތް.. މަގޭ ދަރި. މަގޭ ދަރި..” ކުއްލިއަކަށް އަޒުރާ ރޮއެގަނެފައި މިހެން ބުނުމުން އާލިމްގެ ހިތް ބިރުން ތެޅެން ފެށިއެވެ.

“ނެތޭ؟ މަންމަ ކީކޭތަ ތިކިޔަނީ؟” އާލިމް މިފަހަރު ތަންކޮޅެއް ބާރަށް މިހެން ބުނިއިރު އެ މޫނުމަތިން ހާސްކަން ފާޅުވިއެވެ. “ލޫތް ގުޅި.. އައިފާ އެކްސިޑެންޓުވީޔޯ.. ހޮސްޕިޓަލްގައިވީ.. ނޭނގެ ދެން ކީއެއްޗެއް ވެސް.. ހިނގާބަލަ ދާން.. އަވަސް ކޮށްބަލަ.. މަގޭ އައިފާ.” އަޒުރާ ރޮއެގަނެފައި އާލިމްގެ އަތުން ވީއްލި ގަންނަން އުޅުނެވެ.

އަޒުރާގެ ވާހަކަ އިވި އާލިމް ގައިން ހީބިހި ނަގައިގެން ދިޔައެވެ. އޭނާ ވަގުތުން އަޒުރާ ގޮވައިގެން އެތަނުން ދިޔައީ ހިތް އަތް މައްޗަށް ލައިގެންނެވެ. އޭރު ޓީވީން ގޮވަމުން ދިޔަ ބަންގީގެ އަޑު އެ ކަންފަތުގައި ހަރުލާފައި ވިއެވެ.

****

އެމަޖެންސީ ރޫމުގެ ބޭރުގައި އިން ޒޭން އިނީ ދެއަތް ދެއަތާއި މޮޑެންށެވެ. މަޑުމަޑުން އައިފާގެ ނަން ކިޔަމުން ދިޔައިރު އޭނާ އިނީ ފާޑަކަށް ރޮވިފައެވެ. އޭރު ކާރު ދުއްވި ޑްރައިވަރު އެތަނުގައި މަޑުކޮށްގެން އިނީ އައިފާގެ އާއިލާ މީހަކު އަންނަން ދެންނެވެ. ކުއްލިއަކަށް އެތަނަށް ދުވެފައި އައި ލޫތްއަށް އެންމެންގެ ނަޒަރު ހުއްޓުނެވެ.

“ކޮބާ؟ ކޮބާ އައިފާ!” ލޫތަށް ހަޅޭ ލަވައިގަނެވުނީ ބޭއިޚްތިޔާރުގައެވެ. މިތަން ފެނި އެވަގުތު އެމަޖެންސީ ރޫމްއިން ނިކުއިން ނަރުސް ކުއްޖާ ލޫތް ކައިރިއަށް ޖެހުލުމަށްފަހު ހަމަޖެހުމަށް ބުންޏެވެ. “ކޮން ހަމައެއްތަ ޖެހެވޭނީ! ކޮބާ އައިފާ.. ބުނޭ..” ލޫތް ހުރީ ރުޅި އައިސް ރަތްވެފައެވެ. އޭނާގެ ފުރާނަ ފަދައިން ލޯބިވާ އައިފާ އެހާލުގައި އޮއްވައި ހަމަޖެހެވޭ ހެއްޔެވެ؟

“ކާމް ޑައުން.. މިހާރު ފަރުވާ ދެމުން މިދަނީ.. ބޮލަށް ވަރަށް އަނިޔާވެފައި ވާތީ ލޭ މަނާ ކުރެވޭތޯ ބަލަމުން މިދަނީ.. ވީހާވެސް އަވަހަކަށް އޮޕަރޭޝަންކޮށް އައ.ސީ.ޔޫއަށް ބަދަލު ކުރަން ޖެހޭނީ..” ނަރުސްކުއްޖާ ވާހަކަ ދައްކަމުން ދިޔައިރު ލޫތްއަށް އޭނާ އެކިޔާ އެއްޗެއް ރަނގަޅަކަށް ދޭހައެއް ނުވެއެވެ.

“މިތާ އިށީންނަވާ..” ނަރުސް ކުއްޖާ ލޫތްއަށް އިށީންނަން ތަން ދެއްކުމުން އޭނާ އަތް ފޮޅުވާލިއެވެ. ބޮލުގައި އަތް އަޅައިގެން ހުރެ ދެކޮޅަށް ހިނގަމުން ދިޔައިރު ލޫތްގެ ލޯ ކަރުނުން ފުސްވިއެވެ. ލުޔޫން ވަކިވިހެން އައިފާ ވެސް ވަކިވެދާނެތީ ލޫތްގެ ހިތް ބިރުގަތެވެ.

ދުރުގައި މި މަންޒަރު ބަލަން އިން ޑްރައިވަރު ކައިރި ވެލީ ލޫތް އުޅެމުން ދިޔަ ގޮތް ފެނި ދެރަވެގެންނެވެ. “ކޮއްކޯ.. ހަމަޖެހޭ.. މިތާ އިށީނދެބަލަ.. އޭނަގެ ގައިގައި ޖެހުނީ ބޭބެގެ ކާރުން.. ކުއްލިއަކަށް ކާރު ކުރިމައްޗަށް އެރުމުން ކޮންޓްރޯލް ނުވެގެން ޖެހުނީ.. ވަރަށް ބޮޑަށް މަޢާފަށް އެދެން މިކަންތައް މިގޮތަށް ވީމައި..” ޑްރައިވަރު ހަމްދަރުދީއާއި އެކު ވާހަކަ ދެއްކިއެވެ.

ލޫތް ފެންކަޅި ވެފައި އިނދެ އެ ޑްރައިވަރާއި ދިމާއަށް ބަލާލިއެވެ. އޭނަގެ ކާރުން އެކްސިޑެންޓް ވުމުން ވެސް މިތަނަށް އައިފާ އެ ގެނެސްދިނީ އޭނައެވެ. ފިލަން ދިޔުމުގެ ބަދަލުގައި މިތަނުގައު މަޑުކޮށްގެން އޭނާ އިންއިރު މިކަހަލަ މީހުން މިހާރު ނިކަން މަދުވާނެޔޭ ލޫތް ހިތަށް އެރިއެވެ.

“އަހަރެން ކީކޭ ބުނާނީ.. ޝުކުރިއްޔާ މިތަނަށް ގެނެސް ދިނީތީ..” ލޫތްއަށް އިތުރަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ހަމަގައިމު ވެސް އޭނާ ގަސްތުގައި އައިފާގެ ގައިގައި ޖެއްސީ ނޫންކަމުން ވަކި ޑްރައިވަރު ކުށްވެރި ކުރެވޭކަށް ނެތެވެ.

“އެ އިނީ އެތަނުގައި އެކްސިޑެންޓް ވީއިރު ހުރި ކުއްޖެއް.. އޭނާ އުޅުން އެކްސިޑެންޓް ވީ ކުއްޖާ ގައިން ދޫކޮށް ނުލާން ވެގެން.. އޭނައާއި ގުޅުމެއް އޮތް މީހެއް ކަމަށް ހީވާތީ ގޮވައިގެން އައީ.. ފާޑަކަށް އެ އިންނަނީ ވެސް..” ޑްރައިވަރު ދުރުގައި އިން ޒޭން ދައްކާލަމުން ބުނެލިއެވެ.

ލޫތްގެ ނަޒަރު ޒޭންއަށް ހުއްޓުމާއި އެކީ އޭނާ އިންތަނުން ތެދުވެ އެ ދިމާއަށް މިސްރާބުޖެހިއެވެ. އިސްޖެހިފައި އިން ޒޭންގެ ގަމީހުގައި އައިފާގެ ލޭ ހުރިތަން ފެނުމުން ލޫތްގެ ހިތަށް ހީވީ ހަންޖަރެއް ހަރާލި ހެންނެވެ. އެހައި ބައިވަރު ލޭ ފެނުމުން އައިފާއަށް ވެފައި އޮތްވަރު އަންދާޒާ ކޮށްލަން ވެސް ލޫތް ބިރުގަތެވެ.

“ޒޭން..” ލޫތް މަޑު މަޑުން ގޮވާލުމުން ޒޭންގެ އެއްވެސް ޖަވާބެއް ނުލިބުނެވެ. “ޒޭން.. ކިހިނެތްވީ؟ އެތާނގައި ޒޭން ކީއްކުރަން ހުރީ؟ ބުނެބަލަ..” ޒޭންގެ ކޮނޑުގައި ހިފައި ކުޑަކޮން ތަޅުވާލަމުން ލޫތް ބުނެލިއެވެ. އޭނާ ހުރީ ވެގެން މިއުޅޭގޮތް ނޭނގިފައެވެ. އައިފާ އެކްސިޑެންޓު ވީއިރު ޒޭން އެތާނގައި ހުންނަންވީ ސަބަބެއް އޭނާއަކަށް ނުވިސްނުނެވެ.

“ކޮބާ.. ކޮބާ އައިފާ! ލޫތް.. ލޫތް.. ކޮބާ މަގޭ ދަރިފުޅު!” ދުރުން އިވުނު އަޒުރާގެ އަޑަށް ލޫތް ފަސް އެނބުރި ބަލާލިއެވެ. އޭރު އަޒުރާ ރޮމުން އެދިމާއަށް އައިއިރު ފަހަތުގައި އާލިމް ހުއްޓެވެ. “ކޮބާ އޭނާ؟” އަޒުރާ އައިސް ތުރުތުރު އަޅައި އަޑަކުން އަހާލިއެވެ. ލޫތް ވެގެން އުޅޭގޮތް ކިޔައި ދިނުމުން އަޒުރާ ހެއަށް ގޮތް ނުވީ ކިރިޔާއެވެ.

އެވަގުތު ދުރުން ލުތުފީއާއި އާޒިމާ އެތަނަށް އައިރު ފަހަތުގައި ލައިޝާއާއި ނާއިލްގެ އިތުރުން ޒުލޭހާ ހުއްޓެވެ. “ކިހިނެތް ވެގެންތަ މިއުޅޭނީ؟ ދަރިފުޅާ..” ލުތުފީގެ ވާހަކަ މެދު ކެނޑުނީ އެތަނުގައި އިން ޒޭން ލޮލުގައި އަޅައި ގަތުމުންނެވެ. އޭނާ ލައިގެން ހުރި ގަމީހުގައި ލޭ ހުރިތަން ފެނި ލުތުފީ ވަގުތުން ޒޭން ގައިގައި ހިފައި ކޮޅަށް ނެގިއެވެ.

“ޒޭން ދަރިފުޅާ ކިހިނެތްވަފައި މިހިރީ… މިއީ ކޮންހާ ލެޔެއް..” ލުތުފީ ހުރީ އައިފާ އެކްސިޑެންޓު ވީއިރު ޒޭންގެ ގައިގައި ލޭ ހުރުމުން ހައިރާން ވެފައެވެ. “އެއީ އައިފާގެ ލޭ..” ލޫތް މިހެން ބުނިއިރު އެ އަޑުގައި ތުރުތުރު އެޅުމެއް ހުއްޓެވެ. “ސުބްހާނަﷲ” ލުތުފީއަށް ބޭއިޚްތިޔާރުގައި ބުނެވުނެވެ.

އެވަގުތު އެމަޖެންސީ ރޫމުގެ ދޮރު ހުޅުވާލުމަށްފަހު އައިފާ ނެރުނުތަން ފެނި ލޫތް އެދިމާއަށް ދުއްވައިގަތެވެ. “އައިފާ..” ލޫތް ގޮސް އައިފާ އޮތް އެނދުކައިރީގައި ހުއްޓި އޭނާގެ އަތުގައި ހިފާލިއެވެ. “ސާރ ޕްލީޒް މޫވް.. ވީ ހެވް ޓު ޓޭކް ހާ..” ކައިރީގައި ހުރި ނަރުސް ލޫތް ދުރަށް ލަމުން އެނދު ދުއްވާލިއެވެ.

އައިފާ ބޮލުގައި ބެންޑޭޖެއް އޮޅާފައި އޮތްއިރު އޭގައި ލޭ ފޭދިފައި ވެއެވެ. އަނގަމަތި ފަޅައިގެން ގޮސްފައި ވީއިރު އެ މެރިފައި އޮތް ލޮލުގައި އެއްވެސް ދިރުމެއް ނެތެވެ. ދުރުގައި ހުރި އަޒުރާއަށް މި މަންޒަރު ފެނި އަޑުން އަޑުނަގައި ރޯން ފެށިއެވެ. “ޑޮކްޓަރ.” ލޫތް ބޭރަށް ނިކުއިން ޑޮކްޓަރަށް ގޮވާލަމުން ބުނެލިއެވެ.

“ކީޕް ޕޭޝަންސް.. ވީ އާ ޓޭކިން ހާ އިން ފޯ އަ ސާޖެރީ.. ދެއާ ވޮސް އަ ބްރެއިން ބްލީޑް.. ސޯ ވީ ވިލް ޓަރައި އެންޑް ޓްރީޓް ދެޓް..” ޑޮކްޓާރ މިހެން ބުނެފައި ލޫތްއަށް ހިތްވަރު ދެމުން އެތަނުން ދިޔައެވެ. އޭރު ޖެހި ބުދެއްހެން ހިރިލަން ވެސް ނޭނގިފައި ލޫތް ހުރީ ދުރަށް ގެންދަމުން ދިޔަ އައިފާއަށް ނަޒަރު ހުއްޓާލައިގެންނެވެ.

****

(ފަނަރަ ގަޑި އިރު ފަސް)

އައި.ސީ.ޔޫ ބޭރުގައި އިން ޒޭން އިނީ އައިފާ އެތަނަށް ގެނައިރުވެސް ލައިގެން އިން ގަމީހުގައެވެ. އޭރު ލުތުފީ ދުރުގައި ހުރި ގޮނޑިއެއްގައި އިންއިރު އޭނާގެ ނަޒަރަ ވަނީ ޒޭންއަށް ހުއްޓިފައެވެ. “ޒޭން!!” ލޫތްގެ ހަރުކަށި އަޑު މުޅި ހިސާބުގައި ހިފާލުމާއިއެކު ލުތުފީ ސިހިފައި އިންތަނުން ތެދުވިއެވެ.

އޭރު ލޫތް ދުވެފައި ކަހަލަ ގޮތަކަށް އެދިމާއަށް އައިރު ފަހަތުން ނާއިލް އާއި ސައިލަމްގެ އިތުރުން ފުލުސް އޮފިސަރަކު ވެސް އާދެއެވެ. “ލޫތް! މަޑުކޮށްބަލަ..” ނާއިލް މިހެން ބުނި ނަމަވެސް ލޫތްއަށް އަޑު އިވޭ ކަމަކަށް ނުވިއެވެ. އޭނާ އެދިޔަ ގޮތަށް ގޮސް ޒޭންގެ ގިރުވާނުގައި ހިފައި ކޮޅަށް ނެގުމާއި އެކީ ފާރުގައި ޖެއްސިއެވެ.

“ކަލޭ މޮޔަވެގެންތަ ތިއުޅެނީ!! ކީއްވެ އެހެން ހެދީ.. ބުނޭ!! މިއޮށް ހުރިހާއިރު އަހަރެން ތެޅި ފޮޅުނު އިރު އަނގައިން ވެސް ނުބުނެހުރީ ކީއްވެ.. ހުރި ނުބައި ނުލަފާކަން!!” ލޫތް މިހެން ބުނެ ގޮށް މުއްކަވާފައި ޒޭންގެ އަނގަމަތީ ޖެހީނުން އަނގަމަތި ފަޅައިގެން ގޮސް ލޭތަށް ފައިބައިގެތެވެ.

ބިއްމައްޗަށް ތިރިވި ޒޭންގެ އަނގަމަތީގައި ލޭ ވީއިރު އެނާ އިނީ ހެވިފައެވެ. “ނުލިބޭނެ! އައިފާ އިޒް މައިން!” ޒޭން ހެމުން މިހެން ކިޔަމުން ދިޔައިރު ލޫތްގެ ލޮލުން އަލިފާން ކަނި ބުރަމުން ދިޔަ ކަހަލައެވެ. އޭނާ އަނެއްކާވެސް އަތުގައި ހުރި ބާރެއް ލާފައި ޒޭންގެ އަނގަމަތީގައި ޖެހި ޖެހީނުން ޓައިލް މައްޗަށް ލޭތަށް ބުރައިގެން ދިޔައެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

layaal

Level 310 Stories100 Comments

Other Articles

Previous

އެދުނީމޭ ލޯތްބާއި އުފާ 2

Next

ދިރުމެއްނެތި ދުނިޔޭގައި…

Next
August 4, 2016

ދިރުމެއްނެތި ދުނިޔޭގައި…

Previews
August 3, 2016

އެދުނީމޭ ލޯތްބާއި އުފާ 2

55 Comments!

  1. layaal says:
    August 3, 2016 at 2:28 pm

    hey guys. next part tmrw in sha allah. enjoy.. let me know how it is.

  2. Ravu says:
    August 3, 2016 at 2:28 pm

    I’m first dhaww yeyyy hehe!!!

    1. Ravu says:
      August 3, 2016 at 2:30 pm

      ❤️❤️❤️❤️❤️❤️❤️❤️❤️ varah reethi mi part vx update fast ingeyy layaal !!! ^_^

    2. layaal says:
      August 3, 2016 at 3:08 pm

      thanks dear ?

  3. Youme says:
    August 3, 2016 at 2:28 pm

    Awesome……

    1. layaal says:
      August 3, 2016 at 3:09 pm

      thanks

  4. virushaan says:
    August 3, 2016 at 2:32 pm

    Wow.. its really nice.. layaal,, keep it up

    1. layaal says:
      August 3, 2016 at 3:09 pm

      thank you ?

  5. Naju?? says:
    August 3, 2016 at 2:38 pm

    Yer me first nys aleyy aifaa ah deraeh nudehche looth and aifaa xeen varah foohi

  6. Liushaa says:
    August 3, 2016 at 2:44 pm

    wow!!! vvvvv salhi! looth adhi baara jahaa zeyn gaiga. your so go layaal. bunaa gadia up kohdhey.. up nuviyaa v goi ves bunaane. mi kahala writers ey beynun vani. layaal kahala readers a close relationship eh ohna writer eh. love you layaal! mi site ge enme best writer ❤️❤️

    1. layaal says:
      August 3, 2016 at 3:10 pm

      thank you dear ❤️❤️

  7. fatima says:
    August 3, 2016 at 2:44 pm

    Alhey haada kurey waiting

  8. waroo says:
    August 3, 2016 at 2:47 pm

    hey aruvaalaathi e zeyn gandah. hunna goikudakan… story hama obiness

    1. layaal says:
      August 3, 2016 at 3:10 pm

      thanks

  9. Saajidh says:
    August 3, 2016 at 2:50 pm

    WOW… hama bunaane ehchehves neynge… v furihama… next part avas kollahchey… eba v inthizaaru kurevey…

    1. layaal says:
      August 3, 2016 at 3:11 pm

      thank you ??

  10. Reysham says:
    August 3, 2016 at 3:04 pm

    varah furihama vaahaka eh mi. mi vaahaka feshuni sure kiyan eba. ekamu comment eh nukuran. ekamaku mifaharu hama kolan eba jehey. mi ee mi haathana mi site ga in enem interesting eh vaahaka. meega thafaathu haadhisaa tha genes dheefa hurile varah furihama. eh kantha gadu nimey irah anekhaa ehen kame eba fashaa. so its very interesting and we wait to know whats gonna happen next. beykaaru vaahaka dhakaafa eh nuhurey. dhen imlaa kuh bae fahara hunna kan faahaga vey. but ei ragalhu kohleveyen kantha. layaal aki varah molhu kuri ah ou mustaqbal ga liyun theri kamun varah kuriah dhaane kujje. hama laara menna dhookura vare neyy. welldone. proud to have such writers in maldives ? and can i ask you something. what is your age?

    1. layaal says:
      August 3, 2016 at 3:12 pm

      I’m so touched. thank you so much Reysham. I’m glad you like this story and thank you for the encouragement. And I’m 19 ?❤️❤️

    2. maiha says:
      August 3, 2016 at 3:29 pm

      yes reysham…i agree wit u…she ix really prfct…

    3. Emi says:
      August 3, 2016 at 3:34 pm

      your 19!! Wow! haadha molhey ehen viyaa. your so young and you have such good talent. Maasha allah. ❤️❤️❤️

  11. flower says:
    August 3, 2016 at 3:21 pm

    wowwwwwwww story v v v v v v v reethi………..waitinggggg for tmmrw…..:) 🙂

    1. layaal says:
      August 3, 2016 at 5:12 pm

      thanks ?

  12. Shifu says:
    August 3, 2016 at 3:21 pm

    Wow ..salhi.. keep it up

  13. Sana says:
    August 3, 2016 at 3:27 pm

    Wow haadha reechey?

    1. layaal says:
      August 3, 2016 at 5:12 pm

      thanks ?

  14. Shaayan says:
    August 3, 2016 at 3:29 pm

    Layaa plx aifaa handhaan nahtha nulahche. Looth v dheravaane aifaa handhaan nethihjjeya. Vvvvvvv nice story. Avahah up load kohdhiybala. Nice work layaa

    1. layaal says:
      August 3, 2016 at 5:12 pm

      thank you ❤️

  15. kiyun theriyaa says:
    August 3, 2016 at 3:35 pm

    Vvvvvvv salhi hama! keep going layaa. you are my favorite writer mihaaru ??

  16. Ary says:
    August 3, 2016 at 3:39 pm

    Lovee it hama! can’t wait for tomorrow.

  17. maiha says:
    August 3, 2016 at 3:42 pm

    woooooooow layaaaaaa….awsm twsts… story sifakurun hama 100%+ …woooow n interesting twsts…moyavaavaruvey i?.. zeyn ah magey athuga jassaalabala hadhagoi dhakkaalaaanan..zeynn?

    1. layaal says:
      August 3, 2016 at 5:13 pm

      thanks dear ??

  18. NaXy says:
    August 3, 2016 at 3:44 pm

    Wow. Waiting for the next part. Looth ah egunee dhw… Aifaa accident vee zeyn as hehdi kan…. So curious ?

  19. Aisha says:
    August 3, 2016 at 3:48 pm

    varah salhi! zeyn ah hey aruvaa laathi looth! plx aifa coma akah nugen dhacheyy. eyrun vv dheravaane

  20. Marsh says:
    August 3, 2016 at 3:49 pm

    I love it…alhe ehaa rythikh vaahaka liyaaan marsh ves beynun… layaal alhe tips kolheh dheeba…

  21. Faathee says:
    August 3, 2016 at 4:23 pm

    Aslu ves zeyn dheke haadha foohi vey. Dhen vaanee kihineh baa ey hitha araafa hama story aa medhu visnenee . Hehehe. Keep going girl. Mi vaahaka mee mi site ga himeney enme reethi vaahaka thakun therein 1 vaAhaka. Masha Allah

    1. layaal says:
      August 3, 2016 at 5:13 pm

      Thank you Faathee ❤️

  22. Afnaan? says:
    August 3, 2016 at 4:26 pm

    Wow! Mi bai ves v salhi ?
    Keep up the good work ???

    1. layaal says:
      August 3, 2016 at 5:14 pm

      thanks ???

  23. meesha says:
    August 3, 2016 at 4:39 pm

    wow! stry hama habeys…. miharu varah comment nukurevey dhoa? but layaa… i read dis komme baeh n abaduvex mi stry up veythoa hureveynee duaa kohla kohlaa… waiting fo da nxt prt….

    1. layaal says:
      August 3, 2016 at 5:14 pm

      Thank you dear ❤️

  24. shaya says:
    August 3, 2016 at 4:57 pm

    Asluves Layaa thee hama best.Layaa ekani gavaidhun vaahaka genes dhey kujjakah hunnanee mihaaru..varah habeys mivaahaka.. Thigothuga kuriah dhaanekamah ummeedh kuran?

    1. layaal says:
      August 3, 2016 at 5:14 pm

      Thank you so much Shaya ❤️

  25. aimin mau says:
    August 3, 2016 at 5:03 pm

    E zeyn ah nikan hey aruvaalaathi!!!! The story ws very nyc!!!

    1. layaal says:
      August 3, 2016 at 5:15 pm

      Thanks aimin ❤️

  26. ram says:
    August 3, 2016 at 5:31 pm

    hey nice this part also
    can’t wait

  27. Nish says:
    August 3, 2016 at 5:43 pm

    Alheyyy haadha reechchey ??

  28. Ehkala kujja says:
    August 3, 2016 at 5:53 pm

    OMG!!! Avas kohdhehchey nxt prt.. mi prt ves varah salhi..

  29. sheen says:
    August 3, 2016 at 6:40 pm

    Alheyy aifaa ah dhera gotheh nahadhahche ingey..Zeyn ah vaane rangalhah heyaruvaalan..Vvvvv reeethi mi story..Keeep going..Emme kiyaa hiyvaa vaaahaka mi..Haaadha molhey layaaal ?

  30. Aishma says:
    August 3, 2016 at 7:15 pm

    vvv nice story eh… Aifa memory loss vaa gothah nahadhachey Layaa.. and Looth and Aifa gulhuvaathi… story is awesome..

  31. Shai says:
    August 3, 2016 at 8:10 pm

    obiness to the max!! can’t wait for tomorrow. layaal thi hama mi site ge no.1

  32. Twinkle says:
    August 3, 2016 at 8:59 pm

    Wooww.. im so touched

    Ur an amazing writer Layaa 🙂

  33. Ellie says:
    August 3, 2016 at 9:23 pm

    Poor Zayn. He’s showing signs of psychosis and I feel really bad for him. Guess I’m the only one here feeling this way. ??But I’m so happy Luth found out the truth about him. The story plot just keeps on getting more interesting as it progresses. Impressive work, Layal ❤

  34. Aimsithu says:
    August 3, 2016 at 9:24 pm

    Aifa salaamaii kohdheythi plz…
    Vaahaka hama ehvana… keep it up layaa

  35. lynum says:
    August 3, 2016 at 10:06 pm

    19yrs old n writing stories in this level… Ohh my god.. I cnt believe dat… wow, jst wow.. actually i dnt knw wat to say.. I’m jst speechless after reading this.. This ix my fav story……. n i hp u’ll up nxt prt ASAP…

  36. shaya says:
    August 4, 2016 at 2:16 pm

    Layaa miadhu kihaairakutha vaahaka update vaanee

Comments are closed.

Next Episodeދޭނަން ހިތާ ޖާނާ (23)←


All Right Reserved!