ފަހަކަށް އައިސް އަފްނާނު ކުރުހެދުން ލައިގެން ބޭރަށް ދާން ފެށުމުން ހަސަނު އެކަމާ ނުރުހުނެވެ. އެހެން ފިރިހެނުންގެ ލޯތަކަށް އަފްނާނުގެ ރީތިކަން ފޮރުވަން ބޭނުންވިވަރުން މުނީރާ ކައިރީ ބުނެގެން އަފްނާނު ބުރުގާ އެޅުވިއެވެ. މުނީރާއަށް މިފަދަ އެއްވެސް ކަމެއް ހިނގާކަން ރޭކާވެސް ނުލާނީ އޭރުން ނޫން ހެއްޔެވެ.
*** *** *** *** *** ***
އިސްތަށިގަނޑު ހިއްކާލުމަށްފަހު ފުނާއަޅައިގެން މުނީރާ އައިސް ހަސަނުގެ މަގަތުގައި އޮށޯތެވެ. ހަސަނާ ގާތްވަމުން ހަސަނުގެ ކަންފަތް ދޮށުގައި މުނީރާ ބޮސްދިނެވެ.
“އަފްނާން…. އަފޫ…” ހަސަނުގެ އަނގައިން ނުކުތް ބަސްތަކުން މުނީރާގެ ހަތަރެސްފައި ކޮޅަށް ޖެހިގެން ދިޔައެވެ. “ކީކޭ… ހަސަނާ… މީ ބަލަ މަށޭ….” ދެލޯ ބޮޑުކޮށްގެން ހުރެ މުނީރާ ބުނި އެއްޗަކުން ހަސަނަށް ވިސްނާލެވުނީ ދެނެވެ.
“އަފްނާން… މަގޭ ދަރި…” އެނދުމަތިން ހަސަނު ފުންމައިގެން ތެދުވީ ދެލޯ ބޮޑުކޮށްލަމުންނެވެ.
“ކިހިނެއްވީތަ ހަސަނާ… ހުވަފެނެއް ފެނުނީތަ؟…” ހަސަނު އިންގޮތް ފެނުމުން މުނީރާ ވާހަކަ ދެއްކީ ހަސަނުގެ ބުރަކަށީގައި ފިރުމާލަމުންނެވެ. ހަސަނު ބަހެއް ނުބުނެ އެނދުގައި އޮށޯތެވެ. މުނީރާވެސް ހަސަނުގެ މަގަތުގައި އޮށޯތެވެ. ފުންނޭވާއެއް ހަސަނު ދޫކޮށްލީ މުނީރާއަށް ޝައްކެއް ނުވަނީސް އެކަންތައް އޮޅުވާލެވުނީމައެވެ. އެކި ހިޔާލުތައް ހަސަނުގެ ސިކުނޑީގައި ފުނި ޖެހިފައިވާތީ ނިދޭ ގޮތެއްވެސް ނުވިއެވެ. މިރޭ މަންޝާއާ އެކީ ކަޅު ހެދުމުގައި ދިމާވިތަން ހަސަނުގެ ލޮލަށް ސިފަވަމުން ދިޔައެވެ. މަންޝާ އެވަގުތު ހުރީ ވަރަށް ހިނިއައިސްފައެވެ. މަންޝާ ހުރިގޮތުން އޭނާ ހުރީ ވަރަށް ރުހިގެންހެން ހަސަނަށް ހީވިއެވެ.
ހަސަނު އޮތް ފަރާތަށް އެނބުރިލަމުން މުނީރާ ހަސަނުގެ ގައި މައްޗަށް އަތްވައްޓާލިއެވެ. ހަސަނުގެ އަނގައިން އަފްނާނުގެ ނަން ބޭރުވި ގޮތުންނާ އެވަގުތު ހަސަނުގެ އަޑު ހުރިގޮތުން މުނީރާގެ ސިކުނޑީގައި ބުނެދޭން ނޭނގޭ ކަހަލަ ރިހުމެއް އުފެދިގެން ދިޔައެވެ. މުނީރާގެ ހިތަށް އަރަމުން ދިޔަ އެއްޗެއްގެ ބޮޑުކަމުން އެވާޙަކަ ހަސަނުގާތު އޮޅުން ފިލުވަން އަހާލަންވެސް ނުކެރޭނެއެވެ. ޔަގީންކޮށްލަން އެހެން އަހައިފިއްޔާ ހަސަނަށްވެސް ހީވާނީ މުނީރާގެ ހުރި ވިސްނުން ނުބައިކަމެވެ. އެއީ ހަސަނު ނިދާފައި އޮތުމުން ވީކަމެއް ކަމަށް ނިންމާ އެކަމާ ނުވިސްނަން އަޒުމް ކަނޑައަޅައިގެން އޮވެ މުނީރާ ނިދޭތޯ މަސައްކަތް ކޮށްލިއެވެ.
ދަންވަރުވީ ފަހުން ހަސަނު މަޑުމަޑުން އެނދުމަތިން ތެދުވެ ހަސަނުގެ މޭމަތީގައި އޮތް މުނީރާގެ އަތްނަގާ ދުރަށް ޖައްސާލިއެވެ. މުނީރާ ގައިމަތިން ފައި ގިރާކޮށްފައި އެނދުން ފޭބީ ވަރަށް މަޑުމަޑުން ބަލައިގެންނެވެ. މަޑު ފިޔަވަޅުތަކެއްގައި ހިނގާފައިގޮސް އެކޮޓަރީގެ ދޮރު ހުޅުވާލީ ވަރަށް ސިއްރުންނެވެ. ދޮރުން ބޭރަށް ނުކުމެ އެނދުގައި ނިދާފައި އޮތް މުނީރާއާ ދިމާއަށް ބަލަން ހުރުމަށްފަހު ދޮރު ލައްޕާލީ ނުލަފާ ޒާތަކަށް ހިނިތުންވަމުންނެވެ.
ދޮރުފަތް ލެއްޕުނު އަޑަށް މުނީރާ އެނބުރި ބަލާލީ ދެލޯ ބޮޑުކޮށްލަމުންނެވެ. ހަސަނު އެނދުން ތެދުވެ ސިއްރު ސިއްރުން މުނީރާގެ އަތް ނަގާ ދުރަށްލީކަންވެސް މުނީރާއަށް އެނގުނެވެ. އެހާ ސިއްރުން ހަސަނު އެދިޔައީ ކޮންތަނަކަށް ބާވައޭ މުނީރާގެ ހިތަށް އެރިއެވެ. ފަހަރުގައި ފެންބޯން ނުކުތީކަމަށްވެސް ވެދާނެއޭ މުނީރާގެ ހިތަށް އެރިއެވެ. ހަސަނު އަންނަން ވާއިރަށް މުނީރާ އެނދުން ތެދުވެ އިށީނދެލިއެވެ. އެވަގުތު މޭޒުމަތީ ހުރި ފެން ފުޅި ފެނުމުން މުނީރާގެ ހިތުގައި އުފެދެމުން އައި ޝައްކު ބޮޑުވެގެން ދިޔައެވެ.
ދަންވަރުގެ ވަގުތެއްގައި ކޮޓަރިން ބޭރަށް ހަސަނު ނުކުތް ބޭނުން އޮޅުން ފިލުވަން މުނީރާ ބޭނުންވިއެވެ. ދޮރު ކައިރިއަށް ގޮސް ސިއްރު ސިއްރުން ދޮރު ދޮރުން ތަންކޮޅެއް މުނީރާ ހުޅުވާލުމަށްފަހު ވަގު ވަގަށް ބޯ ދިއްކޮށްލަމުން ދެފަރާތަށް ބަލާލިއެވެ. ސިހިފައި ކޮޓަރި ތެރެއަށް މުނީރާ ދެމިގަތީ މަންޝާގެ ކޮޓަރި ތަޅަށް ތަޅުދަނޑި ލައްވަން ހަސަނު ގުދުވެގެން އޮތް ތަން ފެނުމުންނެވެ. މިފަދަ ވަގުތެއްގައި މަންޝާގެ ކޮޓަރިއަށް ހަސަނު ދާން ޖެހޭނެ ސަބަބެއް މުނީރާއަކަށް ނުވިސްނުނެވެ. އެވަގުތު މުނީރާގެ ދެއަތުން އަނގަމަތި ނިވާކޮށްލެވުނީ މީގެ އެތައް އަހަރެއް ކުރިން ހިނގި ކަމެއް ހަނދާނަށް އައުމުންނެވެ.
އެއްރޭ މުނީރާއަށް ހޭލެވުނުއިރު ހަސަނު ކޮޓަރީގައި ނެތުމުން މުނީރާ ހީކުރީ ހަސަނު ނަމާދަށް ދިޔައީ ކަމަށެވެ. ފާޚާނާ ކޮށްލައިގެން މުނީރާ ނުކުތީ ބަދިގެއަށް ވަންނާށެވެ. އެވަގުތު މުނީރާއަށް ފެނުނީ މަންޝާމެން ކޮޓަރިން ހަސަނު ނުކުތް ތަނެވެ. އެދުވަހު ސުވާލު ކުރުމުން ހަސަނު ބުނީ މުނީރާމެން ކޮޓަރި ފާޚާނާ ތަށިން ފްލަޝް ނުކުރެވޭތީ އެ ކޮޓަރީ ފާޚާނާއަށް ދިޔައީ ކަމަށެވެ. އެ ދެއްކި ވާހަކަ މުނީރާއަކަށް ގަބޫލެއް ނުކުރެވުނެވެ. ދެންމެ ފާޚާނާއަށް މުނީރާ ވަތްކަމާއި، ފްލަޝްވެސް ރަނގަށް ކުރެވޭ ވާހަކަ މުނީރާ ބުނީ ހަސަނާ ދިމާއަށް ޝައްކުގެ ނަޒަރަކުން ބަލަމުންނެވެ. ނަމަވެސް ހަސަނު އެއަށް ވުރެ މާ ހުޝިޔާރެވެ.
“އަހަރެން މިއުޅެނީ ބަނޑު ދިޔާ ވެގެންނޭ… އެއްފަހަރު ފްލަޝްކޮށްފަ ދެން ޓޭންކަށް ފެން އެޅެން ގިނަ އިރުވާނެއްނު.. އެހެންވެ އަނެއްކާ ލަވައިގަތީމަ އެކޮޓަރި ފާޚާނާއަށް ދިޔައީއޭ… އަހަރެން މިދަނީ ނިދާލަން… މަށަށް ކަޅު ސައި ތައްޓެއް ހަދައިދީބަލަ…” ހަސަނު އެހެންބުނެ އޭނާގެ ކޮޓަރިއަށް ދިޔައެވެ.
ޚިޔާލުން ބޭރުވެވުމާއެކީ އަނެއްކާވެސް ބޭރުބަލާލަން ސިއްރުސިއްރުން މުނީރާ ބޯ ދިއްކޮށްލިއެވެ. ހަސަނު ފެންނަން ނެތުމުން މުނީރާގެ ހިތަށް ބިރުވެރިކަމާއި ނުތަނަވަސްކަން ވެރިވިއެވެ. މުނީރާ މަޑުމަޑުން ބޭރަށް ނުކުތީ އަޑެއް ބަޑެއް ނުލައްވައެވެ. ފެންޑާތެރޭގައިވެސް ހަސަނު ނެތްކަން ޔަގީންވުމުން މުނީރާ ބޭނުންވީ މަންޝާގެ ކޮޓަރީގައި ހަސަނު އޮއްވާ ގޮސް ދޮރު ހުޅުވާށެވެ. އެހެންކަމުން މުނީރާ ގޮސް ހިފާލީ މަދީހާމެން ކޮޓަރި ތަޅުގައެވެ.
އަމާ އޮންނާތީ އާންމު ގޮތެއްގައި އެކޮޓަރި ދޮރު ހުންނަނީ ތަޅު ނުލާކަމުން އެދޮރު ހުޅުވިއްޖެއެވެ. ކޮޓަރިއަށް ވަދެ މުނީރާ ސިއްރުސިއްރުން މަދީހާއަށް ގޮވާލިއެވެ. އަދި މަންޝާ ނިދާ ކޮޓަރީގެ ތަޅުދަނޑިއެއް އެބައޮތްތޯ އަހާލިއެވެ. ދެލޯ ހަނިކޮށްގެން ދެބުމަ ގޮށް ޖަހައިގެން ހުރެ މަދީހާ ތެދުވިއެވެ. އަދި މުނީރާ މިވަގުތު އެހާ ސިއްރުން ވާހަކަ ދެއްކުމުގެ ބޭނުމަކީ ކޮބައިތޯ ހިތަށް އެރިއެވެ.
މުނީރާގެ އެނދު ކުރިމައްޗަށް ހުރި އެނދުގައި އެ ދެބޭންގެ މުސްކުޅި މަންމަ ނިދާފަ އޮތްތަން ފެނުމުން މަންމަ ހޭލަފާނެތީ ސިއްރުން ވާހަކަ ދައްކަނީ ކަމަށް މަދީހާ ނިންމިއެވެ. އަލަމާރި ތެރޭ ހުރި ވަތްގަނޑުން ބޮޅަކަށް އަމުނާފައިވާ ދެ ތަޅުދަނޑި ނަގާ މުނީރާ އަތަށް ދިއްކޮށްލަމުން ކިހިނެއްވީތޯ މަދީހާ އެހީ ވައި އަޑުންނެވެ. އެ ދެ ތަޅުދަނޑިއަށް ބަލަން މުނީރާ ހުރި ގޮތުން މަދީހާ އެ ތަޅުދަނޑި ފަތިން މަންޝާގެ ކޮޓަރީ ތަޅުދަނޑިއާ އަފްނާންގެ ކޮޓަރީ ތަޅުދަނޑި ވަކި ކޮށްދިނެވެ.
މަންޝާ ކޮޓަރި ތަޅުދަނޑި ހިފައިގެން މަޑު ފިޔަވަޅުތަކެއްގައި މުނީރާ ނުކުތީ މަދީހާ ގާތުގައިވެސް މަޑުމަޑުން އައުމަށް އެދެމުންނެވެ. މަންޝާގެ ކޮޓަރި ދޮރާ ހަމައަށް އެރި އިރު މުނީރާގެ ހިތް ބަންބަންލާފައި ތެޅެމުން ދިޔައެވެ. އޭނާގެ ހިތްވެސް ބުނަމުން ދިޔައީ ހަސަނުގެ ފަރާތުން މި ފެންނަ އާދަޔާ ޚިލާފް ކަންތައްތަކުގެ ފަހަތުގައި ނުބައިކަމެއް ފޮރުވިފައިވާކަމެވެ. ދުވަހަކުވެސް ޝައްކުގެ ނަޒަރަކުން ހަސަނާ ދިމާއަށް ނުބަލާ މުނީރާ މިރޭ އޭނާގެ ހިތުގައި އުފެދިފައިވާ ޝައްކުގެ ސުވާލުތަކަށް ޖަވާބެއް ހޯދަން ބޭނުންވިއެވެ. ތަޅަށް ތަޅުދަނޑި މަހާލީ ވަރަށް ބަލައިގެން މަޑުމަޑުންނެވެ. ތަޅު އަނބުރާލުމަށް ފަހު މުނީރާ ފުން ނޭވާއެއް އެތެރެއަށް ދަމާލީ ލޯ މައްޗަށް ފެނިދާނެ މަންޒަރު ހިތަށް އަރުވާލަމުންނެވެ. ނަމަވެސް ސިކުނޑީގެ ކަނަކުން އެދެމުން ދިޔައީ މިހީކުރެވޭ ހީކުރެވުމަކީ ދޮގަކަށް ވުމަށެވެ. އެ ދެމަފިރިންގެ ތިން ދަރިން ތިބިއިރު މިފަދަކަމެއް ދިމާވާން މުނީރާވެސް ބޭނުން ނުވާތީއެވެ.
ކުއްލިއަކަށް ދޮރުފަތް އެތެރެއަށް ހުޅުވާލިއެވެ. އެކޮޓަރި ތެރޭގައިވަނީ އަނދިރިކަމެވެ. އެހެންކަމުން ދޮރުކައިރީ ހުރި ސްވިޗް ބަރިން ބޮކި ދިއްލާލިއެވެ. އެނދުގައި ނިދާފައި އޮތް މަންޝާ ފެނުމުން ފުންނޭވާއެއް މަދީހާ ބޭރުކޮށްލިއެވެ. ހިތަށް ތަސައްލީއެއް ލިބުނު ކަހަލައެވެ. ހުޅުވިފައިވާ ކުޑަދޮރު ފެނުމުން މުނީރާ ގޮސް ކުޑަދޮރު ލައްޕާލި އިރު މަދީހާއައިސް މުނީރާއާ ހަމަކުރުމަށްފަހު ވާހަކަ ދެއްކިއެވެ. “ކިހިނެއްވީ މުނީރާ…؟.. ލޮލަށް ނިދި ނައިސްގެން ތިއުޅެނީ… މޮޔަ ވީތަ؟… ހިނގާ ކޮޓަރިއަށް ދާން…”
މަދީހާ ވާހަކަ ދެއްކީ ސިއްރުސިއްރުންނެވެ. “ހިނގާ ނިދަންދާން…މަންޝާ ހޭލަފާނެ…”
މުނީރާގެ އަތުގައި ހިފާ ދަމަމުން މަދީހާ ކޮޓަރިން ނުކުތެވެ. މަންޝާގެ ކޮޓަރީ ދޮރު ލައްޕާލުމަށްފަހު މަދީހާމެން ކޮޓަރިއާ ދިމާއަށް ދާން ނެގި ފިޔަވަޅު ހުއްޓުމަކަށް އައީ އެމީހުންނަށް އިވުނު އާދަޔާ ޚިލާފް އަޑަކުންނެވެ. މުނީރާގެ މުޅި ހަށިގަނޑުން ހީބިހި ނަގައިގެން ދިޔަ ކަހަލައެވެ. އެ އަޑު އެ އަންނަނީ އަފްނާނުގެ ކޮޓަރިންނެވެ. މަދީހާ އެނބުރިލަމުން މުނީރާއާ ދިމާއަށް ބަލާލީ ދެބުމަ ގޮށް ޖަހާލަމުންނެވެ. އެވަގުތު މުނީރާގެ އަތުގައި އޮތް ތަޅުދަނޑި ފަތިން އަފްނާންގެ ކޮޓަރީގެ ތަޅުދަނޑި ނަގާ އެކޮޓަރީ ތަޅަށް ކޮށްޕާލަން ތައްޔާރުވެލިއެވެ. މަދީހާ އޭނާގެ ކޮއްކޮ ހުއްޓުވާކަށް ބޭނުމެއް ނުވެއެވެ. އެއިވޭ އަޑުތަކުން އެތެރޭގައި އެހިނގާ ކަމަކީ ރަނގަޅުކަމެއް ނޫންކަން މަދިހާއަށްވެސް ނަގައިގަނެވުނެވެ.
ތަޅުދަނޑި ތަޅުތެރެއަށް ހެޔޮވަރުކޮށްލުމާއެކު ތަޅުއަނބުރާލާ ދޮރު އެއްކޮށް ތަންމިނަށް ހުޅުވާލީ މަދު ސިކުންތު ކޮޅެއް ތެރޭގައެވެ. މުނީރާގެ އަތް ދަށުން ކޮޓަރި ތެރެއަށް ބަލާލި މަދިހާވެސް ގަނޑުވި ކަހަލައެވެ. ހެއްދެވިގޮތަށް ރޯ އޮރިޔާމާ ހަސަނު ހުރީ އަފްނާނު އެނދު ކައިރީގައި ކޮޅަށް މުނީރާމެންނަށް ފުރަގަސް ދީގެންނެވެ. އަފްނާނުގެ ހަށިގަނޑުގައިވެސް ބައެއް ހެދުން ނެތެވެ.
އަފްނާނާ ހަސަނާ ދެމީހުންނަށް އެއްފަހަރާ ދޮރާ ދިމާއަށް ބަލާލެވުނެވެ. ދެލޯ ބޮޑުކޮށްގެން ހުރި މުނީރާގެ ލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަ އޮހެމުން ދިޔައެވެ. މުނީރާގެ ހިތާ ސިކުނޑި ފަޅައިގެން ދިޔަ ކަހަލައެވެ. އިތުރަށް އެމަންޒަރު ސިފަކުރާކަށް މުނީރާ ބޭނުމެއް ނުވިއެވެ.
ބަންލާފަ އެ ދޮރު ލައްޕާލުމަށްފަހު މުނީރާ މިސްރާބު ޖެހީ އޭނާގެ ކޮޓާރިއާ ދިމާއަށެވެ. މުނީރާގެ ފަހަތުން މަދީހާ ހިނގައިގަތެއް ކަމަކު މުނީރާއަށް ހިތްވަރުދޭން ބުނާނެ ބަހެއް މަދީހާގެ ދުލަކަށް ނައެވެ. ފެނުނު މަންޒަރުން މަދީހާވެސް ހުރީ ބަސް ހުއްޓިފައެވެ. މުނީރާ އެދިޔަ ގޮތަށް ގޮސް ވަނީ އޭނާގެ ކޮޓަރިއަށެވެ. ވަދެ ކޮޓަރީގެ ދޮރު ލައްޕާލީވެސް އެހާ ބާރު މިނުގައެވެ.
ދޮރު ލެއްޕުނު އަޑާއި އެކީ ސިހިފައި މަދީހާއަށް ފަހަތަށް ޖެހެވުނެވެ. މި ދަނޑިވަޅު މުނީރާ އާ ކައިރިވާން މަދިހާވެސް ފަސްޖެހުނެވެ. އެ ގޯޅިގަނޑުތެރޭ ހުރެ އަފްނާނުގެ ކޮޓަރިއާ ދިމާއަށް މަދީހާ ބަލާލިއެވެ. އިރުކޮޅަކުން ހަސަނު އެކޮޓަރިން ނުކުމެގެން އަންނާނެ ކަން އިނގޭތީ މަދީހާ ގޮސްވަނީ އޭނާގެ ކޮޓަރިއަށެވެ. މިރޭ ފެނުނު މަންޒަރުން ހަސަނާ ހަތަރު ކަޅި ހަމަކުރުމަކީ މަދީހާއަށް ކުޅަދާނަކަމެއް ނޫނެވެ. އެހެންކަމުން އޭނާވެސް ކޮޓަރިއަށް ވަދެ އެނދުގައި އޮށޯތެވެ. ނުނިދޭނެ ކަންވެސް އެނގިހުރެ ދެލޯ މަރާލިއެވެ.
*** *** *** *** *** ***
މެރިފައިވާ ދެލޯ ހުޅުވާލެވުނީ ތޫނު ފިނިކަމެއް އިހްސާސްވާން ފެށުމުންނެވެ. ރަތްކުލައިގެ މަލުގެ ތަންމައްޗެއްގައި މަންޝާ އޮތީ ހުދުކުލައިގެ ޓޮޕަކާ މަޑު ނޫކުލައިގެ ޖީންސެއް ލައިގެންނެވެ. އެހެންއޮތް އިރު މަންޝާގެ ހަށިގަނޑު ކައިރީ އުދުހެމުން ދިޔަ ސޫފިތަކަށް ބަލަން އޮވެ މަންޝާއަށް ނިދުނީއެވެ.
އުޑުމަތިން ފެންނަމުން ދިޔަ ތަރިތަކަށް ބަލަން މަންޝާ އޮތް އިރު އެ ތަރިތަކުން އުދަރެހުގައި އެކި ކަހަލަ އެއްޗިހި ކުރެހޭ ހެން މަންޝާއަށް ހީވިއެވެ. ބެރެބެދި ގަހުގެ ގޮފިތަކުގެ ތެރެއަށް ނަޒަރު ހުއްޓާލެވުނީ ނޫކުލައިގެ އަލިކަމެއް އެހިސާބުން ފާޅުވީހެން ހީވުމުންނެވެ. މަންޝާ ބަލާލީ އެ އައީ ޒިބާން ކަމަށް ހީކޮށެވެ. ނަމަވެސް އެ ވަގުތު ހަނދާނަށް އައީ ޒިބާން ބުނި ބަހެވެ. ފިރިހެން ޖިންނިން ދިއްލިފައި ހުންނަނީ ރަތް އަލިން ކަމާއި އަންހެން ޖިންނިން ދިއްލިފައި ހުންނަނީ ނޫ އަލިން ކަމެވެ.
އެ އައްޔާ ދިމާއަށް މަންޝާ ބަލަންހުރީ އަޖައިބުވެފައެވެ. ރަތްކުލައިގެ އައްޔަށް ވުރެ ނޫކުލައިގެ އަލި މާ ރީއްޗެވެ. އާދަޔާ ޚިލާފް ކަމެއް ފާހަގަވުމުން މަންޝާގެ ބަނޑުގައި އަތް ޖައްސާލެވުނީ ބަނޑަށް ފާޑެއްގެ ގޮތެއް ވާން ފެށުމުންނެވެ. ބަނޑުގައިވާ ދަރިފުޅަށް ކޮންމެވެސް ގޮތެއްވަނީކަން މަންޝާއަށް އެނގުނެވެ. ދުރުގައި ހުރި އެ އަލިކަން ގަދަވެފައި މަޑުވަމުން ދިޔައިރު ހީވަނީ އަނދަން ތައްޔާރުވެގެން ކަނިކަނިޖަހަމުން ދިޔަ ބޮތްކެއް ހެންނެވެ. ކުއްލިއަކަށް ބަނޑަށް އެރި ތޫނު ތަދާ އެކީ މަންޝާއަށް ރޮއި ގަނެވުނެވެ. ކައިރީގައި ޒިބާން ނެތުމުން ކޮންމެވެސް ވަރަކަށް ބިރުގަނެ ޖެހިލުންވާގޮތް ވިއެވެ.
އަނބުރާ ބެރެބެދި ގަހާ ދިމާއަށް މަންޝާ ބަލާލިއިރު އެހިސާބުން ކުރިން ފެނުނު އަލިގުޅަ ފެންނާކަށް ނެތެވެ. ބަނޑުގައި އަތް އަޅަމުން މަންޝާ އެތަނުން ތެދުވަން މަސައްކަތް ކުރި ނަމަވެސް ނަގަމުން ދިޔަ ތޫނު ތަދަށް މަންޝާއަށް ކެތްކުރެވޭ ވަރެއް ނޫނެވެ. ޓޮޕްކޮޅު އުފުލާލަމުން ބަނޑަށް ބަލާލީ އިތުރު ކަމެއް އިހްސާސްވާން ފެށުމުންނެވެ. އޭރު މަންޝާގެ ބަނޑުހުރީ ކޮންމެވެސް ވަރަކަށް ފުއްޕާފައެވެ. ބަނޑުގެ ދެފަރާތުން ފުއްޕާފައިވާ ލޭނާރުތަކުން ނޫކުލައިގެ ދަޅަ އަރާކަން ފާހަގަ ވިއެވެ. ބަނޑުތެރޭގައިވާ ދަރިފުޅު ކޮއްޕާލިހެންވެސް ހީވިއެވެ.
މަންޝާގެ ފަހަތުން ޖެހުނު ވައިރޯޅިއަކާއި އެކީ ނިއުޅުވާލައިފައިވާ އިސްތަށިގަނޑު ވިހުރިލުމުން މަންޝާއަށް ފަހަތަށް ބަލާލިއެވެ. އޭރު މަންޝާގެ ފަހަތުގައި ހުރީ ޒިބާނެވެ. މަންޝާއަށް ކަމެއް ވަނީހެން ހީވުމުން ޒިބާން އެއައީކަން މަންޝާއަށް އެނގުނެވެ. އަތުގެ އިޝާރާތުން ޒިބާންގާތު އެތަނުން މަންޝާ ނަގައި ދިނުމަށް އެދުނެވެ.
“ކޮންތާކުން ތިއައީ؟… އަހަރެންގެ ބަނޑަށް ވަރަށް އުނދަގޫވޭ…. ހިނގާ ގެއަށް ދާން… ބަނޑުވެސް ފުއްޕާފަ.. އަދި މާގިނަ ދުވަހެއްވެސް ނުވޭ… ކީއްވެތަ ބޭބީ ތޮޅެންވީ…” އަރިކަށީގައި އަތްވިއްދައިގެން ހުރެ މަންޝާ ވާހަކަ ދެއްކީ ކުރު ނޭވާތަކެއް ލަމުން ތަންތަންކޮޅަށް ހުއްޓަމުންނެވެ.
ޒިބާން އައިސް މަންޝާގެ އުނަގަނޑުގައި ފިރުމާލަމުން ބަނޑުގައި އަތްޖައްސާލިއެވެ. އަދި ކަކޫޖަހާ ތިރިވެ ބަނޑުގައިވާ ދަރިފުޅާ މުޚާތަބުކޮށް ވާހަކަ ދެއްކިއެވެ. “ޒޯއީ… މަންމިއަށް ތަދުނުކުރޭ… ތީ މަންމިއާ ބައްޕިގެ ލޯބި ފުއްގަނޑެއްނު… ބަސްއަހައިގެން ނިދާލާ…”
މަންޝާގެ ބަނޑުގައި ފިރުމާލަމުން ޒީބާން ދެއްކި ވާހަކަތައް އަޑުއިވިގެން ބަނޑުގައި އޮތް ދަރިފުޅުގެ ތޮޅުންގަނޑު މުޅިންހެން ކެނޑިއްޖެއެވެ. ވާންވެ ހަރުކޮށްލާފަ ހުރި ބަނޑުގެ މަސްތަކަށް ދޫކަމެއްލިބި މަންޝާއަށް ހަމައަށް ނޭވާ ލެވޭވަރު ވެއްޖެއެވެ.
“މީ ހަމަ ޒިބާންގެ ކުއްޖެއް… ބަލަ ޒިބާންގެ ބަސްއަހާވަރު… ކޮންތާކުން ތި އައީ…؟” މަންޝާ ސުވާލު ކޮށްލަމުން އަނެއްކާވެސް ބަނޑަށް ބަލާލިއެވެ. އަދިބަނޑުގައި ފިރުމާލިއެވެ.
“ކުއްލިއަކަށް މިދިޔައީ ހަސަންބެ ތިކޮޓަރިއަށް ދާހެން ހީވެގެން…” ޒިބާން މޫނު ހަދާލަމުން ވާހަކަ ދެއްކިއެވެ.
“އެހެންތަ.. ދެނޯ… ކިހިނެއްވީ؟… އަނެއްކާ ޒިބާން ފެނުނުތަ؟…” މަންޝާ ހުރީ ހާސްވެ ބިރުގެންފައެވެ.
“ދޮރު ހުޅުވިޔަކަ ނުދެން.. އެކަމު މުނީރާއާ މަންޝާގެ މަންމަ އެ ކޮޓަރިއަށް ވަތް…” ވައްކަޅިން ޒިބާން ބަލާލީ މަންޝާގެ މޫނަށެވެ. މަންޝާގެ ދެލޯ ބޮޑުވެގެން ދިޔައެވެ.
“މިހާރު މަންމަމެންނަށް އިނގޭނެ އަހަރެން ގޭގަ ނެތްކަން.. އޯ ޝިޓް.. ލެޓްސް ގޯ ހޯމް…” ޒިބާންގެ އަތުގައި އެލެމުން މަންޝާ ވާހަކަ ދެއްކިއެވެ. މިހާރު މަންޝާ ބޭނުމީ އަވަހަށް ގެއަށް ދާށެވެ. މަންމަމެން ކޮށްފާނެ ސުވާލުތަކާ ދޭތެރޭ ވިސްނާލެވުނެވެ. މަންޝާއަށް ވީގޮތް ފެނުމުން ޒިބާނަށް ހެވުނެވެ.
“ސާބަސް މަން.. އަހަރެންމީ މޮޔައެއް ނޫނޭ… ކޮޓަރިއަށް ވަންނަނީ މަންމައާ މުނީރާކަން އެނގުމުން އަހަރެން އޮތީ މަންޝާގެ ސިފައަށް ބަދަލުވެގެން މަންޝާގެ އެނދަށް އަރާ….” ވާހަކަ ދައްކަމުން މަންޝާ ކުރިމަތީ ހުރެ ޒިބާންގެ ސިފަ މަންޝާގެ ސިފައަށް ބަދަލުކޮށްލިއެވެ. ކަނދުރާއާ ހަމައަށް އަރާ ޒިބާންގެ ފަން އިސްތަށިގަނޑު ދިގުވެ އުނަގަނޑުން ތިރިއަށް ފޭބިއެވެ. އެ ދިގު މޫނު ވަށްވެ، ލޮލުގެ އެސްފިޔަތައް ދިގުވެ، އަދި ބުމައިގެ ކުލަ ގަދަވިއެވެ. ހަށިގަނޑުގެ ވަނާތައްވެސް މަންޝާހުރި ހެން ބަދަލުވެ އަންހެން ކުއްޖެއްގެ ސިފަ ޖެހި އިސްކޮޅުވެސް މަންޝާއެކޭ އެއްވަރަށް ކުރުވެއްޖެއެވެ.
މަންޝާއަށް ހީވީ އޭނާ ބަލަން އެހުރީ ލޯގަނޑަކާ ދިމާއަށް ހެނެވެ. ތަރިބުރާފައި މަންޝާއަށް ބަލަން ހުރެވުނީ އަޖައިބުވެފައެވެ. އަތް އުފުލާ ޒިބާންގެ ކޮލުގައި އަތްޖައްސާލީ މަންޝާއާ އެ ސޫރައާ އެއްވެސް ތަފާތެއް ނެތްކަން އެނގުމުންނެވެ. “ވޯވް… ވޯވް…”
“ހިނގާ އަވަހަށް ގެއަށް ދާން.. ގޭތެރެ އެހާ ރަނގަޅެއް ނޫން… މަންމައާ މުނީރާއަށް ހަސަނާ އަފްނާންގެ ކުޅިގަނޑު ފަޅާއަރައިފި…”
ޒިބާންގެ ސިފަ ކުރިން ހުރި ސިފައަށް ބަދަލުކޮށްލުމަށްފަހު މަންޝާއާ ދިމާއަށް އަތް ދިއްކޮށްލަމުން އަތުގައި ހިފާށޭ ބުނެލިއެވެ. މަންޝާގެ އަތް ދިއްކޮށްލަމުން އެއީ ކިހިނެއްވީ ކަމެއްތޯ ސުވާލުކޮށްލީ ނިތައް ރޫގިނަ ކޮށްލަމުންނެވެ. މަންޝާގެ އަތުގައި ހިފާ ޒިބާނާ ދިމާލަށް ދަމައިގަތެވެ. މަންޝާގެ ފަހަތުން އޭނާގެ ހަށިގަނޑުގައި ބައްދާލަމުން ދެލޯ މަރާށޭ ޒިބާން ބުނެލީ ވައި އަޑުން ކަންފަތް ދޮށުގައެވެ. މަންޝާ ދެލޯ މަރާލީ ހިނިތުން ވެލަމުންނެވެ. ނަމަވެސް ހިތުގައި އުފެދެމުން ދިޔަ އެތައް ސުވާލެއް ހުރުމުން ފަސްޖެހޭ ގޮތްވިއެވެ.
*** *** *** *** *** *** ***
މުނީރާ ދޮރުފަތް ލައްޕާލި އިރުވެސް ހަނދާނެ ގޮތެއް ނޭނގިފައި ހަސަނާ އަފްނާނު ތިބީ އެ ތިބިތަނުން ގުޑާލަންވެސް ނޭނގިފައެވެ. ދޮރުފަތް ލެއްޕުމާއެކު އަފްނާނު އެނދުން ތެދުވެ ހަސަނު ކުރިމައްޗަށް ހުއްޓުނެވެ. އަފްނާން ހުރީ ޖަންގިޔާ ކޮޅެއްގައި އެކަންޏެވެ. ބިންމަތީގައި އޮތް ޓީޝާޓް ނަގާ މަހާލި އިރު އަފްނާންގެ ހިތް ނެގިނެގިފައި ޖެހެމުން ދިޔައެވެ.
“ބައްޕާ… ދެން ކިހިނެއް ހަދާނީ؟… މަންމަ ނުނިދަނީސް ދޯ ތި އައީ… އޯނޯ…” އަފްނާންގެ އަތުން އިސްތަށިގަނޑުގައި ހިފާލެވުނީ އޭމީހުންގެ ކުޅިގަނޑު މަންމައަށް ފަޅާ އެރުމުންނެވެ.
“ބައްޕާ… އަޅެ ދެން ކިހިނެއްތަ ހަދާނީ…؟” އަފްނާނު ދެއަތަށް ކޮޓަރި ތެރޭ ހިނގަން ފެށިއެވެ.
“އަފޫ މައިތިރިވެބަލަ…. އަދި މީނަ އެބަ ހާސްވެގެން އެބިތުގަ ޖެހިފަ މި ބިތުގަ އެބަ ޖެހެއެއްނު.. މިކަމުގަ ކުށްވެރިވާނީ އަހަރެން… އަހަރެން އަފްނާން ގަޔަށް އެރީކަމަށް ވާނީ…” ހަސަނު ވެސް އަވަސްއަވަހަށް އޭނާގެ ސޯޓުބުރިއަށް ފައިމަހާލިއެވެ.
އަތުގެ އިނގިލިތައް ބިންދަމުން ދެ އަތަށް ހިނގަމުންދިޔަ އަފްނާން ފެންކަޅިވެ ރޯންފެށިއެވެ. އަފްނާން ރޯން ފެށީ ހަސަނު ހަރުކަށިކޮށް ވާހަކަ ދެއްކުމުންކަން އޭނާއަށް ވިސްނުނެވެ.
“އަފޫ ކައިރީ އަހައިފިއްޔާ ބުނޭ ބައްޕައޭ ކުރީ.. ދެން މާ ތަފްސީލުކޮށް އަހަންޏާ ނުކިޔައިދޭތި… ބައްޕަ މިކަން ހަމައަކަށް އަޅުވާނަން.. އަފޫއަށް ދެރަގޮތެއް ވިޔަކަ ނުދޭނަން…” އަފްނާންގެ މޫނުގައި ހިފަހައްޓައިގެން ހުރެ ހަސަނު ވާހަކަ ދެއްކީ އޭނާ ހަމައަކަށް އަޅުވާށެވެ.
“ބައްޕަ މިދަނީ މަންމައާ ވާހަކަ ދައްކަން… ހުރިހާ ކަމެއްވެސް އޯކޭ ވާނެ… ނުރޮއި ހުއްޓާލާ… އަފޫ… ދެން ހުއްޓާލާ… ހުރިހާ ކަމެއް އޯކޭ ކޮށްފަ ބައްޕަ ގުޅާނަން…” އަފްނާންގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފުހެދިނުމަށްފަހު އެކޮޓަރިން ނުކުމެ ހަސަނު ދޮރު ލައްޕާލިއެވެ. ހިތް އަވަސްވެ ހަދާނެ ގޮތް ހުސްވެފައި ވުމުން އަފްނާން އަނެއްކާވެސް ކޮޓަރީގެ ދެފަރާތަށް ހިނގަން ފެށިއެވެ. އެނދުމަތީ ގައި އޮތް ފޯނަށް އިރުއިރުކޮޅާ ބަލާލެވެއެވެ.
މުނީރާ އިނީ އޭނާގެ ކޮޓަރީގެ އެނދުމަތީގައި ބަނޑުން އޮށޯވެގެން ރޯށެވެ. އޭނާގެ ހިތަށް މިއަދުވަނީ ފުން އަސަރުތަކެއް ކޮށްފައެވެ. ވިހި އަހަރު ވަންދެން ކައިވެނިކޮށްގެން އުޅުނު މީހާ އެފަދަ ނުބައި އަމަލެއް ކޮށްފާނެކަމަކަށް ސިފަވެސް ނުކުރެވެއެވެ. ފަހަކަށް އައިސް ޚަބަރުތަކުގައިވެސް މިފަދަ ވާހަކަތައް އާދެއެވެ. ނަމަވެސް ދަރިއަކާ އެފަދަ ގުޅުމެއް ބައްޕައަކު ހިންގާފާނެ ކަމާމެދު މުނީރާ ދުވަހެއްގެ ކޮޅުންވެސް ޝައްކެއް ނުކުރެއެވެ.
އަފްނާނަށް މިކަމުން ކުރާނެ އަސަރާ އޭނާގެ ހަށިގަނޑުގައި އަޅާނެވޭނާ ކެކުޅުން މުނީރާއަށް އިހްސާސް ކުރެވުނެވެ. ނަމަވެސް މިވަގުތު އަފްނާނާ ހަތަރުކަޅި ހަމަކުރަން މުނީރާ ލަދުގަތެވެ. ހަމަލޮލުން އެ މަންޒަރު ފެނުމުންނާއެކީވެސް މެއެވެ. ނަމަވެސް އަފްނާން ކައިރިއަށް މުނީރާ ނުގޮސް އޮވެއްޖެނަމަ އަފްނާންގެ ހިތަށް އަރާނީވެސް ވަކީ ކީކޭ ހެއްޔެވެ. އެކަންތައް ގަނޑު ފަޅާ އެރުމުން މަންމަ އަޅާވެސް ނުލީކަމަށް އަފްނާނު ހީކޮށް މަންމައަށް އޮތް ލޯތްބާއި ގަދަތުވެސް ވެއްޔާ މޮޑެވިދާނެއެވެ.
ދެލޯ ފޮހެލާފައި އެނދުމަތިން މުނީރާ ތެދުވީ އަފްނާނާ ވާހަކަ ދައްކަން ދާށެވެ. އަދިވެސް އެ ހަސަނު އެތަނުން ނުނިކަންނަނީ ހެއްޔެވެ. އެއީ ލަދެއް ހަޔާތެއްވެސް ނެތް މީހެކޭ މުނީރާ ހިތަށް އެރިއެވެ.
ކޮޓަރިން ނުކުތުމަށް ހިނގައިގަތް ވަގުތު މުނީރާގެ ކޮޓަރީ ދޮރުހުޅުވާފަ އެތެރެއަށް ވަތް ހަސަނާ ދިމާއަށް މުނީރާއަށް ބަލާލެވުނެވެ. އެ ނުލަފާ މީހާގެ ސޫރާ ދެކެންވެސް މުނީރާ ބޭނުމެއް ނޫނެވެ. މޫނު އަނެއް ފަރާތަށް އަނބުރާލަމުން މުނީރާ ވާހަކަ ދެއްކިއެވެ. “ކަލޭގެ ލަދުކޮބާ؟.. އަމިއްލަ ދަރި ރޮލާ ހަފާ ކާލި އިރު ކަލޭގެ ހިތުގަ ރަހުމުގެ ކަންފުޅެއްވެސް ނެތީތަ؟.. ކަލޭ ކުރާ ނަމާދުން ކަލެއަށް ވާ އެއްވެސް ފައިދާއެއް އޮންނާނެ ބާވައޭ މަގޭ ހިތަށް އަރާ…” ހަސަނު ވާހަކަ ދައްކަން ކުރިއަށް ޖެހިލިއެވެ.
“މުނިރާ.. އަހަރެންނަށް އެނގޭ ތިހުރީ ރުޅިއައިސްފަ ކަން އެކަމަކު މިކަން އަހަރެންނަށް ކުރެވިއްޖެ.. އަހަންނަށް މާފް ކުރޭ…” ހަސަނު ވާހަކަ ދައްކަމުން ކުރިއަށް ޖެހި މުނީރާގެ ގައިގާ ފިރުމާލިއެވެ.
“ހަބަރުދާރު… ތި މުޑުދާރު އަތުން އަހަރެން ގައިގަ އަތް ނުލާތި… މިތަނުން ރައްކާވޭ… ހަސަނާ މިއަދު އަހަރެން މި ބުނަނީ މީ އަހަރެންގެ ގެ…. ތި ޖައްބާރު މިތަނުން ރައްކާވޭ… އަހަރެންނަށް ކަލެއާ އެކީ ނޫޅެވޭނެ…” ހަސަނުގެ އަތް ފޮޅާލަމުން މުނީރާ އެ ކޮޓަރިން ބޭރަށް ނުކުތެވެ. ފެންޑާއިން ބޭރަށް ނުކުމެ ބަދިގެއާ ދިމާއަށް ދިޔައީ މުނީރާގެ މަންމައާ މަންޝާއަށް އެމީހުން ޒުވާބު ކުރާ އަޑު އިވިގެން ހޭލެވިދާނެތީއެވެ.
ބަދިގެއަށް މުނީރާ ވަތް އިރު މުޅިމީހާ ރުޅިގަދަވެގެން ތުރުތުރު އަޅަނީއެވެ. ކާމޭޒު މަތީ އޮތް މަސްކަނޑާ ބޮޑުވަޅި ނަގާ އަތަށް ހެޔޮވަރު ކޮށްލުމަށްފަހު ބަދިގެއިން ބޭރަށް ނުކުތީ ލައިގެން ހުރި ހައުސްކޯޓު ހެދުން އެއް އަތުން އަރުވައި ޖަހައިގެންނެވެ. ހަސަނު އައިސް އޭރު ބަދިގެއަށް ވަންނަން ދިމާކުރަނީއެވެ. މުނީރާ ހުރި ގޮތް ފެނުމުން ހަސަނުގެ ފިޔަވަޅު ފަހަތަށް އެޅުނެވެ.
“މުނީރާ.. ހަމަޖެހިބަލަ… އަހަރެން އެމަންޖެއާ އެކަހަލަ ކަމެއް ނުކުރަން… އަދި އެންމެ ބޮޑުކަމެއް ނުކުރަން…” މުނީރާ ހަމައަކަށް އަޅުވަން ހަސަނު މަސައްކަތް ކުރިނަމަވެސް މުނީރާގެ ރުޅި ދިޔައީ ހައްތަހާ މައްޗަށެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
30 Comments!
Comments are closed.





V rythi
Yaaaaaaaaaaay finally! hassanbe a bondi bovijje. V reeethi …. Hama ehvana??????
I just love this part shaz
Saabahey muneeraa!! Anna kickuga e f**h kathuvalhin buri kollaa.. ???
???????? story v reethi
Ehchehyga varu hunna firihenehthaa dho..
bodukameh nukuramoa :p 😀
V nice. Next part avad kurachchey…
Hahah adhi bodu varu kolan feney hasanah
Saabahey muneera hop hop… bodu valhi hama hassanuge point ah haraala???????
Wow hasanbe bust vy dhw.munyra kada ehcheh nuhadhaifiyya rangalhu.
Nyc story..
Zibaan and Mansha ge bai varah reethi
Thanx alot for such a nice story.. 🙂
v reethi
afnaan is not inocent muneerahthaa…
hama aslah mibuny…muneetthaves mivaahaka nikan kiyaalaba…eyrah ingeyne…nd meneerattha jalah dhaan jehey varu kameh nukuraathi…
afnaan…kaley vx beyzaaru kohlaane…
dhw shax…
hassanbe ge barracuda ga garudhiya kakkaalaa muneeraa..
kobaa hasanaaa eyothy bust vefa?.. evarun ves bodu kame nukuramo bunefi ennu.. muneera nikan hasanu ge ….. burikohlaafa athah dheebala .. wen is next part?? ❤
Adhi emme bodu kameh nukuramey.. hason be ge goiikuda kan dho.. super vahaaka eh mee
SECOND HOLE DHOOKOLI THANKOLHU THW CHE …LOLS
Ahannah enme majalee comment thah ???????
Aslu vx.. comment thah maa majaa
hasanaa DHEN THITHAA MADU NUKOH AVAHAH BACHAAAAA ????
Nujehey bachaa kah konme hen.
Hasanaa kalo dhen abadhu thihen noolheveyne landeh libihjennu
V salhi
Onnanee raakanimas kevifa….
hehe.
but m not satisfied cux affnaanves ekamaa hithun ruhumuga dhw baiveri vee….ekam muneeraa heekuranee hasanu eynage dhari gayah eree kamahnu…muneera has to knw de truth fully…
adhi miulhey hasanu bunefieinnu ekanthah nukuramo…ekam 2 meehun nuggann gandei nethey…makaruveriyaa
v nice story
Ma bunaane vaahakaeh neh muneeraa.. Roamas riha gandeh kakkaalan maskolhu koshaalaa.. ?? btw shax.. U r tooooooo good
NICE PART, BUT FENUN VAGUTHU KAME NUKOH MAYAKU NUDHAANE DHORU JAHAAFA DHARI KAAN BAFFA AH DHEEFA,
ETHAN KOLHU HAMA NUJEHEY NEE, GEY VETTEN DHEN HALHAY LAVAN JEHAYNEY, MUNEERAA HAYRIGANAN JEYHAYNEY,.. MOYA VAAN JEHAY NEY,,,,,VALHINAGAA HOUSECORT NEYGEEMA NUVEY VAANE,…….
Yar. I agree with yuh… Ethankolhu ekani. Dhn v salhi vaahaka… Up the next part as aoon as possible…☺