Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އެދުނީމޭ ލޯތްބާއި އުފާ 2

Ryn 100 Stories10 Stories1K Comments500 Comments100 Comments100 Login
August 3, 2016 6 Mins Read
13 Comments

“އުމްމް…” އެ ޒުވާނާ އެއްޗެއް ބުނަން އުޅުމުން އާޝާ އޭނާގެ ސަމާލުކަން އެ ޒުވާނާއަށް ހުއްޓާލިއެވެ. “އަސްލު ސޮރީ އެވަގުތު މޮޔައެކޭ ބުނެވުނީމަ.. އެން ރޫޑްކޮށް ވާހަކަ ދެއްކުނީމަ..  ކުޑަކޮށް ހަސްވީ ދޯ…. އަދި ވަކިން ދިވެއްސެއްކަން އިނގުނީމަ.. ފުރަތަމައަކު ނޭނގޭ ދޯ އެކަމް ފޯނެއްގައި ހުރެގެން ދިވެހިން ވާހަކަދެއްކި އަޑު އިވުނު އެހެންވެ… އަނެއްހެން ފެންނަގޮތުން ހީވަނީ ލަންކާ ކުއްޖެއްހެންވިއްޔަ.. ހެހެ އެ ދޮގެއް ބަލާލާފައިވެސް އިނގޭ ދެން ރާއްޖެ ކުއްޖެއްކަން” އެ ޒުވާނާ އެއްފަހަރު އާޝާއަށް އަދި އަނެއްފަހަރު މަގުމައްޗަށް ބަލާލަމުން ބުނެލިއެވެ. “ހެހެ.. އިޓްސް އޯކޭ…” އާޝާ ބުނެލިއެވެ. ފުރަތަމަ ފަހަރަށް މީހެއްގެ ހިމާޔަތެއް އާޝާއަށް ލިބުނުކަހަލައެވެ. އޭނާއަށް ނޭނގި އެ ހިތަށް ހަމަޖެހުންތަކެއް ލިބެމުން ދިޔައެވެ.

“ވަރަށް އަނގަގަދަ ވާނެ ޑޯންޓްމައިންޑް.. ހެހެ.. ސޯ އަމް އިޒާން …. ސައިކާޓްރީސްޓެއް….ކުރިން ބުނިހެން…” އިޒާން  އަމިއްލައަށް ތައާރަފްވެލިއެވެ. އާޝާ ހިނިތުންވެލަމުން ބޯ ޖަހާލީއެވެ. “ޔެސް… ދެޓްސް ހައު އަ ގާލް ޝުޑް ބީ…. ތިހާ ރީތި ސްމައިލް އެއްއިންނައިރު އޭގެ ބޭނުންހިފަން ދަސްކުރަންޖެހޭނެ..” އިޒާން  ބުނެލިއެވެ. އާޝާގެ ހިނިތުންވުން ފަޑުވިއެވެ. ކުރީގެ ހަނދާނެއް އާވެގެން ދިޔައެވެ. އެހެންކަމުން އަޝާ އިސްޖަހާލިއެވެ. “އުޕްސް ގޯސްއެއްޗެއް ބުނެވުނީތަ..؟” އިޒާން  ބުނެލީ އާޝާގެ މޫނަށް ބަލައިލާފައެވެ. އާޝާ އެއްވެސް ހަރަކާތެއް ނުކޮށް އިނެވެ. އެއަށްފަހު އިޒާން ވެސް އެއްޗެއް ނުބުނެއެވެ.

“އުމްމް.. ނައު ދެހިވެލައިގަ މިތިބީ…. ބުނެލަންޗޭ އިނގޭ…. އޯރް އެލްސް ލަންކާ ވަށާ ބުރުޖެހޭނީ….” އިޒާން  ބުނެލިއެވެ. އާޝާ ހިނިތުންވެލުމަށްފަހު އޭނާގެ ސަމާލުކަން މަގުމައްޗަށް ގެނައެވެ.

” ފަސްޓް ލްފްޓް އެން ދެން ތާޑް ރައިޓް…..” އާޝާ ބުނެލީ މަގުމައްޗަށް އިޝާރާތްކޮށްލަމުންނެވެ.  އާޝާ ބުނި ހިސާބަށް އައިސް އިޒާން  މަޑުކޮށްލިއެވެ. އެއީ ގެއެކެވެ. ފެންނައިރު ހީވަނީ ކުޑަގެއެއްހެންނެވެ. “މީތަ؟؟؟” އިޒާން  ބުނެލިއެވެ. އާޝާ ކާރުން ފައިބަމުން ލައްބައޭ ބުނެލިއެވެ. “އޯ ޕްލީސް.. ޑޯންޓް ބީ ސޯ ފޯރމަލް.. ހެހެ.. ނައު ފްރެންޑްސް އެއްނު މީ…” އިޒާން ވެސް ކާރުން ފައިބަމުން ބުނެލިއެވެ. “ދެބުރިގެ ގެއެއް…؟  ހާދަ ކުޑައޭ… އެކަމް ވަރަށް ސަޅި ހިސާބެއް އިނގޭމީ… ކިތަށް ރޫމްސް ހުރޭތަ..؟” އިޒާން  ކާރުގައި ލައްގަނެލަމުން އަހާލީ ގޭގެ ގޭޓް ކައިރި އާޝާ އިޒާން އާއި ވީ ފަޅިއަށް އެނބުރިހުރުމުންނެވެ.

“3 ރޫމްސް..” އާޝާ އިސްޖަހާލަމުން ބުނެލިއެވެ. “އޯހް… ނޮޓް ބޭޑް… ނެތީތަ އެކަކުވެސް؟ އެއްވެސް ލައިޓެއްވެސް ނެތެއްނު…؟” އިޒާން  ގެއަށް ބަލައިލަމުން ބުނެލިއެވެ. އާޝާ އިސްއުފުލާ އިޒާން އާއި ދިމާ ބަލައިލުމަށްފަހު އެތެރެއަށް ވަންނަން އެނބުރުނީ އެ ސުވާލަށް ޖަވާބެއްދޭން ބޭނުންނުވާތީއެވެ. “ހޭ.. ދަނީތަ؟؟” އިޒާން އަށް ބުނެލެވުނީ ބޭއިހްތިޔާރުގައެވެ. އާޝާ އިޒާން އާއި ދިމާލަށް ބަލައިލީ ކަރުނުންފުރުފައިވާ ލޮލަކުންނެވެ. އިޒާން އަށް އެ ދެލޯ ފެނި ވަރަށް ބޮޑަށް އަސަރުކުރިއެވެ. “ތެންކްސް ފޯރ ވަޓް ޔޫ ޑިޑް.” އާޝާ ގޭޓް ލައްޕާލަމުން އެހެން ބުނެލިއެވެ. އަދި އެތެރެއަށް ވަދެގެން ދިޔައެވެ.

އިޒާން  އިރުކޮޅަކު އެހެން ހުއްޓިހުރިއެވެ. އެ ނުދަންނަ އަންހެން ކުއްޖަކީ ކާކުބާއެވެ. މިހިތަށް މިވަނީ ކީއްހެއްޔެވެ؟ އެކުއްޖާއާއި ވާޙަކަ ދައްކާހިތްވަނީ ކީއްވެހެއްޔެވެ؟ އިޒާން  އެހެން ހުރުމަށްފަހު ދެފަރާތަށް ބޯ ހަރަކާތްކޮށްލާ ހިނިތުންވެލިއެވެ. އަދި ކާރަށް އަރާއި ހަމަޖެހިލިއެވެ. އެވަގުތު ފަހަތު ސީޓްގައި އޮތް އާޝާގެ ދަބަސް ފެނުނެވެ. އިޒާން  ޔެސް އޭ ބުނެ ދަބަސް ނެގީ އަނެއްކާވެސް އެ އަންހެންކުއްޖާއާއި ވާހަކަ ދައްކާލާނެ ފުރުސަތެއް ލިބުނީމައެވެ. އިޒާން  އަމިއްލަ ނަފްސަށް މިވާގޮތް ފެނި ހައިރާންވިއެވެ. މިއީ ދުވަހަކުވެސް ނުވާ ގޮތްތަކެވެ. މިވަނީ ކީއްބާއެވެ.؟ އިޒާން  ދަބަހުގައި މަޑުމަޑުން ފިރުމާލުމަށްފަހު ކާރުން ފޭބިއެވެ.

ހަމަ އެ ސިކުންތުކޮޅުގައި އާޝާވެސް ގޭޓުހުޅުވާލުމަށްފަހު ނިކުތެވެ. އާޝާ ނިކުތުމުން އިޒާން  ގޮސް އާޝާއަށް އޭނާގެ ދަބަސް ދިތްކޮށްލިއެވެ. އާޝާ އިޒާން އައި ދިމާލަށް ބަލައިލުމެއްވެސް ނެތި ތެންކިޔު އޭ ބުނެ ފަސްއެނބުރުނެވެ. “ފެންފޮދެއް ލިބިދާނެތަ؟ އައި މީން މިތާ ކައިރިއަކު ދެން ނުހުންނާނެ ޝޮޕެއްވެސް.. އިޓްސް ޓޫ ލޭޓް.. އައި ގެސް..؟” އިޒާން  އަހާލީ އާޝާ އޭނާއާއި ދުރަށް ދާން ނޭދޭތިއެވެ. ކޮންމެގޮތެއް ހަދައިފާވެސް އެ އަންހެންކުއްޖާއާއި ވާހަކަ ދައްކަން ބޭނުންވާތީއެވެ. މިއަދު އެ އަންހެންކުއްޖާއަށް އިޒާން ފަދަ މީހެއްގެ  އެހީބޭނުންވާނެކަން އޭނާއަށް އިނގޭތީއެވެ. އާޝާ ނުބުންޏަސް އޭނާއަށް ވަމުންދާ ގޮތްތަށް އިޒާން އަށް އިނގެއެވެ. އެ ހިނިތުންވުމުގެ ފަހަތުގައި ވާ ވޭން އިހްސާސްކޮށްލެވެއެވެ. މާބޮޑުވަރު ނުވަނިސް އެކަމަށް ފަރުވާއެއް ހޯދައިދޭން އިޒާން ބޭނުންވެއެވެ. މިއަދުވެސް އުޅުނީ މަރުވާށެވެ. އަދިވެސް މަސައްކަތްކުރާނެކަން ޔަޤީނެވެ.

އާޝާ އިޒާން އައި ދިމާ ބަލައިލުމަށްފަހު ގޭޓް ތަންކޮޅެއްބޮޑަށް ހުޅުވާލިއެވެ. އާޝާއަށް އެ ނުދަންނަ މީހާއަށް ބަރޯސާ ކުރެވެނީ ކީއްވެކަމެއް ހުދު އޭނާއަކަށްވެސް ނޭނގެއެވެ. އާޝާ އަނގައިން ނުބުންޏަސް އެތެރެއަށް ވަނުމަށްހުއްދަދިނީކަން އިނގުމުން އިޒާން  ކާރުލޮކްކޮށްލާ އެތެރެއަށް ވަނީ އެނާގެ ފަން އިސްތަށިގަނޑުގައި އަތުފުނާއަޅާލަމުންނެވެ. އާޝާ ދަބަހުން ތަޅުދަނޑި ނަގާ ހެޔޮވަރުކޮށްލިއެވެ. “އޯހް އެހެންވީމަ ބޭގް ނުލިބުނު ނަމަ އެތެރެއަށް ނުވެސް ވަދެވުނީސް ދޯ؟ ހެހެ ނަސީބެއްނު ފެނުނުކަން މާ ދުރަށް ނުދަނިސް..” އިޒާން  ބުނެލިއެވެ. އާޝާ އެއްޗެއް ނުބުނެ ދޮރު ހުޅުވާލިއެވެ. ގޭތެރޭގައި ވަނީ އަނދިރިކަމެވެ. ކުޑަދޮރުތަކުގައި ހުރި ފޮތިތަކުން ފުރޭނިގެން މަގުމަތީގައި ހަރުކޮށްފައި ހުރި ލައިޓްތަކުގެ އަލި އާދެއެވެ. އާޝާ ގޮސް ލައިޓް އޮންކޮށްލިއެވެ. ކުޑަ ގެއެއްކަމަކު ތަރުތީބުކޮށްފައިވާ ރީތި ގެއެކެވެ. އެއް ކޮޓަރި އާއި ބަދިގެއާއި ކާގެ އަދި ލޯންޑެރީ އާއި ސިޓިންގްރޫމް ހުރީ ތިރީގައެވެ. އިޒާން  މުޅިގެއަށް ބަލައިލިއެވެ. މީހެއްގެ ހިލަމެއްވެސް ނެތެވެ.

އާޝާ ދަބަސް ސޯފާމަތީ ބާއްވާލުމަށްފަހު އިޒާން  ކައިރި އިށީނދެލަން ބުނެލިއެވެ. އާޝާ ހިތަށް އަރަމުން ދިޔައީ އިޒާން  މިގޮތަށް ގޭތެރެއަށް ވެއްދުން އެއީ ރަނގަޅުކަމެއްބާއެވެ. އާޝާ އެގޭގައިވެސް އޮތީނޫންހެއްޔެވެ؟ މާތް ﷲގެ އިރާދަފުޅައިގެން އެގޭގައި އޮތްއިރުވެސް ކަމެއް ނުވޭތާއެވެ. މިފަހަރުވެސް އިރާދަކުރެއްވިއްޔާ ނުވާނެއެވެ. އިޒާން  ހިތްހެޔޮ މީހެއްގެ ވައްތަރުޖަހައެވެ. އާޝާ ފެން ތަށްޓެއް އަޅައިދީގެން އިޒާން  ކައިރިއަށް އައިސް ދިއްކޮށްލިއެވެ. “އެކަނި އުޅެން ރަނގަޅު ސަޅި ގެއެއް އިނގޭ މީ..” އިޒާން  އެހެން ބުނެލީ ތަށީގައި ހިފާލަމުންނެވެ. “އެކަނި ދޯ އުޅެނީ؟؟” އިޒާން  ސީދާ އާޝާގެ މޫނަށް ބަލަން ހުރެ ބުނެލިއެވެ. އާޝާ ބޯ ޖަހާލިއެވެ. އެއާއި އެކު އިޒާން ގެ ހިތަށް ނުބައި ގޮތެއްވިއެވެ. އެކަނި އުޅެންޏާ މި ކުއްޖާ ކޮންމެފަދަ ކަމެއްވެސް ކޮށްފާނެއެވެ.

އިޒާން  ފެންތަށި ބޯލުމަށްފަހު އާޝާއަތަށް ދިނެވެ. އަދި ސޯފާއިން ތެދުވެލީ ހިތާއި ދެކޮޅަށް ނަމަވެސް މިގެއިން ދާށެވެ. “ދަނީތަ؟؟” އާޝާ އަށް އަހާލެވުނީ ބޭއިހްތިޔާރުގައެވެ. އޭނާ އިޒާން  ފޮނުވާލާކަށް ބޭނުމެއްނުވިއެވެ. އޭނާއަށް ފުރަތަމަ ފަހަރަށް ގާތްކަމެއް އިހްސާސްވީ އިޒާން އާއި ހެދިއެވެ. އޭނާއަކީ ސައިކާޓްރީސްޓެކެވެ. އާޝާ އަށް މިވާގޮތްތަށް އޭނާއަށް އިނގޭނެއެވެ. އޭނާއާއި ވާހަކަދައްކާލަން ބޭނުންވީއެހެންވެއެވެ. އިޒާން  އެއްބުމަ އަރުވާލައިގެން އާޝާއަށް ބަލަންހުއްޓެވެ. “އަމްމް… މި… އިރުކޮޅު އިނދެވިދާނެތަ؟؟” އާޝާ އިސްޖަހާލައިގެން ހުރެ ބުނެލިއެވެ. އިޒާން  ‘ފައިން’ އޭ ބުނެލުމަށްފަހު ސޯފާގައި އިށީނދެލީ ހިތުގެ އަޑިން އެކަމަށް އުފާކުރަމުންނެވެ. އާޝާ ބަދިގެއާއި ދިމާލަށް ދިޔައެވެ.

“ގޯޑް.. އޭނާއަށް ޓްރަސްޓް ކުރަންވާނެތަ.. އެކަމް.. އެނާއަށް އިނގޭނެ މިވާގޮތް… އައި ހޭވް ޓު ޑޫ ސަމްތިން މިކަން ބޮޑުނުވަނިސް… ކޮންޓްރޯލް ނުކުރެވިގެން އަމިއްލައަށް މަރުވުން.. ނޯ ނޯ….. އައި ހޭވް ޓު ޓޯކް ޓު ހިމް.. އެކަމް ފަސްޓް އޭނާގެ ގޮތެއްވެސް ބަލައިލަން ޖެހޭނެ…” އާޝާ ބަދިގެތެރޭ ދެފަރާތަށް ހިނގަމުން އަމިއްލަ ނަފްސާއި ވާހަކަދެއްކިއެވެ. އާޝާ އެންމެފަހުން ނިންމީ އެވާހަކަ ދެއްކުމުގެ ކުރިން އިޒާން ގެ ގޮތް ރަނގަޅަށް އިނގުމަށެވެ. އޭނާއާއި ފުރަތަމަ ރައްޓެހިވެ އޭނާގެ ގޮތް ދަސްކުރުމެވެ.

އިރުކޮޅެއް ނުވެ އާޝާ ދެ ކޮފީތަށި ހިފައިގެން ނިކުމެލިއެވެ. އަދި އެއް ތަށި އިޒާން އަށް ދިއްކޮލުމަށްފަހު އަނެއްތަށި ހިފައިގެން އިޒާން ގެ ކުރިމައްޗަށް ވާ ގޮތަށް ސޯފާގައި އިށީނދެލިއެވެ.

“ވޯވް…. ވޯސް ކްރޭވިން ފޯ ދިސް… ތެންކްސް..” އިޒާން  ކޮފީތަށީގައި ތުން ޖަހާލަމުން ބުނެލިއެވެ. “ސޯ ފްރެންޑްސް.” އިޒާން  ބުނެލީ އޭނާގެ ކަނާއަތްދިއްކޮށްލަމުންނެވެ. އާޝާ ހިނިތުންވެލަމުން އިޒާން އާއި ސަލާމްކޮށްލިއެވެ. “ފްރެންޑްސް އޭ ބުނާއިރު އަދި ނަމެއްވެސް ނޭނގެ.. ހެހެ ކޮންނަމެއް ކިޔަނީ؟” އިޒާން  ކަނާއަތަށް ކޮފީތަށި ލަމުން ބުނެލިއެވެ. “ހެހެ… އާޝާ…” އާޝާ ބުނެލިއެވެ. “ހުމްމް ނައިސް ނޭމް… އެން އެކަނިންތަ އުޅެނީ މިކޮޅުގަ؟؟ އެކަކުވެސް ނޫޅެނީތަ؟” އިޒާން  އަހާލިއެވެ.

“ނޫން.. ބައްޕަ އާއި ދައްތަ އުޅޭނެ….” އާޝާ ބުނެލިއެވެ.

“އެހެންތަ؟ އެކަމް ބުނީ މިގޭގަ އެކަނި އޭ އުޅެނީ؟” އިޒާން  ބުނެލިއެވެ.

“ބައްޕަމެން އުޅުއްވަނީ އެހެން ގެއެއްގަ..” އާޝާ އިސްޖާހަލަމުން ބުނެލިއެވެ. އިޒާން  ސުވާލުގެ ނަޒަރަކުން އާޝާއާއި ދިމާލަށް ބަލައިލީ ކުޑަކޮށް ހައިރާންވެފައެވެ. “ދެން ކީއްވެ… މިގޭގަ އެކަނި؟؟؟” އިޒާން އަށް އަހައިލެވުނީވެސް ހަމަ އެހައިރާންކަންމަތީގައެވެ. “ދައްތަ އެހާ ހިތްހަމައެއް ނުޖެހޭނެ އެގޭގައި އުޅެންޏާ… ވަރަށް ކުޑައިރު މިގެއަށް ޗޭންގް ކުރުވީ ޑޭޑް ދެން އަދިވެސް ހަމަ މިތާ…….” އާޝާ ބުނެލިއެވެ. “އޯވްހް… އެކަމް އެކަނިންވެސް އުޅޭކަށް ނުވާނެ އެއްނު…. މިތާ ކޮންމެފަދަ ކަމެއްވެސް ވެދާނެ..” އިޒާން  ކަންބޮޑުވިއެވެ.

“ހެހެ އިރާދަކުރެއްވިޔާ މި ހުރިހާ ދުވަހަކުވެސް ނުވޭ.. ދެންވެސް ނުވާނެ… އެހެންނޫނަސް ޑޭޑް އާދޭ ކޮންމެދުވަހަކު..ހާލުވެސް ބަލާ….” އާޝާ ހަމަޖެހިލަމުން ބުނެލިއެވެ.

“ވާހަކައެއް އަހަންތަ؟؟” އާޝާ ބުނެލިއެވެ. އިޒާން  އޭނާގެ ހުރިހާ ސަމާލުކަމެއް އާޝާއަށް ބެހެއްޓީ އަހާށޭ ބުނާފަދަގޮތަކަށެވެ. “ކިހިނެއް ވީ އޭރު؟؟ ތިގެއަށް؟؟؟؟” އާޝާ އަހާލިއެވެ.

“އަސްލު އަހަރެން ގެއަށް ދަނިކޮށް އެތާ ހުރި ކަޑާގައި ފްރެޝް މެންގޯސްހުރިތަން ފެނިގެން ކާރު ޕާކް ކޮށްފަ ދިޔައީ.. ބަލާލިއިރު އެތަނުގައި ހެސް ކިޔާފަ އަގު ހުރި.. ރާއްޖެމީހަކަށް ވީމަކަންނޭނގެ އެހާ އަގު ބޮޑުކޮށްބުނެލީ. ދެން އެކަމް އަނބުކާހިތްވީމަ އެތަނުގައި އެނބުރި އެނބުރިވެސް ނުފެނުނު ރީތި އަނބެއް. ދެން ފެނުނީ އަނެއްފަޅީގައި ހުރިތަން…. އެތަން ބަލައިލާފަ ގަންނަން ހިތަށް އަރައިގެން ކޮރޮސިންއާއި ދިމާލަށް ދިޔައީ..  ދިޔަ މަގުމަތީ އާޝާ ފެނުނީ.. ދެން އޭރު ފޯނުގައި ވާހަކަ ދައްކަމުން ދިޔައީ ދޯ އެހެންވެ އިނގުނު ރާއްޖެކުއްޖެއްކަން ދެން ކްރޮސިންގައި މަޑުކޮށްލައިގެން ހުއްޓާ ކުއްލިއަކަށް އާޝާ ކުރިއަށް ހިނގައިގަންނަން އުޅުނީ އޭރު ކާރެއް އާދޭ… އެވަގުތު ދެން ހަމަ ކުއްލިއަކަށް ދަމައިގަނެވުނީ.. އިރުކޮޅެއްނުވެ މަގުމައްޗަށް ތަންޑާ ވީ.. ހެހެ.. ދެން ސޭޑްލީ ކާރަށް އަރުވައިގެން އަނބު ނުގަނެ ޖެހުނީ ދާން ގެއަށް.. ގެ ކައިރި އުޅޭނެ ޑޮކްއެއް.. ފްރެންޑެއް.. އަހަރެންވެސް ބެލީމުސް އެކަމް ހަމަ އެންމެ ރަނގަޅުވާނީ ކަމާއި ބެހޭ މީހާކާއި ޗެކްކޮށްލީމައޭ ހިތާ އޭނާއާއި ގުޅީ…އޭނާދެން ޗެކްކޮށްލައްވަފަ ދިޔަފަހުން ހޭއެރީ.. ދެން އިނގޭނު ވީ ގޮތް.. ހެހެހެހެ..” އިޒާން  ހިނިގަނޑެއް ޖަހާލިއެވެ. އާޝާވެސް ހޭންފެށިއެވެ.

“ސޯ ތިޖެހުނީ އަނބެއް ދޭންތާ… މިގޭގެ ފަހަތުގައި ހުންނާނެ އަނބުގަސް.. އެކަމް އަދި އެހާކަށް ދޮނެއްނުވޭ ކަންނޭނގެ….” އާޝާ ބުނެލީ އިޒާން  ކޮފީ ހުސްކޮށްލާފައި ދިން ޖޯޑްގައި ހިފާލަމުންނެވެ. “ވާވް.. ފްރެޝް މޭންގޯސް… ކޫލް……. ” އިޒާން  ދެލޯބޮޑުކޮށްލަމުން އެހެން ބުނެލިއެވެ. އާޝާ ހޭންފެށިއެވެ. އާޝާ އެތަކެއް ދުވަސްފަހުން ފުރަތަމަ ފަހަރަށް މީހަކާއި އެހާ ގާތްގޮތަކަށް ވާހަކަ ދެއްކެންފެށުމުން ހައިރާންވިއެވެ. އެ ހައިރާންކަމުގައި އޭނާ ބަދިގެއާއި ދިމާލަށް ދިޔައެވެ.

“މާދަމާ އަންނަންޗޭ….އަނބު ބިންނަންވާނެ…. އެބަހުރި ރިހާކުރު.. އަދިވެސް އެ އަނބު ހުތްވާނެ.. މީރުވާނެނު ކުޅި ރިހާކުރުއާއި އެކު ކާލަން..  އެކީ ކާނެ ކުއްޖެއް ނެތީމަ ނުހެދިގެން މިއުޅެނީ ހެހެ…އަނެއްކާ އެކަނިން ނުވެސް ބިނދެވޭ އަނބެއް…. ސޯ އަންނަންޗޭ…އިޒާން  ހެލްޕް ވެދިނީމަ ޖެހޭނެއެއްނު އެވަރު ކަމެއް ކޮށްލަދޭން ދޯ… މަންތެއްގެ ބްރޭކްއެއްވެސް ލިބުނީ މިއަދަށްފަހު.. އެހެންވެ ވަރަށް ފްރީ މިދުވަސްކޮޅު އަނެއްކާ އެހާ ފޫހިވެސް ވާނެ…” އާޝާ އަނެއްކާވެސް ސޯފާ މަތީ އިށީނދެލަމުން ބުނެލިއެވެ. މިރޭ އެހެން ދުވަސްދުވަހާ ހިލާފަށް އާޝާ އެއްވެސް ޖެހިލުމެއްނެތި ވާހަކަ ދެއްކޭކަން ފާހަގަކުރެވުނެވެ. އެކުވެރިއަކަށް އެދި އެދި ހުއްޓާ އިޒާން އާއި ދިމާވުމުން ވީ ކަމެއްކަމަށް ޔަޤީނެވެ.

“އަސްލުވެސްތަ.. ތެންކިޔު ސޯ މަޗް އިނގޭ.. މާދަމާ ޖައްސާލާނަން. އަހަރެންވެސް ތިޖެހުނީ ދެން ޗުއްޓިއަކަށް އެދޭކަށްނު….” އިޒާން  ބުނެލިއެވެ. އޭނާ ހުރީ މާދަމާ ވާނެ އިންތިޒާރަކަށް ކެތްތެރިކަން ކުޑަވެފައެވެ.

“ލަންކާގަ ދޯ ވޯކްކުރަނީ؟؟ އަނެއްކާ ކޮންތާކު.؟” އާޝާ އަހާލިއެވެ.

“ޔަޕް… ލަންކާ ހޮސްޕިޓަލުގައި އުޅެނީ… އެތާ ކައިރި އިންނާނީ ގެވެސް.. ހެހެ އަނެއްހެން މާ ބޮޑު ކަމެއް ނޯވެ ދޯ ސައިކާޓްރީސްޓެއްވީމަ ގިނައިން ރާއްޖޭ މީހުން ބަލަނީ އެކަމް ލަންކާމީހުންވެސް ބަލަން އަދި އެހެން ދެތިން ސާރޖަރީސްތަކުގައި އެހީވެ އުޅެލަން….”

“އޯވްވް.. ސަޅި. މިތާ މާ މަޖާ ދޯ… ރާއްޖެ ނުދަންތަ؟ ވަރަށް ގިނަމީހުން އެބަދޭ.. ޗުއްޓިއެއްނުމީ… ބައްޕަވެސް ވީ ދުރުވެ ރާއްޖެއަށް.. ބައްޕަމެން ދެން މިކޮޅަށް އަންނާނީ އިޔަރ އެއް ކޮށްފަ ކަންނޭނގެ…. އިސްކޮ ވެސް ކިޔަވާ ނިމިއްޖެ އެހެންވެގެންނާއި އެއްޗެހި އެ ދިޔައީ އެކޮޅަށް….” އާޝާ ބުނެލިއެވެ. އެނާއަށް އިޒާން އާއި ވާހަކަދައްކަން ވަރަށް ފަސޭހަވިއެވެ. “އާޝާވެސް ނުދަމެއްނު…. އެން އަސްލު މިފަހަރު ނުދިޔައީ.. ގޮސްވެސް ހުންނަނީ ތަނެއްހިފައިގެން ދޯ.. މިކޮޅަށް އެއްކޮށް ޗޭންގްވީ ކިޔަވައި ނިންމާފަ.. ދެން މަމްވެސް ގެނައީ.. މޮމްވެސް ވެއްޖެ މެލޭގައި ދޮންބެކައިރި ދެން އެކަނި ދާހިތް ނުވީމަ ނުދިޔައީ.. ހެހެ…ކީއްވެ އާޝާ ނުދިޔެއި؟؟” އިޒާން  ހީލަމުން ބުނެލިއެވެ.

“އޭޝް.. އައި މީން އާޝާ ދުވަހަކުވެސް ނުދަން ރާއްޖެއެއް.. ބައްޕައާއި ދައްތަވެސް އެދިޔައީ 20 އަހަރުފަހުން.. އާޝާ މިކޮޅަށް ގެނައި ފަހުން ނުދަމޭ ބުނީ… ދެން މާމަމެން ކިޔާވަރުން އަސްލުދިޔައީ.. ދައްތަ އެހާ ހިތްހަމައެއްނުޖެހޭ އެހެންވެ ދާން ބޭނުންނުވީ.. އެހެންނޫނަސް އާޝާއަކަށް ނޭނގޭނެ އުޅޭކަށްވެސް ރާއްޖެއަކު ހެހެ..އަނެއްކާ ވަން އިޔާރ އެތާ ކެތްވެސް ނުވާނެ.. ހެހެ” އާޝާ މަޑު މަޑުން ބުނެލިއެވެ.

“ދެންމެ ބުނީ އޭޝް އޭ..؟” އިޒާން  ބުނެލިއެވެ. “ހެހެ.. އެއީ އެންމެން ކިޔާތީ ކިޔުނީ.. ހެހެ”

“ސޯ ކީއްވެ އަހަރެން ނުކިޔަ އިންނަންވީ.. ހެހެ… އޭޝް.. ސަޅި ނަމެކޭ.. އަދި ބުނަން އަހަރެން ހީކުރިވަރަށްވުރެ އޭޝް އަނގަ ގަދަ އިނގޭ އަސްލުވެސް…”އިޒާން  ބުނެލިއެވެ.

“ހެހެހެ..” އަޝާ ހޭންފެށްޓިއެވެ. އެއީ ތެދެކެވެ. އާޝާ ހިތްހަމަޖެހޭއިރެއްވިއްޔާ ވަރަށް އަނގަގަދަ ވާނެއެވެ.

“ހޭ އޯކޭ ދެން ދަނީއޭ.. އަނެއްކާ ގެ އެހާ ދުރުވާނެ…ދެން އިނިއްޔާ ލަހުން ގެއަށް ދެވޭނީ.. ހެހެ އެން.. ނަމް ލިޔެދީބަ ފަހަރެއްގައި ގެވެސް އޮޅިދާނެ…… އަންނާނަން މާދަމާ… ރެޑީ ވަންޗޭ.. ހެހެ.. ބައި ޓޭކް ކެއަރ..” އިޒާން  ސޯފާއިން ތެދުވެލަމުން އެހެން ބުނެލިއެވެ. އަދި އާޝާއަށް ފޯނު ދިއްކޮށްލީ އާޝާ ނަމްބަރު ލިޔަންށެވެ. “ރަނގަޅީ ލޭންޑްލައިންއަށް ގުޅިއްޔާ… ގިނަފަހަރު ފޯނު އޮންނާނީ ރޫމްގަ އެހެންވެ.. ހެހެ.” އާޝާ އެހެންބުނެ ނަމްބަރ ދިނުމާއި އެކު އިޒާން   ދާން ހިނގައިގަތެވެ. އާޝާ އިޒާން ގެ ފަހަތުން ގޭޓާއި ހަމާލަށް އައެވެ. އަދި އިޒާން  ދަންދެން އެތާ ހުރެ ގޭޓް ތަޅުލުމަށްފަހު އެތެރެއަށްވަނެވެ. އިޒާން  އާޝާއާއި އެކު ވަގުތު ހޭދަކުރަން ބޭނުންވީ އޭނާ އެ ވެއްޓެމުން ދާ އަނޑިގަނޑުން ސަލާމަތްކުރަން ބޭނުންވާތީއެވެ. އަދި އިތުރު އެހެންކަމަކާއި ގުޅިގެންވެސްމެއެވެ. އެއީ ޖަވާބް ނުލިބޭ ސުވާލެކެވެ.

…..

ނުނިމޭ

Share Article

Follow Me Written By

Ryn

100 Stories10 Stories1K Comments500 Comments100 Comments100 Login

Hello! I love reading stories and writing obv. I hope my stories will make you happy. Don't forget that reading is what gives you more knowledge about the world. Don't stop reading. Visit my facebook page RYN'S stories. Thankyou

Other Articles

Previous

ެއެންމެފަހު ނޭވާ ލަމުންވެސް… ކިޔުންތެރިންގެ ސަމާލުކަމަށް!

Next

ދޭނަން ހިތާ ޖާނާ (22)

Next
August 3, 2016

ދޭނަން ހިތާ ޖާނާ (22)

Previews
August 3, 2016

ެއެންމެފަހު ނޭވާ ލަމުންވެސް… ކިޔުންތެރިންގެ ސަމާލުކަމަށް!

13 Comments!

  1. Ryn says:
    August 3, 2016 at 10:56 am

    hey guys.. here is the next part.. n hope like vaane kamah… n yeah b in touch with my page for more updates.. n yeah do ask me anything if u have any questions or anything u want know about story or upcoming ones.. just lemme know by sending a msg to my page.. 😉 loves n tc enjoy

  2. Shely says:
    August 3, 2016 at 11:25 am

    Wow… V reethi tntresting?
    Waiting for next paart !!

  3. III says:
    August 3, 2016 at 11:26 am

    Nice….????
    When next part

  4. Faathee says:
    August 3, 2016 at 11:33 am

    Wow v salhi

  5. shimaaa says:
    August 3, 2016 at 12:22 pm

    Next part adhi kudakoh dhigu kohla dheeba Ryn. .. story adhi reethi… let’s see how it goes…

  6. naaxu says:
    August 3, 2016 at 12:58 pm

    v salhi vahaka

  7. ken? says:
    August 3, 2016 at 1:16 pm

    dn conversation thakuga abadhu hehe hehe hehe maa ginain ineema boluga rissaa…plx next time b careful…aslu dn maa ginain inyma foohivanee

    1. rana says:
      August 3, 2016 at 2:27 pm

      E thedheh

  8. Elena says:
    August 3, 2016 at 1:24 pm

    Alheyyy ryn….. ❤❤❤V v v v reethi…..???whn nxt prt

  9. Ravu says:
    August 3, 2016 at 2:18 pm

    ryyn its me ravu ingeyy … i wanna tell u sumthing ryyn .. hwp meet vaane kamah…ingeyy!!

    varah reethi mi part vx just luv it ryyn.. update ASAP!!

  10. ina says:
    August 3, 2016 at 3:05 pm

    Ryn wowwwwww 😛 hehehe…vrh nyc mi prt vx… So wen ix nxt prt??? Plxxxxx update soin….

  11. ryn's friend says:
    August 5, 2016 at 1:54 pm

    varah rythi pic eh + varah rythi part eh..

  12. faisal says:
    August 30, 2016 at 8:21 pm

    reeethi

Comments are closed.


All Right Reserved!