އާދައިގެ ދުވަހެވެ. އިރު އޮއްސިގެން ދަނީ ޖައްވުގައިވާ ރީތި ކުލައަށް އޮރެންޖް ކުލައެއް ގެނުވާ އަނދިރިކޮށްލަމުންނެވެ. ބޭރުގައި އުޅުނިއްޔާ އުޅުނުބައެއްގެ މިޝްރާބް ހުރީ އެމީހެއްގެ ގެއަށެވެ. އިރު އޮއްސޭއިރު ކުޑަކުދިން ގެއަށް ވައްދާ އާދަ އަދިވެސް ވަނީ ހަރުލާފައެވެ. އެހެންނަމަ މި މަގުމަތިތަށް މިހާ ހިމޭނެއްނުވާނެއެވެ. ކުޑަކުދިން ކުޅެ ދުވާ އަޑު ނޫންއަޑެއް ނީވޭނެއެވެ. އަހަރެން ގެއްލިފައި އިނީ އޮއްސެމުންދިޔަ އިރަށެވެ. މާތް ﷲ އަށް ހަމްދު ކުރާ ކަންތަކުގެ ތެރޭ އެންމެ ހަމްދު ކުރެވެނީ […]
……………. “ސާނި… ހަނދާންވޭތަ މި ކޮޓަރިތެރޭ އަހަރެމެން އާ ދިރިއުޅުމެއްގެ ބިންގާ އެޅި ހަނދާން.. މި އެނދުގައި އޮވެ އެތަށް ރެއަކު އެކަކު އަނެކަކުގެ އަތު ތެރޭ ނިދިކަން…. ލޯބި ލޯބި އިސްކޮ މި ކޮޓަރިއަށް ގެނައި ދުވަސް؟ ހަނދާންވޭތަ؟” ސުހައިލް އެނދުމަތީ އިށީނދެލަމުން ބުނެލިއެވެ. ސާނިޔާއާއި އޭނާ ވާހަކަދައްކާ އެ ގެއްލުނު އިތުބާރު ހޯދަން ބޭނުންވެއެވެ. އަދިވެސް މަސައްކަތްކުރަން އޭނާ ބޭނުންވެއެވެ. ރޭގަނޑު މާލެ ލަފާ ގެއަށް އައިގޮތަށް މާ ބޮޑު ކަމެއް ނުވަތަ ވާހަކައެއްވެސް […]
ނޫރުގެ ސުކޫލާއި ހަމައަށް ނުދެވެނީސް ގަޑި ޖެހިއްޖެއެވެ. އޭރު އަހަރުމެންނަށް ތިބެވުނީ ސުކޫލާއި ވަރަށް ކައިރީގައެވެ. އެހިސާބަށް ދެވުނުއިރު ކުދިންތައް ނިކުންނަންފަށައިފިއެވެ. ދުއްވާ އެއްޗެހި ދުއްވަމުންދާތީ އަހަރުމެން ތިބީ މަގު ހުރަސް ނުކުރެވިފައެވެ. ދުވެފައި ބޭރަށް ނުކުތް ނޫރުއަށް ދޮންބެ ފެނުމުން އެމޫނުމަތިން އުފާވެރިކަން ފެނުނެވެ. އޭނަ އުޅުނީ ދުއްވައިގަންނާށެވެ. ނަމަވެސް މަންމަ އޭނަ އަތުގައި ހިފެހެއްޓިއެވެ. ގަދަދައްކާލަމުން ނޫރު ދުއްވައިގަތީ މަގާއި ދިމާލަށެވެ. މަންމައާއި ދޮންބެ އެދިމާލަށް ދުއްވައިގަތެވެ. ބާރު ސްޕީޑެއްގައި ދުއްވާފައި އައި ލޮރީއެއްއައީ […]
“ނުފެނޭ މަންމާ.. ކޮބާތަ؟ ކީއްވެތަ އަނދިރީ!! މަންމާ!!” އައިފާ ރޮއެ ގަންނަމުން މިހެން ބުނިއިރު ލޫތް ކޮޓަރީގެ ދޮރުމައްޗަށް އައިސް ހުއްޓުނީއެވެ. ވައިގައި އައިފާ އަތް ފުނާ އަޅަމުން ދިޔައިރު އޭނާ އެބުނި ބަސްތައް އިވި ލޫތްގެ އަތުގައި އޮތް ފެންފުޅި ބިންމައްޗަށް ވެއްޓުނެވެ. އޭނައަށް އެބަސްތައް ހީވީ އިއްވާލި ހޮނު ގުގުރިއެއް ހެންނެވެ. ލޮލަށް ކަރުނަ ޖަމާވިއިރު އެހިތް ނެގިނެގިފައި ޖެހެމުން ދިޔައެވެ. ބަސްހުއްޓިފައި ހުރި ލޫތްގެ ނަޒަރު ވަނީ އައިފާއަށް ހުއްޓިފައެވެ. ކުރިއަށް ފިޔަވަޅެއް […]
ރަށުގެ މީހުން އުޅޭ ހިސާބު ތަންކޮޅެއް ދުރުގައި ޒަމާނީ ގޮތަކަށް ހަދާފައިވާ ކުޑަކުޑަ ގެއެކެވެ. ޒަމާނީ ކުލަތަށް ފާރުގައި ލެވިފައިވެއެވެ. އެކުލަކުލައިން އެކުޑަ ގޭގެ ރީތިކަން ދުރަށް ދައްކުވައިދެއެވެ. ގޭގެ ހުސްބިމުގައި ތަފާތު ވައްތަރުގެ މާ ގަސް އިންދާފައިވެއެވެ. އެގަސްތަކުގެ ކައިރީ ހުރި ކޮޓަރިއެއްގައި އަޝްރާ އާއި ޔައިޝް އަރާމު ނިންޖަކުން ނިދާލައިފައި ތިއްބެވެ. ޔައިޝްގެ ދެ އަތްވަނީ އަޝްރާގެ އުނަގަނޑުގައި ވަށާލެވިފައެވެ. އަޝްރާވަނީ ޔައިޝްގެ ތަނަވަސް މޭމަތީ ފިތިބާރުވެފައެވެ. އަރާމު ނިދީގައި އޮތް އަޝްރާއަށް ހޭލެވުނީ […]
އެކަމަކު ކީއްވެ މަލަކު؟ ކޮބާ މައްސަލައަކީ؟” ޝާހީން އަހާލިއެވެ. މަލަކު ޖަވާބެއް ނުދީ ވިސްނާލިއެވެ. ޝާހިން އަށް ހުރިހާ އެއްޗެއް ކިޔައިދޭންވީ ބާވައެވެ. ހިތުގެ ހާލަތު އަންގާލަ ދޭންވީބާވައެވެ. މިފަދަ ޙިޔާލުތަކެއްގައި މަލަކު ވަނިކޮށް ކުއްލިއަކަށް ސިއްސައިގެން ދިޔައީ ޝާހީން މަލަކުގެ އަތުގައި ކޮއްޓާލުމުންނެވެ. ” ކިހިނެއްވީ މަލަކު… ކޮން ޙިޔާލެއްގައި..” ޝާހީން އަހާލިއެވެ. “އޭނ އޭނ… ކީކޭ؟ އެއްޗެއް ނުވިސްނަން.. ” އަޅައިގަންނަމުން ކަހަލަ ގޮތަކަށް މަލަކު ބުނެލިއެވެ. އޭރު ޝާހީން އަށް އެއްޗެއް ހީވެދާނެތީ […]
“އާދޭ އެކޮއި….” ސައްތާރު ގޯތީގެ އަނެއް ފަރާތަށް ހިނގައިގަންނަމުން ރާހުލް އަށް އޭނާގެ ފަހަތުން އައުމަށް އިށާރާތްކޮށްލިއެވެ. އެއާއެކު ރާހުލް ކިޔަމަންތެރިކަމާއެކު އޭނާގެ ފަހަތުން ހިނގައިގަތެވެ. ސައްތާރު ގޮސް ހުއްޓުނީ ދެރަ ގޮތަކަށް ހަދާފައި ހުރި ގުދަނެއް ފާޑު ތަނެއްގެ ކައިރީގައެވެ. އެތަނުގައި ޖަހާފައި ހުރި ޓިނު ދޮރުފަތް އޭނާ ހުޅުވާލި ހިނދު އިވިގެން ދިއައީ ދަބަރު އަޑެކެވެ. އެއާއެކު ނިކުމެގެން އައި ހިރަފުސްތަކުގެ ސަބަބުން ސައްތާރު ކޮށި އަރާ ގޮތް ވިއެވެ. ހުޅުވާލުމަށްފަހު އޭނާ ފާރުގައި […]
މިވާހަކަ އަކީ ކުރިން “ފިނިޕޭޖް” ސައިޓްގައި ގެނެސްދީފައިވާ ވާހަކައެއް- “އޯ ބެއިބީ” އަނީސާގެ އެދުން ދިޔައީ އިތުރުވަމުންއެވެ. އަޑު ދިޔައީ ގަދަވަމުންއެވެ. އެއަޑާއި އެކު އޭނާގެ ބައިވެރިންގެ ޖޯޝާ ފޯރި އިތުރަށް ދިޔައީ ވަރުގަދަ ވަމުންއެވެ. ހަރަކާތްތައް އަވަސްވިއެވެ. ފިރުމުންތައް އިތުރުވިއެވެ. އަނީސާއަކީ ވިޔަފާރިވެރިއެކެވެ. މިބުނެވެނީ އަދި ރަނގަޅަކަށް ނޫނެވެ. އެއީ ޕްރޮޑަކްޓެއް ކަމަށްވެސް ބެލެވިދާނެއެވެ. ރާއްޖޭގައި މިހާރު އެންމެ އަގު ރަނގަޅު ބްރޭންޑެޑް ޕްރޮޑަކްޓެކެވެ. މިދައްކަނީ ކޮންވާހަކައެއްކަން މާ ޑީޓެއިލް ނުކުރިޔަސް ކިޔުންތެރިންއަށް އެނގޭނެ ކަމަށް އުންމީދުކުރަމެވެ. އާނއެކެވެ. ތިހީވީ ހަމަ […]
ކިޔުންތެރިންނަށް : (މިވާހަކައަކީ މީގެ ކުރިން އިތުރު ސައިޓްތަކަށް އަޕްކޮށް ”ދާސްތާން” ނަމުގައި ޕަބްލިޝްކޮށްފައިވާ ކުރުވާހަކަ ފޮތެއްގައި ޗާޕްކޮށްފައިވާ ވާހަކައެއް، އަދި މިވާހަކައަކީ ހިންދީ ފިލްމަކުން ނަގާފައިވާ ޕްލޮޓަކަށް އެހެންނަމަވެސް ދިވެހި އަންހެންކުއްޖެއްގެ ދިރިއުޅުމުގައި ހިގާފައިވާ ހަގީގީ ހާދިސާތަކެއް އެކުލަވައިލައިގެން ލިޔެފައިވާ ވާހަކައެއް) ދުވަހަކީ އެދުވަހަކަށް އަހަރެން އެންމެ އިންތިޒާރު ކުރިދުވަހެވެ. 10 އަހަރުގެ ދިގު އިންތިޒާރަށް ނިމުން އައި ދުވަހެވެ. އަހަރެންގެ އަލަތު ލޯބިވެރިޔާ އަރްހަމްގެ ހިތުގައި އަހަންނަށްޓަކައި އުފެދިފައިވާ ފުން ލޯބި ބަޔާން ކުރިދުވަހެވެ. އެދުވަހުގެ ކުރިން އޭނާ އެހެން ނުބުނަނީކީ ނޫނެވެ. އެކަމަކު އެދުވަހު އޭނާ އެފާޅުކުރި ލޯބިވެތި ބަސްތަކުން އަހަންނަށް ތެދުވެރިކަން ހާމަވެގެންދިޔައެވެ. އެދުވަހު އަހަންނަށް ހަގީގީ ލޯތްބަކީ ކޮބައިކަން ހާމަވެގެން ދިޔައެވެ. އޭނަ ފާޅުކުރި ބަސްތަކުން އަސަރާއި ވޭން އިހުސާސް […]