Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އަސަރު 33 (ފަހުބައި)

Liaa Level 810 Stories500 Comments100 Comments100 Stories1K Comments100 Login
August 4, 2016 18 Mins Read
88 Comments

ރޭޝަމްގެ އަތުގައި ހިފައިގެން ޝިކާ މިސްރާބު ޖެހީ ‘ފްލާވާރ ކްލިނިކް’ އާ ދިމާއަށެވެ. އެއީ އޭނާ މަސައްކަތްކުރާ ތަނަށް ވުމުން އެތަނުން ޓެސްޓު ހަދަން ފަސޭހަ ވާނެކަން އޭނާއަށް އެނގޭތީއެވެ. ޝިކާއާ އެކު ހިނގަމުން ދިޔަ ރޭޝަމް ހުރީ ފުން ޚިޔާލަކަށް ގެއްލިފައެވެ. އޭނާ ގެ ބައްޕަ ހުންނާނީ ކިހިނެއްބާއެވެ؟ އަނެއްކާ ބައްޕަ އޭނާ ދެކެ ލޯބިވާނެ ބާއެެވެ؟ މަންމަ ފަދައިން ބައްޕަ ވެސް އޭނާ ދެކެ ރުޅިއަންނަ ނަމަ ދެން ވާނީ ކިހިނެއް ހެއްޔެވެ؟

ކްލިނިކާ ހަމައަށް އާދެވުމުން ރޭޝަމް ސުވާލުން ފުރިގެންވާ ނަޒަރަކުން އެކި ދިމަދިމާއަށް ބަލާލިއެވެ. ޝިކާ އޭނާ މިތަނަށް ގެނައީ ކީއްކުރަންބާއޭ އެހިތަށް އަރަމުން ދިއައެވެ. އެއްލިކަޅިއަަކުން އޭނާގެ ލޮލުގައި އަޅައިގަތީ ތަންކޮޅެއް ދުރުގައި ފޯނުން ވާހަކަ ދައްކަން ހުރި އަމީންނެވެ. ޝިކާމެން ފެނުމުން އެމީހުންނަށް ހަނައަޅާލަމުން އަމީން އެދިމާއަށް އަންނަން ފެށުމުން ރޭޝަމްއަށް ކަޅި ވެސް ޖަހާނުލާ އެދިމާއަށް ބަލަން ހުރެވުނެވެ.

“ރޭޝަމް… އެއީ އަމީން…. އޭނާ ބޭނުންވޭ ރޭޝަމްގެ ޑީއެންއޭ އާ އޭނާގެ ޑީއެންއޭ އާ ދިމާވޭތޯ ބަލަން… ރޭޝަމް މިކަމަށް އެއްބަސް ދޯ؟” ޝިކާ ލޯތްބާއެކު އެހެން ބުނުމުން ރޭޝަމް ބޯ ޖަހާލިއެވެ. އަދިވެސް އޭނާގެ ނަޒަރު ހުއްޓިފައި ހުރީ ކުރިމަތިން އަންނަމުން ދިޔަ އަމީންއަށެވެ.

“އަހަރެން ގާތު ގަޑި ކިޔާފަ ހާދަ ލަހުން ތިއައީ؟” އަމީން ދިމާކުރާ ރާގެއްގައި ޝިކާއަށް އެހެން ބުނުމަށްފަހު ރޭޝަމްއަށް ބަލާލިއެވެ. ހަމަ އޭނާގެ މާމަގެ ކޮޕީއެކެވެ. އެހާ ވެސް ވައްތަރެވެ. ޑީއެންއޭ ޓެސްޓު ނަހަދާވެސް އޭނާއަށް އެވަގުތު އެއީ އޭނާގެ ދަރިއެއްކަން ޔަޤީންވިއެވެ. ނަމަވެސް އޭނާ ރީނާއަށް އެއީ އޭނާގެ ދަރިއެއްކަން ޔަޤީންކޮށްދިނުމައްޓަކައި އެ ޓެސްޓު ހެދުން މުހިންމެވެ.

ކްލިނިކް ތެރެއަށް ވަދަގެން ދިޔައިރު ތިން މީހުންގެ މެދުގައި ވެރިވެފައިވީ ހިމޭންކަމެވެ. ރޭޝަމް ހުރުމުން އަމީންއަށް ވެސް ޝިކާ ގާތު އިތުރު ވާހަކައެއް ދައްކާކަށް ނުކެރުނެވެ. ރޭޝަމް ވެސް އިރުއިރުކޮޅާ ވަށްކަޅިން އަމީންއަށް ބަލާލައެވެ. ވަކި ހިސާބަކަށް ދިއުމަށްފަހު ޝިކާ ރޭޝަމްއާއި އަމީން ގާތު އެތާ ހުރި ގޮނޑިބަރީގައި އިށީނުމަށް ބުންޏެވެ. އަދި އޭނާ މިސްރާބު ޖެހީ ޓެސްޓު ހެދޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަަކައި އެތަނުގައި ހުންނަ ލެބޯރެޓޮރީ އާ ދިމާއަށެވެ.

އަމީން އާއި ރޭޝަމް އެތަނުގައި އިން އިރު އެދެމެދަށް ހިމޭންކަން ވެރިވެފައިވެއެވެ. އަމީން ދެތިން ފަހަރަކު ރޭޝަމްއަށް ބަލާލާފައި ވާހަކަދައްކަން އަނގަހުޅުވާލި ނަމަވެސް އޭނާގެ އަޑު ކަރުތެރޭގައި ތާށިވެފައިވާ ކަހަލައެވެ. އޭނާ ހީކުރިގޮތާ ޚިލާފަށް އެހަމަހިމޭންކަން ފޫ ދުއްވާލީ ރޭޝަމް އެވެ.

“ތީ އަހަރެންގެ ބައްޕަ ތަ؟” ރޭޝަމް އިސްޖަހައިގެން ހުރެ އަހާލީ އަމީންއަށް ބަލާލުމެއް ނެތިއެވެ.

“އާން…..” އަމީންއަށް ހަމައެކަނި ބުނެލެވުނީ އެހެންނެވެ.

“ޔަޤީންތަ ތީ އަހަރެންގެ ބައްޕަ ކަން؟” އަނެއްކާ ވެސް ރޭޝަމް ސުވާލުކޮށްލިއެވެ.

“އާން…..” މިފަހަރުވެސް އަމީންއަށް ދެވުނީ ކުރި ޖަވާބެކެވެ. އަލަށް ބައްޕައަކަށް ވީއިރު ވެސް މިވީ 12 އަހަރުގެ ކުއްޖެއްގެ ބައްޕައަކަށް ވިއްޔާއެވެ. ދަރިއަކާ ވާހަކަދައްކާނެ ގޮތްތަކެއް އަމީންއަަކަށް ނޭންގުނެވެ.

“ދެން ކީއްވެ ޑީއެންއޭ ޓެސްޓު ހަދަނީ…..؟” ރޭޝަމް މައުސޫމް ގޮތަކަށް އަމީންއަށް ބަލާލުމަށްފަހު އަހާލިއެވެ. އެވަގުތު އޭނާގެ ހިތުގައި ރޭޝަމްއަށްޓަކައި ދަރިވަންތަކަމުގެ ކުލުނު އުތުރިއަރައިދިޔަ ކަހަލައެވެ.

“އެއީ…. އެއީ މަންމައަށް ޕްރޫޕް ދައްކަން ވެގެން…. މަންމަ ވަރަށް ބޯ ހަރެއްނު ދޯ؟” އަމީން ލޯތްބާއެކު އެހެން ބުނުމުން ރޭޝަމް ހީލާފައި ބޯޖަހާލީ އާއެކޭ ބުނުމުގެ ގޮތުންނެވެ.

“ދެން މިއޮއް ހުރިހާ ދުވަހު ބައްޕަ ކޮންތާކު އުޅުނީ؟” ރޭޝަމް އަނެއްކާވެސް އަހާލިއެވެ.

“ބައްޕައަށް ނޭނގުނީ އޭ ދަރިފުޅު ދުނިޔެއަށް އައި ކަން ވެސް…. މަންމަ ވެސް ނުބުނޭ….” އަމީން ލޯތްބާއެކު ބުނެލިއެެވެ. އެ ވާހަކަތަށް ރޭޝަމްއަށް ޤަބޫލުކުރެވުނެވެ.

ޝިކާ އައި އިރު އަމީންއާ ރޭޝަމް ވާހަކަދައްކާ ތަން ފެނި އޭނާގެ ތުންފަތުގައި ދުވެލީ ކާމިޔާބުގެ ހިނިތުންވުމެކެވެ.

“ހިނގާ އަވަހަށް….” ޝިކާ އައިސް ދެމީހުން ގާތު ބުނުމުން ދެމީހުން ގޮސް ޝިކާގެ ފަހަތުން ލެބަށް ވަނެވެ. ޓެސްޓު ހަދަން ލޭ ނެގުމަށްފަހު ތިން މީހުން ނިކުމެގެން ދިއައީ ރިޕޯޓުގެ ނަތީޖާ ލިބޭނީ 24 ގަޑިއިރު ފަހުން ކަމަށް ބުނުމުންނެވެ.

“ރޭޝްކޮ… އައިސްކްރީމް ބޯނަންތަ؟” އަމީން ރޭޝަމްއާ ދިމާއަށް ބަލާލަމުން ބުނެލީ ކްލިނިކްގެ ބޭރުގައި ހުއްޓި ހުރެއެވެ. އެއާއެކު ރޭޝަމް ރަކި ވިއެވެ. އޭނާ އާ ދިމާއަށް ‘ރޭޝްކޮ’ ކިޔުމުންނެވެ. ނަމަވެސް އޭނާއަށް އެނަން ކަމުދިޔައެވެ. އެއީ އޭނާގެ ބައްޕަ އޭނާއަށް ލޯބިން ކީ ނަމެވެ. ރޭޝަމް ވެސް އައިސްކްރީމް ބޯން ބޭނުންވުމުން ތިން މީހުން އެކީ މިސްރާބު ޖެހީ ‘ސްކޫޕް’ އަށް ދިއުމަށެވެ.

****

އަނެއް ދުވަހު މެންދުރުފަހު ‘ބިލަތްގެ’ ގައި މީހުންތަށް ހޭލާމޭލާ ވަމުން ދިއައިރު ހީވަނީ ޢީދެއް އައިސްގެން އުޅޭހެނެވެ. އެރެއަކީ އެގޭގައ ބޮޑުކެއުން ކައްކާ ދުވަސްކަމުން ހުރިހާ އަންހެން ވެރިން ބަދިގޭގައި އުޅެމުން ގެންދިއައެވެ. ޝިކާއާއި ރަނާ، ސާރާއަށް އެހީވުމުގައި އުޅެމުން ދިއައިރު ރީނާވެސް ބައެއްފަަހަރު އައިސް ކަންތައް ކޮށްލާ ހަދާލައެވެ. ރައުލްމެންގެ ތިން ބޮޑުދައިތަ ވެސް އެގެއަށް އައިސް އުޅުނެވެ.

ޝިކާ އިރުކޮޅަކު ބަދިގޭގައި އުޅެފައި ކްލިނިކަށް ދާން ޖެހުމުން އޭނާ ސާރާ ގާތު ބުނެލާފައި ދިއައެވެ. ތައްޔާރުވާން ކޮޓަރިއަށް ވަތް އިރު ރައުލް ފޯނެއްގައި އިން ތަން ފެނުނެވެ. އޭނާ ދޮރުހުޅުވާލީ މަޑުމަޑުން ކަމާއެކު ރައުލްއަކަށް އޭނާ ވަތް ކަމެއް ނޭނގުނެވެ. ޝިކާ މަޑުމަޑުން ގޮސް ރައުލްގެ ފުރަގަހުގައި ހުއްޓިލިއެވެ.

“އޭ…އެހެންވީމަ މިރޭ ޖެހޭނެ ތި ހުރިހާ ކަމެއް ކުރަން….. އެއްވެސް ކަމެއް ގޯސްކޮށް ދިޔަ ނުދޭތި…..” ރައުލް ބުނަމުން ދިއައެވެ. ޝިކާގެ ހިތުގައ އެވަގުތު ސުވާލުތައް ފުނިޖެހުނެވެ. ރައުލް މާ ސިއްރުން ކުރަން އެއުޅެނީ ކީއް ހެއްޔެވެ؟ ވާހަކަ ދައްކަމުން ރައުލް ފަހަތަށް އެނބުރެލި ވަގަތު ޝިކާ ފެނުމުން އޭނާ ތެޅިގަތީ ބިރެއްފެނުނު ފަދައިންނެވެ.

“ރައުލް ކޮން ކަމެއްތަ މާ ސިއްރުން ތި ކުރަނީ؟ އަހަރެން ފެނުނަސް އަބަދު ސިހި ސިހި ވިއްޔަ ތި ހުންނަނީ؟” ޝިކާ އުނަގަނޑުގައި ދެއަތް ވިއްދާލަމުން ބުނެލިއެވެ. ރައުލްގެ އެއްވެސް ޖަވާބެއް ނުލިބުނުމުން އޭނާ ތުވާލި ހިފައިގެން ގޮސް ފާހާނާއަށް ވަނީ ފެންވަރާ ތާޒާވެލުމަށެވެ.

ރައުލް އާ އެކު ކްލިނިކަށް ދިއައިރު ވެސް މިޔަދު އޭނާ ހުންނަނީ ވަރަށް މަޑުމަޑުންނެވެ. ކުރިން އޭނާ ކުރާ ސަމާސާތައް ކޮބައިބާއޭ އެވަގުތު ޝިކާގެ ހިތަށް އެރިއެވެ. ނަމަވެސް އޭނާ ވެސް ރައުލް ގާތު އިތުރު އެއްޗެއް ނާހައެވެ. ކްލިނިކް ގާތަށް ހުއްޓާލުމާއެކު ޝިކާ ސައިކަލުން ފޭބިއެވެ.

“ކިހާއިރަކު ނިމެނީ؟ އާދެވޭނެ ދޯ ބޮޑުކެއުން ފެށެންވާއިރަށް؟” ރައުލް އަހާލިއެވެ.

“ހުމްމްމް…. 8 ހާއިރު ނިމޭނެ…” ޝިކާ އެހެން ބުނެލަމުން އެތެރެއަށް ދާން ހިނގައިގަތީ ކޮނޑުގައި އަޅުވާފައި އޮތް ހޭންޑްބޭގް ރަނގަޅުކޮށްލަމުންނެވެ.

ޝިކާ ދިއުމާއެކު ރައުލް އޭނާގެ ފޯނު ނަގައި ނަންބަރަކަށް ގުޅާލިއެވެ.

“އާ.. ހޫމްމް….. 8 ޖަހާކަށް ހާއިރު ނިމެޔޯ… އާނ… އޯކޭ…. މިހާރު މިދަނީ….” ރައުލް އެހެން ބުނެލުމަށްފަހު ފޯނު ބޭއްވިއެވެ. އަދި އޭނާ ދާން ބޭނުންވި މަންޒިލަށް ދިއުމަށް ސައިކަލު ދުއްވާލިއެވެ.

****

ޝިކާ އަށް ކްލިނިކްގެ މަސައްކަތްތައް ނިމުނު އިރު 8 ގަޑި ބައި ވަނީއެވެ. އޭނާ އަވަސް އަރުވާލާފައި މޭޒުމަތި ރީތިކޮށްލުމަށްފަހު ނިކުތީ ރައުލް އޭނާ ބަލާއައިސް ހުންނާނެކަން އިނގޭތީއެވެ. ޝިކާ ނިކުމެ ރައުލްގެ ސައިކަލާ އަރާ ހަމަވުމުން ރައުލް ފާޑަކަށް ހީލިއެވެ.

“ކީއްވެ މާ ވަރަކަށް ހެވިފަ؟” ޝިކާ ރައުލްގެ ފަހަތަށް އަރަމުން އަހާލިއެވެ.

“ކަމެއް ކާމިޔާބުވާތީ….” ރައުލް އެ ބުނެލި އެއްޗާމެދު ޝިކާ ވިސްނާލިއެވެ. ރައުލް އަށް ކޮންކަމެއް ކާމިޔާބު ވަނީ ހެއްޔެެވ؟

“ކޮން ކަމެއްތަ؟” ޝިކާ އަހާލިއެވެ.

“ދެން އެނގޭނެ ފަހުން…” ރައުލް ސައިކަލު ދުއްވާލަމުން ބުނެލިއެވެ. އެމޫނުގައި ވަނީ ފުޅާ ހިނިތުންވުމެކެވެ.

ގޭ ކައިރިއަށް މަޑުކޮށްލުމާއެކު ޝިކާ އަވަސް އަވަހަށް ފައިބައިގެން ގެއަށް ވަނީ ސާރާމެންނަށް އެހީ ވުމަށެވެ. ގޯތިތެރެއަށް ވަތް އިރު ވެސް އެގޭގައި ކައްކާފައި ހުރި އެއްޗެހިގެ މީރުވަހުން މީހުންގެ ކުޅު ދިޔާ ކުރާހާ ވަރުވެއެވެ. ޝިކާ އަވަސް ފިޔަވާޅު ތަކެއްގައ ގޮސް ގެއަށް ވަތް އިރު ސިޓިންގރޫމުގަިއ ބަހައްޓާފައި ހުރި ބޮޑު މޭޒުދޮށުގައި ބައިވަރު މީހުން ތިއްބެވެ. އެތަނުގައި ގިނައީ އޭނާ ނުދަންނަ މީހުންނެވެ. އެހެންކަމުން އޭނާ ގޮސް މޭޒުގެ އެއްފަރާތެއްގައި އެމީހުންނާ ވާހަކަ ދައްކަން ހުރި ސާރާ ގާތު މަޑުކޮށްލިއެވެ.

“އަހަންނަކަށް ނާދެވުނު ދޯ މަންމަމެންނަށް އެހީ ވާކަށް ވެސް….. ހުރިހާ ކަމެއް ނިންމީ ދޯ މިހާރު؟” ޝިކާ ދެރަވެހުރެ އަހާލިއެވެ.

“ނޫނޭ… ވަޒީފާގަ އުޅޭ އިރު ބިޒީވެސް ވާނެއްނު ދޯ…” ސާރާ ލޯތްބާއެކު އެހެން ބުނުމުން ޝިކާ ހިނިތުންވެލިއެވެ.

“ކޮބާތަ ޝިކާގެ މަންމަމެން؟ ގުޅާ ބަލަ އެމީހުންނަށް… އަދިވެސް ނާދޭ…” ސާރާ ގަޑި ބަލާލަމުން ބުނެލިއެވެ. ޝިކާ ފޯނުނަގައި ރަހީމާގެ ނަންބަރަށް ގުޅާލިއެވެ.

“މަންމަ ބުނީ އެބަ އަންނަމޯ…” ޝިކާ ފޯނު ބޭއްވުމަށްފަހު ސާރާ ގާތު ބުނެލިއެވެ.

އިރުކޮޅެއްފަހުން ރަހީމާ އާއި ސަމީރު އަދި  ޝިނާން ވެސް އަތުވެއްޖެއެވެ. އެއާއެކު ސާރާ އަވަސްވެގަތީ އެމީހުންނަށް ކާން ހެދުމަށެވެ. އެމީހުން ކާން އެރުމާއެކު އެތަނަށް ރައުލް އައެވެ. ރައުލް ޝިނާން އަށް ބަލާލުމަށްފަހު ބުމަ އަރުވާލިއެވެ.

“ޝިކާގެ ޢާއިލާ މަޑުކޮށްލަދެއްޗޭ އެހެން ހުރިހާ އެންމެން ދިއައީމަ… ވަރަށް ބޮޑު ކަމަކު…” ރައުލް އެހެން ބުނެލުމުން ސަމީރާއި ރަހީމާ ބޯ ޖަހާލިއެވެ. ސާރާ ފާޑަކަށް ރައުލްއަށް ބަލާލިއެވެ. ޝިކާ ވެސް ރައުލްއަށް ބަލާލީ ސުވާލުން ފުރިގެންވާ ނަޒަރަކުންނެވެ. އަނެއްކާ ރައުލް އޭނާގެ މަންމަމެން ގާތު ދައްކަން އެއުޅެނީ ކޮން ވާހަކައެއް ހެއްޔެވެ؟

ކުޑަ އިރުކޮޅެއްފަހުން އެގެއަށް ވަދެގެން އައީ ލިވާންމެންގެ ދެމަފިރިންނާއި އަހުސަންއެވެ. އަހުސަން ފެނުމާއެކު ޝިކާ މަސައްކަތް ކުރީ އޭނާގެ މޫނު ފޮރުވާށެވެ. ލިވާން އެއަންނާނީ ރައުލް ދައުވަތު ދީގެންކަން ޔަޤީނެވެ. ނަމަވެސް އަހުސަން؟ އަހުސަން އެއީ އަނެއްކާ ރައުލްގެ ރައްޓެއްސެއް ހެއްޔެވެ؟

އަހުލާ އައިގޮތަަށް އައިސް ޝިކާގެ ގައިގައި ކުޑަކޮށް ބައްދާލިއެވެ.

“ނުވެސް ފެނޭ ކައިވެނީގެ ރޭގެ ފަހުން… ހާދަ ވަގޭ….” އަހުލާ އެހެން ބުނުމުން ޝިކާ ކުޑަކޮށް ހިނިތުންވެލިއެވެ. ތަންކޮޅެއް ދުރުގައި ބަލަހައްޓައިގެން ހުރި އަހުސަންގެ ނަޒަރުން އޭނާއަށް އުނދަގޫވިއެވެ.

“އަވަހަށް އަރާ ކާން…. މަންމާ… މީ އޮފީހުގައި އުޅޭ މައި ބެސްޓީ އާ އޭނަގެ އަންހެނުން…” ލިވާންމެން ދައްކާލަމުން ރައުލް ބުނެލިއެވެ. ސާރާ ޝައުޤުވެރިކަމާއެކު އެމީހުންނަށް ބަލަމުން ދިއައެވެ.

“ދެން މީ ވެސް މިހާރު ވަރަށް ގާތް ރައްޓެއްސެއް….” އަހުސަން އާ ދިމާއަށް އިށާރާތްކޮއްލަމުން ރައުލް ބުނެލިއެވެ. އަހުސަން ސާރާއަށް ހިނިތުންވެލިއެވެ. ތިން މީހުންނަށް ސާރާ ކާން ހަދައިދިނުމުން އެމީހުން ކާން އެރިއެވެ.

ޝިކާ ސިއްސައިގެން ދިއައީ މީހަކު އައިސް އޭނާގެ އަތުގައި ހިފައި ފަހަަތަށް ދަމައިގަތުމުންނެވެ. ބަލާލިއިރު ރަނާއެވެ. އޭނާ ޝިކާ ގާތު ތަންކޮޅެއް ދުރަށް ޖެހިލުމަށް އެދުނެވެ.

“އޯ އެމް ޖީ! އެއީ ހަމަ އެ އަހުސަންތަ؟ ހާދަ ސްމާޓޭ ދޯ މިހާރު..” ރަނާ އަހުސަން އަށް ބަލަން ހުރެ އެހެން ބުނެލި ގޮތުން ޝިކާ ގާތަށް ހިނިއައެވެ.

“ހާދަ ހީވެއޭ ރަނާ އަހުސަން ދެކެ ލައިކް ވާހެން…” ޝިކާ ރަނާގެ މޫނަށް އަރާ ފައިބަމުން ދިއަ ކުލަވަރަށް ބަލަން ހުރެ ބުނެލިއެވެ. އެއާއެކު ރަނާ ގެ މޫނަށް ޖަންބު ކުލަ އަރައިގެން ދިއައެވެ. އޭނާ އިސްޖަހާލަމުން ތިރީ ތުންފަތުގައި ދަތް އަޅާލިއެވެ.

“އަސްލު…. މީ….. ހަލީމައްތަ ގޭގަ އުޅުން އިރުވެސް ލައިކްވޭ…. ” ރަނާ ލަދުން ހުރެ ބުނެލިއެވެ. ޝިކާ ގާތަށް އެވަގުތު ހިނިއައެވެ. އޭނާ އަހުސަންއާ ރައްޓެހިވިކަން ރަނާ އަށް ނޭނގޭކަމީ އޭނާގެ ނަސީބޭ އެވަގުތު އޭނާގެ ހިތަށް އެރިއެވެ.

“ރަނާ … ރަނާ ދެން ބުނިންތަ ތި ވާހަކަ އަހުސަން ގާތު؟” ޝިކާ އަހާލިއެވެ. އޭނާ މިހާރު ބޭނުންވީ ރަނާ އާއި އަހުސަން ގުޅުވާށެވެ. އަހުސަންގެ ހިތާމަތަކަށް ލުޔެއް ހޯދައިދެން އޭނާ ބޭނުމެވެ.

“ނޫން…. ނުކެރުނު ބުނާކަށް..” ރަނާ އިސްޖަހާލަމުން ބުނެލިއެވެ. ޝިކާ އެވަގުތު ފޯނު ނެގިއެވެ. އަދި ކުރަން ނުކުރަން ހުރެފައިވެސް އަހުސަންއަށް މެސެޖެއް ކޮއްލިއެވެ.

“ހޭ…. އަހޫ ދެކެ ރަނާ ވަރަށް ލޯބިވޭ….” ޝިކާ ރަނާ އަށް ނުފެންނާނެހެން އެހެން ލިޔެލުމަށްފަހު އަހުސަންއަށް ފޮނުވާލިއެވެ. އަދި ކާން އިން އަހުސަންގެ ހަރަކާތްތަކަށް ބަލަން ހުއްޓެވެ. އަހުސަން ފޯނު ނަގައި އެ މެސެޖު ކިޔާލިކަން ޝިކާއަށް އެނގުނެވެ. ނަަމަވެސް ރިޕްލައިއެއް ނުކުރެއެވެ.

10 ޖެހި ތަނާ އެންމެން ކަހަލަ ގޮތަކަށް ސާރާމެންނަށް ޝުކުރު އަދާކުރުމަށްފަހު ދާން ފެށިއެވެ. ސަމީރުގެ ދެމަފިރިންނާއި ޝިނާން އެގޭގައި މަޑުކޮށްގެން ތިބީ ރައުލް ދައްކަން އުޅޭ ވާހަކައެއް ދެނެގަތުމުގެ ބޭނުނުގައެވެ. ލިވާން އާއި އަހުލާ ގެ އިތުރުން އަހުސަން ވެސް ނުގޮސް މަޑުކޮށްގެން ތިބުމުން ޝިކާއަށް ކުޑަ ހައިރާން ކަމެއް ލިބުނެވެ.

ރައުލް އެ އެންމެން ގާތު ސިޓިންގރޫމް ސޯފާތަކުގައި އިށީނުމަށް ބުންޏެވެ. އެވަގުތު އެއެންމެން އެތަނުގައި އިށީނެވެ. ޝިކާ ވެސް ރަހީމާ ގާތު އިށީންދެ އިނީ ރައުލް ކުރަން އުޅޭ ކަންތަކާމެދު ސުވާލު އުފެދިފައެވެ. އެންމެން އިށީންދެ ހަމަޖެހުމުން ރައުލް އެންމެންނަށް ބަލާލުމަށްފަހު ކަމެއް ހަނދާންވާ ފަދައިން ގޭތެރެއަށް ވަދެގެން ދިއައެވެ. އެވަގުތު ޝިކާގެ ފޯނަށް އައީ އަމީންގެ މެސެޖެކެވެ.

“ޝިކް އަށް ނާދެވެންޏާ އަހަރެން ދަންތަ ރިޕޯޓް ބަލާ؟” އަމީން ލިޔެފައި އޮތެވެ. އެވަގުތު ޝިކާ އެންމެ ރަނގަޅުކަމަށް ބުނެ ރިޕްލައިއެއް ފޮނުވާލިއެވެ.

ރައުލް އެނބުރި އައީ ކޮޓަރީގައި އިން ރީނާ ގޮވައިގެންނެވެ. އޭނާ ރީނާ ގާތު ވެސް އެތަނުގައި އިށީންނަން ބުނެލިއެވެ. ސަމީރުމެން ވެސް އެތާ ތިބުމާއެކު ރީނާއަށް ރައުލްގެ އެދުމާ ދެކޮޅު ހަދާކަށް ނުކެރުނެވެ. އެހެންކަމުން އޭނާ ގޮސް އެތަނުން ސޯފާއެއްގައި ޖައްސާލިއެވެ. އެއާއެކު ރައުލް ސިޓިންގރޫމް މެދުގައި ލެކްޗަރާ އެއް ފަދައިން ހުއްޓުނެވެ. އަދި ވާހަކަ ދައްކަން ފެށި ގޮތުން ހީވީ ޕޮލިސް ރިޕޯޓެއް ދެނީ ހެނެވެ.

“އަހަރެން މިޔަދު ތި އެންމެން ގާތު ބުނަން ބޭނުންވާ ވާހަކަތަކެއް އޮތީމަ ބުނީ މަޑުކުރާށޭ….” ރައުލް ބުނެލިއެވެ. އޭރު ރައުލް ބުނަން އުޅޭ އެއްޗެއް ދެނެގަންނަން ބޭނުންވެފައި ހުރި ވަރުން ޝިކާއަށް ދެފައި ތެޅުވެއެވެ. މިރޭ ކޮންމެވެސް ނުބައެއް ހިނގަން އުޅޭ ކަމުގެ އިހުސާސް އޭނާއަށް ކުރެވެނީއެވެ. އެހެން ނޫންނަމަ އެތަނުގައި އަހުސަން ހުންނަންވީ ކީއްވެގެން ހެއްޔެެވެ؟ ޝިކާ އަހުސަން އަށް ބަލާލިއެވެ. ޝަޢުޤުވެރިކަމާއެކު ރައުލް ދައްކާ ވާހަކަ ބަލަން ހުރި އިރު އަހުސަންގެ މޫނުމަތިން ހާސްކަމުގެ އެއްވެސް އަސަރެއް ފާޅު ނުވެއެވެ. ޝިކާ ވެސް އޭނާގެ ސަމާލުކަން ކުރިމަތީގައި ކޮޅަށް ހުރި ރައުލްއަށް ހުއްޓާލިއެވެ. ސާރާ އާ އަލީ ވެސް ތިބީ ރައުލް އުޅޭ ގޮތުން ކަންބޮޑުވެފައިކަން އެދެމީހުންގެ މޫނުމަތިން ހާމަވެއެވެ.

“އެންމެން ގާތު ބުނެލަން ބޭނުން 4 ވާހަކައެއް މިރޭ ބުނެލާނަން….” ރައުލް އޭނާގެ ކަނާ އަތުގެ ހަތަރު އިނގިލި ދައްކާލަމުން އެންމެން ގާތު ބުނެލިއެވެ.

“ފުރަތަމަ ވާހަކަ…..” ރައުލް އޭނާގެ ޝަހާދަތް އިނގިލ ދައްކާލަމުން ބުނެލިއެވެ. އަދި އެއަށްފަހު އޭނާ ގޭތެރެއަށް ވަދެގެން ހިނގައިގަތެވެ. އޭރު އަހުސަން އާއި ލިވާން އަދި އަހުލާ ފިޔަވައި އެންމެންގެ މޫނުމަތިންވެސް ފާޅުވަނީ ހައިރާންކަމެވެ. އެމީހުންނަށް ރައުލް ކުރަން އުޅޭ ކަންތައް މާ ކުރިން ވެސް އެނގޭ ކަހަލައެވެ.

ރައުލް އެނބުރި އައީ ރޭޝަމް ގޮވައިގެންނެވެ. ރައުލް އޭނާގެ އަތުގައި ހިފާލައިގެން އަންނަމުން ދިޔައިރު ރޭޝަމް ހުރީ އިސްޖަހައިގެންނެވެ. އެވަގުތު ސާރާއަށް ކޮޅަށް ތެދުވެވުނެވެ. ނަމަވެސް ރައުލް ރޭޝަމް އާއެކު މެދުގައި ހުއްޓިފައި ސާރާއަށް އިށީނުމަށް އިށާރާތް ކުރިއެވެ. ސޯފާގައި އިން ރީނާގެ މޫނުމަތިން ވެސް ފާޅުވަނީ ހާސްކަމެވެ. ޝިކާ ޝަޢުޤުވެރިކަމާއެކު ރައުލްގެ ހަރަކާތްތަކަށް ބަލަމުން ގެންދިއައެވެ.

“ފުރަތަމަ ސުވާލެއް ކޮއްލާނަން ޝިކާގެ ބައްޕައަށް…..މިއީ ކާކުކަން އިނގޭތަ؟” ރައުލް ރޭޝަމް އަށް އިށާރާތްކޮށް ސަމީރު އާއި ސުވާލުކޮށްލިއެވެ.

“ތިއީ މިގޭގައި ކިޔަވަން ހުންނަ ތިރަށު މަންޖެ އެއް ނޫންތަ؟ އަލީ ބުނީ އަހަަރެން ގާތު އެހެން…” ސަމީރު ބުނެލިއެވެ.

“ނޫން.. މިއީ އެއްގޮތަކަށް ވެސް މި ގޭގައި ކިޔަވަން ހުންނަ ކުއްޖެއް ނޫން…..” ރައުލް އެހެން ބުނެލުމާއެކު ރަހީމާ އާއި ސަމީރުގެ މޫނުމަތިން ހައިރާންކަން ފާޅުވިއެވެ. ޝިނާން ކަޅިވެސް ޖަހާނުލާ ރޭޝަމްގެ ސޫރައަށް ބަލަން ހުއްޓެވެ. ސާރާގެ މޫނުން އެވަގުތު ދާތިކިތަށް ވިދައެވެ. އަލީ އެއިން ގޮތަށް އިނީއެވެ. ރީނާ ދެބުމަ ގޮށް ޖަހައިގެން ރައުލްއަށް ބަލަން ހުއްޓެވެ.

“މިއީ….. މިއީ އަހަަރެންގެ ކޮއްކޮ، ރީނާގެ ދަރިފުޅު…..” ރައުލް އެހެން ބުނުމާއެކީ ރަހީމާއާއި ސަމީރު އެކަކު އަނެކަކު ގެ މޫނަށް ބަލާލިއެވެ. ސާރާ އާއި އަލީ ތިބީ އިސްޖަހައިގެންނެވެ. ރީނާ ވެސް އެވަގުތު ކަރު އެލުވާލީ އެންމެންގެ ތެރޭ އޭނާ ބޭޒާރުވުމުން ގަތް ލަދެއްގެ ބޮޑުކަމުންނެވެ.

ރައުލް ރީނާ އަށް ކަން ދިމާވި ގޮތުގެ ވާހަކަ ފެށުނީއްސުރެ ނިމެންދެން ކިޔައިދޭން ފެށިއެެވެ. ރީނާ އަށް ފުރަތަމަ އަމީން ދެކެ ލޯބިވެވުނު ގޮތެވެ. އަމީން ރީނާ އަށް އެހެން އުޅެން މަޖުބޫރު ކުރުވި ގޮތެވެ. ފަހުން އަމީން އަށް ވިސްނިގެން ރީނާ އެކަމުން މިންޖުކޮށްދިން ގޮތެވެ. އެމީހުންކުރާ ކަންތައް ފަޅާއަރައި ދިޔަ ގޮތެވެ. އަދި ޕޮލިސްޓޭޝަނަށް ގެންދެވުނު އިރުވެސް ރީނާ ބަނޑުބޮޑުކަމެވެ. ނަމަވެސް އެއީ ކާކުގެ ދަރިއެއްކަން ރީނާ އަށް ބުނެދޭން ނޭނގުނީ އެތައް ބަޔަކާ އެކީ އެގޮތަށް އުޅެން މަޖުބޫރުވުމުން ކަމެވެ. އަދި ސާރާ ރޭޝަމްގެ ހަޤީޤަތް އެންމެންނަށް ސިއްރުކުރީ ދުނިޔޭގެ ލަދުން ސަލާމަތް ވުމަށްކަމެވެ.

މިހުރިހާ ވާހަކައެއް ރައުލް ކިޔައިދީ ނިމުން އިރު ސާރާ އާއި އަލީ ތިބީ ފެންކަޅިވެފައެވެ. އެމީހުންގެ ދަރިއަށް އެފަދަ މަޖުބޫރީކަމެއް ދިމާވިކަން ކުރިން އެގުންނަމަ އޭނާ އާ މެދު އެމީހުން އެ ގޮތަަށް ކަންތައް ނުކުރީހެވެ. ރީނާ އެމީހުން ގާތު އެވާހަކަތައް ނުބުނީ ކީއްވެގެން ހެއްޔެވެ؟ އޭރު ރީނާ އަށް ގިސްލަ ގިސްލާފައި ރޮވެއެވެ. އޭނާގެ ހިތި މާޒީ އަލުން ހަނދާންވުމުންނެވެ. ރައުލް ގާތު ކޮޅަށް ހުރި ރޭޝަމް ވެސް ހުރީ ފެންކަޅި ވެފައެވެ. އޭނާގެ މަންމަ ކުރިން އެއުޅުނީ ހާދަ ދަތި ހާލެއްގައެވެ. ސާރާ ގޮސް ރީނާ ގައިގައި ބައްދާލުމަށްފަހު މާފަށް އެދުނެވެ. އަދި ރީނާ އެވާހަކަތައް ސާރާއަށް ކިޔައިނުދިނުމުން އެކަމާ ޝަކުވާކުރިއެވެ. ރޭޝަމްއަށް ވެސް ގޮސް އޭނާގެ މަންމަ ގައިގައި އޮޅުލައިގަނެވުނީ ބޭއިޚްތިޔާރުގައެވެ. އެތައް އިރެއް ވަންދެން ތިން މީހުން ރުއިމުގައި ތިއްބެވެ. މަންޒަރު ބަލަން ތިބި އެންމެންގެ ލޮލުން ކަރުނަ ހިލާލިއިރު ޝިކާ ރައުލްއަށް ބަލާލީ ސުވާލުން ފުރިގެންވާ ނަޒަރަކުންނެވެ. ރައުލްއަށް ރީނާގެ އެ ހުރިހާ ވާހަކައެއް އެނގުނީ ކިހިނަކުން ހެއްޔެވެ؟ ރީނާ އެވާހަކަތައް ހަމައެކަނި ކިޔައިދިނީ ވެސް އޭނާއަށެވެ. ދެން…؟ ކުއްލިއަކަށް އޭނާގެ ހަނދާނަށް އައީ އޭނާ އެވާހަކަތައް އަހުސަން އަށް ކިޔައިދިންކަމެވެ. އޭނާ ހިތައް އެރިއެވެ. ޔަޤީނެވެ. އެވާހަކަތައް ރައުލް ގާތު އެބުނާނީ އަހުސަންއެވެ. ލިވާން ގާތުގައި އިން އަހުސަންއަށް ބަލާލުމަށްފަހު ރައުލް އެއްލޯ މަރާލި ތަން އެވަގުތު ޝިކާ އަށް ފެނުނެވެ. އޭނާގެ ތުންފަތް މަތީގައި އެވަގުތު ދުވެލީ ފަނޑު ހިނިތުންވުމެކެވެ.

“ހާދަ އިމޯޝަނަލް ތިވަނީ؟ އަދި އަހަރެންގެ ބާކީ 3 ވާހަކަ އެބައޮތޭ…..” ރައުލް ދިމާކޮށްލަމުން ބުނެލިއެވެ. އެއާއެކު އެންމެންގެ ސަމާލުކަން އަނެއްކާ ވެސް ރައުލްއަށް ހުއްޓުނެވެ.

“ދެވަނަ ވާހަކަ……..” ރައުލް އެހެން ބުނުމަށްފަހު ކުޑަކޮށް މަޑުކޮށްލީ އެންމެންގެ ހިތްތައް ތަޅުވާލުމަށެވެ. އޭރު ޝިކާގެ ހިތް ނެގިނެގިފައި ޖެހެމުން ދިއައީ ކީއްވެގެން ކަމެއް ޚުދު އޭނާ އަކަށް ވެސް ނޭނގުނެވެ. “ޝިކާ! ތިއިނީ ވަރިކޮއްފަ!” ރައުލްގެ އެ ބަސްތަކުން ޝިކާ ސިހިފައި އެދިމާ ބަލާލިއެވެ. އެހެން އެންމެންގެ މޫނުތަކުން ވެސް ވެސް ފެންނަމުން ދިއައީ ސިހުމެވެ. އެވަގުތު އަލީ ވާހަކަ ދައްކަން އަނގަ ހުޅުވާލި ނަމަވެސް ރައުލް އަތުގެ އިށާރާތުން އެކަން މަނާކޮއްލިއެވެ.

“ބުނީމެއްނު ވާހަކަ މެދު ނުކަނޑާށޭ..” ރައުލް ހިތްހަމަ ނުޖެހިފައި ބުނެލިއެވެ. ” އަހަރެން ޝިކާ ދޫކޮށްލަން މި ގަސްތުކުރީ އަހަރެންގެ ފަރާތުން ޝިކާއަށް އެއްވެސް އުފަލެއް ނުލިބޭތީ… ޝިކާ ވެސް އަދި އަހަރެންވެސް އެކަކު އަނެކަކާ ކައިވެނި ކުރީ ލޯބިވެގެންނެެއްނޫން…. މައިންބަފައިންގެ އެދުމަށް… ކައިވެނިކޮށްފަ ވެސް އަހަރެން އަދި އަދަށް ދާން ދެން ވެސް ޝިކާގެ ގައިގައި އިނގިލިކުރިވެސް ޖައްސާ ނުލަން…. އަހަރެން ޝިކާ ދެކެ ލޯތްބެއް ނުވޭ… ޝިކާ ވެސް ނުވޭ އަހަރެން ދެކެއެއް…. ޝިކާ އަށް ވެސް ބޭނުންވާނެ އޭނަ ދެކެ ލޯބިވާ މީހެއްގެ އަޅާލުމާ އުފާ…” ރައުލް އެހިސާބަށް ބުނި އިރުވެސް ޝިކާ އިނީ ކަޅި ޖަހާނުލާ ރައުލްއަށް ބަލާށެވެ. ރަހިމާ އާ ސަމީރުވެސް ތިބީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އަލީ އާއި ސާރާ ވެސް ދިއައީ ޝިކާއަށް ބަލަމުންނެވެ. ޝިކާ ހާސްވެގެން އިސްޖަހާލިއެވެ.

“ޝިކާ ލޯބިވާ މީހަކު ހުރޭ…. ޝިކާ ގްރޭޑް 8 އިން ފެށިގެން އެކުއްޖާ އާ ރައްޓެހިވެގެން އުޅުނީ….. އެކަމަކު…. އެދެމީހުން ރުޅިވި އިރު ދެމީހުންވެސް ދެމީހުން ދެކެ ލޯބިވޭ…” ރައުލް އެބުނި އެއްޗަކުން ޝިކާ އަށް އަނެއްކާ ވެސް ރައުލް އާ ދިމާއަށް ބަލާލެވުނެވެ. ރައުލް އަށް އެވާހަކަތައް އެނގުނީ ކިހިނަކުން ބާވައެވެ؟ އަދި ‘ދެމީހުންވެސް އެކަކު އަނެކަކު ދެކެ ލޯބިވޭ’ އޭ އެބުނީ ކީއްވެގެން ހެއްޔެވެ؟

“ތާމިން…. އޭނާ އަށް ކިޔަނީ ތާމިން…. ޝިކާ ގެ  ބައްޕައަށް އެނގޭ ދޯ އެއީ ކާކުކަން…؟” ރައުލް ސަމީރުއަށް ބަލަމުން އެކޮށްލި ސުވާލުގެ ސަބަބަބުން ސަމީރަަށް ހިންދިރުވާލެވުނެވެ. އޭނާ ތާމިން އާ ޝިކާ އާ ދުރުކުރަން ކުރި މަސައްކަތް ޝިކާއަށް އެނގެއްޖިއްޔާ ވާނީ ކިހިނެއް ހެއްޔެވެ؟ އެވަގުތު އެންމެންގެ ނަޒަރު ހުއްޓުނީ ސަމީރަށެވެ.

“އޭރު އެއީ އެހާ ތަނަވަސް ބައެއް ނޫން… އެކަމް މިޔަދު ތާމިން އަކީ ‘ގްރީން ބަބުލް’ ގެ އޯނަރ….” ރައުލް އެހެން ބުނުމަށްފަހު ދެން ކިޔައިދޭން ފެށީ ސަމީރު ޝިކާ އާ ތާމިން ދުރުކުރުމަށް ކުރި މަސައްކަތުގެ ވާހަކައެވެ. އަދި ތާމިން ޝިކާ އާ ދުރުވީ އެނޫން ގޮތެއް ނެތިގެން ކަމެވެ. އަދި ފަހުން ތާމިން އަށް ކާމިޔާބީ އާ ހަމައަށް ވާޞިލުވެވުނު ގޮތުގެ ވާހަކައެވެ. ތާމިން ޝިކާ އަށް ގުޅޭތޯ ކުރި މަސައްކަތުގެ ވާހަކައެވެ. އަދި މިޔަދުވެސް ތާމިން އެއިންތިޒާރު ކުރަމުން ދަނީ ހަމައެކަނި ޝިކާއަށް ކަމެވެ. އޭނާ ކިޔަވައިގެން މޮޅު މީހަކަށް ވީވެސް ހަމަ ސަމީރުގެ ރުހުން ހޯދުމައްކަމެވެ. މި ހުރިހާ ވާހަކައެއް ކިޔައިދީ ނިމުން އިރު ޝިކާގެ ދެލޯ ފެންކަޅި ވެއްޖެވެ. އޭނާ މިއޮއް ހުރިހާ ދުވަހު ހީކޮށްގެން ހުރީ ތާމިން އަކީ ބޮޑުބޭވަފާތެރިއެއް ކަމަށެވެ. ނަމަވެސް ހަޤީޤަތް ނިކަން ދެކިބަލާށެވެ. އޭނާ ޝަކުވާގެ ނަޒަރުން ބަލާލީ އިސްޖަހައިގެން އިން ސަމީރާއި ދިމާއަށެވެ.

“ބައްޕާ…. ކީއްވެ؟” ދެލޯ ފެންކަޅިވެފައިވާ ހާލު ޝިކާ ސަމީރު ގާތު އަހާލިއެވެ.

“ދަރިފުޅާ…. މާފުކުރޭ….” އެންމެންގެ ކުރިމަތީގައި އެގޮތަށް ބޭޒާރުވާންޖެހުމުން ސަމީރު ހުރީ ވަރަށް ވެސް ލަދުގަނެފައެވެ. “އެމީހުން އެހާ ތަނަވަސް ނޫން ވީމަ….” ސަމީރަށް އެހާ ހިސާބަށް ބުނެވުނުތަނާ އަލީ ވާހަކަ ދައްކަން ފެއްޓިއެވެ.

“ސަމީރަށް ހާދަ ނުވިސްނެޔޭ ދޯ…. ޝިކާ ލޯބިވާ މީހަކު ހުންނަކަން އެނގިހުރެތަ ސަމީރު ޝިކާ ރައުލް އާ ދެވީ؟ އަހަރެން ހަމަ އަޖައިބުވަން…..” އަލީ ސަމީރަށް ބަލާލަމުން އެހެން ބުނެލި އިރު އެއަޑުގައި ނުރުހުން އެކުލެވިފައިވެއެވެ.

“އެއީ ތެދެއް ސަމީރު… ކީއްވެތަ އެހެން ހެދީ؟ މުއްސަނދިކަމާ ފައިސާ އާ އަކީ ހުރިހާ އެއްޗެއް ނޫނޭ…. އަހަރެމެން ވެސް މުއްސަނދި ނޫންނަމަ ރައުލް އަކާ ޝިކާއެއް ނުދެވާނަން ދޯ؟” ސާރާ އެހެން ބުނެލުމުން ސަމީރުއަށް އިސްޖެހާލެވުނީ ކުށްވެރިއެއް ފަަދައިންނެވެ.

“ދެން މިހާރު އެ ތާމިން މުއްސަންޖެއްނު؟ ދެން ވެސް ޝިކާ އާ ތާމިން އާ ގުޅުވަން އުޅޭ…..” އަލީ ސަމީރާ ދިމާއަށް ބުނެލިއެވެ. ސަމީރަށް އެވަގުތު ބަލާލެވުނީ ރޮވެމުން ދިޔަ ޝިކާ އާ ދިމާއަށެވެ. އެ ދަރިފުޅަށް އޭނާ ހާދަހާ ގިނަ ވޭނެއް ދީފިއެވެ. ނަމަވެސް އަދިވެސް ވަގުތު އެބައޮތެވެ. އެދަރިފުޅުގެ އުފާތަށް އަދިވެސް އޭނާއަށް ހޯދައިދެވިދާނެއެވެ.

“ބައްޕަ އަށް މާފުކުރޭ ދަރިފުޅާ….” ސަމީރު ޝިކާގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ. ” ބައްޕަ އެއްބަސް ދަރިފުޅު ބޭނުން ގޮތަކާ…” ސަމީރު ލޯތްބާއެކު އެހެން ބުނުމުން ޝިކާ ސަމީރު ގައިގައި އޮޅުލައިގަތެވެ. އެވަގުތު އަހުސަންގެ ތުންފަތް މައްޗަށް ވެރިވީ ކާމިޔާބުގެ ހިނިތުންވުމެކެވެ. އޭނާގެ ޕްލޭން ކާމިޔާބުވީއެވެ. ޝިކާއަށް ޝިކާގެ ލޯބި ހޯދައިދެވުނީއެވެ.

ރައުލް ލޮލުން އިށާރާތް ކޮއްލުމާއެކު އަހުސަން އާ ލިވާން އާ ދެމީހުން ތެދުވެގެން ބޭރަށް ހިނގައިގަތެވެ. ދެން ތިބި މީހުން ވާން އުޅެނީ ކީއްތޯ ބެލުމުގެ ޝަޢުޤުގައި އިނެވެ. ލިވާން އާ އަހުސަން އެނބުރި އައި އިރު އެދެމީހުންގެ މެދުގައި ހުރި މީހާ ފެނި ޝިކާގެ ހިތުގައި އުފެދިފައިވާ ޖަޒުބާތުތައް އުތުރި އަރައިގަތެވެ. ވަގުތުން އޭނާ ދުވެ ގޮސް ތާމިން ގެ ގައިގައި އޮޅުލައިގަތެެވެ. މަންޒަރު ބަލަން ތިބި އެންމެންގެ މޫނުމަތިން ހަމަޖެހުމުގެ އަސަރުތައް ފާޅުވެއެވެ.

“ތާމް.. ކީއްވެ ނުބުނީ؟ ކީއްވެ ނުބުނީ މަޖުބޫރުވި ސަބަބު؟” ޝިކާ ރޮމުން ތާމިން ގައިގައި އޮޅުލައިގެން ހުރެ ބުނެލިއެވެ. އޭނާއަށް ތާމިން ކުށްވެރިކުރެވުނީތީ މިހާރު ދެރަވެއެވެ.

“ޝިކް ގެ ބައްޕަ އާ ޝިކް އާ ދޭތރެ ޖެހިދާނެތީ..” ތާމިން ބުނެލިއެވެ. އޭނާގެ ލޮލުންވެސް އޭރު ކަރުނާ ފާއްދާލާފިއެވެ. ނަމަވެސް އެއީ އުފާވެރިކަމުގެ ކަރުނައެވެ. އެތައް ދުވަހަކަށްފަހު އޭނާ އިންތިޒާރުކުރަމުން ދިޔަ ލޯބި ހާސިލްވީއެވެ.

“ޝިކް… ދެން ހުއްޓާލާ….” ޝިކާ ރޯވަރުން ތާމިން އެހެން ބުނެލީ ޝިކާގެ ބޮލުގައި ފިރުމާލަމުންނެވެ. ނަމަވެސް ޝިކާ ހަމައަކަށް އެޅޭ ވަރުވީ އޭގެ އިރުކޮޅެއް ފަހުންނެވެ. އެވަގުތު ސަމީރު އައިސް ތާމިންގެ ކިބައިން މާފަށް އެދުނެވެ. އޭރު އެންމެންގެ މޫނުމަތިންވެސް ފެންނަމުން ދިއައީ އުފާވެރިކަމުގެ ކުލައެވެ.

“އެހެމް.. އެހެމް….” އެންމެން މާ އިމޯޝަނަލް ވާން ފެށުމުން ރައުލް ކަރުކެހެލިއެވެ. “އަދި ނުނިމެޔޭ ހުރިހާ ވާހަކައެއް…” ރައުލް ހަރަން ބަނދެލަމުން ބުނެލިއެވެ. އެއާއެކު ޝިކާ އާ ތާމިން ވެސް އެހެން މީހުންނެކޭ އެއްފަދައިން ގޮސް އެތަނުގައި އިށީނެވެ.

“ތިން ވަނަ ވާހަކަ…..” ރައުލް އެހެން ބުނެލުމަށްފަހު އިށާރާތް ކޮއްލީ އަހުސަނަށެވެ. އެންމެން އަހުސަނާ ދިމާއަށް ކަޅިހުއްޓާލައިގެން ހުއްޓެވެ. އެވަގުތު އަހުސަން ތެދުވެގެން އައިސް ހުއްޓުނީ ރަނާ ގެ ކުރިމަތީގައެވެ. ރަނާގެ ލޮލަށް އޭނާ ބަލަހައްޓައިގެން ހުރި އިރު ރަނާގެ ހިތް ދިއައީ އޮބި ނޯންނަ ވަރަށް ތެޅެމުންނެވެ. އަހުސަން އޭނާ ގާތަށް އެއައީ ކީއްކުރަން ބާވައެވެ؟

“ރަނާ….” އަހުސަން ރަނާ އިން ސޯފާ ކުރިމަތީގައި އެއްކަކޫ ޖަހަމުން އިށީނެވެ. “ވިލް ޔޫ މެރީ މީ؟” އަހުސަން އޭނާގެ ޖީބުން އަނގޮޓިއެއް ނަގަމުން ރަނާއަށް ދިއްކޮއްލަމުން އެހެން އަހާލި ހިނދު ހުރިހާ އެންމެން ‘އޯހް’ އޭ ކިޔައި ދަމާލިއެވެ. ރަނާ އަށް އަނގަމަތީގައި އަތް އެޅުނީ ބޭއިޚްތިޔާރުގައެވެ. އަހުސަން ހަމަ އަސްލަށް ވެސް އޭނާ ގާތު އިންނަން އެހީ ހެއްޔެވެ؟ އޭނާގެ ލޯބި އޭނާއަށް ކާމިޔާބު ވީ ހެއްޔެވެ؟

“ސޭ ޔޭސް…! ސޭ ޔެސް….!ސޭ ޔެސް!” ރީނާ އާއި ޝިނާން އަދި ރައުލްގެ އަޑު އެވަގުތު ގުގުމާލިއެވެ. ސާރާ އާއި އަލީ އަދި ރަހީމާ އާއި ސަމީރު ހިނިއައިސްފައި އެމަންޒަރު ބަލަން ހުއްޓެވެ. ރަނާ މޫނުގައި އަތް އެޅީ ލަދުގަތް ވަރުންނެވެ. އޭނާ އަލީ އާ ދިމާއަށް ބަލާލީ ހުއްދައަށް އެދޭ ފަދަ ގޮތަކަށެވެ. އެވަގުތު އަލީ ބޯ ޖަހާލިއެވެ.

“ޔެސް…” ރަނާ ތުއި ގޮތަކަށް އެހެން ބުނެލަމުން އޭނާގެ އަތް ދިއްކޮއްލިއެވެ. އަހުސަން ރަނާގެ އަތުގައި އަނގޮއްޓި އަޅުވާދިނުމާއެކު އެންމެން އަތްތިލަބަޑި ޖަހަން ފެށިއެވެ. އެމަންޒަރު ބަލަން ހުރި ރޭޝަމް ގާތައް ވެސް އެވަގުތު ރަނާ އުޅުނު ގޮތުން ހިނިއައެވެ. ޝިނާން ރޭޝަމްއަށް ބަލާލަމުން އެއްލޯ މަރާލި ހިނދު އޭނާ ރަކިވެގެން އިސްޖަހާލިއެވެ.

“ކޮންގްރާ!” އަހުސަންގެ ބޮލުގައި ޖަހާލަމުން ރައުލް ބުނެލިއެވެ. ރަނާ ލަދިގަނެފައި އެއިން ގޮތަށް އިނީއެެވެ.

“އަހަންނަށް ރަނާ އަހަރެން ދެކެ ލޯބިވާކަން އެނގުނު ހަލީމައްތަ ގޭގައި އޭރު އުޅުނު އިރުވެސް….” އަހުސަން އެންމެނަށް ބަލާލަމުން އެހެން ބުނެލި ވަގުތު ރަނާ ސުވާލުން ފުރިގެންވާ ނަޒަރަކުން އަހުސަން އަށް ބަލާލިއެވެ. ” އަހަރެން ރަނާގެ ޑައިރީ ކީ….” އަހުސަން ނުލަފާ ހިނތުންވުމަކާ އެކު އެހެން ބުނެލުމުން ރަނާގެ މޫނު ރަތް ވެގެން ދިއައީ އެ ޑައިރީގައި އޭނާ ލިޔުނު އެއްޗެހި ހަނދާންވެފައެވެ. އަދި ކުރިން ދުވަހު އަލީ ގާތައް އައިސް އަލީގެ ކިބައިން ރަނާގެ ކައިވެއްޏަށް ހުއްދަ ހޯދި ވާހަކަވެސް ބުނެދިނެވެ. އަލީ ވެސް މިކަމާ ޤަބޫލުކަމުން އޭނާ ރަނާ ގާތު އިންނަން އެހީއެވެ.

އަހުސަންގެ މޫނުމަތިން ހިނތުންވުމުގެ އަސަރު ފާޅުވާން ހުއްޓަސް އޭނާގެ ހިތް ދިއައީ ގިސްލާ ރޮމުންނެވެ. ވާނީ ވެސް އެހެންތާއެވެ. އޭނާ އެންމެ ލޯބިވާ މީހާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެހެން މީހެއްގެ ހައްޤަކަށް ވާނެއެވެ. އޭނާ އަބަދުވެސް ޝިކާ އުފަލުގައި ހުރުމަށް އެދެއެވެ. އެހެންނޫނަސް ރަނާ ވެސް އެއީ ނުލާހިކު ރަނގަޅު ކުއްޖެކެވެ. ރަނާ އާ އެކު އުފާވެރި ދިރިއުޅުމެއް އުޅެވޭނެކަމަށް އޭނާ އުންމީދުކުރެއެވެ.

“ތިން ވަނަ ވާހަކަ…….” ރައުލް އަނެއްކާ ވެސް އޭނާގެ ކޮންފަރެސްދޭ ގޮތްގަނޑަށް ވާހަކަ ދައްކަން ފެށީ އެންމެން ހަމަޖެހުމާއެކުގައެވެ.

“ޝިކާ މަންމާ! ޝިކާ ބައްޕާ! މަންމާ! ބައްޕާ!” ރައުލް ވަކިވަކިން ސަމީރަށާއި ރަހީމާ އަދި ސާރާއަށާއި އަލީ އަށް ގޮވާލި އިރު އެމޫނުމަތީގައި ވަނީ ލާނެތް ހިނިތުންވުމެކެވެ. “ބައްޕަމެން ޝިކާ އާއި އަހަރެންނާ ދެވީ މި ދެއާއިލާ އާއި ގުޅުން ބަދަހި ކުރާކަށްނު ދޯ؟ މިހާރު އެބޮތޭ ހަމަ ގުޅުން ބަދަހި ކުރެވޭނެ އެހެން ގޮތެއް…” ރައުލް ލާނެތް ގޮތަކަށް އެހެން ބުނުމުން ސާރާ އާއި އަލީ އެކަކު އަނެކަކު ގެ މޫނަށް ބަލާލިއެވެ. ސަމީރާއި ރަހީމާ ވެސް ހުރީ އެބުނާ އެހެން ގޮތަކީ ކޮބައިކަން ނޭނގިފައެވެ.

“ޝިނާން…!” ރައުލް ޝިނާން އަށް ގޮވާލައި އައިސްބަލާށޭ ބުންޏެވެ. އެވަގުތު ޝިނާން ހައިރާންވެ ހުރެ ގޮސް ރައުލް ގާތު ހުއްޓުނެވެ. އޭރު ރައުލް ކުރަން އުޅެނީ ކީއްބާއޭ އޭނާގެ ހިތަށް އަރަމުން ދިއައިރު އެހިތް ދިއައީ އޮބި ނޯންނަ ވަރަށް ތެޅެމުންނެވެ.

“ޝިނާން އާ ރޭޝަމް ވެސް މިހުރީނު! މަންމަމެން ހާސްވާކަށް ނުޖެހޭ…” ރައުލް އެހެން ބުނުމާއެކު ޝިނާން ގެ މޫނު ރަތް ވެގެން ދިއައީ ލަދުގަތް ވަރުންނެވެ. ރޭޝަމް ދެއަތުން މޫނު ފޮރުވާލިއެވެ. ރައުލް ހެވިފައި އެެދެމީހުންނަށް ބަލަމުން ގެންދިއައެވެ. ސާރާ އާއި ރަހީމާ ވެސް ތިބީ ހެވިފައެވެ. ޝިކާ އެއްފަހަރު ޝިނާން އަށް އަނެއް ފަހަރު ރޭޝަމް އަށް ބަލަމުން ގެންދިއައީ ގަބޫލުނުކުރެވޭ ފަަދަ ގޮތަކަށެވެ. އެވަގުތު ޝިކާގެ ފޯނަށް އަމީންގެ މެސެޖެއް އައެވެ.

“ޑީއެންއޭ ދިމާ ވެއްޖެ…! ކިހިނެއް ހަދަންވީ؟” އަމީން އެމެސެޖުގައި ލިޔެފައި އޮތެވެ.

“އާދެބަލަ ‘ހ.ބިލަތްގެ’ އަށް…” ޝިކާ ހިތަށް އެރި އެއްޗެއްގެ ސަބަބުން އަމީން އަށް ރިޕްލައިކޮއްލިއެވެ. އޭނާ ބޭނުންވީ މިރޭ އެންމެންގެ ކުރިމަތީގައި އަމީން އަކީ ރޭޝަމްގެ ބައްޕަކަން ހާމަކޮށްދޭށެވެ.

“މީތަ ދޮންތައަށް ދައްކާނަމޭ ބުނި ގާލް ފްރެންޑަކީ؟” ފޯނު ގެ ސްކްރީން ލޮކް ކޮއްލަމުން ޝިކާ އެހެން އަހާލުމާއެކު ޝިނާން ލަދުން ހުރެ ބޯޖަހާލިއެވެ. އެއާއެކު ޝިކާ އަށް ވެސް ހެވުނީ ޝިނާންގެ ލަދުރަކިކަން ފެނިފައެވެ.

“ދަރިފުޅާ.. ފިރިހެން ކުދިން ޖެހޭނެ ނިކަން ކެރެން! ތިހާ ފިނޑިވެގެން ކަމެއް ވާނެތަ؟” ސަމީރު މަޖާ ރާގަކަށް އެހެން ބުނުމުން އެންމެންގެ ހުނުން އެތަނުގައި ގުގުމާލިއެވެ. ދެން ދެކެވެސް ފެށީ އުފާވެރި ވާހަކަތަކެވެ. އެތަނަށް ބަހާރު މޫސުން އައިސްގެން އުޅޭ ކަހަލައެވެ. ޝިކާ އެވަގުތު އެމީހުންނާ ތަންކޮޅެއް ދުރަށް ޖެހެލީ އަމީންގެ ކޯލެއް އައުމުންނެވެ.

“ހެލޯ… މިހިރީ އެގެ ކައިރީގަ…” އަމީން އެކޮޅުން ވާހަކަ ދެއްކިއެވެ. އޭނާ ހީކޮށްގެން ހުރީ އެއީ ޝިކާގެ ގެ ކަމަށެވެ.

“މަޑުކުރޭ… އެބަދަން…” ޝިކާ އެހެން ބުނެލުމަށްފަހު ފޯނު ބޭއްވިއެވެ. އަދި އެންމެންނާ ދިމާއަށް ވަރަށް ފުންކޮށް ބަލާލިއެވެ. އެއެންމެންގެ މޫނުމަތިންވެސް ފާޅުވަނީ އުފާވެރިކަމެވެ.

“އަހަރެން ވެސް ބޭނުން މިރޭ ވަރަށް ބޮޑު ވާހަކައެއް ބުނަން…” ޝިކާ އެހެން ބުނުމާއެކު އެންމެންގެ ސަމާލުކަން އެދިމާއަށް ހުއްޓުނެވެ. “މަޑުކުރޭ… އެބަ އަންނަން..” ޝިކާ އެހެން ބުނުމަށްފަހު ގެއިން ނިކުމެގެން ހިނގައިގަތީ ބޭރަށެވެ. އެންމެން ޝިކާ ދިޔަ ދިމާއަށް ބަލަހައްޓައިގެން ހުއްޓެވެ.

ޝިކާ ބޭރަށް ނިކުތް އިރު އަމީން އެގޭ ދޮރުމަތީގައި ހުއްޓެވެ. އޭނާގެ މޫނުމަތިން ފާޅުވަނީ ހިތްހަމަޖެހުމުގެ ކުލަވަރެވެ.

“ޝިކާ… ބަލާބަލަ….” އަމީން ޝިކާ ފެނުމާއެކު އޭނާގެ އަތުގައި އޮތް ރިޕޯޓު ދައްކާލަމުން ބުނެލިއިރު އެއަޑުގައި ވަނީ އުފާވެރިކަމެވެ. “ރޭޝަމް އެއީ ހަމަ އަަހަރެންގެ ދަރިއެކޭ…!” އަމީން އުފާވެފައި އެހެން ބުނުމުން ޝިކާ އެރިޕޯޓަށް ބަލާލަމުން ހިނިތުންވެލިއެވެ.

“އޭރުވެސް އަހަންނަށް އެނގުނޭ ރޭޝަމް އަކީ އަމީންގެ ދަރިއެއްކަން…” ޝިކާ ފޮނިވެލާފައި ބުނެލިއެވެ. “އާދޭ….” ޝިކާ ގޭދޮރާށި ހުޅުވާލަމުން އަމީން ގާތު އަންނާށޭ ބުނެލިއެވެ. އަމީން ވެސް އެގެއަށް ވަނީ އެއީ ޝިކާގެ ގެކަމަށް ހީކޮށެވެ.

ގޯތިތެރެއިން ލާފައި ޝިކާގެ ފަަހަތުން ހިނގަމުން ގޮސް ގޭތެރެއަށް ވަދެވުމާއެކު އަމީން އެތަނުގައި ތިބި މީހުންނަށް ނަޒަރު ހިންގާލިއެވެ. އެއާއެކު އޭނާގެ ދެލޯ ބޮޑުވެގެން ދިއައީ އެތަނުގައި އިން ރީނާ އާއި ރޭޝަމް ފެނިފައެވެ. ރީނާ އާ އަމީންގެ ހަތަރު ކަޅި ހިނދުކޮޅަކަށް ބައްދަލުވެގެން ދިޔައިރު ރީނާގެ ހިތުގައި ބޮޑު ތޫފާނެއް އުފެދިފައިވާ ކަހަލައެވެ. ރީނާގެ ހިތުގެ ވިންދު އަވަސް ވަމުން ދިޔަ ހިނދު ނޭވާ ކުރުވާ ކަމުގެ އިހުސާސް ކުރެވެމުން ދިއައެވެ. އަމީން ފެނިފައި ލިވާން އާއި އަހުސަން އަށް ވެސް ކުޑަ ހައިރާން ކަމެއް ލިބިގެން ދިއައެވެ.

“ބައްޕާ؟” އެންމެންނަށް އިތުރު ހައިރާންކަމެއް ލިބުނީ ރޭޝަމް އަމީން އަށް ބައްްޕާ އޭ ކިޔައި ގޮވާލަމުންނެވެ. އޭނާ މަޑުމަޑުން ހިނގަމުން ގޮސް އަމީން ގާތަށް ހުއްޓުނެވެ. “ބައްޕަ ތި އައީ ރިޕޯޓް ނަގައިގެން ދޯ؟” ރޭޝަމް އަމީން ގާތު އަހާލިއެވެ. އެއާއެކު އަމީން ބޯ ޖަހާލިއެވެ. އޭރުވެސް އޭނާގެ ކަޅި ހުއްޓިފައި ހުރީ ސޯފާގައި އިން ރީނާއަށެވެ.

“ބައްޕާއޭ؟” އަލީ ކޮއްޅަށް ތެދުވަމުން އަހާލެވުނެވެ. ސާރާ ވެސް ހައިރާންކަމާއެކު އަމީންއަށް ބަލަހައްޓައިގެން ހުއްޓެވެ.

“އާނ… މިއީ އަމީން….. މިއީ ރޭޝަމްގެ ބައްޕަ…..” ޝިކާ އެހެން ބުނުމުން އެންމެންގެ މޫނުމަތިން ހައިރާންކަމުގެ އަސަރު ފާޅުވެގެން ދިއައެވެ. ރޭޝަމް ފިޔަވައެވެ. އޭނާ ރޭގައި ވެސް އަމީން އާ އެކު ހޭދަ ކުރި ކުޑަ ވަގުތުކޮޅުގެ ތެރޭގައި ވަނީ އޭނާގެ ހިތުގައި އަމީންއަށް ޚާއްސަ ލޯތްބެއް އުފެދިފައެވެ. ރީނާ އަށް އެވަގުތު ހިންދިރުވާލެވުނެވެ. ހާސްވެގެން ގޮސް އޭނާގެ ނިތްކުރިން އޮއްދާ ހިއްލައެވެ.

“ކާކު ބުނީ؟ ކިހިނެއް ޤަބޫލުކުރާނީ؟ ރީނާ ވެސް ބުނީ ނޭންގެއޭ….” އަލީ ބުނެލިއެވެ. އެއަޑުގައި ވަނީ ހަރުކަށިކަމެވެ. ޝިކާ އަމީންގެ އަތުގައި އޮތް ޑީއެންއޭ ޓެސްޓު ދައްކާލުމުން އަލީއަށް ވެސް ޖެހުނީ އެހަޤީޤަތް ޤަބޫލުކުރާށެވެ.

އަމީން އެވަގުތު ހިނގާލާފައި ގޮސް ރީނާގެ ކުރިމަތީގައި ހުއްޓެލިއެވެ. އެއާއެކު ރީނާ އަވަސް އަވަހަށް އިސްޖަހާލި ގޮތުން ހީވީ އަމީންއާ ދިމާއަށް ބަލަން ބޭނުންނުވާހެނެވެ.

“ރީ….. ރީ އަހަންނާ ގުޅޭނަންތަ؟ އިނގޭ މީ ޖަވާބު ދޭން އުނދަގޫ ސުވާލެއްކަން ވެސް….. އެކަމަކު ވެސް…….. އަހަރެން ބޭޏުން ރޭޝަމް އަށް ބައްޕައެއްގެ ލޯބި ދޭން….” އަމީން ވަރަށް އުނދަގުލާއެކު ރީނާ ގާތު ބުނެލިއެވެ. އެންމެން ގެ ނަަޒަރުވެސް އެވަގުތު ހުއްޓިފައިވަނީ ރީނާ އަށެވެ. އެންމެންގެ ހިތުގައިވެސް ވަނީ އެއް ސުވާލެކެވެ. ރީނާ އަމީން އާ ގުޅޭނެ ހެއްޔެވެ؟ ދެތިން މިނެޓު ވީ އިރުވެސް ރީނާ އަނގައަކުން ނުބުންޏެވެ. އޭނާގެ ދެލޯ އޭރު ދިއައީ މަޑުމަޑުން ފެންކަޅިވަމުންނެވެ. ކުރިން އަމީން އޭނާ އާ ދޭތެރޭ ކަންތައް ކުރި ގޮތް ހަނދާންވީ ކަމަށް ވެދާނެއެވެ.

“މަންމާ… ޕްލީސް…. އަހަރެން ބައްޕަ ބޭނުން…” ރޭޝަމް އައިސް ރީނާގެ އަތުގައި ހިފައި އާދޭސްކޮއްލިއެވެ. އޭރު ރޭޝަމްގެ ހިތް ހީވަނީ ފަޅައިގެން ގޮސްދާނެހެންނެވެ. ރީނާ އޭނާގެ ބައްޕަ އާ ނުގުޅޭނެހެން އޭނާއަށް ހީވަނީއެވެ.

“ކަމޯން ރީނާ….ސޭ ޔެސް…” ޝިކާ ދެލޯ މަރާލުމަށްފަހު މަޑުމަޑުން އެހެން ބުނެލީ އަމީންއާއި ރީނާ ގުޅުވަން ބޭނުންވެފައި ހުރި ވަރުންނެވެ.

“އަހަރެން ގުޅެދާނަން…” ރީނާ ވަރަށް ވިސްނުމަށްފަހު ދެލޯ ފުހެލަމުން ބުނެލިއެވެ. އެއާއެކު ރޭޝަމް ރީނާގެ ގައިގައި އޮޅުލައިގަތީ އުފަލުންނެވެ. “ތެންކިޔޫ މަންމާ..” ރޭޝަމް ލޯތްބާއެކު އެހެން ބުނުމުން ރީނާގެ ހިތަށް ބުނެދޭން ނޭނގޭ ކަހަލަ ހަމަޖެހުމެއް ލިބިގެން ދިއައެވެ.

“ކޮންގްރާ ސިސް…” ރައުލް އައިސް ރީނާގެ ކޮނޑުގައި ކުޑަކޮށް ޖަހާލަމުން ބުނެލިއެވެ. ރީނާ އަމީންއަށް ބަލާލަމުން ރަކި ގޮތަކަށް ހީލިއެވެ. އަމީންގެ މޫނުމަތީގައި ވެސް އެވަގުތު ވަނީ ފަނޑު ހިނިތުންވުމެކެވެ. އުފަލުން ފޮޅިފައި ހުރި ރޭޝަމް ފެނި އޭނާގެ ހިތް ވެސް ނަށައިގަތް ކަހަލައެވެ. އޭނާ ރީނާ އާ އެގުޅެނީ ވެސް ހަމަ ރޭޝަމްއަށްޓަކައެވެ. އެ ލޯބި ކުއްޖާއަށް ދެރަގޮތެއް ވުމަކަށް އޭނާގެ ހިތެއް ދުވަހަކުވެސް ނޭދޭނެއެވެ. އޭނާގެ ދެލޮލުގެ ނޫރު ފަދައިން ރޭޝަމް ގެންގުޅުމަށް އެ ހިތުގައި ޢަޒުމްކަނޑައެޅިއެވެ. އެކަމަށްޓަކައި އޭނާގެ އުފާތައް ޤުރުބާން ކުރަން ޖެހުނުކަމުގައި ވިޔަސްމެއެވެ.

“ދަރިފުޅާ….” ސާރާ އައިސް ރީނާގެ ބޮލުގައި ލޯތްބާއެކު ފިރުމާލިއެވެ. “ރޭޝަމް އަށް ވެސް ރަނގަޅުވާނީ ތިގޮތް… މަންމަމެން ވެސް ދަރިފުޅު ބޭނުންވާ ގޮތަކާ އެއްބަސް…” ސާރާ އެހެން ބުނުމާއެކު އަލީ ވެސް ހިނިތުންވެ ހުރެ ބޯ ޖަހާލިއެވެ.

“މަންމާ! ހިނގާބަލަ މިއެންމެންގެ ކައިވެނި އެއްކޮށް ބާއްވަން…. ވަރަށް ސަޅި ވާނެ…” ރައުލް ސާރާ ގާތު ހުއްޓެމުން ބުނެލިއެވެ. އަދި ތާމިން ގާތު ހެވިފައި އިން ޝިކާ އަށް ބަލާލިއެވެ. “އެކަމު ޝިކާ އަށް މެރީ ކުރެވޭނީ ތިން މަސް ފަހުން އިނގޭ….!” ރައުލް ދިމާކޮއްލާ ރާގެއްގައި ބުނެލިއެވެ.

“ކާކު ބުނީ؟ އަހަންނަށް ހަމަ މިހާރު ވެސް މެރީ ކުރެވިދާނެ…. އަހަރެން ރައުލް އާ އެކު އެއްދާން ނުކުރަމޭ…” ޝިކާ ވެސް ވަކި ރައުލް އަށް ދުލެެއް ނުދިނެވެ. އޭނާ އެހެން ބުނުމާއެކު އެންމެން ގާތަށް ވެސް ހިނިއައެވެ. ރައުލްގެ މޫނަށް އެވަގުތު ރަތް ކުލަ އަރައިގެން ދިއައީ އެވާހަކަ ޝިކާ އެހާ ފާޅުކަން ބޮޑު ގޮތެއްގައި އެންމެން ކުރިމަތީގައި ބުނުމުންނެވެ.

“ދަރިފުޅު ދެން ކައިވެންޏެއް ކުރާކަށް ނުވިސްނަންތަ؟” ސާރާ ގެ އެސުވާލާ އެކު ރައުލްގެ ހަރަކާތްތައް ކުޑަކޮށް މަޑުޖެހުނެވެ.

“މަންމާ! އަަހަރެން ގޭ އޭ!” ރައުލް އޭނާގެ މަޖާ ރާގުގައި އެހެން ބުނުމާއެކު ސާރާ ރައުލްގެ ބުރަކަށީގައި ޖަހާލީ ތުން ފިއްތައި ހުރެއެވެ. އެންމެންގެ ހިނިގަނޑު އެވަގުތު އެތަނުގައި ގުގުމާލިއެވެ.

“އެއީ ދޮގެއް… މަންމަ އަަހަންނަށް ކުއްޖެއް ހޯދައިދީބަލަ….”ރައުލް ސާރާ ގާތު އެހެން ބުނުމަށްފަހު އެނބުރެލީ ޝިކާ އާ ދިމާއަށެވެ. “އެކަމަކު ޝިކާ ކަހަލަ ކުއްޖެއް ނޫން އިނގޭ ހޯދާނީ… އަހަރެން ދެކެ ލޯބިވާ ކުއްޖެއް….” ރައުލް އެހެން ބުނުމާއެކު ޝިކާ އޭނާގެ ތުންކޮޅު އޫ ކޮއްލިއެވެ.

“މަންމަ ކޮންތާކުން ތި ބުނާ ކުއްޖަކު ހޯދާނީ؟” ސާރާ އުނަގަނޑުގައި އަތް ވިއްދާލަމުން ބުނެލިއެވެ.

“މަންމާ…. ޖަމީލާ ދައްތަމެންގޭ ޝިފާ ހުންނަނީ ދޮންބެއާ ހެދި މޮޔަވެފައި… އަޅެ ޖަމީލައްތަ އާ ވާހަކަ ދައްކަންވީނު؟” ރީނާ އެހެން ބުނުމުން ސާރާ ހިނިތުންވެލިއެވެ. މިއިންދުވަހެއްގައި ވެސް ރީނާ އެމީހުންނާ އެހާ ރީތިކޮށް ވާހަކަ ދައްކާފައެއް ނުވެއެވެ.

“އާނ… މަންމަ ބަލާނަން… ރައުލް އަށް ރަނގަޅުތަ ޝިފާ؟” ސާރާ އެހެން ބުނެލުމުން ރައުލް ދެކޮނޑު އަރުވާލުމަށްފަހު ބޯ ޖަހާލިއެވެ.

****

4 މަސް ފަސް…

ރޭގަނޑުގެ ވަގުތު ވެލިދޫގެ ބަނދަރު ދޯނިތަކާއި ލޯންޗުތަކުން ފުރިފައިވާއިރު އެކަމުން އެރަށަށް ބައިވަރު މީހުން އައިސްގެން އުޅޭކަން ދޭހަވެއެވެ. އެކި ފުރައިގެ މީހުން ހޭލާ މޭލަ ވަމުން ގެންދިއައިރު މުޅި ރަށު ތެރޭގައި ވެސް ދެކެވެމުން ދިއައީ އެންމެ ވާހަކައެކެވެ. ވެލިދޫގެ މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު ތާމިން ގެ ކައިވެނި އެރަށުގައި ބޭއްވޭ ވާހަކައެވެ. އެކައިވެންޏަށްޓަކައި އެކި ރަށްރަށުގެ މީހުން އެރަށަށް އަރައިގެން އުޅޭކަމުގެ ވާހަކައެވެ.

ވެލިދޫގެ ބޯޅަދަނޑު ޒީނަތްތެރިކޮއްފައިވާ ލެއް ފުރިހަމަކަމުން އެއީ ބޯޅަދަނޑެކޭ އެކަކުވެސް ނުބުނާނެކަން ޔަޤީނެވެ. ތާމިންގެ ދޮންބައްޕަގެ ޚަރަދުގައި ބާއްވާ އެޕާޓީގެ ޝާހީކަން މާދުރަށްވެސް އެނގި ހާމަވެއެވެ. އެކި ކުލަކުލައިގެ ބޮކި ފަތިތަކުން މުޅިތަން ޒީނަތްތެެރި ކުރެވިފައިވީއިރު ޕާޓީގެ މެއިން ތީމް އަކީ ‘ބަޓާރފްލައިސް’ އެވެ. އެތަނުގައި މިޔަދު ބޭއްވެނީ ހަމައެކަނި ޝިކާ އާއި ތާމިންގެ ކައިވެނި ޕާޓީ އެކަންޏެއް ނޫނެވެ. ރީނާ އާއި އަމީން، ރަނާ އާއި އަހުސަން އަދި ރައުލް އާއި ޝިފާގެ ޕާޓީ ވެސްމެއެވެ. ތާމިން ބޭނުންވީ އޭނާގެ ކައިވެނި ޕާޓީ އުފަން ރަށުގައި ބާއްވަންކަމުން އެއެންމެން ވެސް ޝިކާ މެންނާ އެކީ ޕާޓީ ބާއްވަން ބޭނުންވީއެވެ.

އަމީން އާއި ރީނާ ތިބި ތަނުގެ ބެކްގްރައުންޑް ޑެކަރޭޓްކޮށްފައި ވަނީ ނޫކުލައިގެ ކޮކާތަކަކުންނެވެ. އަމީން އާއި ރީނާ އެތަނުގެ ކުރިމަތީގައި ހުއްޓިލައިގެން ހުރިއިރު ރޭޝަމް ވެސް އެދެމީހުންގެ ކައިރީގައި ހުއްޓެވެ. ރީނާ ލައިގެން ހުރި ‘ރޯޔަލް ބްލޫ’ ކުލައިގެ ‘ޓްރަންޕެޓް ވެޑިންގ ޑްރެސް’ ގައި އޭނާ ފެންނަލެއް ނުލާހިކު ލޯތްބެވެ. ހެދުމުގެ ދިގު ފަސްބައި އެތަނުގައި ފެތުރިފައިވިއެވެ. އަޅައިގެން ހުރި ސްކާފްގެ ތެރެއިން ފެންނަމުން ދިޔަ އޭނާގެ ދޮން މޫނުގައި ލުއި މޭކަޕެއް ކުރެވިފައިވީއިރު އެމޫނަށް އިތުރު ފުރިހަމަކަމެެއް ގެނަސްދެއެވެ. އޭނާގެ އަތުގައި އޮތް ނޫކުލައިގެ ލިލީ މާގަނޑު އެހާ ވެސް ފުރިހަމައެވެ. އަމީން  ކަޅު ކުލައިގެ ކޯޓު ފަޓްލޫނެއް ލައިގެން ހުރި އިރު އަޅާފައި ހުރީ ނޫކުލައިގެ ޓައީއެކެވެ. އެއްޖީބަށް ނޫކުލައިގެ މަލެއް ޖަހާފައިވެއެވެ. ރޭޝަމް ގެ ބޯ ރީތިގޮތަކަށް ގަތާލާފައި ވީއިރު އޭނާ ލައިގެން ހުރީ ނޫކުލައިގެ ލޭސް ހެދުމެކެވެ. ތުންފަތުގައި ގަދަ ރަތް ކުލައިގެ ލިޕްސްޓިކް ޖައްސާފައި ހުރި އިރު އޭނާގެ އަތުގައި ނޫކުލައިގެ މާބޮނޑިއެއް އޮތެވެ. ތިން މީހުންގެ މޫނުމަތިންވެސް ފާޅުވަމުން ދިއައީ އުފާވެރިކަމެވެ.

ޝިނާން ކަރުގައި ކެމެރާއެއް އަޅުވައިގެން ހުރެ އަމީން މެން ތިބި ދިމާއަށް ދިޔައިރު އެންމެ ފުރަތަމަ ވެސް އޭނާގެ ލޮލުގައި އަޅައިގަތީ އަމީން އާއި ރީނާގެ ކައިރީގައި ހުއްޓި ހުރި ރޭޝަމްއެވެ. ބޭއިޚްތިޔާރުގައި އޭނާ އަށް ‘ވާއޮ’ އޭ ބުނެވުނީ ރޭޝަމްގެ ހުރި ފުރިހަމަކަމުންނެވެ. އެކުއްޖާ މިރޭ ފެންނަން އެހުރީ ހޫރު ޕަރީއެއްގެ ސިފައިގައެވެ. ޝިނާން ކަރުގައި އަޅުވާލާފައި އޮތް ކެމެރާ ނަގައި ލޮލުގައި ޖައްސާލިއެވެ. އަދި ކެމެރާގެ ފޯކަސް ރޭޝަމްގެ މޫނަށް ހުއްޓާލިއެވެ. ހަމަ ލޯބިގަނޑެކެވެ. ޕޮޓޯ ވެސް ނުނަގާ ރޭޝަމްގެ މޫނަށް ބަލަހައްޓައިގެން އޭނާ ހުއްޓެވެ. އިރުކޮޅަކުން ރޭޝަމް އޭނާ އާ ދިމާއަށް ބަލާލިއެވެ. އެއާއެކު މޫނު ކުނިކޮށްލިއެވެ. އެވަރުންވެސް ޝިނާން އޭނާގެ ލޮލުގައި ޖައްސާފައި ހުރި ކެމެރާ ދުރުކުރާކަށް ނޫޅުނެވެ. އެންމެ ފަހުން ރޭޝަމް އޭނާއާ ދިމާއަށް އަންނަން ފެށުމުން ސިހިފައި ޝިނާން އަށް ކެމެރާ ލޮލާ ވަކި ކޮށްލެވުނެވެ. ރޭޝަމް ދުވެފައި އެދިމާއަށް އަންނަން ފެށުމުން ޝިނާން ދުރަށް ދުއްވައިގަތީ ހީގަންނަމުންނެވެ. މަންޒަރު ބަލަން ތިބި އަމީން އާއި ރީނާ ގާތަށް ވެސް ހިނިއައެވެ.

ރަނާ އާއި އަހުސަން ހުއްޓިގެން ތަނުގެ ބެކްގްރައުންޑް ޒީނަތްތެރިކޮއްފައި ވަނީ ފެހިކުލައިގެ ކޮކާ ތަކުންނެވެ. ހުދާއި ފެހި ކުލައިގެ ވެޑިންގް ޑްރެސްގައި ރަނާ ހުރި އިރު އަޅައިގެން ހުރި ހުދު ސްކާފް މަތީގައި ފެހި މާގަނޑެއް ހަރުކޮށްފައި ހުއްޓެވެ. އަހުސަން ކަޅުކުލައިގެ ކޯޓު ފަޓުލޫނު ލައިގެން ހުރި އިރު ޖީބާއި ދިމާލުގައި ފެހި މާކޯޅިއެއް ޖަހާފައި ހުއްޓެވެ. ރަނާ މޫނުމަތިން އުފާވެރިކަން ފާޅުވަމުން ދިޔައިރު ކައިރީގައި ހުރި އަހުސަންގެ ނަޒަރު އިރުއިރުކޮޅާ ހުއްޓެނީ ތަންކޮޅެއް ދުރުގައި ހުރި ޝިކާ އަށެވެ. އެހިތުން އަދިވެސް ޝިކާގެ ސޫރަ ނުފޮހެވޭ ކަހަލައެވެ. ރަނާ އަށް މިކަން މާބޮޑަށް ފާހަގަ ނުވި ނަމަވެސް އަހުސަންގެ މޫނުމަތީގައި އެވަނީ ފޭކް ހިނިތުންވުމެކެވެ. އެތެރެއިން އެހިތުގައި އަޅަމުން ދިއައީ ވޭނެވެ. އެންމެ ލޯބިވާ މީހާ އެހެން މީހެއްގެ އަންބަކަށް ވާތަން ދެެކެން ކެތް ވާނީ ކާކައް ހެއްޔެވެ؟ ނަމަވެސް ޝިކާއަށް އުފާވެރިކަން ލިބުނީތީ އޭނާ މާތް ﷲ އަށް ހަމްދުކުރެއެވެ.

ރައުލް އާއި ޝިފާ ހުއްޓިގެން ހުރި ތަނުގެ ބެކްގްރައުންޑް ޑެކަރޭޓް ކޮއްފައިވަނީ ރަތް ކުލައިގެ ކޮކާ ތަކަކުންނެވެ. ކަޅު ކުލައިގެ ކޯޓު ފަޓްލޫނުގައި ހުރި ރައުލްގެ ޖީބުގައި ރަތް ކުލައިގެ މާކޯޅިއެއް ޖަހާފައިވީއިރު އެމޫނުގައި ވަނީ ފުޅާ ހިނިތުންވުމެކެވެ. ވާނީވެސް އެހެންތާއެވެ. ފުރަތަމަ ނަޒަރުންވެސް އޭނާގެ ކައިރީގައި ހުއްޓިގެން ހުރި ޝިފާ އެހިތަށް ގުޑުމެއް ގެނުވާފިއެވެ. މާ ރީތި ނޫނަސް ޝިފާ އަކީ ވެސް ހަޑި ކުއްޖެކޭ ނުބުނެވޭނެއެވެ. ހުދާއި ރަތް ކުލައިގެ ވެޑިންގ ޑްރެސްގައި އޭނާ ހުރި އިރު އެ މޫނުމަތީގައި ވަނީ ރަކި ހިނިތުންވުމެކެވެ. އެއީ އިރުއިރުކޮޅާ ރައުލް އޭނާއަށް ކޮއްލާ ލާނެތް ސަމާސާތަކުން ކަމަށްވެސް ވެދާނެއެވެ.

ޝިކާ ތާމިން ގާތު ހުއްޓިގެން ހުރި އިރު އެމޫނުމަތީގައިވާ އުފާވެރިކަން ކޮންމެ މީހަކަށްވެސް ދެެނެގަނެވޭނެކަން ޔަޤީނެވެ. އެދެމީހުން ހުއްޓިގެން ހުރި ތަނުގެ ބެކްގްރައުންޑް ޒީނަތްތެރިކޮށްފައިވަނީ ރަން ކުލައިގެ ކޮކާ ތަކުންނެވެ. އެތަނުގެ މަތިން ރަން ކުލައިގެ އެކި ވަރުވަރުގެ ކޮކާތައް އެލުވާފައި ހުރި އިރު ޝާހީ ގޮތެއް ހުއްޓެވެ. ޝިކާ ލައިގެން ހުރި ހުދާއި ރަން ކުލައިގެ ‘ބޯލް ގައުން’ ވެޑިންގ ޑްރެސް ގައި އޭނާ ފެންނަލެއް ނުހަނު ފުރިހަމައެވެ. އަތުގައި ރަން ކުލައިގެ މާބޮނޑިއެއް ވީއިރު އެމޫނުގައި ލުއި މޭކަޕެއް ކުރެވިފައިވިއެވެ. ކައިރީގައި ހުއްޓިހުރި ތާމިން ލައިގެން ހުރި ކަޅުކުލައިގެ ކޯޓް ފަޓްލޫނުގެ ސަބަބުން އޭނާ ވަރަށް ‘ސްމާޓް’ ކަމަށް ދައްކައެވެ. އޭނާގެ ފަން އިސްތަށިގަނޑަށްވެސް ރީތިގޮތެއް ހަދާފައިވެއެވެ.

“ދޮންތީ! ސޭ ޗީސް!” ޝިނާން ޝިކާ މެންގެ ކުރިމައްޗަށް އަރަައި ކެމެރާ ލޮލަށް ހެޔޮވަރުކޮށްލަމުން ގޮވާލިއެވެ. ޝިކާ އާ ތާމިން ވެސް އެ ފޮޓޯއަށް ހުއްޓުނީ ރީތި ގޮތަކަށެވެ.

ސާރާ އާއި ރަހީމާ އަދި ހަމީމާ ގެ އިތުރުން ޝިފާގެ މަންމަ ވެސް އެޕާޓީގެ ކެއްކުމުގެ ކަންތަކުގައި ހަރަކާތްތެރިވަމުން ދިޔަ މީހުންނަށް އިރުޝާދު ދެމުން ގެންދިއައެވެ. މިކަމުގައި އަދި ހާއްސަކޮށް ސާރާގެ ފޯރި ވަކިން ގަދަހެން ހީވެއެވެ.

“އޭ…. ބަލާބަލަ! އެއޮއް އެމޭޒުން ފްރައިޑް ރައިސް ހުސްވީ މިހާރު.. އަވަހަށް ދޭ އަޅަން…!” ސާރާ އެތަނުގައި ހަރަކާތްތެރިވަމުން ދިޔަ ވެއިޓަރު ކުއްޖެއް ގާތު އަވަސް އަރުވާލާފައި ބުނެލިއެވެ.

“ކޮބާ ސާރާ! ހާދަ ފޯރީގަ ތި އުޅެނީ؟” މީހަކު އެހެން ބުނެލި އަޑަށް ސާރާ ފަހަތް ބަލާލިއިރު އެއީ އޭނާގެ ކުރީގަ ވަރަށް ގާތް ރަހުމަތްތެރިއެކެވެ.

“އާ… ފޯރި އަރާނެއްނު؟ މީ މަގޭ ތިން ދަރިންގެ ކައިވެނި ޕާޓީއޭ..!” ސާރާ ފޮނިވެލާފައި އެހެން ބުނެލިއިރު އެއަޑުގައިވާ އުފާވެރިކަން ހާމަވެއެވެ.

“އޭ…..އެންމެން އާދޭ ފޯޓޯ އަކަށް!” ޕާޓީން މީހުން މަދުވާން ފެށުމުން ޝިނާން ގޮވާލީ ސާރާމެންނަށެވެ. ސާރާ، ރަހީމާ، ހަމީމާ، އަލީ، ސަމީރު، ސަޢުދު، ތާމިން، ޝިކާ، އަހުސަން، ރަނާ، ރީނާ، އަމީން، ރޭޝަމް، ރައުލް، އަދި ޝިފާގެ އިތުރުން ޝިފާގެ މައިންބަފައިނެވެސް ގޮސް ފޮޓޯއަށް ހުއްޓުނެވެ. ޝިނާން އެވަގުތު ކެމެރާ ސްޓޭންޑްގައި ހަރުކޮށް އެމީހުންނާ ދިމާއަށް ފޯކަސްކޮށްލިއެވެ. އަދި ޓައިމަރ އޮން ކުރުމަށްފަހު ދުވެފައި ކަހަލަ ގޮތަކަށް އައިސް އޭނާ ހުއްޓުނީ ރޭޝަމް އާ ދާދި ކައިރީގައެވެ. ކެމެރާގެ ފްލޭޝް ކެނޑިގެން ދިޔަ ވަގުތު އެ ނެގިގެން ދިއައީ އެ އެންމެންގެ ހަޔާތުގައި ވެސް ނެގުނު އެންމެ ތާރީޚީ ފޮޓޯކަން ޔަޤީނެވެ……

(ނިމުނީ)

Share Article

Follow Me Written By

Liaa

Level 810 Stories500 Comments100 Comments100 Stories1K Comments100 Login

(I am a girl who loves writing dhivehi stories ??) (My stories:) (ASARU : a love story.) (NUHAGGU LOABI + E LOABI ASLU HAGGEY : Story about a bangladhesh person who falls in love with a maldivian girl.) (ANDHIRIFARAAI : story about a girl who is a secret agent.) (SAFARU: a jinni+human romance.) (vindhu lobin jehi hithehgaa : A sad love story) Short story: ALVADHAAU Short story: SORRY Short story: MasveriGirl U can contact me at [email protected] FB page : https://www.facebook.com/storiesbyliaaa/

Other Articles

Previous

ލޯބިވެވުން އެއީ ކުށަކަށްވާނަމަ.. 9

Next

ކަލާ އަހަރެންގެ ނަސީބުގާ ވޭބާ؟

Next
August 4, 2016

ކަލާ އަހަރެންގެ ނަސީބުގާ ވޭބާ؟

Previews
August 4, 2016

ލޯބިވެވުން އެއީ ކުށަކަށްވާނަމަ.. 9

88 Comments!

  1. Liaa says:
    August 4, 2016 at 12:13 pm

    Hii .. Friday ah vure kurin up kurevijje dhw 🙂
    ASARU is finally over dhw … Let me know ingey how you guys thought about this story <3
    And me liaa ge 1st story veema mistakes ves hunnaane kan gabool kuran ….. And Liaa ge ehen story eh fenigen dhaane v avahah… 🙂

  2. Youme says:
    August 4, 2016 at 12:26 pm

    Thnks liaaaaa…
    Vaahaka hama speechless

    1. Liaa says:
      August 4, 2016 at 12:28 pm

      Thankyw Youme 🙂

  3. Zulaana says:
    August 4, 2016 at 12:32 pm

    Hey, this is love engey, ❤
    One of the best I ever read ?
    It had some grammatical mistakes from the start, but we should not expect aanything to be perfect right? Its awesome and the more I appreciate will also be less?
    Write more. Love, best of luck for another story ??

    1. Liaa says:
      August 4, 2016 at 12:38 pm

      Thankyw Zulaana for tha lovely comment <3

  4. Youme says:
    August 4, 2016 at 12:43 pm

    Liaa…hope kuran liaa ge nw stry eh fennaanekamah

  5. Youme says:
    August 4, 2016 at 12:43 pm

    Liaa…hope kuran liaa ge nw stry eh fennaanekamah

    1. Liaa says:
      August 4, 2016 at 12:48 pm

      Youme.. Iraadha kurevviyaa fenigen dhaane 🙂

  6. kokki says:
    August 4, 2016 at 12:57 pm

    Furathama kolhu kudakoh kiyaa hih nuviass, fahunn hama v furihama

    1. Liaa says:
      August 4, 2016 at 3:24 pm

      Thankyw kokki 🙂 I may not be very good, but i try to improve

  7. lam lam says:
    August 4, 2016 at 1:03 pm

    reysham ehaa kuda iru shinaan aa dhe meehunge relationship ge vaahaka iulaankoh hedhumun thankolheh odd. she is too young for that. i mean like shw is only 12 or 13 i guess.
    overall koh buneveynee vaahaka reehchey. hope you will take it in a positive way. good luck 🙂

    1. Liaa says:
      August 4, 2016 at 3:25 pm

      Yess lam lam… Reysham maa kuda kamah Liaa ves gabool kuran 🙂 But story kurin ves raavaafa in goi veema egothah gendhiyaee… 🙂 Thankss fr ur comment

  8. anee says:
    August 4, 2016 at 1:06 pm

    Owesome story…loved it

    1. Liaa says:
      August 4, 2016 at 3:25 pm

      Thankyw anee 🙂

  9. Saajidh says:
    August 4, 2016 at 1:20 pm

    Raul akythaa aslu hero… eyna viyya enmen e gulhuvy… v salhi vaahaka nimunu goiy…

    1. Liaa says:
      August 4, 2016 at 3:26 pm

      Thankss Saajidh 🙂 Yeah Raul eiy dhw hero

  10. Aff says:
    August 4, 2016 at 1:20 pm

    Liaaa. ….. woww the story was awesome. U have the potential to be a best writer like bima. So keep going. I really love u r story ???

    1. Liaa says:
      August 4, 2016 at 3:27 pm

      Hehehe ..:) Aff .. Liaa adhi ehaa molheh noonennu … Mistakes ves hurey … but i try to improve… Thankyw for the lovely comment <3

  11. Red Lady says:
    August 4, 2016 at 1:37 pm

    Wowww. LIAA im in a shock. Haadha reechey. Dhis is my favourite. LIAA U R THE BESST. liaa ge ehen stry akah eba varah wait kurevea. Luv this story

    1. Liaa says:
      August 4, 2016 at 3:28 pm

      Thankyw Red Lady 🙂 Ehen story eh gennaanan iraadha kurevviyaa

  12. Nysh says:
    August 4, 2016 at 1:44 pm

    Alheyy hadha loabi hama guess kuru gotha e v …. vvvvv reethi

    1. Liaa says:
      August 4, 2016 at 3:28 pm

      Hehe 🙂 Nysh haadha molhey dhw guess kuran 🙂 Thankyw ingey fr ur support

  13. lidhoo says:
    August 4, 2016 at 1:52 pm

    Varah varah varah reethi

    1. Liaa says:
      August 4, 2016 at 3:28 pm

      Thankss lidhoo

  14. Drazzly.. says:
    August 4, 2016 at 1:53 pm

    Wow.. this story is just amazing.. liaa u hv dne a great job.. Really… im eargerly waiting 4 ur next story..love Liaa

    1. Liaa says:
      August 4, 2016 at 3:29 pm

      Thankyw Drazzly fr the lovly comment 🙂 next story v avahah fenigen dhaane

  15. Mexxo says:
    August 4, 2016 at 1:57 pm

    v v v reethi. I luv it

    1. Liaa says:
      August 4, 2016 at 3:29 pm

      Thankss Mexxo 🙂

  16. Rafa says:
    August 4, 2016 at 1:58 pm

    Wow liaaa..stry v salhi…wish to see another great story frm uuu…wish u all the best ??

    1. Liaa says:
      August 4, 2016 at 3:30 pm

      Thankyw Rafa <3 iraadha kurevviyaa ehen story eh fennaane 🙂

  17. mel says:
    August 4, 2016 at 1:59 pm

    mi story ga innany haapy ending eh tha can anyone plz..

    1. Liaa says:
      August 4, 2016 at 3:31 pm

      mel .. Adi story nukiyaalantha? Kiyaaleema ingeyney 🙂

    2. mel says:
      August 6, 2016 at 9:24 pm

      adhi nukiyan … mel kiyaa hihvany happy ending hunna stry . ehhenve ahhaaly .. an anyone tell me mi stry ga hunnany happy ending eh tha noony sad ending eh tha … liaaa plz tell me ..hwp u can see this comment. ..

  18. Aimsithu says:
    August 4, 2016 at 2:32 pm

    Aslu vaahaka feshun iru thaamin eyee manadhok kujjeh noon dho..
    Shika men kiyavan dhiya rashaky ennu manadhoo… kulli akah mi vee kihineh. .
    Thaamin and Shika eyee ehen rashegge baehnu vaahakaige kureee kolhuga.. hama ehen heevegen ahaaly ingye..
    But vaahaka nimmaali goi varah reethi

    1. Liaa says:
      August 4, 2016 at 3:22 pm

      Oh Aimisithu ! Ur right! Eiy mistake eh… Now mi rangalhu kolly 🙂 THankyw for ur support <3

  19. Ellie says:
    August 4, 2016 at 2:37 pm

    I reaĺly enjoyed reading this story. Hope to see another beautiful story from you soon. ?

    1. Liaa says:
      August 4, 2016 at 3:31 pm

      Ellie 🙂 Thankyw..

  20. aishaa says:
    August 4, 2016 at 2:39 pm

    hurihaa kameh ehfaharaa falhaa eryma kamaku nudhey, mi bai 3 episodah vaa hen liyunu nama v salhi vees

    1. Liaa says:
      August 4, 2016 at 3:34 pm

      aishaa .. kamaku nudheytha? Aslu mee kurin ves plan koffa in goi … Dhen story eh ga balaanan ehen nuweythw ingey… Thankyw fr ur comment 🙂

  21. aff says:
    August 4, 2016 at 2:46 pm

    woah liaa .. story hama habeys ingey .. Alhey story nimunyma varah asaru kohffi… heheh … liaa ehen story akah inthixaarin ga ingey mihury .. keep goin liaa .. thee hama habeya author eh..☺☺☺

    1. Liaa says:
      August 4, 2016 at 3:35 pm

      2 aff eba ulhey dhw comment kuran.. heheh:) Thankyw fr ur support aff 🙂 keep waiting ingey <3

    2. aff says:
      August 5, 2016 at 10:16 am

      yah 2 aff dhw… ekaku noon ingey liaa .. 2 meehun .. ☺

  22. naj says:
    August 4, 2016 at 2:51 pm

    i loved the story ekamku ahsan loves shikaa..n hithun ruhumakun noonenu ranaa aa kaiveni kurey..soo its a bit ood .. but overall its nice

    1. Liaa says:
      August 4, 2016 at 3:36 pm

      Alhey naj 🙂 Emmenah happy endinge eh ves nulibeynennu dhw… hehe.. Thankyw for ur comment

  23. Shaleen7 says:
    August 4, 2016 at 2:55 pm

    Saabas saabas saabas, Nooney Liaa thee vaa kulhadhaana liyuntheri eh, plot thah gulhuvaafa hurileh furihama kamun bunaane ehcheves neygun. Mee Liaa ge furathama story kan ves engunee liyaage comment kiyaaleema…Vaahaka hama super duper ingay… Shaleen ah mulhi vaahaka in kamunudhaa kamah faahaga V enme thankolheh “Eynaa fun neyvaa eh dhookohlli eve” mi thankolhu thankolheh gina kan faahaga kurevuneee… dhen liyaa vaahaka akun ebai thankolheh madhu kohllahchey ingay… waitting for the next story dear!

    1. Liaa says:
      August 4, 2016 at 3:37 pm

      “Eynaa fun neyvaa eh dhookohli eve..” Hmmm… yea i also find it a bit odd… hehehe… Will try to improve ingey … Thankyw for ur support 🙂

  24. ........... says:
    August 4, 2016 at 3:01 pm

    Disappointed .
    Used to like this story, but ending sucks

    1. Liaa says:
      August 4, 2016 at 3:38 pm

      Oh.. Kon thankolhe kan kamu nudhany bunedhevidhaane tha? 🙂
      Thankyw 4 ur comment

  25. xprincess says:
    August 4, 2016 at 4:37 pm

    Liaaaa liaaaaaa liaaaa liaaa liaaa liaaa liaaakolhuuu… hehe ok tha Liaakolhu kiyas? hehe <3 Story haadha reechey… hama speechles………………………………………. Mistakes ves hunnaane dhw… Ekam ves one of the best story i have ver read… Liaa chaap koggen fotheh nere ba… I willl buy it fr sure <3
    Nxt story ge inthixaar ga mi iny ….:)
    Hehe.. Love u Liaaaaaaaaaaa <3

    1. Liaa says:
      August 5, 2016 at 7:17 am

      hehe.. yea ok ehen kiyas if u want 🙂
      Thankyw sweet xprincess fr ur lovely comment…. <3
      Keep waiting ingey… And adhi chaap koggen nereveyhaa furihama koh Liaa aka nuliyeve ehnu 🙂

  26. kokkee says:
    August 4, 2016 at 4:38 pm

    Ending is sooooo DAMN SWEET <3 i loved this vvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvv mucchhhh 🙂

    1. Liaa says:
      August 5, 2016 at 7:18 am

      Thankyw kokkee 🙂

  27. RY says:
    August 4, 2016 at 6:54 pm

    Adhivs eba huri ‘manadhoo’ liyefa.. It should be ‘velidhoo’ dhw liaa.. Btw story vrh nice 🙂

    1. Liaa says:
      August 5, 2016 at 7:19 am

      RY… Yea it should be Velidhoo .. Nw rangalhu kollaafin ….
      Thankyw 🙂

  28. Axoo says:
    August 4, 2016 at 7:21 pm

    Vvvv reethi. Bunaane ehchehves neh. Ehaafurihama. Ummeedhukuran shikaage aa vaahakaeh kiyaalan libeynekamah.

    1. Liaa says:
      August 5, 2016 at 7:20 am

      Axoo 🙂 Thankyw … Shikaa ge eh noonennu… Liaa ge ehnu.. Hehehe.. Iraadha kurevviyaa ehen story eh genas dheynan

  29. Appy says:
    August 4, 2016 at 7:39 pm

    Wow wow wow wow …awesome mivaahaka feshigen nimeny dhn vx foohi vi enme thankolheh vx naadhey liaa ge mi vaahaka v v v v furihama bunaane ehcheh vx neynge …..n Fri day ah wait kohgen hutta eh dhuvas kurin kiyaalan libihje …bt miadhu kuda kn bxy v ma maa lahun mi kiuny??4 haairu vaahaka nagaafa ehbai kiyaafa bxy vegen dhaan jehuny anehka adhi mi nimuny ……..anyways vaahaka vv rythi n v avaha ehen story eh vx genesdhehchey hama mihaa mihaa interesting …luv u miss uuu??☺?

    1. Liaa says:
      August 5, 2016 at 7:22 am

      Thankyw Appy 🙂 V ufaa vejje Appy ge mi comment fenuneema.. THankyw for ur support <3 Next story ves intresting koh geneveythw balaanan 🙂

  30. rosy says:
    August 4, 2016 at 9:19 pm

    VVVVVV lobi story………..
    Superb Liaa

    1. Liaa says:
      August 5, 2016 at 7:22 am

      Thankss rosy 🙂

  31. Shaai says:
    August 4, 2016 at 9:38 pm

    Vvvvvvvvvvvvvvvvvvvvvvvvvvv nice. Maasha allah ..Nimun hama v perfect. .. hiykuri v vureh rythi nimun.

    1. Liaa says:
      August 5, 2016 at 7:23 am

      thankss Shaai 🙂

  32. abd says:
    August 4, 2016 at 10:23 pm

    Lia….. story hama habeys…. reysham kudaeh noon relationakah dhaakah…. mihr mi gaumuge haalathah balaafa… enmennah egunyma maa ragalhehnu kiyeh kuran sirrun ulheny…

    1. Liaa says:
      August 5, 2016 at 7:24 am

      Thankss abd 🙂 Yea relation aka dhaakah kuda eh noon… Ekam evaruge gina kudhin ulheny gina faharah secret relations ga ..hehe

  33. Rayaa says:
    August 4, 2016 at 10:33 pm

    Varaaaah reethi nimmun… Thank..☺

    1. Liaa says:
      August 5, 2016 at 7:24 am

      thankyw Rayaa 🙂

  34. Chomps says:
    August 4, 2016 at 11:00 pm

    Loved it. Hoping that there will be a new story of yours for us. Keep up the good work ?

    1. Liaa says:
      August 5, 2016 at 7:25 am

      Thankyw Chomps 🙂 New story eh genasdheyanan iraadha kurevviyaa

  35. ? says:
    August 4, 2016 at 11:28 pm

    Been reading meethi feshuneehssure…haadja reehchey..speechless ???

    1. Liaa says:
      August 5, 2016 at 7:25 am

      Thankyw <3 🙂

  36. Sana says:
    August 5, 2016 at 11:29 am

    V v v reethi

    1. Liaa says:
      August 5, 2016 at 7:00 pm

      Thankyw sana 🙂

  37. sabeeha says:
    August 5, 2016 at 1:40 pm

    this story is awesome

    1. Liaa says:
      August 5, 2016 at 7:01 pm

      Sabeeha 🙂 Thankss

  38. Sam says:
    August 5, 2016 at 8:17 pm

    Wow… vrah reethi mi vaahaka.. adhi dhuwahaku vx nukiyan mihaa reethi vaahaka eh.. 🙂

    1. Liaa says:
      August 5, 2016 at 10:13 pm

      Thankyw sam fr the lovely comment 🙂

  39. Pink says:
    August 6, 2016 at 1:04 am

    Story vvv nice… mirey ehkn hama 1st to end mi kiyaaly… so vvvv reethi… liaa ge next story akah inthixaaru kuran?

    1. Liaa says:
      August 6, 2016 at 8:53 am

      Oww 🙂 Thankyw Pink <3 Keep waiting ingey … V avahah genasdheynan iraadha kurevviyaa

  40. Thaany says:
    August 6, 2016 at 9:46 am

    Hama emme beynunvi kahala nimumeh fenign higahjje waahaka v reethi koh gen goss nimmaalee u r best ngey v lurvly koh mi nimunee ekm liun therikamuge kuda masalathakeh eba huri liaage e ee fist v ma hn heewany ginain storry lian feshyma liaa aky hama numbr 1 vx vevey her hunaru veri kujjeh feshun iraabalaafa fahun v v boduthan ragalhu ehn v ma adhi ginain liun v kah improve waane…
    V awahah liaage storry eh kiyaalan libeynekamuge umeedhuga inthixaaruga ebahurrin lurv yu…❤❤

    1. Liaa says:
      August 6, 2016 at 1:43 pm

      Thankyw Thaany dear <3 🙂 Yess… Ingey mistakes hurikan…. KUriyah oiy thanuga rangalhu kuran try kuraanan….

  41. harry says:
    August 6, 2016 at 7:15 pm

    hama buneveyny ur story was just amazing ey 😀 Foohi kameh nethi kiyaali hama ekani story akee mee… Maa gina haasaru thakeh dhamaafa nethyma v v kamudhiya :)Ur just amazing! Love u <3 HOpe to see another story from u , gurl <3

  42. shikaa says:
    August 6, 2016 at 7:19 pm

    Shikaa n Thaamin
    Reenaa and ameen
    Ahusan and rana
    Raul and shifaa
    hmmm not bad 🙂 Btw storiii v v v v v Salhi

  43. hama huvaa says:
    August 8, 2016 at 9:41 am

    vaaaaa varah reeethi its beutiful liaa keep it up

  44. faathimaa says:
    August 8, 2016 at 2:34 pm

    awwwwnn haadha reehchey mivaa haka .. thankew liaa i just loved your story.. <3

  45. sabeeha says:
    August 10, 2016 at 6:24 am

    nice story…

  46. shika says:
    August 11, 2016 at 11:10 am

    wowwww..<3 obiness to the max..<3

  47. Aish says:
    August 13, 2016 at 2:30 pm

    Asluvx vrh asaru gadha..

  48. Ameer ? says:
    September 16, 2016 at 12:31 am

    Varah reethi ❤️?

Comments are closed.



All Right Reserved!