Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ހުރީވެވިފާ ބާކީ… (3)

samu Level 1
August 7, 2016 4 Mins Read
8 Comments

ރަށުގެ މީހުން އުޅޭ ހިސާބު ތަންކޮޅެއް ދުރުގައި ޒަމާނީ ގޮތަކަށް ހަދާފައިވާ ކުޑަކުޑަ ގެއެކެވެ. ޒަމާނީ ކުލަތަށް ފާރުގައި ލެވިފައިވެއެވެ. އެކުލަކުލައިން އެކުޑަ ގޭގެ ރީތިކަން ދުރަށް ދައްކުވައިދެއެވެ. ގޭގެ ހުސްބިމުގައި ތަފާތު ވައްތަރުގެ މާ ގަސް އިންދާފައިވެއެވެ. އެގަސްތަކުގެ ކައިރީ ހުރި ކޮޓަރިއެއްގައި އަޝްރާ އާއި ޔައިޝް އަރާމު ނިންޖަކުން ނިދާލައިފައި ތިއްބެވެ. ޔައިޝްގެ ދެ އަތްވަނީ އަޝްރާގެ އުނަގަނޑުގައި ވަށާލެވިފައެވެ. އަޝްރާވަނީ ޔައިޝްގެ ތަނަވަސް މޭމަތީ ފިތިބާރުވެފައެވެ.

އަރާމު ނިދީގައި އޮތް އަޝްރާއަށް ހޭލެވުނީ އިރުގެ ރަންދޯދިތަށް ލޮލަށް އެޅުމުންނެވެ. މޯޅިއަކަށް ދެމިލުމަށްފަހު ލޯ ހުޅުވާލިއެވެ. ޖެހެމުންދިޔަ މަޑުމަޑު ވައިރޯޅީގެ ފިނިކަން އަޝްރާގެ ކަންނެތްކަން ފިލުވާލިކަހަލައެވެ. ކޮޓަރި މޭޒުމަތީހުރި ކުޑަ ގަނޑިއަށް ބަލާލުމަށްފަހު އަވަސް އަވަހަށް ތެދުވެގެން ފާހާނަ އަށްވަދެ ފެންވަރާ ރީތިވެލައިގެން ސައިހެދުމަށްޓަކައި ބަދިގެއަށް ވަނެވެ.

ޔައިޝް އެދުމަތީ އަތްކާށްތާލިއެވެ. ދެލޯހުޅުވާލުމުން އަޝްރާ އެނދުގައި ނެތްކަން އެގުމުން އަވަސްއަވަހަށް އެނދުން ތެދުވެ ކޮޓަރިން ބޭރަށް ނުކުތެވެ. އެވަގުތު ޔައިޝްގެ ނޭފަތުގައި ޖެހުނީ ކާއެއްޗެހީގެ މީރުވަހެވެ.ކުރިޔަށް އަޅަމުންދިޔަ ފިޔަވަޅުތަށް މަޑުކޮށްލެވުނީ ކާމޭޒުމަތީ ހަދާފައިވާ މީރު ހެދިކާތަށް ފެނިފައެވެ. ބުނާނެ އެއްޗެއް ނޭންގި ޔައިޝްއަށް ބަލަހައްޓައިގެން ހުރެވުނީއެވެ.

” ލަވް….ކީއްވެ މާ ފާޑަކަށް ބަލަހަށްޓައިގެން ތި ހުރީ؟”

” އަހަރެންގެ އަނބިގޮށްޔެ މުރާލިވީމަ “…

ހިނިގަނޑެއް ޖަހާލަމުން ޔައިސް ބުނެލިއެވެ. އަދި އަވަސް އަވަހަށް ތަށިން ހެދިކާއެއް ނަގާ އަނގައަށް ލިއެވެ.

” އައްޗީޑި…ދަތްވެސް ނޫގުޅާތަ ކަނީ؟…އަވަހަށް ދޭ ލަވް ދަތްތަށް އުނގުޅައިގެން ފެންވަރައިގެން އަނަނަން.. އާޝޫ ވަރަށް ބަނޑުހައި…”

ވަރަށްވެސް ލޯބިން އަޝްރާ ބުނެލިއެވެ.

” އެހެންތަ؟ ދެން އެހެންވީރު އާޝޫ ހިގާބަލަ އަހަރެން ފެންވަރުވަދޭން..”

އެއްލޯ މަރާލަމުން ޔައިޝް ބުނެލިއެވެ.

” ފެންވަރުވަދޭން ދޯ؟..”

ރަކިގޮތަކަށް ހީލުމަށްފަހު އަޝްރާ ބުނެލިއެވެ. އަދި އަތުގައި އޮތް އައިސް ފެންފުޅި ހިފައިގެން ޔައިޝް ފަހަތުން ދުއްވައިގަތެވެ. ބާރަށް ހީގަންނަމުން ޔައިޝް ކުޑަކޮށް ދުވެލާފައި ކޮޓަރި އަށް ވަނެވެ.

ކައިވެނިކޮށްގެން މިވީ މަދު ދުވަސްކޮޅުތެރޭ ޔައިޝްގެ ލޯތްބާއި އެއަތުގެ ހިމާޔަތް އަޝްރާ ހިތްފުރެ ބަންޑުންލާ ވަރަށް ލިބެމުން ދިޔައެވެ. އަޝްރާ މިކަމާ ވަރަށް އަފާވެއެވެ. އަޝްރާއަށް އެހާ އަޅާލާ ލޯބިވާ ފިރިޔަކު ލިބުނީތީވެއެވެ.

ހަފްތާއަކު އެއްރޭ ފަދައިން ދެމަފިރިން އެމީހުންގެ ލޯބީގެ މަންޒިލަށް ޒިޔާރަތް ކުރެއެވެ. ދެކުދިން އަތުގައި ހިފައިގެން ރަށު ތުނޑީގެ ރާޅުޖަހާ ހިސާބުގައި ހިގަމުންދިޔައެވެ. ހިސާބަކަށްގޮސް އެދޮންވެލި ތުނޑީގައި ދެމަފިރިން އިށީންދެލިއެވެ. ޔައިޝް އަޝްރާގެ އުނގުގައި ބޯ އަޅާލިއެވެ. އަޝްރާ ޔައިޝް ގެ ފަން އިސްތަށިގަނޑާ ކުޅެލަމުން ޔައިޝްއަށް ގޮވާލިއެވެ.

” ވާހަކަ އެއް އަހާލަންތަ؟”

” އަހާބަލަ”

ޔައިޝް މަޑުމަޑުން ބުނެލިއެވެ.

” ކޮބާތަ ޔައިޝް ގެ ފެމެލީ މީހުން؟ އަހަރެން ހީކުރީ ކައިވެންޏަށް ފެމެލީ ގެންނާނެކަމަށް..އެކަމަކު އެމީހުން ނައިތާ މިހާ ދުވަސް ވީރު އެމީހުންގެ ހަބަރެއްވެސް ނުވޭ… ޕާޓީ އަށް ނުގެނަތާ ގުޅާލާފަ އޭގެން މީހަކާ ވާހަކަ ދައްކާލަން ފޯނު ދިނީކީވެސް ނޫން…. ކީއްވެ ޔައިޝް ފެމެލީ އާ ތިހާ ދުރީ؟ އެއީ ޔައިޝްގެ މައިންބަފައިންނާ އެއްބަނޑު މީހުން.. އަހަނަނަށް ވުރެން ބޮޑަށް އިސްކުރަން ޖެހޭނީ މައިންބަފައިން..

މިވާހަކަ ދައްކަން އުޅޭތާ ވަރަށް ގިނަ ދުވަސް ވެއްޖެ. އެކަމަކު ރަނގަޅު ފުރުސަތެއް ލިބެންދެން މިވާހަކަ ނުދައްކާ މި މަޑުކޮށްލީ..”

އަޝްރާ ވާހަކަދައްކާ ނިމުނު އިރު އޭނާ ހުރީ ފެންކަޅިވެފައެވެ. ޔައިޝް މެރިފައިވާ ދެލޯ ހުޅުވާލުމަށްފަހު އަޝްރާގެ ފެންކަޅިވެފައިވާ ލޮލަށް ބަލާލިއެވެ. އެ ހަނދެއްފަދަ މޫނު ވަނީ މިލާމޯޅިވެފައެވެ. އެވަގުތު ޔައިޝްގެ ހިތް ބާރަށް ތެޅެލިއެވެ. ހަޤީގަތް އެނގޭ ދުވަހު އަޝްރާ ދެރަވާނެވަރު ހިތަށް އަރާފައެވެ. ޔައިޝް ވިސްނާލާފައި އަމިއްލަ ހިތާ ދެކޮޅަށް އަޝްރާއަށް ދޮގެއް ހަދާލިއެވެ.

” އާޝޫ ތިވަރުކަމަކާ ތި މޫޑީވީ..ތި މީހުން ދެރަވާވަރު ކަމެއްތަ؟ އަހަރެންގެ ފެމެލީވީ ރާއްޖޭން ބޭރުގަ މަންމަ ބަލިވެގެން ގޮސް.. މި ފެށޭމަހު މެދެއްހާ ހިސާބުގަ އަންނާނެ. އެހެންވެ ކައިވެންޏަށް ނާދެވުނީ.. އިރާދަ ކުރެއްވިއްޔާ ވަރަށް އަވަހަށް އެމީހުނާ އާޝޫއާ ބައްދަލު ކޮށްދޭނަން. ދެން ދޫނި ތިހާވަރަށް ނުވިސްނަބަލަ”

” އެހެންތަ؟ އަހަރެން ހީކުރީ އަހަރެން ނާ ނުގަބޫލުވީމަ ނައީކަމަށް.” އަޝްރާ ދެރަވެލާފައި ބުނެލިއެވެ.

” ޕިސްޕސް ދެން އާޝޫ ދައްކާ މޮޅު ވާހަކަ ދޯ..”

ޔައިޝް އަޝްރާ ގެ ބަނޑުގައި ކޮށްޓައިގަންނަމުން ބުނެލިއެވެ.

އަސްރާ މަޑުމަޑުން ހީލިއެވެ..

” ހޫމް އަބަދުވެސް ތިހެން ހެވިފަ ހުރެބަލަ..”

އަޝްރާގެ ކޮލުގައި ބޮސްދެމުން ޔައިޝް ބުނެލިއެވެ.އަޝްރާވެސް މަޑުމަޑުން ޔައިޝްގެ ކަންފަތް ދަށުގައި ވައިއަޑުން އައި ލަވް ޔޫ އޭ ބުނެލިއެވެ. ކުޑަވަގުތު ކޮޅެއްގެ ތެރޭގައި އަޝްރާ އޮތީ ޔައިޝްގެ އަތުތެރޭގައެވެ.

އަޝްރާ ބޭނުން ވަނީވެސް މިގޮތެވެ.މުޅި އުމުރުވެސް މިގޮތުގައި ހޭދަ ކޮށްލުމެވެ.

މިއަދަކީ ޗުއްޓީގައި ހުރެފައި ޔައިޝް ވަޒީފާ އަށް ނުކުންނަ ފުރަތަމަ ދުވަހެވެ.އެހެންކަމުން އަޝްރާ ވަރަށް ފަތިހާ ތެދުވެ ސައިތައްޔާރު ކޮށްލިއެވެ. ޔައިޝް އަރާމުކޮށް ނިދާލާފައި އޮތެވެ.އަޝްރާ ޔައިޝް ގެ މަގަތުން އިށީންދެލިއެވެ.

“ލަވް އޮފީހަށް ދާ ގަނޑި ޖެހެނީ..”

ޔައިޝް ގެ އިސްތަށިގަނޑާ ކުޅެލަމުން އަޝްރާ ބުނެލިއެވެ. އެވަގުތު ޔައިޝް އަޝްރާގެ އުނަގަނޑުގަ ހިފާ ގަޔާ ކައިރި ކޮށްލިއެވެ……

ގަނޑިޖެހުމުގެ 10 މިނެޓް ކުރިން ޔައިޝް ގޭން ނުކުތެވެ.

ޔައިޝް އަކީ އެރަށު ސުކޫލުގެ ޕްރިންސިޕަލްއެވެ. އެއްމަސްދުވަހު ޗުއްޓީގައި ހުރެފައި ޔައިޝް ސުކޫލަށް ނުކުތްއިރު ހުރިހާ ސްޓާފުން މަރުހަބާ ކިޔުމަށްޓަކާ ދޮރުކައިރީ އެތުރިލައިގެން ތިއްބެވެ. ކޮންމެ މީހެއްގެ އަތުގައި މާބޮނޑިއެއް އޮތެވެ. ގޭޓުން ޔައިޝް އަށް އެތެރެއަށް ވަދެވުމާއެކެ ފަހަރަކު މީހަކު މަރުހަބާއޭ ކިޔާ މާބޮނޑިތަށް ޔައިޝް އާ ހަވާލު ކުރަމުން ދިޔައެވެ. ޔައިޝް ހުރިހާ މީހުނާ ސަލާމް ކޮށް، ޝުކުރު އަދާކުރުމަށްފަހު އޭނާގެ ކެބިންއަށް ވަނެވެ.

” ސަރ ހާދަ ސުމާރޓް އޭ މިހާރު.. މާ ދޮންވެ ، އަދި ކުރިޔަށް ވުރެ ވެސް ފަލަހެން މިހާރު ހީވަނީ… މާބޮޑަށް ވެސް ހިތްކިޔާ…ހިތަށް އަރާ ލިބޭނެ ނަމައޭ…”

މާޝާ ހީލަމުން ބުނެލިއެވެ. މާޝާއަކީ ޔައިޝްގެ ސެކެޓްރީއެވެ.

” ހޫމް އަހަރެން މެރީ ކުރީމަ އެކެއްގެ ހިތަށް ތަދުނުވިޔަސް މާޝާގެ ހިތަށް ތަދުތަކެއް ވެއްޖެތާދޯ؟ އަދިކިރިޔާ މި އެނގުނީ އަހަރެން މެރީކުރީމަ ޖޭވާމީހަކު ހުރިކަން..”

ހިނިގަނޑެއް ޖަހާލަމުން ޔައިޝްވެސް މާޝާއަށް ރައްދު ދިނެވެ. މާޝާ ފާޑަކަށް ޔައިޝް އަށް ލޯ އަޅާލަމުން ކެބިން އިން ނުކުތެވެ.

ގޭތެރޭ އެކަނި އިނދެ އަޝްރާ ފޫހި ވެއްޖެއެވެ.އަޝްރާ ޖީބުގައި އޮތް ފޯނުނަގާ ނާހީ އަށް ގުޅާލިއެވެ.

” ހޫމް މަންޖެއަށް ފޯނު ނެގޭވަރު ވެއްޖެތަ؟.. އަހަރެންގެ ކައިވެނި ޕާޓީއަށް ނައިތާ، ހާލުބަލާލަން ގުޅީކީވެސް ނޫން، ނުވިތާކަށް ފޯނުވެސް ނުނަގަ… މިގެޔަށް ވެސް ނައި، އެކަމަކު ބުނާނެ ބެސްޓީއޭ..”

އެއްފަށްޗަކަށް އަޝްރާ ދެރަވެލާފައި ބުނެލިއެވެ.

“އަޅެ އަޝް އަހަރެންނަށް ވަގުތުވި ނަމަ ދިޔައިސް..އަހަރެން ނަށް ކިރިޔާ ފުރުސަތެއް އޮތްނަމަވެސް އަޝްގެ ކައިވެންޏަށް ނުގޮސް ހުރީސްތަ؟..އަހަރެން ޕާޓީއަށް ދާން ކިތެންމެހާވެސް ބޭނުންވި އެކަމަކު މަންމަ އެކަނި ހޮސްޕިޓަލުގަ ބާށްވާފަ ކިހިނެއް ދާނީ.. އަހަރެން ނޫނިއްޔަ މަންމަ އަށް ފެންކަންޏެއްހާ ހިސާބުވެސް ދޭނެ މީހަކު ނުހުންނާނެ.ގުޅަންވެސް ބޭނުންވި އެކަމަކު ފޯނުގަ ބެލެންސް ނެތީ…ސޮރީ އިނގޭ ވަރަށް ބޮޑަށް”..

ނާހީވެސް ވަރަށްދެރަވެލާފައި ބުނެލިއެވެ.

” ތީދެން ކޮންކަމެއް ދޯ ސޮރީ ބުނަން..މަންމަ އަށް އަހަރެންގެ ސަލާމް ބުނެދޭތި.. އަދި ކަމެއް ބޭނުމިއްޔާމު ގުޅާލާތި. އަސްލު އެނގޭތަ ؟ އަހަރެން ހީކުރީ ނާހީގެ ޖާނޫ އައީމަ އަހަރެން ކައިރިޔަށް ނައީކަމަށް..”

އަޝްރާ ހިނިގަނޑެއް ޖަހާލަމުން ބުނެލިއެވެ.

” ޖާނޫ އޭ….. ތި ބުނީ ޝިފާހުތަ؟ ކޮންއިރަކު އޭނާ އައީ؟” ވަރަށް ދެރަވެލާފަ ނާހީ ބުނެލިއެވެ.

” އާ.. ނޭގޭނެ އެކަށްޗެއްވެސް. ޝިފާހު އައި އަހަރެމެންގެ ކައިވެނި ޕާޓީއަށް.. މިހާރު މާ ރީތިހެން ހީވަނީ.” އަޝްރާ ހީލަމުން ބުނެލިއެވެ.

” އޭ އިހަށް ބާއށްވަނީ އިނގޭ.. އަހަރެން ފަހުން ގުޅާނަން.

ހެނދުނުގެ ސައިހެދުމަށް ޓަކައި އަޝްރާ އަވަދި ނެތި އުޅެމުން ދިޔައެވެ. ކުއްލިޔަކަށް އަޝްރާގެ މޫނުމަށްޗަށް އަދިރިވެ، ޓައިލްސްތަށް މަށްޗަށް އަޝްރާ ވެއްޓުނެވެ.

އެއްޗެއް ވެއްޓުނު އަޑަށް ސުކޫލަށް ދާން ރެޑީވެ ހުރި ޔައިޝް އަށް ނުކުމެވުނެވެ. ބޭއިހްތިޔާރުގައި ޔައިޝް އަށް ހަޅޭލަވައިގަނެވުނެވެ.އަވަސް އަވަހަށް އަޝްރާ ނަގައިގަނެގެން ޔައިޝް އަޝްރާ ކާރަށް އެރުވިއެވެ. އަދި ހޮސްޕިޓަލަށް މިޝްރާބުޖެހިއެވެ.

އަޝްރާ ރަށު ހޮސްފިޓަލަށް ގެންދެވިއްޖެއެވެ.ޑޮކްޓަރު އަޝްރާ ބަލާ ޓެސްޓުތަކެއް ހެދުވިއެވެ.

” ޔައިޝް ހާސް ނުވޭ..އެއީ އެހާ ހާސްވާންވީވަރު ކަމެއް ނޫން”

ޑޮކްޓަރު ޝިފާހު ބުނެލިއެވެ.

” ޔައިޝްގެ ފަރާތުން އަޝްރާއަށް މިވަގުތު ބޭނުންވާނީ ކުރިޔަށްވުރެ ބޮޑަށް އަޅާލުން”

ހިތިގޮތަކަށް ޝިފާހު ވާހަކަ ދައްކަމުން ދިޔައެވެ.އެންމެފަހުން ޝިފާހު ޔައިޝް އަށް ސަލާމަށް އަތް ދިއަކޮށްލިއެވެ.

” މަރުހަބާ.. ޔައިޝް ބައްޕައަކަށް ވަނީ.. ކުޑައިރުކޮޅަކުން އަޝްރާ ހޭ އަރާނެ ..ހޭއެރީމަ ގެއަށް ފޮނުވާލާނަން..” ދެން އިހަށް ގޮސްލަނީ.

” ޝުކުރިއްޔާ..”

ޔައިޝް މިހެން ބުނެ ޝިފާހު ދާތަން ބަލަން ގަބުވެފާ ހުރެވުނެވެ. އޭނާގެ މޫނުމަތިން ހާސްކަން ފާޅުވަމުން ދިޔައެވެ. ބައްޕަ ކިޔާތީ އުފާނުވާ ކަހަލައެވެ.

(ނުނިމޭ)

 

Share Article

Follow Me Written By

samu

Level 1

Other Articles

Previous

ކަލާ އަހަރެންގެ ނަސީބުގައި ވޭބާ؟ ( ދެވަނަ ބައި)

Next

ދޭނަން ހިތާ ޖާނާ (24)

Next
August 7, 2016

ދޭނަން ހިތާ ޖާނާ (24)

Previews
August 7, 2016

ކަލާ އަހަރެންގެ ނަސީބުގައި ވޭބާ؟ ( ދެވަނަ ބައި)

8 Comments!

  1. aik says:
    August 7, 2016 at 3:36 pm

    REETHI ???

  2. sabeeha says:
    August 7, 2016 at 4:05 pm

    nice

  3. Marsh says:
    August 7, 2016 at 4:12 pm

    Vvvv cute.. . Waitin 4 nxt prt….

  4. Elena says:
    August 7, 2016 at 7:34 pm

    Nice

  5. soabi says:
    August 7, 2016 at 11:44 pm

    Salhi story but up koahdeeleh lahey avahah up koahdee keep it up ? ? ?

  6. Shaai says:
    August 8, 2016 at 10:13 am

    Nice

  7. Shaal says:
    September 3, 2016 at 7:06 am

    Konirakuntha next part up kuranee

  8. apjwqertfygvk says:
    September 7, 2016 at 9:04 am

    haadhahaa lahey up kuraa leh. mihaaru varah ginadhuvas vejje ennun. dhen avas kobbala

Comments are closed.


All Right Reserved!