
ވަބާ
- މިވާހަކަ އަކީ ކުރިން “ފިނިޕޭޖް” ސައިޓްގައި ގެނެސްދީފައިވާ ވާހަކައެއް-
“އޯ ބެއިބީ” އަނީސާގެ އެދުން ދިޔައީ އިތުރުވަމުންއެވެ. އަޑު ދިޔައީ ގަދަވަމުންއެވެ. އެއަޑާއި އެކު އޭނާގެ ބައިވެރިންގެ ޖޯޝާ ފޯރި އިތުރަށް ދިޔައީ ވަރުގަދަ ވަމުންއެވެ. ހަރަކާތްތައް އަވަސްވިއެވެ. ފިރުމުންތައް އިތުރުވިއެވެ.
އަނީސާއަކީ ވިޔަފާރިވެރިއެކެވެ. މިބުނެވެނީ އަދި ރަނގަޅަކަށް ނޫނެވެ. އެއީ ޕްރޮޑަކްޓެއް ކަމަށްވެސް ބެލެވިދާނެއެވެ. ރާއްޖޭގައި މިހާރު އެންމެ އަގު ރަނގަޅު ބްރޭންޑެޑް ޕްރޮޑަކްޓެކެވެ. މިދައްކަނީ ކޮންވާހަކައެއްކަން މާ ޑީޓެއިލް ނުކުރިޔަސް ކިޔުންތެރިންއަށް އެނގޭނެ ކަމަށް އުންމީދުކުރަމެވެ. އާނއެކެވެ. ތިހީވީ ހަމަ ރަނގަޅަށެވެ. އަނީސާ އަކީ… މީ އަދި ރީތި ގޮތެއް ނޫނެވެ. އަނީސާގެ ނަން ޒަމާނީ ބަހުން ނަމަ “ކިކު” ކޮށްލަމާހެއްޔެވެ. އަނީސާއަށް މީހުން ލޯބިން ކިޔާ އުޅެނީ “އެނީ”ގެ ނަމުންއެވެ.
އެހެންވީމަ ދެން މިވާހަކަ ކުރިއަށް ގެންދާނީ “އެނީ” އާއެކުއެވެ. އެނީ އަކީ އާދައިގެ މިއުޅޭ ކޮންމެ ކޮންމެ މީހަކަށް ކެޓޭ ކުއްޖެއް ނޫނެވެ. އެނީގެ ވަގުތު ހޯދުމަށް ޚާއްސަ ރިކުއަރމަންޓްސް ތަކެއް ހުންނަން ޖެހެއެވެ. މިބުނަނީ “ފެންވަރު ނުވަތަ ޝަރުތު” ގެ ވާހަކައެވެ. މާބޮޑު ޑީޓެއިލްއަކަށް ދާކަށް ނެތީމެވެ. އެއީ ޑީޓެއިލްގެ ސައިޒު ބޮޑުވެސްވީމައެވެ. އޭރުން ލިޔަންޖެހޭ ބަސްތައް ގެނައުމުގައި ލަދުވެތިވެވެއެވެ.
އެނީ އަކީ ރީޓެއިލް ޕްރޮޑަކްޓެއް ނޫނެވެ. އޭނާގެ ވަގުތު ހޯދުމަށް 3 މީހުން މަދުވެގެން އެކުވާން ޖެހެއެވެ. އެއީ އެނީގެ އެދުން ފުއްދުމަށެވެ، ވިޔަފާރީގައި އުމުރުން 19 އަހަރުންސުރެ އުޅެ ގިނަގުނަ އެކްސްޕީރިއަންސްތަކެއް ލިބިފައިވުމުން މިހާރު އުމުރުން 26 އަހަރުގެ އެނީ ރީޓެއިލްކޮށް ވިއްކައެއް ނޫޅެއެވެ. މިބުނަނީ “ވަން އެޓް އަ ޓައިމް” އޭނާ އަކަށް ކަމަކު ނުދާވާހަކައެވެ. އޭނާވިއްކާ އުޅެނީ ހޯލްސޭލްކޮށެވެ. އެއްފަހަރާ ޑަޒަނެއް އަންނަން ޖެހެއެވެ. ނަމަވެސް އަގު ފުކެއްވެސް ދަށެއް ނުވެއެވެ. ކޮންމެ މީހަކު އަތުން ނަގާވަރު ދުވަހެއް ދުވަހަކަށް ދަނީ އިތުރު ވަމުންއެވެ. އެނީއަކީ ހައިލެވެލް އެސްކޯރޓް އެކެވެ. މިއޮއް ބައިބޯ މާލޭގައި އެނީ އެ މަސައްކަތް ކުރާތާ މިހާ ދުވަސްވެފައިވާ އިރުވެސް ކަމާ ބެހޭ ފަރާތްތަކަށް ހިލަމެއްވެސް ވެފައެއް ނުވެއެވެ.
އެނީގެ ރީތިކަމާއި އެބައްޓަމަށް ހިތްއެދޭ އެތައް ބަޔަކު އޭނާއަށް އެތައް ހުށަހެޅުންތަކެއް ހުށަހަޅައެވެ. އެކަމަކު އޭނާއަކީ އެމަސައްކަތް ފައިސާއަށްޓަކާ ފެށިނަމަވެސް ފަހުން ހިތްޖެހި ކުރާހިތުން ވިއްކުމުގެ މަސައްކަތްކުރާ ޒުވާނެކެވެ. އެހެން ކަމުން އޭނާގެ ވަގުތަށް ހަށިގަނޑުގެ އަރާމުތަކަށް ޒިޔާރަތް ކުރުމަށް ހުއްދަދެނީ އޭނާ ބޭނުން މީހުނަށެވެ. ކޮންމެ ކޮންމެ މީހަކު ކިތަންމެ ފައިސާއެއް ހުށަހެޅި ނަމަވެސް އޭނާއެއް ނުހެއްލެއެވެ. ޒިންމާދާރު ވަޒީފާތަކުގައި އުޅޭ މީހުން މުސާރަ ކުޑަވުމުން ބުނާ އާންމު ޖުމްލައެއް އޮވެއެވެ. “ލިބޭ އެތިކޮޅު ކުޑައެއް ކަމަކު އުޅޭ ހިތްވާ ތަނެއްވީމަ އުޅެނީއެވެ” އެއީ އެނީގެ ވެސް ވިސްނުމެވެ. ތަފާތަކީ އޮފާރ ބޮޑުވެފައި ކަމުނުދާމީހުން ރިޖެކްޓް ކުރިނަމަވެސް، ކަމުދާ މީހުންގެ އަތުން ނަގާއަގުވެސް ކުޑަ ނުވާކަމެވެ.
އެނީއާއި ބެހޭ ގޮތުން މިހާރު ކިއުންތެރިންއަށް އެނގިދާނެއެވެ. އެއީ ވަޚުށީ އަލިފާނުގެ ހޫނުގައި ހަށިގަނޑާއި ޖިސްމު ފަނާކުރުމަށް ބުރަ މަސައްކަތްތަކެއް ކުރަމުންދާ ޒުވާނެކެވެ. ހުތުރު ބަހުން އެކަހަލަ އަންހެނުންއަށް ކިޔާ ނަމެއް އޮންނާނެއެވެ. ފެށޭނީ “ބ” އަކުންނެވެ. ނިމޭނީ “ޑ” އަކުންއެވެ. ވާހަކައެއްގައި އެފަދަ ބަހެއް ބޭނުންކުރާކަށް ހިތްހަމައެއް ނުޖެހެއެވެ.
މީ އެދެއަކުރުގެ ބަހަށް ހުރިހާ ޝަރުތެއް ހަމަވާ ޒުވާނެކެވެ. ފާރުތަކުގެ ކަންމަތީގައި ސްޕްރޭ ފުޅިން އާއި ފާހާނާތައްފަދަ ތަންތަނުގައި ލިޔެލަން ރަގަޅު ނަމެކެވެ. މިވާހަކައަކީ އެނީގެ އުޅުމުގެ ވާހަކަ ލިޔަން ލިޔާ ވާހަކައެއް ނޫނެވެ. މިއީ އެނީގެ ވާހަކައެއް ނޫނެވެ. މިއީ އެނީއާއި އެކު މި މުޖުތަމައުގައި ފެތުރެމުންދާ ވަބާއެއްގެ ވާހަކައެކެވެ. ތީންކޮންމެ ފިރިހެނަކާވެސް އެނީއާއި އެކު ބައްދަލުކުރާނެ ހަލާކެއްގެ ވާހަކައެވެ. އޭގެ ކުރިން އަދި އެނީގެ ހަޔާތުން އެއްރޭ ޑީޓެއިލް ކޮށްލަމާ ހެއްޔެވެ. ލައިގެން ތިބި އެއްޗެއްސަށް ސަމާލުވުން ރަގަޅުވާނެއެވެ.
އެނީ ރީތިވެލައިގެން ތައްޔާރުވެލީ އެންމެ ފަހުގެ ސެންޓުފުޅިއަކުން ކަރުދޮށުން މީރުވަސްދުއްވާލަމުންއެވެ. ތުންފަތުގައި ގަދަ ރަތްކުލައިގެ ލިޕްސްޓިކް ޖައްސާލުމަށްފަހު ތުން އޫ ކޮށްލާ ފޮޅުވާލަމުންއެވެ. އެއީ ކާފު މަތީ އަބަފިލި ޖަހާފަ ރާގެ އުބުފިއްޔަށް ނިމޭ ބަހެއް ބޭނުންކުރެވޭ ފަދަ ތުންފަތެކެވެ. ވަކިވާން ބޭނުންނުވާނެ ފަދަ މަޑުތުންފަތެކެވެ. ދުނިޔެމަތީގައި ހަލާކަކީ މީހުންގެ ހިތް އެއެއްޗަކަށް ނުވަތަ ކަމަކަށް ލެނބޭފަދަ އެއްޗެއްސޭ ބުނެއުޅެނީ އެއުސޫލުން ކަމަށްވެދާނެއެވެ. އޭނާގެ އައި ފޯން 5 ހިއްލާލުމަށްފަހު ސްކްރީންގައި އެރީތި ދިގު އިނގިލިން ބީހިލިއެވެ. ކޮންމެ ފިރިހެނަކީ އެފޯނަށް ވާނޭ ބާއޭ ހިތައް އަރާނެއެވެ. އެ ވަގުތުކޮޅަކީވެސް ހިއްސުތަކަށް ވާންކަން ގެނުވާނެ ވަގުތުކޮޅެއްކަން ޔަގީނެވެ. އެހާމެ އެ އިނގިލިތަކުގައިވެސް ޖާދޫވެއެވެ.
“ކޮބާ… މިފައިބަނީ” އެނީ އޭނާގެ “ސެކްސީ” އަޑުން ބުނެލިއެވެ. އެއަޑުގައި އެހުންނަ ލޭގެ ހިނގުމަށް ހަލުވިކަން ގެނުވާ ގޮތްގަނޑުންވެސް ފިރިހެނުންގެ އެއްޗެހި ދޮވެފައި ހިއްކަން އަޅާވަރުވެއެވެ. އެއީ އޭނާގެ އިންތިޒާރުގައި އެގޭ ތިރީގައި ޕްރައިވެޓް ކާރުކޮޅުގައި އިން އެރެއަށް އޭނާ އެއްބަސްވެފައިވާ 5 ބައިވެރިންގެ ތެރެއިން އެކަކެވެ. ރަގަޅު ގޮތަކީ ބޭފުޅެކެވެ. މާލޭގެ ގަދަރުވެރި އާއިލާއެއްގެ އެންމެ ދޮށީ ފިރިހެނާއެވެ. ގިނަ އިރުތަކެއްނުވެ އެނީ އޭނާގެ ގެއިން ނުކުތެވެ. އެހެރަ ކަސްބީ ހިނގުމެކެވެ. މީހުންގެ ހިނގުން ނުވަތަ ހަށިގަނޑުވެސް ކްލެސިފައިކުރަންޖެހޭނަމަ އެނީވާނީ އާރް ރޭޓެޑް އިންސާނަކަށެވެ. ހަށިގަނޑަށް ލިބެމުންދާ ތަރައްގީގެ ހާމަކަންބޮޑު ހެދުން ލުމަކީ އެނީގެ އާދައެކެވެ. އެންމެ ފިރިހެނުން ގަޔާވާފަދަ އެ ބައްޓަމުގެ އެންމެ ހިތްގައިމުވާނީ ގައިމުވެސް ކޮނޑުންތިރިއެވެ. އެވަގުތު ކޮޅަށް ހިންދީ ފިލްމު “ދޯސްތާނާ”ގެ “ޝަޓްއަޕް އެންޑް ބައުންސް ބޭބީ ބައުންސް” ވަރަށް ފުރިހަމަ ވާނެއެވެ. ކާރުގައި އިން ރާޚިލްއަށް ކެއްވީ އިރުކޮޅަކަށެވެ. ފަހަރުގައި އޭނާގެ ބާރު ދެރައީކަމަށްވެސް ވެދާނެއެވެ. އެނީ ކާރަށް އެރުމުން ފަޓުލޫނަށް ލުޔެއް ދިނުމަށް ކުޑަކޮށް ހިއްލިލުމަށްފަހު ކާރު ސްޓާރޓްކޮށްލިއެވެ. އުފަލުން ހިތް ދިއައީ ބަންޑުންވަމުންއެވެ. ހިތް އެކަނިނޫން ކަމަށްވެސް ވެދާނެއެވެ.
ކާރު މަޑުކޮށްލީ އެއް ނަންބަރު ޖެޓީއަށެވެ. އެހިސާބުން އެނީގެ ދަތުރު ފެށުނީ ލޯންޗެއްގައި ހުޅުމާލެ ކައިރީ އޮތް ސަފާރީއަކަށެވެ. ސަފާރީގައި ތިބީ ރާއްޖޭގައި އެންމެ އިސްކޮށް އުޅޭ އެއް ޕޮލިޓީޝަންއަކާއި އެކު އެމެރިކާގެ ދެ ވިޔަފާރިވެރިންގެ އިތުރުން ނަން މަޝްޚޫރު ޒުވާން ފިލްމީ ތަރިއެކެވެ. ގިނަ އިރުތަކެއް ނުކޮށް އެނީއާއި އެކު ދެތިން ފުޅީގެ މަސްތުގައި ޖެހިލުމަށްފަހު އެމީހުންގެ ސަކަރާތާއި މަޖާ ފެށުނެވެ.
އިސްނެގީ އެނީއެވެ. އޭނާއަށް ޚަރަދުކުރާ ފައިސާއަކީ ބޭކާރު ފައިސާއަކަށް ވިޔަނުދީވޭތޯ އޭނާ އަބަދުމެ މަސައްކަތްކުރެއެވެ. އެ މަސައްކަތުގައި އެފަދަ ހުނަރުވެރިއަކު މަދުވާނެއެވެ. ރާޚިލްގެ އުނގުގައި އިށީނދެ އޭނާއާއި ތުން ޖޯޑުކޮށްލުމަށްފަހު އެއަތުގެ ފިރުމުންތަކުން އޭނާގެ ހިއްސުތައް އިތުރަށް ހޭލައްވާލިއެވެ. އުނގުގައި އިށީންދެ އިންނަން އުނދަގޫވާވަރުވުމުން މަޑުމަޑުން ބިންމައްޗަށް ތިރިވެލިއެވެ. ރާޚިލްގެ ދެފައިގެ ކަކުލުގައި އަތް އަޅުވާލިއެވެ. ލޮލާ ލޯ ދިމާކޮށްބަލާލިއެވެ. ރާޚިލްގެ ހަށިގަނޑުން ހީބިހިނަގައިގެން ދިޔައެވެ. ދުވަހަކުވެސް ފިލްމަކުންވެސް އެފަދަ ހިތްގަޔާވާފަދަ އެދުންވެރި ބެލުމެއް އޭނާ ނުދެކޭފަދައެވެ. އެ ދެލޮލުގައިވަނީ މުޅި މީހާ އަންދާލާފަދަ ބާރެކެވެ. ހިތްގައިމު ކަމެކެވެ. ވެގެންދިޔަ އަރާމުން ރާޚިލް ދެލޯމަރާލިއެވެ. ކުރިމަތީ މަންޒަރު ބަލަންތިބި މީހުނަކަށް އޭނާ ޖެހިލުމެއް ނުވެއެވެ. ވާންވީ ކީއްވެގެންހެއްޔެވެ. ޝަރަފުވެރިވެވޭހާ އޭނާގެ މުދަލުގެ އަގު ބޮޑެވެ. އެނީ ހިތްހަމަ ޖެއްސޭނެފަދަ ހުރިހާ ޒަރޫރީ ބޭނުމަކަށް އޭނާގެ ހަށިގަނޑުގެ ގުނަވަންތައް ފައްކައެވެ. އެއީ އޭނާ ފަހުރުވެރިވާ ކަމެކެވެ. މަންޒަރުބަލާކަން ދެން ތިބި 4 މީހުނަކަށް ނުތިބެވުނެވެ. އެނީ ވަށާލިއެވެ. އޭނާގެ ހަށިގަނޑު ނިވާކޮށްފައިވާ ދެމުށުގެ ފޮތީގެ ނިވާކަންވެސް ކަނޑުވާލިއެވެ. އެ ހަށިގަނޑުގައި ލާފައިވާ ލޯޝަންގެ ހިތްގައިމުކަން ކަނޑުވައިދެމުންދިޔައީ އެ ފިރިހެނުންގެ އަރާމު ތުންފަތްތަކުގެ ބީހުމުންއެވެ. އޭނާގެ ކޮންމެ ހިއްސަކަށް ހިތްގައިމުކަން ގެނުވަމުންދިޔައީ އެމީހުންގެ އެއްބާރުލުމާ ޓީމް ވޯރކް އާއި އެކުއެވެ. އެނީއަކީ ޖިމްނާސްޓިކްގައި އެއްއިރަކުވެސް އުޅުނު ޒުވާނެއް ނޫނެވެ. އެކަމަކު މިހާރު އޭނާއަކީ ނަގާކިޔާލެވޭނެފަދަ މޮޅު ޖިމްނާސްޓިކް އެތްލީޓަކަށް ވެވޭހާވެސް ލުއި މޮޅު ހަރަކާތްތަކެއް ގެންގުޅެން އެނގޭ ޒުވާނެއްކަން ޔަގީނެވެ. އެއް ވަގުތު ދެފައި ކޮޅަށް ދަމާލާއިރު ދެފައި ބޯކޮޅަށް ނަގާލުންވެސް އޭނާއަކަށް އުނދަގުލެއް ނޫނެވެ. އަންހެނުންގެ ހަށިގަނޑުގައިވެސް ވަރުހުންނަކަން އޭނާ ސާބިތުކޮށްދިނެވެ. ކިތަންމެ ފަލަ ބިޔަ އެއްޗަކަސް އޭނާއަށް އުފުއްލޭނެކަން ދިޔައީ އަންގަދެމުންއެވެ.
އޭނާގެ ހިތައް ލިބެމުންދިޔަ ފިނިކަމާ ހަށިގަނޑަށް އަންނަމުން ދިޔަ ބާރުގެ ސަބަބުން އެނީގެ އެދުން ދިޔައީ އިތުރުވަމުންއެވެ. އަޑު ދިޔައީ ގަދަވަމުންއެވެ. އެއަޑާއި އެކު އެހެންރޭތަކެކޭ އެއްފަދައިން އޭނާގެ ބައިވެރިންގެ ޖޯޝާ ފޯރި އިތުރަށް ދިޔައީ ވަރުގަދަ ވަމުންއެވެ. ހަރަކާތްތައް އަވަސްވިއެވެ. ފިރުމުންތައް އިތުރުވިއެވެ. ފުޓްބޯޅަޓީމަކުން ދަނޑުގައި އެތުރިލާ ފަދައިން އެމީހުން އޭނާ ވަށާލިއެވެ. އެކަކު ބެކަށް ކުޅެމުންދިޔަ އިރު އަނެކަކު ފްރަންޓްގައެވެ. މިޑް ފީލްޑަރުން އާއި ގޯލް ކީޕަރާއި އަދި ބަދަލު ކުޅުންތެރިއެކެވެ.
3 ގަޑިއިރަށް ދެމިގެންދިޔަ ފާފައިގެ ޗެމްޕިއަންޝިޕް މެޗަށްފަހު ކާމިޔާބު ފާހަގަކުރުމަށް އިތުރު ފުޅިއެއްގެ މަސްތުގައިޖެހި އެނީ އެރޭ ނިދީ އެ ސަފާރީގައެވެ. އޭނާގެ ބައިވެރިންއާއި އެކުއެވެ.
މިއީ އެނީގެ ހަޔާތުން އެންމެ ރެއެކެވެ. އެންމެ 5 ބައިވެރިންއެވެ. 9 އަހަރު ދުވަހު އޭނާގެ ހަށިގަނޑުގެ ބޭރުންނާއި އެތެރެއިން އަރާމު ހޯދާފައިވާ އެތައް ފިރިހެންނުން އެއް މިދުނިޔޭގައި އުޅޭނެއެވެ. އެކި ފަންތީގެ މީހުންއެވެ. އެކި އުމުރުގެ މީހުންއެވެ. މިކިޔާދިން ފަދައިން ބައިވެރިން ތަކަކާއި އެކު މަޖާ ނެގުމަށްފަހު އެނީ ގެއަށް އައި ދުވަހެއްގެ މެންދުރެވެ.
ތަޅުދަނޑިން ދޮރު ހުޅުވާލުމަށްފަހު ގެއަށް ވައިން އިރު އޭނާއާއި އެކު އެގޭގައި ދިރިއުޅޭ އުލްފާވެސް ގޭގައި އުޅެއެވެ. ހަފްތާއަކަށް މެލޭޝިޔާގައި އުޅުމަށްފަހު އުލްފާ އެނބުރި އައި ދުވަހެވެ.
“ހެއި… ބެކްދޯ… އަންގާވެސް ނުލަމެއްނުން؟” ވަރުބަލިކަންމަތީ ހުރެ އުލްފާ ފެނުމުން އެނީ ބުނެލިއެވެ.
“ކޮންތާކުން ތިއައީ” ރުންކުރު ރާގެއްގައި އުލްފާ އަހާލިއެވެ. “ރޭވެސް ދިޔައީ ދޯ؟” އެނީގެ ޖަވާބު އެނގޭތީވެ އުލްފާ އިތުރު ސުވާލެއް އެއްލާލިއެވެ.
“ކޮބާތަ މައްސަލައަކީ، އުލް ތިއުޅެނީ ވަކި ކިހިނެއްތަ؟” ސޯފާ މައްޗަށް އަތް ދަބަސް ހޫރުވާލަމުން އެނީ އެތެރެއަށް ހިނގައިގަންނަމުން ޖަވާބު ދިނީ ރުޅިވެރި އަޑަކުންއެވެ.
“އަހަރެން ތިހެން އުޅުނަކަސް ވާނެ ގެއްލުމެއް ނެތޭ… އެނގެއެއްނުން، މައްސަލައަކީ އެނީގެ ތިބަލި… ކިތައް ލައިފްކަން އެނގޭތަ ތިހަލާކުކޮށްލެވެނީ” އެނީ ފަހަތުން އުލްފާވެސް ހިގައިގަތެވެ.
“ހަލާކޭ… ކޮބާތަ ހަލާކުވެފަ؟ މަ ބުނެގެންތަ އެމީހުން އަންނަނީ، އެމީހުން އަމިއްލައަށް ހަލާކުވާންތިބީމަ ދޯ؟ އެހެން ނޫނަސް އަހަރެންނަށް މިހެންވީވެސް އެކަހަލަ ކޮންމެސް ފިރިހެނަކާހެދި، ވިސްނޭނީ އެމީހުނަށްވެސް މިހެންވީމަ” އެނީ ގެ ބަސްތަކުގައި ހުރީ ބަދަލު ހިފުމުގެ ރޫހެވެ.
“އެމީހުނަށް ވިސްނޭއިރު، އެމީހުންގެ އާއިލާތަކޯ؟ އެހެން ނޫނަސް އެޗްއައިވީ ޕޮޒިޓިވްވެގެން އެއްޗެއް ވިސްނެންޏާ އެނީއަށްވެސް ހުންނާނީ ވިސްނިފައެއް ނޫންތަ؟” އެނީއާއި އެކު ފިރިހެނުންއަށް ޒިޔާރަތްކުރަމުންދިޔަ ވަބާ މަތިން އުލްފާ އޭނާއަށް ހަނދާންކޮށްދިނެވެ. ވިސްނޭނެކަމަށެވެ. އެކަމަކު ވިސްނޭނެ ހެއްޔެވެ.
“އުލް އަބަދު އަބަދު ކޮން ވާހަކައެއްތަ ތިގޮވަނީ؟ އިރުކޮޅު ކޮޅުން މަށަށް ހަނދާން ނުކޮށްދިނަސް މަށަށްވެސް އެނގެޔޭ، މަމީ ހަލާކެއްކަން، އެކަމަކު އެހެނެކޭ ކިޔާފަ މަ ހުންނަންވީތަ ގޭގަ ބަންދުވެގެން، މީހަކަށް ކޯޗެއް އެނގޭނީ، މިހެން މަތެޅެނިކޮށް ދޯ މިވީކަމެއް ވީވެސް، ދެން ވަކި ހުއްޓާލިއެކޭ ކިޔާފަ މިކަމުން މަށަށް ސަލާމަތް ވެވޭނެތަ؟ ނުވެވޭނެއެއްނުން، ސޯ ނުވާވަރު ވަންދެން މަ ބޭނުން އުފަލުގަ އުޅެން” އެނީ ގޮތްދޫކުރާކަށް ބޭނުމެއް ނުވެއެވެ.
“އެނީ… އެނީ… ވިސްނާލަބަލަ… ޕްލީސް… ތިހަލާކު ކުރެވެނީ ފިރިހެނުންއެއް އެކަންޏެއް ނޫނޭ، މުޅި ސޮސައިޓީއަށޭ ތިފެތުރެނީ، އެމީހުންގެ އާއިލާއަށޭ، ކިތައް މީހުންތަ، ޑޯންޓް ޔޫ އީވަން ހޭވަ އަ ހާރޓް” އުލްއަށް ގޮތް ހުސްވިއެވެ.
“އާން، އައި ޑޯންޓް، ނެވަރ ހެޑް ވަން، ނެވަރ ވިލް، އަހަރެންއެއް ނުހުއްޓާނަން، ސަލާމަތްވާން ބޭނުންމީހަކު މަގޭ ކައިރިއަށް ނާންނާނީ، މަ ނޫނަސް މިހެންއުޅޭ ކިތައް މީހުން އެޅޭނެ… ލީވް އިޓް” އެނީ ހިނގައިގަތެވެ. އެވަގުތު އޭނަގެ ފޯން ރިންގ ވިއެވެ. ސިޑިން އަރަމުން ފޯނަށް ޖަވާބުދިނެވެ. “ޔާ…. އޯކޭ ސެންޑް ސަމްވަން ޓު ޕިކްމީ އަޕް” އެނީ އިތުރު ބައިވެރިންތަކަކަށް ގަޑިދެމުން އޭނާގެ ކޮޓަރިއަށްވަނެވެ.
ނިމުނީ
13 Comments!
Comments are closed.
V ibraihtheri
nice…
Miyakee dhow aslu story akeee vvvvvvvvvvvvvvvv nice
nice. v ibraiytheri,, mikamah zuvaanun heyluntherivaanama dhw
Ladhun bo halaaaku…
nice story
Warah iburaiitheri…. nice story..
varah fakkaaa…. vaahaka eh… but baeh thanthan ibaaraaiy kurumuga gengulhefa huri gothun… writer mi vaahakaige lead charactwr ah malaamaiy kuraahenves heevey… aneh bai faharu thaureef kuraahen heevey ??
ey… bad boy abaduvex comment kuraany mikahala stryss ah… ys tht?
Nice.
Nice waiting for next part
no next part.. dats the end of the story sharu baby.. 🙂
Salhi story eh. Mi kahala vaahaka thakun iburaii hoadhaa kudhinney! ☺️?